ކުއްލިއަކަށް ވަރަށް ބާރަށް ޒާން ހަޅޭލަވައިގަތެވެ. އަދި މެޒުމަތީގައި ހުރިއްޔާ ހުރި ކަރުދާސްތަކެއް ހޫރާލިއެވެ. އިސާހިތަކު ތަރުތީބުން ހުރި ކެބިން މިހާރު ހީވަނީ ސުމާނީއެއް އަރާފައި އޮތް ހެންނެވެ. “އައިމް ސޮރީ މާމާ…..ނޯ……މެޑަމް މެހެރުއްނިސާ……ހެއްހެއްހެއް……އަހަންނާ މެހެކްގެ ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ނިމުން ހިތިވާނެ……” އިވުނީ ވަރަށް ވެސް ވިހަގަދަ ބަސްތެކެކެވެ. ޒާންގެ ދެ ލޮލުން އަލިފާނުގެ ކަނި ވިރެމުން އަންނަހެން ހީވެއެވެ. އިރުކޮޅަކުން ކޮންމެ ވެސް ނަމްބަރަކަށް ގުޅާލާ ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު އެތަނުން ނިކުންނަން […]
ޒާން ފާހާނާއަށް ވަނުމުން އެ ކޮޓަރިއަށް ވަށައިގެން މެހެކް ބަލާލީދެނެވެ. ހީވީ ޒާން ހުރުމުން އިތުރު އެއް ދިމާލަކަށް ވެސް މެހެކް ބަލަން ބޭނުންނުވީހެންނެވެ. އެ ކޮޓަރިއަކީ ބަލާލަން ހިތްގައިމު ބޮޑު ކޮޓަރިއެކެވެ. މެހެކް ކޮޓަރީގެ ވަށައިގެން އެކި ދިމަދިމާލަށް ނަޒަރު ހިންގާލަމުން ފާރުގައި އަތް ކާއްތަމުން ދިޔައެވެ. މެހެކް ވެސް ހުރީ އެ ކޮޓަރީގެ ފުރިހަމަކަމުން އަޖައިބުވެފަ ތޯއްޗެކެވެ. މެހެކް ޑްރެސިން ޓޭބަލުގައި އިން ވާސްއެއްގައި އަތް ޖައްސާލާ އޭގައި އިން ލިލީ މާތަށް ރީތިވެގެން […]
“ހެލޯ ގައިޒް…….އަޅުގަނޑު ވެސް މިއައީ ހަމަ ޝުކުރުގެ ބަހެއް ބުނެލަން އިނގޭ….ޒިވް އެންމެ ރަނގަޅު ތަ؟؟…..ހެއްހެއްހެއް…..ފުރަތަމަކަމަކަށް މި ހޮޓެލްގެ ކަންކަން އެންމެ ފުރިހަމައަށް ކޯށްދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން…….ދެވަނަ ކަމަކަށް އަޅުގަނޑު ވެސް އެބަ އޮތް ވާހަކައެއް ބުނަންވެފައި….” ޒާން ފަހަތުން މައިކެއް ހިފައިގެން ޒިވިއަން ކައިރީ ހުރެ އެއްމިޔަކަނުން ހީލާފައި ވާހަކަދައްކަން ފެށިއެވެ. އެއް ކުންފުންޏެއްގެ ދެ ވާރިޞުން އެއް ވަގުތެއްގައި ވާހަކައެއް ދައްކަން އުޅުމުން ގިނަ ބައެއްގެ މޫނުމަތިން ސުވާލުތަކެއް އެނބުރެންފެށިއެވެ. […]
އެހެން އިރުކޮޅަކު އިނދެލާފައި ނަމްބަރަކަށް ގުޅާލިއެވެ. ބޭރު ނަމްބަރަކަށެވެ. “ހެލޯ ޑޭވިޑް…….ވަޓްސް ދި ޕްލޭން؟….އިޒް އިޓް ރެޑީ…..” ކުރު ކުރު ލަފުޒުތަކެކެވެ. އެހެނަސް ކޮންމެ ވެސް ރޭވުމެއް ރާވަމުންދާކަން އިނގެނީ ޒާން އެ ނަމްބަރަކަށް ގުޅާ އެ ބުނާ ޑޭވިޑަކަށް ގުޅައިގެން ދެއްކި ވާހަކަތަކުންނެވެ. އޮނަތިރީސްވަނަ ބައި “ޔެސް މިސްޓަރ ޒާން…ޑޯންޓް ވޮރީ….” އެކޮޅުން ޑޭވިޑްގެ ޖަވާބު ލިބުމުން ޒާންގެ މޫނުމައްޗަށްވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. “ޒިވިއަން އޯ ޒިވިއަން………މެހެކް ގޮނަ ބީ މައިން ސޫން……..އަހަރެންގެ ލޯބި […]
މެހެކް ފޯރ ޒެޑް ކުންފުނީގެ މައި ދޮރުން ވަދެގެން ގޮސް ރިސެޕްޝަނުގައި މަޑުކޮށްލާފައި މިސްޓަރ ޒިވިއަންއާއި ބައްދަލުކޮށްލަން އެދުނެވެ. ރިސެޕްޝަނުގައި އެވަގުތު އިނީ މެހެކް ދަންނަ ކުއްޖަކަށްވާތީ މަޑުކޮށްލަން އެދުނެވެ. “ރީޝާ ނޭނގޭތަ…މިސްޓަރ ޒިވިއަންއާއި ބައްދަލުކޮށްލަން ބޭނުން ނަމަ އެޕޮއިންމަންޓެއްކަން ހައްދަން ޖެހޭނީ…” އެވަގުތު ގަނޑުތަކެއް ހިފައިގެން ރިސެޕްޝަނުގައި މަޑުކޮށްލި ލިބާ ރުންކުރުކަމާއިއެކު ބުނެލިއެވެ. އަށާވިސްވަނަ ބައި މެހެކް ސުވާލުގެ ނަޒަރަކުން ލިބާއަށް ބަލާލިއެވެ. “އެކްސްއިކުޒް މީ؟….” މެހެކް އަހާލީ ހައިރާންކަމާއިއެކުއެވެ. “ޔެސް މިސް މެހެކް…..ޒިވިއަންގެ […]
“ޒާން މިއަދު އައި އޮފީހަށް….” އެއްވެސް ދިރޭ އެއްޗެއްގެ ވެސް ހިލަމެއްނެތް އެ މާހައުލުން އިވުނީ މެހެކްގެ މިއުޒިކީ ރީތި އަޑެވެ. “އެއީ ކީއްކުރަން؟؟…” ހައިރާންކަމެއް އެކުލެވޭ ރާގަކަށް ޒިވިއަން އަހާލިއެވެ. “އަދި ވެސް ގިވްއަޕެއް ނުކުރޭ…..ހީ އިޒް ޓޯޓަލީ އަ ޑިފަރެންޓް ޕާރސަން….ބައެއްފަހަރު ޖެހިލުން ވެސްވޭ…..” މެހެކް ކަންބޮޑުވުން ފައުޅުކުރިއެވެ. “މެހެކް…..” ޒިވިއަން ވަރަށް މަޑުމަޑުން ގޮވާލިއެވެ. “ލެޓްސް ގެޓް މެރީޑް؟؟….” ދެން ޒިވިއަން ބުނެލި ވާހަކައިން މެހެކަށް އެސްފިޔަޖަހާލަން ވެސް ހަނދާންނެތި އެ ފިރިހެންވަންތަ […]
އެރޭ ވެގެންދިޔައީ ލޯބިވެރިންގެ ލިސްޓަށް ޒިވިއަންއާއި މެހެކްގެ ނަން ވެސް ހިމެނިގެންނެވެ. ދެ ލޯބިވެރިންނަށް ވެވިގެންނެވެ. ސުވާލަކީ އެރޭ އެގުޅުނު ދެ ހިތުގެ ގުޅުން އެ އޮތް ގޮތަށް ކުރިއަށްދާނެބާއެވެ. ދެ ލޯބިވެރިންނަށް އަމާން ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟ އަނދިރިކޮޅިގަޑެއް ޙަޔާތަށް ބިންދާލަން އުޅޭކަން އިހުސާސުކުރޭބާއެވެ. ސައްބިސްވަނަ ބައި ޒެޑްއާއި އެމްސް ގުޅިގެން ފަށައިގެން އުޅޭ ޕްރޮޖެކްޓުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދެއެވެ. މިހާރު އިމާރާތް ބުރިބުރިއަށް ނަގާ އެތެރޭގެ މަސައްކަތް ފަށައިގެން ނިމުމަކާ ގާތްވީއެވެ. މެހެކްމެން ވެސް […]
ޒާންގެ ހާލަކީ ތޯއެވެ. މެހެކްގެ ޖާދުލުގައި ހަމަ ރަނގަޅަށް ވެސްވަނީ ޖެހިފައެވެ. ހިތުގެ އެދުމަށް އިޖާބަދެމުން ކުރިއަށް ދެވުނީ އެ ލޯބީގެ ބާރުގައެވެ. ޒިވިއަން ވެސް ހަމައެފަދައެވެ. މެހެކް ހިތްފުރޭވަރުވުމުން އިންތަނުން ތެދުވެގެން ފަހަތަށް އެނބުރުން އިރު ޒިވިއަން އާއި ޒާން އޭނާގެ ފަހަތުގައި ހުރުމުން ކުޑަކޮށް ސިހުނެވެ. އަދި ހައިރާންވެސްވިއެވެ. ޒިވިއަން އާއި ޒާންއަށް އެއްފަހަރާ އަތްދިއްކޮށްލެވުނީ މެހެކް އެ އަތުގައި ހިފާލާ ތޯއެވެ. އެއިރު ތިބެވުނު މާހައުލާމެދު އެއިން އެކަކު ވެސް ސަމާލުކަމެއްނުދެއެވެ. ފަހަރަކު […]
“އަހަރެން ލޯބިވޭ މެހެކް ދެކެ…” އިރުކޮޅެއްފަހުން ޒާން ބުނެލިއެވެ. “އަހަރެން ވެސް….” ދުރު ބަލަހައްޓައިގެން އިނދެ ޒިވިއަން ވެސް ހާމަކުރިއެވެ. މިއާއިއެކު ޒާން ބާރަށް މޭޒުގައި ޖަހާލިއެވެ. އަދި ޒިވިއަންއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. “ހަނދާން ނައްތާލާ…މެހެކްވާނީ އަހަރެންގެ މީހަކަށް…ހަމައެކަނި އަހަރެންގެ..” ރުޅިވެރި ދެލޯ ޒިވިއަންއަށް އަމާޒުކޮށްގެން އިނދެ ޒާން އިއްވާލިއެވެ. މިއާއިއެކު ޒިވިއަން ވެސް ބުނެލިއެވެ. “ތިހާ ޔަޤީން ކަމާއިއެކު ނުބުނޭ…ގަދަބާރުން ލޮތްބެއް ނުހޯދޭނެ…..އެހެންނޫނަސް މިހާރު މުޅި ދިވެހިރާއްޖެއަށް އިނގޭނެ އަހަރެން މެހެކްދެކެ ލޯބިވާކަން…ބައްޕަމެންނަށް ވެސް…” […]