Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… 39

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
May 29, 2022 6 Mins Read
13 Comments

ދެމީހުންވެސް ތިބީ މިވަގުތު އެކަކު އަނެކަކާ ދުރުވާހިތް ނުވެފައެވެ. އެކުގައި ތިބުމުން ލިބޭ ހިތްހަމަޖެހުމުން ހިނދުކޮޅަކަށްވެސް ދުރުވާހިތް ނުވެފައެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓު ތިބުމަށްފަހު، ރައިޝާއަށް ކުއްލިއަކަށް މާއިޝްއާ ދުރުވެވުނީ އެއްޗެއް ރެއަކާލި ފަދައިންނެވެ. މާއިޝްއާ ދުރުވެލައިފައި ރައިޝާ މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ދިނެވެ. ވަގުތުން ދެލޯ ބޮޑުވެ، އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޮލުގައި ވިދަން ފެށީ އުފާވެރި ކަމުގެ ކަރުނައެވެ.

“މާއިޝް… މާއިޝްއަށް… ހިނގޭ……” ޤަބޫލު ނުކުރެވިފައި ރައިޝާއަށް ބުނެވުނެވެ. ޤަބޫލު ނުކުރެވިފައި ރައިޝާ އަހައިލި ގޮތުން މާއިޝް ލުއި ހުނުމަކާއެކު އަނެއްކާވެސް ރައިޝާ ގެނެސް ގަޔާ ކައިރި ކޮށްލިއެވެ. އެއާއެކު، ރައިޝާގެ ދެލޯ ފުރި ބަންޑުންވީ އުފާވެރި ކަރުން ތަކުންނެވެ. މާއިޝް ހެޔޮ ހާލުގައި އޭނާގެ ކުރިމަތީގައި ހުރުމުން ހިތަށް ލިބިފައިވަނީ ބަޔާން ކުރަން ދަތި އުފަލާއި، ހިތް ހަމަ ޖެހުމެވެ.

“އެކަމް މާއިޝް ބުނީމެއްނު އޭރު… އޮޕަރޭޝަން ފެއިލް ވީ އޭ..” މާއިޝްއާ ދުރުވެލަމުން ރައިޝާ އަހައިލީ އަދިވެސް ޤަބޫލު ނުކުރެވިފައި ހުރެއެވެ. “އަހަރެން ބޭނުންވީ ރައި ސަރޕްރައިޒް ކޮށްލާށޭ.. ނައު ޑޯންޓް ކްރައި.. އެކަން އެ ދެން ނިމުނީއޭ..” ލޯތްބާއެކު ރައިޝާގެ ކަރުނަތައް ފުހެދެމުން މާއިޝް ހިނިތުންވެލިއެވެ. އެއާއެކު، ރައިޝާއަށް އަނެއްކާވެސް މާއިޝްގެ ގައިގައި ބައްދައިލެވުނެވެ.

ހިނދުކޮޅަކަށްފަހު، ދުރުވެލަމުން ރައިޝާ ރިއާޝްމެންނާ ކުރިމަތި ލިއެވެ. “ދޮންބެމެންނަށް އިނގޭޓަ.. މާއިޝްއަށް ހިނގޭކަން..؟” ރައިޝާ އަހއިލީ އެމީހުން ހައިރާންވެފައި ނެތުމުންނެވެ. “ހަހާ.. މާނާ ބުންޏޭ އަހަރުން ކައިރި.. ދެމް މިހާރު އިރާދަ ކުރެއްވީތީ ހުރިހާ ކަމެއްވެސް އޯކޭ އެއްނު ދެން ނުވިސްނައްޗެ އިނގޭ އެކަމާ..” ރިއާޝްވެސް ރައިޝާގެ ކައިރިއަށް އައިސް ބުނެލީ ރައިޝާއަށް އަދިވެސް ރޮވޭތީއެވެ.

“ނައީ.. ހާދަ ފަލަވެއްޖޭ ދޯ މިހާރު..” އެއް މިޔަކަނިން ލާނެތް ގޮތަކަށް ހީލަމުން މާއިޝް ބުނެލީ ނައިރާ ރުޅި އަންނާނެކަން އެނގިހުރެއެވެ. މާއިޝް އެހެން ބުނި ކަމެއް ނޭނގެއެވެ. ވަގުތުން ނައިރާ އައިސް މާއިޝްގެ ބުރަކަށީގައި ދެތިން ބޮނޑި އެޅިއެވެ. “އޯހ ހެލޯ މިސްޓަރ ފޮނިބޯކިބާ.. އައި ޑިޑިންޓް ގެޓް ފެޓް އޯކޭ..؟ އައި ޖަސްޓް ގޮޓް އަ ލިޓްލް ބިޓް ޗަބިއަރ..” ރުޅީ އައިސް، ލޯ އަޅައިގެން ހުރެ ނައިރާ ބުނެލިއެވެ. “އޯހ.. އަ ލިޓްލް ބިޓް..؟” އަނެއްކާވެސް ސަމާސާ ރާގެއްގައި މާއިޝް އަހައިލީ ނައިރާ އިތުރަށް ރުޅި އަރުވައިލުމަށެވެ. “ދެން ރައީ ބަލާބަ މި މާއިޝްގަނޑެއް..” ތުން އޫކޮށްލަމުން ނައިރާ ކުސްތަޅާލީ ރައިޝާ ކައިރީގައެވެ. “މަވާ ސަލާން..” ރައިޝާ ދެއަތް މައްޗަށް ނަގައި، ހިނިގަނޑެއް ޖަހައިލިއެވެ. “ހަހަ.. އޭ މަޖަލޭ ނައީ.. ބައިދަވޭ، ވެއިޓިން ފޯރ ދެޓް ލިލް ޗޭމްޕް އިނގޭ..” ނައިރާގެ ބަނޑަށް އިޝާރާތް ކޮށްލަމުން މާއިޝް ބުނެލިއެވެ. އެކަހަލަ އެތައް ވާހަކަތަކެއްގައި ތިބެ، އެއާރޕޯޓުން ނުކުމެގެން އައީ އެންމެން އެކީގައެވެ.

***

“މި ހެދުން ކިހިނެއް ވަނީ..؟” ފިޓިން ރޫމްއިން ނުކުމެގެން އައި ރައިޝާ ލައިގެން ހުރި ހުދު ވެޑިން ޑްރެސްއަށް ނައިރާއާއި ރީޝާ އަދި މާނާ ބަލައިލިއެވެ. “ޓޫ ސިމްޕްލް.. ނެކްސްޓް ވަން..” ނައިރާ ބުނެލިއެވެ. “އާހްގްގް.. އިޓްސް ދަ ފިފްތް ވަން ނައު.. ދެން ނުވާނޭ…” ރައިޝާ ކުސް ތަޅާލީ އެއޮށް ބޮޑެތި ބަރު ހެދުންތައް އެތައް ފަހަރަކު ލައިގެން ވެސް ނައިރާއަށް ކަމުދާ އެއްޗެއް ނުފެންނާތީއެވެ. ދެން މާނާ ދިން ހެދުން ހިފައިގެން ގޮސް އަނެއްކާވެސް ފިޓިން ރޫމްއަށް ވަދެފައި ބަދަލު ކޮށްލިއެވެ.

“ޕިސް.. މާ ގޮތް ބޮޑީ.. ނެކްސްޓް ވަން، ހިއަރ ވީ ކަމް!!” މި ހެދުންވެސް ނައިރާއަށް ކަމުދާ ގޮތެއް ނުވިއެވެ. ބިންމަތީގައި ދެފައި ތަޅައިލައިފައި ރައިޝާ އަނެއްކާވެސް ގޮސް ފިޓިން ރޫމްއަށް ވަނީ ނައިރާއާ ދެކޮޅަށް ޒުވާބު ކުރުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެއްކަން އެނގޭތީއެވެ.

ދެން ހެދުން ދިނީ ރީޝާއެވެ. އެ ހެދުން ހިފައިގެން އަނެއްކާވެސް ގޮސް ފިޓިން ރޫމްއަށް ވަނެވެ. އިރުކޮޅަކަށްފަހު ނުކުތުމުން އެންމެންގެ ނަޒަރުވެސް ހުއްޓިފައިވީ ރައިޝާއަށެވެ. “އޯ މައި ގޯޑް ރައީ… ދިސް އިޒް ޖަސްޓް ޕަރފެކްޓް.. ދޯ ރީއްތާ..؟” ނައިރާއަށް ކަމުދިޔަ ހެދުމަކާ ދިމާވީތީ ރައިޝާ ހިތާހިތުން ޝުކުރު ކުރިއެވެ. “ހްމްމް.. މީތި ވަރަށް ސަޅި.. ވަޓް ޑޫ ޔޫ ސޭ މާނާ..؟” ރީޝާ ހީލިއެވެ. “އައި ސޭ، ވީ ޝުޑް ގެޓް ދިސް ވަން..” މާނާ ގޮސް ރައިޝާގެ ހެދުމުގެ ފަސްބައި ރަނގަޅު ކޮށްލިއެވެ.

ޚުދު ރައިޝާއަށްވެސް އެ ހެދުން ނުހަނު ކަމުދިޔައެވެ. އެކަމަކު މާއިޝްއަށް ކަމުދާނެ ކަމެއްވެސް، ނުދާނެ ކަމެއްވެސް ނޭނގެއެވެ. ރައިޝާއާއި އެކީ އަންނަން މާއިޝް އެހާ ބޭނުންވެފައި ހުރެވެސް، ނާދެވުނީ މި ނައިރާއާކާ ހަދައެވެ. ކައިވެނީގެ ދުވަހުގެ ކުރިން ނޫނީ ރައިޝާ އެ ހެދުން ލައިގެން ހުއްޓާ ފެނިގެން ނުވާނޭ ކަމަށް ނައިރާ ބުނުމުން މާއިޝްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

***

“މީތި ކިހިނެއް ވަނީ..؟” ފިޓިން ރޫމްއިން ނުކުތް މާއިޝްއަށް ޔާޝްއާއި ރިއާޝް އަދި އިޒްޔަން ވަރަށް ފުން ނަޒަރެއް ދިނެވެ. “ޕިސް.. ތި ބްރައުން ކުލަ މާ ޑާރކް..” ރިއާޝް ވަގުތުން ފާޑު ކިޔައިލިއެވެ. “ޓްރޫ.. މިހާރު ހީވަނީ ޖަންގްލް ތީމެއްގެ ވެޑިން އެއް ބާއްވަން އުޅޭ ހެން.. ތަންކޮޅެއް އޯޓަމް ވެބަލަ..” އިޒްޔަންއަށް ތާއީދު ކުރަމުން ޔާޝްވެސް ބޯ ޖަހައިލިއެވެ.

“އަޅެ ދެން ތިމީހުންނަށް ކަމުދާ އެއްޗެއް ނުފެނުނެއްނު..” މާ ގިނައިން އެއްޗެހި ވަރުކުރަން ޖެހުމުން މާއިޝް ހުރީ ފޫހި ވެފައެވެ. މި މީހުން އަންހެނުންނަށް ވުރެ ކަންތައް ފަލައެއް ނޫންހެއްޔެވެ. ރައިޝާއަށްވެސް މިވަރަށް ހެދުން ވަރު ކުރަން ޖެހޭނެ ކަމެއް ނޭނގެއެެވެ.

“ބްރޯ.. މީތި މަށަށް ވަރަށް ސަޅި..” މިފަހަރު މާއިޝް ނުކުތުމުން ބުނީ ޔާޝްއެވެ. އެއާ ވިއްދާފައި އިޒްޔަންއާއި ރިއާޝްވެސް ބޯ ޖަހައިލީ ޔާޝްއާއި އެއްބަސްވުމުގެ ގޮތުންނެވެ. “ފައިނަލީ!!” އެންމެ ފަހުން މި މުޞީބާތުން ސަލާމަތް ވެވުމުން މާއިޝްއަސް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “އަވަހަށް ހިނގާ ގެއަށް ދާން..” މާއިޝް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. “ޔޯ ޔޯ ބްރޯ. ހާދަ އަވަހަކށް.. ވީ ސްޓިލް ގޮޓަ ޓްރައި އައުޓް ދަ ޝޫޒް..” ރިއާޝްގެ އަނގައިން އެ ލަފްޒު ކޮޅު ނުކުތުމާއި އެކުހެން މާއިޝްއަށް ފުއްވާލެވުނެވެ. “ދެން.. އަޅެ..” މާއިޝްއަށް ދެކޮޅެެއްވެސް ނުހެދުނެވެ. “ދެން އަޅެ އެއް ކިޔާނެ ކަމެއް ނެތް.. އަވަސްސްސް.. އޮފް ވީ ގޯ!!”

***

މާއިޝްގެ އޮޕަރޭޝަންއަށް ފަހު ދެ ހަފްތާއެއްހާ ދުވަސް ވީތަނާހެން ރައިޝާއާއި މާއިޝް ރަން ކިޔެވެ. ދެ ދުވަހެއްގެ ތެރޭގައި އެ ދެމީހުންގެ ކައިވެނި ކުރެވޭ އިރު، މިހާރު ވަމުން އެ ދަނީ އެކަމުގެ ތައްޔާރީ ތަކެވެ. ދެ ދުވަހުގެ ތެރޭގައި އެކަކު އަނެކަކުގެ ޙައްޤަކަށް ވެވޭ އިރު، ދެމީހުންވެސް ތިބީ ނުހަނު އުފާވެފައެވެ. އެ ދެހިތް ދިޔައީ އުފަލުން ނަށަމުންނެވެ.

***

“ދަރިފުޅާ ރިއާޝް.. ސްޓޭޖްކޮޅު ރަނގަޅުތޯ ބަލައިލަބަލަ.. ޔާޝް.. ދަރިފުޅު ގޮސް އެތަނުގެ ގޮނޑިތައް ރަނގަޅު ކޮށްލަބަލަ..” ރިޔާޒް ބޭނުންވީ ރައިޝާގެ ކައިވެންޏަށް ހުރިހާ ކަމެއްވެސް ފުރިހަމަ ވާށެވެ. އަވަސް އަރުވާލައިގެން ހުރިހާ ކަމެއްވެސް ރަނގަޅުތޯ ބަލަމުން ދިޔައީ އެހެންވެއެވެ.

މާހައުލު ކިތަންމެހާވެސް ރީތިވެފައި ހިތްގައިމެވެ. ކައިވެނި ޕާރޓީ އޮތީ ރިޔާޒްގެ ރިޒޯޓެއްގައެވެ. ކައިވެނީގެ ތީމްއަކަށް “އޯޓަމް” ހަމަޖެއްސީ ރައިޝާއާއި މާއިޝް ބޭނުންވެގެންނެވެ. ހުސްކޮށް އޮތް އެ ބޮޑު ސަރަހައްދުގައި ހުރި ގަސްތައް ރީތިގޮތަކަށް ބަހައްޓާލެވިފައިވާ އިރު، ބިންމަތި އެކީހެން ފޮރުވޭ ވަރަށް ތިރިއަށް ވަނީ ހިކި ފަތް އަޅައިފައެވެ. އަދި ގަސްތަކުގައި ރަތާއި، އޮރެންޖާއި، ރީނދުލާއި ރަން ކުލައިގެ ފެއަރީ ލައިޓްސް އޮޅައިފައި ހުރުމުން ވަރަށް ތަފާތުވެފައި ހިތްގައިމު ކަމަށް ދައްކަމުން ދިޔައެވެ. ކައިވެނީ ކުރެވޭ ދެމަފިރިންނަށް ޚާއްސަކޮށް ހަދައިފައިވާ ވަރަށް ރީތި އުނދޯއްޔެއްވެސް ހުއްތެވެ. އެ އުނދޯލީގެ ވާފަސްތަކުގައިވެސް ފަތް ހަރުކޮށްލައިވާ ގޮތުން މީހަކު އާޝޯޚު ވެދާހާ ވެޔެވެ. މެހެމާނުންނާ ސަލާމްކުރުމަސް ހަދާފައި ހުރި ކުޑަ ސްޓޭޖްކޮޅުގެ ބެކްގްރައުންޑުގައިވެސް ވަނީ ވަރަށް ރީތި “އޯޓަމް” ސްޓައިލެކެވެ. މާހައުލު ކިތަންމެހާވެސް ފުރިހަމައައެވެ. މިއީ އެތައް ވަގުތެއްގެ ބުރަ މަސައްކަތްކަން ޔަޤީނެވެ. ލުއި ވައިރޯޅި ޖެހެމުންދާ އެތަނަށް އަންނަ މެހެމާނުންގެ ހިތް ހަމަ ޖެހޭ ފަދަ މާހައުލަކަށް އެތަން ވަނީ ވެފައެވެ.

“ރީޝާ.. ހުރިހާ އެއްޗެއް ހަމަތަ..؟” ނުހާވެސް ރިޔާޒް އެކޭ އެއްފަދައެވެ. ހީވަނީ ގަޔަށް ހިނި އަރައިގެން އުޅޭ ހެންނެވެ. “މަންމާ.. ހުރިހާ އެއްޗެއް ހަމައޭ.. އެހާ ހާސް ނުވެބަ..” ރީޝާ ބުނެލީ ނުހާ މާ އަވަސްއަރުވާލައިގެން އުޅޭތީއެވެ. “ކޮބާ.. ގަޑި ޖެހެން ދެން ބާކީ ފަނަރަ މިނެޓު.. މިހާރު ޤާޟީ އަންނާނެ.. ރައިއާ މާއިޝްއާ ގެންނަމާ..” ނައިރާ ފުރަތަމަ އެހީ ރިޔާޒް ކައިރީގައެވެ. ރިޔާޒް އާއެކޭ ބުނުމުން ރިއާޝް އަވަހަށް ގޮސް މާއިޝްގެ ކޮޓަރިއަށް ވަނެވެ.

“މާއިޝް..” ތައްޔާރުވެ ނިމިގެން އެނދުމަތީގައި އިން މާއިޝްގެ މޫނުމަތިން ފެންނަނީ އެއްވެފައިވާ ކުލަވަރުތަކެވެ. ހާސްކަމާއި އުފާވެރިކަންވެސް އެ މޫނުމަތީގައި ވިޔެވެ. “މާއިޝް.. ނަރވަސް..؟” މާއިޝްގެ ކައިރީގައި އިށީނދެލަމުން ރިއާޝް އަހައިލިއެވެ. “ޔާހ.. ޕްރިޓީ މަޗް..” މާއިޝް ޖަވާބުދިނީ ތެދަށެވެ. “ޑޯންޓް ވޮރީ ބްރޯ.. ޔޫ ބޯތް ލަވް އީޗްއަދަރ.. އަހަންނަށް ޔަޤީން މާއިޝްވެސް ރައިއަށް އެއްވެސް ދެރަ ގޮތެއް ނުހަދާނެކަން.. އިޓްސް ނޯރމަލް ޓު ބީ ނަރވަސް އޮން ޔުއަރ ވެޑިންގ ޑޭ.. ސޯ، ޖަސްޓް އެންޖޯއި..” މާއިޝްގެ ބުރަކަށީގައި ޖަހައިލަމުން ރިއާޝް ހިނިތުންވެލިއެވެ. “މާއިޝްވެސް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. “ހިނގާ ނުކުންނަމާ.. ދެން ނެތް މާ ގިނަ ވަގުތެއް..” މާއިޝްގެ ޓައި ރަނގަޅު ކޮށްލަމުން ރިއާޝް ބުނެލިއެވެ. މާއިޝްވެސް ހިނިތުންވަމުން ފުން ނޭވާއެއް ދޫކޮށްލާފައި ރިއާޝްއާއި އެކީ ނުކުތެވެ.

***

“ރައީ.. ހިނގާ ނުކުންނަމާ..” ރައިޝާގެ ބޮލުގައި އަޅާފައި އިން ބޭންޑު ހަރުކޮށްލަމުން ނައިރާ ބުނެލިއެވެ. އޭރު ރައިޝާ ދެއަތް ދެއަތާ މޮޑެން އިނުމުން ނައިރާއަށް ރައިޝާ އޭނީ ހާސްވެފައިކަން އެނގުނެވެ. “ކަމޯން ރައީ.. ތިވަރަށް ހާސްވާކަށް ނުވާނޭ.. ބީ ގްލޭޑް ދެޓް ފައިނަލީ އެވްރީތިންގ އިޒް ފޯލިން އިން ޕްލޭސް..” ނައިރާ ރައިޝާގެ ދެ އަތުގައި ހިފައި، ފިއްތައިލިއެވެ. “ޔޫ ގައިޒް ވިލް ބީ ދަ ކިޔުޓެސްޓް ކަޕްލް އެވަރ..” ރައިޝާގެ ދެ ކޮލުގައި ހިފައިލަމުން ނައިރާ ހީލިއެވެ. “އޯކޭ.. ދެން ހިނގާ އަވަހަށް ދާން.. މިހާރު މާއިޝް ހުންނާނެ، ރައިގެ އިންތިޒާރުގަ.. ހައޭ ޔޫ ލުކް ސޯ ފްރީކިން ގޯރޖަސް ޓުޑޭ.. ހަމަ ޔަޤީނުންވެސް މާއިޝް ހޭ ނެތޭނެ..” ލާނެތް ގޮތަކަށް ހީލަމުން ނައިރާ ބުނެލިއެވެ. އެއާއެކު ރައިޝާގެ ދެކޯ ދިޔައީ ރަތް ވެގެންނެވެ. ގަތް ލަދާއެކު، ނައިރާގެ މުލައްދަނޑީގައި މަޑުމަޑުން ޖަހައިލާފައި ދާން ހިނގާށޭ ބުނެލިއެވެ.

***

ގޮނޑީގައި އިށީނދެގެން އިން މާއިޝްއަށް އިސްއުފުލައިލެވުނީ ގާތުގައި މީހަކު އިށީން ކަމުގެ އިޙްސާސެއް ކުރެވުމުންނެވެ. ކަނާތްފަރާތަށް ބަލައިލެވުނު އިރު ފެނުނު ހިތްގައިމު ސޫރައިން މާއިޝްގެ ހިތް ތެޅިގަތް ގޮތުން ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މާ ސާފު ނޫން ހުދު ކުލައެއްގެ ވެޑިން ޑްރެސްއާއި ހަމަ އެ ކުލައިގެ ޝޯލްއެއް އަޅައިފައި އިން އިރު، ރައިޝާގެ ބޮލުގައި މުށިރަތް ކުލައެއްގެ މާތަކަކާއި، ގަދަ ފެހި ކުލައިގެ ފަތް ބޭނުންކޮށްގެން ހަދާފައި އިން ވަރަށް ރީތި ބޭންޑެއް އިނެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ރައިޝާގެ މޫނުގައި މޭކަޕްގެ އަސަރު ގަދައެވެ. ނަމަވެސް، ބަލައިލަން ނުހަނު ރީތި ވަރަކަށެވެ. ވަގުތުން މާއިޝްއަށް މާޝާﷲ އޭ ބުނެވުނީ ރައިޝާ މިއަދު ފުރިހަމަ ކަމުންނެވެ. މީހުންގެ އެސްފީނާތަކުން އޭނާގެ ހިތުގެ ރާނީ ރައްކާތެރިކޮށް ދެއްވުމަށް އެދި، އެތައް ފަހަރަކު ދުޢާ ކުރެވުނެވެ.

ރައިޝާގެ ޙާލަކީތޯއެވެ؟ މާއިޝް އޭނޢއާއި ދިމާލަސް ބަލަމުން ދިޔަ ގޮތުން އެ ހިތުގެ ތެޅުން ދިޔައީ އެތައް ގުނައެއް އަވަސް ވަމުންނެވެ. ނަމަވެސް، ދޭތެރެއަކުން ވަށްކަޅިން މާއިޝްއާ ދިމާލަށް ބަލައިލެވެނީ އިޚްތިޔާރަކާ ނުލައެވެ. އެތެރެއިން ހުދު ކުލައިގެ ގަމީހެއް ލާފައި. މަޑު މުށި ކުލައަކަށްދާ ކޯޓު ފަޓުލޫނުގައި ހުރި އިރު މާއިޝް ނުހަނު ހިތްގައިމެވެ. ކޯޓުގެ ޖީބުގައި ޖަހާފައި އިނީ ހަމަ ރައިޝާގެ ބޭންޑާއި، މާ ބޮނޑީޣައި ހުރި ޑިޒައިންގެ މަލެވެ. ބޮލުގެ އިސްތަށިގަނޑު އަރިމަތިން ޓްރިމް ކޮށްލާފައި، ބާކީ ބައި ޖެލް ލައި، ރީތިކޮށް ހަރުކޮށްފައި އެ ހުރީ ރަނގަޅަށް ބެލިއްޔާ ރިއާޝް ވަސްވާސް ދީގެންނެވެ. ނަމަވެސް، މާއިޝް މިއަދު ނުހަނު ރީއްޗެވެ. ނިކަން ފިރިހެންވަންތަ ވެފައި ސްމާރޓެވެ. އެތާ ތިބި އަނަހެން ކުދިންގެ ޢަދަދު ގިނަ ކަމުން ރައިޝާ ފާޑަކަށް ބިރުވެސް ގަތެވެ. ނަމަވެސް، ދެން ހިތް ހަމަ ޖައްސައިލީ އިރުކޮޅެއްގެ ތެރޭގައި މާއިޝް ވާނީ އޭނާގެ ޙައްޤަކަށޭ ހިތަށް އެރުމުންނެވެ.

ދެމީހުން އެއްވެސް ބަހެއް ނުބުނި ކަމުގައި ވިޔަސް، ލޮލުން ދިޔައީ އތައް މެސެޖުތަކެއް ބަދަލު ކުރެވެމުންނެވެ. ދެމީހުންނަށްވެސް ހަމަ ބިމަށް އާދެވުނީ ޤާޒީ ޚުތުބާ ކިޔަން ފެށުމުންނެވެ. ޚުތުބާ ކިޔައި ނިމެންދެންވެސް، ދެމީހުން ތިބީ އިސްދަށަށް ޖަހައިގެން، ކަނުލައި އަޑު އަހާށެވެ.

“އަނބި ޤަބޫލު ކޮށްފިންތަ..؟” ޤާޟީ އަހައިލުމުން މާއިޝް ރައިޝާގެ އަތުގައި ހިފައިލީ މިއީ ތިމަންނަގެ ޙައްޤެކޭ ބުނާ ފަދައަކުންނެވެ. “އަނބި ޤަބޫލު ކޮށްފިން..” ރައިޝާގެ އަތަށް މަޑުމަޑުން ފިތައިލަމުން މާއިޝް ބުނެލިއެވެ. ވަގުތުން ރައިޝާއަށް މާއިޝްއާއި ދިމާލަށް ބަލައިލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ފުން ނަޒަރެއް ދެމުން ހީލި އިރު، ދެ ހިތުގައިވެސް ވަނީ އެކައްޗެކެވެ. އަބަދުވެސް މި ގުޅުން ފުރިހަމަ ސިއްޙަތާއި އެކު، ދެގޮތެއް ނުވެ ދާއިމަށް އޮތުމެވެ. ވަރަށް ލޯބިވެޔޭ ދެމީހުންވެސް ބުނެލީ ލޮލުންނެވެ. ގުޅުވައިލެވިފައިވާ އެކަކު އަނެކަކުގެ އަތަށް ބާރުކޮށްލީ ދުވަހަކުވެސް ވަކިނުވާނޭ ކަމަށް ވަޢުދު ވަމުންނެވެ.

***

ހަތް އަހަރު ފަސް

***

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

މަދަދުވެރިޔާ (4)

Next

އެއް މާ ބަނޑު 2 ކުދިން

Next
May 31, 2022

އެއް މާ ބަނޑު 2 ކުދިން

Previews
May 29, 2022

މަދަދުވެރިޔާ (4)

13 Comments!

  1. Ryyn says:
    May 29, 2022 at 2:21 pm

    Vrh vrh rythi masha allah! ❤? dhn innaany fahubai dhw?

  2. s.n.o.w.f.l.a.k.e Dark angel says:
    May 29, 2022 at 2:36 pm

    brw nimun iru vs neygun???. alhey test dhuvaskolhaa dhimaa kohfa vhk nukiyaanan kamah nadhuru bunegen ulhey meeheh mi???ekam mihaa reethi vhk fennanya nukiyaa kihineh hunnaaney???vrh reethi maasha Allah??keep the good work ??? btw i mi vhk abadhu vs kiyan ingey miadhu comment eh kohlaa hiy v hama lol??? where is ur friend??? comedy land vrh nufeney ehen v ahaaly dont mind engey?

  3. Nayaa Nayaa says:
    May 29, 2022 at 3:59 pm

    In reply to @Dark angel
    Hehe thankiu darlx♥️..alheyy dhn ok vaane dheytherein vhk eh kiyaaliyas..hehe..btw best of luck for ur tests ingey ?..nayaa vx test feshen vaa irah avahah vhk ninmaalaafa mi othy test ah focus kuran vgn..hehe e ok vaane cmnt nukurevunas..vhk kaiyaalaakan enguneema hama vrh happy ?♥️.. once again tysm dear ?♥️.. really means a lot to me inge♥️..
    Reesh dhw?? She’s also bit bxy with exams nd all ig..thee e handhanky vx vrh avahah kiyaalan libeyne insha’Allah..keep waiting ♥️.. ehehe ofcrx I won’t mind darlx.. don’t worry?..

  4. Nayaa Nayaa says:
    May 29, 2022 at 4:01 pm

    In reply to @Ryyn
    Tysm ryyn darlx ♥️..yes dhn innaany fahu bai.. mihaaru vaany submit vx kohlaafa

  5. lau.laala786@gmail.com lau laalu says:
    May 29, 2022 at 9:22 pm

    EYYYYY MANJEYYYYY…..
    saabahey dhen neiitha kuriah neren oi ehen vaahaka eh…. mibuny mi ninmaafa…??
    hehhehe…. manje vaahaka e nethiyya ma beynun varah srs talk eh jahssaalan varah kuda kamakaa… ma kurin dhuvahu eyoh loabin fonuvi umma kolhu vx manje firihen kuhhjakah dhineema eyge consequences dhen othy…. eyy miaku nubuneveyne dhw..haha ???
    manje dhen congra magey vaahaka adhi nimumakaa gaaiy vx nuvanee ey… lol…. eyy aslah ves eyy neiitha manjege vhk ehh… aslu talk eh vx… dhen manje ge maui kobaathaa.?????????? moanage boat ga riyaa thiri kureetha???? uhoon hiyeh nuvey ebain bunefa submit kohhfeemey… e up vefa 48 hours hama veema noonee meena maui aa ehhkoh nufuraane…????
    eyy dhen ma kendyy yooo….. bye yooo.. you take very good care yoooo, i love you oah…. will miss you oah…. hhahaha ok byeeeee

  6. Nayaa Nayaa says:
    May 29, 2022 at 10:11 pm

    In reply to @lau laalu
    Ooooiii manjeyyy..Keeley
    Pss pss manje jassaanethr dhn srs talk eh? Rangalhah beliyyaa thi ulheny ekkala soruge vhk eh bunan dhww..yageeney..klw thi lwbi vanyyaa lwbi vaa vhk bunebala..nimuneenu..e soru lwbi vey manje dheke..mashah hama yageeney brw..lmao anyways brw..hehe e kiss dhwww..ma dhiny magey lhiyanasheyy.. e ok vaaney brwww..
    Ey ma buny I can’t use dc anymore ingey….. I’m assuming u already know the reason….
    Anyways…
    Haha shukuru brw.. manje vhk vx nikan reehchey..adhi eyoh ayaash eh eevaa ungah vettifa darling hedhunu vahtharu dhww..ma gaathah hini vx ai ingey..ekms vrh lwbi..klw dhaan v cmnt eh vattaalan
    Pss pss mashakah neynge mihaaru thi alhuvaa kiyany kaakaa kameh vx..ehnma nethin ehcheh bunaakah
    Hoan hoan dhey dhn..ma vx kendy manje ge vhk ah cmnt eh vattaalan..hoan bye..c ya.. love u more..will miss u too♥️?

  7. lau.laala786@gmail.com lau laalu says:
    May 30, 2022 at 2:34 pm

    eyyy brwwwwww….. hiiiiiii
    eyy ma aslah vx varah srs talk ekey manjeyy….. hoon rangalhasheyyy….. e soruge vhk ekey… klw ma loabi viyas eyna loabi vaakan mashah yageen nuvaairu manje ah yageen vey… dhen ehhkala thakurufaanu bunefi eyy eyna kairi thimanna lhiyanah vaan ready vaashw bunyma eynayah ingeyne ehhnun…. meena buny … nubunaanan…. fahun bunaaneee.??…..lhiyanu dhwww dhen eythi e dhiyaiee konmeves meeehakah ekam mashakah hiyeh nuvey eii esoru heeneh manje ah mashah hoadhaidheveyne lhiyanakeee..?????….
    ma kiyifin reply dheefin manjege cmnt ahhhhh… ty ty ty darllxxx vaahaka reethi veema miheiree hama geyge furaalhah araa… hehehee…???
    yessss… dhen varah miss vaane ingeyyyyy…… love youuuuuuuuuuuuu ok byeeeeeeee

  8. Nayaa Nayaa says:
    May 30, 2022 at 6:29 pm

    in reply to @lau laalu
    oooooooooi brwww… baai
    eyyy see koh thr brww?? alhe mashakah on eh nuveveyney.. dhn kihineh hadhaany brw??
    eyyy brw arrrn mashah hama yegeeney.. e soru nulaahiku lwbi vey manje dheke.. manje e soraa rattehi vejjeyyaa ma dhn liyaa vhk liyaany manje ashaa e sorah haassa koh.. lol.. ey ekm srs koshey ma bunaa goi hadhaabala.. hama huvaa mashah yageeney e soru lwbi vaa kan.. manje thy ekahcheh vx ingey meeheh nooney.. mashahshey ingeyny.. dhn vx meehaku ais e soru jahai nugannanees thi bunebala.. jahaa dhheloa maraafa bunebala vrh lwbi veyey… nimuny… finish.. topic closed.. if he says no, which he prolly wont say, then just move on.. thats life brw.. kan kamaa kerigen kurimathi laan vaaney.. hurihaa kameh faseyha eh nuvaane.. u shud take risks.. getu? huh ma mivarah naseyhaiy dhiney kiyaaha manje islaahu vaanethr.. vrh foohivey.. ma bunaa goiy nuhadhaa dhn ma kairi nudhakkaathi thi vhk
    eyyyyy asluthaaaaaaaa??? eyna buny lhiyaney..? brw now im sure that he knows manje eyna dheke lwbi vaa kan.. varugadha dhonbe eh manje ah libifa thi hury.. hurihaa ehcheh falhaa ruvany ey dhw.. lol
    awww wlcm dhooni.. ey klw furaalhun faibaa.. manje vettejjeyyaa anekaa jeheyny e sorah govaa gennan..lmao
    yee will miss u all more
    love youuuuu moooooorrrrrrrrreeeeeeeee babes

  9. mariyam inma imraan Ibrahim says:
    May 31, 2022 at 8:05 am

    This is nice story I love it
    Please write next story

    1. Nayaa Nayaa says:
      May 31, 2022 at 9:48 am

      Thanks dear♥️
      Next story june mahuge medhuthereyga neren fashaanan insha’Allah.. I’m still planning the plot

  10. frozen says:
    May 31, 2022 at 8:07 am

    I love this story

    1. Nayaa Nayaa says:
      May 31, 2022 at 9:50 am

      Tysm darling ?

  11. Fathimath mildha says:
    June 12, 2022 at 12:37 pm

    Dhivehi vahk

Comments are closed.

Next Episodeހިތުގެ ޝަކުވާ… 40 (ފަހުބައި)←


All Right Reserved!