“ދަރިފުޅާ ދެން ތީ ކޮން ކަމެއް…..މަންމަގެ ހޫރު ކަމަނާ އާއި ދިމާލަށް ސަފަރުކަތްދަ އެއީ ކާކު ކީ ނަމެއް ތަ؟…” ތިންވަނަ ބޮޑު ހަނގުރާމަ ނުފެށެނީސް ޝެހެނާޒު އަވަހަށް އައިސް ހޫރައިން ރުއްސަން ބުނެލީ ނިކަން ލޯބިން ފިރުމާލަމުންނެވެ. އަދި ސަފަރުކަތްދަ ކީ ކާކުހޭ ބުނުމުން ނައިލް ހުރީ އަނގައިގައި ހިތި ރަހަ ލީހެންނެވެ. މި މަންޒަރު ފެނުނު ހައިކަލް ހުރީ ސަޅި ކުޅި ބައިސާ ގަނޑެއް ފެނުމުން ނިކަން ފޯރި އަރާފައެވެ. “ކަލޯ….އަދި ފަހުން ތައްޔާރަށް ހުންނާތި….ނަމަނަމަ މަގޭ ސަލާމަތުން ބަހައްޓާތި….” ހައިކަލް ދިނީ ވަރުގަދަ އިންޒާރެކެވެ. ނަމަވެސް އެ ބުނެލި ދެ ތިން ލަފުޒުތަކަކުން ނައިލްގެ ހަރު ހިލަގަނޑެއްފަދަ ހިތަށް އަސަރުކުރާނެ ހެއްޔެވެ؟
*************************************************************************************
“ދަރިފުޅާ ހޫރައިން…މީ ނޫރާ ދައްތަ އެނގޭ…..އަޅޭ ހާދަ ރީއްޗޭ ދޯ މާޝާﷲ…..އެންމެ ފަހުން ފެނުނުއިރު އެހާ ކުޑަ….މިހާރު ބަލާ ބޮޑުވެލާފައި ހުރިވަރު….އަހަރެންގެ ނައިލްއަށްވުރެ އެއް އަހަރު ކުޑައީ ދޯ ޝެހޭ……” ނޫރާ ހީވީ އެތައް ޒަމާނެއްވަންދެން ނުފެނި ހުރި ދަރިއަކު ފެނުނުހެންނެވެ. ހޫރައިންގެ ގައިގައި ބައްދަ ބައްދާފައި އުޅުނު އިރު އުފަލުގެ ކޮޅެއްނެތެވެ. “ނޫރް….ތި ބުނީ ރަނގަޅަށް….އަދި ދެ ކުދިން ދިމާ ވެސް ނުވޭ ދޯ….ދަރިފުޅާ އެކޮޅުގައި އުޅުނު އިރު މަންމަމެން ފޯނުގައި ހުރެ ނޫރާ ދައްތަމެންނާ ވާހަކަދައްކާ އިރު ނައިލްއެއްގެ ވާހަކަ އަބަދު ބުނެއެއްނުން….އެހެރީއޭ ދަރިފުޅުގެ ނައިލްއަކީ…….” އެރި ފޯރީގައި ޝެހެނާޒު ވެސް ނޫރާއާ އެއްބައިވެގެން ވާހަކަދެއްކިއިރު އެ ދެމެދުގައި ސިއްރު ބެލުމެއް ވެސް ގެންދިޔައެވެ. އެހެނަސް އޭނާއަށް ނޭނގުނުކަމަކީ އެންމެ ފަހުން އެ ބުނެވުނު ދެ ލަފުޒެވެ.
ހޫރައިން ހުރީ މަންމަ ދެއްކި ވާހަކައަކުން މޭ ނުބައި ކޮށްފައެވެ. “ދަރިފުޅުގެ ނައިލް” މަގޭ ނައިލްއަކަށް ބައިލްއަކަށް އޭނާ ވީ ކޮންއިރަކު ހެއްޔެވެ؟ އަދި މިއުޅެނީ ހަމައަށް މީހާގެ ސިފަ ވެސް ބަލާނުލައެވެ. އަނެއްކޮޅުން ނައިލްއެވެ. މަ އޭނާގެ ‘ނައިލް’ އަކަށް ވީ އިރެއް ވެސް ނޭނގުނެވެ. މި މަންމަމެން މި ކިޔަނީ ކީކޭ ހެއްޔެވެ؟ އަދި ދިމާވިތާ ސައުވީސް ގަޑިއިރު ނުވެއެވެ. ހައިކަލް ބަނޑަށް ހީހީ ހަލާކުވާ އަތަށް އަޅާފައި ހުރި އިރު ކުޅިގަނޑުގެ ފެށުން އައި ގޮތް ސަޅިކަމުން ހުރީ ވެސް މަޖާވެފައެވެ. ދެ މީހުންގެ މޫނަށް ބަލަން ހުރިއިރު އެ ދެ މީހުން އެކަކު އަނެކަކަށް ބަލާ ވެސް ނުލާކަން އޭނާއަށް ފާހަގަކުރެވުނެވެ.
މަޖަލާ ސަކަރާތުގައި އެ ގޭގައި ވަގުތު ހޭދަ ކޮށްފައި އައިރު ހުރީ މަޢްރިބު ނަމާދު ފަހަނައަޅާ ގޮސްފައެވެ. އެހެންކަމުން، އެންމެން އަވަސްވެގަތީ ނަމާދުކޮށް ހެދުމަށް ފަހު ކައިގެން އެއާޕޯޓަށް ހާރޫންމެން ފުރުވަން ދިޔުމަށްށެވެ.
ހާރޫންމެން އެރޭ ފުރުމުގެ ކުރިން ވެސް ހައިކަލް އާއި ހޫރައިންއަށް އެތައް ނަސޭހަތްތަކެއް ދިނެވެ. މޮޅަށް ކިޔަވާ ބައްޕަމެން ފަޚްރުވެރިވާނެ ނަތީޖާއެއް ހޯދުމަށް ދެ ކުދިންނަށް ވެސް ނަސޭހަތްތެރިވިއެވެ. ޚާއްސަކޮށް ހައިކަލްގެ ފަހު އަހަރުކަމުން ކުރިއަށްވުރެ ސީރިޔަސްކޮށް ކިޔެވުމަށް ސަމާލުކަންދޭން ޝެހެނާޒާއި ހާރޫން ލަފާދިނެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައިއިރު އާ އަހަރެއްގެ ދިރާސީ އަހަރަށް މަރުޙަބާ ކިޔަމުންދެއެވެ. ކުލަކުލައިގެ ޔުނީފޯމުތަކުގައި ބެލެނިވެރިންނާއިއެކު ސްކޫލުތަކަށް ދާ ކުދިން ވަރަށް ގިނައެވެ. ހަމައެއާއިއެކު ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ދާ ކުދިން ވެސް ފޮތް ދަބަސް ހިފައިގެން އެ ކުދިންގެ މަންޒިލަށް ދަތުރުފަށައިގެން އުޅެއެވެ.
ރީޝަމް މަޑު ހިނގުމެއްގައި ސީ އެޗް އެސް ސީ އަށް ދިޔުމަށް ޓަކައި ދަތުރުފަށައިގެން އުޅެއެވެ. މާލޭގެ މަގުތަކުގައި މިހާރު ކޮންމެ ވެސް ވަރަކަށް ހިނގަން އެނގުމުން ހިނގާލާފައި މަންޒިލާހަމައަށް ދެވޭތޯ ރީޝަމް މަސައްކަތްކުރަމުންދެއެވެ. އަދި ވަގުތު ވެސް އޮތުމާއިއެކުއެވެ. ނުހާމެން ދިރިއުޅޭ ގެ ހުންނަ ގޯޅިއަށް ވަތް ވަގުތު މަގުގެ ދެކޮޅު ބަލަމުންދިޔަ ނުހާ ރީޝަމްގެ ލޮލުގައި އަޅައިގަތެވެ. މިހާރު އޭނާ ނައިސްގެން ލަސްވެގެން އުޅެނީއެވެ.
“ހޭއި……ލެޓްސް ގޯ” ނުހާއާ އަރާ ހަމަވުމުން ރީޝަމް ދާން ހިނގާށޭ ބުނެލިއެވެ. ޒަމާންތަކެއް ފަހުން ދެ އެކުވެރިން ދިމާވުމުން ދައްކަން ހުރި ހުރިހާ ވާހަކަތަކެއް ދައްކަމުން ދެ މީހުން ދާން ބޭނުންވި މަންޒިލަށް ފޯރައިފިއެވެ. ސީ އެޗް އެސް ސީ ޔުނީފޯމުގައި ދެ މީހުން ވެސް ވަރަށް ތަފާތެވެ. ނޫ ކުލައިގެ ތިރިއަކާއި ހުދު ޔުނިފޯމާއި ހަމަ އެކުލައިގެ ހަރުވާޅާއި އަޅާފައި ހުރި ބުރުގަލުން ދެ ކުދިންގެ ޗާލުކަން މިއަދު ހާމަވެއެވެ. އެއްވެސް މޭކަޕަކާނުލާ ވެސް އެހާމެ ފުރިހަމައެވެ. ގިނަ ފިރިހެން ކުދިންގެ ލޯތަށް އެ ދެމީހުންނަށް ހުއްޓެނީ ވެސް މި ސަބަބާހުރެ ކަންނޭނގެއެވެ. މަޑުމަޑުން ދެ ކުދިން ވެސް ސީ އެޗް އެސް ސީގެ ގޭޓުން އެތެރެއަށްވަދެ ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ތިބީ އަދި ކުލާސްތަކަށް ދާ ގަޑި ނުޖެހޭތީއެވެ.
ކުއްލިއަކަށް މުޅި ކޮލެޖު ތެރެ ހަމަ ހަލަބޮލިވެގެންދިޔުމުން ވާހަކައިގައި ތިބި ރީޝަމްމެންގެ ނަޒަރު ވެސް ވަށައިގެން ހުއްޓިއްޖެއެވެ. ގޭޓާއި ދިމާލަށް ގިނަ ކުދިންގެ ނަޒަރުތައް ހުރުމުން އެ މީހުން ވެސް ޝައުގުވެރިވެގެން އެ ގޭޓުން އެތެރެއަށް ވަންނަނީ ކާކު ތޯ ބަލަން ފޯރީގައި ތިއްބެވެ. ވަކިން ޚާއްސަކޮށް އަންހެން ކުދިން ތުއިވެތުއިވެފައި އުޅޭ ގޮތުން ޔަޤީނުން ވެސް އެ ގޭޓުން އެތެރެވާނީ ކޮން ބައެއްކަން ލަފާކޮށްލެވިއްޖެއެވެ.
ސީ އެޗް އެސް ސީ ގޭޓު ކުރި މައްޗަށް ހުއްޓުނު އެންމެ ފަހުގެ ސްޕޯޓްސް ކާރުން ފޭބީ އަމާން އާއި ނައިލްއެވެ. ދެ މީހުން ވެސް ނިކަން ސްޓައިލިޝް ހިނގުމެއްގައި ގޭޓުން އެތެރެއަށް ވަދެގެން ދިޔައިރު ޙިޔާލެއް ފިކުރެއްނެތެވެ. ދެ މީހުން ވެސް ޔުނީފޯމުގައި ހުރި އިރު މީހަކަށް ދޫކުރާނެ މީހަކު ނެތެވެ. އެއް ކޮޑުގައި ދަބަސް އަޅުވައިގެން އެ އަތް ޖީބަށް އަނެއް އަތް ދަބަހުގެ ތަންކޮޅެއްގައި ހިފަހައްޓައިގެން ދިޔައިރު އަންހެން ކުދިން ތިބީ އަނގައިން ސޮނި ވެއްޓޭވަރުވެފައެވެ. އަދި އެ ދެމީހުންގެ ސިފައަށް އިތުރު ފުރިހަމަކަމެއް އަޅައިގެން ހުރި އެންމެ ފަހުގެ އައިނު ހެކިދެއެވެ.
ފެންނަ ކޮންމެ އަންހެން ކުއްޖަކަށް ހާއި ކިޔަމުން އެއް ލޯ މަރަމުން އަމާން ދިޔައިރު ނައިލް ހުރީ އެ ބެލުންތަކުން އުނދަގޫވެފައެވެ. އަދި ރުޅި ވެސް ގަދަވެފައެވެ. ނަމަވެސް ކެތްތެރިވުން ނޫންގޮތެއްނެތެވެ. ހަމަގައިމުވެސް ޓީމުގެ އެއް މެމްބަރަކު މަދު ވިއްޔާއެވެ. ޔަޤީނުން ވެސް ހައިކަލްއަށް އިންތިޒާރުކުރަން ޖެހޭނެއެވެ.
ނުހާމެންގެ ހާލަކީ ތޯއެވެ. ގޭޓުން ވަދެގެން އައި ބަޔަކު ފެނުމުން ހީވީ ފިލްމެއްގެ މަންޒަރެއް ހަމަ ލޮލަށް ފެނުނު ހެންނެވެ. ނުހާއަށް އަމާންގެ ފިރިހެންވަންތަ ހިނގުމާއި އެހެރަ ބަލައިލާ ކަތި ނަޒަރުތަކުން ހިތަށް ފާޑެއްގެ ހީލިގަނޑެއް އަރައިގެން ދިޔަހެން ހީވިއެވެ. ގައިމު ވެސް މިއީ ލޮތްބޭ ނުކިޔަސް ލޯބީގެ ފެށުމެއްކަން ޔަޤީނެވެ. ރީޝަމްއަށް ނައިލް ފެނުމުން ގޮތް ގޮތް ނުވިޔަސް ހިތުން ‘ވާއު’ އޭ ބުނެވުނު އަދަދެއް ނޭނގެއެވެ. ދެން އަންހެން ކުދިންގެ ހިތް ވިރޭނެ މިންވަރު މި މީހުންނަށް އަންދާޒާކުރެވޭބާއެވެ.
“އަޅޭ ވާއު……..ނައިލް އިޒް ސޯ ހޭންޑްސަމް….މަށަށް ލިބޭނެ ނަމަ ކޮންފަދަ…..އެކަމަކު އެހެރަ ބަލާލާ ބިރުވެރި ނަޒަރަކުން ވެސް ގައިން ހީބިހި ނަގައިގެންދާނެ….އެކަމަކު ވެސް ހަމަ ލޯބިވެވިއްޖެ” ނުހާމެންގެ ސަމާލުކަން ކައިރީގައި ތިބި އަންހެން ކުދިންގެ ބައިގަނޑަކަށް ހުއްޓިއްޖެއެވެ. އެތަނުން އެކަކު ބުނި ވާހަކައަކުން ދެ މީހުން ވެސް ތިބީ ހިނިގަނޑު ހިފަހައްޓައިގެންނެވެ. “އޯ ކަމޯން ޒޯ….ނައިލް އިޒް ލަމްސްގެ މޭންއެކޭ ދޯ؟…..” ކުރިން ވާހަކަދެއްކި އަންހެން ކުއްޖާ ނޫން އެހެން ކުއްޖަކު ބުންޏެވެ. “ހޫމް ދެން…ޔޫ ގެ ހައިކް ނުފެންނާތީ މޫޑިވެފައި ދޯ؟….” އެންމެ ކުރިން ވާހަކަދެއްކި ކުއްޖާ ބުންޏެވެ. ރީޝަމް އެ ކުދިންނަށް ބަލާލިއިރު އެތަނުން ރީމް ފެނުމުން މޫނަށް ފާޑެއްގެ ކުލަވަރެއް އަރައިގެންދިޔައެވެ. ރީމްއަށް ވެސް ވީ ހަމައެފަދަ ގޮތެކެވެ.
“ރީމް؟….ކޮންތާކަށްތަ ތި ބަލަނީ؟…” ޒޯޔާ އަހާލީ ރީމް މާވަރަކަށް މީހަކަށް ބަލާހެން ހީވާތީއެވެ. “މޫޑު އެކަށް ޚަރާބުވެއްޖެ…..އަހަރުން ގެއަށް ކުރީ ދުވަހަކު އައި ރާއްޖެތެރޭ ފުރޭތައެއް ފެނުނީ…..މަންމަގެ ކޮއްކޮގެ ދަރިއެކޯ؟…..އަހަރުން ގޭގައޭ ހުންނަނީ ވެސް އަދި…..ވަރަށް ފޫހިވޭ…” ރީމް މިހެން ބުނުމުން ޒޯޔާ އާއި ލިމްޔާ ވެސް ބަލާލީ ރީޝަމްމެން ތިބި ދިމާލަށްށެވެ. “ޗިލް މޭން….ތި ރުޅިގަނޑު އިސާހިތަކު ފިނިވެދާނެ އެހެރަ އަންނަ ހޭންޑްސަމް ފެނުމުން…..ނިކަން ބަލާލަބަލަ އެ ދިމާލަށް….” ލިމްޔާ މިހެން ބުނުމުން ޒޯޔާ އާއި ރީމް ވެސް ކޮލެޖުގެ ގޭޓާއި ދިމާލަށް ބަލާލިއެވެ.
އަނެއްކާ ވެސް ތަނުގެ ސަމާލުކަން ގޭޓާއިވީ ދިމާލަށް ހުއްޓުމުން ނުހާމެން ވެސް އެ ދިމާލަށް މި ފަހަރު ވެސް ބަލާލީ ޝައުގުވެރިކަމާއިއެކުއެވެ. ދެން މިއުޅޭ އަންހެން ކުދިން އެވަރަކަށް އެ މޮޔަވަނީ އެ ގޭޓުން ވަދެގެން އަންނަ ހައިކަލް ފެނުމުންނެވެ. އަމާން އާއި ނައިލްއެކޭ އެއްފަދައިން ހައިކަލް ވެސް ވަކި އެ ދެ މީހުންނަށް ދޫކުރާނެ ހެއްޔެވެ؟ ސްމާޓު ހިނގުމުގައި ހޫރައިން އާއި ވާހަކަދައްކަމުން އައިއިރު ތަނުގެ އެންމެންގެ ހައިރަންކުރަނިވި ނަޒަރުތައް ހުރީ އެ ދެ މީހުންނަށް ހުއްޓިފައެވެ. ރީޝަމް ތޯއެވެ. ހައިކަލް ފެނުނު ހިނދު ނަޒަރު އެހެން ދިމާލަކަށް އަނބުރާލަން ވެސް ނޭނގިފައި ހުރި ފަދައެވެ. ކުރިމަތިން ދެން އެ އަންނަނީ ޒަމާންވީ ގާތް އެކުވެރިޔާ ކަމެއް ވެސް ނޭނގެއެވެ.
ސީ އެޗް އެސް ސީގެ އެންމެ މަޝްހޫރު ތްރީ ބީ ބޭންޑްގެ މެމްބަރަކާއިއެކު ދެން އެ އަންނަ އަންހެން ހޫރު ކަމަނާއަށް ހުއްޓޭ ފިރިހެން ކުދިންގެ ކަތި ބެލުންތަކުން ހޫރައިން ހުރީ ރުޅިން މީހާ ފޯވެފައެވެ. އެވަރުން ވެސް ހައިކަލް ހޫރައިންއާއި ދިމާކުރަވަރުން ވެސް ހުރީ މީހާ ބޯ ހާސްވެފައެވެ. “އަޅެފަހެ މަމީ އަރާކައި އެއްޗެއްތަ؟….އެވަރަކަށް އެ ބަލަނީ މަގޭ މޫނުގައި ކޯއްޗެއް ހުރީމަތަ؟…” ސިއްރުން ހައިކަލް ކައިރީ ހޫރައިން އަހާލީ ދަތްކުނޑިވިކައިގަނެފައެވެ. “އެއީ ދޮންބެގެ ޕްރިންސެސް ރީތިވީމާ…….” ހައިކަލް އެއް ލޯ މަރާލަމުން އެހެން ބުނުމުން ވެސް ހޫރައިން ހުރީ މޫނު ހަދައިގެންނެވެ.
ހައިކަލް ނައިލްމެން ކައިރިއަށް ދިޔައިރު ހޫރައިން ދިޔައީ ނުހާމެން ތިބި ދިމާލަށްށެވެ. ނުހާއަށް ހޫރައިން ފެނުމުން ހުރީ ފެންނަ މަންޒަރަކީ ހުވަފެނެއް ކަމަށް ދެކި އެސްފިޔަ ވެސް ޖަހަން ހަނދާންނެތިފައެވެ. ރީޝަމް ވެސް ހަމަ އެފަދައެވެ. ދެ މީހުން ތިބި ގޮތުން ހޫރައިން ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ސަޕްރައިޒް…………..މައި ޓޫ ބެސްޓީޒް…” އެންމެ ފަހުން ހޫރައިން ދެ މީހުންގެ ގައިގައި ބައްދައިގަނެފައި ސަޕްރައިޒްއޭ ކިޔައިފިއެވެ. “ޔޫ……ބަލާބަލަ ހުރި ނުލަފާކަން…އިއްޔެ މަ ގުޅީމަ ވެސް ފޯނު ވެސް ނުނަގާ ހުރެފައި މިތަނަށް ތި ވައްޓާލީ….” ރީޝަމް ހީވީ ހޫރައިން ކާލަފާނެހެންނެވެ. ދެ މީހުން އޭނާ ރޮލާ ކާލާނެކަން އެނގޭ އިރު ވެސް ހަމަ ނުބުނެ އައީ ގަސްދުގައި ވިއްޔާއެވެ.
ކޮބައި ހީވޭ ކަމެއްހެން……އަދި ވެސް ސިއްރުން ކަންކަން ކުރާތި އެނގޭ………….ނޯ ނޯ ނޯ…ޑޮންޓް ގިވް މީ ދެޓް ލުކް…މިފަހަރު ދޮންބެ ހޫރް ސޭވްއެއް ނުކުރާނަން…..” ހައިކަލްގެ އަޑަށް އެ ދިމާ ބަލާލި ރީޝަމް އަށް މިފަހަރު ވެސް ވީ ތަފާތު ގޮތެކެވެ. “ދޮންބޭ…ޕުލީޒް…..” ސިމްޕެތެޓިކް ލުކް އެއް ދެއްކިޔަސް ހައިކަލް މިފަހަރު އޭނާ ސަލާމަތްނުކުރާނެކަން ހޫރައިންއަށް އެނގިއްޖެއެވެ. އެހެންވެ ކަޅި މައްޗަށް ނަގާ ވައްތަރެއް ޖައްސާލުމަށްފަހު ކައިރީ ތިބި ދެ އެކުވެރިން ތަޢާރަފުކޮށްދޭން އުޅެގަތެވެ.
“އޯކެ ނައު ލިސަން….ދޮންބޭ މިއީ މައި ޓޫ ބެސްޓީޒް…..ރީޝަމް އެންޑް ނުހާ…..ގައިޒް ދިސް އިޒް މައި ކްރީޕީ ބުރަދަރު…މިސްޓަރ ހައިކަލް…..” ހޫރައިން މިހެން ބުނުމުން އަމާން ކައިރިއަށް ވަރަށް ހިނިއައެވެ. ވާނީ ވެސް އެހެންތާއެވެ. އެހާ ސްމާޓުކޮށް ހުއްޓާ އެހެރަ ތަޢާރަފުކޮށްލި ގޮތުން ހައިކަލް ހުރީ ވެސް މީހާ ސަކަރާތްވެފައެވެ. ދެން މީހަކަށް ނޭނގުނަސް ހައިކަލްގެ ކަތި ބެލުންތައް ރީޝަމްއަށް ހުއްޓެމުންދިޔައެވެ. އަމާންގެ ހާލަކި ވެސް އެއީއެވެ. ނުހާ ފެނުނު ހިނދު ފުރަތަމަ ނަޒަރުން މި ކިޔާ ޖަޒުބާތު ހޭލައްވާލީ ތޯއްޗެކެވެ. ގައިމު ވެސް އަމާންއަށް ނުހާ ވަރަށް ބޮޑަށް ކަމު ގޮސްފިއެވެ.
“ހޫމް…..އަމްމަޓޭ، ނައިއްޓޭ މީޓް މައި ކްރޭޒީ ސިސްޓަރު މިސް ހޫރައިން…..” ހައިކަލްގެ ތަޢާރަފާ އެކީގައި އަމާން އާއި ނައިލްގެ ދެ ލޯ ހުރީ ދެ ކާށި ކިބަޔަކަށް ހަދައިގެންނެވެ. ދެ މީހުންގެ ދެ ކޮޑުގައި ހިފައި ގާތްކޮށްލާފައި ތަޢާރަފު އެ ކޮށްލީ ހެއްވާ ގޮތަކަށްވިއްޔާއެވެ. “ނައިސް ނޭމްސް……” ޒާތެއްގެ ހިންޏެއް އައިސްހުރެ ހޫރައިން ބުނެލީ މަލާމާތްކޮށްލާ ފާޑަކަށްށެވެ.
ރީތިކަން ހުސްކޮށްލައިގެން ތިބި ތިން ފިރިހެނުންގެ ތެރެއިން ހޫރައިންގެ ނަޒަރު ދަތުރުކޮށްލީ ނައިލްއަށްށެވެ. ހޫރައިން ނައިލްއަށް ރަނގަޅަށް ބަލާލި މީ ފުރަތަމަ ފަހަރެވެ. އަންހެން ކުދިންގެ ހިތް ކަތިނުލާނެ ގޮތަކީ ނެތް ގޮތެއްކަން ހޫރައިންއަށް ގަބޫލުކުރަން މަޖުބޫރުވީ ނައިލް ފެނުމުންނެވެ. އެހާ ފުރިހަމަ ފިރިހެންވަންތަ ޒުވާނަކު މި ކޮލެޖުން ހޯދުމަކީ ނާދިރުކަމެކެވެ. އެމީހުންނާ ވާހަކަދައްކަން ތިބިތަން ފެނުނު ކޮންމެ އަންހެން ކުއްޖަކު ވެސް ހުރީ ހޫރައިންމެންނާ ދިމާލަށް ކަޅި އަޅައިގެން ބަލަންށެވެ. ހީވަނީ ކޮށްގެންވާނެ ކަމެއް ކުރެވުމުން އެކަމުގެ ރުޅި ބާލަން ތައްޔާރަށް ތިބީ ކަމަށްށެވެ. ނައިލްއާއި ދިމާލަށް އިރުކޮޅަކު ބަލަން ހުރުމަށް ފަހު ދެން ފެނުނީ ރީޝަމްމެންނާ ވާހަކަދައްކަން ފެށިތަނެވެ.
މި މަންޒަރު ފެނުނު ނައިލްހުރީ ހައިރާންވެފައެވެ. އަހަރެންގެ އެންމެ ބެލުމަކަށް ފިދާވާން ތިބި އެތައް ހާސް ކުދިންނެއްވާއިރު މިހިރަ ފެންނަ ކުއްޖާ ހަމަ އެންމެ ނަޒަރެއް ދީފައި ދުރުބަލާލީ އެއްވެސް އަސަރެއް ނުކުރާތީތާއެވެ. އެހެންވިޔަސް އަހަންނަށް ކޮން ކަމެއް ހެއްޔެވެ؟ ނައިލް ވެސް ހޫރައިންއަށް ނުގޮތަކަށް ބަލާލީ އަދި ކިރިޔާއެވެ. އެއީ ކިހާ ފުރިހަމަ ހޫރެއްކަން ނައިލްގެ ހިތާއި ޒަމީރު ވެސް ޤަބޫލުކުރަން މަޖުބޫރުކުރީ ހޫރައިންގެ އެހެރަ ނިޔަނެތި ޢަމަލުތަކާއި ބުރުސޫރައެވެ. އެހެނަސް ނައިލްގެ ހިތަށް އެ ރީތިކަމަކުން އަސަރު ކުރިހެނެއް ހިޔެއްނުވެއެވެ.
“އައްސަލާމްޢަލައިކުމް…ހުރިހާ ދަރިވަރުން ވެސް އަވަހަށް ހޯލަށް އާދޭ…” އެނައުސްމަންޓުގެ އަޑުއިވުމުން ހުރިހާ ދަރިވަރުން ވެސް އަވަސްވެގަތީ ހޯލަށް ދިޔުމަށްށެވެ. ހޫރައިންމެންނާއި ނައިލްމެން ވެސް ދައްކަން ހުރި ވާހަކަތައް ބަހައްޓާފައި ހޯލާ ދިމާލަށް މިސްރާބުޖެހީ ލަސްވެދާނެތީއެވެ.
ހޯލަށް ހުރިހާ ކުދިން ވަދެ ގޮނޑިތަކުގައި އިށީނުމުން މިއަދުގެ އެސެމްބްލީ ފެށިގެންދިޔައެވެ. ޤުރުއާނު ކިޔެވުމާއި ތަރުޖަމާ ކިޔުމަށްފަހު ދެން އޮތީ ޕްރިންސިޕަލްގެ ވާހަކަދެއްކުމެވެ. “އައްސަލާމުޢަލައިކުމް….އާ އަހަރުގެ ކިޔެވުމަށް ހުރިހާ ދަރިވަރުންނަށް ވެސް މަރުޙަބާ….މި އަހަރަކީ ވެސް ވޭތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން ކިޔެވުމުގައި ރަން ވަނަތަކެއް ހާސިލުކުރާނެ ފަހަރެއްކަމުގައި ސާރ ވަރަށް އުންމީދުކުރަން…ވަކިން ޙާއްސަކޮށް މިއަހަރަށްކުރާ އުންމީދު ވަރަށް ބޮޑު…އޭލެވެލް އިން މޮޅު ނަތީޖާތަކެއް ފެނިގެންދާނެ އަހަރެއްކަމުގައި މި އަހަރު ވެގެންދާނެކަން ސާރއަށް ޔަޤީން….އޮތީ ތިޔަ ކުދިންގެ ހިތްވަރު…އަދި މި އަހަރު އަލަށް ކޮލެޖަށް ވަތް ހުރިހާ ދަރިވަރުންނަށް ވެސް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމުން ސާރގެ ވާހަކަ ނިންމާލަން….ވައްސަލާމުޢަލައިކުމް…” ޕްރިންސިޕަލްގެ ވާހަކަ ނިމުމުން ތަން ގުގުމާލީ އަތްތިލަތަކުގެ އަޑުންނެވެ. ޕްރިންސިޕަލްގެ ވާހަކަ ބޮޑަށް އަމާޒުކުރީ ނައިލްމެންނަށްކަން އެމީހުންނަށް އެނގެއެވެ. ސަބަބަކީ މިއީ އެމީހުންގެ އޭލެވެލްގެ ފަހު އަހަރު ކަމަށްވާތީއެވެ.
އެސެމްބްލީއަށް ފަހު ހުރިހާ ކުދިން އެ ކުދިންގެ ކުލާސްތަކަށް ދިޔައެވެ. ހޫރައިން، ރީޝަމް އަދި ނުހާ ދިޔައީ 11އޭ ކުލާހަށްށެވެ. އަދި ނައިލް، ހައިކަލް އަދި އަމާން ދިޔައީ 12އޭ ކުލާހަށްށެވެ. އިއްތިފާޤުން ދެ ބައި މީހުންގެ ކުލާސް ވެސް ހުރީ ޖެހިޖެހިގެންނެވެ. މިހެންވުމުން އެ މީހުން ތިބީ ވަރަށް އުފާވެފައެވެ.
“އެކްސްކިޔުޒް..” ހޫރައިންމެން މަޑުކޮށްލީ ފަހަތުން އެމީހުންނަށް ބަޔަކު ގޮވާލީމައެވެ. ހޫރައިން ފަހަތަށް އެނބުރުނުއިރު ތިން އަންހެން ކުދިން ހަށަންބަނދެލައިގެން ފޮނި ގޮތަކަށް ތިބުމުން ހޫރައިންގެ މޫނުގައި ސުވާލުމާކުތަކެއް ޖެހިގެންދިޔައެވެ. ނަމަވެސް ރީޝަމް އާއި ނުހާގެ މޫނުމަތިން ފޫހިކަން ފެނުނީ އެމީހުންގެ ގޮތް އެނގުނީމައެވެ.
“ޔެސް؟؟؟…” ހޫރައިން ޖަވާބެއްދިނީ ކިހިނެއްވީތޯ ބަލަންވެގެންނެވެ. “ބުނަން ވާހަކައެއް…މި ކޮލެޖުގެ މަޝްހޫރު ތްރީ ބީ ބޭންޑްގެ ތިން ފިރިހެން ކުދިންނަކީ އަހަރުމެންގެ މީހުން އެނގޭ….ސޯ މާ ގާތްވާން ނޫޅޭތި..އެހެން ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ….” އެތަނުން ވާތް ފަރާތަށް ހުރި ރީމް ބުނެލީ ބޮޑާ ގޮތަކަށްށެވެ. ރީޝަމްއަށް ކަޅި ވެސް އަޅާލަމުންނެވެ. “ތްރީ ބީ ބޭންޑް؟؟..” އަނެއްކާ ވެސް ހޫރައިންގެ ސުވާލެކެވެ. “ހައިކަލް، އަމާން، ނައިލް….ތްރީ ބީ ބޭންޑް….ހާއްސަކޮށް ނައިލްއާ ގާތްވާން ނޫޅޭތި އެއީ ލަމްގެ ކްރަޝް….ސޯ ސްޓޭ އަވޭ ފްރޮމް ދެމް….” ޒޯޔާ ބުނެލިއެވެ.
ހޫރައިންއަށް މި ވެގެން އުޅޭ ގޮތް މިހާރު އެނގިއްޖެއެވެ. މިއީ އެ ތިން ފުރޭތަ އާއި އަޅައިގަނެގެން އުޅޭ ތިން މީހުންކަން މިހާރު އެނގިއްޖެއެވެ. އަދި މާ ގަޓު ހުރި ބަޔަކަށް ވެގެން އަހަރުމެންނަށް ބިރުދައްކަން އަޔެކޭ ކިޔާފައި ބިރުން ފިލަންދާނެ ހެއްޔެވެ؟ ދުރުގައި ދެ ލޯ ބޮޑުކޮށްގެން ތިބި ހައިކަލްމެންނާ ދިމާލަށް ހޫރައިން ބަލާލީ އެއްމިޔަކަނުން ހީލަމުންނެވެ. ހައިކަލްއަށް އެ ބެލުމުން ލަމްޔާމެންގެ ދުވަސް ދިޔައީ އޭ ވެސް ހިތަށް އެރިއެވެ.
“އޭ ބްރޯ ސަކަރާތޭ….މަގޭ ކޮއްކޮކަން ނޭނގޭނެ ދޯ ލަމްޔާމެންނަކަށް…..ތި ދިޔައީ ދުވަސް…މަ ކޮއްކޮ ވަރަށް ނައްޓާނެ އޭނާއާ ދިމާލަށް މީހަކު އެހެން އައިސްސަ އެއްޗެކޭ ބުނަންޏާ….” ހައިކަލް ބޯ ކަހާލަމުން ބުނެލިއެވެ.
“އޯހް އައި ސީ….އެމީހުންނާ މާ ގާތްވާތީ ޖެލަސޭ މި ކިޔާ ނަން ހަރުލީ ދޯ؟….ހެއްހެއްހެއް….މީ ފެށުން ކަމަށް ބަލާ…..އެމީހުންނާއިއެކު އަހަރެން..ނޯޕް…އަހަރުމެން ވަރަށް ގިނައިން ފެންނާނެ….ޙާއްސަކޮށް އަހަރެން ހައިކަލްއާއިއެކު ފެންނާނެ..ދެން އެ ތިބަ ދެ އޭލިޔަނުންނާއި އެކީ ނުފެންނާނެ އެކޭ ވެސް ނޫން އެނގޭ މި ބުނީ…ސޯ ބީ ރެޑީ…” ވަރުގަދަ އެތި ފަހަރެއް ވީއްލާލާފައި ރީޝަމް އާއި ނުހާގެ އަތުގައި ހިފާ ހައިކަލްމެންނާއި ދިމާލަށް ކަޅި އަޅާލަމުން ހޫރައިން ގޮސް ކުލާހަށް ވަދެއްޖެއެވެ. ލަމްޔާމެންގެ އަނގަ ބަންދުކޮށްލިލެއް ފުރިހަމަ ކަމުން ހައިކަލްމެން ތިބީ ވެސް ހައިރާންވެފައިއެވެ.
“ސީރިޔަސްލީ…ހޫދަ ހެލް އިޒް ދެމް؟…މާ ގަޓުވެގެން ބުނެފިއެއްނުން…ގިނައިން އެމީހުންނާއިއެކު ފެންނާނޭ….ބީ ރެޑީއޭ….މަށަކީ ލަމްޔާ….ލެޓްސީ ކާކުތޯ ގިނައިން ފެންނާނީ ބަލަން….” ލަމްޔާ ރުޅި އައިސް ރަތްވެފައި ހުރެ ބުނެލިއެވެ. އަދި ދެން ތިބި ދެ މީހުން ގޮވައިގެން 12އޭ ގެ ކުލާހަށް ގޮސްވަދެއްޖެއެވެ. އެމީހުންނަކީ ވެސް ހައިކަލްމެންނާ އެއް ކުލާހެއްގައި ކިޔަވާ ކުދިންނެވެ.
ކިޔެވުމުގެ ފުރަތަމަ ދުވަސްކަމުން މިއަދު މުޅިން ވެސް އޮތީ އެއް ކުއްޖެއް އަނެއް ކުއްޖެއް ތަޢާރަފުވުމުގެ ބައެވެ. މާ ބޮޑު ކިޔެވުމެއްނެތި މިއަދުގެ ދަންފަޅި ނިމިގެން ދިޔައީ ތައާރަފުވުމާއި ސްކޫލުގެ ބައެއް ޤަވާއިދުތައް ކުދިންނަށް ހަނދާންކޮށްދެމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Varah furihama Maashaa Allah
you deserve a huge round of applause 👏👏👏👏
I love it!!
When next?
Lysssm💗💗💗
TC💖
Awww thank you so much…hehe inshallah next part v.avaha kiyaalan libeyne..keep waiting ☺️❤️
Masha Allah mi part vx vrh reethi ❤️💯
When’s next part??
Curiously waiting for the next part 🙂✨
Awww thank you so much…Aalerrr inshallah soon…keep waiting ND do comment..faharehga mistake vx hurun ekashee gn very…ND kiyuntherin ge vx khiyaalu varah muhinmu…☺️❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
I appreciate your hard work
Haadha curious kohlaafa thi nimaaly
Kobaaatha dhen oiy bai.
Maa Gina dhuvahu inthizaareega in an undhaguleyy 😭😭😭😭😭