ނަބީހު އާއި ނަވީން ތިބީ ނަބީހުގެ ގޭގެ ލިވިންގރޫމުގައި ކޮފީއަށް އިންސާފުކުރާށެވެ. ނަވީންގެ ކައިރީގައި މަލްޝަބާ ވެސް އިނެވެ. ދަރިފުޅު އެތައް އަހަރަކަށްފަހު ފެނުމުން މައިލަގޮނޑިއަށް ކެތެއް ނުކުރެވުނެވެ. މަލްޝަބާގެ ލޮލުން ކަރުނަ ފައިބައިގަތީ ބަލަބަލާ އިންދައެވެ. އެއީ އޭނާގެ ދެ ކުދިންގެ ތެރެއިން އޭނާ އެންމެ ލޯބިވާ ހަގު ދަރިފުޅެވެ. “ދަރިފުޅާ…މިކޮޅުގައި އުޅޭ އިރު މަންމަ ކައިރިއަށް ނައީ ކީއްވެ ތަ؟….ހާދަ ދުވަހެއް ވެއްޖޭ ދަރިފުޅު ނުފެންނަތާ ވެސް….މަންމަމެން ކައިރީ އުޅޭން އަންނަންވީނުން….” މަލްޝަބާ ޝަކުވާކޮށްލިއެވެ. […]
ރެޒިޑެންސް ވިލާގެ ހުރިހާ އަންހެނުން ކާރުގައި މިސްރާބު ޖަހާފައި ވަނީ ތިން ވަނަ ފިޔަވަހީގައި ހުންނަ އެމީހުންގެ މޯލާއި ދިމާލަށްށެވެ. އާއިލާގެ ހުރިހާ އެންމެންނަށް ވެސް އެއްކޮށް އެރޭނެވަރުގެ ދިގު ކާރެއް ޝިމާލު ވަނީ މީގެ ދިހަ އަހަރު ކުރިން ގެނެސްފައެވެ. އެއީ ޕްރައިވެޓް ނަންބޯޑު ޖަހާފައިވާ ވަރަށް ޝާހީ ކާރެކެވެ. ހުދު ކުލައިގެ މި ކާރު ފެންނަ މީހަކު ތަރި ބުރައިގެން ދާނެކަން ގައިމެވެ. ކާރު އައިސް މަޑުކޮށްލީ “ދަ ލަގްޒަރީ މޯލު” ކުރި މައްޗަށްށެވެ. […]
އާރާ ހުރީ ރުޅި އައިސް ރަތްވެފައެވެ. އޭނާއަށް ވެގެންވާނަމަ ދެވަނަ ފަހަރަށް އޭނާއާއި ދިމާލަށް އެގޮތަށް ބެލިޔަކަނުދިނީހެވެ. މަސްލަހަތަށް ބަލާފައި ހަނުހުރީއެވެ. ނަމަވެސް މިކަން ޝަދާންއާއި ހަމައަށް ގެންދަން އޭނާ ހުރީ ކެތްމަދުވެފައެވެ. އެގެއިން އޭނާ އާއި އަނގައިން ބުނަނީ ޝަދާންއެވެ. ދެން ތިބި މީހުންނަކީ އޭނާގެ ދުޝްމަނުންނެވެ. އެމީހުން ނުބުންޏަސް ޝަދާން އާއި މެހެކުގެ ގުޅުމަށް ރުހޭކަން އެއިން ކޮންމެ މީހެއްގެ ހަރަކާތުން އެނގެއެވެ. މިކަމުގެ ސަބަބުން މެހެކު ދެކެ އޭނާ އިހުނަށްވުރެ ބޮޑަށް ރުޅިއައެވެ. […]
ތަނަވަސް ކިންގު ސައިޒު އެނދުގައި އޮތް ފައިނާގެ ޚިޔާލުގައި ވަނީ އެންމެ މީހެއްގެ ތަސްވީރެވެ. އެމީހަކަށް މިހާރު އެތައް ފަހަރަކު މެސެޖު ވެސް ކޮށްފިއެވެ. ނަމަވެސް ޖަވާބެއްނައެވެ. މެސެޖުތައް ބަލާފައި ހުރިކަން ސީން ކޮށްފައި ހުރުމުން އެނގެއެވެ. ވީގޮތް ނޭނގި އެގޮތަށް އޭނާ ބާކީކޮށްލުމުން ފައިނާ ދެރަވިއެވެ. އެހެން އޮށްވާ ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވުނެވެ. ފޯނު ބަލައިލި އިރު ‘އޭނާ’ ގެ މެސެޖެއްކަމުން އަވަސް އަވަހަށް ބަލާލިއެވެ. އެމީހަކު ފޮނުވާފައި ވަނީ ފޮޓޯއެކެވެ. އެއީ […]
“ޒިން…އޭ” ރާކިން އެލްޒިންގެ ފަލަމަސްގަނޑުގައި ވިކާލުމުން މީހާ ސިއްސައިގެން ގޮސް ގޮޑިން ނުވެއްޓުނީ ވެސް ކިރިއާއެވެ. “ސާބަހޭ…ވަރެއްވެފައޭ ދޯ؟……” ރާކިން ދިމާކޮށްލިއެވެ. އެލްޒިން ރަކިވިއެވެ. އަންހެން ކުއްޖަކު ފެނިގެން އެވަރު ވާންޖެހޭ ހެއްޔެވެ؟….އެވަރުން ވެސް ލޮލުގެ ހިމަކޮޅުން ފައިނާމެންނާ ދިމާލަށް ބަލާލިއެވެ. “މަ ބުނީ…އެއިނީ ކޮން ކުއްޖެއް ތަ؟….” އެލްޒިން އަހާލިއެވެ. “ކޮން….އެއީ ދާންގެ ކަޒިންސް އެއްނުން…” ރާކިން ނޭނގޭ ކަމަށް ހަދާލިއެވެ. “ސާބަހޭ…މަށަށް ވެސް އެނގޭ ތިވަރު….މި ބުނީ ބުޅި އިސްތަށިގަނޑެއްގެ ވެރިޔާ އަކީ ކޮން […]
ދެ ޒުވާނުން ވެސް މަޑުމަޑުން ދޮން ފަސްގަނޑުމަތިން އަތުގުޅުވާލައިގެން ހިނގަމުން ދިޔައެވެ. ވެލިގަނޑުމަތީ އިށީދެލީ މޫދަށް ނަޒަރު ހުއްޓާލައިގެން ތިބެއެވެ. އެވަގުތު މަތިން ދޫނި ބައިގަނޑެއް އުނދުހިގެން ދިޔަތަން ފެނުނެވެ. “ކިހާ ހިތްފަސޭހަ ދޯ؟…އަހަރުމެން ވެސް އެ ދޫނިތައްފަދައިން އެހާ މިނިވަންކަމާއިއެކު އުޅެވޭނެ ނަމަ ކިހާ ރަނގަޅު……” ފައިނާ ބުނެލިއެވެ. “ނާނާ…މިއަދު ވެސް ތި އައީ ގޭ މީހުންނަށް ސިއްރުން ދޯ؟….’ ޒުވާނާ ބުނެލިއެވެ. “މި ނޫން ގޮތެއްވާނެ ނަމައޭ ހިތައްއަރާ…..ޓޫ އިޔާޒް އަހަރުމެން މިއުޅެނީ މިހެން….މަންމައަށާއި […]
“ދާން…މިރޭ ގެއަށް ވެސް ނުދަނީތަ؟…” ޝަދާންގެ ކެބިންއަށްވަތް އާރާ އަހާލިއެވެ. ކޮމްޕިއުޓަރުން މަސައްކަތެއްކުރަން އިން ޝަދާން އިސްއުފުލާ ބަލާލިއެވެ. “އާން….މީ މާދަމާ އޮތް މީޓިންގްއަކަށް ރެޑީ ވަނީ މި…..މިރޭ ވެސް ބަލާ ނާންނަނީތަ؟….” ޝަދާން އަހާލީ އެހެން ރޭރޭ ވެސް އަހާ އުސޫލުންނެވެ. އާރާ ބަލާ އޭނާގެ ބައްޕަ މީގެ ކުރިން އަންނާނެއެވެ. އެހެންނަމަވެސް އާރާގެ އެދުމުގެ އާރާގެ ބައްޕަ އައުން މަދުވެއްޖެއެވެ. މިހާރު އެއްގޮތަކަށް ވެސް ނާދެއެވެ. އޮފީހުގައި ބުރަކޮށް އުޅުމުގެ ސަބަބުން ބައްޕައަށް ނާދެވޭ […]
ސަރުކާރުގެ ނަންބޯޑޫ ހަރުކޮށްފައިވާ ކަޅު ކާރުގެ މިސްރާބު ހުރީ ނައިބު ރައީސް ޔޫސުފް ނަބީހުގެ ގެކޮޅަށްށެވެ. އެ ކާރު ގޮސް ހުއްޓުނީ “ބްލޫ ހެވަން” ޖަހާފައިވާ ރީތި ބޮޑު ގެއެއްގެ ކުރިމައްޗަށްށެވެ. ދޮރުވާނު އަވަސް އަވަހަށް ގޭޓު ހުޅުވައިދިނުމުން ގޭޓުން އެތެރެއަށް ކާރު ވަދެގެން ގޮސް މައިދޮރު ކުރި މައްޗަށް ހުއްޓުނެވެ. އިންތިޒާރުގައި ހުރި ގޭގެ އިސް ނޯކަރު ކާރުގެ ދޮރުފަތް ހުޅުވައިދިނުމުން އެ ކާރުން ފޭބީ ބައިމަތި ފުޅާ އިސްކޮޅުން ބިޔަ ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. […]
“ނާޒު…..ހަމަޖެހޭ…ނިމިދިޔަ ކަމެއްގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތް….މެހެކު ވެސް އަދި އެކަން ގަބޫލުކުރާނެ ދުވަސް ވެސް އަންނާނެ….” އެންމެ ފަހުން ޝަރުއާނު ބުނެލިއެވެ. “ތި ދުވަހެއް ނާންނާނެ ދޮންބޭ….ނޫން ނަމަ އޭނާ އެކަން ގަބޫލުކޮށް އަހަރެމެންގެ ގާތަށް މި ފަސް އަހަރު ތެރޭ އައީސް…..މި ކަމުގެ ސަބަބުން ބައްޕަ ވެސް ބަލިވެގެން ނުދާނެ….” ޝެހެނާޒުގެ ލޯ ފެންކަޅިވީ ޝިމާލުގެ މަތިން ހަނދާންވުމުންނެވެ. “ކާފަ ބަލިވީ އަހަންނާ ހެދިތަ؟…..” މެހެކުގެ ހިތުގައި އޮތް ސުވާލު ދުލާ ހަމައަށް […]