ޝަދާން އާއި މެހެކު ބަބަލް ޓީ އެއް ބޯލަން ބަބަލް އިޓުގައި ތިއްބެވެ. އެންމެ ކަނުގައި ހުރި މެޒުގައި ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް މޫނު ފެންނަހެންނެވެ. ދެ މީހުންގެ ކުރިމަތީގައި ވެސް ޗޮކުލެޓު ބަބުލް ޓީ އެއް ބެހެއްޓިފައިވެއެވެ. މެހެކު އިނީ ބޭރުން ފެންނަ މަންޒަރުތަކަށް ބަލާށެވެ. ޝަދާން ވެސް އިނީ އެފަދަ ހާލެއްގައެވެ. ކޮންމެ ފަހަރަކު ވެސް ދެ މީހުން އެއްތަން ވެއްޖެއްޔާ އަބަދު ވެސް ތިބެވެނީ ފަށާނީ ކާކުތޯ ނޭނގިފައެވެ. […]
ކޮންމެއަކަސް މެހެކަށް އެ އެނގުނީ ބޮޑު ސިއްރެކެވެ. އޭނާ ކައިރީ ނަވީން ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. ނުވަތަ ދައްކަން ބޭނުންނުވީ ކަންނޭނގެއެވެ. މެހެކު ދެން އޮތް ޞަފުޙާއަށް އެއްލީ އެ ފޮތް އަދިވެސް ކިޔަން ބޭނުންވާތީއެވެ. “ދުވަސްތައް އޭގެ އެންމެ ހަލުވި ބާރުމިނުގައި ދަތުރުކުރަމުން ގޮސް އެއް މަސް ވެއްޖެއެވެ. އަދި ވެސް އަހަރެންގެ ހިތުގެ ރާޖާ ކައިރީ ލޯބިވާ ވާހަކައެއް ނުބުނަމެވެ. ބުނަން ބޭނުންނުވާތީކީނޫނެވެ. ނުކެރުނީއެވެ. އަހަރެން ފިނޑީކަމަށް ވެސް ވެދާނެއެވެ. ޢުމުރުގެ ގޮތުން […]
މީސަމްގެ ޑައިރީ (ސިއްރު ހިފަހައްޓައިދޭ އެކުވެރިޔާ) ފޮތުގެ ބޭރުގަނޑުގައި ވަނީ މިހެންނެވެ. މެހެކުގެ މޫނުމަށްޗަށް ހިނިތުންވުން ވެރިވިއެވެ. ކޮއްކޮގެ ނިޝާނެއް އޭނާއަށް ލިބުމުން އުފަލުގެ ކަރުނަ އެ ރޯތޮ ދެ ލޮލުން ފައިބަންފެށިއެވެ. މީސަމަކީ އެހެން ކުދިންނާއި ޚިލާފަށް ދިވެހި ވަރަށް ރީތިކޮށް ލިޔާ ކުއްޖެކެވެ. މީސަމްގެ އަތުލިޔުމުން ލިޔެފައިވާ އިބާރަތްތައް މެހެކު މަޑުމަޑުން ކިޔަން ފެށިއެވެ. އެންމެ ފުރަތަމަ ޞޮފުޙާގައި އޮތީ އޭނާ އާއި މީސަމްގެ ވާހަކަތަކެވެ. މީސަމް އެންމެ ލޯބިވަނީ ދޮންތަ (މެހެކު) ދެކެ […]
“ދާން އެއީ ތެދެއްތަ؟…..މަންމަ އެކިޔަނީ ކީކޭ؟….” ޝަރުއާނު އަހާލިއެވެ. “އެއީ ތެދެއް ބައްޕާ…..” ފައިނާ ބުނެލިއެވެ. ޝަރުއާނާއި ދެން ތިބި މީހުން ވެސް ފައިނާއަށް ބަލާލިއެވެ. ފައިނާ ދެން ބަލާލީ ދުރުގައި ހުރި މެހެކަށްށެވެ. މެހެކު ހުރި ގޮތުން ފައިނާ ވެސް ދެރަވިއެވެ. ނަމަވެސް މިއީ ހަގީގަތް ކިޔައިދޭންވީ ވަގުތުކަން އޭނާއަށް އެނގެއެވެ. ނޫނީ ވަގުތު ފާއިތުވެދާނެއެވެ. ފައިނާ މަޑުމަޑުން މެހެކު ކައިރިއަށް ދިޔައެވެ. މެހެކު ފައިނާއަށް ބަލާލިއެވެ. “މެހެކު….އައި އެމް ސޯ ސޮރީ……އެކުޗުއަލީ….ނަވީން…ނަވީން އިޒް ނޮޓް […]
ފަރުހާ އަށް އަސްލު ހަގީގަތް އިނގުމުން ހުރިހާ ޝުޢޫރެއް އެއްފަހަރާ މޫނަށް ޖަމައުވެއްޖެއެވެ. ފަރުހާ ވެސް ނަވީން ދެކެ އައީ އަމަށަކު ރުޅިއެއްނޫނެވެ. މެހެކު ވެސް ކަންތައް ކުރި ގޮތުން މެހެކު ދެކެ ވެސް ހިތްހަމަނުޖެހުނެވެ. “އެހެންވެ މެހެކް އާއި ކުޑޭ ވެސް ބްރޭކަޕްވީ…..ނަވީން ހުރީ ހަމަ ރަނގަޅަށް ވެސް މެހެކުގެ ބޯ ކާލާފައި….” ފައިނާ ބުނެލިއެވެ. “ދެން މަންމަމެން ނުރުހޭ އިރު އަދިވެސް ތިއުޅެނީ ނުހައިކު އާއި ރައްޓެހިވެގެން؟….އެވެސް ސިއްރުން؟….” ފަރުހާ ބުނެލިއެވެ. ފައިނާ ބޯ […]
ކާރު ތެރޭގައި ވަނީ ހަމަހީމެންކަމެވެ. އިވޭހާ ވެސް އަޑަކީ ދެ މީހުންގެ ނޭވާގެ އަޑެވެ. ކާރު ތެރެ ފަޅުފިލުވާލަން ލަވައެއް ވެސް ޖަހާފައެއްނެތެވެ. މެހެކު ހިތާހިތުން ކުދި ކިޔާލަ ކިޔާލާ އިނެވެ. “ހިތުން މަށަށް ކުދި ކިޔަނީ ދޯ؟..” މެހެކު ސިއްސައިގެން ދިޔައީ ޝަދާން ވާހަކަދެއްކި އަޑަށްށެވެ. މީހުންގެ ހިތު ތެރޭގައި ހުންނަ އެއްޗެހި ވެސް ޝަދާންއަށް އިނގެނީ ހެއްޔެވެ؟ ދުއްވަން އިން ޝަދާން މެހެކަށް ބަލާލިއެވެ. “ސޯ އަހަރެން ބުނީ ތެދުތާ ދޯ…..” އެއްމިޔަކަނުން ހީލަމުން […]
“އައި ޑޯންޓު ކެއާރ އެއިން މީހަކަށް ފެނުނަސް….” ނުހައިކު ސީރިޔަސްވެފައި ބުނެލިއެވެ. “ނުކް…މަންމަ އާއި ކުޑޭއަށް އަހަރުމެންގެ ގުޅުން އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ….” ފައިނާ ހާސްވާ ސަބަބު ހާމަކުރިއެވެ. “ނާނާ….ލެޓްސް މީޓް ދެމް ޓުނައިޓު؟…” ނުހައިކު އޭނާގެ އެދުން ހާމަކުރިއެވެ. “ސީރިޔަސްލީ ނުކް….މަށަކަށް ނުކެރޭނެ….” ފައިނާ ބުނެލިއެވެ. “ނާނާ…އަހަރެން ދެކެ ލޯބި ނުވަނީ ތަ؟….މީހެއް ކުރި ކަމެއްގެ ސަބަބުން ކީއްވެ އަހަރުމެން ދެ މީހުންގެ އުފަލަށް ހުރަސް އެޅެންވީ؟….” ނުހައިކު ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. “މީހެއްގެ ސަބަބުންނޭ؟…..އިޓްސް ޔޯރ […]
ދެން އޮތީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑު ދިނުން ކަމުގައި މައިޝާ ބުންޏެވެ. މުވައްޒަފުންގެ މޫނުތަކުން ހައިރާންކަމާއި އުފާވެރިކަން ވެސް ފާހަގަވިއެވެ. އަދި ޝަދާންއަށް ބަލާލީ ޝުކުރުން ފުރިފައިވާ ހިތަކާއިއެކުއެވެ. ކޮންމެ މުވައްޒަފަކަށް ވެސް އެވޯޑު ދެވުނީ އެ މުވައްޒަފެއް ނިސްބަތްވާ ޑިޕާޓުމަންޓުގެ ހެޑުން އަތުންނެވެ. އެގޮތުން އާރާއަށް ވެސް އެވޯޑު އެރުވުނެވެ. އެވޯޑު އާރާއަށް ލިބުނީ ހުދު ޝަދާންގެ އަތުންނެވެ. އެއީ އާރާ އަކީ ޝަދާންގެ ޕީއޭ ކަމުގައިވާތީއެވެ. އާރާގެ ހިތް […]
މަޑުމަޑުން މާހައުލު ތެރެ ހަލަބޮލިވަމުންދެއެވެ. ބައެއް މެހެމާނުން އައިސް ބައެއް މޭޒުތައް ފަޅުފިލާފައިވެއެވެ. އެކަކު އަނެކަކާ ވާހަކަދައްކަމުންދާ މަންޒަރު ވެސް ފެނެއެވެ. ހީލާ ސަލާމުކޮށްލާ ހަދާ ތަން ވެސް ފެނެއެވެ. މިއީ އަހަރުމެންގެ ތެރޭގައި މަދުން ނަމަވެސް ފެންނަ ރީތި އާދައެކެވެ. މި އާދަ މިގޮތުގައި ދެމިގެންދާކަމީ ވެސް ނަސީބެކެވެ. ބަންކުއެޓް ހޯލަށް ވަތް ޝަދާން ފެނުމުން ހުރިހާ މެހެމާނުން ވެސް އަވަސްވެގަތީ ޝަދާން އާއި ސަލާމްކޮށްލާ ވާހަކަދައްކަންށެވެ. ގާތުގައި އާރާ ވެސް ނަލަވެލައިގެން ހުއްޓެވެ. އެއީ […]