“ދަރިފުޅާ ނައިލް…އާދޭ ސައިބޯން…” ވަރަށް ލޯބިން ނޫރާ ނައިލްއަށް ގޮވާލިއެވެ. ބަސް އަހާ ކުޑަކުއްޖަކު ފަދައިން ނައިލް ގޮސް މޭޒުގެ ކޮޅުގައި ނާޝިދުގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. “ދަރިފުޅާ ހާރޫން އަންކަލް މެން އައިސް އެބަ އުޅެ އެއްނުން…ހައިކަލް ނުބުނޭތަ ދަރިފުޅު ކައިރީ….ބައްޕަ ހީކުރީ ދަރިފުޅު ވެސް ދާނީ އެއާޕޯޓަށް ކަމަށް….” ނާޝިދު އަހާލިއެވެ.
*************************************************************************************
ނައިލް އަނގައަށްލާލާ އިން ކަވާބު ކޮޅު ވެސް މޭޒުމައްޗަށް ވެއްޓުނީ ނާޝިދު ދެއްކި ވާހަކައަކުންނެވެ. ހާރޫން އަންކަލް މެން އަންނަ ވާހަކަ އެއުޅޭ ހައިކު ގަނޑު ނުވެސް ބުނޭ ވިއްޔާއެވެ. ޔަޤީނުން ވެސް މަ އެއާޕޯޓަށް އޭނާއަށްވުރެ ކުރިން ހާރޫން އަންކަލްމެން ރިސީވް ކުރަން ގޮސްދާނެތީ ތޯއްޗެކެވެ.
“ލައްބަ…އަޅުގަނޑު ކައިރި ނުބުނޭ…ވެދާނެ ސަޕްރައިޒްއެއް ދޭން ނުބުނީ ކަމަށް…އެނގެއެއްނުން ހާރޫން އަންކަލް އާއި ޝެހެނާޒް އާންޓް އަޅުގަނޑު ދެކެ އޭނާއަށްވުރެ ބޮޑަށް ލޯބިވެދާނެތީ ވެސް ނުބުނެ ހުރެދާނެ….” އަޑުގައި ސަމާސާގޮތް އެކުލަވާލަމުން ނައިލް ބުނެލިއެވެ. މިއީ އާއިލާ މީހުންނާއި އޭނާގެ ގާތް ދެ އެކުވެރިންނަށް ނޫނީ ނުފެންނާނެ ސިފައެކެވެ. ނައިލްގެ މި ސިފައިން އެތާ ތިބި މީހުންގެ ތުންފަތްމަތިން ވެސް ހިނިތުންވުން ފެނިގެންދިޔައެވެ.
“ދަރިފުޅާ ހައިކު…ކޮބާ ކޮލެޖަށް ދާން ތައްޔާރުތަ؟…..މާދަން ނޫން އަނެއް ދުވަސް މިއޮތީ ކިޔެވުން ފެށެން….ބައްޕަމެން ކޮއްކޮގެ ކޮލެޖަށް ދާ އެއްޗެހި ރެޑީވީމަ މާދަން ރޭ ފުރަން…އެނގެއެއްނުން އެކޮޅުގެ ބިޒްނަސް ކަންތައް ކުރަން ހުންނާނީ ބައްޕަ އެއްނުން…ދެން ދަރިފުޅު ކިޔަވާ ނިމިގެން އާދޭ ބައްޕަމެން ކައިރިއަށް…..ދަރިފުޅުގެ ޒިންމާއެއް އެއީ ކޮއްކޮއަށް ރަނގަޅަށް ބެލުން…..” ލައްކަ ވާހަކަ ހާރޫން ދެއްކިއެވެ. ވަގުތަކީ ރޭގަނޑުގެ ކެއުމުގެ ވަގުތުކަމުން އަދި ދައްކަނީ ސީރިޔަސް ވާހަކައެއް ކަމުން ހައިކަލް އާއި ހޫރައިން ވެސް އިނީ ބައްޕަ ދައްކާ ވާހަކަތަކަށް ސަމާލުވެގެންނެވެ. ނިކަން ފަސޭހައިން ދެ މީހުން ވެސް ބޯ ޖަހާލިއެވެ. ނަމަވެސް މާދަން ވާއިރަށް މިރޭ އެ ދެއްކި ވާހަކަތައް ހަނދާނުގައި ހުންނާނެ ކަމާއިމެދު ޝައްކެވެ.
އިރު ފެނުން ތޮޅެލި އިރު ހޫރައިން ހުރީ ޝެހެނާޒާއިއެކު ޔުނީފޯމް ހެޔޮވަރުކުރަން އައިހެވެ. ލަންޑަނުގައި ހުރި އިރު ވަނީ ކިޔެވުމަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ހަމަކޮށްފައެވެ. ހަމައެކަނި މަދީ ޔުނީފޯމެވެ. ޔުނީފޯމު ހެޔޮވަރުވުމުން އެއަށްވާ ފައިސާ ދިނުމަށް ފަހު ބޫޓާއި އެހެނިހެން އެއްޗެހި ގަތުމަށް ޓަކައި އެކި ފިހާރަތަކަށް ވަންނަމުންދެއެވެ. އެތަނުން ފިހާރައަކަށް ވަތްތަނުން ފެނުނު ސޫރައަކުން ހޫރައިންގެ ފައި ނުއޮޅުނީ ކިރިޔާއެވެ. މިފަދަ ތަނަކުން ރީޝަމް ފެންނަންވި ކީއްވެ ހެއްޔެވެ؟ އެހެނަސް އެއީ ރީޝަމްކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. އެހެންކަމުން، އަވަސް އަވަހަށް ޝެހެނާޒުގެ އަތުގައި ހިފައިގެން ނުކުމެ އެ މަގުން ވެސް ލަނބާލައިފިއެވެ. ޝެހެނާޒު ހުރީ ވާނުވާގައެވެ.
“ދަރިފުޅާ ކިހިނެއް ވީ؟…” ޝެހެނާޒު އެންމެ ފަހުން އަހާލައިފިއެވެ. “މަންމައަށް އެނގެއެއްނުން ރީޝަމް….އެ ފިހާރައިން އޭނާ ފެނުނީ….އަޅުގަނޑު ނުބުނަން އެއިން އެކަކު ކައިރި ވެސް މި ކޮޅަށް ބަދަލުވީ ވާހަކައެއް…..މާދަން ދިމާވާނެއެއްނުން….ހުރެބަލަ ހުންނާނެ ފިސާރި ފޯރިއެއް އެނގޭ….” ނުލަފާ ހިނިގަނޑެއް ޖަހާލަމުން ހޫރައިން ބުނެލިއެވެ. ދަރިފުޅުގެ ގޮތް ރަނގަޅަށް އެނގޭތީ ދެ ފަރާތަށް ބޯ ހޫރާލާފައި ޝެހެނާޒު އެއްޗެކޭ ނުބުނެއެވެ.
“ނޫ…އެނގޭ ތަ؟….މަށަށް ދެންމެ ހީވީ ސަންފަ ފެނުނުހެން….” ރީޝަމް ގުޅައިގެން ހުރީ ނުހާއަށްށެވެ. “ނާހަމަ ތެދެއް ތަ؟….އެކަމަކު އޭނާ ހުރީ ލަންޑަނުގަ އެއްނުން….ކިހިނެއް ކުއްލިއަކަށް މި ތަނަށް އަންނާނީ؟….” ނުހާގެ ހިތުގައި ވެސް އުފެދުނީ ސުވާލުތަކެކެވެ. “ދެން ވެދާނެ މަށަށް ހީވި ގޮތެއް ކަމަށް ވެސް…….ހިނގާބަލަ އޭނައަށް ގުޅާލަން….” ރީޝަމް ޚިޔާލެއް ހުށަހެޅިއެވެ. އެންމެ ފަހުން ދެ މީހުން ވެސް ކޮންފަރެންސެއް ހަދާ ޓެލެގުރާމިން އެ ބުނާ ‘ސަންފަ’ އަކަށް ގުޅާލިއެވެ.
ސްކައި ކާސަލްއަށް ވަދެގެން ދިޔަ ހޫރައިންގެ ފޯނަށް އަންނަ ކޯލެއްގެ ސަބަބުން މީހާގެ އަތުގައި އޮތް އަގުބޮޑު ފޯނު ވެސް ހޫރާނުލެވުނީ ކިރިޔާއެވެ. ވާނީ ވެސް އެހެންތާ އެވެ. އޭނާގެ ގާތް ދެ އެކުވެރިން ނޫ އާއި ރީ ގެ ކޯލެއްކަމުން މިއަދު ދެން ނަގަން ބޭނުންނުވީއެވެ. މާދަމާގެ “ރިއޭކްޝަން” ބަލަން ވާނެތާއެވެ. ފިސާރި ތަޅުވާލާނަމެވެ.
“އޭ ނުނަގާ ފޯނެއް…މީ މީގެ ކުރިން ވީ ގޮތެއް ނޫން ދޯ؟…” ނުހާގެ އަޑުގައި މަޑުމޮޅި ކަމެއްވިއެވެ. ރީޝަމް ވެސް ހަމައެފަދައެވެ. ” ދެން މާދަން ޚަބަރެއް ބަލާލާނީ ދޯ…ވެދާނެ ބިޒީ ވީ ކަމަށް ވެސް….ޗިލް…” ރީޝަމް ތަނުގެ ސީރިޔަސްކަން ކަނޑުވަން މަސައްކަތްކުރިއެވެ.
“ދަރިފުޅާ ހޫރރރރރރރރު….އަވަސްކޮށްބަލަ….އަހަރެންގެ މި ދަރީގެ ތަތްކަމާއެވެ…..” ޝެހެނާޒު ހުރީ ދެ ވަރުން އެއްވަރު ވެފައެވެ. މިހާރު އެ މީހުން އެއުޅެނީ ނާޝިދުމެންގެ ގެއަށް ދަޢުވަތަކަށް ދާންވެގެންނެވެ. އެހެނަސް ނުދާން ގަދަހަދަނީ ހޫރައިންނެވެ. ސަބަބަކީ މާ ވަރުބަލިއްޔޯލައެވެ. ހަމަ ހެނދުނު ހެނދުނާ މަންމައާއިއެކު ފިހާރަތަކަށް ދިޔައިމައެވެ.
ހޫރައިންގެ ކޮޓަރިން އެއްޗެހިތަކެއް ތަޅާ އަޑު ވެސް އިވެއެވެ. ޑްރެސިން ޓޭބަލުގައި އެއްޗެހިތައް ބަހައްޓަނީ އޭނާގެ އެ ޢަމަލުން މަންމަމެންގެ ހިތަށް ރަޙުމެއް ވަދެގެން އޭނާ ބަހައްޓާފައި ދާނެ ކަމަށް ހިތާއެވެ. ރީތި ވަނީ ވެސް ދެ ބުމަ ގޮތް ޖަހައިގެން ހުރެއެވެ. ދެން އަޅެފަހެ އެހެން ހުރެ ކިތައްމެ ވަރަކަށް ރީތިވީއެކެ ކިޔާފައި ރީތިވާނެ ހެއްޔެވެ؟
އެންމެ ފަހުން އެ މީހުންގެ އިންތިޒާރަށް ވެސް ނިމުމެއް އައިސިއެވެ. ރުޅި މޫނު ހަދައިގެން ހުރެ ހޫރައިން ސިޑިން ފައިބައިގެން އަންނަތަން ފެނުނީއެވެ. ޝެހެނާޒު ހިތްހަމަނުޖެހުނަސް ހޫރައިން ހުރި ގޮތުން ހިނިގަނޑު ހިފަހައްޓައިގެން ހުރީ ގަދަކަމުންނެވެ. އެހެންނޫނީ ކަންތަކާ ލައިގަންނާނެއެވެ.
“އޭ ބްރޯ އަހަރުން މި ނައްޓާލީ އެނގޭ…މިހާރު މިތާ ހުރެވެނީ އެއް ނޫން ނޫރާ އާންޓުގެ މީރު ކަވާބުގެ ރަހަ ބަލާ ހިތުން…..ހުވާ މަގޭ ކޮއްކޮގަނޑުގެ ތަތްކަމުންވާހާ ކަންތަކޭ…..” ނައިލްއަށް ގުޅައިގެން ހުރި ހައިކަލްއަށް ރުޅި މޫނު ހަދައިގެން އަންނަ ހޫރައިން ފެނިގެން އިތުރަށް ރުޅި އަރުވާލާ ހިތްވިއެވެ. “ހެވެއްނުން…..ދޮންބެ ވެސް ވެއްޖެ ވިއްޔާ މަ ނިދާފައި އޮތްވާ އައިސް ތިބުނާ އާންޓެއްގެ ގެއަށް ދާން ތައްޔާރުވާށޭ ކިޔާ ގޮވާ ނަގަން…އަދި މަންމަ ވެސް ދޮންބެއާ އެއްބައިވެގެން ހުއްޓެއްނުން…..އަޅެ ކީއްތަ ވާނީ މަ ބާއްވާފައި ދޮންބެމެން ދިޔައީވިއްޔާ…” ހޫރައިން އަދި ވެސް ހުރީ ރުޅި އައިސްފައެވެ.
“ޗިލް ކޮއްކޯ…..ދޮންބެމެން މިދަނީ ދޮންބެގެ ފްރެންޑެއްގެ ގެއަށް…ކޮއްކޮއަށް ނޭނގިދާނެ ނޫރާ ދައްތަ އާއި ނާޝިދުބޭ….ނާޝިދުބޭ އެއީ ބައްޕަގެ ބިޒްނަސް ޕާޓުނަރު……އަދި އެނގޭތަ؟….އެގޭގައި ހުންނާނެ ވަރަށް ހޭންޑްސަމް ކުއްޖެއް ވެސް އެނގޭ…..ސެޓު ކޯށްދެން ތަ؟…” ނައިލްއަށް އަޑު އިވޭނެކަން އެނގިހުރެ ހަމަ ދެ މީހުން ވެސް ރުޅި އަރުވާލަން ހައިކަލް ބުނެލިއެވެ. ވީ ވެސް އެހެންނެވެ. ދެ މީހުން އެއްފަހަރާ ނޯ އޭ ބުނެލި އިރު ހައިކަލް ހުރީ އަނގަ ސަކަރާތްވެފައެވެ.
“މަ އެބަ އުޅެން ތަ ދޮންބެގެ ތި ފްރެންޑަކާ މީޓްނުވެގެން…އަދި ބުނެފިއެއްނުން ސެޓު ކޮށްދެން ހޭ…..ޔަޤީނުން ވެސް ވަރަށް ހުތުރު ސިފައެއްގައި ހުންނާނީ…..ބަލާލަން ވެސް ނުކެރޭނެ ކަންނޭނގެ….” ހޫރައިން މި ބުނެލި އެއްޗަކުން ހައިކަލްގެ ދެ ލޯ ހުރީ އަރާ އާސުމާނުގައެވެ. އަނެއްކޮޅުން ނައިލްގެ ހާލަކީ ތޯއެވެ. ދުވަހަކު ވެސް މީހަކު އޭނާ އަކީ ހުތުރު މީހެކޭ ނުބުނާއިރު އަދި މި ނުފެންނަ އަންހެން ކުއްޖާ އެހެން ބުނުމުން ވާނީ ކިހިނެއް ހެއްޔެވެ؟ މަ ވަކި ހުތުރިއްޔާ އޭނާ ހުންނާނީ ސަފަރުކަތްދަހެން ތޯއްޗެކެވެ.
އެންމެ ފަހުން ކާރު އައިސް ވަރަށް ރީތި ގަނޑުވަރެއްހެން ހުރި ގެއެއްގެ ކުރި މައްޗަށް ހުއްޓާލައިފިއެވެ. ހޫރައިން ކާރުން ފައިބާ ގޭގެ ނަން ބޯޑަށް ބަލާލީ ގެއާއިމެދު ޝައުގުވެރިވެ ހުރެއެވެ. “އީސްޓް ޕަޒަލް” ގެއާއި އެއްވަރަށް ނަން ވެސް ރިއްޗެވެ. ދެން މީކީ އާ މަންޒަރެއް ނޫންތާއެވެ. ލަންޑަނުގައި ހުރި ގެ ވެސް ވާނީ ހަމަ މި ފެންވަރުގައި ވިއްޔާއެވެ. އަދި މިހާރު އަހަރެން މި ހުންނަ ގެ އަކީ ވެސް ހަމަ ގަނޑުވަރެއް ފަދަ ޗާލު ގެއެއްވިއްޔާއެވެ.
ގެއަށް ވަދެގެން އަންނަ މެހެމާނުން ފެނުމުން ނާޝިދުމެންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. ޒަމާންވީ ގާތް ރަޙްމަތްތެރިޔާ އާއި ބައްދަލުމިވީ ޒަމާންތަކެއް ފަހުންނެވެ. “އައްސަލާމްޢަލައިކުމް ނާޝިދު..” ހާރޫން އައި ގޮތަށް އައިސް ނާޝިދު ޢާއި ކަރާކަރު ޖައްސާ ސަލާމް ކުރިއެވެ. “ވަޢަލައިކުމުއްސަލާމް…މަގޭ ރަޙްމަތްތެރިޔާ…..ލައްކަ ދުވަހަކުން ދޯ މިހިސާބަށް ބޯކޮޅު ލެވުނީ ތި؟….ކޮބައިތަ އަންހެން ދަރިފުޅު…މިހާރު ބޮޑުވެދާނެ ދޯ….” ނާޝިދު އެ ހުރި ގޮތަށް ހުރެ ލައްކަ ވާހަކަ ދެއްކީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުންނެވެ.
“މިހުރީނުން ކައިރީ…..” ހާރޫންގެ ވައާތް ފަރާތަށް ބަލާލިއިރު ހޫރައިން ފެންނާކައްނެތެވެ. ޝެހެނާޒު ވެސް ފަހަތަށް ބަލާލީ އަދި ހޫރައިންއަށް ނާދެވެނީ ކަމަށް ހިތާއެވެ. އެހެނަސް ވީކަމެއް ހަރާމެވެ. ސުވާލުގެ ނަޒަރަކުން ހާރޫން ބަލާލީ ހައިކަލްއަށްށެވެ. ހައިކަލް އަރުވާލީ ދެ ކޮނޑެވެ. ތިމަންނައަށް ވެސް ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. “ވެދާނެ މަސް ފެންގަނޑު ކައިރީ ހުރީ ކަމަށް ވެސް…އެތާ އޮންނާނެ ވަރަށް ރީތި މަސް ފެންގަނޑެއް…ކުލަ ކުލައިގެ މަސްތައް އުޅޭނެ…އަދި ވޯޓަ ފޯލް ހެން ފެންތައް ފައިބާ އިރު ބަލާލަން ނިކަން ހިތްގައިމުވާނެ….” ނޫރާ މިހެން ބުނުމުން އެންމެންގެ ހިތްތަކަށް ހަމަޖެހުން ގެނުވިއެވެ. ސަބަބަކީ ހޫރައިންއަކީ ކުޑައިރު ވެސް މަސްތައް ދެކެ ލޯބިން އުޅޭ ކުއްޖެކެވެ. އަދި މަސް ގެން ގުޅެން ވެސް ނިކަން ފޯރި ހުންނާނެއެވެ.
“މި ހުރީ ދޯ ނައިލް…ހާދަ ބޮޑު ވެއްޖޭ…” ހައިކަލް އާއި ވާހަކަދައްކަން ހުރި ނައިލްއާ މުޚާތަބުކޮށް ޝެހެނާޒު ބުނެލީ ނައިލްގެ ބޮލުގައި ފިރުމާލަމުންނެވެ. ނައިލް ކުޑަކޮށް ހިނިތުންވެލިއެވެ. “ހިނގާ އަވަހަށް ސައި ބޯންދަމާ…ސައި ހުންނާނީ ތައްޔާރުކޮށްފައި ބަގީޗާގައި…އެތަނުން ހޫރައިން އާއި ވެސް ދިމާވާނެއްނުން..” ހިނިގަނޑެއް ޖަހާލަމުން ނޫރާ ބުނެލީ ޝެހެނާޒުގެ އަތުގައި ހިފައި ބޭރަށް މިސްރާބު ޖަހަމުންނެވެ.
މަސް ފެންގަނޑު ކައިރީ ހުރި ހޫރައިން ހުރީ އާ ޝޯހުވެފައެވެ. ދުވެ ދުވެފައި އުޅޭ މަސްތަކަށް ބަލަން ހުރެވުނު އިރު ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ. އެތަނުގެ ފޮޓޯ ނެގުމައިގެން އުޅުނީ އަނގައަށް ލޮލީޕޯޕެއް ލައިގެންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި މަސް ފެންގަނޑު ކައިރީ ހުރެ ގޮތް ގޮތަށް ފޮޓޯ ނަގަން ހުރި ހޫރައިން ސިއްސައިގެން ގޮސް އަތުގައި އޮތް ފޯނު މަސް ފެންގަނޑު ތެރެއަށް ނުވެއްޓުނީ ވެސް ކިރިޔާއެވެ. މި ދޮންބެގަނޑުގެ ކަންތައް ވެސް ހާދަ ފަލައެވެ. ހަމަ ސިއްސުވާލަން ވެއްޖެ ވިއްޔާއެވެ. އަދި ގޮވާލީ ވެސް ކީކޭ ކިޔާފައި ހެއްޔެވެ؟ ސަފަރުކަތްދަ؟ މަމީ ސަފަރު މަހު އަރާ ސަފަރުކަތްދަ ހެއްޔެވެ؟ ވަރުގަދަ ބަހުގެ ހަމަލާއެއް ދޭން ތައްޔާރުވެ ފަހަތަށް ބަލައިލިއިރު ގޭގެ ފައުޖު އެއްކޮ ތިބީ ބޭރަށް ނުކުމެއެވެ.
“ދަރިފުޅާ ދެން ތީ ކޮން ކަމެއް…..މަންމަގެ ހޫރު ކަމަނާ އާއި ދިމާލަށް ސަފަރުކަތްދަ އެއީ ކާކު ކީ ނަމެއް ތަ؟…” ތިންވަނަ ބޮޑު ހަނގުރާމަ ނުފެށެނީސް ޝެހެނާޒު އަވަހަށް އައިސް ހޫރައިން ރުއްސަން ބުނެލީ ނިކަން ލޯބިން ފިރުމާލަމުންނެވެ. އަދި ސަފަރުކަތްދަ ކީ ކާކުހޭ ބުނުމުން ނައިލް ހުރީ އަނގައިގައި ހިތި ރަހަ ލީހެންނެވެ. މި މަންޒަރު ފެނުނު ހައިކަލް ހުރީ ސަޅި ކުޅި ބައިސާ ގަނޑެއް ފެނުމުން ނިކަން ފޯރި އަރާފައެވެ. “ކަލޯ….އަދި ފަހުން ތައްޔާރަށް ހުންނާތި….ނަމަނަމަ މަގޭ ސަލާމަތުން ބަހައްޓާތި….” ހައިކަލް ދިނީ ވަރުގަދަ އިންޒާރެކެވެ. ނަމަވެސް އެ ބުނެލި ދެ ތިން ލަފުޒުތަކަކުން ނައިލްގެ ހަރު ހިލަގަނޑެއްފަދަ ހިތަށް އަސަރުކުރާނެ ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Maashaa Allah varah furihama!
Like adhi first part nukiyevigen ulheni koh I saw the second part!
Heheh😁
I loved the description of this story n how it’s going on!
Seems to be really fantastic n inspiring👏👏
Lyssm💗💗
When next??
Hiii… thanks your fav bab hehe mihaaru first part kiyalaifin tha?? Hehe
Masha Allah mi part vx vrh reethi ❤️💯
Vrh interesting story eh 🤍🕊️
Curiously waiting for the next part 🙂✨
Yes keep waiting hehe thanks ☺️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
I appreciate your hard work
Thanks ☺️
why did hoorain move here when she had the chance to study in london with her parents like i would want to study there especially if i was a nepo baby and not in chse and the last part was kinda unhinged
Dhn ahnna part ga ingeyne hehe…eki authors ge khiyaalu thafaathu vaane dhw…dhn hingaa story ga vanny kihineh tho balan…. anyways thanks ☺️
V salhi mi part ves.
Unmeedhukuran dhen oiy bai avahah kiyaalan libeyne kamah.
You are one talented author.
Lysm ❤️❤️❤️
Thanks….yes inshallah v.avahah kiyaalan libeyne..