” ކަލޭ؟ ކަލޭ މިތާ ކީކުރަނީ؟” ކަޅިއަޅާާލަމުން ރުޅިވެރި ރާގަކަށް ލީޝާ އެއްސެވެ. ” އަހަރެން މިއައީ ލީޝާއާ ވަރަށް ބޮޑު ވާހަކައެއް ދައްްކަން” ހަމަ އެރާރުގައި ކިޔާރާވެސް ބުނެލިއެވެ. ” ހުއް. ކަލޭ މަށާދައްކަން އޮންނާނީ ކޮންވާހަކައެއް؟” ފަރުވާކުޑަ ގޮތަކަށް ލީޝާ ބުނެލިއެވެ. ” އަހަރެން ނެތިން މާދުރު ދުރުން ވާހަކަ ފަށާކަށް. ސީދާ މައުޟޫއަށް ދާން ބޭނުމީ. ލީޝާ ކީކޭ ހިތަށް އަރާގެން ކިޔާން ގާތު ލީންއޭ ކިޔައިގެން އެހާ ބޮޑު ދޮގެއް ހެދީ؟” […]
އައިލީން ވެއްޓުނު މަންޒަރު ފެނުމުން ކިޔާާރާއަށް ހީވީ ބޮލުގައި މީހަކު ބާރުއެތިފަހަރެއް ޖެހިހެންނެވެ. ދެފަޔަށް ބާރުލައިފައި ދުވުން ބާރުކޮށްލިއެވެ. ކިޔާރާ އައިލީނާއި އަރާހަމަވިއިރު އައިލީން ހީވަނީ ހީކަރުވައިގަނެގެންގޮސް ރޫޅިދާނެހެންމެވެ. ފެންކޯރުތެރޭގައި ކުޑަކަކޫ ޖަހައިލައިގެން އިސްދަށަށް ޖެހިފައި ރޯން އިން އައިލީން ފެނުމުން ކިޔާރާާގެ ހިތް ހީވީ ކުޑަހިނދުކޮޅަކަށް ނަމަވެސް ހުއްޓުނުހެންނެވެ. އެކުވެރިޔާއަށްޓަކައި އޭނާގެ ހިތް ޙަމްދަރުދީއިން ފުރުނެވެ. މަޑުމަޑުން އައިލީން ގާާތުގައި އިނށީދެލުމަށްފަހު އޯގާާތެރިކަމާއެއްކޮށް އައިލީން ގެ ބޮލުގައި ކިޔާރާއަށް ފިރުމައިލެވުނެވެ. އަދި އައިލީން ގެނެސް އޭނާާގެ […]
” ކީކޭ؟” ބޭއިޚްތިޔާރުގައި ކިޔާރާއަށް ބުނެވުނެވެ. ” ލީނަށްއެބައެނގޭތަ ތިކިޔޭ އެއްޗެއް؟ ” އައިލީންގެ ދެކޮނޑުގައި ހިފާތަޅުވައިގަންނަމުން ކިޔާރާ ބުނެލިއެވެ. އައިލީންގެ ގިސްލުންވީ އިތުރެވެ. ” އާން.. އަހަ.. އަހަރެންނަށް އެނގޭ މިކިޔޭއެއްޗެއް.. ކިޔާ.. އަހަ.. އަހަރެންނަށް.. އަހަރެންނަށް ހަޤީޤަތުގަވެސް ވަނީ އެއިޑްސް ޖެހިފަ.. ” އަޅައަޅައި ގަންނަމުން އައިލީން ބުނެލިއެވެ. ” އަހަރެންނަކަށް ނޭނގެ ޔާން ގާތު މިވާހަކަ ބުނާނެ ގޮތެއްވެސް. ހަދާނެގޮތް ހުސްވުމުން މިއައީ ކިޔާ ގާތަށް. ހެޔޮނުވާނެ ކިޔާ އަހަރެންނަށް އެހީވެދީ. ” […]
ކިޔާނާއި އައިލީންގެ ގުޅުމަށް ޖެހުނީ ކާކުގެ އެސްފީނައެއްކަމެއް ނޭނގެއެވެ. މަޑުމަޑުން އައިލީންގެ މިޒާޖު ބަދަލުވާން ފެށިއެވެ. އައިލީން ކިޔާނާއި ދުރުވުމަށް މަސައްކަތްކުރާކަން ކިޔާނަށް ފާހަގަވާން ފެށިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް އެކަމުގެ ސަބަބެއް ކިޔާންގެ ސިކުނޑިއަކަށްނައެވެ. ކިޔާނަށް ކަމެއް ގޯސްކޮށް ކުރެވުނީތޯވެސް އެތައްފަހަރަކު އައިލީންގާތުގައި އެހުނެވެ. އެހެނަސް އަބަދުވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. މައްސަލައުޅެނީ ކިޔާންގެ ނޫންކަމާއި އައިލީންގެކަމަށެވެ. އެހެނަސް އެ މައްސަލައަކީ ކޮބައިކަމެއް އައިލީން ކިޔާން ގާތުގައެއް ނުބުންޏެވެ.ދެމީހުންގެގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ. މިކަމާާ […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދިރޭ އެއްޗެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. މުޅިމާޙައުލަށް ފެތުރިފައިވަނީ ތެތްފިނިކަމެވެ. އުޑުމަތި ބައްދަމުން އައި ބޯކަޅުވިލާތައް ރޭގަނޑުގެ ރާނީއެއް ކަމަށްވާ ހަނދާއި އޭގެ ބައިވެރިންގެ އަލިކަން ފަނޑުކުރަމުން ދިޔައެވެ. އިރެއް އިރަކަށް ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ދޭތެރެ ދޭތެރެއިން ލޯ ތަރަތަރަ ޖަހައިގެންދާވަރަށް ވިދާލުމަށްފަހު އިވިގެންދާ ބާރު ގުގުރީގެ ސަބަބުން މާޙައުލުގެ ހަމަހިމޭންކަން ނަގައިލާން މަސައްކަތްކުރާ ކަހަލައެވެ. މިއިން ކަމަކަށް އެއްވެސް ޝައުގެއްނެތި ގޮނޑުދޮށުގައި ކިޔާން އިށީނދެލައިގެން އިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. […]