ކިހިނެއް ކަމެއް ހަދަންވީ….ކައޭ މެންނަށް ދޫކޮށްލީ މި…” ނައިލް މިހެން ބުނުމުން ހޫރައިން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލިއެވެ. “ހޫރް….އަދި ވެސް މޫޑު ކަޓާފަތަ؟..އެއީ ދެން އެވަރު ކަމެއް ނޫނޭ…ނައިލް އެއީ ގަސްދުގައި ކުރި ކަމެއް ނޫނޭ ދޯ….” ހޫރައިން އަދި ވެސް ރުޅި މޫނު ހަދައިގެން އިނުމުން ހައިކަލް ބުނެލީ ތަނުގެ ސީރިޔަސްކަން ކަނޑުވާލާށެވެ. ދަބަހުން ލޮލީ ޕޯޕެއް ނަގާ އަނގައަށް ލަމުން ނައިލްއަށް ވައްތަރެއް ޖައްސާލާ ހަމަޖެހިލިއެވެ. އިރުކޮޅަކަށް ހޫރައިންގެ މި އަދާއިން ނައިލް ބަސް ހުއްޓުނެވެ. އެ ކުޑަކުޑަ މަންޒަރު އެންމެންގެ ލޮލުގައި ވެސް އަޅައިގަތެވެ. އެހެންކަމުން ސިއްރު ހިނިތުންވުމެއް އެންމެންގެ މޫނުތަކުން ފެނިގެންދިޔައެވެ.
*************************************************************************************
ކިންގް ސައިޒް އެނދުގައި ހެޑްސެޓް އަޅާލައިގެން ލޯމަރާލައިގެން އޮތް ހޫރައިން އޮތީ ޖަހައިގެން އޮތް ލަވައަށް ގެއްލި ހުސްވެފައިއެވެ. އެ ކޮޓަރިއަށް ބަޔަކު ވަތް ކަމެއް ވެސް އެ ފަކީރަކަށް ނޭނގުނެވެ. ރީޝަމް އާއި ނުހާ ގޮވަ ގޮވާ ވެސް އިތުރު އިޝާރާތެއް ފެނުނީކީ ނޫނެވެ. އެންމެ ފަހުން މޮޅު ޚިޔާލެއް އައިސްގެން ރީޝަމް ތިރިއަށް ފައިބާ ބަދިގެއިން ބޮޑު ފިޔާ ގަނޑެއް ހިފައިގެން ގޮސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. ނުހާއަށް ރީޝަމް އަތުގައި އޮތް ބޮޑު ފިޔާ ފެނުމުން އެ ފަކީރުގެ ދެ ލޯ ހުރީ ހުޅުވޭނެ އެންމެ ބޮޑަކަށް ހުޅުވައިގެންނެވެ. ރީޝަމްގެ މޫނަށް ނުލަފާ ވައްތަރެއް ޖައްސާލައިގެން އެ ފިޔާ ހިފައިގެން ގޮސް ލަވައިގެ ބީޓާ އެއްވަރަށް ހަރަކާތް ކުރަމުން ލަވަކިޔަމުން ދިޔަ ހޫރައިންގެ އަނގައަށް ފިޔާގަނޑު ކޮށްޕާލުމަށްފަހު ނުހާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް އެ ކޮޓަރިން ނުކުމެއްޖެއެވެ.
ލަވަޔާ އެއްވަރަށް އަތުންނާއި ބޮލުން އެކި ހަރަކާތްކުރަން އޮތް ހޫރައިންއަށް ސިހުމެއް ލިބުނީ އަނގައިގައި ހިތި ރަހަ ލާންފެށީމައެވެ. އަނގައަށް ކޮށްޕާލާފައި އޮތް ފިޔާ ގަނޑު ނެރެމުން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތީ މިއީ ރީމްމެންގެ ސަކަރާތްގަނޑުކަން އެނގުމުންނެވެ. އެވަގުތު ސިޓިންގްރޫމުގައި ތިބި ހައިކަލްމެން ވެސް ސިއްސައިގެންދިޔައެވެ. ވީ ކީއްތޯ ބަލަން ހައިކަލް ތެދުވި އިރު ސިޑިން ދުވަމުން އައީ ނުހާ އާއި ރީމް ފެނުމުން ވީގޮތް އެނގިއްޖެއެވެ. “މިހާރު އެފަކީރަށް ކީއްކޮށްފަ ތި އައީ؟…” ދެފަރާތަށް ބޯ ހޫރާލަމުން ހިނިއައިސް ހުރެ ހައިކަލް އަހާލިއެވެ. “ގޮވާ ގޮވާ އަނގައިގައި ލޭ ރަހަ ލީ އިރު ވެސް އަނގައިން ނުބުނީމަ ވާނީ އެހެންނުން….އަހަރުން ވަތް އިރު އޮތީ ލޯބީގެ ލަވައެއް ޖަހައިގެން ވިއްޔަ…ދެން މީހަކު ހޭނެތިގެން ވެއްޓުނަސް އެފަކީރަކަށް ނޭނގޭނެ….” ނުހާ ހެމުން ހެމުން ބުންޏެވެ.
ކުދި ކިޔަމުން ހޫރައިން ގޮސް ވަނީ ބަގީޗާއެއްހެން އޮތް ދިމާއަކަށްށެވެ. އެހެނީ ހައިކަލްމެން ތިބޭނީ އެދިމާގައިކަން އެނގޭތީއެވެ. އެތަނަކީ ޝެހެނާޒުމެން ހޫރައިންއަށާއި ހައިކަލްއަށް ހަދައިދިން ހިތްގައިމު މަންޒިލެކެވެ. ތަފާތު މާ ގަސް ޕޮޓު ޕޮޓު ބަހައްތާފައިވާއިރު ތިބެވޭނެހެން ބެންޗާއި ގޮނޑި އަދި މޭޒު ވެސް ބަހައްޓާފައިވެއެވެ.
އޮލަ ވާހަކައިގައި ތިބި ހައިކަލްމެން ބަލާލީ ސިޓިންގްރޫމާއި އިންވެގެން ކަހާލެވެން އިން ދޮރު ކަހާލާފައި ވަތް ހޫރައިން ފެނުމުންނެވެ. އަދި އެންމެ ހައިރާންވީ ހޫރައިންގެ އަތުގައި ތަބަކެއްގައި ހަ މީހުންނަށް ކޮފީ ގެނެސްދިނީމައެވެ. ހައިކަލް އިނީ ހޫރައިންގެ މި އަމަލުން ދެ ފިކުރެއްގައެވެ. އަދި ނުގޮތަކަށް ރީމް އާއި ނުހާއަށް ބަލާލުމަށްފަހު ހޫރައިންގެ ދެމިފައިވާ ތުންގަނޑަށް ބަލާލުމުން މިހާ ހެޔޮފުޅުވެގެން މިއައީ ސަހަލު ރަނގަޅު ކަމެއް ކޮށްފައި ނޫންކަން ހާމަވެއެވެ.
“ކޮފީގެ މީރު ރަހައިން އަރުތެރެ ތެތްމާލުމަށްފަހު އެއްނުން އަސްލު ވާހަކައާއިގެން ކުރިއަށްދާންވާނީ ދޯ؟…” ގެނައި ކޮފީ ތަބަށް މޭޒުމަތި ބެހެއްޓުމަށްފަހު ފަހަރަކު މީހެއްގެ އަތަށް ކޮފީ ޖޯޑެއް ދިނުމަށް ފަހު ހޫރައިން ބުނެލިއެވެ. “ތިހާ ހެޔޮފުޅު ވެގެން ކޮފީ ތި ގެނައީ ތިއަށް އަނެއްކާ ޒަހަރު އަޅައިފަތަ؟؟…” ޝައްކެއްގެ މަތީގައި އިނދެ ރީމް އަހާލިއެވެ. “ކަމޯން…މަ ހީވޭތަ އެކަހަލަ ކަމެއް ކޮށްފާނެހެން…” މޫނަށް އިނޮސެންޓް ކުލަވަރު ވެރިކުރުވަމުން ހޫރައިން ޅަގޮތަކަށް ބުނެލިއެވެ. އަމާން ކޮފީގެ ރަހަ ބަލާލުމަށްފަހު ވަރަށް މީރޭ ބުނުމުން ހައިކަލް ވެސް އެގޮތަށް ޢަމަލުކުރިއެވެ. އެދެމީހުންގެ ފަރާތުން އިތުރު ކަމެއް ނުފެނުމުން ވަރަށް ވެލާފައި ރީމް އާއި ނުހާ ވެސް ކޮފީގެ ބޮޑު ކޯވަރެއް ދަމާލީ ކޮފީ ބޯހިތުން އިނީމައެވެ. އެހެނަސް….
އެހެނަސް ކޮފީތައް ވަރާލަން ޖެހުނީ ލީ ލޮނު ރަހައެއްގެ ސަބަބުންނެވެ. ހޫރައިންއަށް ބަލާލި ދެ މީހުން ތިބީ އެފަދަ ލަނޑެއް އެފަކީރަށް ދެވުނުކަމުގެ މޮޔަށް ހިތަށް އަރާފައިއެވެ. ހައިކަލް އާއި އަމާން ޕަކަޕަކަލާފައި ހޭންފެށި އިރު ނައިލް ވެސް އިނީ ނުވާ ކަމަށް ހަދައިގެންނެވެ.
މިފަދަ މާހައުލެއްގައި ސަކަރާތާއި މަޖަލުގައި ތިބެ ކޮފީ ބޮއެ ނިމުމުން ސްކޫލުން އެމީހުންނަށް ދިން މަސައްކަތުގެ މަޝްވަރާކުރުން ކުރިއަށްދިޔައެވެ. “ސޯ….ޑްރާމާގެ ސްޓޯރީ ޕްލެނާއި ކެރެކްޓާސް ބެހުމާއި ދެން ހުރި ހުރިހާ ކަމެއް އައި ވިލް ހޭންޑަލް…..” އެންމެ ފުރަތަމަ ވެސް އެރި ފޯރީގައި ނުހާ ބުނެލިއެވެ. “ހޫމް….ޑްރާމާ ކުއީން ދޯ….” ރީމް ބުނެލީ އެކަހަލަ ކަންކަމުގައި އެންމެ ކުރީގައި އުޅޭނީ ނުހާކަން އެނގޭތީއެވެ. “ހޫމް..އެންމެން އެހަށް އަޑުއަހާ އެނގޭ…އޯޑިއަންސް ރޮއްވާ ކަހަލަ ޑްރާމާއެއް ޕްލޭން ކުރާނީ…މިސާލަކަށް އެމީހުން ވަރަށް އިންޓްރެސްޓްވާނެ ދޯ ލޯބީގެ ހިތާމަވެރި ޑްރާމާއެއް ވެއްޖެއްޔާ…ސޯ ޝާހް އާއި މުމްތާޒް، ދޮންހިޔަލަ އާއި އަލިފުޅު، ރޯމިއޯ އާއި ޖޫލިއަޓް އަދި ލައިލާ އާއި މަޖުނޫނު ވީ ފަދަ ލޯބީގެ އަސަރުގަދަ އެކި މަންޒަރު ގެނެސްދޭ ޑްރާމާއެއް ކުޅޭނީ އެނގޭ…..މިތަނުން ލައިލާ އާއި މަޖުނޫނުގެ ސްޓޯރީ ގެންނާނީ ވިތް ލޮޓްސް އޮފް އިމޯޝަނަލް ސޯންގްސް…އެއީ ޑްރާމާގެ ތެރެއިން ލަވައިގެ ބައިތައް ވެސް ގެންނަން ޖެހޭތީ…..ދެން އައި ވިލް އެކްސްޕްލެއިން ލައިލާ މަޖުނޫނުގެ ލަވް ސްޓޯރީ ކޮންމެ ވެސް ވަރަކަށް އޭރަށް ތި ހުރިހާ އެންމެންނަށް ވެސް އެނގޭނެތާ ދޯ….މިހާރު ލައިލާ އަކީ އިންޑިޔާގެ ރޯޔަލް ފެމެލީއަކަށް އުފަން ޢަމީރާއެއް…މަޖުނޫނަކީ ވިލެޖް ބޯއީއެއް…މި ދެމީހުން ލޯބިވާނީ…ދެ މީހުންގެ ވެސް ފެމެލީ އެހާ ގަބޫލެއްނުވާނެ މި ދެމީހުން ގުޅެން….އެއީ ދެމީހުންގެ ފަރަޤު ވެސް ތަފާތުވާތީ…ޢަމީރާގެ އާއިލާއިން ޢަމީރާ އިންނަން ވަނީ ކުއްޖަކު ހަމަޖައްސާފައި…ދެން އެބައި ނުގެނަޔަސް ރަނގަޅުވާނެ ދޯ…އެ ސީން ގެ ބަދަލަސް ލަވައެއް ގެންނާނީ…ދެން މި ދެ މީހުންނަށް ދެ މީހުން ދެ މީހުންނާ ވަކިނުވެވޭވަރަށް ލޯބިވެވޭނީ..ދެން މިކަން ދެ ފަރާތުގެ އާއިލާ މީހުންނަށް ހަޖަމެއްނުވާނެ..ސޯ ދޭ ޕްލޭންޑް ޓު ކިލް ހިމް….ދެން އެތަނުން ހަނގުރާމައެއްގެ ސީންއެއް ގެންނާނީ..ވީ ކޭން ފައިންޑް ސަމް ޕީޕަލް އެބަޔަށް ދޯ..ސާރ ބުންޏެއްނުން އޯކޭވާނޭ އޭޒް ލޯންގ އޭޒް ވީ ޕްލޭ ދަ ލީޑް ކެރެކްޓާޒް….ދެން އެ ހަނގުރާމައިގައި ދެ މީހުން ވެސް މަރުވާނީ…އަސްލު ކަނޑިން ހަމަލާދެނީ މަޖުނޫނަށް…ބަޓް މީގައި އެންމެ އިންޓްރެސްޓިން ޕާޓަކީ އެކަކަށް އަނިޔާވާއިރު އަނެކަކަށް އެކަމުގެ އިހުސާސުވާތީ…ސޯ ދެޓްސް ވައި ލައިލާ ވިލް އޯލްސޯ ޑައި….އެ ސީން ގައި ގެންނާނި އިމޯޝަނަލް ސޯންގް އެއް….ސޯ މިހާ ހިސާބުން ޑްރާމާ ނިމިގެންދާނީ…..ގާއިޒް ހަ އު ވޯޒް އިޓް؟؟” ނުހާ ވާހަކަ ނިންމާލިއިރު ދެން ތިބި މީހުން ތިބީ ތަލިން ކުޅު ނިކުންނަ ވަރުވެފައިއެވެ. އެމީހުން ތިބި ގޮތް ފެނުމުން ނުހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ވާއު..މައި ބެސްޓީ..ތީ ހަމަ ފައްކާ ޑްރާމާ ކުއީން އެއް…މިހާރު ވެސް ސީންތައް އިމޭޖުވޭ އެބަ…” ހުވަފެނީ ގޮތަކަށް ހޫރައިން ބުނެލިއެވެ. “ޔާ ދޯ….ދެން ހިނގާ ކެރެކްތާޒް ބަހަން…” ރީޝަމް ވެސް ބުނެލިއެވެ. “ހޫމް…ކެރެކްޓާޒް ވެސް ބަހާނީ މަ…ބިފޯރ ދެޓް ކެރެކްޓާޒް ބެހީމަ އެކަމަށް ރުޅި ބާލާނީ ޑްރާމާ ކުޅެ ނިމުނީމަ…އޯކޭ ސަންފަ…” ނުހާ އެ ގާބުރިއެއް އެ އެއްލީ ހޫރައިންއަށްށެވެ. “ވެއިޓް ވައި އޮންލީ މީ…” އަނގައިން ލޮލީ ޕޯޕު ނަގަމުން ހޫރައިން އަހާލީ ސުވާލު އުފެދިފައި އިނދެއެވެ. “ޔޫ ވިލް ސީ…” ނުލަފާ ހިންޏެއް އައިސް އިނދެ ނުހާ ބުނެލިއެވެ.
“އޯކޭ…ހައިކަލް އެންޑް ރީޝަމް ތީ ލައިލާގެ މަންމަ އާއި ބައްޕަ……އަމާން ތީ މަޖުނޫގެ ބައްޕަ…ދެން ޑްރާމާގެ ނެރޭޓާގެ ބައި ވެސް ގެންނަންޖެހޭނެއެއްނުން ދޯ؟؟..ސޯ އެބައި ގެންނާނީ މަ..ދެން ޑުއެލް ރޯލު ވެސް ލިބިގެންދާނެ އަމާންއަށް އެއީ މަޖުނޫގެ ބައްޕަގެ ބައި އަންނާނީ ވަރަށް ކުޑަ ތަންކޮޅެއް އެހެންވެ…އޯކޭ ސޯ ފައިނަލް ލައިލާ އެންޑް މަޖުނޫގެ ބައި އެއީ ހޫރު އެންޑް ނައިލްގެ ބައި…އޯކޭ ދެޓްސް އިޓް….” ނުހާ އެންމެންނަށް ކެރެކްތާޒް ބަހާ ނިންމާލިއެވެ. ނައިލް އާއި ހޫރައިން ތިބީ އަނގައަށް ވައްތަރެއް ޖައްސައިގެންނެވެ. ނަމަވެސް އެއްޗެކޭ ނުބުނީ އެކަމަށް ނުހާ ކުރިން ވެސް މަނާކޮށްފައިވާތީއެވެ. އެދުވަހު އެމީހުން ވަކިވީ މާދަމާ ޑްރާމާއަށް ޕްރެކްޓިސްކުރަން އެގެއިން އަނެއްކާ ވެސް ބައްދަލުކުރަން ގަޑިކިޔާފައެވެ.
12 Comments!
Comments are closed.



Story hama habeysss👏👏👏
Varah majaa ingey!!n varah furihama at the same time!
Well bro eii reem tha noony reesham thrr??
When next??
Lysssssssm M.W. 💗💗💗💗💗💗
Tc✨
Copying someone story is not good
What story?
Loamerey hindhu heevey gaathuga vaahen..
Masha Allah mi part vx vrh reethi..
When’s next part??
Curiously waiting for the next part
Asluvx haadha vahtharey…
Ibaaraiyy kurunvx…
Scene thah inna place eiigoii nuviyas hama eii goii…
Loamerey hindhu heevey gaathuga vaahenga dhiyaan nidhaafa ohva eynage cousin dhimra gos dhiyan ge angayah fiyaa laany.. gova govaa nuheyleema… meega nidhaafa noathas gova govaa angain nubunyma hama fiyaa e lee angayah.. dhn eyga vx hama mi gothah dhe class ehkohfa drama kulheyny… dhn enme rulhi anna dhemeehun laany lead ah…. eyga ulhey boy akee vx hama varah basmadhu vaane…. girl ulheyny vrh baby koh… so , hama buneveyny Mihaa hisaabah ai iru heevany hama copy eii henney…. thi beyfulhaa vx e vaahaka kiyaalaafa mi story kiyaalaba eyrah yageen vaane…
Esfiya ga in vhk eh tha.
lahba… esfiya ithoo jahaafa search kohlaba…
agreed vrh ehgoi hama
Don’t copy others stories….
Amihla hiyaalah story liyeba meehunge vaahaka copy nukoh ….
You are copycat.. vaahaka mihisaabah ai iru adhi…
Ohh yeah it’s so similar.
hama heevany copy eh hn
drama vs dhe class ehkohfa
hama e vhk ga baby koh ulhey girl buruga vs naalhaane hama meegavs
alhugandu thi beyfulhaa ge kuryge vhk thah kiyaafa engunu thy vrh talented writer eh kan
ehn vyma egothah liyaany
copy nukoh
writers ge vhk thah kiyas copy nukoh ideas hoadhidhaane
ehnvyma thafaathukoh vhk genes dhinumaky vrh rangalhu kmh
n ur so talented kuryge vhk thah kiyaafa ekn haama vey
😊