Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާސިލްވުމަށް އެދެނީ 5

Mysterious Woman Level 310 Stories100 Comments
March 29, 2025 3 Mins Read
6 Comments

އާ ދުވަހަކަށް މަރުޙަބާކީ ހަ މީހުންގެ ވެސް ދުވަސް އުޖާލާ ކުރުވަމުންނެވެ. އެންމެން ވެސް ތައްޔާރުވަމުންދަނީ ގަޑި ނުޖެހި ކޮލެޖަށް ދެވޭ ތޯއެވެ. މިއަދު ހަ މީހުން ވެސް އެކީގައި ކޮލެޖަށް ދާން ރާވާފައިވާއިރު އެކަކަށްވުރެ ކުރިން އަނެކަކު ތައްޔާރުވެގެން ނޫރާމެން ގެ ކައިރިއަށް އެއްވިއެވެ. ސަބަބަކީ ކޮލެޖާ އެންމެ ކައިރީ ނުހާގެ ގެ ކަމަށްވާތީއެވެ.

*************************************************************************************

ސީ އެޗް އެސް ސީގެ މައި ގޭޓުން އެތެރެއަށް ހަ މީހުން ވަދެގެން ގޮސް އެ ބައެއްގެ ކުލާހާ ހަމައަށް ދިޔައެވެ. މިއަދު ހޫރައިންމެންނާ ދިމާލަށް އަންހެން ކުދިން ބަލަނީ ވެސް ތަފާތު ނަޒަރަކުންނެވެ. ފެންނަންނުވާ ބަޔަކާއިއެކު ފެނުމުން ވާނީ ވެސް އެހެންތާއެވެ.

ކުލާހަށް ވަދެވަދެ ހުރި ހޫރައިންއަށް ފަހަތުން ޒޯޔާ ގޮވާލިއެވެ. ފަސްއެނބުރި ހޫރައިން ބަލާލީ އެއްބުމަ ހިއްލަމުންނެވެ. މި އަޑަށް ހައިކަލްމެން ވެސް ކުލާހަށް ނުވަދެ އެއްކައިރީގައި ތިބީ ރީމްމެން ހޫރައިންމެންނާ ދިމާކުރުމުންނެވެ. ޒޯޔާ ކައިރީގައި ލިމްޔާ އާއި ރީމް ވެސް ހުއްޓެވެ. “އިއްޔެ އަހަރުމެން ދިން އިންޒާރަށް ބީރު ކަންފަތެއް ދެނީ ދޯ؟….ބުނީމެންނުން ހައިކަލް، އަމާން، ނައިލް މި ތިން މީހުންނާ އެކީ ފެނިގެންނުވާނޭ، އެމީހުންނާ ވާހަކަ ވެސް ދައްކައިގެން ނުވާނޭ…ދޭ އާ އަވާޒް….ސްޕެޝިއަލީ ހައިކަލް….ހީ އިޒް މައިން….ގޮޓް އިޓް؟..” ރީމް ވަރަށް ގަޓުވެލާފައި ހޫރައިންއަށް އިންޒާރުދިނީ އެއީ އެމީހުންނާ ކިހާ ގާތް ގުޅުމެއް އޮތް ކުއްޖެއްކަން ނޭނގޭތީތާއެވެ. ޚާއްސަކޮށް ހައިކަލް އަކީ ހޫރައިންގެ ކާކުކަން އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟

“ޔެސް ގޮޓް އިޓް…އެކަމަކު އެއްފަހަރު އިންޒާރުދިނީއެކެ ކިޔާފައި…ވީ ވިލް ނޮޓް ސްޓެޕް ބެކް….ސްޕެޝިއަލީ ހައިކަލް….ވީ ބޯތް އާ ޓްރޫލީ ރިލޭޓެބަލް….” ހޫރައިން ރީމް އިތުރަށް ރުޅިގަނޑުގެ ތެރެއަށް ގަންނުވާލީއެވެ. ހައިކަލްމެން ކައިރިއަށް ހިނިއައީ ހޫރައިންގެ ބަހުގެ މާނަ އެމީހުންނަށް އެނގޭތީއެވެ. ރީޝަމްމެން ވެސްމެއެވެ. އަނެއްކާ ވެސް ކުލާހަށް ވަދެވަދެ ހުރި ހޫރައިންގެ އަތުގައި ރީމް ހިފަހައްޓާ އަތުހުރިބާރެއްލާ ހޫރައިންގެ އޮމާން މޫނަށް ވީއްލާލީ ހޫނު އެތިފަހަރެކެވެ. ހައިކަލްމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ހައިކަލް ހޫރައިން ކައިރިއަށް ދާން އުޅުމުން ނައިލް ހުއްޓުވީ ހޫރައިންގެ ދިފާއުގައި ދެ ފަރާތުގައި ތިބި ރީޝަމް އާއި ނުހާ ދައްކާލަމުންނެވެ.

“އަހަރުމެން އެ މީހުންނާ ވާހަކަދެއްކިއްޔޭ ކިޔާފައި ތިވަރުވާންޖެހޭތަ؟…ހައު ޑެ އާރ ޔޫ ސްލޭޕް ހާ….އެއީ އެމީހުންނާ ކިހާ ގުޅުމެއް ހުރި ކުއްޖެކަން އެނގޭނަމަ ކެރޭނެތަ ތި ގޮތަށް އައިސަ މޫނުމަތީ އެތިފަހަރެއް އަޅަން….ރީމް އައި ކޭން ޓޮލެރޭޓު ޔޯރ އެކްޝަންސް…ބަޓް ނޮޓް މައި ބެސްޓީ…..” ހޫރައިންގެ ދިފާއުގައި އެންމެ ފުރަތަމަ ވެސް ނުކުތީ އެންމެ ހީނުކުރާ ފަރާތްކަމުގައިވާ ރީޝަމްއެވެ. ރީޝަމްއަކީ އެގޮތަށް މީހުންނާ ދިމާލަށް އެއްޗެއް ބުނަން ކެރޭ ކުއްޖެއްނޫންކަން ހޫރައިންއާއި ނުހާއަށް ވެސް އެނގެއެވެ. އޭނާގެ ދިފާއުގައި ތެދުވާނެ އޭނާގެ އެކުވެރިން ތިބުމުން ހޫރައިން ވަރަށް އުފާވިއެވެ. ރީމް ވީއްލާލި އެތިފަހަރުގެ ހޫނުމިން ދިޔަ ދިމާލެއް ވެސް އޭނާއަކަށް ނޭނގެއެވެ. އަނެއްކޮޅުން ހައިކަލް ހުރީ ރީޝަމްގެ މި ކެރުންތެރިކަން ފެނި ދީވާނާވެފައިއެވެ.

ކޮލެޖަށް އައި ދެވަނަ ދުވަހު ހީނުކޮށް ހުއްޓާ ލިބުނު ހަދިޔާގެ ސަބަބުން އެތައް ކަމެއް ބަދަލުވެގެންދާނެއެވެ. ޖެލަސީއޭ މިކިޔާ ވަބާއާ އެންމެ ފުރަތަމަ ބައްދަލުމިވީ ހޫރައިންއާއެވެ. މި މީހުން މިވަރަކުން ހައިކަލްމެންނާ އަޅައިގަނެގެން އުޅޭ މަންޒަރު ފެނުމުން ފާޑެއްގެ ފޯރިއެއް އަރާފައިވާހެން ހީވެއެވެ. “ވޯވް….ހާދަ ސަޅި ހަދިޔާއެއް މަށަށް މި ލިބުނީ…އައި ވޯންޓް ފޮގެޓް ދިސް…” ރީމް ޖެހި ކޯތާފަތުގައި ފިރުމާލަމުން ހޫރައިން ބުނެލިއެވެ. އަދި ރީޝަމް އާއި ނުހާގެ އަތުގައި ހިފައިގެން ކުލާހަށް ވަދެއްޖެއެވެ.

ރީމްމެން އެމީހުން ދިޔަ ދިމާލަށް ބަލާލުމަށްފަހު މޫނަށް ވައްތަރެއްޖައްސާ އެނބުރިލިއިރު ތްރީ ބީ ބޯއިޒް މިތިބީ ކުރިމަތީގައެވެ. ރީމްއަށް ހައިކަލްގެ ހިތްހަމަނުޖެހިފައިވާ މޫނު ފެނުމުން ކަނޑަވިއިރު ލަމްޔާއަށް ނައިލްގެ ރުޅިވެރި ބެލުން އަމާޒުވިއެވެ. އަދި އަމާން ވެސް ހުރީ މާގަޔާވެފައި ނޫންހެން ހީވެއެވެ.

ގަޑިއަކަށްފަހު ގަޑިއެއް ނިމި 11އޭ ކުލާހަށް ދިވެހި ގަޑި ޖެހިއްޖެއެވެ. ދިވެހި މުދައްރިސް ކުލާހަށް ވަދެ ހިނިތުންވުމަކާއިއެކު ސަލާމް ގޮވާލާ މިއަދުގެ މަޢުޟޫޢުއަށް ދިޔައެވެ. “ކޮބައި ހުރިހާ ކުދިން މިއަދު އެންމެ ފުރަތަމަ ދުވަސްކަމުން ތިޔަ ކުދިންނަށް ދޭން އޮތީ ވެސް އުފާވެރި ޚަބަރެއް އެނގޭ…އޭނގެ ކުރިން ސާރ ބުނެލާނަން ވާހަކައެއް…މިއަދުގެ ގަޑީގައި ތި ކުދިންނާއިއެކު ބައިވެރިވާނެ 12އޭ ކުދިން ވެސް…” ދިވެހި މުދައްރިސް މިހެން ބުނުމާއިއެކު ހުރިހާ ކުދިންގެ މޫނުތަކުން އުފާވެރިކަން ފެނިގެންދިޔައެވެ.

އިރުކޮޅެއްނުވެ 12އޭ ކުދިން 11އޭ ކުލާހަށް ވަދެއްޖެއެވެ. ކުރީބައިގައި އެކުދިންނަށްވާ ވަރަށް ގޮނޑި އާއި މޭޒު ބަހައްޓާފައި ހުރުމުން އެ ކުދިން އައިސް ގޮނޑިތަކުގައި އިށީނދެއްޖެއެވެ. އިއްތިފާގުން ނައިލްމެންނަށް ވެސް ތިބެވުނީ ހޫރައިންމެން ތިބި ބަރީގައިއެވެ. “ދެ ގުރޭޑުގެ ކުދިންނާއިއެކު ސާރ މިއަދުގެ ކުލާސް ނަގަން މި ގަސްދުކުރީ ވެސް ސަބަބެއް ނެތިއެއް ނޫން އެނގޭ….ވަރަށް އަވަހަށް ޑްރާމާ މުބާރަތް އޮންނާނެ..ކުރީ އަހަރުތަކުގައި ވެސް ދެ ގުރޭޑު އެއްކޮށްގެން ޑްރާމާ މުބާރަތް ގެންދިޔައީ…އެހެންވީމާ މިފަހަރު ވެސް ސާރ މެން ގަސްދުކުރަނީ ދެ ގުރޭޑުން ގުރޫޕު ވައިސްކޮށް މި މުބާރަތް ގެންދަން…އެހެންވީމާ އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ގުރޫޕުތައް ބަހަން….އެގޮތުން ހަތަރު ގުރޫޕެއް ބޭނުންވާނެ…ހަތަރު ކުދިން އަވަހަށް ކުލާހުގެ ހަތަރު ކޯނާގައި އެތުރިލާ…އެ ހަތަރު ކުދިންނަކީ ގުރޫޕުގެ ހަތަރު ލީޑަރުން….ކޮންމެ ގުރޫޕެއްގައި ވެސް ތިބެވޭނީ ހަ ކުދިންނަށް….” ދިވެހި މުދައްރިސް މިހެން ބުނުމުން ލިމްޔާ އާއި އެކު އިތުރު ދެ ކުއްޖަކު އަވަސް އަވަހަށް ދިޔައެވެ. ލިމްޔާ ތެދުވިތަން ފެނުމުން ނައިލް ވެސް އަވަހަށް ތެދުވެގެން ކޯނާއެއްގައި މަޑުކުރިއެވެ. މި މަންޒަރު ފެނުނު ލިމްޔާގެ މޫނުމަތިން މާޔޫސްކަން ފައުޅުވިއެވެ. ހޫރައިންގެ މޫނުން ހައިރާންކަން ފައުޅުވުމުން ހައިކަލް ވީގޮތް ކިޔައިދިނެވެ.

ގުރުއަތުން އެންމެ ފުރަތަމަ ވެސް ކުއްޖަކު ނަގަން ޖެހުނީ ނައިލްއަށްށެވެ. ނައިލް ނެގީ ހައިކަލް އާއި އަމާން އާއި ރީމްގެ އިތުރުން ނުހާއެވެ. ހޫރައިން އިނީ ނައިލް ކަންތައް ކުރި ގޮތުން ރުޅިގަދަވެފައެވެ. އޭނާގެ ގާތް ދެ އެކުވެރިން ނަގާފައި އަދި އޭނާ ނުނެގީމައި ވާނީ ވެސް އެހެން ނޫން ހެއްޔެވެ. އެންމެ ފަހުން ހައިކަލްގެ އެދުމަށް ހިތާ ދެކޮޅަށް ނައިލް އެންމެ ފަހު ކުއްޖަކަށް ނެގީ ހޫރައިންއެވެ.

“މިހާރު ތި ގުރޫޕުތަކަކީ ޑްރާމާ މުބާރާތުގައި ވާދަކުރާނެ ހަތަރު ގުރޫޕު…ސާރ ކުރިން ވެސް ބުނިފަދައިން ގުރޫޕުތަކުގެ ލީޑަރުންނަކީ ލީޑު ރޯލު ކުޅޭނެ ކުދިން އެނގޭ….އެހެންވީމާ ދެން މި ވަގުތު ހުސްކޮށްލަނީ ގުރޫޕުތަކުން މަޝްވަރާ ކުރުމަށް… ކުޅޭނެ ޑްރާމާ އާއި ކެރެކްޓާސް ބަހާލުމާ މި ކަންތައްތަކަށް….” ދިވެހި މުދައްރިސް މިހެން ބުނުމުން ދެން ފެށުނީ މަޝްވަރާކުރުމުގެ ބައެވެ.

“ބްރޯ…ކައޭ ކުރިން ދިޔަކަން ނަސީބެއް ދޯ..ނޫން ނަމަ އަހަރުންނަށް ނައިލް ގެއްލޭނެ ވިއްޔާ މި ބުރު…” އަމާން މިހެން ބުނުމުން ހައިކަލް ވެސް ބޯޖަހާލިއެވެ. “މަ ލިޑަރަކަސް މަށަކަށް ނޭނގޭ ކިހިނެއް ކަމެއް ހަދަންވީ….ކައޭ މެންނަށް ދޫކޮށްލީ މި…” ނައިލް މިހެން ބުނުމުން ހޫރައިން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލިއެވެ. “ހޫރް….އަދި ވެސް މޫޑު ކަޓާފަތަ؟..އެއީ ދެން އެވަރު ކަމެއް ނޫނޭ…ނައިލް އެއީ ގަސްދުގައި ކުރި ކަމެއް ނޫނޭ ދޯ….” ހޫރައިން އަދި ވެސް ރުޅި މޫނު ހަދައިގެން އިނުމުން ހައިކަލް ބުނެލީ ތަނުގެ ސީރިޔަސްކަން ކަނޑުވާލާށެވެ. ދަބަހުން ލޮލީ ޕޯޕެއް ނަގާ އަނގައަށް ލަމުން ނައިލްއަށް ވައްތަރެއް ޖައްސާލާ ހަމަޖެހިލިއެވެ. އިރުކޮޅަކަށް ހޫރައިންގެ މި އަދާއިން ނައިލް ބަސް ހުއްޓުނެވެ. އެ ކުޑަކުޑަ މަންޒަރު އެންމެންގެ ލޮލުގައި ވެސް އަޅައިގަތެވެ. އެހެންކަމުން ސިއްރު ހިނިތުންވުމެއް އެންމެންގެ މޫނުތަކުން ފެނިގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

މި ވާވަރު ބުނެދޭހިތްވޭ-1

Next

ވިހަ ލޯބި – ކިޔުންތެރިންގެ ސަމާލުކަމަށް

Next
March 29, 2025

ވިހަ ލޯބި – ކިޔުންތެރިންގެ ސަމާލުކަމަށް

Previews
March 29, 2025

މި ވާވަރު ބުނެދޭހިތްވޭ-1

6 Comments!

  1. Anonymous says:
    March 29, 2025 at 4:47 am

    these ai generated cover pic gets me everytime

  2. Your fav bab says:
    March 29, 2025 at 11:09 am

    Varah reethi Maashaa Allah 💖💖
    Bro nail negy reem tha reesham tha?
    I loved this part 😁
    When next ?
    Lyssssm 💖❤️❤️

  3. Aalerrr says:
    March 29, 2025 at 11:49 am

    Masha Allah mi part vx vrh reethi ❤️💯
    When’s next part??
    Curiously waiting for the next part 🙂✨

  4. Her says:
    March 29, 2025 at 12:24 pm

    This is a copy of a story tht have written by ithoo.. juss hama same knthr name different kohlaafa some thanthan kolhaa.. inspire vumaky masalah eh nun but why copying someone story

  5. unknown gurll says:
    March 29, 2025 at 12:52 pm

    mi part ves vrh reethi when next part

  6. Miya says:
    March 29, 2025 at 2:55 pm

    Reading this make me feels like I’m reading the story tht have written by “ithoo”.. name and some parts are the only difference but same thing.. Ithoo ge story kiyaafa thibi kudhin nah ingeyneh this is hama copy eh kn.. “ esfiya ithoo” jehy ma uh guys can read tht story.. girl uh may write ur own story inspired by her but don’t copy others 😊

Comments are closed.

Next Episodeހާސިލްވުމަށް އެދެނީ 6←


All Right Reserved!