Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 1

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
June 27, 2022 7 Mins Read
5 Comments

އިރު އޭގެ ރަން ދަޅަތައް ދުނިޔެއަށް ދައްކާލި ވަގުތެވެ. މޫދު ލޮނުގަނޑުން މައްޗަށް އަރައިގެން އައި އިރުގެ ރަން އަލި ވަނީ އުޑުމަތި މަޑު އޮރެންޖު ކުލައަކުން ފާއްދާލާފައެވެ. ނޫ ކުލައިގެ ސާފު ވިދާ ބަބުޅާ ލޮނުގަނޑަށް އެކީހެން އިރުގެ ރަން އަލި އެޅިފައިވާ އިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މަޑު އޮރެންޖާއި ރީނދޫ ކުލައެއް އެކުލެވިފައިވީ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެނީ އެކި ޒާތްޒާތުގެ ދޫނިސޫފާސޫފީގެ ރީތި މިޔުޒިކީ ރާގުތަކުންނެވެ. ޖެހޭ ފިނި ރޯޅިޔާއެކީ ގަސްގަހުގެ ފެހިކަން ގަދަ ފަތްތައް ހެލިލާ ގޮތް މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނުވާހާ ހިތްގައިމެވެ.

ރާޅު ޖަހާ ފަށުގައި ދެ ޖީބަށް އަތް ޖަހާލައިގެން ހުރި ޒުވާނާގެ މޫނުމަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. ޖެހޭ ފިނި ރޯޅިތަކާއި، އަރައިގެން އައި އިރުގެ ރަން ދޯދިތަކުގެ އެންމެ ފުރިހަމަ ހިތްހަމަޖެހުން ހޯދަމުން ދިޔަ އިރު މިލާންއަށް ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް އެނގޭ ހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ މާ ބޮޑަށް އޭނާ ވަނީ އަމިއްލަ ޚިޔާލުތަކަށް ގެއްލި ހުސްވެފައެވެ.

“ޕޮއް!!” ފަހަތުން އައިސް އެ ޒުވާނާގެ ބުރަކަށީގައި އަޅައި، މޫދަށް ކޮއްފާލި އަންހެން ކުއްޖާގެ ތުންފަތުގައި ވަނީ ނިކަން ރީތި ހިނިތުންވުމެކެވެ. އަމިއްލަ ޚިޔާލުތަކެއްގައި ހުއްޓާ އެގޮތަށް ފަހަތުން މީހަކު އައިސް ކުއްލިއަކަށް ކޮއްޕައިލުމުން އެ ޒުވާނާ ސިހިގެން ގޮސް އަރިއަޅާލިއެވެ. ނުވިސްނާ ހުރުމުން ހަށިގަނޑު ބެލެންސް ނުކުރެވިގެން އޭނާ މޫދަށް ވެއްޓުނެވެ. އެތަނުގައި ގުންޑޮޅި ހެދިފައި ވުމުން އެ ޒުވާނާ ވެއްޓި، ލައިގެން ހުރި އަތް ކުރު ކަޅު ކުލައިގެ ޓީޝާޓާއި، ކަކުލަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް ހުރި ޖިންސް ސޯޓު ތެމުނެވެ. އެއާއެކު އެ އަންހެން ކުއްޖާއަށް ބާރުބާރަށް ހީގަނެވުނެވެ.

ވެއްޓުނު ފިރިހެން ކުއްޖާ ތެދުވެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ތެދުވެ ފައި ސީދާކޮށްލާފައި ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލައިލީ ނުރައްކާތެރި ނަޒަރަކުންނެވެ. އެއާއެކު އެ އަންހެން ކުއްޖާ ހުނުން ހުއްޓާލިއެވެ. “އޯހ ނޯ..” މަޑު މަޑުން އެހެން ބުނެވުނު އިރު އެ ކުއްޖާއަށް އެއް ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. “މަރިޔަމް ޔައިނާ ޔާސިރު.. ޔޫ އާރ ސޯ ޑެޑް ޓުޑޭ..” އެ ފިރިހެން ކުއްޖާ ޔައިނާގެ ފަހަތުން ދުއްވައިތުމުން ޔައިނާވެސް އޭނާގެ އަތު ނުޖެހެން ވެގެން ދެފައި ހުރި ބާރެއް ލާފައި ދުއްވައިގަތެވެ. “ޔައިނާ.. ގެޓް ބެކް ހިޔަރ ރައިޓް ނައު!!” ޔައިނާއަށް އަޑު އިވޭ ވަރަށް ބާރަށް އެހެން ބުނަމުން އެ ފިރިހެން ކުއްޖާ އޭނާގެ ދުވުން އިހުނަށްވުރެ ބާރުކޮށްލިއެވެ. “މިލާން.. ނޯ..” އިސާހިތަކު މިލާން އައިސް ޔައިނާގެ މެދުހަށީގައި އޮޅުލައިގަތުމުން ޔައިނާއަށް ލިބުނު ސިހުމުގައި ބުނެވުނެވެ. އެއާއެކު ފަޒާގެ ތެރޭގައި ގުގުމާލީ މިލާންގެ ފިރިހެންވަންތަ ހުނުމުގެ އަޑެވެ.

“ހަހާ.. މިއޮތީ އަތުލާފަ.. ދެން އިނާ ކޮންތާކަށް ދާނީ..؟” މަލާމާތުގެ ރާގެއްގައި މިލާން ބުނެލީ އޭނާގެ އަތްދަނޑި މައްޗަށް ޔައިނާ ނަގައި، އުފުލައިލަމުންނެވެ. މިލާންގެ އެ ކުއްލި ޢަމަލުން ޔައިނާއަށް ދެލޯ ބޮޑު ކޮށްލެވުނު އިރު، އެ ދޮން މޫނުކޮޅު ވަނީ އެކީހެން ރަތްވެފައެވެ. ޔައިނާ ލަދުގަތީކަން އެނގުމުން މިލާންއަށް އެއްމިޔަކަނިން ހީލެވުނެވެ. ހިނދުކޮޅަކު އެ ތޫނު ދެލޮލުގެ ނަޒަރުގައި ޖެހިފައި ހުރެވުނަސް، ޔައިނާ ގޮވައިގެން މިސްރާބު ޖެހީ ރާޅު ޖަހާ ފަށާ ދިމާލަށެވެ. އެއާއެކު، ދެން މިލާން ކުރަން އުޅޭ ކަންތައް އެނގުމުން ޔައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ނޯ މިލާން.. ޑޯންޓް ޑޫ އިޓް.. ޕްލީޒް..” ދެލޯ ބޮޑު ކޮށްލަމުން ޔައިނާ މިލާންގެ ކަރުގައި އަތް ވަށާލިއެވެ. “ނޮޕް.. ޔޫ ހޭވް ޓޫ ޕޭ ބެކް.. ދިސް އިޒް ރިވެންޖެ..” ލާނެތް ގޮތަކަށް ހީލަމުން މިލާން ގޮސް ޔައިނާ މޫދަށް ވައްޓާލުމަށް ތައްޔާރުވިއެވެ. އެކެއް ދޭއް ތިނެއް ކިޔައި، ޔައިނާގެ ހަށިގަނޑު ހެއްލައިލީ ލުއި ފަތްކޮޅެއް ހެންނެވެ. އެއަށްފަހު ޔައިނާ މަޑުމަޑުން މޫދަށް އެއްލައިލިއެވެ. ނަމަވެސް، ޔައިނާ އެއަށްވުރެ މާ ހުށިޔާރެވެ. ވެއްޓެން ދިޔުމުގެ ކުރިން މިލާންގެ ޓީޝާޓުގެ ކަރުވަޅުގައި ހިފައި ދަމައިގަތީ މިލާންވެސް ވައްޓައިލުމުގެ ބޭނުމުގައެވެ. ނަތީޖާއަކަށްވީ ޔައިނާގެ އިތުރުން މިލާންވެސް މޫދަށް ވެއްޓުމެވެ. އެ ހިސާބުގައި ލޮނުގަނޑު ހުންނާނީ ކަކުލަށްވުރެވެސް ތިރީގައި ކަމީ ނަސީބެވެ. އެހެންނޫންނަމަ، މިލާންގެ ގައިދަށުވެ، ޔައިނާ އަޑިއަށް ދިޔައީސްކަން ޔަޤީނެވެ.

ވެއްޓުނު ގޮތުން މިލާން އޮތީ ޔައިނާގެ ގައިމަތީގައެވެ. ކުދިކުދި ރާޅުތައް އައިސް އިރުއިރުކޮޅާ އެދެމީހުންގެ ގައިގައި ބީހެމުން ދިޔައީ ލުއި މިޔުޒިކީ އަޑުތަކެއް އިއްވާ ފަދައިންނެވެ. ވެއްޓުނު ގޮތަށް ޔައިނާއަށް އޮވެވުނީ ދެލޯ މަރާ ބާރުކޮށްލައިގެންނެވެ. އޭރުވެސް އޭނާއަށް އޮވެވުނީ މިލާންގެ ކަރުގައި ދެއަތް ވަށާލައިގެންނެވެ. މަޑު ރާޅުތަކުގެ ތެރޭގައި ހަމަޖެހިލެވުނު އިރަށް މިލާން ޔައިނާއަށް ބަލައިލިއެވެ. އެހިނދު ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮތް ޔައިނާއަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ދެލޯ މަރާލައިގެން ޔައިނާ އޮތް ރީތި، މައުސޫމް ގޮތުން މިލާންގެ ހިތަށް އެތައް ގޮތަކަށް އަސަރު ކުރުވިއެވެ. އެތައް ސަތޭކަ ފަހަރުތަކަކަށް ފަހު، އަނެއްކާވެސް އެ ރީތިކަމުން ޔައިނާގެ ޖާދޫގައި މިލާން ޖެހިއްޖެއެވެ. އެ ދޮން މޫނުކޮޅާއި، ލޯބިލޯބި ދެ ކޮލެވެ. އެންމެ ރީތި ހިތިފަތަކަށް ނުވި ނަމަވެސް، އިސްތަށި ގިނަ، ކަޅުކަން ގަދަ ދެ ބުމައެވެ. ފިޔާތޮށި ކުލައިގެ ބޯ ތުންފަތާއި، ކުޑަ ނުވިޔަސް، ލޯބި ނޭފަތެވެ. އެ މުށި ކުލައިގެ ބުޅި އިސްތަށިގަނޑު ދިގުކަމުން ލޮނުގަނޑުގެ ތެރޭގައި ފެތުރިފައިވީ ޖާދޫވީ ގޮތެވެ. ދެލޯ މަރައިގެން އޮތުމުން އެ މުށި ކުލައިގެ ފުން ދެލޯ ނުފެނުނު ކަމުގައި ވިޔަސް މިލާންގެ ހިތް ފުރޭ ވަރު ވެއްޖެއެވެ. އެ ރީތި ރީތި މޫނުން ޔައިނާ މިލާންގެ ހިތް މިހާރު އެ ކަތިލީ ކިތައް ވަނަ ފަހަރު ކަމެއްވެސް ނޭނގެއެވެ.

ވެއްޓި، އިރުކޮޅެއްވީ  ފަހުން ޔައިނާއަށް ދެލޯ ހުޅުވައިލެވުނީ މިލާންގެ ފަރާތުން އެއްވެސް ބަހެއް ނައުމުންނެވެ. އެވަގުތު ފުން ނަޒަރަކުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އޮތް މިލާން ފެނި، އެ ހިތުގެ ތެޅުން އެތައް ގުނައަކަށް އަވަސްވިއެވެ. މިލާންގެ އެ ކަޅު ކުލައިގެ ރީތި ފުން ދެލޮލަށް ނަޒަރު ހުއްޓާލައިގެން ޔައިނާއަށްވެސް އޮވެވުނީ މިލާންގެ ރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރަމުންނެވެ. ދޮން މޫނަކާއި، ފިޔާތޮށި ކުލައިގެ ތުންފަތެއް ލިބިފައިވި މިލާންގެ ކަޅު ކުލައިގެ ފުން ދެލޮލާއި، އެ ވަރުގަދަ ފަން އިސްތަށިގަނޑު އޭނާއާއި ނުހަނު ގުޅެއެވެ. ހިކި ކޮށް، ދިގު ކޮށް ހުންނަ މިލާންގެ ފިރިހެންވަންތަ ކަމަކީ އެތައް އަންހެން ކުދީންތަކެއްގެ ހިތް ދަމައިގަނެފައިވާ ކަމެކެވެ. ޔައިނާގެވެސް މެއެވެ.

ޔައިނާގެ ފުން ދެލޮލަށް ނަޒަރު ހުއްޓާލައިގެން އޮތް މިލާންގެ ނަޒަރު ދަތުރުކުރީ ޔައިނާގެ ފިޔާތޮށިކުލައިގެ ބޯ ތުންފަތަށެވެ. އެކަން ޔައިނާއަށް އިޙްސާސް ވުމުން ލަދުން އެ މޫނު އެކީ ރަތްވީ ސިކުންތެއްގެ ތެރޭގައެވެ. ޔައިނާގެ އެ ސިފައިން މިލާންއަށް އިތުރަށް ޔައިނާއާ ކައިރިވެވުނެވެ. މިލާންގެ ހޫނު ނޭވާ ޔައިނާގެ މޫނަށް އެޅެން ފެށުމުން ޔައިނާއަށް ލޯ މަރައިލެވުނެވެ. ދެމީހުންގެ ނޭފަތް ޖެހޭހާ ކައިިރިވުމުން މިލާން އެއްމިޔަކަނިން ހީލިއެވެ. އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވަމުން މިލާން ޔައިނާގެ ރަތްވެފައިވާ އޮމާން ކޯތާފަތުގައި މަޑުމަޑުން ބޮސްދިނެވެ. އެއަށްފަހު ޔައިނާއާ ދުރަށް ޖެހިލައި ތެދުވީ ހިތާ ދެކޮޅަށެވެ. ހިނދުކޮޅަކަށްވެސް ޔައިނާއާ ދުރުވާކަށް އެ ހިތެއް ނޭދެއެވެ. މިލާން ތެދުވިކަން އިޙްސާސް ވުމުން ޔައިނާއަށް މަޑުމަޑުން ދެލޯ ހުޅުވައިލެވުނެވެ. އޭރު އެއްމިޔަކަނިން ލާނެތް ގޮތަކަށް ހިނިތުންވެގެން ހުރި މިލާން ފެނި ޔައިނާގެ މޫނު އިތުރަށް ރަތްވިއެވެ. “ނުތެދުވަންތަ ތި އޮންނަނީ..؟ އިނާ ތިހެން އޮންނަން ބޭނުމިއްޔާ އަހަރެން ގޮސްފާނަން އިނާ އެކަނި މިތާ ބާއްވާފަ ގެއަށް.. އޭރުން މިތާ އުޅޭ ކަކުނިތައް އައިސް ގަޔަށް އަރާނެ..” ލުއި ހުނުމަކާއެކު މިލާން ސަމާސާ ކޮށްލިއެވެ. އެއާއެކު މިލާންއާއި ދިމާލަށް ލޯ އަޅާލާފައި ޔައިނާ ތެދުވިއެވެ.

“އާހްގް މިލާންއަކާ ހަދާ މަގޭ މުޅި ހެދުން އެ ތެމުނީ.. އަނެއްކާ މި ޖެހުނީ ގެއަށް ގޮސް ފެންވަރާކަންނު..” ލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ސްވެޓަރަށް އިޝާރާތް ކޮށްލަމުން ޔައިނާ ތުންކޮޅު އޫކޮށްލިއެވެ. އެ މަންޒަރު މިލާންއަށް ފެނުމުން ލޯބިން އެ ހިތް ފުރި ބަންޑުން ވެގެން ދިޔައެވެ. “އިނާއެއްނު ފުރަތަމަ ފެއްޓީ.. މަވެސް އެއްކޮށް ތެމިއްޖެޔޭ..” މިލާންވެސް ހަމަ ޔައިނާ ބުނި ރާގުގައި ބުނެލިއެވެ. އެއާއެކު ޔައިނާއަށް ހީލެވުނެެވެ. އަނެއްކާވެސް، ދެންމެ ހިނގާ ދިޔަ ކަންތައް ހަނދާން ވިއެވެ. މިލާނަށް އެހެން ކަންތައް ކުރެވުނު ކަމަށްޓަކައި އަމިއްލަ ނަފްސަށް އެތައް ފަހަރަކު ކުދި ކިޔުނެވެ. އިޙްސާސްތައް އެންމެ ފަހަރަކުވެސް ކޮންޓްރޯލް ނުކުރެވޭތީ އަމިއްލަ ނަފްސަށް އަޑުލައި ހެދުނެވެ. ޔައިނާގެ ޙާލަކީތޯއެވެ؟ ދެންމެ މިލާންގެ ފަރާތުން އެ ފެނުނު ޢަމަލާއި، ލިބުނު ލޯބި އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނޭހެން ހީވިއެވެ. މިލާންގެ ފަރާތުން ލިބިގެންދިޔަ ފެހި ސިގްނަލާއި އެކު، ޔައިނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދު ކޮށްލީ އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ. އެ ދޭތެރެއަށް ވެރިވެފައިވީ ހިމޭންކަން ފޫ ދުއްވާލަމުން މިލާން އެހެން ވާހަކައެއް ފެށިއެވެ.

މިލާންއާއި ޔައިނާ އެކަކު އަނެކަކާ ހީހީފައި، ވާހަކަ ދައްކާ، މަޖާކުރަމުން ދިޔަ އިރު އެ ދެހިތަށް ލިބިފައިވީ ބަޔާން ކުރަން ދަތި އުފަލާއި ހިތްހަމަޖެހުމެވެ. ނަމަވެސް، އެ ޢަމަލުތަކުގެ ސަބަބުން ތިންވަނަ ހިތަކަށް ލިބެމުން ދިޔައީ ވޭނާއި، އަނިޔާކަށް އެ ދެމީހުން ނުދެނަހުއްޓެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ހިރުނދު ގަހެއްގެ ދޮށުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާގެ ދެލޮލުން ދިޔައީ ތާޒާ ކަރުނަ ފައިބަމުންނެވެ. ޔައިނާއާއި މިލާންގެ ދެމެދުގައި ދެންމެ ހިނގާ ދިޔަ ހުރިހާ ކަމަކަށްފަހު އެ ހިތުގައި ހީވަނީ މީހަކު ވަޅި އަޅައި، ކޮށަމުން ދާހެންނެވެ.

ޖެހޭ ފިނި ވައިރޯޅިތަކާއެކު، ދޫކޮށްލެވިފައިވީ އެ ކުއްޖާއެގެ ކަޅުކުލައިގެ ފަން، ދިގު އިސްތަށިގަނޑު ވައިގެ ތެރޭގައި ހޫރެމުން ދިޔައީ މިނިވަންކަމާ އެކުގައެވެ. އެ އަޅި ކުލައިގެ ރީތި ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންނެވެ. އޭނާގެ ލޯބިވާ މިތުރު އެހެން ފަރާތަކާ އެކީ އުޅެމުން ދިޔަ ލޯބި ގޮތުން އެ ހިތަށް ލިބެމުން ދިޔައީ ވޭނެވެ. ހިތާމައެވެ. އަނިޔާއެވެ. ތުރާލެވެ. ނަމަވެސް، އެކަމުގައި އޭނާއަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ހިތުގައި ބިންވަޅު ނެގިފައިވި މިލާންގެ ނަން އެ ހިތުން ފިލުވައިލުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އިތުރަށް އެ ތަނުގައި ހުންނަން ކެތް ނުވުމުން އެ އަންހެން ކުއްޖާ ފަސް އެނބުރި ދިޔުމަށް ހިނގައިގަތެވެ. ރަށުތެރެއަށް އެރުމުގެ ކުރިން އެ މޫނުގައިވި ތާޒާ ކަރުނަތައް އަތުގެ ނުފުށުން ފުހެލައި، ގަދަ ކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވި އިރު، އެއީ މީގެ ދެތިން މިނެޓު ކުރިން ރޮއެފައި ހުރި ކުއްޖެކޭވެސް ނުބުނެވޭނެއެވެ. އިޙްސާސްތައް ފޮރުވާލުމަށް އެ އަންހެން ކުއްޖާ އެހާވެސް ކުޅަދާނައެވެ. މިނިވަންވެފައިވާ ފަން އިސްތަށިގަނޑުން މޫނަށާއި، ލޮލަށް ގޯނާވަމުން ދާތީ ޖީބުން ނެގި ހިމަ ވޫލްފަށަކުން އެ ރީތި އިސްތަށިގަނޑު ހައްޔަރު ކޮށްލިއެވެ. އެއަށްފަހު، ގެއަށް ދިޔުމަށް ހިނގައިގަތީ އިރުކޮޅަކުން ސްކޫލަށް ދާން ޖެހޭނެތީއެވެ.

*** ** ***

ގެއަށް އައިސް ކޮޓަރިއަށް ވަތް ޔައިނާ އަވަސްވެގަތީ ސްކޫލަށް ދިޔުމަށް ތައްޔާރު ވާށެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ޔައިނާ ފެންމާގަނޑުގެ ދޮށުގައި ހުއްޓިލައި އިސްކުރު ދޫކޮށްލިއެވެ. ދާދި ދެންމެއަކު މޫދުން އައިސް، ގަޔަށް ހޫނު ފެން އަޅައިލެވުމުން ހަށިގަނޑަށް ވީ އަރާމުން ޔައިނާއަށް ލޯ މަރައިލެވުނެވެ. އެއާއެކު ލޯ މައްޗަށް ސިފަވި މިލާންގެ ހިތްގައިމު ސޫރައިން ޔައިނާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އަނެއްކާވެސް މިއަދު މިލާންއާއި އެކީ ހޭދަވީ ހިތްގައިމު ލޯބި ވަގުތުކޮޅުގެ ހަނދާން އާވުމާއެކު ޔައިނާއަށް މަޑުމަޑުން އޭނާގެ ކޮލުގައި އަތް ޖައްސާލެވުނެވެ. ވަގުތުން އެ ދޮން މޫނުކޮޅު ޓޯމާޓޯއެއްހެން ރަތްވި އިރު ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދެން އިތުރަށް މިލާންގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ވަންހަނާ ކޮށްގެން ހުރުން ވާނީ ނުހަނު ދަތި ކަމަކަށެވެ.

ފެންވަރައިގެން ނުކުމެ ޔައިނާ ޔުނީފޯމް ލުމަށްފަހު، އިސްތަށިގަނޑުން ފެން ހިއްކަން ފެށިފައެވެ. ޤުދުރަތީ ގޮތުން މުށި ކުލައިގެ އިސްތަށިގަނޑެއް ލިބިފައިވީ އިރު ގިނަ ބަޔަކު އެކަމާ ބެހޭ ގޮތުން އޭނާއާ ސުވާލު ކުރެއެވެ. އޭނާގެ ބައްޕަ ކިޔައިދީފައިވާ ގޮތުން އޭނާއަށް ލިބިފައި އެވަނީ އޭނާގެ މަންމަގެ މުށި ކުލައިގެ އިސްތަށިގަނޑެވެ. އޭނާގެ މަންމައަކީ ޔޫރަޕްގެ ޢާއިލާއަކަށް ނިޞްބަތްވާ މީހެކެވެ. ބައްޕަ ކިޔައިދީފައިވާ ގޮތުން ޔައިނާ ލިބުމަށްފަހު އޭނާގެ މަންމަ އެދެމީހުން ދޫކޮށްލާފައި ދިޔައީއެވެ. ކުޑަ އިރުއްސުރެވެސް މަންމަ ދެކިލުމަކީ އޭނާގެ ހިތް އެންމެ ބޮޑަށް އެދޭ އެދުމެވެ. ބޮޑުވަމުން އަންނަ އަންހެން ކުއްޖަކަށް މަންމައެއްގެ ލޯތްބާއި އަޅާލުމަކީ ވަރަށް މުހިންމު އެއްޗަކަށް ވީ ހިނދު، ޔައިނާ ވަނީ އެ އުފަލުން މަޙުރޫމް ވެފައެވެ. ކުޑަ އިރު ކިތަންމެ ވަރަކަށް އެކަމާ ޝަކުވާކޮށް ރޮއެ ހެދި ނަމަވެސް، މިހާރު މަންމައޭ ކިޔައިގެން ޔައިނާ ޗުއްޕުވެސް ނުބުނެއެވެ. ކުޑަ އިރުއްސުރެވެސް ބައްޕަ ޔައިނާ ބަލާ ބޮޑު ކުރީ މަންމައެއް ނެތް ކަމުގެ އިޙްސާސްވެސް ނުވާހާ ލޯބިންނެވެ. މާތް ﷲގެ ރަޙްމަތްފުޅާއެކު އެ ދެބަފައިން މިހާރު އުޅެމުން ދަނީ އުފާވެރި ދިރިއުޅުމެކެވެ. ޔައިނާ މިހާރު ގްރޭޑް ބާރައިގައި ކިޔަވަމުން ދާ އިރު ރަނގަޅު ނަތީޖާއެއް ހޯދުމަކީ ޔައިނާ އެންމެ އުންމީދު ކުރާ އެއް ކަމެވެ.

މަޑު ނޫކުލައިގެ އަތް ކުރު ޔުނީފޯރމާއެކު ތިރިން ލާފައިވާ ކަނޑު ނޫކުލައިގެ ސްކާރޓް ޔައިނާގެ ކަކުލާ ހަމައަށް އަރައެވެ. ކަރުގައި އަޅާފައިވާ ކަނޑު ނޫކުލައިގެ ޓައިއާއެކު، ގަތާފައިވާ އިސްތަށިގަނޑުގައި އައްސާފައިވާ ހަމަ އެކުލައިގެ ރިބަން ނުހަނު ގުޅެއެވެ. ސްކަރޓް ދޫވިޔަ ނުދިނުމުގެ ގޮތުން އުނަގަނޑުގައި ކަޅު ކުލައިގެ ބެލްޓެއް އަޅާފައިވާ އިރު އަރައިގެން ހުރީ ކަޅު ކުލައިގެ އޮފިޝަލް ބޫޓަކަށެވެ. ތައްޔާރުވެ ނިމުމަށްފަހު ޔައިނާ ގެންދަން ޖެހޭ ފޮތްތައް ތަރުތީބު ކޮށްލިއެވެ.

“ދަރިފުޅާ.. އަވަހަށް އާދޭ ސައިބޯން.. ގަޑި ޖެހެނީނު..” ޔައިނާގެ ދޮރުގައި ޓަކި ޖަހާލާފައި އޭނާގެ ބައްޕަ ޔާސިރު ގޮވައިލިއެވެ. ޔައިނާ ލައްބައޭ ބުނެ އަވަސްއަވަހަށް ކޮޓަރިން ނުކުމެގެން ގޮސް ކާގެއަށް ވަނެވެ. އެއިރު ޔާސިރު އޭނާގެ އިންތިޒާރުގައި ނުކައި އިންތަން ފެނުމުން ހީލެވުނެވެ. ސައިގެ ތެރެއިން ދެބަފައިންގެ މެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. އެންމެ ގިނައިން ދެކެވުނީ ޔައިނާގެ ކިޔެވުމުގެ ވާހަކައެވެ. ބަސްއަހައިގެން ކިޔެވުމަށް ޔާސިރު ތަކުރާރުކޮށް ޔައިނާއަށް ހަނދާންކޮށްދެމުން ދިޔަ އިރު ޔައިނާ ދިޔައީ ކިޔަމަންތެރިކަމާއެކީ ބޯ ޖަހަމުންނެވެ. ކައި ނިމުމުން ސައިބުއި ތަށި ދޮވެލުމަށްފަހު ކޮޓަރިއަށް ގޮސް މޫނު ރީތިކޮށްލިއެވެ. ގަޔަށް ސެންޓުކޮޅެއް ބުރުވާލަމުން ޔައިނާ ސްކޫލް ދަބަސް ކޮނޑުގައި އަޅުވާލާ، ގެންދަން ޖެހޭ ބައެއް ފޮތްތައް އަތުން ހިފައިގެން ނުކުތެވެ. ބައްޕައަށް ގޮވާލާފައި މި ދަނީ ކަމުގައި ބުނެ، ޔައިނާ ގެއިން ނުކުމެގެން ދިޔަ އިރު މިލާންގެ ރީތި ފިރިހެންވަންތަ ސޫރަ ދެކިލުމަށް އެދި އެ ހިތް ދިޔައީ ބޭޤަރާރު ވަމުންނެވެ.

*** ** ***

ކޮޓަރި ތެރޭގައި އަވަސް އަރުވާލައިގެން އުޅެމުން ދިޔަ މިލާން ދިޔައީ އޭނާގެ އިސްޓާކީނުގެ އެއްކިބަ ނުފެނިގެން އެ ހޯދަމުންނެވެ. އެ ހޯދަން އުޅެން ހަދައިން މުޅި ކޮޓަރި ތެރެވެސް ވަނީ ފުށުން ޖެހިފައެވެ. ނަމަވެސް، އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. ސޯފާ ދަށުން އިސްޓާކީނު ފެނުމުން އަވަހަށް އެޔަށް އަރައިގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލައި، އިސްތަށިގަނޑު ރީތިކޮށްލިއެވެ. “ޑޭމް މިލާން.. އިފް ބީންގ ހޭންސަމް ވޯޒް އަ ކްރައިމް، ދެން ޔޫޑް ބީ އިން ޖެއިލް ރައިޓް ނައު..” އަމިއްލަ ނަފްސަށް ތަޢުރީފު ކޮށްލަމުން މިލާން ބުނެލިއެވެ. އެހިނދު އެ ހިތުގައި ކުރެހުނީ ޔައިނާގެ އެ މައުސޫމް ސޫރައެވެ. ވަގުތުން މިލާންއަށް ހިނިތުންވެވުނެވެ. މިއަދު ޔައިނާއާއި އެކީ ހޭދަވި ވަގުތުކޮޅު ހަނދާންވުމުން މިލާނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ކުޑަކޮށް ނަމަވެސް ލަދުގަތެވެ. ހަމަ އެއާ އެއްވަރަށް އުފާވެސްވީ ޔައިނާގެ ކިބައިން އެއްވެސް ނުރުހުންތެރިކަމެއް ނުފެނުމުންނެވެ.

ޔައިނާގެ ޚިޔާލުތަކުގައި ހުރި އިރު ސްކޫލުގެ ގަޑި ޖެހޭކަންވެސް އޭނާގެ ހަނދާނަކު ނެތެވެ. ޔައިނާ އޭނާއަށް އެ ޖެއްސީ ކޮންފަދަ ޖާދުލެއް ބާވައޭ ހިތަށް އެރުމުން އިތުރަށް ހީލެވުނެވެ. އެފަދަ ޚިޔާލުތަކުގައި ހުރި މިލާންއަށް ހަމަބިމަށް އާދެވުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އަވަހަށް ގޮސް ދޮރު ހުޅުވާލި އިރު ފެނުނު ސޫރަ އަކުން މިލާންއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނު އިރު، އުފަލުން އެ ދެލޯ ވިދައިގަތީ ނިކަން ހިތްގައިމު ގޮތަކަށެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެދުވަހު ލޯބިން ޓްރޭލާ

Next

އެދުވަހު ލޯބިން 1

Next
June 29, 2022

އެދުވަހު ލޯބިން 1

Previews
June 27, 2022

އެދުވަހު ލޯބިން ޓްރޭލާ

5 Comments!

  1. Nayaa Nayaa says:
    June 27, 2022 at 2:06 pm

    Salaam dear readers.. Here’s the first part of this story.. Hope y’all will like this part.. Next part insha allah mireyge vaguthegga submit kohlaanan..
    Till then, stay safe and take care all <333
    Lots of love from me <333

  2. lau.laala786@gmail.com lau laalu says:
    June 27, 2022 at 6:14 pm

    yayyyyy first baiiiiiiiiiiiii
    masha allah dhonooooo… mashah hama handhaan vanee enme ehcheh only one thing….
    ekam eyey nethin bunaakasheh…. manje mashah dhimaa kuraane… ?????
    eyy dhen kalooo ma hama kos vejje… mioh vaahaka ehh… hama huvaa…. aaah dhen oii bayah inthizaaru kuran ingeyy loabiiiii…. ??????

  3. Nayaa Nayaa says:
    June 27, 2022 at 6:28 pm

    In reply to @lau laalu
    Haha yesssss congrats on being first darlx ?♥️
    Awwn thankiu dearrr ?
    Ahaha ok nubunyyas..mashah dhn engijje mihaaru ?.. hoe hoey kuriyah jassaalaifi ey dhw ???
    Ahaha alheyyyyyy hama ehaa rythi thr? Vrh vrh vrh ufaa vejje lau ah kamu dhiyakan enguneema.. kuriyah huri episodes adhi miah vure maa salhi vaane insha’Allah ♥️
    Dhn oiy bai vx maa lasthakeh nuve kiyaalan libidhaane insha’Allah..keep waiting babes♥️♥️♥️

    1. lau.laala786@gmail.com lau laalu says:
      June 27, 2022 at 9:06 pm

      uhoon kuriah nujehey block veee????

  4. Princess says:
    June 27, 2022 at 9:39 pm

    Mi baives v reethi Masha Allah mee edhemeehun vakivumuge kureege baeh dhw ♥️♥️♥️waiting for the next part avahah genesdheebala next part mihaaru mi hunnanee kiyaahithun keyymadhu Vefa
    Love you soo much nayoooo ????

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 2←


All Right Reserved!