Skip to content
އެސްފިޔަ

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފާނެގޮތް

ސުކޫލުތައް ބަންދުވެ ލިބޭ އަހަރީ ޗުއްޓީއަކީ ދަރިވަރުން އެންމެ ބައްދަލުކުރަން ބޭނުންވާ ދުވަސްތަކެވެ. އެހެނީ އެއީ ކިޔެވުމާއި ފިލާވަޅުތައް ހެދުމުން އެއްކިބާވެ ބޯހަމަޖައްސާލަން ލިބޭ މަދު ދުވަސްތަކުން ދުވަސްތަށް ކަމަށްވާތީއެވެ. ނަމަވެސް އެ ލިބޭ އަހަރީ ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެހެންކަމުން، ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފާނެގޮތުގެ އިރުޝާދު މި ލިޔުމުގައި ހިއްސާކޮށްލަމެވެ.

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެންމެ ފުރަތަމަ ދީނީ ވާޖިބުތައް އަދާކުރާށެވެ. އެގޮތުން ފަރުޟު ފަސް ނަމާދު އެ ވަގުތުތަކުގައި ކުރަން އާދަކުރާށެވެ. މީގެއިތުރުން ކޮންމެ ނަމާދެއްގެ ފަހުގައި ޤުރުޢާނުން މިންވަރެއް ކިޔަވާށެވެ. އަދިހަމައެހެންމެ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުންމަތީ ދެމިހުންނާށެވެ. އޭރުން ދީނީ ވާޖިބުތައް އަދާކުރުންމަތީ ދެމިހުރުމަކީ ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ ކަމެކެވެ.

ޗުއްޓީގެ ބޭނުން ހެޔޮތުގައި ހިފުމަށް ދެން ކުރެވޭނެ ކަމަކީ އާއިލާއާއިއެކު ވަގުތު ހޭދަކުރާށެވެ. އެގޮތުން މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއިއެކު ވަގުތު ހޭދަކުރާށެވެ. ކޮއްކޮ، ދައްތަ ނުވަތަ ބޭބެއާއިއެކު ބޭރުތެރެއަށް ނުކުމެލާށެވެ. ދޭތެރެއަކުން ގޭތެރޭގައި ބާއްވާ އާއިލީ ސައިތަކުގައި ބައިވެރިވާށެވެ. އަދި ދުރުގައި ތިބި އާއިލާ މިތުރުންނާއި ގުޅުން ބަދަހިކުރުމަށް ގުޅާލާ ހަދާށެވެ. މިފަދައިން ކަންކޮށްފިނަމަ ޗުއްޓީ ތެރޭގައި އާއިލާއާއިއެކު ވަގުތު ހޭދަކުރެވޭނެއެވެ.

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ އެންމެ ފަހު ކަމަކީ ދުވަހީ ވަގުތުތަކުން ވަގުތެއް ކިޔެވުމަށް ހުސްކޮށްލާށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ބައި ގަޑިއިރު ނަމަވެސް ކިޔެވުމަށް ވަގުތު ހޭދަކުރާށެވެ.  ސްކޫލުން ޗުއްޓީ ތެރޭގައި ހަދަންދީފައި ހުރި ފިލާވަޅުތައް ދުވަހީ ބަހާލުމަކުން ބަހާލައިގެން ފިލާވަޅުތައް ހަދާ ނިންމާށެވެ. އަދި އެ ފިލާވަޅުތައް މުޠާލިޢާކުރާށެވެ. އެހެންނޫނީ އަހަރީ ޗުއްޓީ ނިމި ސްކޫލަށް ދާންވާއިރަށް އެ ފިލާވަޅު ހަނދާންނެތިދާނެއެވެ. މިފަދައިން ކަންކޮށްފިނަމަ ނަތީޖާއަކަށްވެގެންދާނީ ސްކޫލުން ހަދަންދީފައި ހުރި ފިލާވަޅުތައް ހަދާ ނިމި ޗުއްޓީގެ ބޭނުން ވެސް ހެޔޮގޮތުގައި ހިފޭނެއެވެ.

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭނެއެވެ. އެގޮތުން އެންމެ ފުރަތަމަ ދީނީ ވާޖިބުތައް އަދާކުރާށެވެ. އެއަށްފަހު ޗުއްޓީ ތެރޭގައި އާއިލާއާއިއެކު ވަގުތު ހޭދަކުރާށެވެ. އަދި ހަމަ އެހެންމެ ކިޔެވުމަށް ވެސް ވަގުތު ހުސްކޮށްލާށެވެ. އޭރުން ޔަޤީނުން ވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފޭނެއެވެ. ލިބޭ ކޮންމެ ޗުއްޓީއެއްގެ ބޭނުން ވެސް މިފަދައިން ހިފުމަށް ހުރިހާ ކުދިންނަށް ވެސް އިލްތިމާސްކުރަމެވެ.

 

 

މިއީ ކޮންމެ އަހަރެއްގެ ވެސް ސްކޫލު ކުދިންނަށް އަންނަ ޓާމު ބަންދާ ގުޅޭ ގޮތުން ލިޔުނު އިރުޝާދުދޭ ލިޔުމެކެވެ. މި ލިޔުމުން ތަފާތު ގިނަ މަޢުލޫމާތު ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. 🙂

Comments (1)

  1. Your fav bab

    Hey girl
    Love to see you back
    I wanna read a story from you so badd!!
    This article is just epic
    Lyssssm💗💗💗

Comments are closed.