Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާސިލްވުމަށް އެދެނީ 4

Mysterious Woman Level 310 Stories100 Comments
March 27, 2025 6 Mins Read
8 Comments

ކިޔެވުމުގެ ފުރަތަމަ ދުވަސްކަމުން މިއަދު މުޅިން ވެސް އޮތީ އެއް ކުއްޖެއް އަނެއް ކުއްޖެއް ތަޢާރަފުވުމުގެ ބައެވެ. މާ ބޮޑު ކިޔެވުމެއްނެތި މިއަދުގެ ދަންފަޅި ނިމިގެން ދިޔައީ ތައާރަފުވުމާއި ސްކޫލުގެ ބައެއް ޤަވާއިދުތައް ކުދިންނަށް ހަނދާންކޮށްދެމުންނެވެ.

*************************************************************************************

ކޮޓަރީގެ ބެލްކަނީގައި ހުސްގަޔާ ކޮފީ ތައްޓެއް ހިފައިގެން ނައިލް ހުރީ ފުން ވިސްނުމެއްގައެވެ. އެހެން މީހުން ކުރިމަތީ ސީރިޔަސްކަން މަތީ ހުއްޓަސް ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއި އެކު އެކަނިވެރިކަން އިހުސާސުވެގެންދެއެވެ. ހަނދާންކުރަން ބޭނުން ނުވާ މާޒީގެ މަތިން ހަނދާންވެއެވެ. ނައިލްއަކީ ކުރިން ވަރަށް ސަކަރާތް ބޮޑު ކުއްޖެކެވެ. އަމާން އާއި ހައިކަލްއެކޭ އެއްފަދައިން ލާނެއްކަމުގެ އިންތިހާއެވެ. އާއިލާގެ އެންމެ ހަނގަށް ހުންނަ ކުއްޖާކަމުން އެންމެންގެ ލޯބި ވެސް ވަނީ ނައިލްއަށް ލިބިފައެވެ. ނައިލްގެ މިޒާޖު އެއްކޮށް ބަދަލުވެގެން ދިޔައީ ނޭނގި ތިއްބައެވެ. އަލިކަމުގެ ދައްމަރުން އަނދިރިކަމުގެ ނިވަލަށް ވަނީ ނޭނގި ހުއްޓައެވެ. ސަކަރާތާއި ލާނެއްކަން ދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ. ކުރީގައި ހެވިފައި ހުންނަ ނައިލްގެ ހިނިތުންވުމުގެ ބަދަލުގައި މިހާރު ފެނިގެންދަނީ ރުޅި އާއި ބަޔާންކުރަންދަތި ވޭނެވެ. މިކަމާ އެންމެން ވެސް ފިކުރުގެ ކަނޑަކަށް ޣަރަގުވެގެންދިޔައެވެ.

ޙިޔާލުގެ ވާފަށް ބުރިވެގެންދިޔައީ ނައިލް އަށް އައި ފޯނު ކޯލުގެ ސަބަބުންނެވެ. ގުޅަނީ ހައިކަލްއެވެ. “އޭ ބްރޯ….ކޮންތާކަށް ވަދެގެން ތި އޮތީ…….ތި އޮތްތާކުން ނިކުމެގެން އާދެބަލަ އަހަރުންގެ ގެޔަށް….” ނައިލް ފޯނު ނެގުމާއިއެކުހެން އިވުނީ ހައިކަލްގެ އަޑެވެ. “އާ އޯކޭ….ފަނަރަ މިނެޓު ތެރޭ އެބަދަން….” ހައިކަލްއަށް އަވަސް ޖަވާބެއް ދިނުމަށްފަހު ނައިލް އަވަސްވެގަތީ ހައިކަލްމެން ގެޔަށް ދާންށެވެ.

“ދެން ނޫ އާ ރީ އަންނަންވީނުން އަހަރުން ގެޔަށް…..މަ މި އޮތީ އެކަނިވެފައި….އާދެބަލަ ނިކަން މޫވީއަކާ އެއްޗެހި ބަލައިލަން…..” ހޫރައިން ކުސްތަޅަނީ ނޫރާ އާއި ރީޝަމް އެ ގެއަށް ނައިސްގެންނެވެ. “އެހެންވެޔޭ މި ބުނަނީ ހިނގާށޭ މިއަދު ހަވީރު އެންމެން ހިނގާލަން ދާން…ސަންފަ ގޭގަ އޮތެކޭ ކިޔާފައި އެންމެންވީ ކަމަނާފާނުގެ އަރިހުގައި ހުންނަން؟؟….” ނޫރާ ވެސް ވަކި ދޫނުކުރަން އެހުންނަނީ ހަވީރުގެ ހިތްފަސޭހަ ވަގުތުގެ އުފާ ލިބިގަންނަން ވެގެންނެވެ. “ދެން ތި ދެ މީހުންވެއްޖެ އެއްނުން އެއް ގަލަކަށް އަރަން…..ދާނެ ތަނެއް ނޭނގެންޏާ މަ ގޮތް ނިންމާނީ…..މިއަދު ހަވީރު އައި މެން ތިން މީހުން ދާނީ ހަވީރު ރަސްފަންނަށް ހޫރް ބީ ރެޑީ އޮން ޓައިމްއަށް…..ހަވީރު ހަތަރަކަށް….އެންޑް މާދަން ވީ ވިލް ގޯ ކޮލެޖު ނިންމާފައި މޫވީ ބަލަން ތި ގެއަށް….އޯކޭ އެއްނުން….” ފަހުގެ ނިންމުން ރީޝަމް އިއްވީމައި ދެން ޖެހޭނީ އެގޮތާ އެއްބަސްވާންތާއެވެ. އެގޮތުގެ މަތީން ހޫރައިން އެއްބަސްވީ މާދަން މޫވީ ބަލަން އެގެއަށް އެންމެން އަންނާނެ ވާހަކަ ބުނީމައެވެ.

ހައިކަލް އާއި އަމާން އަދި ނައިލް ތިބީ ހައިކަލްމެން ގޭގައި ވަރުގަދަ ފުޓުބޯޅަ މެޗެއް ބަލަންށެވެ. އަމާން އާއި ހައިކަލް ފޯރީގައި ހަޅޭފަޅޭޖަހާ ހެދިޔަސް ކަމާ ގަޔާނުވެ އިނީ ނައިލްއެވެ. ދެން އެތަނުގައި ނަމެއްގައި އިން މީހެއްފަދައެވެ. “މަ މިތަނަށް ގެނައީ ތި ދެ މީހުންގެ ހަޅޭކުގެ އަޑު އަހަން ބައިދަންތަ؟..” އެންމެ ފަހުން ނައިލް ބުނެލިއެވެ. “ބްރޯ ވަރަށް ފައްކާ މެޗެކޭ…..ބްރެޒިލް އާއި އާޖެންޓީނާގެ މެޗު ބަލަންޏާ އިވޭނެ ހަޅޭކުގެ އަޑު….” އަމާން އިނދެފައި ބުނެލިއެވެ. “ބްރޯ ދާންވީނުން…ހޫރް ކައިރިއަށް…ވެއްޖެ މަތީގައި…..ގޮވަންތަ؟..” ވިސްނާނުލާ ހައިކަލް ބުނެލި އެއްޗަކުން ނައިލްގެ ދެ ލޯ ބޮޑުވިއެވެ. އަދި މެޗުގެ ތެރެއަށް ވަދެ އިން އަމާން ވެސް އިނީ ބަނޑަށް ހިނިގަނޑު ހިފަހައްޓައިގެންނެވެ. އާ އެހެންޔާ އެންމެ ހަމަޖެހޭ މީހާގެ ދުލުން ނައިލް ރުޅި އަންނާނެ ވަރުގެ ބަހެއް ނިކުތީމަ ވާނީ ވެސް އެހެންތާއެވެ. އެންމެފަހުން ހައިކަލްއަށް ހޭވެރިކަމެއްވީ އަމާން ހައިކަލްގެ ފައިގެ ފަލަމަސްގަނޑުގައި ވިކައިގަތީމައެވެ. އެތަނުގައި ފިރުމާލަމުން އަމާން އާއި ދިމާލަށް ބަލާލި ހައިކަލްގެ މޫނުގައި ވާނުވާ ނޭނގޭ ތަރިތަކެއް ބުރައިގެންދިޔައެވެ. އަމާން އަތުންނާއި ބޮލުންނާއި ލޮލުން ގޮތް ގޮތް ހެދިޔަސް ވާކަމެއް ހަރާމެވެ.

“ބްރޯ…ކައޭ ހަމަޖެހޭ ތަ؟….ނައިލް ކައިރީ ހޫރައިން ކައިރިއަށް ދާށޭ ތި ބުނީ އޭނާ އެ އިންތަނުން ހިއްލައިލާނެ ކަމައްތަ؟؟…” އެންމެފަހުން އަމާން ސިއްރުން ހައިކަލްގެ ކަންފަތްބުޑުގައި ބުނުމުން އޭނާގެ ދެ ލޯ ބޮޑުވީ ބުނެވުނު އެތި ރެއަކާލީމައެވެ. “އޯ…ހެއްހެއްހެއް…..ނައިލް…މަ އެހެންބުނި އެއްޗެއް ނޫން އެނގޭ އެއީ….” ނައިލް ހަމަޖައްސަން ހައިކަލް އަވަސްވެގަތެވެ.

ތިން މީހުން ވާހަކަތަކުގައި ތިއްބާ ސިޑިން ޓޮއްޓޮއް ގޮވާ އަޑަށް އެންމެން އެ ދިމާލަށް ބަލާލިއެވެ. ނައިލް ވެސްމެއެވެ. ނަމަވެސް އެ ދިމާލަށް ބަލާލި ނައިލްއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން ހަނދާންނެތުނީ ކަންނޭނގެއެވެ. އިނދެވުނީ ހުއްޓުން އަރާފައިއެވެ. ސިޑިން އުސްކަށިލީ ފައިވާނުގެ އަޑު އެ އިވުނީ ހޫރައިން ސިޑިން ފޭބި އަޑެވެ. އަނގައަށް ލޮލީޕޯޕެއް ލައިގެން އިސްޖަހައިގެން ސިޑިން ފޭބި ހޫރައިންއަށް އެތަނުގައި ބަޔަކު ތިބިކަމެއް ވެސް ނޭނގެނީ ތޯއްޗެކެވެ. ވަށްތިރި ކަކުލާއި ހަމައަށް އަރާ ފްލޯރަލް ހެދުމަކާއި އެކު އަރާފައިވާ އުސް ފައިވާން ވަރަށް ވެސް ގުޅެއެވެ. ހެދުމާ ގުޅުވާ ބޮލުގައި އަޅާފައިވާ ބޭންޑުގެ ސަބަބުން ހޫރައިންގެ ރީތިކަން ހާމަވެއެވެ. އާންމުކޮށް ހޫރައިން އެގޮތަށް ހެދުން އަޅާނީ ތަނަކަށް ދާން އުޅޭތީއެވެ.

ބަޔަކު ބަލާހެން ހީވެގެން އިސް އުފުލާލި ހޫރައިންއަށް ހުއްޓުން އެރީ ނައިލް ވެސް އިނުމުންނެވެ. ދެ މީހުންގެ ކަޅި އެ ބައްދަލުވީ އަދި ކިރިޔާއެވެ. ގައިމު ވެސް ތަފާތު ކަމެއް މިފަހަރު ހިނގައިފިއެވެ. ދެ މީހުންނަށް ވެސް ދެ މީހުންގެ ހުރި ތަފާތު ރީތިކަން ހާމަވެއްޖެއެވެ. އިއްތިފާޤުން ދެ މީހުންނަށް ވެސް ހެދުން އެޅިފައި ވަނީ އެއްކުލައިންނެވެ. ހޫރައިން މަޑު ފިޔާތޮށި ކުލައިގެ ފްލޯރަލް ހެދުމެއްލާފައިވާއިރު ނައިލް ހުރީ މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެންނެވެ. ދެ މީހުން ވެސް އަވަސް އަވަހަށް ދުރު ބަލާލި ގޮތް ހައިކަލްއަށް ވަރަށް ރީތިކޮށް ފެނުނެވެ. މޫނަށް ލާނެއް ހިނިތުންވުމެއްވެރިވީ އެހެންވެގެންނެވެ.

“ހައިކް….ކޮންއިރަކު މިގެއަށް ބޭބީއެއް އައީ” ނައިލް މިހެން ބުނުމުން ހޫރައިންގެ މޫނަށް ރަތް ކުލަ ފާއްދާލިއިރު ހައިކަލް އާއި އަމާން އިނީ ދެ ލޯ މުދުނަށް އަރާފައިއެވެ. ނައިލްގެ މޫނުމަތީގައި ވަނީ ފަނޑު ނަމަވެސް ލާނެއް ކަމެކެވެ. މިއީ ނައިލްގެ ފަރާތުން މިވީ އަށާރަ އަހަރު ތެރޭގައި ނުފެނުނު ސިފައެކެވެ. އަނެއްކޮޅުން ދުވަހަކު ވާހަކަ ވެސް ނުދައްކާ މީހަކު ކުއްލިއަކަށް ލާނެއް އެއްޗެއް ބުނުމުން ހޫރައިން ހުރީ ވެސް ބޮލަށް އަރައިގަންނަން ތައްޔާރަށްށެވެ. “ނަން އޮފް ޔޯ ބިޒްނަސް…” ދެ ކަޅި މައްޗަށް އަރުވާލާފައި ހޫރައިން މިހެން ބުނެ ގުންފައި ޖަހާފައި ބޭރަށް ނިކުންނަން ދިޔުމުން ނައިލްގެ މޫނަށް ހައިރާންކަން ވެރިވިއިރު ހައިކަލް އިނީ ހިނިއައިސްފައެވެ. މިފަހަރު ނައިލްގެ މޫނުމަތިން ހައިރާންކަން ވެރިވީ ކީއްވެކަން އޭނާއަށް އެނގޭވިއްޔާއެވެ. ތި ރީތިކަމަށް ގެއްލޭ އަންހެން ކުދިން ތިއްބަސް މަގޭ ކޮއްކޮގެ ހިތާ ހަމައަށް ވާޞިލްވެވޭނީ ކުޅަދާނަ ފަހުލަވާނަކަށްށެވެ.

ރަސްފަންނުގެ ހިތްގައިމު ވަގުތެވެ. އާއިލާ އާއި އެކުވެރިންނާއިއެކު ވަގުތު ހޭދަކުރަން އައި މީހުން ވަކި މަދެއް ނޫނެވެ. ތަންތަނުގައި ގުރޫޕު ހަދާލައިގެން ފޮޓޯ ނެގުމައިގެން އުޅެނީ އެންމެ ރީތި ހަނދާންތައް ރައްކާކުރާށެވެ. މި މީހުންގެ ތެރޭގައި ހޫރައިންމެން ވެސް ހިމެނެއެވެ. ކޮންމެ މީހެއްގެ އަތުގައި ޖޫގޯ ތައްޓެއް ހުރި އިރު ރީޝަމް އުޅެނީ ތިން މީހުންގެ ސެލްފީ ނެގުމުގައި އަވަދިނެތިއެވެ. “ވަރަށް އުފާވެއްޖެ ހޫރް ރާއްޖެއަށް އޭލެވެލް ހަދަން އައިމަ…..ވީ މެޓް އާފްޓާ ސޯ ލޯންގް….އިޒް ދިސް ޑެސްޓިނީ އޮރް ޕްލޭންޑް؟..” ނޫރާ އަހާލިއެވެ. “ލެޓްސް ސޭ ބޯތް…..އައި ޕްލޭންޑް ދިސް ބިކޯޒް އައި މިސްޑް ޔޫ ގައިޒް އަ ލޮޓް….އެކޮޅުގައި ވެސް ފްރެންޑްސް އެބަތިބި ބަޓް ޔޫ ގައިޒް އާރ ދި ބެސްޓް….ސޯ ހައު ކޭން އައި ލެޓް ގޯ އޮފް ޔޫ ގައިޒް…..” ހޫރައިން ބުނެލީ ހިނިތުންވެލާފައިއެވެ. “ހޫމް ދެން މާ އިމޯޝަނަލްވާން އުޅޭނެ ކަމެއް ނެތް…..ވަރަށް ކަންކަން ކުރަންވާނެ ދޯ….” ތަނުގައި އޮތް ސީރިޔަސްކަން ކަނޑުވާލަން ހޫރައިން މަސައްކަތްކުރިއެވެ. ވީ ވެސް އެހެންނެވެ.

“އައި ސޯ ދެޓް އެނގޭ…” ހޫރައިން ބުނި އެއްޗެއް ފަހުމްނުވެފައި ތިބިހެން ރީޝަމް އާއި ނޫރާ ތިއްބެވެ. “ރީ ދަ ވޭ ޔޫ ލުކްޑް އެޓް މައި ބްރޯ…އެންޑް ނޫ ދަ ވޭ ޔޫ ލުކްޑް އެޓް މައި ބްރޯސް ފުރެންޑު…ވަޓްސް ހިޒް ނޭމް…ހޫމް…..އަމާން…” ހޫރައިން ބުނި އެއްޗަކުން ދެ މީހުންގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ޕަކަޕަކަލާފައި ހޫރައިން ހޭން ފެށީ ދެ މީހުން ތިބި ގޮތް ފެނިފައިއެވެ. ބުޅާ ގޯނިން ބޭރުވީމާ ވާނީ ވެސް އެހެންތާއެވެ. “ވަޓް އެބައުޓް ޔޫ؟؟…” ރީޝަމް ވެސް ވަކި ދޫ ކުރާކަށް ނޫޅެއެވެ. ދެ ލޯ ކުޑަކޮށްލާފައި ހޫރައިންއަށް ވެސް ބަހުގެ ހަމަލައެއް އެއްލައިފިއެވެ. “ވަޓް އެބައުޓް މީ؟..” ހޫރައިން ދެ ކޮޑު އަރުވާލީ އެ ބުނި އެއްޗެއް ނޭނގުމުންނެވެ. އަދި ޖޫގޯ ތަށިން އެތި ފޮދެއް ބޯލީ މީހާގެ ސިކުނޑި ތާޒާކޮށްލަން ތޯއްޗެކެވެ.

“ދަ ވޭ ޔޫ ލުކްޑް އެޓް ނައިލް…” ޖޫގޯ ތަށިން އެތި ފޮދު ފޮދުން ބޮއެ ބޮއެ އިން ހޫރައިން ކޮށި އެރީ ނުހާ އިނދެފައި ބުނެލި އެއްޗަކުންނެވެ. މީހާ ހަމައަކަށް އެޅުނީވެސް އިރުކޮޅެއް ފަހުންނެވެ. “މަ؟؟…މަ ކޮން އިރަކު އޭނާއަށް ބެލީ؟….ހެލް ނޯ….އެއީ ދެން މީހަކު ބަލާވަރުގެ މީހެއް ތަ؟..އެ މޫނަށް ވެސް ބަލާލަން ކެރޭނީ ކުޑަ ނަމަވެސް ހިނިތުންވުމެއް ފެންނަނަމަތާ…..މަ މި އައިރު އިނޭ ދޮންބެ އާއިއެކު އޭނާ…އަދި ބުނެފިއެއްނުން…ގެއަށް ކޮން އިރަކުހޭ ބޭބީއެއް އައީ….އަޅެ މަމީ ބޭބީއެއް ތަ؟….ވަރަށް ފޫހިވޭ….އަންހެން ކުދިންނަށް ތުއި ދެއްކެންވެގެންނޭ މާ ސުމާޓު މީހަކަށް ވެގެން އެ އުޅެނީ…..އެވަރުން ވެސް މި ހޫރައިންގެ ހިތަކާ ހަމައަށް ނާދެވޭނެ…..ޔޫ ނޯ ވަޓް އައި މީން ރައިޓް….” ވަރަށް ފޯރީގައި ހޫރައިން ދައްކަން ހުރި ވާހަކައެއް ވިއްޔާ ދައްކާ ނިންމާލައިފިއެވެ. އެންމެ ފަހުން ގެއިން ރުޅި ހިފައިގެން ނިކުތް މީހާ އެ ރުޅިގަނޑު ބޭލީ ކަމުގެ ތެރޭ ނެތް ދެ މީހުންނަށްށެވެ.

“ދެން ތި ދެ މީހުންގެ އަނގައިން ބަސް ހުސްވީ ތަ؟….ގައިމު ތި ދެ މީހުން ދޯ ސުވާލު ވެސް ކުރީ….” ހޫރައިން އަނެއްކާ ވެސް އަހާލީ ދެ މީހުން ކުރެ އެކެއްގެ ދުލުން ވެސް ބަހެއް ނުނިކުންނާތީއެވެ. “އައައަ…ޔޫ ވާ ރައިޓް..ބަބަޓް….ތި ބުބުނި ހުރިރިހަހާ ވާވާހަކައެއް އިއިވިއްޖެޖެ ކަކަންނޭނގެގެ…” ރީޝަމް އަޅަ އަޅައިގަންނަމުން ބުނެލީ ފަހަތުގައި ތިބި ތިން މީހުން ފެނުމުންނެވެ. މިފަހަރު ހޫރައިންގެ ދުވަސްނުދާނެ ގޮތެއް ނޯންނާނެއެވެ. ފަހަތުން ހައިކަލް އާއި އަމާން ބިނދިބިނދިފައި ހޭން ތިބި އިރު ނައިލް ހުރީ ރުޅި އައިސް ރަތްވެފައިއެވެ.

“ކާކަށް ކޯއްޗެއްތަ އަޑު އިވުނީ…ދެން މަ ދައްކާ ވާހަކަ އަޑުއަހަން ތިބޭނީ ތި ދެ މީހުންނެއްނުން…” ފޯރީގައި ޖޫގޯ ތަށި ހުސްކުރުމައިގެން ހޫރައިން އުޅެއެވެ. ފަހަތުން ބޮމެއް ގޮވަން ތައްޔާރަށް ހުރި ކަމެއް ނޭނގެއެވެ. “ތި ޖޫގޯ ވަރަށް މީރު ތަ؟..” ނައިލް އަހާލިއެވެ. “ޔެސް ދިސް އިޒް ބެސްޓް…” އިވުނީ ކާކުގެ އަޑެއް ތޯ ވެސް ބަލާނުލާ ހޫރައިން ޖަވާބުދިނެވެ. އެވަރުން ވެސް އެކުއްޖާފުޅަށް ރެއަކާނުލަނީ ތޯއްޗެކެވެ. “މަގޭ ހޫރް ކަމަނާއަށް ވަރަށް މީރުވެއްޖެ ދޯ ޖޫގޯ..ދޮންބެ އަދި ތީގެ އެއް ތަށި ގަނެދެން ތަ؟ ހައިކަލް ފަހަތުން އައިސް ހޫރައިންގެ ކޮޑަށް އަތް ވައްޓާލާ ކައިރީ އިށީނީ އެ ކުއްޖާފުޅަށް އެމީހުން އެތާ ތިބިކަން އަންގަންވެގެންނެވެ.

“ހޫމް ގަނެ ދޭނނނނ…….” ޖަވާބު ދެމުން ގޮސް ހައިކަލްގެ އަޑުކަން އެނގުމުން ކުއްލިއަކަށް ވާތް ފަރާތަށް ބަލާލިއެވެ. އެތަނުން ހައިކަލް ފެނުމުން ހޫރައިން ހުރީ ވާނުވާގައެވެ. ވަށައިގެން ބަލައިލިއިރު އަމާން އާއި ހައިކަލް ކުއްލިއަކަށް ރަސްފަންނުން ފެނުމުން ހުރީ ސުވާލު އުފެދިފައެވެ. އެހެންވިއްޔާ؟؟؟ ދެން ހިތަށް އެރި އެއްޗަކުން ހޫރައިންގެ ބޮޑު ދެ ލޯ އަދި ވެސް އިތުރަށް ބޮޑުކޮށްލީ ފަހަތުގައި ހުރި މީހާ އަކީ ކާކުކަން އެނގުމުންނެވެ. ރީޝަމްމެންނާއި ދިމާލަށް ބަލާލިއިރު އެ މީހުން ތިބީ އެވަރަށް އަންގަން މަސައްކަތްކުރީމަ ވެސް ނޭނގުމުން ދެން އަމިއްލަ ސަލާމަތް ހޯދާށޭ ބުނެލި ފަދައިން ބަލަހައްޓައިގެންނެވެ.

“ތިހާ ވަރަށް ނަފުރަތު ކުރަންޔާ ލޯބި ވެސް ވެވޭނީ މަ ދެކެ ކަންނޭނގެ….އަނެއްކާ މަ ދެކެ ލޯބި ވީ ތަ؟….ގައިމު މަ ކަހަލަ ހުތުރު މީހެއް ދެކެ ލޯބި ވެސް ވާނީ އެއަށްވުރެ ހުތުރު ކުއްޖެއް ދޯ؟….ސަފަރުކަތްދަ….” މަލާމާތުގެ ރާގަކަށް ނައިލް ބުނެލިއެވެ. ރީޝަމް އާއި ނޫރާގެ ދެ ލޯ ބޮޑުވި އިރު ހައިކަލް ހުރީ އެ ދެމީހުންނަށް ނޭނގޭނެހެން ވީޑިޔޯ ކުރާށެވެ.

“ވަޓް ދަ ހެލް….މަށާ ދިމާލަށް ސަފަރުކަތްދަ ކިޔަން ޔޫ ތީ ކާކު؟….މަ ވެސް ވަނަމަކުން ނުގޮވަން ދޯ؟….ސޯ ޔޫ ބެޓާ ބިހޭވް ވެލް…” ހޫރައިން ރުޅި އައީ އޭނާއާ ދިމާލަށް ސަފަރުކަތްދަ ކީމައެވެ. “މަށަށް ނަމުން ގޮވިން ތަ؟..” ނައިލް ވެސް ކޮށްލީ ސުވާލެކެވެ. ސަބަބަކީ ހޫރައިން އަދި އެ ދެމީހުން ދިމާވި ފަހުން ނައިލްއަށް އޭނާގެ ނަމުން މުޚާތަބުކޮށްފައި ނެތީމައެވެ. “މަ އެބަ އުޅެން ތަ ނަމުން ގޮވަން…..” ހޫރައިން ވެސް ވަކި ނައިލްއަކަށް ދޫނުކުރެއެވެ. ދެން ތިބި މީހުން ތިބީ ރީތި ޝޯއެއް ފެންނާތީ ފޯރީގައި ބަލަންށެވެ. އަމާންމެންނަށް ވެސް ނައިލް މިހާ ގިނަ ސުވާލު މީގެ ކުރިން އެ ދެ މީހުން ކުރެ މީހަކާ ވެސް ކޮށްފައިނުވާއިރު ހޫރައިންއާ ކުރާތީ ތިބީ ވެސް ހައިރާންވެ އަދި ހަމަ އެހާމެ އުފާ ވެސް ވެފައިއެވެ. ނައިލްގެ ކުރީގެ މިޒާޖު އަލުން އަނބުރާ އެ ދެމީހުން ވެސް ގެންނަން ބޭނުންވެއެވެ.

އެންމެ ފަހުން ދެ މީހުންގެ ޒުވާބު ހޫނުނުވަނީސް އެ ދެމަށް ރީޝަމް ވަދެ މައްސަލަ ހިންދާލައިފިއެވެ. އެވަރުން ވެސް ހޫރައިން ހުރީ ރުޅި މޫނު ހަދާލައިގެންނެވެ. ނައިލް ވެސް ހަމައެފަދައެވެ. ދެން ހަ މީހުންގެ ގުޅުން އިތުރަށް ގުޅިގެން ދިޔަ ދުވަހަކަށް މިއަދުގެ ރަސްފަންނުގެ ބައްދަލުވުން ވެގެންދިޔައެވެ. ރީޝަމް އާއި ހައިކަލް އަށް ދެ މީހުން ދެ މީހުން ވެސް ލޯބީގެ ބިންގާ އެޅިގެންދިޔައިރު ނޫރާއަށް އަމާންދެކެ ލޯބިވެވިއްޖެކަން ޔަޤީންވިއެވެ. ނަމަވެސް އަމާންގެ އުޅުމުން ނުހާދެކެ ލޯބި ވާހެން ހީވިއިރު ނުހާއަށް އެކަން ޤަބޫލުނުކުރެވެނީ އަމާންގެ މިޒާޖުންނެވެ. ކޮންމެއަކަސް ހަތަރު މީހުންގެ މެދުގައި ގުޅުން ބަދަހިވެގެންދިޔައިރު ނައިލް އާއި ހޫރައިންގެ މެދުގައި ބޯ ފާރެއް ވަނީ ރޭނިފައެވެ. އެ ފާރު ފުނޑުފުނޑުކޮށްލުމަކީ ނާދިރުކަމެކެވެ.

އާ ދުވަހަކަށް މަރުޙަބާކީ ހަ މީހުންގެ ވެސް ދުވަސް އުޖާލާ ކުރުވަމުންނެވެ. އެންމެން ވެސް ތައްޔާރުވަމުންދަނީ ގަޑި ނުޖެހި ކޮލެޖަށް ދެވޭ ތޯއެވެ. މިއަދު ހަ މީހުން ވެސް އެކީގައި ކޮލެޖަށް ދާން ރާވާފައިވާއިރު އެކަކަށްވުރެ ކުރިން އަނެކަކު ތައްޔާރުވެގެން ނުހާމެން ގެ ކައިރިއަށް އެއްވިއެވެ. ސަބަބަކީ ކޮލެޖާ އެންމެ ކައިރީ ނުހާގެ ގެ ކަމަށްވާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އަބަދަށްޓަކައި ހިތުގެ ލޯބި 12

Next

ފުރާނައިގެ ދިރުމޭތިއީ 18

Next
March 27, 2025

ފުރާނައިގެ ދިރުމޭތިއީ 18

Previews
March 27, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 12

8 Comments!

  1. Aalerrr says:
    March 27, 2025 at 3:00 pm

    Masha Allah mi part vx vrh reethi..
    When’s next part??
    Next part avahah up kohla dhehcheyy 🤍
    Vrh interesting story eh..

    1. Mysterious Woman says:
      March 28, 2025 at 5:43 am

      Thank you…. Insha allah soon… vaahaka kiyaalan libeyne ❤️

  2. Your fav bab says:
    March 27, 2025 at 4:33 pm

    Varah furihama Maashaa Allah!!!
    Hoor n nail are the comedians lmao😂😂😂
    But they are gonna be lovers too ig?
    Anyways I loved this part
    Lyssssssm mysterious women 💗💗💗
    When next??

    1. Mysterious Woman says:
      March 28, 2025 at 5:45 am

      Hehe thank you…so far they both are the comedians dhw…dhn hingaa vaaa goii balamaa..😁

  3. Anonymous says:
    March 27, 2025 at 8:26 pm

    Loamerey hindhu heevey gaathugaa vaahen ge coppy eii hn heevany…

    1. Mysterious Woman says:
      March 28, 2025 at 5:46 am

      oohh really…but this is my own imagination story…ehgoii kameh hurumaky ihthifaageh….hingaa kiyaalamaa dhw story nimen dhn….😊

  4. unknown gurll says:
    March 27, 2025 at 9:19 pm

    mi part ves reethi when next part waiting for the next part

    1. Mysterious Woman says:
      March 28, 2025 at 5:47 am

      Awww thanks inshallah avahah libeyne kitaalan dhn in episode…keep waiting ❤️

Comments are closed.

Next Episodeހާސިލްވުމަށް އެދެނީ 5←


All Right Reserved!