ޒެޑްސް ސެންޓްރަލް ކޮލެޖަކީ ގިނަ ބައެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ކޮލެޖެކެވެ. އެ ކޮލެޖުގައި މިހާރު ވެސް އެތައް ހާސް ކުދިންނެއް އެކިއެކި ދާއިރާތަކުން ކިޔަވަމުންދެއެވެ. ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ތަޢުލީމު އުނގެނުމުގެ ފަހި ފުރުސަތު ހުޅުވާލަދިން މޭސްތިރިއަށް ހާސްފަށުން ޝުކުރެވެ. ޒެޑްސް ސެންޓްރަލް ކޮލެޖުގެ ކުރިމައްޗަށް ހުއްޓާލި ސްޕޯސްޓް ކާރުން ފޭބި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ބޮލުގެ ކުލަ މަޑު ނުލާއި ދަނބުކުލަޖައްސާފައިވާއިރު ބަލާލަން ހިތްގައިމު ގޮތެއް ހުރެއެވެ. […]
ފޯރ ޒެޑް ކުންފުނީގެ ކުރިމައްޗަށް ހުއްޓާލި ކަޅު ކުލައިގެ ކާރުން ފޭބި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ރޭބަން އައިނަކުން އެ ހިތްގައިމު ލޯ ފޮރުވާލައިގެން ހުރި އެ ޒުވާނާ ލައިގެން ހުރީ ކަޅު ކުލައިގެ ހުދު ގަމީހަކާއި ކަޅު ޓައީއެކެވެ. އަދި ތިރިން ކަޅު ފަޓުލޫނެއްލާފައިވާއިރު ގަމީސްމަތިން ކަޅު ސޫޓެއް ލާފައިވެއެވެ. ވާއަތުގައި އެންމެފަހުގެ ގަޑިއެއް އަޅައިފައިވާއިރު އަރާފައިވަނީ އޮފުކަންގަދަ ކަޅު ބޫޓަކަށެވެ. އަދި އެއް ޖީބަށް އަތް ޖަހައިލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އެ […]
ފުރަތަމަ ބައި ކަޅު ބަނަ ވިލާތައް ފޮރުވާލާ އިރުގެ ރަން ދޯދީގެ ކުލަތަކުން އާ ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. ގަދަ ވިއްސާރައިގެ ތޫފާނެއްގެ ނިވަލުން އިރުގެ ރޯޝަނީ އަލިކަމުން ދުނިޔެ ފިއްސާލައިފިއެވެ. މަގުތަކުގައި ހެދިފައިވާ ފެންގަނޑުތަކުގެ ވަސް ވެސް ފެންނާކަށްނެތެވެ. މިފަދަ ދުވަހެއްގެ ފެށުމަކަށް އިންތިޒާރުކުރަމުންދާކަން އިނގެނީ އެހާ ހެނދުނާ ވެސް މަގުތައްމަތިން ދުއްވާ އެއްޗިސްސާއި ހިނގާ މީހުން ގިނަކަމެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ހަފުތާ ބަންދު ދުވަސްތަކަށްފަހު ސްކޫލުތަކަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުންގެ ދުވަހުގެ ފެށުމަށް […]
﷽ އައްސަލާމުޢަލައިކުމް މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ދިގު ވާހަކައެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޙިޔާލުގެ މައްޗަށް ލިޔާ ލޯބީގެ މުޅިން ތަފާތު ވާހަކައެކެވެ. މި ވާހަކަ ކުރިއަށް ގެންދިޔުމަށް ޓަކައި ތިޔަ ލޮބުވެތި ކިޔުންތެރިންގެ ލޮއެއްބާއި އެއްބާރުލުން ނުހަނު ބޭނުންކަމަށް ފާހަގަކޮށްލަމެވެ. ވިޔަފާރީގެ ދުނިޔޭގައި މުޅިން ތަފާތު މިޒާޖުގެ މީސްމީހުންނާއި ދިމާވެ ފެނިދެނިވެ ވާހަކަދެކެވި އެކަކު އަނެކަކާ އޮންނަ ގުޅުން ވަރުގަދަވެގެންދެއެވެ. ވާދަވެރިކަން އެއްބައެއް އަނެއްބައެއްގެ މެދުގައި އޮތްކަމުގައިވިޔަސް އެކަން ހާމަނުކުރާނެކަންގައިމެވެ. މިފަދަ […]