“ދަރިފުޅާ ނައިލް…އާދޭ ސައިބޯން…” ވަރަށް ލޯބިން ނޫރާ ނައިލްއަށް ގޮވާލިއެވެ. ބަސް އަހާ ކުޑަކުއްޖަކު ފަދައިން ނައިލް ގޮސް މޭޒުގެ ކޮޅުގައި ނާޝިދުގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. “ދަރިފުޅާ ހާރޫން އަންކަލް މެން އައިސް އެބަ އުޅެ އެއްނުން…ހައިކަލް ނުބުނޭތަ ދަރިފުޅު ކައިރީ….ބައްޕަ ހީކުރީ ދަރިފުޅު ވެސް ދާނީ އެއާޕޯޓަށް ކަމަށް….” ނާޝިދު އަހާލިއެވެ. ************************************************************************************* ނައިލް އަނގައަށްލާލާ އިން ކަވާބު ކޮޅު ވެސް މޭޒުމައްޗަށް ވެއްޓުނީ ނާޝިދު ދެއްކި ވާހަކައަކުންނެވެ. ހާރޫން އަންކަލް މެން އަންނަ […]
“ފެރާރޯ” ދޯނިން ފޭބި ރީޝަމް އަތުން ފޮށި ދަމަމުން ހިޔަލުގައި މަޑުކޮށްލީ ދެކޮޅު ބަލާލަމުންނެވެ. ރަތްދަކަ އަވީގައި ހުރުމަށްވުރެ ހިޔަލުގައި ހުރުން މާ ރަނގަޅުވާނެވިއްޔާއެވެ. މަންމަ އެ ބުނި ބޮޑުދައިތަގެ ފިރިމީހާ ވެސް އަދި ނާދެއެވެ. އަޔަސް އޭނާ ވަކިކުރަން އެނގޭނެ ހެއްޔެވެ؟ ރީޝަމް އެގޮތުގައި ހުރެ މާލޭގެ މަގުތަކަށް ނަޒަރު ހިންގާލިއެވެ. އަސްތާ! މިއީ އުޅެން ހެޔޮވާވަރުގެ ތަނެއް ހެއްޔެވެ؟ އަހަރެން މި މާލޭގައި ދޭ ކީއްކުރަން ތިން ހަތަރު އަހަރު ވެސް ހޭދަކުރާނީ ކިހިނެއް […]
މިއީ ހަ އެކުވެރިންތަކެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ލިޔާ ޚިޔާލީ ވާހަކައެކެވެ. ހޫރައިން: ޢުމުރުގެ ބޮޑު ބައި ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު ރާއްޖެ އަންނަނީ އޭލެވެލް ހެދުމަށްށެވެ. ރާއްޖެއިން ބޭރުން ކިޔަވަން ބޭނުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ލިބިފައި ވިޔަސް އޭނާ ބޭނުންވަނީ އޭނާގެ އެންމެ ގާތް ދެ އެކުވެރިންނާއި ލޯބިވާ ބޭބެގެ ގާތުގައި ހުރެ ކިޔަވަންށެވެ. ނަމަވެސް ކިޔެވުމުގެ އެންމެ ފަހު މަރުހަލާގައި ހީނުކޮށް ހުއްޓާ ދިރިއުޅުމަށް ބިންދާލަނީ ބިޔަ ބޮޑު ރާޅެކެވެ. […]
އައްސަލާމު ޢަލައިކުމް “ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން…” މި ވާހަކައިގެ ފުރަތަމަ ބަޔަށްފަހު ދެން ހުރި ބައިތައް ނުގެނެސްދެވި ލަސްވިކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. އަޅުގަނޑު ކަނާތުގެ އޮޕަރޭޝަނެއް ކުރުމުން އަތަށް ރެސްޓެއް ދިނުމަށް ޑޮކުޓަރު އިރުޝާދު ދެއްވާފައިވާތީ މި ވާހަކައިގެ ދެން ހުރި ބައިތައް ގެނެސްނުދެވި ލަސްވީ. އަޅުގަނޑު ގަސްދުކުރަނީ ވާހަކަ އެއްކޮށް ލިޔެ ނިމުމުން އަޕްލޯޑު ކުރަން ކަމަށްވާތީ ލަސްވެދާނެ ވާހަކަ ބުނެލަން. އިންޝާ ﷲ ވާހަކަ ލިޔެ އެއްކޮށް […]
ހުދު ކަފަކޮޅުތަކެއްހެން އުޑުމަތިން ސްނޯގެ އެކިވަރުގެ ހަމަލާތައް ބިންގަނޑަށް ދެމުންދެއެވެ. ޖައްވުގައި ފިނިހިފާލާފައި ވަނީ ބޭރަށް ނިކުތުމުން ގަނޑުވާހާ ވަރަށެވެ. މިއީ އެ ޝަހަރަށް ސްނޯ ވެހޭ މޫސުމެވެ. މި ފިނި މޫސުމުގައި ވެސް ކޮޅުކޮޅު މަތިން އޭރު ވެސް މީހުން މަދެއްނޫނެވެ. އެކި ކަންކަމުގައި މަގުތައްމަތީގައި މީހުންތައް ހޭލަމޭލަވަމުންދެއެވެ. ކަންކަންމަތީގައި ގާޑިޔާ ތަކުގައި ތަފާތު ބާވަތުގެ އެއްޗެހި ވިއްކުމަށް ޓަކައި މީހުން ޙަރަކާތްތެރިވެއެވެ. ދެކެފަރިތަ މީހެއްނަމަ ގޮވާލާ ޙާލު އަހުވާލު އަހާ ހަދައެވެ. މިއީ ނަވާރަ […]
އުދުހިލާފައި އުޅޭ ކޮކާލެއްހެން އުޅެން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ކޮކާ ވެސް އެއް މަލުން ފޮނި ބޮމުން އަނެއް މަލުން އޭގެ ފޮނިކަމުގެ ރަހަ ލިބިގަންނަމުން ބަގީޗާ ތެރޭގައި އުދުހިލާފައި އުޅޭނެއެވެ. އެއްވެސް ހާސްކަމެއްނެތި މަޖަލާ ސަކަރާތުގައި އުޅެނީ ދިމާވެދާނެ ހާނިއްކައަކަށް ބެލުމެއްނެތިއެވެ. ގަނޑުވަރަކީ ޖަލެއް ކަހަލަ ތަނެކެވެ. ހަމަނުޖެހުމާއި ދެކޮޅުވެރިކަން އިންތިހާއަށް ބޮޑުތަނެކެވެ. ކޮންމެ ކޮޅަކުން ވެސް ދިމާވެދާނެ ނުރައްކަލަކަށް ހުށިޔާރުވެގެން ތިބެން ޖެހެއެވެ. ރަސްގެފާނުގެ ތަޙުތަށް ހުއްޓޭ ލޯތަކެއް މަދެއްނުވާނެއެވެ. ހަމައެއާއިއެކު ރަސްމަތިފުށުގެ އާއިލާއަކަށް […]
ޒާން ބަނޑުން ވެއްޓިފައި އޮތް އިރު ކިރިޔާ ހަރަކާތް ކުރެވޭ ކަމެވެ. ދާޑިދެންމެއަކު މެހެކާ ދިމާއަށް އައި ކާރުގައި ޖެހި ޒާޏް މާ ދުރަށް ވިއްސައިގެން ގޮސް ބޯ ޖެހުނު ގޮތުން މުޅި މީހާގެ ހޭ ހުރީ ކިރިޔާއެވެ. އެހާލުގައި ވެސް މެހެކް ފެނުމުން އަތް ދިއްކުރީ އެއަތުގައި ހިފާށޭ މެހެކް ގާތުގައި ބުނަމުންނެވެ. އެ ނަޒަރުންނާއި އެ ލޮލުން ކުރި އާދޭސް މެހެކަށް ފެނުނު ހިނދު އަތުގައި ހިފީ ކޮންމެ ހާލެއްގައި ވެސް މިވަގުތު ޒާން […]
ޒާންގެ ހާލަކީ ތޯއެވެ. މިވަގުތު އޭނާގެ މޫނު މައްޗަށް ރަނގަޅަށް ބަލައިފި މީހަކު ޖެހޭނީ ފަހަތަށްށެވެ. ހީވަނީ ބިރުވެރި ސިންގާއެއް އޭނާގެ ޝިކާރަވެރިޔާ ފަސްދީ ދާން އުޅުމުން ހަމައިން ނެއްޓިހެންނެވެ. އެއައި ގޮތަށް އައިސް ހިފީ މެހެކްގެ ކަރުގައެވެ. ސައުރަތިރީސްވަނަ ބައި ޒާންގެ ހާލަކީ ތޯއެވެ. މިވަގުތު އޭނާގެ މޫނު މައްޗަށް ރަނގަޅަށް ބަލައިފި މީހަކު ޖެހޭނީ ފަހަތަށްށެވެ. ހީވަނީ ބިރުވެރި ސިންގާއެއް އޭނާގެ ޝިކާރަވެރިޔާ ފަސްދީ ދާން އުޅުމުން ހަމައިން ނެއްޓިހެންނެވެ. އެއައި ގޮތަށް […]
އޭގެ ކުޑައިރުކޮޅެއް ފަހުން ކާރު އައިސް ހަސްފަތާލުގެ ދޮރުމައްޗަށް މަޑުކުރުމުން ޑްރައިވަރަށް ވެސް ބެލުމެއްނެތި ކާރުން ފައިބައިގެން މެހެކް ވަނީ ހަސްފަތާލަށެވެ. އެއިރު ވެސް ތަނުގައި ނޫސްވެރިންތައް ހަރަކާތްތެރިވެއެވެ. އެއިރު މެހެކް ހަސްފަތާލަށް ވަދެގެންދިޔަ މަންޒަރު ލައިވްކުރަން ނޫސްވެރިންތައް ހޭބޯނާރާ އުޅެއެވެ. މެހެކް ހަސްފަތާލަށް ވަދެގެން އެ ދިޔަ ގޮތަށް ދިޔައީ ތިއޭޓާ ކައިރިއަށްށެވެ. މެހެކަށް އެހިސާބަށް އަރާހަމަވުމުން އެވަގުތު ތިއޭޓަރުގެ ދޮރު ހުޅުވާ މޫނު ނިވާކޮށްފައި އޮތް މެހެރުއްނިސާ ނެރެނީއެވެ. “މާމާ………………..” މެހެކްގެ އަޑަށް އެތާ […]