“އެއީ ހަރީރާ އަމިއްލައަށް ލިބިގަތްކަމެއް. މިއުޝީން ކުރިކަމެއްނޫން. އަދި އެއްވާހަކަ. މިއަދު ތިހެން ބުންޏަސް ކޮންމެވެސް އެއްދުވަހެއް އަންނާނެ އަދި ހަރީރާ އެމަންޖެއަށް އެދި ރޯނެ. އެދުވަހަކުން އެނގޭނެ ހަރީރާއަށް ރަނގަޅީ އަދި ގޯހީ ކޮންދަރިއެއް ކަމެއްވެސް.” ހިތްހަމަނުޖެހިފައި އެހެން ބުނެލުމަށްފަހު އައިމިނަ ބަރޯހިފައިގެން ހިނގައިގަތެވެ. އެތަންބަލަންއިން ހަރީރާ ގޭތެރެެއަށް ބަލައިލުމަށްފަހު އިސްޖަހައިލިއެވެ. ** ** ** މިއަދުމީ ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަސްކަމުން މިއުޝީން ވަނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އިޒާނާ ވަނީ އޭނާއަށް ރީތި […]
“ސޯ އަދި މިއު ބޭނުންވަނީ ވަޒީފާއަށް ދާން ދޯ. އަހަރެން މިއުއަށް ރަނގަޅު ތަނަކުން ވަޒީފާއެއް ހޯދައިދޭނަން އެނގޭ. މިރޭ ވާނެ ދޯ އެކަމާ އުޅެން.” އިޒާނާގެ ވާހަކަތަކުން ނުތަނަވަސްވެފައިވާ މިއުޝީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާގެ ހުވަފެންތައްވެސް ﷲ ގެ އިރާދަފުޅުން ފުރިހަމަވާން އުޅެނީއޭ ހިތަށް އަރައި އުފާވިއެވެ. ދެމީހުން ކައި ނިންމައިގެން ފާތުންނަށް ސަބްމެރިންއެއް ޕެކް ކޮށްގެން މަޑު ހިނގުމެއްގައި ގޮސް މަގުމައްޗަށް ނުކުމެ ޓެކްސީއަކަށް ގުޅިއެވެ. އެހައި ގިނައިރުތަކެއްނުވެ ޓެކްސީ އައުމުން އޭގެއަށް […]
މިއަދުން ފެށިގެން އޭނާގެ މަންޒިލް ބަދަލުވެއްޖެއެވެ. އާއުއްމީދު ތަކަކާއި އެއްކޮށް އައު ދިރިއުޅުމެއް ފަށައިގަންނަށް މިއުޝީން ބޭނުންވެއެވެ. މިއީ އެކަމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅެވެ. ދެން އޮތީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމެވެ. އޭނާގެ ދިރިއުޅުމުގައި ދެން ކަންތައްވެގެން ދާނެގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް ހެވެވެ. ﷲ އަށް ވަކީލުކޮށްލުމަށްފަހު މިއައު ދިރިއުޅުމާ އޭނާ ކުރިމަތިލާނީއެވެ. ކަންތައް ވާގޮތެއް އެއިރުން އެނގިދާނެތާއެވެ. އިރުގެ ރަންދޯދި މޫނަށް އެޅުމާއެކު ދެފަހަރަކު އެސްފިޔަތައް ތަޅުވައިލުމަށްފަހު މިއުޝީން ލޯހުޅުވައިލިއެވެ. އޭރު […]
“އަހަރެންމީ ފިރިހެންކުއްޖެއްނަމަ މިހާރު މިއުއަށް ލޯބި ހުށައެޅީމުސް.” މިއުޝީނާ ދިމާއަށް އެއްލޯ މަރައިލަމުން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލައިފައި އިޒާނާ މިއުޝީނާ ދިމާކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ މިއުޝީން ހެއްވައިލުމެވެ. ކަންވީވެސް އިޒާނާ ބޭނުންވިގޮތަށެވެ. ހިނިގަނޑެއް ޖަހައިލަމުން މިއުޝީން އިޒާނާގެ ކޮނޑުގައި ބޮނޑިއެއް އަޅައިލިއެވެ. ދެމީހުން އެކީގައި އެތައް ސަކަރާތެއް ޖެހުމުގައި އެތަނުގައި ތިއްބެވެ. “އޭ. މިހެން އިނދެވޭކަށް ނެތޭ. މަންމަ މިހާރު އަހަރެން ހޯދާނެ. އަދި މެންދުރަށް ކައްކަންވެސް ޖެހޭނެ.” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މިއުޝީން […]
ފެނުން ތޮޅިލުމަށްފަހު އެރި އިރުގެ ރަން ދޯދިތަކުން މުޅި ދުނިޔެ އުޖާލާވެގެން ދިޔައެވެ. އުޑުމަތީގައި ރީތި އެކިއެކި ކުލަ ޖައްސަމުން އިރު އެރުމާއެކު ދޫނި ސޫފާސޫފިތައް އެސޮރުމެންގެ ހާލިތަކުން ނުކުމެތިބެ ހެނދުނުވެއްޖެކަން އިއުލާނުކުރަމުން ދިޔައެވެ. ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް […]
ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް އޭނާގެ ހަޔާތާ މެދުގައި ޝަކުވާކުރަމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެމާހައުލަށްވަނީ ފަޅުކަންވެރިވެފައެވެ. މިއުޝީނަކީ އުފެދުމުގައި ކަނައަތުފައިގެ ކަކުލުހުޅުގައި ހުރި މައްސަލައެއްގެ ސަބަބުން ހިނގައިބިގައިވެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމަކާ ކުރިމަތިވެފައިވާ ކުއްޖެކެވެ. އޭނާ […]
“އަހަރެންނޭ؟ އަހަރެން ތިހާ ރޮމޭންޓިކްއެއް ނުވާނެ.” ހިނިގަނޑެއް ޖަހައިލަމުން ޔައިޝް ބުނެލިއެވެ. “އެކަމަކުވެސް ހެވޭ. ކީކުރަން ތިގުޅީ؟” މާބޮނޑިއަށް ބަލައިލަމުން އަލްކާ އަހައިލިއެވެ. އަލްގެ ތިލޯބި އަޑުއަހައިލާ ހިތުން.” ލާނެތް ރާގަކަށް ޔައިޝް ބުނެލިއެވެ. “ނޫޅެން.” އަނގައަށް ވައްތަރެއް ޖައްސައިލަމުން އަލްކާ އެހެން ބުނެލުމާއެކު ޔައިޝް ހޭންފެށިއެވެ. “އަސްލު ގުޅީ މާދަން ރޭގަ މީޓް ކުރެވިދާނެތޯ އަހައިލަން. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ.” ސީރިއަސްވެލަމުން ޔައިޝް އެހެން ބުނެލުމާއެކު އަލްކާ ވަގުތުން އެއްބަސްވިއެވެ. ހިނިތުންވެލަމުން […]
ތިންމީހުންގެ މޫނަށް ބަލައިލި އަޖުވަދު ހިނިތުންވެލިއެވެ. “މިއީ ޒާލިމް. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއް. އަހަރެމެންގެ ނައިރާއަށްޓަކައި އަހަރެން ހޮވި ފަރާތަކީ މިއީ. ކަމުދޭތަ؟” ހިނިތުންވެލަމުން ޒާލިމްގެ މޫނަށް ބަލައިލުމަށްފަހު އަޖުވަދު ނައިރާއާ ދިމާއަށް ބަލައިލިއެވެ. އޭރު ކޮޅަށްހުރި ނައިރާގެ ދެލޯ ފެންކަޅިވެ އެދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ހަމްދަރުދީގެ ނަޒަރަކުން ނައިރާގެ މޫނަށް ބަލަން މައުރީނަށް ހުރެވުނީއެވެ. ހިނިތުންވެފައިހުރި ޒާލިމްގެ މޫނަށް ބަލައިލި ނައިރާއަށް ބާރަށް ރޮއެގަނެވުނެވެ. ގިސްލައި ރޮމުންދިޔަ ހާލު އޭނާ […]
“ކީކޭ.؟” އަޑުގެ ނެތްތަނަށް ޝިވަންއަށް ހަޅޭލަވައިގަނެވުނެވެ. ޝިވަންއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. “އެކަމަކު ނައި.. ކީއްވެ؟ އަހަރެން ބަދަލުވެފީމެއްނު. ނައިގެ ބައްޕަ ކީއްވެ އަހަރެންނަށް ފުރުސަތެއްދޭން ބޭނުންނުވަނީ؟” ޝިވަންގެ އަޑުގައި ހިތާމައާއި މާޔޫސީ އެކުލެވިގެން ދިޔައެވެ. އެއާއެކު ނައިރާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިލިއެވެ. ފޯން ބޭވުމަށްފަހުވެސް ނައިރާގެ ގިސްލުމަކަށް ހުއްޓުމެއް ނައެވެ. ނައިރާގެ ހަމަޖެހުމަށްޓަކައި މާދަމާ ހަވީރު ނައިރާއާ ބައްދަލުކުރަން ޝިވަން ނިންމިއެވެ. ނަމަވެސް އެކަމުންވެސް ނައިރާގެ […]