ކޮންމެ ރެއަކު ނިދުމުން އޭނާއަށް ހުވަފެނުގައި ހަރީރާއަށް ޖެއްސުނު އިހާނެތި ހާލާއި، ކަޅުކޮށްތިބޭ ބަޔަކު އައިސް ދޮންވެފައި ހުންނަ ބޮޑެތި ދަނގަޑުތަކަކުން އޭނާގެ ގައިގައި ޖައްސައި ފިއްސާތަން ފެނެއެވެ. އެތައްރެއަކު ރޮއިގަނެފައި ލީޒްއަށް ނިދިން ހޭލެވޭއިރު މުޅިމީހާ ހުންނަނީ ދާހިތްލާ ފޯވެފައެވެ. މިގޮތަށް ކޮންމެ ރެއަކު ކަންތައްވަމުންދާނަމަ އޭނާއަދި މޮޔަވާނެކަން ހަމަޔަގީނެވެ. އޭނާއަށް މިފެންނަނީ މަންމައާމެދުގައި ކަންތައްކުރެވުނު ނިކަމެތިގޮތުގެ ހިތި ނަތީޖާއެވެ. ** ** ** ޖެހިގެން އައި ދުވަހު ނިކްޔަލް ލެޕްޓޮޕްއިން އޭނާގެ ޕެންއަށް އެންމެފަހުން […]
ރޮވިފައި އޭނާއާއި ދިމާއަށް ބަލަންހުރި މިއުޝީން ފެނުމާއެކު ހަރީރާގެ ހިތަކަށް ކެތެއްނުވިއެވެ. ބާރަށް ރޮއިގަންނަމުންހުރި ތަނަށް ތިރިވީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އެމަންޒަރުފެނިފައި މިއުޝީންގެ ހިތް ފަޅައިގެންނުދިޔައީ ހަމަ ކިރިޔާއެވެ. ބޭއިޚުތިޔާރުގައި ހަރީރާއާއި ދިމާއަށް ދުއްވައިގަނެވުނެވެ. އޭރުވެސް ބިންމަތީގައި އިނށީދެގެންއިނދެ އަޑުން އަޑުނަގައިފައި ހަރީރާ ރޮމުންދިޔައެވެ. ހަރީރާ ގާތުގައި އިނށީދެލަމުން މިއުޝީން ހަރީރާ ގައިގައި ބާރަށް ބައްދައިލީ މަންމާއޭ ކިޔައި ގޮވައިލަމުންނެވެ. ރޮވިފައިވުމުގެ ސަބަބުން އެއަޑުވަނީ ކޮންމެވެސް ވަރަކަށް ކުރެހިފައެވެ. މިއުޝީންގެ މިއަމަލުން ހަރީރާއަކަަށްވެސް އިތުރަށް ކެތެއް […]
އިރުކޮޅަކު އެހެން އިނުމަށްފަހު ނިކްޔަލް މިއުޝީންގެ ކޮނޑުގައިހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އަދި އެދޮން ލޯބި މޫނުކޮޅުގައި ދެއަތުން ހިފަހައްޓައިލުމަށްފަހު ލޯތްބާއެކުގައި މިއުޝީންގެ ނިތްކުރީގައި ބޮސްދިނެވެ. ލިބުނު ހިތްހަމަޖެހުމާއެކު މިއުޝީނަށް ދެލޯމަރައިލެވުނެވެ. ނިކްޔަލް ދުރުވެލުމުން ލަދުގެންފައިއިން މިއުޝީންވެސް އިސްޖަހައިލައިގެން އިނެވެ. ވާރެއާއިކޮންމެވެސް ވަރަކަށް ތެމުމުގެ ސަބަބުން އޭނާގެ މޫނުމަތީގައިވާ މޭކަޕްވަނީ ހަޑިވެފައެވެ. “މިއު ވަރަށް ލޯބި މިރޭ.” މިއުޝީންގެ ޗާލު މޫނުން ނަޒަރު ވަކިކޮށްނުލާާއިނދެ ނިކްޔަލް ތައުރީފު ކޮށްލިއެވެ. “ނުވާނެ އެހެންނެއް. އަހަރެންގެ މޭކަޕްވެސް މިހުރީ ހަޑިވެފަ. […]
“އައްޗި. ކަލޭ ހީކުރީ އަހަރެން މިއުޅެނީ ކަލޭދެކެ ލޯބިން ކަމަށްތަ؟ ޗީ. އަހަރެން ބޭނުމީ ހަމައެކަނި ކަލޭގެ ތިރީތި ހަށިގަނޑު. ކަލޭ ކޮންމެ މީހެއްދެކެ ލޯބިވިއަސް އަހަރެންނަށް ހެޔޮ. އެކަމަކު އެމީހަކަށްވެސް ތިހަށިގަނޑު ލިބޭނީ އަހަރެން ބޭނުންކޮށް ބާވީމަ.” ނުލަފާ ހިނިގަނޑަކާއެކު މިއުޝީންގެ ކަރުގައިއޮތް ދޯޕައްޓާ ނަގައި އެއްލައިލަމުން ޝަޔާން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ޝަޔާންގެ މޭގައި އަޅައި ދުރަށް ކޮށްޕައިލެވޭތޯ މިއުޝީންކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އޭރު އެދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ނަމަވެސް އެހަށިގަނޑަށް ދަހިވެތިވެފައިހުރި ޝަޔާންގެ […]
“ތީތާ މައްސަލައަކީ. އެއީ އަހަރެންގެ ފޮތެއް ނޫނޭ. ނިކްގެ ފޮތެއް. އޭނަ ހަނދާންނެތި އޮފީހުގައި ބާވާފަ ދިޔައީމަ އޭނަ އަތަށްދޭން އަސްލު ހިފައިގެން އައީ. މިހާރު އެފޮތް ބޭވުނު ތަނެއްވެސް ނޭނގެ. ނިކްއަށް އެފޮތް ގެއްލުނުކަން އެނގިއްޖެއްޔާ އަހަރެން މަރާނެ.” ދަތްދޮޅީގައި އަތްކާތައިލަމުން ކަންބޮޑުވެފައި އާކިލް ބުނެލި ޖުމުލަތަކުން ވަޓްއޭ ކިޔައި މިއުޝީނަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި މިއުޝީން އިންްއިރު އާކިލް ދެންމެ ބުނެލި ކޮންމެ ޖުމުލައެއް އޭނާގެ ކަންފަތްކައިރީގައި ގުގުމަމުން […]
ވަރަށް ގިނަދުވަހު އޭނާގެ އެކުވެރިޔާ އެލޯތްބަށް އެދި އިންތިޒާރު ކޮށްފިއެވެ. އެއިންތިޒާރަށް ނިމުމެއް ގެންނަނީ އާކިލްއެވެ. އެހެން ހިތަށްއެރުމާއެކު އެތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ** ** ** ދަބަސް ކޮނޑުގައި އަޅުވައިލަމުން އޮފީހަށްދާން މިއުޝީން ނުކުތްއިރު އިޒާނާ ބޮޑު މާބޮނޑިއެއް ހިފައިގެން އަންނަނީއެވެ. ވަގުތުން އެއީ އޭނާއަށް ލިބޭ ގޮތްނޭނގޭ މާބޮނޑިކަން މިއުޝީނަށް އެނގުނެވެ. އެއީ އޭނާ ސިންގަޕޫރަށް ދިއުމުގެ ކުރިންވެސް އޭނާއަށް ލިބޭ މާބޮނޑިއެވެ. އޭގައިވާ ކޮންމެ ކާޑެއްގައިވެސް ލިޔެފައިވަނީ ހަމަ ކުރިއެކޭވެސް […]
“ސްޓައިލިޝް ކްއީން” އޭ ބުނެފިނަމަ މިހާރު އެތަން ނޭނގޭ މީހެއް މުޅި މާލޭގައިވެސް މަދުވާނެކަން ހަމަ ޔަގީނެވެ. ** ** ** ފުއްމޮޑެން ހަރީރާ ހުރިއިރު އެއަތުގައި މަޑު ތުރުތުރެއްވަނީ އުފެދިފައެވެ. ނޭފަތް ދަމަމުންދިޔަގޮތުން އޭނާ ރޮނީކަން އެނގެއެވެ. މުޅި މީހާވަނީ ހިތާމަކޮށްކޮށް ހިކިއަނަރޫފަވެފައެވެ. ވަޅު ވަދެފައިވާ ދެލޯކައިރިވަނީ ކަޅުވެފައެވެ. އިސްތަށިގަނޑު ހޭވިފައިވީއިރު ލައިގެންހުރި ހެދުންވެސްވަނީ ބައުވެފައެވެ. ފުއްމޮޑެ ނިންމައިލުމަަށްފަހު ރޮށިފިހަން ހަރީރާ ފެށީ ގަޑިއަށް ބަލައިލަމުންނެވެ. ލީޒް އަންނައިރަށް ސައި ތައްޔާރުނުކުރެވިއްޖެނަމަ އޭނާގެ ދުވަސްދުއްވާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. […]
ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ނިކްޔަލް ބުނެލި ޖުމުލަތަކުން މިއުޝީންގެ ހިތް ފިސްފިސްވެގެން ދިޔައެވެ. ވަގުތުން ދެލޯފުރި ހޫނު ކަރުނަތައް ބަންޑުންވާންފެށިއެވެ. ހިތަށްއެެރި ތޫނު ތަދާއެކު އެދިމާލުގައި މިއުޝީނަށް ހިފަހައްޓައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާއަށް އަބަދު މިހެންވަނީ ކީއްވެހެއްޔެވެ؟ “އީރައްތާ. ޕްލީޒް ދެން ތިވާހަކަ ހުއްޓާލަބަލަ. އަހަރެންނަށް އެނޫން ކުއްޖެއްދެކެ ލޯތްބެއް ނުވެވޭނެ. އެނޫން ކުއްޖަކަށް މިހަޔާތުން ޖާގައެއްނުދެވޭނެ. ވަރިހަމަ ކިތަންމެ ދުވަހެއްވިއަސް. އަހަރެން އޭނައަށް އިންތިޒާރު ކުރާނަމޭ. ކޮންމެވެސް އެއްދުވަހަކުން ﷲ ގެ އިރާދަފުޅުން އޭނައަށް އަހަރެންމިވާ ލޯބި އިހުސާސުވާނެ. […]
ފިރިހެންވަންތަ ހިނގުމެއްގައި އައިސް ނިކްޔަލް މިއުޝީންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި ލަދުވެތިކަމުގެ ސަބަބުން ރަތްވެފައިވާ އެދޮންމޫނަށް ހިތްގައިމު ގޮތަކަށް ބަލައިލިއެވެ. އެތަންފެނި މިއުޝީންގެ ހުރިހައި ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ. ކޮންފަދަ ހިތްގައިމު ފިރިހެނެއް ހެއްޔެވެ؟ އެރީތިކަމަށް ބަލައި ފޫހިނުވާނެކަން ހަމަ ޔަގީނެވެ. ނިކްޔަލްގެ ލޯބިލިބޭނީ ހަމަ ޔަގީނުންވެސް ނަސީބުގަދަ ކުއްޖަކަށެވެ. އެހަޔާތުގެ ބައިވެރިއަކަށް ހޮވާ ކުއްޖަކަށް އުފަލުގެ ކޮޅެއް ނެތެވެ. އޭނާއަށް އެހިތުން ޖާގައެއް ލިބޭނޭ ނަމައެވެ. ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮށްލަމުން މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ. ކިތަންމެ […]