“މިރޭ 8 ޖަހާއިރަށް ތައްޔާރުވައްޗޭ.” ގެއަށްވަންނަމުން ނިކްޔަލް މިއުޝީނަށް ހަނދާންކޮށްދިނެވެ. “ޔަޕް. އެކަމަކު ކޮންތަނަކަަށްތަ ދާން މިއުޅެނީ؟” މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލަމުން އެހެން އަހައިލުމުން ނިކްޔަލްގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “އެއީ ސަޕްރައިޒް އެއް.” އެއްލޯ މަރައިލަމުން ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފިރިހެންވަންތަކަމުން މިއުޝީންގެ ހިތަށްވެސް އަސަރުކުރުވައިފިކަން ހަމަ ޔަގީނެވެ. ** ** ** ފެންވަރައިގެން ނުކުތް މިއުޝީންގެ ތުންފަތްމަތީގައިވަނީ ރީތި ހިނިތުންވުމެވެ. ބޮލުގައި އޮޅައިލެވިފައިވާ ތުވާލި ނައްޓައިލަމުން […]
އެދުވަހަށްފަހު އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ކޮންމެ ހިނދެއްގައިވެސް އެހިތުގައި ރަސްކަންކުރަމުންދަނީ އެކުއްޖާގެ ޚިޔާލުތަކެވެ. އެނދުގައި އޮތް އާކިލް އޭނާާގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ. އެކުއްޖާ ހޯދަން ހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެދެމެދުގައި ހިނގި އެކުޑަކުޑަ ހާދިސާ އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެން ދެއެވެ. އެފަދަ ވަގުތުތަކުގައި ނުފިލާ ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރެއެވެ. ** ** ** އޮޕަރޭޝަންގެ ފަހުން މިއުޝީނަށް ހިނގައިގަނެވުނު ފުރަތަމަ ދުވަހު އޭނާ ހީވަނީ އުފަލުންގޮސް ހަލާކުވެދާނެހެންނެވެ. މިހާރު އޭނާގެ […]
“މީއަދި ފެށުންކަމަށް ބަލާ. މިއު ރަނގަޅުވީމަ އަދި މިއަށްވުރެ ބޮޑު ސަޕްރައިޒްއެއް އޮންނާނެ. ޖަސްޓް ވެއިޓް ފޯ ދެޓް.” ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލައިލަމުން ނިކްޔަލް ބުނެލިއެވެ. މިއުޝީން ކުރިމަތީގައި ކިތަންމެ ހަމަޖެހޭގޮތް ދެއްކި ނަމަވެސް އެތެރެ އެތެރެއިން އެހިތްދިޔައީ ކަތިލެވެމުންނެވެ. އޭނާއަށްޓަކައި ނިކްޔަލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހައިވެސް ބޮޑަށް އެހިތުގައި މިއުޝީންގެ ސޫރަވަނީ ބިންވަޅުނެގިފައެވެ. “ނިކް ބުނީމެއްނު މިއީ ބިޒްނަސް ދަތުރެކޭ. ދޮގެއްދޯ އެއީ؟” ނިކްޔަލްގެ ވާހަކަ ހުރިގޮތުން އެހެން ހީވުމުން މިއުޝީން އަހައިލިއެވެ. […]
މިއުޝީންގެ ހިތަށް ބައިވަރު އެއްޗެހި އަރައި ފައިބަމުންދިޔައެވެ. އެދެލޯ އޭރުވަނީ ފެންކަޅިވެފައެވެ. އެފުސްކަމުގެ ތެރެއިން އޭނާގެ އަތުގައި ހިފަހައްޓައިގެންހުރެ ހިނގަމުންދިޔަ ނިކްޔަލްގެ މޫނަށް މިއުޝީން ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ. ** ** ** ގޮނޑިބަރީގައި އިނށީދެއިން މިއުޝީން ގާތު ނަރުސްކުއްޖަކު އައުމަަށް ބުނުމުން އެހިތްހިވީ އަނގައަށް އައިހެންނެވެ. ބިރުގެންފައި ނިކްޔަލްގެ މޫނަށް ބަލައިލުމުން ހިނިތުންވެފައި ނިކްޔަލް ބޯޖަހައިލީ ދާށޭ ބުނާފަދައިންނެވެ. މިއުޝީން ދެފަރާތަށް ބޯހޫރައިލިއިރު މުޅި މީހާ ދާހިތްލައި ފޯވެއްޖެއެވެ. އެތަންފެނި ނިކްޔަލް މިއުޝީންގެ އަތުގައި މަޑުމަޑުން […]
ލޯތްބަކީ ކޮންފަދަ ޖަޒުބާތެއް ހެއްޔެވެ؟ އެއްބަޔަކަށް ދުނިޔެމަތީގައި އުފާހޯދައިދެމުން ދާއިރު އަނެއްބައެއްގެ ދިރިއުޅުން އަންދައި އަޅިއަށް ހަދައިލަނީއެވެ. އެއްބައެއްގެ ހަޔާތް އުފާވެރިކަމުން ފުރައިލާއިރު އަނެއްބަޔަކު އެލޯބީގެ ހައްގުގައި ދެލޮލުން ކަރުނަ އޮއްސާހާލު ގުރުބާންވަނީއެވެ. ** ** ** މިއުޝީނަށް އެރޭ ނިދުނީ ވަރަށް ލަސްވިފަހުންނެވެ. ޝަޔާންގެ ހަނދާންތައް އޭނާއަށް ނިދީގައިވެސް އުނދަގޫކުރަމުން ދިޔައެވެ. އިޒާނާގެ އެތައް ނަސޭހަތަކާއި ހިތްވަރަކުން އޭނާ ހަމައަށް އެޅުނުނަމަވެސް އެހިތުން އެކަންތައްތައް ފިލައިގެނެއް ނުދިޔައެވެ. ޖެހިގެންއައި ދުވަހު އޮފީހަށް ދިޔައިއިރުވެސް މީހާ މުޅިން […]
ނިކްޔަލްއާާއި ސަކަރާތް ޖަހަމުން ބޭރަށް ނުކުތް މިއުޝީން ކުއްލިއަކަށް ގަނޑުވިކަހަލައެވެ. މޫނުމަތީގައިވި އުފާވެރިކަން ގެއްލި ވަގުތުން މުޅިމީހާގެ މޫޑް އެއްކޮށް ޚަރާބުވިއެވެ. ގާތުގައި ނިކްޔަލްހުރިކަންވެސް އޭނާ ހަނދާންނެތްފަދައެވެ. މޫނުގެ ކުލަ ވަގުތުން އޮއްސި ދެލޮލަށް ކަރުނަ ޖަމާވީ ބަސްބުނާހައިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގަބޫލުނުކުރެވިފައި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް މިއުޝީން ބަލަމުން ދިޔައިރު އޭނާހުރިގޮތްފެނި ނިކްޔަލް ކަންބޮޑުވެފައި ސުވާާލުކުރަމުން ދިޔައެވެ. ދުވަހަކުވެސް އެދެލޮލުން ކަރުނަ ދެކެފައިނުވާ ނިކްޔަލްގެ ހިތަށް ތަދުވަމުންދިޔައީ ހިތާމައިގެ ތަސްވީރެއްހެން ގަބުއަރައިފައިހުރި މިއުޝީން އޭނާގެ އެއްވެސް […]
“ނޫން. ތިއީ އަހަރެންގެ ޕީއޭ. ސޯ މިއު ސަލާމަތުން ގެއާާ ހިސާބަށް ގެންދިއުމަކީ ހަމަ އަހަރެންގެ ޒިންމާއެއްގެ ގޮތުގަ އަހަރެން ދެކެނީ.” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް އެހެންބުނެލުމުން އިސްއުފުލައިލައިފައި ނިކްޔަލްގެ މޫނަށް މިއުޝީންވެސް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ދެހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ. ނިކްޔަލްގެ ނޫކުލައިގެދެލޮލުގައި އެވަނީ ކޮންފަދަ ދަމާބާރެއްހެއްޔެވެ؟ މިއުޝީނަށް ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ގެއަށް އާދެވުމުން ނިކްޔަލްއަށް ޝުކުރުއަދާކުރުމަށްފަހު މިއުޝީން ކާރުގެ ދޮރުހުޅުވައިލިއެވެ. “ޓޭކް ކެއާރ.” […]
މިއުޝީން ވަނުމާއެކު ހެވިފައިއިނދެ ނިކްޔަލްގޮސް އެގޭކައިރިއަށް ކާރު މަޑުކޮށްލަމުން ގޭގެ ނަންބޯޑަށް ބަލައިލިއެެވެ. “މ.ރޯޝަނީ.” މަޑުމަޑުން ގޭގެ ނަން ނިކްޔަލް ކިޔައިލިއެވެ. އަދި ހިނިތުންވެލަމުން އެއްއަތް އޭނާގެ ކަޅުކަންގަަދަ ފަންއިސްތަށިގަނޑުގައި ހިންގައިލީ މިއުޝީންގެ މައުސޫމް ސޫރަ ދެލޯކުރިމަތީގައި ސިފަކުރަމުންނެވެ. ** ** ** އޮފީހަށް ވަދެގެންއައި ނިކްޔަލް މާާހެވިފައިހުރުމުން އާކިލް އޭނާ ފަހަތުންގޮސް ކެބިންއަށް ވަނެވެ. އެހެންނާ ނުހުންނަކަހަކަ ދިރުމެއް މިއަދު އެމޫނުމަތިން އާކިލްއަށް ފާހަގަވިއެވެ. “އޭތް އޭތް. ކޮންކަމެއްވީ؟ ހާދަ ހެވިފައޭދޯ. އޫމް. އަހަރެންނަށް ހާދައެބަހީވެއޭ […]
ހަމަހޭވެރިކަންނެތް މިއުޝީން އަނެއްކާވެސް ޝަޔާންގެ ގައިގައި އޮޅުލައިގަންނަމުން އެމާާ ދިއްކޮށްލިއެވެ. އަދި އަނެއްކާވެސް ލޯބިވާ ވާހަކަ ބުނެލިއެވެ. ޝަޔާން ގާތަށް އައި ގަދަރުޅީގައި އެމާ މިއުޝީން އަތުން އަތުލުމަށްފަހު ހޫރައިލިއެވެ. އަދި އަތުގައިހުރި ބާރަކަށް މިއުޝީންގެ ކޯތާފަތްމަތީގައި ޖެހިއެވެ. ވީތަދުން މިއުޝީންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އެތަންފެނި އެންމެންގެ އަނގަތައް ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު ގަބޫލުނުކުރެވިފައި އެންމެން އެދެމީހުންނާ ދިމާއަަށް ބަލަމުންދިޔައީ ދެން ވާނެގޮތަކާއިމެދުގައި ވިސްނަމުންނެވެ. “މިއުޝީން. ކަލޭ މޮޔަވީތަ؟ އަހަރެންނާ ދުރުގައި ހުރޭ.” އަޑުގެ ނެތްތަނަށް ޝަޔާން […]