Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… 35

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
May 23, 2022 6 Mins Read
18 Comments

އެވަގުތު އެ ހިތް ޝަކުވާއިން ފުރި، ބަންޑުން ވަމުން ދިޔައީ އަމިއްލަ ޢާއިލާއާ ދޭތެރޭގައެވެ. ދެންމެވެސް ނުހާގެ ކައިރީގައި އަހާ ހިތްވިއެވެ. މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ، ހިތުގައިވީ ހުރިހާ ޝަކުވާއެއް ބޭރުކޮށްލަން އެދެވުނެވެ. ނަމަވެސް، އެކަން އެގޮތަށް ނުކުރީ، ރައިޝާ ރާވާފައިވަނީ އެހެން ގޮތަކަށް ކަމަށް ވީތީއެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ބަދލުގައި ޢާއިލާއަށް އަނިޔާއެއް ނުދޭނެއެވެ. އަމިއްލަ ޢާއިލާގެ ކިބައިން ބަދަލު ހިފުމަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް، ދެން އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާކަށް އެކަކަށްވެސް ފުރުޞަތެއް ނުދޭނެއެވެ. އެއީ ޔަޤީން ކަމެކެވެ. ދެން އޭނާ ކަންތައް ކުރާނީ އޭނާ ބޭނުންވާ ގޮތަކަށެވެ. މި ވާހަކައިގެ ނިމުން ލިޔާނީ އޭނާ އަމިއްލައަށެވެ. ދެން އެހެން މީހަކަށް އެ ފުރުޞަތެއް އޭނާ ނުދޭނެއެވެ.

***

“ރައީ..” ނިދިފައި އޮތް ރައިޝާ ތެދުވެލީ ނައިރާ އޭނާއަށް ގޮވާލުމުންނެވެ. އެތައް ދުވަހަކަށްފަހު ހަމަޖެހިގެން އޭނާއަށް ރަނގަޅަށް ނިދާލެވުނު މީ ފުރަތަމަ ފަހަރު ކަމުން ތެދުވާހިތް ނުވެފައި ރައިޝާ އޮތީ ނައިރާއަށް ޖަވާބެއްވެސް ނުދީއެވެ. “ރައީ..” އަނެއްކާވެސް ނައިރާ ގޮވާލުމުން ރައިޝާއަށް ތެދުވަން މަޖުބޫރު ވިއެވެ. ތެދުވި ވަގުތު އެންމެ ގާތް އެކުވެރިޔާ ފެނުމުން ރައިޝާގެ މޫނުމަތި އުޖާލާވީ މާއިޝްއާ ދިމާވި ވާހަކަ ނައިރާއަށް ކިޔައިދޭން ހިތަށް އެރުމުންނެވެ. ކުޑައިރުއްސުރެވެސް އެއްވެސް ފަސްޖެހުމަކާއި ނުލާ ހުރިހާ ވާހަކަތަކެއް ނައިރާއާ ހިއްސާ ކުރާތީ މި ވާހަކަވެސް ހިއްސާ ކުރަން ބޭނުންވީ ނުހަނު ބޮޑަށެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި އެ ޚިޔާލު ދޫކޮށްލީ ނައިރާއަށް ހުރިހާ ކަމެއް އެނގި ހުރެ އޭނާ ރައިޝާއަށް އޮޅުވާލި ހަނދާން ވުމުންނެވެ. ނައިރާ އެވަރުގެ ބޮޑު ކަމެއް އޭނާއަށް ސިއްރު ކޮށްފާނެކަމަކަށް ރައިޝާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ނައިރާގެ މަޖުބޫރީ ޙާލަތު ނޭނގި ނަމަވެސް، ރައިޝާ ދެކުނީ ނައިރާ އޭނައަށް ދޯކާ ދިނީ ކަމަށެވެ. ނަމަޗވެސް، ނައިރާއާއި ރިއާޝްމެންގެ މަޖުބޫރީ ޙާލަތު އެނގޭނެ ނަމަ، ރައިޝާ އެމީހުން ކުށްވެރި ނުކުރާނެކަން ގައިމެވެ. ވެފައިވީ ފޫހިން ރައިޝާ ނައިރާއާ ވާހަކަވެސް ދެއްކީ ނިކަން ފަރުވާކުޑަ ގޮތަކަށެވެ.

“ކީކޭ..؟” އެނދުން ތެދުވެ އިސްތަށިގަނޑުގައި އަތް ފުނާއަޅައިލަމުން ރައިޝާ އަހާލިއެވެ. “އެއޮށް ހަވީރު ވަނީ.. ރަން ކިޔުމުގެ ޙަފްލާ އޮންނަ ކަން ހަނދާން ނެތުނީތަ..؟” ލޯތްބާއި އޯގާތެރިކަމާއެކު ރައިޝާގެ ބޮލުގައި ފިރުމައިލަމުން ނައިރާ އަހާލީ ހިނިތުންވެ ހުރެއެވެ. އަރޫންއާއި ކައިވެނި ކުރަން ޖެހޭ ދުވަސް ކައިރިވަމުން އަންނަ އިރު ރައިޝާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްވެރިކަން ނައިރާ އެނގެއެވެ. ރައިޝާ ހަމަޔަކަށް އެޅުވުމުގެ ގޮތުން އެހާ ލޯބިން ވާހަކަ ދެއްކީ އެހެންވެއެވެ. ނަމަވެސް، ރައިޝާގެ ފަރުވާކުޑަ ޖަވާބުންނާއި، ދުރުކަން އިޙުސާސްވި ޢަމަލުގެ ސަބަބުން ނައިރާ ހިސާބަކަށް ޙައިރާންވިއެވެ.

“އިނގޭ އޮތް ކަން.. ތައްޔާރު ވާށޭ މި އުޅެނީ..” ނައިރާގެ އަތް ފޮޅާލަމުން ރައިޝާއަށް ބުނެވުނީ ނުހަނު ބާރަށެވެ. ރައިޝާގެ މި ޢަމަލާއެކު ނައިރާއަށް ސިހން ލިބި، ދެރަވި ކަމުގައި ވިޔަސް، އެ ޚިޔާލު ދޫކޮށްލީ އެއީ ރައިޝާ މާ ބޮޑަށް ނުތަނަވަސްވެފައި ހުރުމުން ވީ ގޮތެއް ކަމުގައި ނިންމާފައެވެ.

“އެންމެ ރަނގަޅު.. އަލަމާރީގައ ހުންނާނެ މަންމަ ދިން ހެދުން އަޅުވާފަ.. އަވަހަށް ތައްޔާރުވޭ.. ދެން ނެތް މާކަ ގިނަ އިރެއް.. އެހީއެއް ބޭނުމިއްޔާ ގޮވައްޗެ އިނގޭ..” ހިނިތުންވެލަމުން ނައިރާ ރައިޝާގެ ކޮޓަރިން ނުކުތެވެ. ނައިރާ ނުކުތުމާއެކު ރައިޝާ މިއޮށް ހުރިހާ އިރަކު ހިފަހައްޓައިގެން ކުރި ކަރުނަތައް، އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. ދައްތައެއްގެ ގތގައި ދެކެމުން އައި ނައިރާއާ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ދެރަވި ނަމަވެސް، ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައިލީ، އެއީ ނައިރާއަށް ޙައްޤު އަދަބެއް ކަމުގައި އަމިއްލަ ޟަމީރަށް ވިސްނައިދެމުންނެވެ. މަޑުމަޑުން އެނދުން ތެދުވެ، އެނދުމަތި ރީތިކޮށްލުމަށްފަހު، ރައިޝާ ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓިފައި، އޭނާގެ ސޫރައަށް ވަރަށް ފުން ނަޒަރެއް ހިންގައިލިއެވެ. މިއަދަކީ އޭނާއާއި މާއިޝްގެ ގުޅުމުގައިވާ ހުރިހާ ހުރަސްތަކެއް ނެތިގެން ދާނޭ ދުވަހެވެ. ދޮޅު އަހަރު ވަންދެން އޭނާ ކުރަމުން ދިޔަ ހިތާމަތަކާއި ޝަކުވާތައް ނެތިގެން ދާނޭ ދުވަހެވެ. ލޮލުން ފޭބި ކަރުނަތައް ފުހެލަމުން ރައިޝާ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރު ހިންގައިލިއެވެ.

“ދެ ގަޑި އިރު.. ބާކީ އެންމެ ދެ ގަޑި އިރު…” ރައިޝާގެ ދެތުންފަތް ދޭތެރެއިން އެ ލަފްޒުތައް ނުކުތުމާއި އެކު އަމިއްލަ ނަފްސަށް ހީލެވުނެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ އަވަހަށް ތައްޔާރު ވުމުުގެ ގޮތުންނެވެ.

***

“މާޝާﷲ ރައީ.. ހާދަ ލޯތްބޭ..” ތައްޔާރުވެ ނިމިގެން ލޯގަނޑު ކުރިމަތީގައި ގަޔަށް ސެންޓު ޖަހަން ހުރި ރައިޝާ ފެނިފައި ނައިރާއަށް ބުނެވުނީ ހީލަމުންނެވެ. ރައިޝާވެސް ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިފައި ހިނިތުންވެލިއެވެ.

ޙަޤީގަތުގައިވެސް އޭނާ މިއަދު ވަރަށް ރީއްޗެވެ. ލައިގެން ހުރި ހުދުކުލައިގެ އަބާޔާ ހެދުން ހުރީ ގަޔަށް ދޫކޮށެވެ. އުނަގަނޑާ ދިމާލުން ބަންދެއް އައްސާފައި އިނުމުން އެ ހަށިގަނޑުގެ ބައްޓަން ކޮންމެވެސް ވަރަކަށް ހާމަވާން ހުއްޓެވެ. ބަންދުން ފެށިގެން ތިރިޔަށް ވަށްތިރީގެ ފަސްބަޔެއް ލެވިފައިވާ ގޮތް ނުހަނު ފުރިހަމައެވެ. އެއާއިއެކު ޒަމާނީ ގޮތަކަށް އަޅާފައިވާ މެރޫން ކުލައިގެ ޝޯލްއާއި، އަރައިގެން ހުރި މެރޫން ކުލައިގެ ހައި ހީލްސްއިން ރައިޝާ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. މޫނުގައި ކޮށްލެވިފައިވީ ފަނޑު މޭކަޕުން ރައިޝާ އިތުރަށް ސާދާ ކަމަށް ދައްކައެވެ.

ނަމަވެސް އޭނާ މިއަދު އެހާ ރީތިވީ މިއަދަކީ އޭނާގެ ރަން ކިޔުމުގެ ޙަފްލާއަށް ވީމަކައި ނޫނެވެ. އަދި އަރޫންއަށް ޓަކައެއްވެސް ނޫނެވެ. ނަމަވެސް، މިއަދަކީ އޭނާއަށް ވަރަށް ޚާއްސަ ދުވަހަކަށް ވީތީއެވެ. ޚާއްސަ ވަނީ ކޮން ގޮތަކުންކަން ވަނީ އޭނާގެ ހިތުތެރޭގައެވެ.

ތުންފަތުގައި މަޑު މެރޫން ކުލައެއްގެ ލިޕްގްލޮސްއެއް ޖައްސާލަމުން ރައިޝާ އެންމެ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލިއެވެ. މިވަރުން ރީއްޗެވެ. ފުރިހަމައެވެ. އިތުރު ކަމެއް ނެތުމުންނާއި އެކު، ގަޑި ޖެހެން ކައިރިވެފައިވާތީ އަތުުރީ ގަޑި އަޅައިލުމަށްފަހު، ފޯނު ހިފައިގެން ރައިޝާ ނައިރާއާއި އެކު ނުކުތީ ސިޓިން ރޫމަށެވެ. އޭރު އެބޮޑު ސިޓިންރޫމް ވަނީ ހިތުގެ ބަށްޓަމަށްވާ ހުދާއި، މެރޫން ކުލައިގެ ފުއްޕާހަން ތަކުންނާއި، ފެއަރީ ލައިޓްތަކުން ޒީނަތްތެރި ކުރެވިފައެވެ.

ސޯފާގައި ފުއްޕާހަމެއް ހިފައިގެން އިން އިޔާޝާ އިނީ ހުދާއި މެރޫން ކުލައިން ޒީނަތްތެރި ކޮށްފައިވާ ވަށްތިރި ހެދުމެއް ލައިގެންނެވެ. އަތާއި ކަރުގައި ގަހަނާ އަޅާފާ ވާ އިރު، ބޮލުގައި އިނީ މެރޫންކުލައިގެ ލޯބި ބޭންޑެއް އަޅައިލާފައެވެ. މިއީ އިޔާޝާ އެކަހަލަ ހަވީރީ ހެދުމެއް ލައިގެން އިންދާ ހަމަލޮލަށް ރައިޝާއަށް ފެނުނު ފުރަތަމަ ފަހަރު ކަންނޭނގެއެވެ. އަބަދުވެސް އިންނާނީ ޓީޝާޓަކާއި ސޯޓެއް ލައިގެންނެވެ. އިޔާޝާ ކިތަންމެ ކުޑައަކަސް، އޭނާ ބޭނުންނުވާ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުމަކީ ސަހަލު ކަމެއް ނޫނެވެ. ވިޔަރި އަރުވާލާނީ އެހާ ގަދަޔަށެވެ. މިއަދުވެސް އެ ހެދުން ލައިގެން އެ އިނީ ނުލާން ވެގެން ވަރަކަށް ބޮޑާހާކާލާފައިކަން ޔަޤީނެވެ. އިޔާޝާ އިންލެއް ލޯބިކަމުން ރައިޝާއަށް ހިނިތުންވެވުނެވެ. އެއިރު ނައިރާއާއި ރީޝާ އުޅުނީ ނުހާއާއި އެކު މޭޒުމަތީގައި ބުއިންތައް އެތުރުމަށެވެ. ރިޔާޝްއާއި އާޝްވެސް ހުރިހާ ކަމެއް ރަނގަޅުތޯ ބަލަމުން ދިޔައެވެ. މެހެމާނުންވެސް އައިސް ވަންނަން ފެށީ އެވަގުތުއެވެ.

ވަށައިގެންވާ މާޙައުލަން ނަޒަރު ހިންގާލަމުން ފޯނު ނަގައި، މީހަކަށް މެސެޖެއް ކޮށްލިއެވެ. އޭނާގެ ޖަވާބު ވަގުތުން ލިބުމުން ރައިޝާގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ނަމަވެސް، އެ ހިިތުންވުން ދިގުދެމިގެން ނުދިޔައީ ކައިރީގައި ހުއްޓުނު މީހެއްގެ ސަބަބުންނެވެ. އަވަހަށް ފޯނު ނިވާލަމުން ރައިޝާ ފަހަތަށް އެނބުރި ބަލައިލީ އެއީ ކާކުކަން އެނގުމުންނެވެ.

ފަހަތުގައި މެރޫން ކުލައިގެ ގަމީހަކާއި އެކު ހުދު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އަރޫން ފެނިފައި ރައިޝާގެ މޫނުމަތި ބަނަވެގެން ދިޔައީ ފޫހިކަމުގެ އިޙްސާސް ތަކުންނެވެ. އަރޫންވެސް ރީއްޗެވެ. ވަރަށް ރީއްޗެވެ. ނަމަވެސް، އެ ރީތި ކަމަކަުން ރައިޝާގެ ހިތާއި ކުޅެވޭނެ އެއްވެސް ގޮތެއް އަރޫންއަކަށް ނެތެވެ. އެ ރީތި މޫނުގެ ފަހަތުގައި ފޮރުވިފައިވާ މަކަރުވެރިކަމާއި، އަމިއްލައެދުން ބޮޑު ކަމަކީ ރައިޝާއަށް އޮޅިފައިވާ ކަންތައްތަކެއް ނޫނެވެ.

“ފައިނަލީ.. ދެން ނެތެންނު މާ ގިނަ ދުވަސްތަކެއް. އާފްޓަރ އަ ވީކް ވީ އާރ ގޮނަ ބީ މެރިޑް..” ޖީބަށް އަތްޖަހާލައިގެން ހުރެ، އަރޫން ބުނެލީ އެއް މިޔަކަށް ހީލަމުންނެވެ. އެ މަކަރުވެރި ހިނިތުންވުން ފެނި ރައިޝާގެ ދެ އަތް މުނިކެވި، ދަތްކުނޑި ވިކައިލެވުނީ ވީ ފޫއްސަކާއި، އައި ރުޅިއެއްގެ ސަބަބުންނެވެ. ހަމަ މިވަގުތުވެސް ހުރެފައި އަރޫންގެ ކޯމަތީގައި ޖަހަން ހިތަށް އެރިއެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ކުރި ހޯދަމުން ރައިޝާ ހަމަޔަކަށް އެޅިލީ ތަނާއި، ވަޤުތުގެ ގޮތުންނެވެ.

“ޔާހ..” ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރި ކުރުވަމުން ރައިޝާ އެހެން ބުނެލީ އަރޫންއަށް ފުރަގަސް ދެމުންނެވެ. ރައިޝާގެ އެ ޙަރަކާތުން އަރޫންގެ ގާތަށް އައީ ހިންޏެވެ. ނިކަމެތި އަންހެން ކުއްޖަކު ލައްވާ، ގަދަ ކަމުން ކަމެއް ކުރުވުމަކީ ކިހާ ވަރެއްގެ ކަމެއްކަން އޭނާއަށް އެނގޭނެ ނަމަ މިވަގުތު އެހާ ހިނި އައިސްފައި ނުހުންނާނޭކަން ގައިމެވެ.

ރަން ކިޔުމުގެ ޙަފްލާއަށް މާ ގިނަ ބަޔަކަށް ރިޔާޒް ދަޢުވަތު ނުދިނީ ރައިޝާގެ އެދުމުގެ މަތިންނެވެ. ރަން ކިޔުުގެ ޙަފްލާ ކުޑަކޮށް ބާއްވަން ރިޔާޒް އެއްބަސްވީ ކައިވެނީގެ ޙަފްލާ ރިޔާޒް ބޭނުންވާ ގޮތަކަށް ހަމަޖެއްސާނޭ ފުރުސަތު ދިނުމަށް ރައިޝާ ލައްވާ ވަޢުދު ކުރުވާފައެވެ. ޙަފްލާޢަށް އައިސް ތިބީ ރިޔާޒްއާއި ޢަދީލްގެ ގާތް ރަޙުމަތްތެރިންނާއި، އަދީލްގެ އެއްބަނޑު އެއްބަފާ ދެ ބޭބެއިންނާއި އެމީހުންގެ އަނބިންނާއި ދަރީންނެވެ. އެ ތަނަވަސް ސިޓިންރޫމްގެ އެއްފަރާތުގައި ބަހައްޓާފައި ހުރި މޭޒުމަތީގައި ތަފާތު ވައްތަރުގެ ބުއިންތަކާއި ބައެއް ލުއި ކާނާތައް ހުއްޓެވެ. ރައިޝާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނީ އޭނާ ގާތު ބާއްވާނީ ކުޑަ ކުޑަ ޙަފްލާއެއްކަމަށް ވަޢުދުވެފައި، ރިޔާޒް މިހާ ބައިވަރު ތައްޔާރީތަކެއް ވީމައެވެ.

“ދަރިފުޅާ.. މިހާރު ދެން ފަށަންވީ.. އަވަހަށް އާދޭ މިތާ އިށީންނަން..” ހިނިތުންވުމާއިއެކު އާލިޔާ އައިސް ރައިޝާގެ ބޮލުގައި ފިރުމައިލިއެވެ. އަރޫން ދެކެ ކިތަންމެ ފޫހިވެ، ރުޅި އައި ކަމުގައި ވިޔަސް، މި ހޭދަވީ މަދު ދުވަސްކޮޅުގެ ތެރޭގައި އާލިޔާއާއި އަދީލްގެ ފަރާތުން ލިބުނު ލޯތްބާއި އަޅައިލުން ރައިޝާ ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ. އަރޫންގެ ޙަރާކަތްތައް ހުންނަ ގޮތުން އަރޫންއަކީ ހަމަ އަދީލްއާއި އާލިޔާގެ އުފަން ދަރިއެއް ބާވައޭ ރައިޝާގެ ހިތަށް އަރައެވެ. އެހާވެސް، އަރޫންއާއި އެމީހުން ތަފާތެވެ. އާލިޔާއާއި އަދީލް މިހާ ރަނގަޅު އިރު، އޭނާ މިއަދު ހާމަކުރަން މި އުޅޭ އަރޫންގެ ޙަޤީގަތް އެނގުމުން އެ ދެ ހިތަށް ކުރާނެ އަސަރުތަކާއި މެދު ރައިޝާއަށް ވިސްނައިލެވުނެވެ. އެކަމަށްޓަކައި، ކިތަންމެ ދެރަވި ނަމަވެސް މިއީ އަދީލްއާއި އާލިޔާއަށް އެނގެން ޖެހޭނެ ވާހަކަތަކެއްކަން ރައިޝާ ޤަބޫލު ކުރެއެވެ.

އާލިޔާއާއި އެކު އައިސް ރައިޝާ އަރޫންގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އެއާއެކު އަރޫން ރައިޝާއަށް ވިހަ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރައިޝާވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. ޙަފްލާ ފެށުން އިރު ރައިޝާއަށް އިނދެވުނީ އިރުއިރުކޮޅާ ގަޑިއަށް ބަލައިލަ ބަލައިލައެވެ. އޭނާ މީހަކަށް އިންތިޒާރު ކުރާ ކަހަލައެވެ. ކަމެއް ނުވެގެން ހާސްވެގެން އުޅޭ ކަހަލަ ކުލަވަރެއް ރައިޝާގެ މޫނުމަތިން ފެންނަން ފެށިއެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލައިލެވެނީ ނޮޓިފިކޭޝަންއެއް އައިސްފައި އިންތޯ ބަލައިލުމަށެވެ. ނަމަވެސް، އެއިން ކޮންމެ ފަހަރަކުވެސް ކަރު އެލުވައިލަން ޖެހެނީ މާޔޫސްކަމާއި އެކުގައެވެ. ގަޑީގެ ސިކުންތު ކަށި ހިނގާ މަންޒަރު ބަލަން ރައިޝާ އިނީ ވަރަށް ހާސްވެފައެވެ. މީގެ އިރުކޮޅެއް ކުރިން އެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން މިހާރު ވަދެ، ފިލީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ހިނގަމުންދާ ކޮންމެ ސިކުންތަކާއި އެކު ރައިޝާގެ ހާސްކަން ދިޔައީ އެތައް ގުނައަކަށް އިތުރު ވަމުންނެވެ. އެ ހިތުގެ ތެޅުންވެސް އިތުރުވަމުން ދިޔަ ވަމުން ހީވަނީ ހިތް އަތަށް އައިސްދާނެ ހެންނެވެ. ދެން މި މުޞީބާތުން ސަލާމަތް ނުވެވޭނެޔޭ ހިތަށް އެރިއެވެ. ހިތްވަރު އެލި، ރޮވޭ ގޮތް ވިއެވެ.

ކުއްލިއަކަށް މީހަކު ބެލް އެޅި އަޑު އިވުމުން އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ގޭގެ މައި ގޭޓުން އެތެރެއަށް ވަދެވޭނީ ކޯޑެއް ޖަހައިގެން ކަމަށް ވާތީ ރިޔާޒް އިތުރަށް ހައިރާން ވިއެވެ. ސަބަބަކީ އެ ކާޑަކީ އޭނާއާއި އޭނާގެ ޢާއިލާ މެމްބަރުންގެ އަތުގައި ނޫނީ އޮންނަ ކާޑަކަށް ނުވާތީއެވެ. އެހެންނޫނަސް، މިކަހަލަ ވަގުތެއްގައި މި ގެއަށް އަންނާނީ ކާކު ބާވައޭ ރިޔާޒްގެ އިތުރުން ދެން ތިބި މީހުންގެ ހިތަށްވެސް އެރިއެވެ. ދަޢުވަތު ދެވުނު މަދު މީހުންކޮޅު ތިބީ ހަމައަށެވެ.

އެވަގުތު އެތާ ތިބި އެންމެންގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔަ ނަމަވެސް، ރައިޝާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެއީ ކާކުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދެންމެ ހާސްކަމާއި އެކު ބިރުން ތެޅެމުން ދިޔަ އެ ހިތް މިވަގުތު ފުރި ބަންޑުން ވަމުން ދިޔައީ އުފާވެރި ޝުޢޫރު ތަކުންނެވެ.

“މިގަޑީގަ ކާކުބާ..؟” ނުހާ ތެދުވީ ދޮރު ހުޅުވަން ދިޔުމަށެވެ. އެއާއެކު ރައިޝާގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. “ފައިނަލީ…” ވައި އަޑުން އެހެން ބުނެވުނު އިރު ހިތާހިތުން ﷲ އަށް ޝުކުރު ކޮށްލެވުނެވެ. ނުހާ ދޮރު ހުޅުވަން ދިޔުމާއި އެކު ރިޔާޒް އެދުނީ ޙަފްލާ ކުރިޔަށް ގެންދިޔުމަށެވެ. އެއްވެސް ސަބަބަކާއި ހުރެ، މި ކައިވެނީގެ އެއްވެސް ކަމެއް އުނިވެ، ނުވަތަ ލަސްވާކަށް ރިޔާޒް ބޭނުމެއް ނުވެއެވެ. އެ އައި މީހަކު އައި ބޭނުމެއް ފުދުމުން ހިނގައިދާނެ ނޫންހެއްޔެވެ. އެކަމާއި ވިސްނާނެ ކަމެއް ނެތެވެ.

މިވަގުތު ރައިޝާގެ މޫނުމަތީގައި ކުޅެލާފައިވާ އުފާވެރި ހިނިތުންވުން ފެނި، އަރޫންއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. މިއޮށް ހުރިހާ އިރަކު ބިރުން އިނދެ އިނދެފައި ކުއްލިއަކަށް ހިނިތުންވުމުން އަރޫން ނިންމީ ރައިޝާ އެންމެ ފަހުން އޭނާއާއި ގުޅެން ބޭނުންވަނީ ކަމުގައެވެ. ނަމަވެސް، އަރޫންއަށް ނޭނގުނު ކަމަކީ ރައިޝާގެ އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ އޭނާ ނޫން ކަމެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވަނީ އެހެން މީހެއް ކަމެވެ. އަދި އޭނާ އައިސް، ރައިޝާގެ އަތުގައި ހިފަންވީ ވަގުތު އައިސް ޖެހިއްޖެ ކަމެވެ.

މާ ބޮޑު ފިކުރަކާނުލާ ދޮރު ހުޅުވާލި ނުހާގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. ކުރިމަތީގައި ހުރި ސޫރަ އަކީ އޭނާ ދެން ދުވަހަކުވެސް ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރި މީހެއް ނޫނެވެ. ލިބުނު ސިހުމާއި އެކު، އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ކުރިމަތިވާން މި އުޅެނީ ކޮންފަދަ މުޞީބާތެއް ބާވައޭ އޭނާގެ ހިތަށް އެރި ނަމަވެސް، ހިތުގެ ކަނެއްގައި ކުޑަކުޑަ އުފާވެރިކަމުގެ ހުޅުކޮޅެއް ރޮއެވެފައި ވިއެވެ. އޭނާގެ ދަރިފުޅަށް ލިބެންވާ ޙަޤީގީ ލޯތްބާއި އުފާ ލިބެން އުޅޭ ކަމުގެ އިޙުސާސްތަކެވެ. ނަމަވެސް، އެ އުފާވެރި ޝުޢޫރުތައް މިވަގުތު ހާމަ ނުކުރެވުނީ ލިބުނު ސިހުމުގެ ސަބަބުންނެވެ. ވައި އަޑުން އެ ނަން ކިޔައިލެވުނީ އިޚްތިޔާރަކާ ނުލައެވެ.

“މާއިޝް……”

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލަމްހާ

Next

ލައިލާ – 1

Next
May 23, 2022

ލައިލާ – 1

Previews
May 23, 2022

ލަމްހާ

18 Comments!

  1. Nayaa Nayaa says:
    May 23, 2022 at 9:48 am

    Hlw cutiesss ?
    Hope y’all liked this part as well.. And I’m extremely sorry for the delay.. Mi part aa eky alhugandu vaany part 37 & 38 vx submit kohfa..Namaves site in iny adhi upload nuve..site in upload kohdhin haa avahakah next part kiyaalan libeyne, insha’Allah ♥️..
    Love y’all the most?..
    Stay safe and take very good care all?..
    Will meet y’all in the next part ?..

    1. Nayaa Nayaa says:
      May 23, 2022 at 9:53 am

      Maaf kuravvaa 37&38 eh noon.. 36 & 37

  2. Aisha .H says:
    May 23, 2022 at 8:23 pm

    varah reethi vaahaka eh… keep up the good work @Nayaa:)

  3. Nayaa Nayaa says:
    May 23, 2022 at 9:08 pm

    In reply to @Aisha .H
    Thankiu so much darlx.. Yes, will keep going insha’Allah ♥️..

  4. Aishath Amaany says:
    May 23, 2022 at 9:30 pm

    V reethi mi part ves ❤️
    when is the next part?

  5. Anonymous says:
    May 23, 2022 at 10:31 pm

    Masha Allah ❤️❤️❤️ mi prt vx vrh rythi ❤️❤️❤️

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 23, 2022 at 10:48 pm

    Klww koyaa manjeyyyy..
    Manje vx laa kiyan feshy tha…. Bolugai iny maroon kulaige bandeh ALHAALAFA oa??manjey kon laa eh th.. Eii dhivehi bahuga onna ehcheh nooney… Pis pis ekamu vx hevey… Mi reethi kamun magey hithu vindhu vx avas vehjje.. Ey ekm bunan.. E aroon huri gothun ma hiy kiyaifi hama rangalhah vx.. Esoru haadha hoteh vaaneyey????hae haeyyy…. Eyh kalo gaya Maaish vahttaale tha.. Klww esorah hingey tha???? Awwnnnnn lwbi kannnn… Ey kobaatha mashaa yaash dhonbe aa… Nehtha romance eh?? Dhen romance eh noannaane dhw mihaa varugadha kamh hingan ulhey iraku… Haha.. Klww ey e Arutte ah nikan rangalhah raakani mas kaan dheythi… Sahaadheh mibuny.. Ey klw dhaan vehjjey drama balan.. Dhany engey… Manje hiy heyo kuraathi… Vrh salaam.. Aan adhi ingey tha miadhu raatte mihaaru huri goih fenihjje ehnu foto akun??????????????❣️❣️❣️❣️❣️?????ekm mihaaru dhen hury solih vegen aneh athah alhaafa… Thunbulhi vx hury hadi hadi koh bahahttaafa… Dhn foohi vx vehjje mihaaru?
    Ey dhen kendy.. Aaan vrhhh salhi ey ingeyyyy mi bai.. Kalo drama gandu balan next episode ah inthizaaaaaaar
    Tc
    Ss
    Lysmmmmmmm

  7. eevss says:
    May 24, 2022 at 5:15 am

    masha allah.mi part vs vrh reethi..waiting for next part❤❤

  8. Nayaa Nayaa says:
    May 24, 2022 at 12:43 pm

    Aww thanks dear.. Really appreciate it inge ?

    1. Nayaa Nayaa says:
      May 24, 2022 at 12:44 pm

      This is a reply to @Anonymous

  9. Nayaa Nayaa says:
    May 24, 2022 at 12:47 pm

    In reply to @Aishath Amaany
    Thankiuuu darling..♥️
    Next part alhugandu vaany mi part aa eky submit kohlaafa.. Admin approve libunhaa avahakah upload vaane, insha’Allah.. Keep waiting ?♥️

  10. Nayaa Nayaa says:
    May 24, 2022 at 1:00 pm

    In reply to @ŘęęśhÅ ÇøřõňÄ
    Hoannnn..thi vrh nugoviyas mashah adu iveyey..ma beereh nooney koyaa..
    Ey klw baeh faharu hunnaane ehn vx dhn.. ekm gina faharu hama hunnaany laifa liyefa..ekm laafa vx liyeveny dhw dhn..visnainulaa liyeveythy eii..ekm dhn ehenneh nuvaane, insjall..klw vhk kiyan libunu kamattakaa shukuru kohbala..?
    Hahahaha hithuge thelhun avas kurevuneethee ufaa kuran.. aanmu koh eii hama ekani yaash dhonbe fenuneema vaa gotheh thaa dhw?..lol
    Pss pss manjeyy..mihaaru thi ulheny hiy kiyaigen..next part kiyumaa eky manje aroon ge nan kiyan vx foohi vaane..alhe dhn inthizaaru kohlaa.. mi buni ehcheh saafu vaane.. ( but I also agree ingey..vrh hotu vaane dhw e soru???)
    Ey aan dhn ehn scene eh dhwww..vaa vrh genesdheefa onnaany..dhn shukuru kohgen hurey ?..haha ey aslu ekm balaanan ingey scene eh geneveythw.. mihaaru dhn ekm kanthah dhaa gothun nugenesdhevigen mi ulheny.. but I’ll try my best..
    Lmao aan aroon ah rangalhah raakani mas kaan dheynan mifaharu..balahcheyy..
    Hahahaha..hageegee lwbi vanyyaa knme sifa akh huttas foosseh nuvaaneyw bunaathy adu ehin ma vx..dhn neynge..raatte kairi buney thunbulhi thuni kohlaashey..eyrun hama alifaan hifaane..lol?
    Haha hoon hoon dhn dhey.. shukuru shukuru brw.. Really appreciate it ingey..?
    Next episode hama aattey avas kohdhin vareh othy..
    U too tc loabs..♥️♥️
    Lymmmmmmm..?♥️♥️♥️

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 24, 2022 at 3:59 pm

      Shukurihyyaa (hiy hama jehihjje)

  11. Nayaa Nayaa says:
    May 24, 2022 at 1:02 pm

    In reply to @eevss
    Awww jazaakallah khairan darlsss♥️.. insha’Allah dhn maa las thakeh nuve next part kiyaalan libidhaane..admin approval libunuhaa avahakah u will get to read it..?♥️

  12. lau.laala786@gmail.com lau laalu says:
    May 24, 2022 at 10:48 pm

    EYYYYYYYY MANJE GANDAAAAAAAAA…….
    MANJE VARAH GOAHEYYY… AHAREN KAIRI NUVES BUNAMEHNNUN VAAHAKA UP VI VAAHAKA EHHHHH
    HAMA VARAH ANGRYYY VEFA MIHIREE DHE BUMA VES HUREE GOHJEHIFA…
    ekam bunelan beynun.. what a talent you’ve got, Masha Allah…
    and by the way… eboithey varah bodu vaahaka eh buna vefa…
    text me later ingeyy…
    will be waiting for the next mind-blowing scene of this story…
    and one more thing….
    aroon heskiyaafa hotuvaane ey ebain bunefa… anehhkka manje… khm khm… ???
    nooni eii ehen sorehhthaa???
    ok ma mi dhanee annma ehcheh bunumuge kurin nidhna dheveytho bye
    gn
    ,tvgc

    1. Nayaa Nayaa says:
      May 25, 2022 at 5:19 am

      EYYYYYYYYYYYY LAU GANDAAAAAAAAA
      Klw ma sorry vx bunfin dhw ?.ma heekury dhn manje gavaidhun esfiya ah vannaathy fennaane kamashey.. sorry ey ran kolhaaaaa
      Alheyyyyyy dhn thi bumaiga jahaafa huri goh mohelaa avahah..hahaha ur just soooooooo cute babyyy?♥️♥️
      Awww thanks darloooooo..vrh vrh bodah thanks ingeyyy..
      Ohh well next part is already uploaded..hehe..make sure to read inge..?♥️
      Pss pss ey dhn manjeyyyyyy..saabaheyyy..manje ah heyo dhw ma konme meehakaa alhuvaa kiyunas..mi manje kairin salaamatheh noannaane..huvaa mi buny??‍♀️??…
      Ohh anekkaa kn bodu vhk eh baa?? Oki I’ll text u asap ingey..
      Haha arrn avahah dhey manma chappal hifaigen aumuge kurin?
      Well it’s morning now..lol
      U too tvgc loabs?♥️..

  13. Hhh says:
    June 11, 2022 at 8:22 am

    Jn

  14. Laloo says:
    July 13, 2022 at 7:25 pm

    Nice

Comments are closed.

Next Episodeހިތުގެ ޝަކުވާ… 36←


All Right Reserved!