Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… 40 (ފަހުބައި)

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
May 31, 2022 8 Mins Read
21 Comments

***

ހަތް އަހަރު ފަސް

***

ވިއްސާ ކޮޓަރީގެ ދޮރުމަތީގައި ހުރި މާއިޝް ދިޔައީ ދެކޮޅަށް ދެކޮޅަށް ހިނގަމުންނެވެ. ހާސްވެފައި ހުރި ވަރުން މޫނުގައި ދާ ތިކިތައް ބަބުޅަމުން ދިޔައެވެ. އިރުއިރުކޮޅާ މޫނުގައި އަތް ހިންގާލައި އިރު، އެ އަތުގައިވީ މަޑު ތުރުތުރު ފާހަގަ ވާހާވެއެވެ.

“ދަރިފުޅާ މާއިޝް..” ވަދެގެން އައި މާހީން ގޮވައިލުމުން މާއިޝް ގޮސް މާހީންގެ ގައިގައި އޮޅުލައިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ކޮބާ ރައިޝާ..” މާއިޝްގެ ބޮލުގައި ފިރުމައިލަމުން މާހީން އަހައިލިއެވެ. “ވެއްދިތާ މިހާރު ދެ ގަޑި އިރު މި ވަނީ…” އަދިވެސް މާއިޝްގެ ހާސްކަން ނުކެނޑެއެވެ. “ދަރިފުޅާ ހަމަޖެހިބަ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ.. ރައިވެސް ދެވަނަ ފަހަރު ވީމަ ޕެއިން ޓޮލަރެންސް ކުރިއަށް ވުރެ ގަދަ ވާނެ.. އެހާ ހާސްނުވޭ.. ނުހާމެންނާ ގުޅައިފިންތަ..؟” މާހީން އެހެން އަހައިލުމުން މާއިޝް އަވަހަށް ފޯނު ނެގީ ނުހާމެންނަށް އެ ޚަބަރު ދިނުމަށެވެ. ވަގުތުގެ ނާޒުކު ކަމުން ނުހާމެންނަށް އަންގަންވެސް މާއިޝް ހަނދާނެއް ނެތެވެ.

“މާއިޝް…” ނުހާއާއި ރިޔާޒް ވަދެގެން އައި އިރު، އެމީހުންގެ ފަހަތުން ރިއާޝްއާއި ޔާޝްވެސް އައެވެ. “ކޮބާ ރައި..؟” ރިއާޝް އަހައިލިއެވެ. “އަދިވެސް ޚަބަރެއް ނުވޭ.. ދައްޔުމެން ކޮބާ..؟” މާއިޝް އަހައިލިއެވެ. “އެމީހުން ކައިރި ރީޝާއާ ނައިރާއާ ބައިތިއްބާފަ މި އައީ.. އެމީހުންވެސް ތިބީ އަންނަ ހިތުން.. އެކަމް ދެން މިހާ ލަސްވީމަ ނުގެންނަން ވެގެން.. އެމީހުން ނިދާތޯ އެ އުޅެނީ..” ޔާޝް ޖަވާބުދާރީވި ވަގުތަކީ ވިއްސާ ކޮޓަރިން މާނާ ނުކުތް ވަގުތެވެ. އޭރު، މާނާ ލައިގެން ހުރި ޔުނީފޯމުގައި ކޮންމެވެސް ވަރަކަށް ލޭވެސް ހުއްޓެވެ.

“ދޮންތާ.. ދޮންތާ.. ރައި ކިިހިނެއް..؟” ހިތް އަވަސްވެފައިވާ ޙާލު މާއިޝް އަހައިލިއެވެ. “މާއިޝް.. ޑޯންޓް ވޮރީ.. ޝީ އިޒް ޑުއިން ގްރޭޓް.. ދެން ނުވާނެ އިރާދަ ކުރެއްވިއްޔާ މާ ގިނަ އިރެއް.. ބޭބީގެ ވަށިގަނޑު ގެނައީތަ..؟” މާނާ އެހެން ބުނުމުން ޔާޝް ވަގުތުން ވަށިގަނޑު މާނާއާ ޙަވާލު ކުރިއެވެ. ވަށިގަނޑު ހިފައިގެން މާނާ އަނެއްކާވެސް ވަނީ އެތެރެއަށެވެ.

“މާއިޝް.. ދައްޔު ގެންނަންވީތަ..؟” ރިއާޝް އަހައިލީ މާއިޝް އެކަމަށް ބޭނުންވެދާނެތީއެވެ. “ނޫނޭ.. ރައި ވިހާފަ، ހަމައަކަށް އެޅުނީމަ ހުރިހާ ކުދިވެރިން އެކީ ގެންނާނީ.. އޭރުން އެމީހުންވެސް ހިތްހަމަ ޖެހޭނު..” މާއިޝް ޖަވާބުދާރީ ވިއެވެ.

“ބައްޕިގެ ދޫނީ.. މަންމިއަށް އެހާ ތަދު ނުކޮށް ދެން އަވަހަށް ނުކުމޭ.. ޕްލީޒް ކަމް އައުޓް އޭޒް އަ ހެލްތީ އެންޑް ހެޕީ ބޭބީ..” މާއިޝްއަށް ހިތާހިތުން ބުނެލެވުނެވެ. ހަމަ އެވަގުތެވެ. ތުއްތު ތުއްތު ރުއިލުމެއްގެ އަޑުން މުޅި ހިސާބު ގުގުމަން ފެށިއެވެ. އުފަލުން ގޮސް މާއިޝްއަށް ފުންމައި ނުގަނެވުނީ ކިރިޔާއެވެ. ދެން ތިބި އެންމެންގެ މޫނުމަތިވެސް ވިދައިލީ އުފާވެރި ކަމުގެ ކުލަވަރުތަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން މާނާ ނުކުތީ އެ ލޯބި ލޯބި ފުރާނަ އުރާލައިގެންނެވެ. ހިނިތުންވަމުން މާއިޝްގެ އަތަށް އެ ކުއްޖާ ލައިދިނީ މަރުޙަބާ ކިޔަމުންނެވެ. “ރައި ރަނގަޅުތަ..؟” މާއިޝް އަހައިލީ ކެތް މަދުވެފައި ހުރެއެވެ. “ﷲ އިރާދަކުރެއްވީތީ ހުރިހާ ކަމެއްވެސް ރަނގަޅު.. ރައިއަށް އޮތީ މިވަގުތު ނިދިފަ.. އިރުކޮޅަކުން ވަދެވޭނެ..” މާނާ ބުނެލިއެވެ.

އަތުތެރޭގައި އޮތް ތުއްތު ތުއްތު މޫނަށް ބަލައިލަމުން މާއިޝްއަށް ހިނިތުންވެވުނެވެ. ދަރިފުޅު ވައްތަރީ ރައިޝާއާއެވެ. އެ ކުޑަކުޑަ މޫނާއި، ވަރުގަދަ ދެ ބުމައެވެ. ދޮންކަމުން އޮތީ ރަތްވެފައެވެ. ދެލޯ މަރާލައިގެން އޮތް އެ ލޯބި ލޯބި ދަރިފުޅު މާއިޝްގެ އަތްތިލައިގައި ހިފައިލި ގޮތުން މާއިޝްއަށް ރޮވުނެވެ. އެ ކުޑަކުޑަ ލޯބި ލޯބި އަތުން ދޫކޮށްލަންވެސް އެ ހިތް ދެކޮޅު ހެދިއެވެ. “ވެލްކަމް ޓު ދި ވޯރލްޑް.. ބައްޕިގެ ކުޑަކުޑަ ދާލިޔާ..” އެ ތުއްތު މޫނަށް ބޮހެއް ދެމުން މާއިޝް އެ ކުއްޖާ ނުހާގެ އަތަށް ލައިދިނެވެ. ކޮންމެ މީހެއްވެސް އުރައިލައިފައި ބުނަނީ ދާލިޔާ ވައްތަރީ ރައިޝާއާ ކަމުގައެވެ.

“ދައްޔުއަކީ ހަމަ މާއިޝްގެ ކޮޕީއެއް.. އެކަމް ދާލިޔާއަކީ ހަމަ ރައިޝާ..” ދާލިޔާގެ މޫނަށް ފުން ނަޒަރެއް ދެމުން ރިއާޝްވެސް އެއްބަސްވިއެވެ. އެންމެން އުރާ ނިމުމުން ދާލިޔާ މާނާއާ ހަވާލު ކުރީ ކުރާ ހިތަކުންނެއް ނޫނެވެ. ނަމަވެސް، ދާލިޔާގެ ޗެކަޕް ހެދުމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ރައިޝާ ހޭލިއެވެ. ވަންނަން ހުއްދަ ލިބުމުން މާއިޝް ގޮސް ވަތް އިރު ފެނުނު ލޯބި މަންޒަރުން އެ ހިތް މަޑު ކަފަކޮޅަކަށްވީ ފަދައެވެ. ރައިޝާގެ އަތުތެރޭގައި އޮތް ކުޑަކުޑަ ދާލިޔާ ފެނުމުން މާއިޝްއަށް ހިނިތުންވެވުނީ އިޚްތިޔާރަކާ ނުލައެވެ. ރައިޝާގެ މަގަތުގައި އިށީނދެލަމުން މާއިޝް ރައިޝާގެ ނިތަށް ބޮހެއް ދިނެވެ.

“އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ކުއީން.. ޔޫ ޑިޑް ސޯ ގްރޭޓް..” މާއިޝް ބުނެލީ ހިނިތުންވަމުންނެވެ. ބަދަލުގައި ރައިޝާވެސް ހިނިތުންވެލީ މާއިޝް ދެކެ ލޯބިވާ ވަރު އަންގައިދެމުންނެވެ. “ދާލިޔާ ވައްތަރީ ހަމަ ރައިއާ ދޯ..” ދާލިޔާގެ ލޯބިލޯބި މޫނަށް ބަލަހައްޓައިގެން އިނދެ މާއިޝް ބުނެލިއެވެ. “އަސްލުވެސް ދޯ.. ދެން ރަނގަޅެއްނު.. ކޮންމެސް އެއް ކުއްޖަކު ޖެހޭނެއްނު މަގޭ ވައްތަރުވެސް ޖަހަން.. ދައްޔު ހީވަނީ ހަމަ މާއިޝް ހެން ވިއްޔަ..” ރައިޝާގެ ވާހަކައިން މާއިޝް ހިނި އައެވެ. “ދައްޔު ނުގެންނަންތަ..؟” ރައިޝާ އަހައިލިއެވެ. “މާ ލަސްވާތީ ނުގެންނަން.. މާދަމާ ފަތިހު ގެންނަމާ.. އެކަމް ރައި ބޭނުމިއްޔާ މިހާރުވެސް ގެނެސްފާނަން..” މާއިޝް ބުނެލިއެވެ. “ނޫނޭ.. ދެން މާދަމާ ގެންނާނީ.. މަވެސް ވަރަށް ވަރުބަލި..” ރައިޝާ އެހެން ބުނުމުން މާއިޝް ރައިޝާއަށް އޮށޯންނަން އެހީވެފައި، ދާލިޔާއަށް ގާތުން ދިނުމަށް އެހީވިއެވެ. ނުހާމެންނަށް ވަދެވޭ ވަރު ވީ ރައިޝާއާއި ދާލިޔާގެ ހުރިހާ ފަރުވާއެއް ނިމުނު ފަހުންނެވެ.

***

“މަންމީ…” އެނދުމަތީގައި އިން ރައިޝާގެ މޫނުމަތި އުޖާލާ ވެގެން ދިޔައީ އިވުނު ލޯބި އަޑުންނެވެ. ދޮރާ ދިމާލަށް ބަލައިލެވުނު އިރު ފަސް އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެއް ދުވެފައި އަންނަނީއެވެ. ފަހަތުން މާއިޝްވެސް ވަދެގެން އައެވެ. އައި ގޮތަށް އައިސް އެ ކުއްޖާ އެރީ ރައިޝާގެ އުނގަށެވެ. ރައިޝާވެސް އެ ކުއްޖާގެ ބުޅި އިސްތަށިގަޑުގައި އަތްފުނާ އަޅައިލަމުން ބައްދާލިއިރު އެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާ ވިއެވެ. “މަންމި ކިހިނެއް..؟” އެ ބޮޑު ދެލޮލުން ރައިޝާއާ ދިމާލަށް ބަލައިލަމުން އެ ކުއްޖާ އެހިއެވެ. “މަންމި ހަމަ ބަރާބަރު.. ދައްޔު، ދަރިފުޅު ސައި ބޮއެފިންތަ..؟” ރައިޝާ އެހެން އަހައިލުމުން ދައްޔާން ވަގުތުން ބޯ ޖަހައިލިއެވެ.

“ބައްޕީ.. ކޮބާތަ ކޮއްކޮ..؟” ދައްޔާން ދެން އެނބުރުނީ މާއިޝްއާ ދިމާލަށެވެ. ވަގުތުން މާއިޝް ހިނިތުން ވެލައިފައ ދައްޔާން އުރައިލިއެވެ. އަދި ދައްޔާން ގޮވައިގެން ގޮސް ހުއްޓުނީ ދާލިޔާ ބާއްވާފައި އޮތް ކުޑަކުޑަ އެނދު ކައިރިއެވެ. އޭރު ކުޑަކޮށް ލޯ ހުޅުވާލައިގެން އޮތް ދާލިޔާ ފެނި، ދައްޔާންއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

“ވާއު.. ދާލި އިޒް ސޯ ޕްރިޓީ.. ޝީ ލުކްސް ޖަސްޓް ލައިކް ޔޫ މަންމީ..” ދައްޔާންއަށް އުފަލުން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. މުޅި ތަނުގައި ދުވެދުވެފައި ފުންމަން ފެށީ އެ ތުއްތު ހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. މާއިޝް ދާލިޔާ ނަގައިގެން އައިސް ދައްޔާންގެ އުނގަށް ލައިދިނުމުން އަދި ހީވީ އެއަށްވުރެ އުފާވިހެންނެވެ. ދާލިޔާގެ ކޮލުގައި ބޮސްދީފައި ނާނާ ކިޔައިދެން ފެށީ ނިކަން ލޯބި ގޮތަކަށެވެ.

ދަރިފުޅުމެންގެ ލޯބި ޙަރަކާތްތައް ބަލަން ތިބި ރައިޝާއާއި މާއިޝްގެ ހިތް ދިޔައީ ލޯބިން ފުރި ބަންޑުން ވަމުންނެވެ. ދެބެންގެ ލޯބި ހަރަކާތްތައް އެމީހުންގެ ހިތުގެ ހަމަޖެހުން ހޯދަމުން ދިޔައެވެ. ދައްޔާންއާއި ދާލިޔާއަކީ ރައިޝާއާއި މާއިޝްގެ ދެ ލޮލުގެ ނޫރެވެ. ހިތުގެ ފިނި ކަމެވެ. ވީ އިރު، އެ ލޯބިކަން ފެނިފައި އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟

ދައްޔާން ނާނާ ކިޔައިދޭން ފެށި ފަހުން ދާލިޔާގެ ދެލޯ މެރެމުން ދިޔަ ވަގުތެވެ. ހީވީ ބޮޑު ބަކަރި އައިންގަނޑެއް އައިސް ކޮޓަރި ތެރެއަށް ވަދެގަތް ހެންނެވެ. ދައްޔާންއާ އެއް ޢުމުރެއްގެ ދެތިން ކުއްޖެއް އެތާ ތިބިއިރު، ދެން ތިބީ ނުވަ އަހަރުގެ ދެ ކުދިންނެވެ. ހުރިހާ ކުދިން އެއްކޮށް ވަދެގެން އައިސް ދާލިޔާ ވަށައިލިއެވެ. އަދި ރައިޝާއާއި މާއިޝްގެ ކައިރީގައި އުރާލަން ދޭށޭ ކިޔަމުން ދިޔައެވެ. ހިތްހެޔޮ ކަމާއެކީގައި މާއިޝް ކޮންމެ ކުއްޖެއްގެ އުނގަށް ފަހަރަކު ދާލިޔާ ލައިދެމުން ދިޔައެވެ. މި ކުދިން އޭނާގެ ދަރިފުޅު ދެކެ ވާ ލޯބި ފެނިފައި އުފާވެސް ވިއެވެ.

“ދަރިފުޅާ އައިލާ.. ދެން ދާލިއަށް ނިދިނިދި އޮއްވާ ތި އުރީ..؟” ފަހަތުން ރީޝާއާ އެކީ ވަދެގެން އައި ނައިރާ ބުނެލިއެވެ. “ދެން މަންމީ.. ދާލި ހާދަ ލޯތްބޭ.. ހަމަ ހީވަނީ ރައި ދޮންތިހެން..” ހަތަރު އަހަރުގެ އައިލާ ތުންކޮޅު އޫކޮށްލަމުން ބުނެލީ ނިކަން ލޯބި ގޮތަކަށެވެ. “ތެދެއް މަންމީ.. ދާލި ދެންމެ ލޯވެސް ހުޅުވިއޭ..” އައިލާއާ އެއްބައިވަމުން ހަތް އަހަރުގެ އައިލާންވެސް ދާލިޔާއަށް ތަޢުރީފު ކޮށްލިއެވެ.

“ދެން އިޔާކްއަށް.. އިޔާކްގެ ޓަރން..” ނިކަން ލޯބިކޮށް އަތް ދިއްކޮށްލަމުން އިޔާކް ބުނެލިއެވެ. “ނޫނޭ ދަރިފުޅޫ.. ބަލަ މިހާރު ދާލިއަށް އެ އޮތީ ނިދިފަ.. ދެން އެހެން ފަހަރަކުން ދޯ އުރާނީ..” ހަތަރު އަހަރުގެ އިޔާކްގެ ބޮލުގައި ފިރުމައިލަމުން ރީޝާ ބުނެލިއެވެ. “ރީއްތާ.. އެ އޯކޭ ވާނޭ.. މި މީހުން ދިޔައިމަ ދެން ދާލި ނިންދަވާލާނީ.. ބަނޑުހައިވެސް ވެފަ މިހާރު އޮންނާނީ..” ރައިޝާ ހީލިއެވެ. ދާލިޔާ އުރައިނުލައި އެތަނުން ދާކަށް އެކަކުވެސް އެއްބަހެއް ނުވިއެވެ.

“ދަރިފުޅާ އިޔާ.. އަވަހަށް ހިނގާ ދެން ގެއަށް ދާން.. މިހާރު ދާލިވެސް ފެނިއްޖެ އެއްނު.. ސްކޫލަށްވެސް ދާން ޖެހޭނެއްނު އިރުކޮޅަކުން.. ޔައްކުވެސް ހިނގާ ދާން.. ބައްޕަ ބުނި މިހާރު ބަލައި އަންނާނަމޭ..” އިޔާޝާ ސްކޫލަށް ދާން ޖެހޭ ގަޑި ކައިރި ވާތީ ރީޝާ ބުނެލިއެވެ. “ދެން މަންމީ…” އިޔާޝާ ފުއްވާލިއެވެ. “ދެން ހަވީރުން އަންނާނީއޭ ދޫނީ.. އަވަހަށް ހިނގަ ދާން.. ބަލަ ޔައްކުވެސް އެ އައީ އެއް ފަހަރު ބުނީމަ..” އިޔާކްގެ ބޮލުގައި ފިރުމައިލަމުން ރީޝާ އިޔާޝާ ކައިރި ބުނެލިއެވެ. ދާހިތް ނުވެފައި ހުރެވެސް، އިޔާޝާ ދިޔައީ ހަވީރު އަންނާނެ ކަމަށް ރީޝާ ވަޢުދު ވުމުންނެވެ. އިޔާޝާއާއި އިޔާކް ގޮވައިގެން ރީޝާ ދިޔަ ތަނާހެން އިޒްޔަން އައިސް ވަނެވެ. ދާލިޔާ އުރައިލުމަށްފަހު، މާއިޝްމެންނަށް މަރުޙަބާ ކިޔެވެ.

“އިރޫ.. ހިނގަ ދަމާ ދެން.. އިޒީވެސް އާދޭ..” ރައިޝާގެ ދެފަރާތުގައި އިށީނދެގެން ތިބި އިޒްމާންއާއި އިރްސާއާ މުޚާތަބު ކުރަމުން އިޒްޔަން ބުނެލިއެވެ. އެކުދިން ވަކި ދާނެ ހެއްޔެވެ؟ ނަމަވެސް، މާނާގެ ޑިޔުޓީވެސް ނިމުމުން ގެއަށް ދާ އިރު ދެކުދިންވެސް އެކީ ގޮވައިގެން ދާން އިޒްޔަން ބޭނުންވީއެވެ. “ދަރިފުޅޫ.. ދާލި ޓޫ ޑޭސްވަރު ފަހުން ގެއަށް އަންނާނޭ.. އޭރުން ބޭނުން ވަރަކަށް ދާލި އުރޭނެ އެއްނު ދޯ.. އިހަށް ހިނގަ ދާން..” އިޒްޔަންއަށް އެ ކުދިން ނުގެންދެވިގެން އެންމެ ފަހުން ގެންދަން ޖެހުނީ މާނާވެސް ގެނެސްގެންނެވެ.

ފަހަރަކު މީހަކު ދަމުން ދަމުން ގޮސް އެންމެ ފަހުން އެތާ ތިބީ ރައިޝާއާއި މާއިޝްގެ ދެކުދިންނާއި، ރިއާޝްގެ ދެމަފިރިންނާއި، އެމީހުންގެ ކުދިންނެވެ. “ކޮބަ ދަރިފުޅުމެން ގެއަށް ދާކަށް ނުވޭ..؟” ނައިރާ ފިރުމައިލީ އޭނާގެ އުނގުގައި އިން އައިލާގެ މޫނުގައެވެ. “ނުވޭ ދާ ހިތެއް..” ވަގުތުން އައިލާ ދެކޮޅު ހެދިއެވެ. “އެކަމް މިހާރު ދެން ވަރަށް ގިނަ އިރު ވެއްޖެއެއްނު.. މަންމި ޖެހޭނެ ޑިޔުޓީއަށް ދާންވެސް.. ދެން މާދަމާ އަންނާނީ ދޯ ދޫނި..” ރިއާޝްވެސް އެ ކުދިން ގެންދެވޭތޯ ބެލިއެވެ. ނަމަވެސް އައިލާންއާއި އައިލާ ހިލާ އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ދާލިޔާ ބަނޑުހައި ވެގެން ރޯން ފެށުމުން އެކުދިން ދާން އެއްބަސް ވިއެވެ.

ހުރިހާ ކުދިން އެކީ ދިޔުމުން މުޅި ތަނަށް ފަޅުކަމެއް ވެރިވިއެވެ. އެ ހުރިހާ ކުދިން އެއްތަން ވެއްޖެއްޔާ ދެން އެ އައީ ބޮޑު ޢީދެވެ. އެ ހަތް ކުދިން އެއްތަންވާ ކޮންމެ ފަހަރަކު އަޑު ނުކެނޑޭނެއެވެ. ހުރިހާ ކުދިންވެސް އުޅޭނީ ނުހަނު އެކުވެރި ކޮށެވެ. މިހާރު އެ ލިސްޓަށް ތުއްތު ތުއްތު ދާލިޔާވެސް އިތުރުވީއެވެ. ތިމާގެ ކަމުގެ ގުޅުމަށްވުރެ ބޮޑަށް، އެ ކުދިންގެ މެދުގައި އޮންނަނީ ރަޙިމުގެ ގުޅުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް، އެއްކުއްޖަކު އަނެއް ކުއްޖަކު ދެކެ ލޯބިވެއެވެ. އަޅައިލައެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކުވެސް، ރައިޝާމެންގެ ހިތްތައް ލޯބިން ފުރިގެން ދެއެވެ. އެ ކުދީންތައް ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވާތަން ދުށުމަކީ އެމީހުންގެ އެންމެ ބޮޑު ހުވަފެނެވެ.

***

ލޯގަނޑު ކުރިމަތީ ހުރެގެން ޝޯލް އަޅަން ހުރި ރައިޝާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް މީހަކު ބައްދައިލުމުންނެވެ. އަވަސްއަވަހަށް ދައްޔާން އެ މަންޒަރު ފެންނަ ހިސާބެއްގައި ހުރިތޯ ބަލައިލިއެވެ. ދައްޔާން ފެންނަން ނެތުމުން ރައިޝާވެސް ހަމަޖެހިލާފައި މާއިޝްގެ މޭމަތީގައި ބޯ ޖައްސައިލިއެވެ.

އެއްވެސް އެއްޗެކޭ ނުބުނެ، ހިނދުކޮޅަކު އެ ގޮތުގައި ތިބުމަށްފަހު މާއިޝް ރައިޝާ އޭނާއާ ވީ ފަރާތަށް އަނބުރައިލިއެވެ. “ހާދަ ވަރަކަށް ރީތި ވަނީ..” ލާނެތް ގޮތަކަށް މާއިޝް ބުނެލިއެވެ. “ދެން ބޭރަށް ދަންޏާ ރީތިވާން ޖެހޭނެ އެއްނު..” ރައިޝާއަށްވެސް ހީލެވުނެވެ. “އެކަމް އޭރުން މީހުން މާ ގިނައިން ބަލާނެ އެއްނު.. އައި ޑޯންޓް ވޯންޓް ޕީޕަލް ޓޫ ލުކް އެޓް މައި ވައިފް..” މާއިޝް ތުންކޮޅު އޫކޮށްލީ ކުޑަ ކުއްޖެއް ފަދައިންނެވެ. “މާއިޝް.. މީހުން ނުބަލާނޭ.. ހޭވް ޔޫ އީވެން ނޯޓިސްޑް ދަ ޑިފަރެންސް އިން މައި ބޮޑީ..؟ ދައްޔު ވިހޭ ފަހަރާ ބަލާފަ ދާލި ވިހޭ ފަހުން އަދި މާ ފަލަ ވެއްޖެ.. ބައެއް ފަހަރު ހިތަށް އަރާ މާއިޝް އަހަރެން ދެކެ ފޫހިވެދާނެއޭވެސް..” ރައިޝާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ވަގުތުން މާއިޝް ރައިޝާގެ މޫނުގައި ދެ އަތުން ހިފަހައްޓައިލިއެވެ.

“ރައީ.. އައި ޑޯންޓް ސީ އެނީ ޑިފަރެންސް އިން ޔުއަރ ބޮޑީ.. ތަފާތެއް ވީ ނަމަ، ރައި އިތުރަށް ރީތިވީ.. ރައިއާ ދިމާލަށ އަހަރެން ބަލައިލާ ކޮންމެ ފަހަރަކުވެސް، އަހަންނަށް ފެންނަނީ އަހަރެމެންގެ ކުޑަކުޑަ ދައްޔުއާ ދާލި މި ދުނިޔެއަށް އުފަން ކުރުވަން ރައި ވީ ޤުރުބާނީ.. ޔޫ ސެކްރިފައިޒްޑް ޔުއަރ އޯވން ބޮޑީ ފޯރ ދެމް.. އެންދް ދެޓްސް ވައި އައި ސޭ، ޔޫ އާރ މައި ސްޓްރޯންގ އެންޑް ބިއުޓިފުލް ކުއީން..” މާއިޝްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާއެކު ރައިޝާގެ ހިތް ދިޔައީ އިތުރަށް ނަށަމުންނެވެ. އޭނާ މިހާ ނަސީބު ގަދަވީ ކޮން އިރަކު ބާވައޭވެސް ހިތަށް އެރިއެވެ. މާއިޝް ފަދަ ރަނގަޅު، ލޯބިވާ ފިރިއެއް ލިބުމަކީ މި ދުނިޔެމަތިން އޭނާއަށް ލިބުނު އެންމެ ބޮޑު ނަޞީބޭވެސް ހިތަށް އެރިއެވެ.

“މަންމީ… އޫޕްސް.. ސޮރީ..” ކުއްލިއަކަށް ކޮޓަރިއަށް ވަތް ދައްޔާންއަށް ރައިޝާއާއި މާއިޝް ތިބި ގޮތް ފެނުމުން ލޯ މަތީގައި އަތް އަޅައިފައި، އަނެއްފަރާތަށް އެނބުރުނު އިރު މައުސޫމް ކަމުގެ އިންތިހާއެވެ. “މަންމީ.. އަވަހަށް ހިނގާބަ ދާން.. ދެންމެ ނައިއްތަ ގުޅައިފި.. އައިލްމެން ޕާކަސް ގޮއްސިއޭ މަންމީ.. ދައްޔުވެސް ބޭނުން މިހާރު ދާން..” ލޯ މަތީގައި އަތް އަޅައިގެން ހުރެ ދައްޔާން، އެހެން ބުނެ ނިންމައިލިއެވެ.

“ދަރިފުޅޫ.. މަންމަމެން މި ނުކުންނަނީއޭ.. އަވަހަށް ގޮސް ދާލިގެ ބޫޓަށް އަރުވައިދީ.. ވަން މިނެޓް ތެރޭ އެބަ އަންނަން އިނގޭ..” ދައްޔާންގެ އެ ލޯބިލޯބި ޙަރަކާތްތަކަށް ބަލަން ތިބި ރައިޝާއާއި މާއިޝްވެސް ހުރީ ހިނި އައިއްސައެވެ. އެ ހުރި ގޮތަށް ލޯ މަތީގައި އަތް އަޅައިގެން ހުރެ ދައްޔާން ނުކުތެވެ. ދައްޔާން ނުކުތުމުން މާއިޝްގެ އަތު ތެރޭން ވީއްލިގަނެގެން ރައިޝާ ދުވެފައި ކޮޓަރިން ނުކުތެވެ. މާއިޝްވެސް ބޯ ކަހައިލަމުން ހީލީ، ރައިޝާ އަދިވެސް ލަދު ގަންނަ ވަރު ފެނުމުންނެވެ.

***

ސެންޓްރަލް ޕާކަށް ވަދެގެން އައި ކުޑަކުޑަ ލޯބި ޢާއިލާއަށް ގިނަ ބައެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. ފެންނަ މީހަކަށް މާޝާﷲއޭ ބުނެވޭހާ އެ ޢާއިލާ ލޯތްބެވެ. އެއް އަތުން ކުޑަކުޑަ ދާލިޔާ އުރައިގެން މާއިޝް ހުރި އިރު، އަނެއް އަތް ވަނީ ދައްޔާންގެ ލޯބި އަތުތެރޭގައިއެވެ. ދައްޔާންގެ އަނެއް އަތް ރައިޝާގެ އަތާ ގުޅުވައިލެވިފައިވީ އިރު، އެއީ އުފާވެރި، ލޯބި ޢާއިލާއެއްކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ހަތަރު މީހުންވެސް ކަޅާއި ހުދުން ސްޓްރައިޕްޓް ކޮށްފައިވާ “މެޗިން އައުޓްފިޓްސް” ލައިގެން ހުރުމުން އަދި ވަކިން ލޯބިކަމަށް ދައްކައެވެ.

“ޔޯ ޔޯ.. ވަރަށް އަވަހަށް މި ގަސް ކައިރި ހުއްޓިބަ.. ފޮޓޮއަކަށް.. އޯ މައި ގޯޑް ހާދަ ލޯބި ފެމިލީ އެކޭ.. އަވަސް އަވަސް.. މިތާ ހުރޭ..” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ރިއާޝް ކެމެރާއެއް ހިފައިގެން ފުންމާލިއެވެ. ރިއާޝް އުޅުނު މަޖާ ގޮތުން ރައިޝާއާ މާއިޝްއާއި ކުޑަކުޑަ ދައްޔާން ކައިރިއަށްވެސް ހިނި އައެވެ. ނަމަވެސް، ރިއާޝް ބުނި ގޮތަށް އެތާނގައި ހުއްޓުނީ ފޮޓޯއެއް ނެގުމަށެވެ. މާއިޝް ދައްޔާން އުރައިލިއެވެ. ރައިޝާ ހުރީ ދާލިޔާ އުރާލައިގެންނެވެ. “އޯކޭ ދެން މާއިޝް އެންޑް ރައި ލުކް އެޓް އީޗް އަދަރ..” ރިއާޝް ކެމެރާ ރެޑީ ކޮށްލީ ޕްރޯ ފޮޓޯގްރާފަރެއް ފަދައިންނެވެ.

މާއިޝްއާއި ރައިޝާގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފައިވާ އިރު، ދައްޔާންގެ ނަޒަރު ހުއްޓިފައިވީ ދާލިޔާ އަށެވެ. “އައި ލަވް ޔޫ.. އަބަދުވެސް.. ވަރަށް ބޮޑަށް..” ރައިޝާގެ ދެ ލޮލަށް ފުންކޮށް ބަލަހައްޓައިގެން ހުރެ، މާއިޝް ބުނެލިއެވެ. “ލަވް ޔޫ މޯރ.. މުޅި އުމުރަށްވެސް..” ރައިޝާވެސް ހިނިތުންވަމުން ބުނެލިއެވެ.

ނެގުނު ފޮޓޯއާއި އެކީ ރައިޝާއާއި މާއިޝްގެ ޙަޔާތުގެ ވާހަކަ މި ހިސާބުން ކުރުކޮށްލަން މި ޖެހުނީ އެ ދެ ލޯބިވެރިންނަށް އެމީހުން އެންމެ އުންމީދު ކުރި ދުވަސް މާތް ﷲ ދެއްކެވުމުންނެވެ. އެތައް ވޭނަކާއި، އަނިޔާއަކަށް ފަހު، އެ ދެ ހިތަށް ލިބެންވާ ލޯތްބާއި، ހަމަޖެހުން ލިބުމުންނެވެ. އެކަކު އަނެކަކަށްޓަައި ކުރި ދިގު އިންތިޒާރުގެ ނިމުން އައުމުންނެވެ. ދެ ހިތުގައިވީ ޝަކުވާތައް މުޅީން ފުހެވިގެން ދިޔުމުންނެވެ. ދުޢާއަކީ، އަދި މިއަށްވުރެވެސް އުފާވެރި ދުވަހެއް މާތްﷲ އެ ކުޑަކުޑަ ޢާއިލާއަށް މިންވަރު ކޮށްދެއްވުމެވެ. ދެން އެއްވެސް ހިތެއްގައި ޝަކުވާއެއް އުފެދޭނެ ޖާގައެއް ނުދިނުމެވެ.

ނިމުނީ

ލިޔުންތެރިޔާގެ ބަސް: މި ވާހަކަ ފެށިގެން ނިމެންދެން ވާހަކަ ކިޔައި، ލައިކް ދެއްވި ހުރިހާ ކިޔުންތެރީންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ކޮމެންޓް ކޮށްދެއްވައި، ފީޑްބެކް ދެއްވި ހުރިހާ ކިޔުންތެރީންނަށް ވަކިން ޚާއްސަ ޝުކުރެއް ރައްދު ކުރަން. ތިޔަ ލޮބުވެތި ކިޔުންތެރިންނާއި ނުލައި، އަޅުގަނޑަށް މިހާ ހިސާބަށް ނާދެވުނީސްކަން ޔަޤީން. އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ލޮބުވެތި ކިޔުންތެރީންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އައު ވާހަކައެއް ޖޫން މަހުގެ މެދުތެރޭގައި ގެނެސްދިނުމަށް މިހާރު ވަނީ ރާވާފަ. އަޅުގަނޑު އުއްމީދު ކުރަނީ މި ވާހަކައަށް ލިބުނު ސަޕޯރޓް، އަޅުގަނޑު ދެން ލިޔާ ވާހަކަތަކަށްވެސް ލިބިގެންދާނެ ކަމަށް. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

Don’t be sad because this story has ended.. Think of it as the beginning of a new story.. A comma does not mean a full stop.. This is not where we’ll say our final goodbyes.. Let’s meet soon on a new story.. Till then, take care all.. Love y’all the most

♥️♥️♥️

 

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެއް މާ ބަނޑު 2 ކުދިން

Next

އަބަދަށް އެކުގައި 25

Next
May 31, 2022

އަބަދަށް އެކުގައި 25

Previews
May 31, 2022

އެއް މާ ބަނޑު 2 ކުދިން

21 Comments!

  1. laisha hawwa says:
    May 31, 2022 at 11:32 am

    I’m the first one…… Yeye ☺️☺️☺️
    Finally after a long time ??mi part ves varah varah varah reethi ?????????????????????????????????????

  2. Nayaa Nayaa says:
    May 31, 2022 at 12:54 pm

    In reply to @laisha hawwa
    Hehe yhh..ur the first one?..Congratulations darl?
    Awww thankiu soo much dear for the love nd support u gave for this story inge..rly appreciate it ?♥️

    1. laisha hawwa says:
      May 31, 2022 at 7:59 pm

      Your most welcome and once again I love the story ????❤️❤️❤️❤️

    2. Nayaa Nayaa says:
      May 31, 2022 at 8:30 pm

      @ laisha hawwa, Awwwwn ?♥️

  3. lau.laala786@gmail.com lau laalu says:
    May 31, 2022 at 3:45 pm

    eyyyyyyyyyyyyyyyy manjeyyyyyyyyyyyyyyyyyyyyyyyyyyyyyyyy
    aslahhhh thaaaaaaa….. manje haadha rangalheyyyyyy… theehama javaahirehhh….lol
    eyyy anehhka kon vaahaka eh spoiler eh dheynan tha????????
    lol nudheythi ma eyrun foohi vx vedhaane vhk dheke… px nuvaane manjege vaahaka ehnun….. hehehehe
    eyyy dhen alhe mi vaahaka ninmaalee tha hama… keehtha vaanee hithuge shakuwaa 2 neren… hehe….
    eyyyyy mabuny ehhkala dhe meehun kari ma buny manje bunyeyy varah loabi ey and all those bullshit eyna buny hoansseko balaanamoa… dhen manje ah ves ekahala thedhuveri vafaatheri meehakuves libeyne yo keiikuraashw….
    eyy ma adhi miadhu nukai miuhny dhanee kaan byeeeeee…..loveyouuuu

  4. lau.laala786@gmail.com lau laalu says:
    May 31, 2022 at 3:48 pm

    yah and one more thing…
    varah kiyaa hithun varah shaugu verikamaa eku mi vaahaka mi kiyaa ninmaalee…. ty my dear yannu for this storyyy… i really loved it… beynumehhnuvi mivaahaka nimeykah but manjege ehen vaahaka eh kiyaalan libeythee dhen hiyy hama jahssalaanee… ig… ❤❤????
    yah a comma is not a fullstopp hehehehehe…..
    soooooo good luck darlxxx ☺☺☺
    have a very nice dayyyyy❤❤❤❤????
    I REALLY CANT WAIT FOR YOUR NEW STRYYYYYY

  5. Anonymous says:
    May 31, 2022 at 6:18 pm

    Nayaaaaaaaaaaaaaaaaaaa♥️
    How are you…?? ☺️ Unmydhu kuran rangalhu vaane kamah… ☺️☺️☺️ kudhin kolhu bodethi V dhw mihaaru ? iyaashaa vx grade 2 ga…. enme majalee raiii men goathi soru ? kudhinnah kiyaafa huri name thah vx vrh rythi ? Masha Allah ♥️♥️♥️ you are so talented ??? I just loved it ?♥️??? you are an amazing writer!!.!you are a star ⭐⭐⭐ reading this made my day….. this story put a smile on my face ??☺️ your stories are amazing ??? keep it up ??? waiting for the next story ♥️♥️♥️ will misss you ???? Staysafe Takecare ???

    1. Nayaa Nayaa says:
      May 31, 2022 at 8:18 pm

      Darlooooo♥️
      I’m gud alhamdhulillah..hbu dear? Hope ur doing fine as well♥️
      Hehe arn..kudhin kolhu bodethi v dhw dhn..haha dhayyaan dhw? Yes he’s so cute dhw aslahvx..hama maaish ge kuda kuda version eh dhw ?..
      Hehe thankiu darl..name thah eii hama nayaa ah vrh rythi vgn kee names thakeh
      Alheyyyy ur soooo sweet dhooniii?♥️..i have no other words than thank you ♥️..aslahvx vvvvvv bodah thanks ingey ♥️?.. ur cmnt also put a smile on my face dear??..love u soooooooo much ?♥️.. insha’Allah masakkaiy kuraanan hama v enme avahakah next story genesdhinumah..will miss u more dear?♥️♥️.. u too stay safe and take care darling ?♥️..

  6. Anonymous says:
    May 31, 2022 at 6:20 pm

    Eyyyyyyyy nayuuuuu cover pic vx vrh rythi ingeyyy

    1. Nayaa Nayaa says:
      May 31, 2022 at 8:19 pm

      Thankiuuuu dhoonyyy♥️♥️

  7. Nayaa Nayaa says:
    May 31, 2022 at 8:29 pm

    In reply to @lau laalu
    Hoaaaaaaaannnnnnnnnn dhariyaaaaaaaaaaaaaa
    Haha liyan v thr? Thi lwbi vaa vhk bunegen lwbeege kulhigandu feshyma ennu vhk akh vaany vx..ehnve ey mi bunany bunaashey e soru kairi..
    Lmao arn..magey vhk dheke foohi vegenneh nuvaane..lol??
    Yes dhn allah ge iraadhafulhaa eky kaamiyaabu kamaai eku mi vhk vx mi nimuny.. season 2 dhwww? Hey actually… that’s not a bad idea aslu..visnaalaanan ingey thikamaa dheythereyga?
    Lmao e soru kairi buney ma vx bunyyey hoanssekey..kei kuraanamey..libeyne thwcheh dhw dhn knms dhuvahakun..this love stories just make our standards too high for ppl like maaish???..brw I’m still waiting for Taemoo to marry me?..nulibuneyyy???..Hari gengosfiyeyyy..my heartue ???..lol??
    Awwwwn tysssssssmm lauuuuu?♥️♥️..nd thank you also for always supporting me with this story..thee hama javaahireh..one in a million♥️
    Hehe yes ehn vhk eh dhw.. insha’Allah vrh avahah balaanan genesdheveythoa..hama exams nimunuhaa avahakah masakkaiy fashaanan..
    Once again tysm darlooooo?♥️♥️
    U too have a great day..ooops it’s night rn..lol ? have a gud nyt magey lwbi kolhuuu?♥️
    Awwwwn thankiuuu?♥️??♥️♥️

  8. s.n.o.w.f.l.a.k.e Dark angel says:
    May 31, 2022 at 9:05 pm

    hey girl!!! how r u? vrh vrh vrh reethi maasha allah???. good luck with ur exams… waiting for the next story?. I’m sure dhen liyaa vhk mi ah vure furihama vaanekan?.naaya men vhk liyaney kihineh baa eyy hithah araa??. i men liyaairu mikahala salhi idea’s eh naannaane lol???. let me know how’s ur exams engey? good luck ..staysafe.. see ya??lysssm?? reesh ah vs good luck bunedhehchey dark angle faraathun??

    1. Nayaa Nayaa says:
      June 1, 2022 at 12:21 am

      Heii.. I’m gud dhn hama… Hbu?
      Awww tyssssm dear?.. Thanks nd gl to u too❤️.. New story vx insha Allah vrh avahah kiyaalan libeyne.. Yes insha Allah dhn liyaa vhk adhi miyah vure vx reethi vaane.. Hehe vhk dhww.. Assu nayaa aky vrh baby irussure vx vrh ginain vhk kiyaa kujjeh.. Abadhu ulheyny fotheh hifaigen.. Haassa koh dhivehi.. That interest for stories since I was a baby has got me to where I am today.. Vhk mubaaraaiy thakuga baiveri vgn hunnaane baivaru vana vx libifa.. Ginain vhk keema hama ideas annaane baivaru.. Why don’t u also give writing a try? I’m sure that u also can do it.. I’ll support u fully if u ever decide to write a story ?❤️.. Yessss I’ll let uk abt my exams.. Thanks again.. U too tc nd stay safe.. Lymmm?❤️
      Reesh can see ur cmnt.. If not, I’ll send her a screen shot inge?❤️

  9. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 31, 2022 at 10:40 pm

    Kalo kalo eyyyy madukureyy aatteyyy.. Cmnt section bandhu nukuraathi.. Ma 38 akun feshigen kiyan dhen… Kalo gayaa bodu huthubaa eh liyan jeheyne miyah.. Aattey heyo nuvaane bandhu nukuraathi

  10. Nayaa Nayaa says:
    June 1, 2022 at 12:28 am

    In reply to @Reesha Corona
    Yooo brooo.. Ey ok vaaney dhn.. 3 prt ekkoh kiyaalaaha cmnt kuran vaa Iran cmnt section close kohfiyyaa viber in cmnt eh kohlaa..Mashah hevey bodu huthubaa eh cmnt section ga nuliyunas.. Hama dm ga nice story ey jahaaliyas mashah fudheyney brwww.. Manje kiyavabala.. Cmnt kuran v kee noon.. Graduation day ga husha alhan ready vefa exams ah dhas kurey.. Mashah varihama manje kiyavaifiyyaa.. Brw I sound like a mom right now.. Lol??.. Ey aslahvx ok ingey cmnt nukurevunas.. Dhera nuvahchey loabs?❤️❤️
    Ey eh dhuhu nikan on vebala vhk dhakkaalan.. Mihaaru boluga nethey exam stress noon ehn ehcheh.. Huvaa mi buny.. E relieve kohlan vejje.. Manje aa vhk dhekkeema vaany.. Arn ehnyya thi angayakaa hadhaa vx meehaku foosseh nuvaane viyya?❤️

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      June 1, 2022 at 1:05 am

      Ey Kaley Maithiri vebala.. Manje ah hevas mashakah heveh nooney hama ekani salhi story jahaigeneh… Kalo on nuve veyey mihaaru manma duty ah dhaathy… Ey dhn beykaaru vhk nudhhakaa ma vehjje dhe huthubaa liyan… Vrh saamaanu eboathey dhulu kuryga.. Mirey nunidhaa mi kiyan oiy kamahttakaa vx shukuru kohbala

  11. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    June 1, 2022 at 1:38 am

    Ey laa ilaaha illa allah ma accept kuri vrh vure vx dhigu??????

  12. Nayaa Nayaa says:
    June 1, 2022 at 9:44 am

    In reply to @Reesha Corona

    Klw gayaa….mioh bodu huthubaa ah fakeeru kihineh rpl dheyny vx… Dhn knms vareh kohlan vejje
    Lmao arn manje ah ingeyney hurihaa kameh vx..dhn klw vaan ulhey firimeehaa aa bahdhalu kuran dhaa iru dhaany dhavaadhu vx ungulhaigennu..eyge enme ali gadha hekkaky vx hama manje..lol..nai dhw..yhh aslahvx imagine kohlaa bandu bodu v ma hunnaane lwbi Kan..hoan dhn aash thuhthu innaanennu ufalun funma funma..ey klw ma vx iny e scene liyun iru ladhun viri viri..dhn alhe dhww???..kaiveni dhww..hama seedhaa saadhaa fathimath Nayaa Abdulla ge idea eh..salhi dhw..ey uhoan..manje madu kurey dhn..magey kaiveni e theme ah baavvaany..ekm ma meehakaa neennaanan 30 vumuge kurinneh..manje innaane viyya aluvi innan ahaa irah..dhwww??..hmm dhogu hadhaakah nuvaaney..dhn bunebala thedhah..nan thah dhw..assu ma vx ulhuny furathama M noony R in feshey nameh kiyan..ekm D in feshey names vrh nuhureynu..ehnve vrh unique name eh kiyan beynum v..manje ah hadi viyas dhn kuraane kameh neiy..mashah hama eh vanaige nan thah e hury kiyaafa..
    Haha dialogues dhww..ma molhu vaaney brw..lol..assu nan dhiny kee noon dhw..ekm viheumuge kurin nan decide kohfa othyma e namun enmen vx govan feshy..enmen baby baby kiyaaha goveema vrh odd vaanun..manje thi galhi sikundeege beynun vx hifaabala dhn dheythere akun..
    Ey bala mihira moyayaa..dhariyaku libunee mashakah nooney..raisha ashey..than thaa mas jahaigen maaish ge gamees thah vx baaru v mashakah nooney koyaa..raisha ashey..thihira galhi kameh dhww..pss pss..ma hama ajaibun antharees..haha arn maaish varuge firi eh nulibeyne dhw..keeh kuraany
    Hoan hoan mussandhin dhn thibeynu Pakistan in lehenga Hannah..manje dhn thi ehcheh laigen indheveythw balaabala..?
    Ey riaash brw dhww..lmao ahaabala e golaa kairi.. mashakah hama eggothakah vx neynge theege javaabeh..lol?
    Lmao arn manje dhn mihaaru dhe dharin libuneema age kataafa thi hury..lol..ey cover hady thr? Brw now ur being racist if I’m honest… what’s wrong with using the pic of Indonesian ppl??ma e photo lee reethi photo eh nufenigenneh noon..hama e photos enme lwbi veema…dhn alhaanulaa..nubunahchey dhn ekahala ehchehi
    Hoan naseebeh mi huthubaa ninman engunu kan vx?♥️
    Ey ma buny vvvvvvvvvvvvvvvv bodah shukuriyyaa ey ingey lwbi gandaaa???♥️♥️♥️♥️..this is just my fvrt cmnt♥️♥️♥️
    Dhn inthizaaru kohlaa
    Lwbi vey mooooorrrreeeeeeeee????♥️♥️♥️♥️

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      June 1, 2022 at 12:37 pm

      މަގޭ އިހުސާސް ތައް ދެނެއް ނުލިޔެވޭނެ…
      ??????????????☺️☺️☺️☺️??????????????????????????????❣️❣️❣️❣️??????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  13. Ryyn says:
    June 1, 2022 at 8:36 pm

    Alheyy vaahaka ves nimuny dhw? VRH VRH VRH VRH vrh brh vrh vrh vrhhhhhhhhhhh ryyyythi ❤ Masha allah ? hama bunaane ehche neyngifa mi huryy ? your so so talented Dear Masha allah ❣? Mi ryn ah kiyunu enmme rythi vaahakaige list ga innaane hama yageen 100%..
    Rai n maash ah baajaveri dhiri ulhumehh devvaashi ?❤ Vaahaka ninmaali goiyh hama vrh vrh salhi.. ryn ah ehaa dhigu cmnt eh nukurevidhaane ekm.. Nayuu thi hama best ingey dhoony ??
    Nayu ge ehn vhk akah inthizaarukuran
    E vhk in ves bahdhaljvaane kamuge unmeedhugai vakivelan ?
    Lysm dearr.. take care daarluu ❤❤❤

  14. Nayaa Nayaa says:
    June 2, 2022 at 5:22 am

    In reply to @Ryyn
    Alheyyyyyy vrh vrh vrh vrh vrh vrh vrh vrh VRH VRH VRH VRH VRH bodah thankiu darloooooooo♥️♥️♥️♥️..alhey aslahvx I have no words other name thankiu..hama vrh happy vefa mi hury ryyn dear ge cmnt fenuneema ?
    Alheyyyy aslahvx thrrr??? Vrh ufaa vejje ryyn ge fav stories ge list ah mi vhk dhiya kan enguneema..im on cloud nine hama??♥️♥️?
    Alhey mee dhn kuru cmnt eh thrrr? Kureh nooney darlx.. awwwwn ryyn vx thy hama best ingey dhooni??
    Nayoo ge ehn vhk akun avas musthaqbalegga Ryyn aa bahdhal vaane kamuge unmeedhuga alhugandu vx vaki velan?♥️
    Lym loabs?♥️
    U too bs nd tc dear

Comments are closed.



All Right Reserved!