Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…8

Mysterious Woman Level 310 Stories100 Comments
April 6, 2026 3 Mins Read
3 Comments

ތަނަވަސް ކޮޓަރި ތެރެއިން އިވެނީ މީހަކު ބިރުން ފިތްކަނޑައިގެންދާފަދަ އަޑުތަކެކެވެ. އެއްޗެހިތަކެއް ތެޅޭ އަޑާއި ހޫރާ އަޑުފަދަ އަޑުތަކެވެ. އެ ކޮޓަރި ކުރިމަތީގައި ނޯކަރުންތައް ތިބީ ހާސްވެފައެވެ. އެމީހުންގެ ސާހިބާ ގެއިން ނިކުމެގެން ދިޔައިރުގެ އުފާވެރިކަން ގެއަށް އައިސް ވަތް އިރަކުނެތެވެ. އައި ގޮތަށް އައިސް ކޮޓަރި ވެސް ތަޅުލައިގެން ނަވީންގެ ރުޅިގަޑު އެ ބާލަނީ ކޮޓަރީގައިވާހާ ތަކެއްޗަށްށެވެ. ނަމަވެސް އާޚިރުގައި އެތަން އިހު ހުރިގޮތަށް ތަރުތީބުކޮށް ސާފުކުރަން ޖެހޭނީ ވެސް ހަމަ ނޯކަރުންނަށްށެވެ.

މުޅި ކޮޓަރި ތެރެއަށް ހީވަނީ ތޫފާނެއް އައިސްފައި އޮތް ހެންނެވެ. ބިންމަތީގައި މީހަކު ހިނގާލާނެ ތަންކޮޅެއް ވެސް ނެތެވެ. އެނދުމަތީގައި ހުރި ބާލީސް ތަކާއި ބެޑްޝީޓު އޮތީ ބިންމަތީގައެވެ. ޑުރެސިން ޓޭބަލު މަތީގައި ތަރުތީބުން އަތުރާފައި ހުރި ސެންޓުފުޅިތައް ތަޅައިގެން ގޮސްފައިވެއެވެ. އެކަމުގެ އަސަރު ބިންމަތީގައި ހުރި ބިއްލޫރިތަކުން ފެނެއެވެ. ސަލާމަތުން ހުރި އެންމެ ތަނެއް ވެސް ނެތެވެ. މުޅި ކޮޓަރި ތެރޭގައި އެއްވަސްވެފައި ވަނީ އަނބުރައިގަންނަފަދަ ވަހެކެވެ.

ކިންގު ސައިޒު އެނދުގެ ތިރީގައި ނަވީން އިށީދެގެން އިން އިރު އިނީ އިސްޖެހިފައެވެ. އޭރު ވެސް އަތަށް ހެރިފައި އިން ބިއްލޫރި ކޮޅުގެ ސަބަބުން ހޯސްލާފައި ލޭ ފައިބަމުންދެއެވެ. މިއިން އެއްވެސް ކަމަކަށް ސަމާލުކަން ދޭހެނެއް ހިއެއްނުވެއެވެ. ނަވީންގެ މި އަމަލުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

“ރެޒިޑެންސް ވިލާ” ގެ ހަ ވަނަ ފަންގިފިލާގެ ޑައިނިން ރޫމް ތެރެއިން އިވެނީ ހީ ސަކަރާތްޖަހާ އަޑުތަކެވެ. ރެޒިޑެންސް ވިލާގެ ހުރިހާ ކުދިން ވެސް ތިބީ މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ޝިމާލުގެ ވަކިވެދިޔުމަށްފަހު އެގޮތަށް އެއްސުފުރާމަތިން ހުރިހާ ކުދިން ބައްދަލު އެވީ ބަރާބަރު ތިން މަސްފަހުންނެވެ. އެމީހުންނަށް އަތްގައިކޮށްދޭން ނޯކަރުންގެ ބަދަލުގައި ކޮޅު ކޮޅު މައްޗަށް ދުވެފައި އުޅެނީ ރޮބަޓުންތަކެވެ. ގާތްގަނޑަކަށް ތިން ރޮބަޓުން ހަރަކާތްތެރިވެއެވެ. މިއީ ޝިމާލު ދުނިޔޭގައި ޑުބާއީ އިން ވަރަށް އަގުބޮޑުކޮށް ގެނައި ރޮބަޓުންތަކެވެ. އާލިޔާ ބޭނުން ނުވިޔަސް ޝިމާލު ބުނީ ހައްޓަށް ވެސް ފަސޭހަވާނެކަމަށްށެވެ.

މެހެކް އިނީ ފައިނާ އާއި ނީރާ އާއި ދެމެދުއެވެ. އެހެން އެންމެންނާ ޚިލާފަށް މެހެކު އިނީ ބަސް މަދުވެފައެވެ. ކުރީގައި ނަމަ އެއީ އެ އެންމެންގެ ތެރެއިން ވެސް އެންމެ އަނގަގަދަ މީހާއެވެ. އާލިޔާ އާއި ޝެހެނާޒު އަބަދު ޖެހޭނީ މެހަކަށް ގޮވާ މަޑުން އިނުމަށް ހަނދާންކޮށްދޭށެވެ. ނަމަވެސް މިހާރު ޙާލަތު ބަދަލުވެއްޖެއެވެ. ހީ ސަމާސާކުރުމެއް މެހެކުގެ ކިބައިންނެއް ނުފެނެއެވެ. މިކަމާ ފިކުރުބޮޑުވެފައި އިނީ އާލިޔާއެވެ.

“ދަރިފުޅާ މެހެކު….މިތާ ހުރި އެއްޗެހި ނުބައީ ތަ؟…” އެންމެ ފަހުން އާލިޔާ އަށް ނީނދެވިގެން އަހާލިއެވެ. މި އަޑަށް އެންމެންގެ ނަޒަރު ގޮސް ދަތުރުކުރީ މެހެކަށްށެވެ. ޝެހެނާޒު ވެސް ލޮލުގެ ހިމަކޮޅުން ބަލާލިއެވެ. އެންމެން އޭނާއަށް ބަލަން ފެށުމުން މެހެކު ކުޑަކޮށް ލަދު ވެސް ގަތެވެ. “ނޫން….ހަމަ ވަރަށް މީރު…” އެތަނުން އެތިކޮޅެއް ނުކެއެއްކަމަކު މެހެކު ބުނީ ހުރިހާ އެއްޗެއް ވެސް މީރުކަމަށްށެވެ. އާލިޔާ ހިނިތުންވެލިއެވެ.

“ދާން….މާމަ މި ވިސްނަނީ ފެށޭ މަހު އެކެއްގައި ކައިވެނި ޙަފުލާ ބާއްވަން” އާލިޔާ ބުނެލިއެވެ. ޝަދާންގެ ނިތައް ރޫ އަރައިގެންދިޔައެވެ. މިހާ އަވަހަށް މާމަ މެން ކައިވެނީގެ ކަންތަކާ އުޅެންފެށީ ހެއްޔެވެ؟ މެހެކު ވެސް އިނީ އަނގައަށްލާން އުޅުނު ސަމުސާ އަނގައާއި ދިމާކުރިގޮތަށް ހުއްޓުން އަރާފައެވެ. މާމަ މެން ކައިވެނީގެ ވާހަކަ ދެއްކިޔަސް އަދި މިހާ އަވަސް ވާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އެއް މަސް ދުވަސް ތެރެއިގައި އަހަރެންވީ އޭނާގެ އަތްނބަކަށްވާން ހެއްޔެވެ؟

“ތެދެއް ދަރިފުޅާ..ބައްޕަ ވެސް ގަސްދެއްނުކުރަން ލަސްކުރާކަށް….ދަރިފުޅާ އެންމެ އެކަށީގެންވަނީ ވެސް މެހެކު…ކޮންމެ ގޮތެއްވިޔަސް މިއީ އާއިލީ ތެރެއިން ކުރެވޭ ކައިވެންޏެއް…..މި ކައިވެނި ވީ އެންމެ ކުލަގަދަކޮށް ކުރަން ބައްޕަމެން ބޭނުންވަނީ….” ޝަރުއާނުގެ ބަހެއް ވެސް އިއްވާލިއެވެ. ނަމަވެސް ޝަރުއާނާއި ޖެހިގެން އިން އޭނާގެ އަންހެނުން ފައިހާގެ މޫނުމަތިން ހިތްހަމަނުޖެހުމެއްގެ އަސަރު ފެނިލިއެވެ. ކުރިން އެ ގުޅުމަށް އާ ބަސް ބުންޏެއް ކަމަކު އޭނާގެ ދަރިފުޅުގެ ބޮލުގައި ގާތިލެއްގެ ލޭބަލު އެޅުވި ހިސާބުން މެހެކު ދެކެ އޭނާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް އޭނާގެ ބަހެއް މިކަމުގައެއް ނުވިކޭނެއެވެ. ނޫން ނަމަ ޝަރުއާނުގެ ޚިޔާލު އޭނާއަށް ބަދަލުކުރެވުނީސްތާއެވެ.

“މާމާ ހާދަ އަވަހަށް……” މެހެކުގެ ޖުމުލަ ރަނގަޅަށް ފުރިހަމަ ނުވަނީސް އިވިގެން ދިޔައީ ތައްޓެއް ތަޅައިގެން ދިޔައަޑެވެ. އެއީ ޝެހެނާޒުގެ ޢަމަލެއްކަން އެނގުމުން މެހެކު ބަލާލިއެވެ. “މިކަމުގައެއް މެހެކުގެ ބަހެއް ބޭނުމެއް ނުވާނެ….ދޮންބެ އާއި މަންމައަށް ފެންނަ ގޮތަށް ކަންތައް ކުރީމައި ހުންނާނީ ރަނގަޅަށް….” ޝެހެނާޒު މެހެކަށް ބަލާލީ ރުޅިއައިސްހުރެއެވެ. މަންމަގެ ރުޅިވެރި ބެލުމުގެ ސަބަބުން މެހެކުގެ ހިތަށް ފުން އަސަރެއްކުރިއެވެ.

“ކުރެވެން އުޅެނީ އަހަރެންގެ ކައިވެނި…..އަދި އެވެސް އަހަރެންގެ ނުގަބޫލުގައި…..އެހާ ދުވަސްފަހުން މަންމަމެންނާއި ދުރުގައި ހުރުމަށްފަހު މިއައީ…އެންމެ ކުޑަމިނުން މަންމަގެ ދުލުން އަހަރެންގެ ހާލެއް ބަލައިނުލާ….އަހަންނާ ކިރިޔާ ވެސް އަނގައިން ބުނެލަނީ ކައިވެނީގެ ވާހަކަ ފެށޭ ހިސާބުން…އަދި އެވެސް ރުންކުރުކޮށް….ރަނގަޅަށް ހަމަޖެހިނުލެވެނީސް މި އޮތީ ކައިވެންޏެއް ކުރަންޖެހިފައި…….މީ މިކަން ވާންޖެހޭ ގޮތްތައް…..؟ އެންމެ ފަހުން މެހެކުގެ ހިތުގައި ހުރި ސުވާލުތަކުން ކޮންމެ ވެސް މިންވަރެއް ބޭރުކޮށްލިއެވެ.

“ކަލެއަކަށް ނުވިސްނޭތަ ކަލެއަށް ކަންތައް ކުރެވުނު ގޮތެއް….އެގޮތަށް ވާންޖެހުނީ ކީއްވެ ކަމެއް….އަހަރެންގެ ހިތުގައި ކަލެއާއި ދޭތެރޭ ނަފުރަތު އުފެދެން ޖެހުނީ ކީއްވެ ކަމެއް ނުވިސްނޭހާ ގަމާރުތަ؟؟؟…..ކަލޭ ދެކެ އެހާ ލޯބިވާ އިންސާނެއް މި އުޑުދަށަކުން ނުލިބޭނެ…..އެކަމަކު ކަލޭ ކަންތައް ކުރީ ކިހިނެއް….އެފަކީރުގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވާ އެންމެ ކުޑަމިނުން ގާތިލަކަށް ވެސް ހެދީ….އަހަރެންގެ ކުޑަ ދަރިފުޅުގެ ގާތިލަކީ ޝަދާނެއްނޫންކަން އަހަންނަށް އެނގޭ އިރު އެކަން ގަބޫލުނުކުރަން ކަލޭ ތިއުޅެނީ ކީއްވެ؟….” ޝެހެނާޒުގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. މެހެކުގެ ހިތުގައި މިއިން ޒަމާނަކު ވެސް ނުޖެހޭހާ ހިތުގައި މިއަދު ޖެހިއްޖެއެވެ. އޭނާގެ އުފަން މަންމަ އޭނާއަށް މުޚާތަބުކޮށް “ކަލޭ” ބޭނުންކުރުމުން ވެސް އޭނާ ދެކެ އައިސްފައި ހުރި ރުޅި އަންދާޒާކޮށްލެވިއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ލޯބިން ބުނާތީ 6

Next

ތިޔަ ނަން މި ހިތުގާ 5

Next
April 6, 2026

ތިޔަ ނަން މި ހިތުގާ 5

Previews
April 6, 2026

ލޯބިން ބުނާތީ 6

3 Comments!

  1. Manje says:
    April 6, 2026 at 4:41 pm

    Aslu shadhaan kanne dhw maraaly…
    Curiosity is very high

  2. Un_known says:
    April 6, 2026 at 8:26 pm

    MA vrh reethi 🤩
    Aslu kaaku baa maraalee 🤔
    Btw, when is next???
    Curiously waiting for the next

  3. Brudy says:
    April 7, 2026 at 10:07 am

    Naveen meesam eh maraalaafa shadhaan bolah e ekan e kedy mehek hoadhan vegen! E dhe meehunge gulhun fanikoh fa mehek aa marry kuran! But even after his effort of separating them they r gonna marry ehenve room ga levvi haa ehcheh thalhaa e fudu aruvanee…

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…9←


All Right Reserved!