ތަނަވަސް ކޮޓަރި ތެރެއިން އިވެނީ މީހަކު ބިރުން ފިތްކަނޑައިގެންދާފަދަ އަޑުތަކެކެވެ. އެއްޗެހިތަކެއް ތެޅޭ އަޑާއި ހޫރާ އަޑުފަދަ އަޑުތަކެވެ. އެ ކޮޓަރި ކުރިމަތީގައި ނޯކަރުންތައް ތިބީ ހާސްވެފައެވެ. އެމީހުންގެ ސާހިބާ ގެއިން ނިކުމެގެން ދިޔައިރުގެ އުފާވެރިކަން ގެއަށް އައިސް ވަތް އިރަކުނެތެވެ. އައި ގޮތަށް އައިސް ކޮޓަރި ވެސް ތަޅުލައިގެން ނަވީންގެ ރުޅިގަޑު އެ ބާލަނީ ކޮޓަރީގައިވާހާ ތަކެއްޗަށްށެވެ. ނަމަވެސް އާޚިރުގައި އެތަން އިހު ހުރިގޮތަށް ތަރުތީބުކޮށް ސާފުކުރަން ޖެހޭނީ ވެސް ހަމަ ނޯކަރުންނަށްށެވެ. މުޅި ކޮޓަރި […]
އިރު ފެނުން ތޮޅެލީ އެއްބަޔަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދެމުންނެވެ. އަނެއްބަޔަކަށް މާޔޫސްކަމާއި ހިތިކަން ގެނުވަމުންނެވެ. މިއީ ދުނިޔޭގައި ކަންހިނގަމުންދާ ގޮތެވެ. މަދު ބަޔަކަށް ނޫނީ ހިތްހަމަޖެހުމާއިއެކު ދުވަސް ނިމިގެންދާނެއެވެ. މަގުތައް ބާރު ބޮޑުވެފައިވަނީ އޮފީސްތަކަށްދާ މީހުންނާއި ސްކޫލުތަކަށް ދާކުދިންނާއި ޔުނިވަރސިޓީ ނުވަތަ ކޮލެޖުތަކަށްދާ ކުދިންނައިގެންނެވެ. ގަޑި ޖެހެންވާއިރަށް އެއިން ކޮންމެ މީހަކު ވެސް ބަލަނީ އެމީހެއްގެ މަންޒިލަށް އަމާންކަމާއިއެކު ދެވޭތޯއެވެ. ޔަގީނުން ވެސް ގަޑީގެ ކަށްޓަކު ނުހިފޭނެތާއެވެ. ތިންވަނަ ފިޔަވައްސަށްދާން ހަދާފައިވާ ބުރިޖުމަތިން އުޅަނދުތައް ވައިސޫރިއެއްހެން ދުއްވާފައިދެއެވެ. […]
“އައްސަލާމްޢަލައިކުމް…އަޅުގަނޑު މީ ޝިމާލުގެ ލޯޔަރު އާކިފް… ޝިމާލުގެ ވިލް އަޅުގަނޑުގެ އަތުގައި މިއޮތީ….” އާކިފްގެ އަތުގައި ހުރި ގަނޑުތައް ސޯފާ ކުރިމަތީ ހުރި ދިގު މޭޒުމަތީ އަތުރާލިއެވެ. “ޝިމާލުގެ ވިޔަފާރީގެ ފަންސަވީސް އިންސައްތަ ހުރިހާ ކުދިންނަށް ވެސް ހަމަހަމައަށް ބަހާލާފައިވަނީ….މިބުނީ ކާފަ ދަރިން ވެސް ހިމަނައިގެން….އެންމެ ފަހުން ހުޅުވި ލޯ ފާމު އެއީ މެހެކަށް…އަދި ޝިމާލު ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން މެހެކަށް ޙާއްސަ އެޕާޓުމަންޓެއް ވެސް ގަނެފައި….ޝިމާލުގެ ވަޞިއްޔަތަކީ ހުރިހާ ކުދިން ގުޅިގެން ރީތިގޮތުގައި އުޅުން….މެހެކާ […]
ސަހަރާތެރެ ހަލަބޮލިވެފައިވަނީ މިއަދު ނިޔާވި ރާއްޖޭގެ އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ ޝިމާލު ޝާފިޒުގެ ޖަނާޒާއޮތުމުންނެވެ. ޝިމާލު ދަންނަ އެންމެ އާދައިގެ މީހާއިން ފެށިގެން ގޮސް ސިޔާސީ ދާއިރާގައި މަތީ މަޤާމުތަކުގައި ތިބޭ މީހުން ވެސް ޝިމާލުގެ މޫނު ބަލަން ގޮސް ތިއްބެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދު އެތަނަށް ގޮސް ތިބި އެންމެންނަކީ ވެސް ޝިމާލުގެ އެހީތެރިކަން ކޮންމެ ވެސް ގޮތަކުން ލިބުނު މީހުންނެވެ. ޝިމާލުގެ ޖަނާޒާއަށް ގިނަ ބަޔަކު ދިޔައިރު އެއިން ކޮންމެ މީހަކު ވެސް […]
އަހަންނަކީ މީހެއްގެ ދަރިއަކީމެވެ. އަންހެން ކޮއްކޮއެއްގެ ދައްތައަކީމެވެ. މީހެއްގެ އަތްނބަކީމެވެ. ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމައަކީމެވެ. އަހަންނަކީ ވަޒީފާއަދާކުރާ މީހެކެވެ. މުދައްރިސާއެކެވެ. ކުދިންނަށް ކިޔަވައިދިނުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ޒަވާޖީ ޙަޔާތެއް ފެށުމާއިއެކީގައި އެންމެ އުންމީދު ކުރެވޭނެ ކަމަކީ މަންމާއޭ ކިޔާފައި ލޯބިން ގޮވާލާނެ ފުރާނައެކެވެ. އެކުގައި ހީ މަޖާކޮށް ހަދާނެ ކުޑަކުޑަ ކޮކާލެކެވެ. އެގޮތުން އަހަރެންގެ ހިތް ވެސް އެދިގޮވީ އެފަދަ ކަމަކަށްށެވެ. އިރާދަކުރެއްވީތީ އެ އުންމީދު ހާސިލުވުމުގެ ހުޅުކޮޅު […]
ޝިމާލު ވަށައިލައިގެން އެންމެން ވެސް ތިބީ ވާހަކަދައްކާށެވެ. ޝިމާލު ހެއްވާލުމަށް ޓަކައި އެކިއެކި ވާހަކަދައްކަން ތިއްބާ ޕްރައިވެޓު ރޫމުގެ ދޮރު ހުޅުވާފައި ވަތް އަންހެން ކުއްޖާއަށް އެންމެން ތިބީ ކަޅި ވެސް ޖަހާނުލާ ބަލަންށެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުމުން މެހެކްގެ މުޅި ހަށިގަނޑަށް ފިނިކަން އިހުސާސުކުރެވުނެވެ. މަޑުމަޑުން ކުރިއަށް ޖެހިލީ ކާފަ ގާތަށްދާށެވެ. ބަރާބަރު ފަސް އަހަރު ފަހުން ލޯބިވާ ކާފަ ދަރިފުޅު ފެނުމުން ޝިމާލަކަށް ކެތެއްނުކުރެވުނެވެ. ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ގޮސް އެންމެ ފަހުން […]
ކާފަގެ އަތުގައި ހިފަހައްޓައިގެން ޝަދާން އިން ގޮތަށް އިނީ ހަރަކާތެއް ވެސް ގެންނަން ނޭނގިފައެވެ. ބަރާބަރު ފަސް އަހަރު ފަހުން އެ ނަން އިވުމުން އެ ކުރެވުނު އިހުސާސު މިއަދު ވެސް ކުރެވުނެވެ. މީގެ ފަސް އަހަރު ކުރިން އެހިތުގައި ފޮރުވައިގެން ހުރި ހުރިހާ އިހުސާސުތަކެއް މިއަދު ހޭލައިފިކަން ގައިމެވެ. ހަމައެކަނި އެންމެ ނަމެއްގެ ސަބަބުންނެވެ. އެންމެ މީހެއްގެ ސަބަބުންނެވެ. ނަމަވެސް މިއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެންމެންގެ މޫނުތަކަށް އަރާ ކުލަވަރު ބަލަން ހުރި […]
ކާރުން ފޭބި ގޮތަށް ޝަދާނު ވަދެގެން ދިޔައީ ހޮސްޕިޓަލުގެ ގޭޓުން އެތެރެއަށްށެވެ. މީހުން ބަލާވަރުން އޭނާ ހުރީ ރުޅިގަދަވެފައެވެ. އަބަދުވެސް ހުންނަ ސީރިޔަސް ކަންމަތީ ވަދެގެން ދިޔައިރު ހޮސްޕިޓަލުގެ ސްޓާފުން ޝަދާންއަށް އަދަބު އިޚުތިރާމް އަދާކުރުމުގެ ގޮތުން ސަލާމް ގޮވާލައެވެ. އެއީ ކާކުކަން އެނގޭތީ އަދަބު އިޚުތިރާމް ކުޑަ ނުކުރާންވެގެންނެވެ. ޝިމާލަށް އޮންނަ ލޮތްބާއި އިޚުތިރާމް ޝިމާލުގެ ދަރިންނަށް ވެސް އަދި ކާފަ ދަރިންނަށް ވެސް ކުރެއެވެ. ޝިދާނުގެ ފަހަތުން އޭނާއާ އެއްހަމަކުރަން މަސައްކަތްކުރަމުން އާރާ ވެސް […]
މިއީ ޝަދަން އާއި މެހެކުގެ ވާހަކައެވެ. ލޯބި، ހިތާމަ، ބޭވަފާތެރި، އޮޅުވާލުން ފަދަ ހުރިހާ ރަހައެއް އެކުލެވޭ ވާހަކައެކެވެ. ފަސް އަހަރުގެ ލޯބި އެންމެ ދުވަހަކުން ގެއްލުނީ ކީއްވެ ހެއްޔެވެ؟ މެހެކްގެ ހިތުގައި ޝަދަންގެ މައްޗަށް އޮތް ލޮތްބަށް ވީ ކިހިނެއް ހެއްޔެވެ؟ އެ ދެމީހުންގެ މެދަށް ވިހަލީ ކާކު ހެއްޔެވެ؟ ވިހަގަދަ ހަރުފައެއްގެ ޝިކާރައަށް ގައިމު ވެސް ޝަދަން އާއި މެހެކް ވެއްޖެއެވެ. ނޯޓު: ވާހަކަ ލިޔުމަކީ ނުހަނު ލޯބިކުރާ ކަމެކެވެ. ނަމަވެސް “ތިނެސްކަން ލޯބި” […]