ގޭގެ އެކި ދިމާއަށް ނަޒަރު ހިންގަމުން ޝަމްއަލް އެތެރެއަށް ވަތްއިރު އެމީހުންގެ އިންތިޒާރުގައި ސޯފާގައި އެއާއިލާގެ އެންމެންކަހަލަ ގޮތަކަށް ތިއްބެވެ. ޝަމްއަލް ހުރީ އޭނާގެ މައިންބަފައިން އޭނާއަށްޓަކައި ހޮވި އަންހެންކުއްޖާ ދެކިލާހިތުން ކެތްމަދުވެފައެެވެ. އިސްޖަހައިގެން ސޯފާގެ އެއްފަރާތުގައިއިން އަންހެންކުއްޖާ ޝަމްއަލްގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެގެން ދިޔައެވެ. އެވަގުތު އެއްއަތް އަނެއްއަތާ މޮޑެލަ މޮޑެލައި އިނުމަށްފަހު ލަސްލަހުން އެކުއްޖާ އިސްއުފުލައިލައި ބަލައިލިއެވެ. އެއާއެކު ޝަމްއަލްއަށްެ ހިނގުން މަޑުޖައްސައިލަމުން ހުރިތަނުގައި ހުއްޓިފައި ދެލޯބޮޑުކޮށްލަމުން އެއަންހެންކުއްޖާ […]
ބާރުހިނގުމެއްގައި ގޮސް ދޮރުހުޅުވައިލިތަނާ އެތެރަށް ވަންނަން އައި މަލްހާ ބަން ލައިފައި ޖެހުނީ ޔާނިކްގެ ގައިގައެވެ. އެވަގުތު އެމަޑު ތުންފަތް ޔާނިކްގެ ގަމީހުގައި ބީހިގެން ދިއުމާއެކު އޭނާ ލައިގެންހުރި ހުދު ކުލައިގެ ގަމީހަށް މަލްހާގެ ތުންފަތުގެ ނިޝާން އަރައިގެން ދިޔައެވެ. އެތަންފެނި ދެލޯބޮޑުކޮށްލަމުން މަލްހާ ކަންބޮޑުވެފައި ޔާނިކްއާ ދިމާއަަށް ބަލައިލިއެވެ. “ސޮ.. ސޮ.. ސޮރީ ސަރ.” ކަންބޮޑުވީ ވަރުން މަލްހާއަށް އެހެންބުނެވުނީވެސް އުނދަގުލާއެކީއެވެ. އޭރު ކަޅި ޖަހައިނުލައި ޔާނިކް ބަލަމުންދިޔައީ އޭނާގެ ގަމީހުގައި މަޑު ފިޔާތޮށިކުލައިން ފެވިފައިހުރި […]
އާބިދާ ލިވްޔާ ލަސްވެގެން ގޮވައިލިއަޑަށް ސިހިފައި މިދަނީކަމަށްބުނެ އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް ލިވްޔާ ފުހެލިއެވެ. އަދި ހަމަޖެހިލަމުން އިންތަނުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގަައިގަތީ އިތުރަށް އެކަމާމެދުގައި ނުވިސްނަން ނިންމައިގެންނެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބުވާނެ ހެއްޔެވެ؟ ހިތްނޭދޭ އެޚިޔާލުތައް ހިތުންނެރެ އެއްލައިލެވޭނެހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ** ** ** ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން ރާއިދްއިނީ ފާޑަކަށެވެ. ލިވްޔާ އޭނާ ފެންނަކޮންމެ ފަހަރަކު އެހައި ހާސްވަނީ ކީއްވެހެއްޔެވެ؟ އޭނާ އާާއި […]
“ދެން ހީނާއްތަވެސް ދޯ.” އޭނާގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ބަލަންހުރި ހީނާ ފެނުމުން ލަދުގަނެފައި މަލްހާ ބުނެލިއެވެ. އެއާއެކު ހީނާގެ ލުއި ހުނުމުގެ އަޑު ސިޓިން ރޫމްތެރެއަށް ފެތުރިގެން ދިޔައެވެ. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ހާސްވެފައިހުރެ މަލްހާ ސައިކަލުން ފޭބިއެވެ. ސައިކަލް ޕާރކް ކޮށްލުމަށްފަހު ރާއިދް އައިސް މަލްހާގެ އަތުގައި ހިފައިގެން އެތެރެއަަށް ވަންނަން ހިނގައިގަތްއިރު މަލްހާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހީނާ އެބުނި ވާހަކައަކީ ތެދަކަށް ވުމަށްއެދި މަލްހާއަށް ދުޢާކުރެވުނު އަދަދެއްވެސް ނޭނގެއެވެ. […]
ދެލޯމަރައިލުމާއެކު އަނެއްކާވެސް އެޚިޔާލުތައް އޭނާއަށް އުނދަގޫކުރަން ފެށިއެވެ. ކިހައިދެރަކަމެއް ހެއްޔެވެ؟ ވިސްނަން ބޭނުން ނުވިއަސް ހަމަ ވިސްނެނީއެވެ. ތެދުވެ އިނށީދެލަމުން ލިވްޔާ ޓީވީ ހުޅުވައިލީ އެޚިޔާލުތަކުން ހިނދުކޮޅަކަށް ނަމަވެސް ދުރުވެވޭތޯއެވެ. ނަސީބަކުން މިފަހަރު އެއްވެސް އުނދަގުލެއްނެތި އެބޭކާރު ޚިޔާލުތައް އޭނާގެ ސިކުނޑިން ނެރެ އެއްލައިލެވުނެވެ. ހިތްހަަމަޖެހިފައި ޓީވީއިން ދައްކަމުންދިޔަ ސީރީޒްއަށް ގެއްލިފައި ލިވްޔާ އިނެވެ. ** ** ** އެނދުގައި އޮށޯވެލައިގެން އޮތް ޔާނިކް ވަނީ ފުންޚިޔާލަކަށް ގެއްލިފައެވެ. މަލްހާގެ ހަނދާންތަކުން އެހިތަށް އުނދަގޫކުރަމުން ދިޔައީ ކީއްވެކަމެއް […]
“ލޯބީ. ކިހިނެއްވެފަ؟” ރާއިދް އެނބުރި ހިނިތުންވެލުމުން މަލްހާވެސް ހިނިތުންވެލަމުން އަހައިލިއެވެ. “ކަމެއްނުވޭ.ހަމަ ހުރީ. މަލޫ ބަދިގޭގަ މާބިޒީކޮށް އުޅޭތީ.” މަލްހާގެ ފަންއިސްތަށިގަނޑާއި ކުޅެލަމުން ރާއިދް ބުނެލިއެވެ. “ސޮރީ.ކާން ހަދާ އުޅުނީ. މިއައީވެސް ކާން އަންނަން ބުނަންވެގެން.” ރާއިދްގެ މޫނުގައި ލޯތްބާއެކު ފިރުމައިލަމުން މަލްހާ އެހެން ބުނުމާއެކު ބޯޖަހައިލަމުން މަލްހާގެ ފަހަތުން ރާއިދްވެސް ހިނގައިގަތެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. އިވެމުންދިޔަ ބަންގީގެ އަޑާއެކު ކަންނެތްގޮތަކަށް މަލްހާ ދެލޯ ހުޅުވައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަނެއްކާވެސް […]
ރަށުގައިހުރި ބޮޑު ސްކޫލްގެ ގޯތިތެރެވަނީ އެކިމީހުންތަކުން ތޮއްޖެހިފައެވެ. މިރޭއެތަނުގައި ބޭއްވިގެންދާ ކައިވެނި ޕާޓީއަށްވަނީ ރަށުގެ ގިނަ ބަޔަކަށް ދައުވަތު އެރުވިފައެވެ. ތަންތަންކޮޅުގައިހުރި މޭޒުތަކުގައި އިނށީދެތިބެ އެކިމީހުން ކެއުމަށް އިންސާފުކުރަމުން ދިޔައިރު އަލަތު ކައިވެނިކުރެވުނު ދެމަފިރިންނާ ސަލާމްކޮށް ތަހުނިޔާ ކިޔަމުން އަނެއްބައަކު ދިޔައެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައިހުރި މަލްހާ ހީވަނީ ދާދި ދެންމެއަކު ފަރިވެ ފޮޅިފައިވާ ތާޒާ މަލެއްހެންނެވެ. އަޅައިފައިވާ ހުދުކުލައިގެ ރީތި ޝޯލްވަނީ ކުދިކުދި ޖަވާހިރުތަކަކުން ޒީނަތްތެރިކުރެވިފައެވެ. މަޑު ނޫކުލައާއި ހުދުކުލައިގެ މާބޮނޑިއެއް ހިފަހައްޓައިގެންހުރިއިރު އެމޫނުމަތީގައި […]
“ވާއު. ލިވީގެ ދޮންތަގެ ހަޒް ހާދަ ހެންސަމްއޭ. އަސްލުވެސް. އަދި އަލަށް އެހައި ރީތި މީހަކު މިފެނުނީ.” 16 އަހަރުގެ ލިވްޔާގެ ގާތުގައި ހުއްޓިލައިގެންތިބި އޭނާގެ އެކުވެރިންގެ ތެރެއިން ކުއްޖަކު މަޑުމަޑުން ލިވްޔާ ގާތުގައި ބުނެލިއެވެ. އެއަޑު އަހައިފައި ދެންތިބި ކުދިންވެސް އެއީ ތެދެކޭ ކިޔައި އެކަމަށް އެއްބަސްވިއެވެ. މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ލިވްޔާ ރާއިދްއާ ދިމާއަށް ބަލައިލިއެވެ. “ސާބަހޭ. ދޮންތަބެ އަހަރުމެންނަށްވުރެ ދިހަ އަހަރު ބޮޑުވާނެ. ސޯ ޕްލީޒް. ސްޓޮޕް ސްޓެއަރިން ހިމް ލައިކް […]
އެނދުމަތީގައި މިއުޝީން ބާވައިލުމަށްފަހު ނިކްޔަލް މިއުޝީނާއި ގާތްވެލިއެވެ. އެވަގުތު ހިތްހަމަޖެހުމާއެކު މިއުޝީނަށް ލޯމަރައިލެވުނީ ބޭއިޚްތިޔާރުގައެވެ. ނިކްޔަލްގެ ލޯބިވެތި ކޮންމެ އަމަލަކަށް މަރުހަބާ ކިޔާ ހާލުގައެވެ. އުއްބައްތީގެ ފަނޑު އަލިކަމުގެ ތެރޭގައި ފާރަށް އެޅިފައިވާ އެދެމީހުންގެ ހިޔައި އެކަތިގަނޑަކަށްވީ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ** ** ** ފަތިސްނަމާދުގެ ބަންގީގެއަޑުން މުޅިމާހައުލު ގުގުމަމުން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯހުޅުވައިލަމުން މިއުޝީން ނިކްޔަލްއަށް ގޮވައިލިއެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވައިލަމުން ނިކްޔަލްވެސް އެނދުން ތެދުވިއެވެ. ވަރުބަލިވެފައިވީ ނަމަވެސް ދެމަފިރިން އެކުގައިގޮސް އެފިނިވަގުތު […]