ހިތްވަރުކޮށްފައި ކައިވެނި ކުރެވުނީއްސުރެ މިޒްރާ އޭނާއާާ ދޭތެރޭ އަމަލުކުރަމުން އައި އިހާނެތިގޮތް ޔައިޝް ކިޔައިދިނެވެ. އަދި މެލޭޝިޔާއަށް ބަދަލުވީ އެކަމުގެ ސަބަބުންކަމަށްވެސް ބުންޏެވެ. އަދި މިޒްރާގެ ދަރިއަކީ އޭނާގެ ދަރިއެއްނޫންކަމާއި ޒާންއާއި މިޒްރާއާާ ދެމެދު ދެކެވުނު ހުރިހައި ވާހަކަތަކެއްވެސް ކިޔައިދިނެވެ. އިވުނު ވާހަކަތަޖެއްގެ ސަބަބުން ސާޖިދާގެ ބޮލަށް ހީވީ އެނބުރުން އަރައިގެން ދިޔަހެނެވެ. އޭނާގެ ފަހަތުގައިހުރި މުފީދުގެ ދެބުމަގޮށްޖެހިގެން ދިޔައިރު ސާޖިދާ މިޒްރާއާ ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. “މިޒްރާ. އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މިޒްރާ ޔައިޝްއާ […]
އެނދުގައިއޮތް އަޖުވަދު ދެލޯ ހުޅުވައިލައި ބަލައިލީ އޭނާގެ ފުރާނަ ސަލާމަތްކުރި މީހަކީ ކާކުކަން އެނގެންބޭނުންވެފައި އޮތްލެތް ބޮޑުކަމުންނެވެ. އެތެރެއަށް ވަދެގެން އައި ޝިވަން ފެނުމާއެކު އަޖުވަދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޝިވަން. ޝިވަންތަ އަހަރެން މިތަނަށް ގެނައީ؟” މަޑުމައިތިރި ރާގަކަށް އަޖުވަދު އަހައިލިއެވެ. އޭނާއޮތީ ޝިވަންއަށް އައިސްފައި ހުރި ބަދަލުތަކުން ހައިރާންވެފައެވެ. އެންމެ ފަހުން ޝިވަން ފެނުނުއިރު ހުރިގޮތާއި މިހާރު ހުރިގޮތް ވަރަށް ތަފާތެވެ. “ލައްބަ. ބޭބެ މިހާރު ކިހިނެއްތޯ؟” މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ޝިވަން އަހައިލިއެވެ. “ކުޑަކޮށް […]
ރޮވިފައި އިން ޝިވަން ސިހިފައި ބަލައިލީ އޭނާގެ ކޮނޑުގައި މީހަކު ޖަހައިލުމުންނެވެ. އިސްއުފުލައިލައި ކުރިމަތީގައިހުރި މީހާއާދިމާއަށް ބަލައިލި ޝިވަންގެ ދެލޯބޮޑުވެގެންދިޔައެވެ. ހިނިތުންވެފައި އޭނާގެ މޫނަށް ބަލަންހުރި ޒުވާނާއާ ދިމާއަށް ބަލަންއިން ޝިވަންގެ ތުންފަތްމައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. “ޒާލިމް” ޝިވަންއަށް މަޑުމަޑުން ކިޔައިލެވުނެވެ. “އޭ ޝިވަން ދޯ. އަހަރެންނަށް އެހެން ހީވެގެންނޭ މިއައީ. ކޮބާ ކިހިނެއް ކަންތައްތައް؟” ޝިވަންއާ ޖެހިގެންހުރި ޖޯލީގައި އިނށީދެލަމުން ޒާލިމް އަހައިލިއެވެ. ޒާލިމްއަކީ ޝިވަންގެ ސްކޫލް ދައުރުގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝިވަންގެ […]
ފޮތުގެ ފުރަތަމަގަނޑު ފިޔަވައި އިތުރު ގަނޑަކު އެއްވެސް ލިޔުމެއް ލިޔެފައެއް ނެތެވެ. ފުރަތަމަ ގަނޑުގައިވަނީ ޝިވަންއަށް ނައިރާ ލިޔެފައިވާ ލޯބީގެ ފޮނި އިބާރާތްކޮޅެކެވެ. ހިކިފައިވި ޝިވަންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެލޯފުރި ހޫނު ކަރުނަތައް އެލޮލުން އޮހޮރެންފެށީ އޭނާގެ ލޯބި ކާމިޔާބުކުރުމަށްޓައި ކަޑައްތުކުރަންޖެހޭ ދިގު ރާސްތާއާާ ކުރަންޖެހޭ ދިގު އިންތިޒާރު ހިތަށް އެރުމުންނެވެ. އެހެނަސް ޝިވަންގެ އެއްވެސް ޝަކުވާއެއްނެތެވެ. ކިތަންމެ ބޮޑު އިމްތިހާނަކާއި ކުރިމަތިލާންޖެހުނަސް މިފަހަރު އޭނާ ނައިރާގެ ލޯބި ކާމިޔާބުކުރާނެއެވެ. ހަމައެކަނި އޭނާގެ މިލްކަކަށް […]
އޭނާގެ ޕްލޭނާ އެއްގޮތަށް އަމަލު ކުރަން ފެށޭނީ ޔައިޝް ގެއަށް އައި އިރަކުންނެވެ. ހިނިތުންވެލަމުން ފޯން ނަގައި ޒާންގެ ނަމްބަރަށް ގުޅާލިއެވެ. އަދި އޭނާ ހޯދަންބޭނުންވާ އެއްޗެއްގެ ނަންބުނެ މިރޭވުމުގެ ކުރިން އެއެތި ގަނެގެން ގެނެސްދިނުމަށް އެދުނެވެ. ހެވިފައި ޒާންވެސް އެކަމަށް އެއްބަސްވިއެވެ. ރޭގަނޑަށް އިންތިޒާރު ކުރާ ހާލު މިޒްރާ ފެންވަރަން ދިޔައެވެ. ** ** ** ކޮލެޖުގައިއޮތް އިތުރު ހަރަކާތެއްގައި ބައިވެރިވެފައި އެހަރަކާތް ނިމުމުން ޔައިޝަށް ގެއަށްއާދެވުނުއިރު ހުރީ ރޭގަނޑު 10 ޖަހަންކައިރިވެފައެވެ. ކޮޓަރިއަށް ވަތްއިރު […]
އަޖުވަދުގެ ބާރު ހަޅޭކުގެ ސަބަބުން ސިހިފައި އަވަސް އަވަހަށް ނައިރާ ސިޓިންރޫމަށް އައެވެ. ރުޅިއައިސް ރަތްވެފައިހުރި އަޖުވަދުގެ ނަޒަރު ސީދާ ނައިރާގެ މޫނަށް އަމާޒުވުމާއެކު ބިރުގެންފައިހުރި ނައިރާއަށް ހިންދިރުވައިލެވުނެވެ. މިއީ މުޅިއުމުރުގައިވެސް އަޖުވަދު އަޑުއުފުލައި ނައިރާއާ މުހާތަބުކުރި ފުރަތަމަ ފަހަރުކަމުން އެހިތަށް ބަޔާންކުރަންދަތި ތަދެއް އިހުސާސުވެގެން ދިޔައެވެ. އަލިފާންކަނި ބުރަމުންދިޔަ އަޖުވަދުގެ ދެލޯފެނުމާއެކު ނައިރާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. “ހާމިދާ ނިކަން ބަލާބަލަ ނައިރާ ކޮށްގެންއުޅޭ ކަމެއް. ލަދުން ބޯހަލާކުވޭ.” ނިތްކުރިމަތީގައި އިނގިލިތައް ކާތައިލަމުން އަޖުވަދު ބުނެލިއެވެ. […]
ލައިގެންހުރި އަޅިކުލައިގެ ގަމީހުގެ އަތްކުރި އޮޅަމުން ދޮރާ ދިމާއަށް ޔައިޝް ހިނގައިގަތެވެ. ތަޅު ހުޅުވައިލުމަށްފަހު ދޮރު ހުޅުވައިލި ޔައިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރުމަތީގައި ތިބި ދެމީހުންނާ ދިމާއަށް ކަންބޮޑުވެފައިހުރިފަދަ ނަޒަރަކުން ބަލަން ޔައިޝްއަށް ހުރެވުނެވެ. ދެލޯމަރައިލަމުން ހިންދިރުވައިލެވުނީ ދެންކަންތައްވާނެ ގޮތަކާއިމެދުގައި ވިސްނައިލަމުންނެވެ. “ސަޕްރައިޒް.” އުފާވެލައިފައި ޔައިޝްގެ ގައިގައި އޮޅުލައިގަންނަމުން ޔައިޝްގެ މަންމަ ސާޖިދާ ބުނެލިއެވެ. މިމަންޒަރުބަލަން ހެވިފައި އޭނާގެ ބައްޕަ މުފީދު ހުއްޓެވެ. ޔައިޝްފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސްކަމެއް ސާޖިދާއާާ […]
“ނޫން ނައި. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު ދެން އަހަރެން ނައިގެ އެހީއެއް ބޭނުމެއްނޫން. ﷲ އިރާދަފުޅުން އަހަރެންނަށް އެކަނިވެސް މިކަން ވާނެ. އެހެންމީހަކަށް އަހަރެންގެ ސަބަބުން ބޮޑު ތަކުލީފެއް އުފުލަން ޖައްސާކަށް އަހަރެން ބޭނުމެއްނޫން.” އެހެން ބުނެލުމަށްފަހު ޝިވަން އިންތަނުން ތެދުވިއެވެ. ސިހިފައި ނައިރާއަށް ޝިވަންގެ މޫނަށް ބަލައިލެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ ކުރިއަށް ހިނގައިގަތް ޝިވަންގެ އަތުގައި ނައިރާ ހިފެހެއްޓިއެވެ. ހުއްޓެމުން ޝިވަން ނައިރާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އެއާއެކު ނައިރާ ޝިވަންގެ ކުރިމަށްޗަށް […]
“ހިނގާ އަހަރެންނާއެކު ދާން. ކާރު އޮންނާނެ އެކޮޅުގަ ޕާރކް ކޮށްފަ.” މަގުގެ އެއްފަރާތަކަށް އިޝާރާތްކޮށްލަމުން ޔައިޝް އަތުގައި އޮތް ކުޑަ ހުޅުވައިލިއެވެ. ހިތްއަވަސްވެފައިވާ ހާލު އަލްކާ ޔައިޝްއާއެކުގައި ހިނގައިގަތެވެ. ކާރުގެ ކުރީ ޝީޓްގެ ދޮރު އަލްކާ އެރުމަށްޓަކައި ހުޅުވައިލަ ދީފައި ޔައިޝް ގޮސް ޑްރައިވަރ ޝީޓްގައި އިނށީދެ ހަމަޖެހިލިއެވެ. ކާރު ސްޓާރޓް ކޮށްލުމާއެކު ދާންވީ މަންޒިލްގެނަން އަލްކާ ބުނެލިއެވެ. އަދި ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓައިލިއެވެ. ކުޑަ އަޅައިގެންތިބެ އެކިމީހުން މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދިޔަ […]