“ލީވް ހާ އެލޯން…” އިވުނީ ނިކަން ހަރުކަށި އަޑެކެވެ. އެންމެން އަޑުއައި ދިމާލަށް ބަލާލިއެވެ. ދެޖީބަށް އަށް ޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒިވިއަންއައީ މެހެކާ ދިމާލަށެވެ. މިކަން ނޫސްވެރިންގެ ތޫނު ލޯތަކުން ކަސިޔާރުވެގެންނުދާކަން ގައިމެވެ. ޒިވިއަން މެހެކް ކައިރީ ހުއްޓުމަށްފަހު ނިކަން ފުން ނަޒަރަކުން މެހެކަށް ބަލާލިއެވެ. ދެން އެނބުރުނީ ކެމެރާތަކުގެ ކުރިމައްޗަށެވެ. މިހާރު މުޅި ރާއްޖެއަށް ވެސް އެގުޅުން ހާމަވާނެކަން ގައިމެވެ. “ތި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު ދޭނަން…….މެހެކަކީ އަޅުގަނޑުމެންނާ ދުރު ފަރާތެއް ނޫން……އަދި ޒެޑްސް […]
“އަހަރެން ދެކެ ލޯބިވޭ ތަ؟…” ދެން ޒިވިއަން ކޮށްލި ސުވާލުން މެހެކަށް ސިހުމެއް ގެނުވިއެވެ. ތޭވިސްވަނަ ބައި “އަހަރެން ދެކެ ލޯބިވޭ ތަ؟…” ދެން ޒިވިއަން ކޮށްލި ސުވާލުން މެހެކަށް ސިހުމެއް ގެނުވިއެވެ. “ކީއްވެ ތި ސުވާލު ކުރީ؟..” ޖަވާބުދިނުމުގެ ބަދަލުގައި މެހެކް ވެސް ކޮށްލީ ސުވާލެކެވެ. “ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން…” ޒިވިއަން ސީދާ މެހެކްގެ ރީތި ދެ ލޮލަށް ބަލަން އިނުމަށްފަހު ސުވާލުކޮށްލިއެވެ. “ނުނުނުވޭ….ލޮތްބެއް ނުވޭ…ހެއްހެއް ޒިވް ވެސް ކުރާ ސުވާލު […]
“އެމީހުންނާ ސުވާލުކުރުން ބުއްދިވެރިއެއް ނޫން އަދި…..އިނގޭ މިހެން ބުންޏަސް ބަލްގިސް ޢާއި ޒޫނާ ތި ތިބީ އެމީހުން ފަހަތުން ދާން ބޭނުންވެފަކަން…އެކަމަކު މިހާރު އެއީ ކުޑަކުދިންނެއް ނޫން…ބޮޑެތިވެފަ ތިބި ޒުވާނުން…އެހެންވީމާ ކަމުގެ ހައްލު އެމީހުންގެ މެދުގައި ހައްލުކުރަން ދޫކޮށްލުން ރަނގަޅުވާނީ…” ޒާކިރު ބުނެލިއެވެ. “އެކަމަކު ބައްޕާ…..މެހެކްގެ ޕާޓީގެ ކަންތައް ވީގޮތް އިނގެއެއް ނުން؟…” ޒޫނާ ބުނެލިއެވެ. “އެހެންވެޔޭ މި ބުނީ އެހަށް އަދި މަޑުކުރަން…” ޒާކިރު އަނެއްކާ ވެސް ބުނެލިއެވެ. ދެން ވޭތުވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. […]
“ޒާން…އައިއެމް ސޮރީ…..” މިހެން ބުނެ މެހެކް ތެދުވެގެންދާން ހިނގައިގަތެވެ. އެހިނދު ޒާން މެހެކްގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެކާވިސްވަނަ ބައި “ޒާން…އައިއެމް ސޮރީ…..” މިހެން ބުނެ މެހެކް ތެދުވެގެންދާން ހިނގައިގަތެވެ. އެހިނދު ޒާން މެހެކްގެ އަތުގައި ހިފާ ހުއްޓުވިއެވެ. މެހެކް ބަލާލީ ސުވާލު އުފެދިފައިހުރެއެވެ. “ޑިޑް ޔޫ ރިޖެކްޓް މައި ލަވް ބިކޯޒް…ޔޫ ލަވް ޒިވިއަން؟…..” ލަސްލަހުން މެހެކަށް ބަލާލަމުން ދެބޮމަގޮށްޖަހާފައި ޒާން އަހާލިއެވެ. ޒާންގެ ސުވާލުން މެހެކްގެ ދެ ލޯ ބޮޑުވިއެވެ. އިތުރު އެއްޗެއް […]
ރޯޒް ގާޑަންގެ ކުރިމައްޗަށް ހުއްޓާލި ޒެޑްސްގެ ކާރުން ފޭބި މެހެފިލް ވިލާ ގަނޑުވަރުގޭ މީހުންނަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ދެވިފައެވެ. ވަކިން ޚާއްސަކޮށް ކާރުން ފޭބި ޒިވިއަންއަށެވެ. އެހިސާބުގައި މީޑިޔާތަކުން ވެސް ހަރަކާތްތެރިވާތަންފެނެއެވެ. އަދި ވެސް މެހެކާއި ޒިވިއަންގެ ޚަބަރުތައް ތުންތުންމަތިން އިވެމުންދާކަން އިނގެނީ އެމީހުންގެ އަޑުތަކުންނެވެ. ގިނަ ސެކިއުރިޓީން ތިބުމުގެ ސަބަބުން ޒިވިއަންމެންނާއި ހަމައަށް ނޫސްވެރިންނަށް ދެވޭނެގޮތެއްނެތެވެ. ވުމާއިއެކު ނިކަން ފަސޭހައިން ރޯޒް ގާޑަން ގޭތެރެއަށް ވަދެގެން ދިޔައެވެ. ނަވާރަވަނަ ބައި ނޯކަރަކަށް އަތްގައިކޮށްދޭންހުރި […]
ދަންވަރުގެ ވަގުތެވެ. މެހެފިލް ވިލާ ގަނޑުވަރުގެ ހާލަކީ ތޯއެވެ. އެންމެން ތިބީ އެމީހެއްގެ ކޮޓަރީގައި އަރާމު ތަންމަތިތަކުގައި ނިދާފައެވެ. ނަމަވެސް ދެ ލޮލެއް ފިޔަވައެވެ. އާދެ، ޒިވިއަން އާއި ޒާންއެވެ. ދެމީހުންގެ ޚިޔާލުގެ ވާފަށްވަނީ އެއްދިމާލަކަށް ގޮސް ހުއްޓިފައެވެ. އަށާރަވަނަ ބައި މީގެން ހިމަލެއްވެސްނެތި އަރާމުގައި މެހެކް ނިދާލާފައި އޮތް އިރު ޒުވާން ދެ ހިތެއްގެ ޝިކާރައަކަށް މެހެކް ވެފައިވާކަމެއް ނުދެނެހުއްޓެވެ. ޒާންގެ ވިސްނުމުން ޒިވިއަން އާއި މެހެކް އެކުގައިވި ތަސްވީރުގެ މަންޒަރު އަދި ވެސް ސިކުނޑިން […]
މެހެކް އޮފީހަށް ވަދެގެން ދިޔައިރު މުވައްޒަފުންގެ ނަޒަރުތައް މިއަދު ތަފާތުކަން ފާހަގަކުރެވުނެވެ. އަދި އިރުއިރުކޮޅުން މެހެކާ ދިމާލަށް ބަލާކަން ވެސް ފާހަގަކުރެވުނެވެ. ކުޑަކޮށް ހައިރާންވެހުރެ މެހެކް ގޮސްވަނީ އޭނާގެ ކެބިންއަށެވެ. އިރުކޮޅަކުން ދުމެއް ޖަހާފައި ޝާޔާ އައިސް މާނޭވާލަމުން ވާހަކައެއް ބުނެވޭތޯ ބެލިއެވެ. ނަމަވެސް ނުބުނެވުމުން ދިއްކޮށްލީ އަތުގައި އޮތް ޓެބުލެޓެވެ. މެހެކް ނިތަށް ރޫއަރުވާލަމުން އޭގައި ހިފާ އޭގައި އޮތް އެއްޗަކަށް ބަލާލިއެވެ. އެއާއިއެކު މެހެކްގެ ދެ ލޯ ދިޔައި ތަންމިނަށް ހުޅުވިގެންނެވެ. ސަތާރަވަނަ ބައި […]
ކާރު ގޮސް ރޯޒް ގާޑެން ކުރި މައްޗަށް މަޑުކުރިއެވެ. “ދަނީ….” މިހެން ބުނެ މެހެކް ކާރުން ފައިބަން އުޅުނެވެ. އެއާއިއެކު ޒިވިޔަން ކުއްލިއަކަށް މެހެކުގެ އަތުގައި ހިފަހައްޓާލިއެވެ. ސުވާލުގެ ނަޒަރަކުން ޒިވިޔަންއާއި ދިމާލަށް މެހެކް ބަލާލިއެވެ. “ހުރޭ…” ޒިވިޔަން ބުނެލީ މިހެންނެވެ. ޒިވިޔަންގެ އެ ބުނުމުގެ މާނަ މެހެކަށް ނޭނގުނެވެ. އެހެންވެ އިނދެވުނީ ޒިވިޔަންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “މިބުނީ…..އަހަރެންގެ ހުރެޔޭ ލޯބިވާ މީހެއް….ގާލް ފްރެންޑެއްނެތަސް ލޯބިވާ މީހެއް ހުރެދާނެޔޭ ބުނީމެއްނުން…ސޯ ޔެސް އަހަރެން ވަރަށް ވަރަށް ބޮޑަށް […]
ތިން މީހުންގެ ޚިޔާލުގައި ވެސް ވަނީ އެމީހެއްގެ ހިތް އެދޭ ފަރާތުގެ ތަސްވީރެވެ. މި ލަވަޔާ އެ މާހައުލާ ކިތައްމެހާ ވެސް ގުޅެއެވެ. ޒާންގެ ހިތުގައި މެހެކްގެ ތަސްވީރު ކުރެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. ނަމަވެސް މީގެ 11 އަހަރުކުރިންނެވެ. އިނގޭހާ ވެސް އެއްޗަކީ ޒާން މެހެކްދެކެ ވަނީ ލޯބި ކަމެވެ. ނަމަވެސް މިއީ އަދި ޒާންއަށް އެކަނި އިނގޭ ކަމެކެވެ. ފަނަރަވަނަ ބައި އަނެއް ދުވަހުގެ އެރި އިރާއިއެކު ޒިވިއަންމެން ތިބީ ފޯރ ޒެޑް ކުންފުނީގެ […]