އަލައިނާ ނުކުމެގެން ދިޔުމުން ރައިޝާ ދޮރު ޖަހާލާފައި އައިސް އެންމެންގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓުނެވެ. އޭރު އެންމެންގެ މޫނުވެސް ވަނީ އިސްދަށަށް ޖެހިފައެވެ. ރިޔާޒްގެވެސް މެއެވެ. އޭނާއަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަތީގައި ލަދުން އިސް ޖަހައިގެން ހުންނަން ޖެހުމުން ވީ ދެރައާއި އެކު، ވަގުތުން މަޢާފަށް އެދެންވެސް ބޭނުންވިއެވެ. ރައިޝާއާއި މާއިޝް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ އިރު، އެ ދެމީހުން ދުރު ކުރުވުމުގެ އެއްވެސް ބޭނުމެއް ނެތްކަން ރިޔާޒްއަށް ވިސްނެން ފެށިއެވެ. ރިޔާޒްގެ އިތުރުން ދެން ތިބި މީހުންވެސް ތިބީ ދެރަވެފައެވެ. ޙަޤީގަތް އެނގި ތިބެ، ރައިޝާއަށް ކިޔައިދިނުމުގެ ހިތްވަރު ނުލިބުނީތީއެވެ.
“އެންމެ ސުވާލެއް.. ހަމަ އެންމެ ސުވާލެއް.. ކީއްވެ އަހަންނަށް ސިއްރު ކުރީ..؟” ހިތާމަވެރިކަން އެކުލެވިގެންވާ އަޑަކުން އެހެން އަހާލި އިރު، ރައިޝާގެ ދެ އަތް ވަނީ މުއްކެވިފައެވެ. ލިބޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔަ ރައިޝާއަށް ފެނުނީ އިސްޖެހިފައިވާ މޫނުތައް އެކަންޏެވެ. ޖަވާބު ދޭނެހާ ހިތްވަރު އެކެއްގެވެސް ނެތީ ބާވައެވެ؟
“ކީއްވެ އަނގައިން ނުބުނެ ތި ތިބީ..؟” އެއްވެސް މީހަކު އަނގައިން ނުބުނެ ހުރުމުން ރައިޝާ އަނެއްކާވެސް އަހައިލިއެވެ. އިސްވެ އެއްޗެކޭ ބުނާނެ ހިތްވަރު ލިބުނީ ރިއާޝްއަށެވެ. “ރައީ.. ވަރަށް ވަރަށް ވަރަށް ބޮޑަށް ސޮރީ.. ބައްޕަ އަހަރުމެން ލައްވާ ވަޢުދު ކުރުވީ ރައި ކައިރި މިއިން އެއްވެސް ވާހަކައެއް ނުބުނަން ކަމަށް.. އެކަމަކު އަހަރުމެންނަށްވެސް އެނގޭ ބައްޕަ ބުންޏޭ ކިޔާފަ މިހެން މަޑުން ތިބެގެން ނުވާނެކަން.. އަދި އެކަމުން ރައިއަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއްކަންވެސް.. އެހެންމަ އަހަރުމެން އެންމެންގެ ފަރާތުންވެސް ވަރަށް ބޮޑަށް މަޢާފަށް އެދެން..” ރިއާޝް އެހެން ބުނެ ނިންމާލި އިރު ނައިރާއަށްވެސް ހުރީ ރޮވިފައެވެ.
“ތެދެއް ރައީ.. ވީ ވޯންޓެޑް ޓު ޓެލް ޔޫ ސޯ ބޭޑްލީ.. އެކަމް ނުކެރުނީ.. ވަރަށް މަސައްކަތް ކުރިން ރައި މި ކަންތައްގަނޑުގެ ތެރެއިން ސަލާމަތް ކުރެވޭތޯ.. ބަޓް ވީ ކުޑުންޓް… ސޯ ސޮރީ…” ނައިރާގެ ބަހަށް ތާޢީދު ކުރަމުން ޔާޝްއާއި ރީޝާވެސް ބޯޖަހާލީ ފެންކަޅިވެފައި ތިބެއެވެ. އެވަގުތު އެ އެންމެންގެ މޫނުމަތިން ފެންނަން ފެށި އަސަރުތަކުން ރައިޝާއަށް އެމީހުންނަށް މަޢާފު ނުކޮށް ކެތްވާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އޭނާއާއި އެންމެ ގާތްކޮށް އުޅޭ ހަތަރު މީހުންނެވެ. ޢާއިލާ މެމްބަރުންގެ އިތުރުން އެންމެ ގާތް މިތުރުންގެ ގޮތުގައި ދެކިގެން އުޅޭ ބައެކެވެ. ވީ އިރު، އެމީހުންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި މޫނު އަނބުރާލުމަކީ އޭނާއަށް ދުވަހަކުވެސް ކުރަން ކެތްވާނޭ ވަރުގެ ކަމެއް ނޫނެވެ. ހިނިތުންވެލާފައި، ރައިޝާ ގޮސް ރީޝާއާއި ނައިރާގެ ގައިގައި އެއްފަހަރާ ބައްދައިލިއެވެ.
“ޝްޝްޝް.. އިޓްސް އޯކޭ އޭ.. އައި ފޮރގިވް ޔޫ އޯލް.. ﷲގެ އިރާދަފުޅާއެކު މިހާރު ހުރިހާ ކަމެއް މި ދަނީ މަޑުމަޑުން ހަމައަކަށް އެޅެމުން.. ސޯ އައި ޑޯންޓް ސީ އަ ރީޒަން ވައި އައި ޝުޑް ނޮޓް ފޮރގިވް ޔޫ..” ހިނިތުންވެލަމުން ރައިޝާ ޔާޝްއާއި ރިއާޝްގެ ގައިގައިވެސް ބައްދާލިއެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ އޭނާގެ ޢާއިލާއެވެ. ޢާއިލާއާއި ރުޅިން ދުރުގައި އުޅުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫނެވެ.
“ދަރިފުޅާ.. މަންމައަށް މަޢާފު ކުރޭ..” ފަހަތުން ނުހާގެ އަޑު އިވުމުން ރައިޝާ އެދިމާލަށް ބަލައިލިއެވެ. އޭރު ނުހާގެ ދެލޯ ފެންކަޅިވެފައިވާ މަންޒަރު ފެނި، ރައިޝާގެ ހިތުގައި ހީވީ މީހަކު ވަޅި އަޅައި، ޒަޚަމް ކޮށްލިހެންނެވެ. ވަގުތުން ގޮސް ނުހާގެ ގައިގައި ބައްދާލީ މަންމަ މަޢާފަށް އެދޭކަށް ނުޖެހޭނެއޭ ބުނަމުންނެވެ. ދަރިފުޅަށް ދެވުނު ތަރުބިއްޔަތާއި މެދު، ނުހާ އެވަގުތު ފަޚުރުވެރިވީ އިންތިހާއަށެވެ. މިފަދަ ރަނގަޅު ދަރިއެއް އެހެން އެންމެންނަށްވެސް ދެއްވަވާތޯ އޭނާ އަބަދުވެސް ދުޢާ ކުރާނެއެވެ.
“ދަރިފުޅާ…” ވަރަށް ހިތްވަރު ކޮށްފައި ރިޔާޒް ރައިޝާއަށް ގޮވައިލިއެވެ. “މި ކަމުގައި ދަރިފުޅުގެ މަންމަގެވެސް، އަދި ދޮންބެމެންގެވެސް އެއްވެސް ކުށެއް ނެތް… ކުށް ކުރެވުނީ ބައްޕައަށް.. އެކަމާ ބައްޕަ މިހާރު ހިތާމަ ކުރަން.. ދަރިފުޅާއި މާއިޝް އެކަކު އަނެކަކު ދެކެ ވަނީ ޙަޤީގީ ލޯބި.. އެޔެއް ދުވަހަކުވެސް ބަދަލެއް ނުވާނެ.. މާއިޝްގެ ނުކުޅެދުންތެރިކަމަކީ ތި ދެކުދިންގެ ގުޅުމަށް އެޅޭ އެއްވެސް ހުރަހަކަށް ވެގެން ނުވާނެ.. އޭރު ބައްޕަ ހީކުރީ މިއީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތޭ.. އެކަމަކު މިއަދު ދަރިފުޅު ސާބިތު ކޮށްދީފި، ބައްޕައަށް ހެދުނީ ގޯހެއްކަން.. އެހާ އަވަހަށް ދަރިފުޅުގެ ކައިވެނި އަރޫންއާ ހަމަޖެއްސީވެސް އަދީލްއަކީ ބައްޕަގެ ދުވަސްވީ ރަށްޓެއްސަކަށް ވެފައި، އަރޫންއކީ ކިޔަވައިގެން ހުރި ކުއްޖެއް ވީމަ.. ފަހަރެއްގައިވެސް ބައްޕަ ހިޔެއް ނުކުރަން އަރޫން މިހާ ގޯސް ކުއްޖަކަށް ވެދާނެ ކަމަކަށް.. ބައްޕަ..” ރިޔާޒްއަކަސް އިތުރަށް ވާހަކަ އެއް ނުދެއްކުނެވެ. އަރުތެރެ ބެދި، ރޮވޭގޮތް ވިއެވެ.
ބައްޕަގެ ޙާލު ފެނުމުން ރައިޝާގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ ބައްޕައެވެ. އޭނާ ވިހޭ ދވަހުއްސުރެ ބޭނުންވާ ހުރިހާ ކަމެއް ކޮށްދީ، ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދިން ބައްޕައެވެ. އޭނާޢަށް ހެވާ ނުބަޔާ ވަކި ކުރަން އެންމެ ގާތުން ދަސްކޮށްދިން ފަރާތެވެ. އެ ބައްޕައަށް ކުރެވުނު އެންމެ ކުށަކީ، މުޅީ ޙަޔތުގައި އޭނާޢަށްޓަކައި ވީ ޤުރުބާނީތަކާ އަޅައި ބަލާއިރު، އެއްވެސް ކަމެއް ނޫންކަން އޭނާ ދަނެއެވެ. ދުވެފައި ގޮސް ބައްޕަގެ ކޮނޑުގައި ބޯއަޅައިލެވުނީ ކުޑަ ކުއްޖެއް ފަދައިންނެވެ.
“ދަރިފުޅާ.. ބައްޕައަށް މަޢާފު ކުރޭ..” ރައިޝާގެ އެ ލޯބި ޙަރަކާތުން ރިޔާޒް އިތުރަށް ދެރަވެ، ރޮވޭ ގޮތް ވިއެވެ. ހީވީ ރައިޝާ ކުޑަ އިރު އަންނާށޭ ބުނުމުން ދުވެފައި އައިސް އަތުތެރެއަސް ވަތް ހެންނެވެ. އޭނާ މި ދަރިފުޅާއި ދޭތެރޭގައި ކަންތައް ކުރި ގޮތާއި އަޅާ ބަލާ އިރު މި ދަރިފުޅުގެ ހިތް ކިހާ ސާފު ހެއްޔެވެ؟ ކިހާ ރަނގަޅު ހެއްޔެވެ.
“ބައްޕާ.. އަޅުގަނޑު ބައްޕައަށް މަޢާފު ކޮށްފީމޭ.. އަޅުގަނޑު ކުޑަ އިރުއްސުރެ މިއަދާހަމައަށް އައި އިރުވެސް ބައްޕަ ނުރުހޭ ފަދަ ބައިވަރު ކަންތައް ކުރެވިފަ ހުންނާނެ.. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ބައްޕަ އަޅުގަނޑަށް މަޢާފު ކުރަނީ ހިނިތުންވުމާއެކު.. އެހެންވީމަ، މިަދު ބައްޕަ އެންމެ ކުށެއް ކޮށްފައި އަޅުގަނޑުގެ ކިބައިން މަޢާފަށް އެދުމުން މަޢާފު ނުކުރަން، ބައްޕަގެ ކުރިމަތީގައި އަޅުގަނޑު މީ ކާކު..؟” ރައިޝާގެ އެ ފުން ަސްތަކުން ރިޔާޒްއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އިތުރަށް އެ ދަރިފުޅު ގަޔާލައި ބޮނޑިކޮށްލެވުނު އިރު މިފަދަ ރަނގަޅު ދަރިއެއް ދެއްވިކަމަށްޓަކައި ހިތާހިތުން ﷲ އަށް ޙަމްދު ކުރިއެވެ.
ރައިޝާގެ މަޢާފު އެކަނި ލިބިގެން އަދި ނިންމާލެވެން ނެތްކަން ރިޔާޒްއަށް އެނގުނެވެ. އެހެންކަމުން ރައިޝާ ގަޔާއި ދުރުކޮށްލުމަށްފަހު، ރިޔާޒް ގޮސް މާއިޝްގެ ކުރިމަތީގައި ދެކަކޫމައްޗަށް ތިރިވެ އިށީނެވެ. “ދަރިފުޅާ މާއިޝް. ބައްޕައަސް މަޢާފު ކުރޭ.. ބައްޕައަށް އިނގޭ ބައްޕައަސް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން.. މިއަދު ދަރިފުޅުގެ ތި ޙާލަތަށް ޒިންމާވާން ޖެހޭނީ ބައްޕަ.. ދަރިފުޅު ބޭނުން ނަމަ މިހާރުވެސް ބައްޕަ ފުލުހުންނާ ހަވާލު ކުރިޔަސް އެންމެ ރަނގަޅު..” ރިޔާޒް ދެރަވީ އިންތިހާއަށެވެ. “ނޫން ބައްޕާ.. އަޅުގަނޑުގެ ހިތް އަބަދުވެސް ބައްޕައާއި ދޭތެރޭގައި ސާފު.. އަޅުގަނޑު ދެކޭ ގޮތުގައި ބައްޕަ ކުރީ މަޢާފު ނުދެވޭ ވަރުގެ ބޮޑު ކުށެއް ނޫން.. އެކަމަކު މިހާރު އެންމެ މުހިންމު ކަމަކީ ބައްޕައަށް ކުރެވުު ކުށް އިޙްސާސްވެ ތައުބާވުން.. އަޅުގަނޑު އެކަމަށްޓަކައި ނުހަނު އުފާކޮށް ޙަމްދު ކުރަން..” ފެންކަޅިވެފައި އިން ނަމަވެސް، މާއިޝް ކަރުނަތައް ދޫވިޔަ ނުދީ ހިފަހައްޓައިލިއެވެ. ރިޔާޒްއަށް ޔަޤީންވީ އެވަގުތުއެވެ. މިއީ ހަމަ ޔަޤީނުންވެސް އޭނާގެ ދަރިފުޅާއި އެންމެ އެކަށީގެންވާ ކުއްޖާއެވެ.
“އޯކޭއޭ ދެން އެންމެން ރުއިން ހުއްޓާލަބަލަ.. މި ހުރިހާ ކަމެއް އެ ނިމުނީނު..” އާދައިގެމަތިން ޚަރާބުވެފައިވާ މޫޑު ރަނގަޅުކޮށްލުމަށް ރިޔާޝް އެހެން ގޮވައިލުމުން އެންމެންގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓުނެވެ. “ދެން ހުރިހާ ކަމެއް ހައްލުވެ، ނިމުނީމަވެސް އެންމެން ޑްރާމާ ކުޅެނީ.. ވަޓިޒް ދިސް ބިހޭވިއަރ..؟” ރިއާޝްގެ މަޖާ ވާހަކަތަކުން އެންމެންގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.
“އެކަމެއް ނޭނގެ ދެންމެ މިތާނގަ ‘ރައީ އައިމް ސޮރީ، ދޮންބެއަށް މަޢާފްކުރޭ’ ކިޔަ ކިޔާފަ އެކްޓް ޖެއްސީ ކާކުކަމެއް.. އާނ އެހެންޏަ ހީވަނީ ދި ލެޖެންޑް އޮފް ދި ބްލޫ ސީގަ ލީ މިންހޯ ރޮއުނު ގޮތް ކޮޕީކުރަން އުޅުނުހެން ވިއްޔަ..” ރައިޝާވެސް ވަކި ދުލެއް ނުކުރެއެވެ. ޒަމާންގަނޑަކަށްފަހު ދެބެންގެ ޒުވާބު ފެށުނީތާއެވެ. އެންމެންވެސް ތިބީ ފޯރި އަރާފައެވެ.
“ލީ މިންހޯ..؟ މިހާރު އެއީ ކާކު..؟ މާއިޝްއާ އިނުމުގެ ކުރިން ރަށްޓެހިވާން އުޅޭ މީހާ..؟” ޖެއްސުންކޮށްލާ ފާޑަކަށް ރިއާޝް އެހެން ބުނުމުން ރައިޝާވެސް ދުލެއް ނުކުރިއެވެ. “އަޅެ ބައެއް ފަހަރު ހިތަށް އަރާ ހަމަ އަސްލަށްވެސް ލީ މިންހޯއާ އިނދެވޭނެ ނަމައޭ.. އާހހހ ހީޒް ސޯ ހޭންސަމްމްމް..” ހުވަފެނީ ގޮތަކަށް ހިތާވީ ދިމާލުގައި އަތް އަޅާލައިގެން ހުރެ ރައިޝާ ބުނެލިއެވެ. “އެކަމް ކުރިން އުޅުނީމެއްނު ކޮންމެސް ޖިންއަކާ އަޅައިގަނެގެން.. ކޮބާ އޭނަ މިހާރު..؟” ރިއާޝް ބޯ ކަހާލިއެވެ. “މަގޭ ހިތުތެރޭގައެއްނު..” ރައިޝާ ހީލާފައި ދެލޯ މަރައިލިއެވެ. “ބަލަ ތީ ދެކޮޅުން ކާ ވެނެއްތަ..؟” ރިޔާޝް އަހާލީ ދެލޯ ކުޑަކޮށްލަމުންނެވެ. “ހެވެންނު ހަތަރު ކޮޅުން ކެޔަސް.. އިޓްސް ނޮޓް މައި ފޯލްޓް ދެޓް ދޭ އާރ ސޯ ޑްރީމީ..” ރައިޝާ ހީވަނީ އަދިވެސް ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ހެންނެވެ.
“އެހެންތަ..؟ އިފް ދޭއާރ ސޯ ޑްރީމީ އެންޑް ހޭންސަމް، ރައިޝާ ދާންވީނު ޗައިނާއަށް އެމީހުންނާ އިންނަން..” މާއިޝް އެހެން ބުނުމުން ރައިޝާ މާއިޝްއާއި ދިމާލަސް ބަލައިލިއެވެ. “ޕިސް ޕިސް ދެން ދޯ.. ކިތައް ފަހަރުތަ ބުނާނީ އެއީ ޗައިނީޒް ބައެއް ނޫނޭ.. އެއީ ކޮރެއަން ބައެކޭ.. ކޭޕޮޕްއާ ކޭޑްރާމާއާ ނުބަލާ މީހުންނަކަށް ނޭނގޭނެ އެއްނު..” ރައިޝާ ތުންކޮޅު އޫކޮށްލިއެވެ. މާއިޝް ހީކުރީ އޭނާ އެހެން ބުނުމުން ރައިޝާ އައިސް ތުއްތު ކުއްޖެއްހެން މަޢާފަށް އެދޭނީ ކަމަށެވެ. ނަމަވެސް، ބަދަލުގައި ބުނި އެއްޗަކުން ހަމަ ޙަޤީގަތުގައިވެސް ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޮއެވިއެވެ. ނުވެސް ދަންނަ ބަޔަކާ ދޭތެރޭގައެވެ. ކުރާނީ ކީއްހެއްޔެވެ؟ ހަމަ ފިރިހެނުންގެ ގޮތެވެ.
މާއިޝްގެ ހިތަށް އެރިއެވެ. މި ކިޔާ ލީ މިންހޯއަކާ ޗޯއި މިންހޯއަކާ ކިމް ސޯކްޖިންއަކާ މީ ވަރުގަދަ ބައެއްތާއެވެ. މިވަރެއް ނެތިގެން މަގޭ ރައިޝާ މި މީހުން ފަހަތުން މި ދުވެ ނަގަނީ މަ ކުރިމަތީގައި އިންދައެވެ. އަދި މިކަހަލަ ކިތައް މީހުން އެ ހިތުގައި ރަސްކަން ކުރާން ބާވައެވެ؟ އެންމެން ޖަހަނީވެސް އެއްވައްތަރެކެވެ. ދެން ރައިޝާއަށް ރީތިވެގެން މި އުޅެނީ ކޯޗެއް ބާވައެވެ؟ މިހެން ބުނެފިއްޔާވެސް ގޯސްވާނީ މަށެވެ. އަނިޔާ ކުރާނީވެސް ހަމަ މަށަށެވެ. ހަމަ ހުރި ގޮތަށް ކޮރެއާއަށް ފޮނުވާލަންވީއެވެ. އެ ކިޔާ ޖިމިންއަކާ އިނދެފާނެ ނޫން ހެއްޔެވެ. ސޫބިންއަކާ އެއްކޮށް ޑޭޓުތަކަށް ގޮސްފާނެ ނޫންހެއްޔެވެ. ހްޔުންޖިންއަކާ އިންނަން ރަންވެސް ކިޔާފާނެ ނޫންހެއްޔެވެ. މަށަށް ކޮން ކަމެއް ހެއްޔެވެ؟
މިކަހަލަ މޮޔަ ޚިޔާލުތަކެއްގައި އިންދާ ރައިޝާ އައިސް މާއިޝްގެ ކޮލުގައި ހިފައިލިއެވެ. “ބޭބީ ޖެލަސްވީތަ..؟” އެއްލޯ މަރާލާފައި ރައިޝާ އެހެން އަހާލި ގޮތުން މާއިޝްގެ ދެކޯ ރަތްވެގެން ދިޔައީ އަންހެން ކުއްޖެއް ފަދައިންނެވެ. އޭރު އެތަނުގައި ނުހާއާއި ރިޔާޒް ނެތްކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް، ރިއާޝްމެން ބަލަން ތިބި ގޮތުން މާއިޝް އިތުރަށް ލަދުގަންނަ ގޮތް ވިއެވެ.
“ޕިސް ޕިސް.. މި ތިބަ ދެމީހުންނެއް ދޯ..” ނައިރާ ހިނި އައިސްފައި ހުރެ ދެފަރާތަށް ބޯ ހޫރުވާލައިފިއެވެ. “ބައްޕާ.. މި މީހުންގެ ކައިވެނި ވީހާވެސް އަވަސްކުރަންވީނު.. މިވަރުން ދަންޏާ ނޯންނާނެ ސަލާމަތެއް..” ބަދިގޭގައި އުޅުނު ރިޔާޒްމެންނަށް އަޑު އިވޭ ވަރަށް ރިއާޝް ގޮވައިލިއެވެ. ބަދަލުގައި ރިޔާޒްވެސް އާއެކޭ ގޮވައިލުމުން މިފަހަރު މޫނު ރަތްވީ ހަމަ އެކަނި މާއިޝްގެއެއް ނޫނެވެ. ރައިޝާގެވެސް މެއެވެ.
އެންމެ ފަހުން މި ދެލޯބިވެރިން ކުރަމުން އައި ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. ދެން އެންމެ އުންމީދު ކުރެވޭނީ އެކަކު އަނެކަކުގެ ދާއިމީ ޙައްޤަކަށް ވާ ދުވަހަށެވެ. އެ ދުވަސް އަންނާކަށް ދެންމާ ގިނަ ދުވަހެއް ނެތެވެ. މާތްﷲ ގެ އިރާދަފުޅާއެކީ މި ގުޅުން އަބަދުވެސް މި ގޮތުގައި ލަހައްޓަވާނެއެވެ. އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ތިބި ދެމީހުންގެ ހިތުގައިވެސް ލިޔެވިފައިވަނީ އެކައްޗެކެވެ. ކުރެވެމުން ދިޔައީ އެއް ދުޢާއެކެވެ. މި ގުޅުން ދެގޮތެއް ނުވެ އަބަދުވެސް މި ގޮތުގައި ދެމިގެން ދިޔުމެވެ. ދެ ހިތުގެ އުންމީދަކީވެސް އެއީއެވެ.
***
ހަ މަސް ދުވަސް ފަސް
***
ފޯނު އަތަށް ލައިގެން ހުރެ ސިޓިންރޫމްގައި ދެކޮޅަށް ދެކޮޅަށް ހިނގަމުޖްނދ ިޔަ ރައިޝާ ނުހަނު ހާސްވެފައިކަން ބަލައިލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އެވަގުތު ސިޓިންރޫމުގައި ރައިޝާގެ އިތުރުން ރިއާޝްއާއި، ނައިރާއާއި، ރީޝާއާއާއި، ޔާޗްގެ އިތުރުން ރިޔާޒްގެ ދެމަފިރިންވެސް ތިއްބެވެ. މުޅި މާހައުލަށް ހޫނުކަމެއް ވެރިވެފައިވީ ގޮތުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގޭހާވެއެވެ.
“ޕިސް ރައީ.. އާދެބަ މިތާ އިށީންނަން.. ތިހާ ވަރަށް ހާސްވާކަށް ނުވާނެ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ.. ތިންކް ޕޮޒިޓިވް..” ރީޝާ ބުނެލީ ރައިޝާ ހާސްވެފައި ހުރި ވަރުންނެވެ. ނަމަވެސް، ހާސްވެގެން ގޮސް ނިޔަފަތި ހަފަން ހުރި ރައިޝާއަށް އެ އަޑު އިވުނުހެންނެއް ހިޔެއް ނުވެއެވެ.
“އަޅެ ރީއްތާ.. މިހާރު ތިން ގަޑިއރު ވެއްޖޭ.. އެމީހުން ބުނި ދެ ގަޑި އިރުން އޮޕަރޭޝަން ނިމޭނެޔޭ.. އެކަމް އަދިވެސް އެއްވެސް ޚަބަރެއް ނުވޭ..” ރައިޝާގެ އަޑުގައި މަޑު ތުރުތުރެއް އުފެދިފައިވާ އިރު، ހީވަނީ ދެންމެ ދެންމެ ރޯން ފަށާފާނެ ހެންނެވެ.
“ނޫނޭ ރައީ.. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ރިއާޝް ބުނެލީ ހިތްވަރުދޭ ރާގެއްގައެވެ. “އަޅެ ނޯ.. އަހަންނަށް އަޅެ މާއިޝްއާ އެއްކޮށް އޮސްޓްރޭލިއާއަށް ދެވުނު ނަމަ.. އެތާ ހުރެވުނު ނަމަ.. އޮޕަރޭޝަން ނިމެންދެން އަހަން އޭނަ ކައިރި ހުރެވޭނެ ނަމަ..” ސޯފާގައި އިށީނދެފައި ރައިޝާ މޫނުގައި ދެއަތް އަޅައިފައި ރޯން ފެށިއެވެ.
“އަޅެ ނޫން ރައި.. ރައި އުޅުނީމެއްނު ދާން.. އެކަމް ރައިގެ އެކްސްޕީރިއެންސް އިޔަރޒްގެ ފުރަތަމަކޮޅު ވީމައޭ މާއިޝް ބުނީ ރައި ކައިރި މަޑު ކުރާށޭ.. ކަޒް ޔޫ ހޭވް ޓޫ ފޯކަސް އޮން ޔުއަރ ވޯރކް އިހަށް..” ނައިރާ ރައިޝާގެ ބޮލުގައި ފިރުމައިލިއެވެ. “ނޫނޭ ނައީ.. މާއިޝްއަށް ވުރެ ބޮޑަށް އަހަރެން އިސްކަންދޭނެ އެއްވެސް ކަމެއް ނޯންނާނެ.. މާއިޝް އެހެން ބުންޏަސް އަޅެ އަހަންނަށް ދެވުނު ނަމަ..” އަދިވެސް ރައިޝާ ހަމައަކަށް އެޅޭ ގޮތެއް ނުވެއެވެ. “ޑޮކްޓަރ ބުނި އެއީ ފިފްޓީ ފިފްޓީގެ އޮޕަރޭޝަން އެކޭ.. އޮޕަރޭޝަން ކާމިޔާބު ނުވެއްޖެއްޔާ ދެނޯ…؟” އެކަހަލަ ވިސްނުންތަކުން ރައިޝާގެ މުޅި ހިތާ ސިކުނޑި ފުރިބާރު ވަމުން ދިޔައެވެ.
“ޕިސް އޭ ރައީ.. އެހެންނެއް ނުވާނޭ.. ބީ ސްޓްރޯންގ.. އަޅެ ކުޑަބެ ބުނީތީވެސް ބަލައްޗޭ.. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް..” ރައިޝާއަށް އެ އަތުގެ ޙިމާޔަތް ދެމުން ޔާޝް ބުނެލީ ނުހަނު ލޯބިންނެވެ. އެންމެންގެ ހިތްވަރުގެ ބަސްތަކުންނާއި ޢަމަލުތަކުން ރައިޝާއަށް ހިތްވަރު ލިބެން ފެށިއެވެ. ދެން ހޭދަވި ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި ރައިޝާ ދިޔައީ މާއިޝްގެ އޮޕަރޭޝަން ކާމިޔާބުވޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ.
ދެލޯ މަރާލައިގެން މަޑުމަޑުން ދެފައި ތަޅުވަމުން ދިޔަ ރައިޝާގެ އިތުރުން އެތާ ތިބި އެންމެންނަށްވެސް ސިހުން ގެނުވީ ރައިޝާ އަތުތެރޭގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ރައިޝާ ތެޅެގަތީ އެހެންނެއް ނޫޏެވެ. ކޯލަރ އައިޑީއަށް އަރާފައި އިން މާނާގެ ނަން ފެނުމުން ފޯނު ނެގީ އެސްފިޔައެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. “ހަލޯ.. ދޮންތާ.. ކޮބާ މާއިޝް..؟” އެންމެ ފުރަތަމަވެސް ރައިޝާޢަށް އަހައިލެވުނީ މާއިޝްގެ ޚަބަރެވެ. އެއާއެކު އެތާ ތިބި އެންމެންވެސް ތިބީ އުފާވެރި ޚަބަރެއް އަޑު އެހުމަށް ކެތް މަދުވެފައިކަން މޫޏުމަތިން ދޭހަވެއެވެ. ރައިޝާވެސް މެއެވެ.
“ރައީ… މާއިޝް.. މާއިޝްގެ އޮޕަރޭޝަން…” މާނާގެ އަޑުގައިވީ އިޙުސާސްތައް ދެނެގަތުމަށް ރައިޝާއަަކަށް މާ ފަސޭހައެއް ނުވިއެވެ. އެހެންކަމުން އަވަސްއަރުވާލާފައި އަނެއްކާވެސް މާއިޝް ކޮބައިތޯ އެހީ ތުރުތުރު އަޅާ އަޑަކުންނެވެ. “ރައީ… މާއިޝްގެ އޮޕަރޭޝަން……”
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Salaam dearest readers ♥️..
Here’s the 37th part.. I’ve already submitted 38th part and it should be uploaded soon, insha’Allah ♥️..
Love y’all the most ♥️..
Stay safe and take care all ♥️..
eyyyyyy nayaaaaasshhhhhooooo
hiloooooo eyyy manjeyyyyy hadhaa kureegaeyyyy… kon dhoannyehgga riyaa elhy??? aan ingihhje manje khm khm beybe aa ehhkon HONEYMOON ah dhaa dhoani dhww… yacht ga dhw dhanee nooney moanaga maui and moana dhaa kahala trip akah nudhevigen thiulheny manejge maui huree dhoaneega riyaa nagaigen furan thahhyyaarah dhwwww… ekam manje beynun vanee furumuge kurin vaahaka ehhkon ninmaalan… faharehhga honeymoon ah gossa vhk up kuran time nulibidhaane dhw.. ????????
anehhkka magey laaneiyy kamuge vhk nudhahhkkathi.. mashah hevey manje aa konme meehaka alhuvaa kiyan viyas…..????
eyy meega mihireenun k pop stars nan thah varah bodu vaahaka eh buna tha eii kurin bunan ulhunu ehcheh noon ingey.. jimin aa varah vahtharu sorehhge nan bunantha.. “OIL LONDON” eii eyna namakee manje beynumihhyya alhe ggl search eh kohhlbl…
ok loabi dhen avahah dhen oii bai upkohhlaafa vhk ninmaalbl dhww…
ehennooni beybe hunnane aasmaanuga manje lasvaatheeve.. ok byeee loves youu bishhhyyyyy ok sorryy sissyyyyyy…..
tvgc ingeyyy…. enmennah salaaam
umwahhh ??hifahcheyy eythi ehenooni gosdhaane firihennehgge… amayyai dhen nukereyne bunaakah????????
ok byeeeeee love you bodu fohhtakah vaa varah byeeeeeee
In reply to @ lau laalu
ooooooooooiiii laulathooooooooooo
pss pss kn beybe egge vhk eh mihaaru thi dhakkany..? saabahey manje ah.. haadha lanneiy vegenney dhw mihaaru thi ulheny.. ma noolhemey adho noneymoon ah dhaakah.. honeymoon ah dheveynee kaiveni kohgennu.. kaiveni kureveyny soreh hoadhaigennu.. soreh hoadhan ulheveyny kiyavaa ninmaigennu.. so according to my calculations adhi eba oiy vissakah aharu honeynmoon eh dheven vaa irah.. lol..
eyyyy manjeyyyyy thi olive oil ge vhk dhn nudhakkaathi ingey ma kairi.. sahaadheh ma haadha foohi vaa ehchekey eii.. eyoh kiyaafa oiy how you like that eh vx dhwww.. pss pss.. hus vx auto-tune.. adhi rose ah vaashoa mi ulheny.. hoon.. vrh foohivey e plastic feefaa buri gandu dheke.. huvaa mi buny.. manje heekury mashah neyngey kmh thr? brw every kpop sta knows abt that plastic olive oil..
pss pss alhe kn beybe eh thrrr? mashakah neynge thi dhakkany kaaku vhk eh kameh vx..
haha yhhhh lym darlooooooooo
yesss u too ingey
ohh shittt.. ey mashakah nuhifuney.. e gossi ekkala soruge athutereyah… oh nooo… sorry.. haha.. dhn ok vaanu dhw.. future lhiyanbe viyya 😉 lmao mashah vx ingey laaneiy vaan.. haha
hehe yhhh love youuuuuu moooooorrrrreeeeeeeeeeee loabs kolhuuuuu <333
ma eyoh loabin fonuvin umma vx e dhinee magey loabivaa ah… haahda rangalheyy…
dhen adhi laanei vaan vx eba ulhe ehnun kon vihi aharehhh.. 35 veema nooni dhen nuvaane meehaka idhegen eyge kurin wedding set kohfiyya me is going to be so happyyyy……????oh ok bye yess i love you more toooo loabs kolhu oah ma mihaaru lobster akah e hedhy hama ehaa vahtharutha lobster akaa ok bye love you but dont eat me… and kobaa tha 38 vana episode???
haha arrn dhw ma haa rangalhu meehaku manje hoadhaany kn thaakun..? lol.. aan masheh noolhen 30 vumuge kurin meehakaa innaakah.. e museebaathun ma vaa salaam..
haha ey aan manje vahtharey aslahvx lobster akaa.. lmaooo.. haha im not gonna eat u but….. lmao dhn engijje ennu dhw mi buna ulhey ethi.. lol..
ey 38 submit kohfeemey.. admin up kohdhin haa avaheh dhn tohy.. dhn inthizaaru kohlaa ingey dhoonyyaa.. hehe.. byee
alhey haadha curious kohllaafaey thi ninmaalee
curiously waiting for the next part
In reply to @ eevss
hehe.. if ur curious then it means the story is really absorbing.. now i can know that i’m doing a good job.. and did u know, making readers curious is a technique used by us writers to make the story more interesting.. hehe
next part mihaaru vaany submit kohlaafa.. insha’allah dhn maa las thakeh nuve kiyaalan libidhaane.. keep waiting darlx <3
Curiously waiting for another part ☺️☺️………. This part is so emotional ??even I also started crying hehe …. And it was beautiful ❤️❤️??
Tc and Bs ☺️☺️☺️❤️❤️
Awwwwn thankiu so much dearrr for the lovely cmnt?♥️.. really appreciate it inge?♥️.. alheyy don’t cry too much ingey darlx..nayoo vx beynumeh nuvaanu readers rovvaalaakah dhww♥️.. hehe.. once again hama vrh vrh vrh bodah thanks ingey.. next part mihaaru v submit kohlaafa.. insha’Allah maa las thakeh nuve kiyaalan libidhaane..
U too stay safe and take care darling ?♥️..
This is a reply to @laisha hawwa
Masha Allah ❤️❤️❤️ nayaa you are so talented ❤️❤️❤️ mi prt vx vrh rythi ❤️❤️❤️ next part ah varh inthixaaru kurevey
❤️❤️❤️ stry nimen dhw e ulheny ?
alheyyyyyy ur soooo sweet darlinggg <333
i have no words other than thankiu.. thankiu sooo much dhooni.. this lovely cmnt just made my day <3
next prt vaany mihaaru submit kohlaafa.. admin approval libunuaa avahakah upload vaane insha'allah
hehe yess story nimen dhn mihaaru mi ulheny.. i'm currently writing the last prt.. nxt month ga nayaa ge term test thah fesheuneema vhk genesdhinun las vedhaanethy aslu ehaa bodah vhk ah focus kohgen mi liyany.. cux i don't want my readers to wait for too long.. thanks again darlx.. have a great day <3
In reply to @Aishath Amaany
Tysm dear.. yes, will keep it up, insha’allah.. thanks for supporting <3
Masha alllaah ❤❤❤❤❤
Vrh ryythi.. tysm ingei 3 prts ehkoh kiyaalan libunyma.. heh
Nayaa mi vhka nimmaafa ithuru vaahaka eh liyaa nanthwaa ☺️☺️☺️ I Vrh ufaa vaane liyefiyyaa ?
Yess insha’Allah..but dhn kuriyah othy grade 9 ge aharu veema vrh bura vaane..but I’ll still write stories hama v varakun vaguthu hoadhaigen..cux writing these stories is smthg which I love to do.. and reading all of ur sweet comments has just become a daily routine of mine..hehe.. ur cmnts rly inspire me♥️..sooo yesss obviously I’ll write another story..but part thah nerumuga las vedhaane..still I’ll try my best..
Anything to make my readers happy ?♥️..
Awwwn thankiu @Ryyn darl♥️.. Really appreciate ur kind love and support loabs?♥️..
Asluuu…vrh ufaa vejje ithuru stry eh liyaakan ingunyyma ☺️?? part thah nerumuga lasviyas oke eyyy vhka liyangnaa ? because your stories are amazing ♥️?? keep it up ?
awwww.. u don’t know how much this means to me darling.. thankiu for being so undertsnading and still supporting me.. assu vrh ufaavery ehaa understanding nd supporting readers thibey kan enguneema.. yes will do my best in the future as well <333