ހަމަހޭވެރިކަންނެތް މިއުޝީން އަނެއްކާވެސް ޝަޔާންގެ ގައިގައި އޮޅުލައިގަންނަމުން އެމާާ ދިއްކޮށްލިއެވެ. އަދި އަނެއްކާވެސް ލޯބިވާ ވާހަކަ ބުނެލިއެވެ. ޝަޔާން ގާތަށް އައި ގަދަރުޅީގައި އެމާ މިއުޝީން އަތުން އަތުލުމަށްފަހު ހޫރައިލިއެވެ. އަދި އަތުގައިހުރި ބާރަކަށް މިއުޝީންގެ ކޯތާފަތްމަތީގައި ޖެހިއެވެ. ވީތަދުން މިއުޝީންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އެތަންފެނި އެންމެންގެ އަނގަތައް ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު ގަބޫލުނުކުރެވިފައި އެންމެން އެދެމީހުންނާ ދިމާއަަށް ބަލަމުންދިޔައީ ދެން ވާނެގޮތަކާއިމެދުގައި ވިސްނަމުންނެވެ.
“މިއުޝީން. ކަލޭ މޮޔަވީތަ؟ އަހަރެންނާ ދުރުގައި ހުރޭ.” އަޑުގެ ނެތްތަނަށް ޝަޔާން ހަޅޭލަވައިގަތެވެ. އެތަންފެނި ރަޝާގެ ތުންފަތް މައްޗަަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ.
“ޝަޔާން އަހަރެން.” މިއުޝީން ގެ ނަޒަރު ހުއްޓިފައިވީ ބިންމަތީގައި އޮތް ރަތް ފިނިފެންމަލަށެވެ. “ހުއްޓާލާ. ކަލޭ ތިހުރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ. އަހަރެން ނޫޅެން ކަލެއާ ހެދި މޮޔަވެގެނެެއް. ދޭ ހަމަމިހާރު ގެއަށް. އަޑުއިވިއްޖެ.” ލައިގެންހުރި ކޯޓް ރަނގަޅުކޮށްލަމުން ޝަޔާން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. މިއުޝީންގެ ސަބަބުން އޭނާގެ މޫޑުވަނީ އެއްކޮށް ޚަރާބުވެފައެވެ.
ރޮވިފައި އެމަލަށް ބަލަން ހުރުމަށްފަހު އުނދަގޫކަމާއެކު ހިނގައިފައި މިއުޝީން ގޮސް އެމާނެގިއެވެ. އޭރުވެސް ހިފެހެއްޓުމެއްނެތި އެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ލޯތްބާއެކު އެމަލަށް ބަލަން ހުރުމަށްފަހު އަތުގައި އޮތް ދަބަސް ތެރެއަށް އެމާލިއެވެ.
“އޫޕްސް. ކިހިނެއް ތިހެދީ؟” ފަހަތުން އިވުނު ރަޝާގެ އަޑާއެއްކޮށް ސިހިފައި މިއުޝީން އެނބުރުނެވެ. “އަޅޭ. މިއުޝީންވެސް ކުޑަކޮށް މޮޔަދޯ. ބަލަ އޭނައަށް ލޯބިހުށައަޅާާއިރުވެސް އެނގެން ޖެހޭނެ ދޯ އޭނަ ކަލޭކަހަލަ މީހެއްދެކެ ލޯތްބެއް ނުވާނެކަން. ހެހެ. ޝަޔާން ނޫޅޭ އެއްފައިކޮރު ދައިތައެއް ބޭނުންވެގެންނެއް. އަދި އަމުދުން ތިކަހަލަ ސިފައެއްގައިހުރި. ބަލާބަލަ ތިހިރަ އިސްތަށިގަނޑެއް. އާރގް. ލޮލަށްވެސް އުނދަގޫވާނެ ގިނައިރު ކަލެއާ ދިމާއަށް ބަލަން ހުންނަން. ހަހަ. ދެންވެސް ރަނގަޅުވާނީ އަވަހަށް މިތަނުން ރައްކާވިއްޔާ. ސޯ ސޮރީ.” ހަށަން ބަނދެލައިގެންހުރެ ފޮނި ގޮތަކަށް އެހުރިހައި އެއްޗެއް ކިޔައިލުމަށްފަހު ރަޝާ ބޭރަށް ނުކުންނަން ހިނގައިގަތެވެ. ރަޝާގެ ބަސްތަކުން މިއުޝީންގެ ހިތަށް އެހައި އަސަރު ނުކުރީ އެވަގުތު އޭނާގެ ހަމަބުއްދި ނެތުމުންނެވެ.
ކުއްލިއަކަށް އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސައިލުމުން އެނބުރިފައި މިއުޝީން ބަލައިލީ މައުސޫމްކަމުން ފުރިގެންވާ ބެލުމަކުންނެވެ. ފަހަތުގައި ރޮވިފައިހުރި އިޒާނާ ފެނުމުން މިއުޝީން ހިނިތުންވެލިއެވެ.
“މިއު. ކީއްކޮށްގެން ތިއުޅެނީ؟ ޝަޔާން އަހަރެންނަށް ގުޅައިފަބުނީ މިއު ބަލައި އަންނަން. ޕްލީސް. ވެގެން އުޅޭގޮތެއް ބުނެބަލަ މިއު.” މިއުޝީންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އިޒާނާ ރޮވިފައި ބުންޏެވެ.
“ކަމެއް ނުވެއޭ އިޒާ. އަހަރެން ޝަޔާނަށް ލޯބިހުށައެޅީ. ހެހެ. އެކަމަކު އޭނަ ވަރަށް ގޯސް. އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހާފައެދިޔައީ.” ފުރަތަމަ ޖުމުލަ ހެމުން މިއުޝީން ބުނިނަމަވެސް ނިންމައިލިއިރު އޭނާއަށްހުރީ ރޮވިފައެވެ.
“ކީކޭ؟ މިއު؟ ކީކޭ ތިކިޔަނީ؟ ހަމައިގަތަ ތިހުރީ؟” ގަބޫލުނުކުރެވިފައި އިޒާނާ އެހެން އަހައިލުމުން މިއުޝީން ހެމުން ބޯޖަހައިލިއެވެ.
“މިއު. އަަރ ޔޫ ޑްރަންކް؟” މިއުޝީނާ ގާތްވެލިއިރު އެކަހަލަ ވަހެއް ދުވުމުން ހައިރާންވެފައި އިޒާނާ އަހައިލުމާއެކު މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ.
“އަހަރެން ވަރަށް ލޯބިވޭ ޝަޔާންދެކެ އިޒާ. ޕްލީޒް. އަހަރެން ބޭނުން ޝަޔާން ގާތަށް ދާން.” އިޒާނާގެ އަތުގައި ހިފައިލަމުން ތުއްތު ކުއްޖެއްހެން މިއުޝީން އާދޭސްކުރަމުން ދިޔައެވެ.
“ތިވާހަކަ ދައްކާނީ ފަހުން. މިހާރަކު ނޫން. ހިނގާ ގެއަށް ދާން.” ހިތްހަމަނުޖެހިގައި އިޒާނާ ގަދަކަމުން ކަހަލަ ގޮތަކަށް މިއުޝީން ގޮވައިގެން އެތަނުން ނުކުތެވެ. ނުދާން ގަދަހަދައިފައިވެސް އިޒާނާ ހަޅޭލަވައިގަތުމުން މިއުޝީން ހިނގައިގަތެވެ.
ގެއަށް އައިސް މިއުޝީން ކޮޓަރިއަށް ވެއްދުމަށްފަހު އެނދުގައި ބާވައިލިއެވެ. އޭރު އެހަށިގަނޑުގައި ވަރުވެސް ނެތެވެ. ފާތުން ކަންބޮޑުވެފައި ފަހަތުގައި އެމަންޒަރު ބަލަން ހުއްޓެވެ. މިއުޝީން ހަމަހޭގައިހުރެ ރަލުގައި އަތްވެސްނުލާނެކަން އޭނާއަށް އެނގެއެވެ. ޔަގީނުންވިއްޔާ އެވާނީ މީހަކު އޭނައަށް ދިން ލަނޑަކަށެވެ.
“މަންމަވެސް ދެންދޭ ނިދައިލަން. އަހަރެން މަޑުކޮށްލާނަން މިއު ގާތު.” ގަޑިއަށް ބަލައިލަމުން އިޒާނާ އެހެން ބުނުމުން ބޯޖަހައިލައިފައި ފާތުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
ފުންނިންޖަކުން ނިދިފައި އޮތް މިއުޝީނަށް ބަލައިލުމަށްފަހު އިޒާނާ އޭނާގެ ކޮޓަރިއަށް ގޮސް ހެދުން ބަދަލުކޮށްލައިގެން އައެވެ. އަދި މިއުޝީންގެ މަގަތުގައި އެނދުގައި ހުސްކޮށްއޮތް ތަންކޮޅުގައި އޮށޯވެލިއެވެ. މިއުޝީނާާ ދޭތެރޭ ވިސްނަން އޮތްވައި އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
އިޒާނާއަށް ހޭލެވުނީ މިއުޝީންގެ ގިސްލުމުގެ އަޑަށެވެ. އޭރު އެނދުގެ ފަޑީގައި ލެގިލައިގެން ދެއަތުތެރޭ މޫނު ފޮރުވައިގެން ރޯން މިއުޝީން އިނެވެ. އަވަސް އަވަހަށް އެނދުންތެދުވެ މިއުޝީން ގާތުގައި އިޒާނާވެސް އިނށީދެލިއެވެ.
“އިޒާ. ކީއްވެ އަބަދު އަހަރެންނަށް މިހެންވަނީ؟” ގިސްލައި ރޮމުން މިއުޝީން އަހައިލީ ހިތްދަތިގޮތަކަށެވެ.
“ތިހެން ނުބުނޭ. އެހަށް ހަމަޖެހިބަލަ މިއު. ޕްލީޒް ރޭގަ ހިނގި ހުރިހައިކަމެއް އަހަރެންނަށް ކިޔައިދީބަލަ. މިއު ހަނދާން އެބަހުރިތަ؟” މިއުޝީންގެ ކޮނޑުގައި ފިރުމައިލަމުން އިޒާނާ ބުނެލީ އޯގާތެރި ރާގަކަށެވެ. މިއުޝީން މަޑުމަޑުން ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
ފުންނޭވައެއްލުމަށްފަހު ޕާޓީގައި ހިނގި ހުރިހައިކަމެއް މިއުޝީން އިޒާނާާއަށް ކިޔައިދިނެވެ. އައި ގަދަ ރުޅީގައި އިޒާނާ ތުރުތުރުއަޅަމުން ދިޔައެވެ. އެހެންވީމައި މިހުރިހައި ކަމަކީ ރަޝާގެ ރޭވުމެއްތާއެވެ. ހާދަހައި ގޯހެވެ. އެހެންމީހަކަށް ދެރައެއްދީގެން އޭނާއަށް ލިބެނީ ވަކިކޮންއުފަލެއް ހެއްޔެވެ؟
“އަހަރެން ރަޝާގެ ވާހަކަ ބުނާނަން ޝަޔާން ގާތު. ޝީއިޒް ކްރޮސިންގް ހާރ ލިމިޓްސް ނައު.” ހިތްހަމަނުޖެހިގައި ފޯން ނަގައި ޝަޔާންގެ ނަމްބަރު ހޯދަމުން އިޒާނާ އެހެން ބުނުމާއެކު ސިހިފައި މިއުޝީން ދެފަރާތަށް ބޯހޫރުވަމުން އިޒާނާގެ އަތުގައިހިފައި އެކަން މަނާކުރިއެވެ.
“ނޫން އިޒާ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެހެން މީހަކަށް ދެރައެއް ލިބޭކަށް. ޕްލީޒް. ޝަޔާންއަށް އެނގިއްޖެއްޔާ އޭނަ ވަރަށް ރުޅި އަންނާނެ.” ދެލޯބޮޑުކޮށްލަމުން މިއުޝީން ބުނެލިއެވެ. އިޒާނާ ވަގުތުން އެކަމާ ދެކޮޅުހެދިއެވެ. އަދި އެއީ ރަނގަޅުގޮތްނޫންކަމަށް މިއުޝީނަށް ވިސްނައިދިނެވެ. މިއުޝީންގެ އެއްވެސް ކުށެއްނެތި ރަޝާ އެދިނީ ކިހައިބޮޑު ދެރައެއް ހެއްޔެވެ؟ ރަޝާ ކުރިކަމަކުން އެންމެންގެ ކުރިމަތީގައި ފަޟީހަތްވެގެން އެދިޔައީ މިއުޝީނެވެ. އެއްގޮތަކަށްވެސް އިޒާނާ އެކަމަކާ ގަބޫލެއް ނުވިއެވެ. އެންމެފަހުން މިއުޝީނަށް ޖެހުނީ ހަތިޔާރު ބަހައްޓާފައި އެކަމާ އެއްބަސްވާށެވެ.
ޝަޔާންއަށް ގުޅުމުގެ ކުރިން އިޒާނާ މިއުޝީންގެ މޫނަށް ބަލައިލީ ސުވާލެއްގެ ޖަވާބު ބޭނުންވެފައިވާ ފަދައަކުންނެވެ.
“މިއު ހަގީގަތުގަވެސް ޝަޔާންދެކެ ލޯބިވޭތަ؟” ފޯނުގެ ސްކްރީނަށް ބަލައިލަމުން އިޒާނާ އަހައިލިއެވެ. ކުޑައިރުކޮޅަކު ހުއްޓުންއަރައިފައި އިނުމަށްފަހު މިއުޝީން މަޑުމަޑުން ބޯޖަހައިލިއެވެ.
“އަހަރެންނަށް ޝަޔާން ވަރަށް ކަމުދޭ. އެކަމަކު އެނގޭ ޝަޔާން އަހަރެންނާ ގަޔާނުވާކަން. ކީއްވެތަ ލިބެންނެތް މީހުންދެކެ ލޯބިވެވެނީ؟ އިޒާ. އަހަރެންދެކެ ތެދުހިތުން ލޯބިވާނެ މީހެއް އަހަރެންނަށް ދުވަހަކުވެސް ލިބެންނެތީތަ؟” ފެންކަޅިވެފައި އިޒާނާގެ އަތުގައި ހިފައިލަމުން މިއުޝީން އަހައިލިއެވެ. ވަގުތުން އިޒާނާ ބޯހޫރައިލިއެވެ.
“ނޫން. ކޮންމެ އިންސާނަކަށްޓަކައިވެެސް ހުންނާނެ އެމީހެއްދެކެ ތެދުވެރި ލޯބިވާނެ މީހެއް. މިއުއަށް އަދި އެމީހަކާ ބައްދަލު ނުވެވެނީ. އަހަރެން ބުނާނީ އެންމެ ވާހަކައެއް. މިއިން ޒަމާނަކުވެސް މިއުއަށް މީހެއްގެ ފަރާތުން އެލޯބި އިހުސާސުވެއްޖެނަމަ އޭނަ ދޫކޮށްނުލައްޗޭ. ތިހިތަށް އެނގޭނެ މިއުދެކެ ތެދުވެރި ލޯބިވާ މީހާއާ ދިމާވީމަ. އެދުވަހުން ތިހިތުގެ ގޮވުމަށް އިޖާބަ ދޭތި.” މިއުޝީންގެ އަތަށް ފިތައިލަމުން އިޒާނާ ލޯތްބާއެކު ބުނެލިއެވެ. ފެންކަޅިވެފައިވާ ހާލު މިއުޝީން ބޯޖަހައިލިއެވެ. ނަމަވެސް އޭނާގެ ހިތްއެދެނީ ޝަޔާންގެ ލޯތްބަށެވެ. އެލޯބި ކޮންމެ ގޮތަކުން ނަމަވެސް ހޯދަން މިއުޝީން ބޭނުންވެއެވެ.
ޖެހިގެންއައި ދުވަހު އޮފީހަށް ދިއުމަށްޓަކައި މިއުޝީން ތައްޔާރުވަމުން ދިޔައީ ކަންބޮޑުވެފައި ހުރެއެވެ. ނުދަންހުރި ނަމަވެސް އިޒާނާ އާދޭސްކޮށްކޮށް އެންމެފަހުން ގޮތްދޫކުރީއެވެ.
ބިރުންހުރެ މިއުޝީން އޮފީހަށް ވަނެވެ. އޭނާ ވިސްނައިގެންހުރީ ޝަޔާން ގާތުން މައާފަށް އެދުމަށެވެ. ހަމަޖެހެން މަސައްކަތްކުރަމުން މިއުޝީން އެތެރެއަށް ވަނެވެ. އެމޫނުވަނީ ލަދުގެންފައިހުރިވަރުން ރަތްވެ ދާހިތްލައިފައެވެ. އަތުގައި އޮތް ޓިޝޫކޮޅުން އިރުއިރުކޮޅާ މޫނުމަތި ފުހެމުންގޮސް މިއުޝީން އޭނާ މަސައްކަތްކުރާ ފްލޯއަށް ދިޔައެވެ.
ރިސެޕްޝަނުގައިއިން ރަޝާ ފެނުމާއެކު އޭނާ ކީއެއްޗެހި ހިތަށްއަރައިފައި މިއުޝީންގެ ހިތަށް ތަދުވިއެވެ. އެމޫނު އިތުރަށް ރަތްވެގެންދިޔައީ ރަޝާ އޭނާއަށް ބަލަބަލައިފައި ހޭތަން ފެނުމުންނެވެ. އޭނާ ގާތުގައި ދެންއިން ކުއްޖާވެސް މިއުޝީންގެ މޫނަށް ބަލައިލުމަށްފަހު ހޭންފެށިއެވެ.
އަވަސް ހިނގުމެއްގައި ދަބަހުގައި ހިފައި ބާރުކޮށްލައިގެންހުރެ މިއުޝީންގޮސް ޝަޔާންގެ ކެބިންއަށްވަނެވެ. އޭރު ލެޕްޓޮޕްއިން ކޮންމެވެސް މަސައްކަތެއްކުރަން ޝަޔާން އިނެވެ. މިއުޝީން ވަނުމުން ބަލައި ނުލިތާނގައި އަނގައިން ބަހެއްވެސް ބުނެނުލިއެވެ. މިއުޝީންގެ ހިތަށް ތަދުވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާގެ މަސައްކަތާއިވެެގެން ކުރިއަށް ދިޔައެވެ.
އިރުއިރުކޮޅާ ޝަޔާންގެ މޫނަށް ބަލައިލަނީ ވާހަކައެއް ބުނަން ބޭނުންވެގެންއުޅޭފަދަ ގޮތަކަށެވެ. ނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
މުޅި ދުވަސް ނިމިގެންދިޔައީ އެފަދަ ގޮތަކަށެވެ. އޮފީސްގަޑި ނިމުމުން ގެއަށްދާން ތެދުވެފައި އިރުކޮޅަކު ޝަޔާންގެ މޫނަށް ބަލައިލިއެވެ.
ކިތަންމެ ލަދުގަތް ނަމަވެސް އޭނާއަށް ކުރެވުނު ކަންތަކަށް މައާފަށް އެދެން މިއުޝީން ބޭނުންވިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެތާއެވެ. ހިތްވަރުކޮށްފައި މިއުޝީން ގޮސް ޝަޔާންގެ ކުރިމަތީގައި ހުއްޓިލިއެވެ.
“މި އޫމް. ސަރ.” އަޅައަޅައިގަންނަމުން މިއުޝީން އެހެންބުނެލުމުން ފާޑަކަށް ޝަޔާން މިއުޝީންގެ މޫނަށް ބަލައިލިއެވެ.
“އޫމް. އަޅުގަނޑަށް ކުރިން ރޭގަ ވީ ކަންތަކަށް މައާފު..” މިއުޝީންގެ ވާހަކަ މެދުކެނޑުނީ ޝަޔާން ވާހަކަދައްކަން ފެށުމުންނެވެ. “ދެން އޯކޭ ދިޔަސް. ރަސްމީގަޑި ނިމިއްޖެ. ސޯ ދެން ދޭ.” ހިތްހަމަނުޖެހިފައި ޝަޔާން ބުނެލިއެވެ. މިއުޝީނަށް މައާފަށް އެދޭނެ ފުރުސަތުވެސް ކުޑަމިނުންް ޝަޔާން ނުދިނެވެ. އޭނާގެ ހިތުގައި މިއިން ދުވަހަކު ނުޖެހޭވަރަށް ޖެހުނެވެ. ގަތްލަދުންނާއި ވީ ދެރައިން އިސްޖަހައިލަމުން އަވަސް ހިނގުމެއްގައި މިއުޝީން ގޮސް އެކެބިންއިން ނުކުތެވެ.
އާރޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލެވެ. މަދުމަދުން މީހުން ހިނގައި ބިނގައިވެ އުޅޭތަން ފެނެއެވެ. ވިއްސާރަ ދުވަހަކަށްވީމައި ކަމަކަށްވެސް ވެދާނެއެވެ. މޫދުވެސް ވަނީ ފަޅުވެފައެވެ.
އިރުއިރުކޮޅާ ވައިބާރުވަމުން ދިޔައިރު މުޅި އުޑުމަތި ވަނީ ކަޅުވިލާތަކުން ބައްދައިލައިފައެވެ. ހިތާމައިގެ ތަސްވީރެއްހެން މިއިން ކަމަކަށް ސަމާލުކަމެއްނުދީ މިއުޝީން އެތަނުން ގޮނޑިއެއްގައި އިނށީދެލައިގެން އިނެވެ. ދެލޮލުން ހޯސްލައިފައި ކަރުނަފައިބަމުން ދިޔައިރު ދެކޯތާފަތާއި ނޭފަތްވަނީ ރަތްވެފައެވެ. ދެލޯވެސް ރަތްވެ ދުޅަވެފައިވާއިރު އެތުންފަތުގައި މަޑުތުރުތުރެއް އުފެދެމުން ދިޔައެވެ. ޖެހިލާ ތެތްފިނި ވައިރޯޅިތަކާއެކު އެބުޅި އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ލޮލުގައި އަޅައިފައިވާ އައިނުވެސް ވަނީ ކަރުނައިގެ ސަބަބުން ފުސްވެފައެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު އަތްދަބަސް ހާވައިލައިފައި މިއުޝީން ނެގީ އޭނާ ޝަޔާންއަށްދިން ރަތްފިނިފެންމަލެވެ. ހިތްދަތިގޮތަކަށް އެމަލަށް ބަލަމުންދިޔައިރު އެރޭގެ ހުރިހައި މަންޒަރެއް އެލޯކުރިމަތީގައި ސިފަވަމުންދިޔައެވެ. ޝަޔާންގެ ވިހަ ޖުމުލަތަކުން އެހިތްކަތިލެވެމުން ދިޔައިރު އެހިތުން ލޭކަރުނަ އޮހޮރެމުން ދިޔައެވެ. އޭނާއަށް އަބަދު މިފަދަ ހިތްދަތިގޮތްތައް ދިމާވަނީ ކީއްވެހެއްޔެވެ؟
ވިސްނިވަރަކަށް މިއުޝީން އަމިއްލަ ނަފުސްދެކެ ރުޅިއަންނަމުންދިޔައެވެ. ދަތްކުނޑި ވިކައިލުމަށްފަހު މަލަށް ބަލައިލަމުން އޭގެ ފިޔަތައް ނޮޅަންފެށިއެވެ. ރަހުމުކުޑަ ގޮތަކަށް އެމާ ޗިސްކުރަމުންދިޔައިރު އޭނާގެ ކަންފަތްް ކައިރީގައި ދިޔައީ ކޮންމެ މީހަކުވެސް އޭނާއަށް ކޮށްފައިވާ މަލާމާތްތައް ތަކުރާރުވަމުންނެވެ. ފުރަތަމަ ހަރީރާއެވެ. އޭނާ ބަނޑުއަޅައި ވިހެއި މައިމީހާއެވެ. ދެން ރަށު މީހުންނެވެ. މިހާރު އޭނާއާއި އެއްކޮށް އޮފީހުގައި މަސައްކަތްކުރާ މީހުންނެވެ. ރުޅިއައިސްފައި އިނދެ މިއުޝީން އެމާޗިސްޗިސްކުރަމުން ދިޔައިރު ހެވިފައި އޭނާގެ މިއަލުތައް ބަލަން މީހަކު އިން ކަމެއް ނޭނގެއެވެ.
ނިކްޔަލް އާރޓިފިޝަލް ބީޗަށް އައީ ހިތްހަމަޖައްސައިލުމަށެވެ. ނަމަވެސް ފެނުނު މަންޒަރުން ހެވިފައި އެދިމާއަށް ބަލަން އިނދެވުނީ އެއީ އޭނާގެ ހިތުގެ މަލިކާކަމަށް ވީތީއެވެ. ރުޅިއައިސް ރަތްވެފައި އިނދެ އަތުގައިއޮތް މަލުގެ ފިޔަތައް ނޮޅަމުންދިޔަ ގޮތުން ނިކްޔަލްއަށް މަޖާވިއެވެ.
އެދިމާއަށް ބަލަން އިނުމަށްފަހު ނިކްޔަލް ހިނގައިގަތެވެ. މިއަދު މިއަންހެންކުއްޖާއާއި ވާހަކަދައްކަން އޭނާ ބޭނުމެވެ. މަޑުހިނގުމެއްގައިގޮސް ނިކްޔަލް އެކުއްޖާގާތުގައި ހުއްޓިލިއެވެ.
“މިހައި ރީތި މަލަކަށް ތިހެން ހަދާކަށް ނުވާނެ.” ގުދުވަމުން އެތަނަށް ވެއްޓިފައިއޮތް ފިނިފެންމަލުގެ ފިޔައެއް ނަގަމުން ނިކްޔަލް ބުނެލިއެވެ.
ދާދިގާތުން އިވުނު ފިރިހެންވަންތަ ހިތްގައިމު އަޑުން މިއުޝީންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ދެލޯބޮޑުކޮށްލަމުން ކުރިމަތީގައި އެއްފައިމައްޗަށް ތިރިވެއިން ޒުވާނާގެ މޫނަށް މިއުޝީން ބަލައިލިއެވެ. އޭނާއާއި ދިމާއަށް އަމާޒުވެފައިވާ އެޒުވާނާގެ މަޑު ނޫކުލައިގެ ދެލޯ ފެނުމުން މިއުޝީނަށް ހިންދިރުވައިލެވުނެވެ. ދުނިޔޭގައި ހަމަ މިހައި ރީތި އިންސާނުން އުޅޭހެއްޔެވެ؟ މިފަދަ ފުރިހަމަކަމެއް އޭނާ މުޅި އުމުރުގައިވެސް ނުދެކެއެވެ. ޝަޔާންގެ އެފިރިހެންވަންތަ ސޫރަ މިޒުވާނާގެ ކުރިމަތީގައި އެކައްޗަކަަަށްވެސް ނުވާނެކަން ހަމަކަށަވަރެވެ. އެހައިވެސް އެޒުވާނާ ފުރިހަމަވެފައި ބަލައިލަން ހިތްގައިމެވެ.
ދެލޯބޮޑުކޮށްގެން ގަނޑުވެފައި އޭނާއާ ދިމާއަށް އެއަންހެންކުއްޖާ ބަލަންއިންތަން ފެނި ނިކްޔަލްގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. އެހައި ގާތުން އެކުއްޖާގެ ރަތްވެފައިވާ ދޮން މޫނުފެނުމުން ނިކްޔަލްގެ ހިތުގެ އެންމެ ހިމަނާރަަށް ދާންދެން އެނގުންވެލައިގެން ދިޔައެވެ.
“ކިހިނެއްވީ؟ މިލޯބި މަލަށް ކޮންހައިވަރެއް ތިބާލަނީ؟” ލޯބިންފުރިގެންވާ އަޑަކުން ނިކްޔަލް އެހެން ބުނެލުމުން މިއުޝީނަށް ހަމަހޭވެރިކަން ވިއެވެ. އަވަސް އަވަހަށް އެހެންދިމާއަކަށް ބަލައިލިއެވެ.
“ހެލޯ. އަހަރެން މި ވާހަކަދައްކަނީ ތިކުއްޖާއާއިއޭ. ކޮންނަމެއްތަ ކިޔަނީ؟” ހިނިތުންވެފައި މިއުޝީންގެ ގާތުގައި އިނށީންދެލަމުން ނިކްޔަލް އަހައިލިއެވެ. ނިކްޔަލްގެ އެގާތްކަމުން މިއުޝީނަށް އުނދަގޫވަމުންދިޔައީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ބަހެއްވެސް ނުބުނެ އިންތަނުން ތެދުވަމުން މިއުޝީން ހިނގައިގަތެވެ. ފަހަތުން ނިކްޔަލްވެސް ހިނގައިގަތެވެ.
“އޭތް. ހިތްހަމަނުޖެހުނީތަ؟ ސޮރީ. އަހަރެން ހަމައެކަނި ބޭނުންވަނީ ތިކުއްޖާއާ ފްރެންޑްވެލާށޭ.”ހިތްއަވަސްވެފައިވާ ހާލު ނިކްޔަލް ބުނެލިއެވެ. މިފަހަރުވެސް މިއުޝީން ޖަވާބެއް ނުދިނެވެ.
“ހާއި. އައިއެމް ނިކްޔަލް. ތީ؟” މިއުޝީން ޖަވާބެއްނުދިނުމުން ސަލާމަތް އަތްދިއްކޮށްލަމުން ނިކްޔަލް ތައާރަފުވެލިއެވެ.
ނިކްޔަލްގެ ސަބަބުން މިއުޝީނަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން ހުރިފިޔަވަޅުމަތީގައި ހުއްޓިފައި މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.
“ލުކް މިސްޓަރ. އަހަރެން ނުދަންނަ މީހުންނަކާ ވާހަކައެއް ނުދައްކަން. ސޯ ޕްލީޒް އަހަރެން ފަހަތުން ނާދޭ. އަހަރެންނަށް އުނދަގޫވޭ.” ހަށަންބަނދެލަމުން ރުޅިއައިސްފައި މިއުޝީން ބުނެލިއެވެ. ނިކްޔަލް ހީލަމުން ނިތްއަރުވައިލީ ހިތްގައިމު ގޮތަކަށެވެ.
“ވާހަކަ ދެއްކީމަ އެއްނު ދަންނާނީވެސް. ގައިމު ކޮންމެމީހަކުވެސް ދަތުމުގެ ކުރީގަ ވާނީ ހަމަ ނުދަންނަމީހަކަށްދޯ. ވާހަކަދައްކައި ހަދަން ފެށީމައެއްނު ދަންނަމީހަކަށްވަނީ.” ލައިގެންހުރި ގަދަ ނޫކުލައިގެ ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ކެރިހުރެ ނިކްޔަލް ވާހަކަދެއްކިއެވެ. ނިކްޔަލްގެ ވާާހަކައައްދޭނެ ޖަވާބެއް މިއުޝީނަކަށް ނުވިސްނުނެވެ. އެހެންކަމުން އަނގައަށް ފާޑެއްގެ ވައްތަރެއް ޖައްސައިލުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. މިއުޝީން ކުރިއަށް އަޅަމުންދިޔަ ފިޔަވަޅު ހުއްޓުނީ ނިކްޔަލް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ސިިހިފައި މިއުޝީން ފަހަތަށް އެނބުރިބަލައިލިއިރު ހެވިފައި ނިކްޔަލް ހުއްޓެވެ.
އެކަނޑެއްފަދަ ފުންދެލޮލުގައިވި ދަމާބާރަކުން މިއުޝީންގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ދުވަހަކުވެސް ފިރިހެނަކު އޭނާއާާ ދިމާއަަށް އެފަދަ ނަޒަރަކުން ބަލައިލިތަނެއް އޭނާ ނުދެކެއެވެ. މިއުޝީނަށް ހިންދިރުވައިލެވުނެވެ.
“އަހަ. އަހަރެން.. އަ. އަތުން ދޫކުރޭ.” ކިތަންމެރުޅިއައިސްފައި ބުނަން ބޭނުންވިނަމަވެސް މިއުޝީނަށް އެހެންބުނެވުނީ ޖެހިލުންވެފައި ހުރެއެވެ. ނިކްޔަލް ދެފަރާތައް ބޯހޫރުވައިލިއެވެ.
“ނަން ބުނީމަ ދޫކުރާނީ.” މިއުޝީންގެ ދޮންއަތްތިލައަށް ބަލައިލަމުން ނިކްޔަލް އެހެންބުނުމާާއެކު މިއުޝީނަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. މިއީ ކިހިނެއްވެގެން އުޅޭ މީހެއްހެއްޔެވެ؟ އެވަރަކުން އޭނާާގެ ނަން ހޯދަން އެއުޅެނީ ކީއްވެހެއްޔެވެ؟
އެވަގުތު ދަބަހުގައި އޮތް މިއުޝީންގެ ފޯން ރިންގްވާން ފެށިއެވެ. ސަލާމަތުން އޮތް އަތުން ފޯން ނަގައި ބަލައިލިއިރު އިޒާނާާގެ ކޯލެކެވެ. އެގުޅަނީ އޭނާ ލަސްވެގެންކަން މިއުޝީނަށް އެނގުމާއެކު ތެޅިގަނެވުނެވެ.
“ޕްލީޒް މިވަގުތު ދޫކޮށްލާ. އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ. ޕްލީޒް. އެހެންފަހަރަކުން ނަން ބުނާނަން. މިހާރަކު ނޫން. ޕްލީޒް.” އޭނާާ ލަސްވެއްޖެނަމަ އިޒާނާާ ކަންބޮޑުވާނެކަން އެނގޭތީ މިއުޝީން އާދޭސްކުރަމުން ދިޔައެވެ. އެންމެފަސޭހައިން ނިކްޔަލްގެ ގާތުން ސަލާމަތްވެވޭނީ ނަންބުނެގެންކަން އެނގުނުނަމަވެސް މިއުޝީން އޭނާގެ ނަންބުނާކަށް ބޭނުމެއްނުވިއެވެ. މިއޮތް މީހުން ގިނަތަނުން ދެން އޭނާ ހޯދުމަކީ އުނދަގޫކަމަކަށް ވާނޭހިތައި މިއުޝީން ދެންދިމާވާފަހަރަކުން ނަން ބުނާނަމޭބުނީ ނިކްޔަލްއަށް އޭނާ ދެން ނުހޯދޭނެކަމަށެވެ. ނިކްޔަލްގެ އަތްދަށުން އަވަހަށް ސަލާމަތްވާން ބޭނުންވެފައި ހުރިވަރުންނެވެ.
އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ކުއްލިއަކަށް ނިކްޔަލް މިއުޝީންގެ އަތުން ދޫކޮށްލިއެވެ. އަދި ބޯޖަހައިލަމުން ހިނިތުންވެފައި އޯކޭއޭ ބުނެލިއެވެ.
ނިކްޔަލް އޭނާގެ އަތުން ދޫކޮށްލުމާއެކު ފަޔަށް ލެވުނުހައި ބާރެއްލައިފައި މިއުޝީން ހިނގައިގަތެވެ. އޭރުވެސް މެދުކެނޑުމެއްނެތި އޭނާގެ ފޯން ރިންގްވަމުން ދިޔައެވެ. ފަހަތަށް ބަލައިލިއިރު ހެވިފައި ނިކްޔަލް އޭނާއާާ ދިމާއަަށް ބަލަންހުރިތަންފެނި އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރި ހިނގުން ބާރުކޮށްލިއެވެ.
މިއުޝީން ދިޔަދިމާއަށް ބަލަންހުރުމަށްފަހު އެއްޗެއް ވިސްނައިލަމުން ނިކްޔަލް ހިނގައިގަތެވެ. އޭނާގެ ކާރުގައި އައިސް މަގުގެ އެއްފަރާތުގައި ހުއްޓިހުރި މިއުޝީން ފެންނަހިސާބުގައި މަޑުކޮށްލައިގެން ނިކްޔަލް އިނެވެ. ޓެކްސީއެއް ހޯދަން މަސައްކަތްކުރަމުންދިޔަ މިއުޝީނަށް ކަޅިޖަހައިނުލައި ބަލަމުން ނިކްޔަލް ދިޔައެވެ.
ޓެކްސީއެއްލިބުމާއެކު މިއުޝީން އޭގެއަށް އެރިއެވެ. ނިކްޔަލް އަވަސް އަވަހަށް ކާާރު ސްޓާރޓްކޮށްލަމުން މިއުޝީން އެރި ޓެކްސީގެ ފަހަތުން ދުއްވައިލިއެވެ.
އެކިމަގުތަކުގައި ކާރު ދުއްވަމުންގޮސް މިއުޝީންއެރި ޓެކްސީ ގެއެއްގެ ކައިރިއަށް މަޑުކޮށްލުމުން ނިކްޔަލްވެސް ތަންކޮޅެއްފަހަތުގައި ކާރު މަޑުކޮށްލަމުން މިއުޝީން ގެއަށް ވަންނަންދެން ބަލަންއިނެވެ.
މިއުޝީން ވަނުމާއެކު ހެވިފައިއިނދެ ނިކްޔަލްގޮސް އެގޭކައިރިއަށް ކާރު މަޑުކޮށްލަމުން ގޭގެ ނަންބޯޑަށް ބަލައިލިއެެވެ. “މ.ރޯޝަނީ.” މަޑުމަޑުން ގޭގެ ނަން ނިކްޔަލް ކިޔައިލިއެވެ. އަދި ހިނިތުންވެލަމުން އެއްއަތް އޭނާގެ ކަޅުކަންގަަދަ ފަންއިސްތަށިގަނޑުގައި ހިންގައިލީ މިއުޝީންގެ މައުސޫމް ސޫރަ ދެލޯކުރިމަތީގައި ސިފަކުރަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.







Hey all salaam.. So here is the 6th part of this story. Hoep u guys will like this part too.. If there is a mistake do let me knw.. Next part in sha allah tnrw..Enjoy reading.. N hv a nice day all.. Ly ❤?
NAU VAAHAKA VRH REETHI HABEYS HAMA 100 DHEYVARU VEY
LOVE U DEAR
Awwn.. Thank u sooo much dear.. Love u too❤
Alheyyy plz adhi eh part nau.. I just can’t wait.. ?
Ahaha.. Hehe.. Dhn wait kohlaany dhw.. ??.. Hehe.. Thanks mee?
Wow interesting well done dr next part avasskohladhehchey
Thanks nuz
Wow vvv reethi mi story..up kureytho balabalaa mi innany..comment kohnulevunas story kiyan up kuraa irah…keep it up ❤
Thanks chim.. Happy to knw that..❤
v v reethi.kon irakun next part up kohdheynii
Thanks gisha.. In sha allah tmrw
Hey nau?? story habeys hama??next part ah waiting??
Thanks awa.. ?
Nau is the best… Varah reethi mi part ves❤
Thanks dear..❤
Shabahey nauyah v habeys
Hehe.. Thanks any dear❤
Wow. .. varah varah varah reethi…… waiting….❤❤❤❤❤❤
Thanks zuam❤
Wowwwww..
Stry vvvv salhi ingey dear……
Keep it up nau…
Waiting 4 next part.. plx plx upload soon dear..
Have a nice day nau…???????
Thanks alot dear.. ❤
Masha allah vv reethi mi part ves ??
Thanks afu?
Nau dhoonnii this story is super wow! When next part????????????????????
Thanks sana dhoony.. In sha allah tmrw❤?
Vaahaka v.loabi nau dear????????????????????? waiting
Thanks dear?❤
Wow!wow! Wow!super story 100 dheyvaru vey ????????
Thanks alot samahaa?❤
Wow!wow! Wow!
Thanks axka
Wow, nice..ehaaginain comment nukuriyas i do read u’r story’s regularly….ur te best… Ly sooooo much ❤❤❤??????? OW…
Thanks dear.. Happy to knw that.. Luv u too?❤
Yess nau yuh r the bxxt?. N my fav ingey. Totally luv it. Kyp goin darl. ❤god bless yuh. ?
Awwnn.. Thank u soo much my dear.. Love u too.. May god bless u dear❤?
Nau u vvvvvvv molhu…… Vahaka vx vvvv salhi….
Thanks dear..
Hi nau❤?
Masha allah you’re great. ???
Salute!!!! ?
Mi part vx Varah Varah reethi ❤❤❤??
Waiting?
Love u???
Hi dear.. Thanks sjk.. Love u too?
V reethi ???
Waiting for next…..
Thanks dear?
Nau nau nau…..?♥♥♥ Theee hama emme best… Vvvv loabi mi story….??? Miu aa shayaan aa nu gulhuvahche…? Miu and Nikyal so cute vaane….? Anna rulheega Thi Rasha ge boa baalaa hiyy vany hama.? I hate her..?
Haadha goahey dhw…
When next part??
Hama kiyaa hiyy vany..??
Soo curious to know what will happen next..??
Love you Nau kolhaa.♥♥❤✨
Hehehe.. Aan dhw.. Thank u soooo much dear.. In sha allah tmrw.. Love u too dear?❤
Miusheen and Nikyal aagulhey dhuvahakun Shayan j kohlaathi ingey….
Can’t wait to read the next part…. Waiting ??
Hehe.. Ya nikan j kohlan vaane dhw.. Thanks yaal.. ??
Ooops. .. mi part ves vvv reethi. . V hiynhama jehigen mikiyaali. .. next part ah v inthizaaru kurevey. .. pls avahah up kurahchey. ..
Thanks navy..
Meega ulhey nikyal miu dheke lobi vaanee dho.. nikyal ah miu libeyneba … Iza anekka nikyal dheke lobi vedhaane Tha.. varah visney dhen vaanee gothaka medhu… Varah reethi story…
Hehe. Lets see dhw vaagotheh. Adhikiriyaa aslu stry mi start vany.. Hehe.. Kyp waiting.. Thanks maree
nice….❤??