Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…6

Mysterious Woman Level 310 Stories100 Comments
March 31, 2026 6 Mins Read
3 Comments

“އައްސަލާމްޢަލައިކުމް…އަޅުގަނޑު މީ ޝިމާލުގެ ލޯޔަރު އާކިފް… ޝިމާލުގެ ވިލް އަޅުގަނޑުގެ އަތުގައި މިއޮތީ….” އާކިފްގެ އަތުގައި ހުރި ގަނޑުތައް ސޯފާ ކުރިމަތީ ހުރި ދިގު މޭޒުމަތީ އަތުރާލިއެވެ. “ޝިމާލުގެ ވިޔަފާރީގެ ފަންސަވީސް އިންސައްތަ ހުރިހާ ކުދިންނަށް ވެސް ހަމަހަމައަށް ބަހާލާފައިވަނީ….މިބުނީ ކާފަ ދަރިން ވެސް ހިމަނައިގެން….އެންމެ ފަހުން ހުޅުވި ލޯ ފާމު އެއީ މެހެކަށް…އަދި ޝިމާލު ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން މެހެކަށް ޙާއްސަ އެޕާޓުމަންޓެއް ވެސް ގަނެފައި….ޝިމާލުގެ ވަޞިއްޔަތަކީ ހުރިހާ ކުދިން ގުޅިގެން ރީތިގޮތުގައި އުޅުން….މެހެކާ މެހެކްގެ މަންމައާއި ގުޅުން ބަދަހިކުރަން ވަރަށް ބޮޑަށް ބާރު އެޅި…އަދި ވީހާ ވެސް އަވަހަކަށް ޝާދިން އާއި މެހެކްގެ ކައިވެނި ކުރުވުމަށް ވެސް ވަޞިއްޔަތްކުރި…މެހެކް ކާފަ އެންމެ ފަހުން އެދިލެއްވީ އެކުވެރިން ހަތުރުންނަށް ވެސް ބަދަލުވެދާނެކަން ދަންނަން…ކޮންމެ ކޮންމެ މީހަކަށް އިތުބާރުނުކުރަން…ފެންނަ ކޮންމެ މަންޒަރަކީ ހަޤީޤަތެއްނޫންކަން ގަބޫލުކުރަން…..” އާކިފްގެ ވާހަކަ މިހާ ހިސާބުން ނިންމާލިއެވެ.

އަނެއްކާ ވެސް މެހެކްގެ ވިސްނުމަށް އިތުރު ބޮޅެއް އިތުރުވީއެވެ. ކާފައަށް ހަޤީޤަތެއް އެނގެނީ ހެއްޔެވެ؟ “ކީއްވެ؟…” މެހެކް އަހާލިއެވެ. “ކީއްވެ؟…ކާފަ އެހެން އެ ބުނީ….އެންޑު ކޮންމެހެން މި ކައިވެނި ކުރަން މަޖުބޫރުތަ؟…” މެހެކްގެ ސުވާލުން އެހުރިހާ އިރު އިސްޖަހައިގެން އިން ޝާދިން އިސް އުފުލާލިއެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. “ލައްބަ…މީ ޗޮއިސްއެއް ނޫން ބަޓް އަ މަސްޓެއް ކަމަށް ކާފަ ބުނުއްވީ….” އާކިފްގެ ޖަވާބުން މެހެކް މާޔޫސްވިއެވެ. “ކައިވެނި ނުކޮށްފިއްޔާ؟؟…” ޝަދާން އަހާލިއެވެ. “ކައިވެނި ނުކޮށްފިއްޔާ ކުށްވެރިކަމުގެ ލޭބަލް ޝާދިންގެ ބޮލަކުން ކެނޑިގެންނުދާނެ….ކައިވެނި ކުރަން މަޖުބޫރުކުރާ ސަބަބެއް އަޅުގަނޑަކަށް ވެސް ނޭނގެ..ޝިމާލު ބުނުއްވީ ވީހާ ވެސް އަވަހަކަށްށޭ…” އާކިފް ބުނެލިއެވެ.

“އަހަރެން ކިހިނެއް ގާތިލަކާ ކައިވެނި ކުރާނީ؟….” “މމމމެހހހެކކކު” ޝެހެނާޒުގެ ބާރު އަޑުއިވުނެވެ. “މެހެކް ޖެހޭނީ މި ކައިވެނި ކުރަން….އޭރު ވެސް ބުނިންދޯ ޝަދާންގެ ކުށެއްނެތޭ…” ޝެހެނާޒު އަނެއްކާ ވެސް ބުނެލިއެވެ. “އަހަންނަށް މިހާރު އޮޅިއްޖެ……މަންމަގެ ދަރިއަކީ އަހަރެންތަ ނޫނީ އޭނާތަ؟…” މެހެކްގެ އަޑު ކުރެހުނެވެ. “ކުޑައްތާ..އަހަރެން ވެސް ބޭނުމެއްނޫން މި ކައިވެނި ކުރާކަށް…ބޭނުންނުވާ ގުޅުމަކުން ބަނދެވިފަ ތިބޭކަށް ބޭނުމެއްނޫން….އެހެންނޫނަސް ބައެއް މީހުންގެ ނަޒަރުގައި އަހަންނަކީ ގާތިލެއް..އެހެންވީމާ ގާތިލަކާ ކައިވެނިކުރާކަށް ބޭނުމެއްނުވާނެ….” ޝާދާން ބުނެލިއެވެ. އަޑުގައި ރުޅިވެރިކަމެއްވިޔަސް ކޮންމެ ވެސް ވަރަކަށް ހިތާމައިގެ އަސަރު އެ އަޑުގައިވިއެވެ. “ނޫނޭ ދަރިފުޅާ ތިކަހަލަ ރަނގަޅު ކުއްޖަކު ކިހިނެއްތަ ގާތިލަކަށްވާނީ…އޭރު ވެސް ކުޑައްތަ ގަބޫލެއް ނުކުރަން މިހާރު ވަކި ގަބޫލުކުރާނެ ތަ؟..” ޝެހެނާޒު ބުނެލިއެވެ.

މެހެކް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ކޮންމެ އެއްޗެއް ކިޔަސް މަންމަމެން ގަބޫލުނުކުރާނެކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. އެހެންވީމާ ހަނުހުރުން ވެސް މާ ބުއްދިވެރިތާއެވެ. “ދަރިފުޅާ…ދެން ތި ވާހަކަނުދައްކާ….ކޮންމެ ވެސް ދުވަހަކުން ހަގީގަތް ވެސް އެނގޭނެތާ….މެހެކް ދަރިފުޅާ..އެންމެ ރަނގަޅު ދަރިފުޅު ހަމަ ބޭނުމެއް ނޫން ތަ މި ކައިވެނި ކުރާކަށް؟..” އާލިޔާ އަހާލިއެވެ. “މާމާ…އަހަރެން…” މެހެކްގެ ތުންފަތުގައި އާލިޔާ ޝަހާދަތް އިނގިލި ޖައްސާލިއެވެ. “ލޯބިނުވަނީތަ؟” ދެން ވެސް ވާހަކަ ދެއްކީ އާލިޔާއެވެ. މިފަހަރު މެހެކްގެ އަނގަ ހަމަ ރަނގަޅަށް ވެސް ބެދިއްޖެއެވެ. އެ ސުވާލަށް މެހެކަށް ޖަވާބެއްނުދެވުނެވެ. މެހެކްގެ ދުލުން ޖަވާބު ނުލިބުނަސް އާލިޔާގެ މޫނަށް ވެރިވި ހިނިތުންވުމުން ޖަވާބެއް ލިބުނުކަން ގައިމެވެ. “ޝަރުއާން ވީހާ ވެސް އަވަހަކަށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދޭ…..މާމަ ބޭނުން ކައިވެނި ހަފުލާ ކުލަގަދަކޮށް ބާއްވަން…އެތައް ދުވަހަކަށް ފަހުން މި އާއިލާއަށް އުފާވެރިކަމެއް ލިބިއްޖެ…” އާލިޔާ ހީވީ އުފަލުން އުދުއްސައިގަންނަން އުޅޭ ހެންނެވެ. ޝާދިން އާއި މެހެކް ނޫން އެންމެންނަށް އީދު އައިފަދައެވެ.

މާމަގެ ހުއްދަ ލިބިގެން މެހެކް އެޕާޓުމަންޓިން ނިކުތީ ބޮލަށް ބަރުވާންފެށީމައެވެ. މެހެކް ގޮސް އޭނާގެ އެޕާޓްމަންޓު ދޮރު ހުޅުވާފައި އެތެރެއަށްވަދެ ލައްޕާލަން އުޅެނިކޮށް ކޮންމެ ވެސް މީހަކު ވައިސޫރިއެއްހެން އައިސް ދޮރުގައި ހިފާ ކުޑަކޮށް ކޮށްޕާލާފައި ވަދެ މެހެކްގެ އުނަގަޑުގައި ހިފާ ފާރާލާ ފިއްތާލާ މެހެކުގެ ތުންފަތުގެ މީރުކަން ހާސިލްކުރިއެވެ. މެހެކަށް ހަރަކާތެއް ގެންނަން ވެސް ނޭނގިފައި ހުރެވުނީއެވެ. މިވަގުތު ރަނގަޅަކަށް އޭނާގެ ސިކުނޑި މަސައްކަތެއްނުކުރެއެވެ. ބޮލުގައި ރިއްސަމުންދިޔައީ އިންތިހާއަށްށެވެ.

ކުޑަ ހިނދުކޮޅަކަށް އެވަގުތު ދެމިގެންދިޔަހިނދު މެހެކުގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރަންފެށުމުން އެމީހަކު ނިކަން ބާރަށް ކޮށްޕާލިއެވެ. އަދި އެއަށްފަހު އަތުގައި ހުރިބާރެއްލާ އެމީހެއްގެ ކޯތާފަތުގައި ޖަހާލިއެވެ.

މެހެކް ދެން ގޮސް ލައިޓު ޖައްސާލިއެވެ. މުޅިތަން އަލިވެގެންދިޔަހިނދު އެއީ ކާކުކަން އޭނާއަށް ފެނުނެވެ. ކުރިމަތިން ޝަދާންގެ ސޫރަ ފެނުމުން އޭނާ ހުރިތަނަށް ގަޑުވިފަދައެވެ. “ލޯންގް ޓައިމް ނޯ ސީ” އެއްމިޔަކަނުން ހީލަމުން ޝަދާން ބުނެލިއެވެ. “އެންޑް ތޭންކްސް ފޯރ ދި ގިފްޓު” ކޮލަށް އިޝާރަތް ކޮށްލަމުން ޝަދާން ބުނެލިއެވެ. “ވަޓް އާރ ޔޫ ޑުއިން ހިޔާ؟؟” މެހެކް އައި ރުޅިން އަޑަށް ބާރުލާ އަހާލިއެވެ. “އައި އެމް ހިޔާ ޓު ސީ ޔޫ…” އެއްވެސް އަސަރެއް ނެތް ގޮތަކަށް ޝަދާން ބުނެލިއެވެ. އަދި މެހެކާ ގާތަށް އެއްފިޔަވަޅު ކުރިއަށް އަޅާލިއެވެ. “ޓު ސީ މައި ފުޓް….ޝަދާނަށް މި ތަނަށް އައުމުގެ ހައްގެއް ނޯންނާނެ…..ނިކުމޭ…” މެހެކް ރުންކުރުކޮށް ބުނެލިއެވެ. “އޭރެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތް…ހަމައެކަނި ތަފާތީ މިޒާޖު….އިންޓްރެސްޓިންގ” ޝަދާން ފެށީ އެހެން ވާހަކައެކެވެ. “ޝަދާނަށް ކޮން ކަމެއް އަހަރެންގެ މިޒާޖު ތަފާތުވިޔަސް….އެއީކީ ޝަދާން ބެހެންޖެހޭ ކަމެއް ނޫން…” އަނެއް ފަރާތަށް މޫނު އަނބުރާލަމުން މެހެކް ބުނެލިއެވެ.

“އަހަރެން ދެކެ ހަމަ އެހާ ވަރަށް ރުޅި އާދޭ ތަ؟….” ޝަދާން މެހެކަށް ބަލާލަމުން އަހާލިއެވެ. އިރުކޮޅަކަށް ދެ މީހުންގެ ނަޒަރު ބައްދަލުވެލިއެވެ. އިރެއްގައި އެއީ ކިހާ ލޯބިން އުޅުނު ދެ ޖޯޑު ހެއްޔެވެ؟ ނަމަވެސް މިއަދު އެއީ ދެ ހަތުރުންނެވެ. އެ ދެމީހުންގެ ދެމެދަށް ހައްލު ނުކުރެވޭފަދަ ބޮޑު ހާދިސާ އެއް ކުރިމަތިވީއެވެ. އެހެނަސް ހަގީގަތަކީ ކޮބައިކަން ހޯދަން މެހެކް ހުރީ އަތުކުރި އޮޅާލައިގެންނެވެ. “އާ…..ވަރަށް ރުޅި އާދޭ…..ކާފަ ދެކިލަން ނޫން ނަމަ މި ބިމުގައި ފައިތިލަ ވެސް ޖައްސާނުލާނަން…..” މެހެކް ދަތްކުނޑީވިކާލަމުން ބުނެލިއެވެ. މެހެކްގެ ޖަވާބުން ޝަދާން މަޑުޖެހިލިއެވެ. ޝަދާންގެ ދެލޮލުން ހުސްކަން ނޫން އެއްޗެއް ނުފެނެއެވެ. އިރެއްގައި އެ ދެލޮލުން މެހެކަށް ޓަކައި ވީ ލޯބި މިއަދު އެ ދެ ލޮލަކުން ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ގޮތް ނޭނގޭ ހުސްކަމެކެވެ. “ކީއްވެ މާމަގެ ސުވާލަށް ޖަވާބު ނުދެވުނީ؟…އެއީ ވެސް ހަމަ އަހަރެން ދެކެ ރުޅި އަންނާތީތަ؟” މެހެކާ ޖެހޭ ނުޖެހޭހާ ގާތަށް ޖެހިލަމުން ޝަދާން އަހާލިއެވެ. ޝަދާން އެ އިޝާރަތް ކުރީ ދާދި ދެންމެއަކު އާލިޔާ އޭނާއާއި ކުރި ސުވާލަށްކަން މެހެކަށް ފަހުމްވީ ދެނެވެ. “ދެން ވެސް ބުނާނީ އަހަރެން ދެކެ ރުޅި އަންނަމޭ ތަ؟…” މެހެކަށް ވީ ގޮތް ޝަދާނަށް ސާފުކޮށް ފެނުނެވެ.

“ކޮބައި ތަ ދާން….” އާލިޔާމެން އެޕާޓުމަންޓުގައި ނިކުމެވެން އިން ބެލްކަނީގައި ހުރިހާ ޅަ ގުރޫޕު ތިއްބެވެ. އެއީ ނުލާހިކު ބޮޑު ބެލްކަންޏެކެވެ. ކޮފީ ބޮވޭހެން މޭޒާއި ގޮނޑިތައް އަދި އޭގެ އިތުރަށް ބެންޗެއް ވެސް ބަހައްޓާފައިވެއެވެ. ޝަދާން މި އަންނަނީ އޭ ބުނި މީހާ ވީތަނެއް ނޭނގިގެން ޝާއިން އަހާލިއެވެ. “އަންނަން ބުނި މީހާ ބަހަބަރުވީ ދޯ….” ފައިނާ ކުސްތަޅާލިއެވެ. “ހާދަ ދުވަހެއް ފަހުންނޭ ދޯ މިގޮތަށް އެއްތަން ވެލެވުނީ މި…” ނީރާ ބުނެލިއެވެ. “ޔެސް…..އަމް…އައި ވޯންޓު ކޯލު ހާ…” ފައިނާ އެންމެންނަށް ބަލާލަމުން ބުނެލިއެވެ. އެންމެން ވެސް އެކަމަށް އެއްބަސްވީ އެއީ އެމީހުން ވެސް އެދޭ ގޮތަކަށްވާތީއެވެ. “ނީ ޔޫ ގުޅަންވީނުން…” ފައިނާ ނީރާ ގާތުން އަހާލިއެވެ. “ބަލަ ފައި އެއް ނޫން ތަ ތި ބުނީ އައި ވޯން ޓު ކޯލު ހާ އޭ…އެހެންވީމާ އަމިއްލައަށް ގުޅާބަލަ…” ޝާއިން ކައިރީ އިން ޝާފިއު ބުނެލީ ފައިނާ ބުނި ރާގުގައި ތުއި ވެލާފައެވެ. “ދެން ނޫޅެން….ބަލާ ތުއްތޫ” ފައިނާގެ ބޭބީ ގޮތް ގަޑު މަޑުމަޑުން އަންނަން ފަށައިފިއެވެ. ޝިމާލުގެ ވަކިވެދިޔުމަށްފަހު އެ އެންމެންގެ ތެރެއަށް ވެސް މަރުފަދަ ހިމޭން ކަމެއްވެރިވެފައިވިއެވެ. އެގޮތުން ޝާފިއު ބޭނުންވީ ކުރިން އެ ގުރޫޕުގައި އޮތް މަޖާކަމާއި ހަލަބޮލިކަން ގެންނަންށެވެ.

ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ހުޅުވާފައި ހުރި ބެލްކަނި ދޮރުން ވަތް ވައިރޯޅި ވެސް އެ ދެމީހުންނަށް ރީތި ރާގެއް ކުޅެލަދިންފަދައެވެ. ލޯބީގެ ވިންދު ދެ ހިތުގައި ޖަހާލިއެވެ. ނަމަވެސް އެއިން އެކަކު ވެސް އަނެކާއަށް އެކަން ހާމަކުރާކަށް ބޭނުމެއްނުވެއެވެ. ދެމީހުންނަށް ހޭވެރިކަމެއްވީ މެހެކްގެ ފޯނުގެ ރިންގުގެ އަޑަށްށެވެ. އަވަސް އަވަހަށް ދެމީހުންގެ ނަޒަރު ބަދަލުކޮށްލިއެވެ. މީހާ ހަމައަކަށް އަޅުވާލާފައި ގުޅަނީ ކާކުތޯ މެހެކް ބަލާލިއެވެ. ގުޅަނީ ފައިނާގެ ނަމްބަރުންނެވެ. އެ ކޯލު އެއީ އޭނާ ނަގަން ބޭނުންވި ކޯލެއް ނަމަވެސް ރިންގުވެ ކެނޑުނު އިރު ވެސް ނަގަން ނުކެރިފައި މެހެކަށް ހުރެވުނީއެވެ. ފަހަތުގައި ހުރި ޝަދާނަށް ވެސް މެހެކަށް ގުޅީ ފައިނާކަން އެނގުނެވެ. “ފައިއްކޮ އަބަދު ވެސް ދައްކާނެ މެހެކްގެ ވާހަކަ….ކީއްވެ ނުނެގީ ފޯނު؟…” ޝަދާންގެ ސުވާލުން މެހެކަށް ހަމަބިމަށް އާދެވުނެވެ. ޝަދާނަށް ރައްދު ދޭން އަނގަ ހުޅުވާލި މެހެކްގެ ފޯނަށް އަނެއްކާ ވެސް ފައިނާ ގުޅާލިއެވެ. މިފަހަރު މެހެކު ފޯނު ނެގުމުގެ ކުރިން އެ ކޯލަށް ޖަވާބު ދިނީ ޝަދާނެވެ. “ކީކޭ ފައިއްކޮ….މެހެކް ދާނެ އިރުކޮޅަކުން….ކުޑޭ މިދަނީ ގޮވައިގެން…” އަނެއްކޮޅަކުން ފައިނާއަށް ޖަވާބު ނުދެވެނީސް ޝަދާން ފޯނު ކަނޑާލިއެވެ. އަދި މެހެކަށް ފޯނު ދިއްކޮށްލީ ހިތްހަމަޖެހިފައި ހުރެގެންނެވެ.

މެހެކް ހުރީ ޝަދާނަށް ބަލަހައްޓައިގެން ހުރި ގޮތަށްށެވެ. ވާނީ ވެސް އެހެންކަން ޝަދާނަށް އެނގެއެވެ. އޭނާ އެހެން ހެދީ ހަމަ ގަސްދުގައެވެ. މެހެކް ރުޅި އަރުވާލުމަކީ އޭނާ ހިތްހަމަޖެހޭކަމެކެވެ. “ޝަދާން ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ….އެމީހުންނަށް އަހަރުމެންގެ ދެމެދުގައި ކަމެއް އޮތް ކަން ސާބިތުކުރަން އުޅޭނަމަ ތީ ނުވާނެ ކަމެއް….” ފޯނު ޖަހައިގަންނަމުން މެހެކް ބުނެލިއެވެ.

ކޯލު ކެނޑުނު އިރު ވެސް ފައިނާ އިން ގޮތަށް އިނީ ގަނޑުވެފައެވެ. އެންމެން އޭނާއަށް ގޮވާ އިރު ވެސް ޖެހި ބުދެއްހެން އިނދެވުނީ އަނގަ ތައްމިނަށް ހުޅުވައިގެންނެވެ. އެންމެ ފަހުން ނީރާ ފައިނާގެ ފަލަމަސްގަޑުގައި ބާރަކަށް ވިކައިގަތެވެ. ވީތަދުން ފައިނާ ހަޅޭއްލަވައިގަތެވެ. “ބަލަ ކީކޭ ތަ މެހެކް ބުނީ….މެހެކަށް ގުޅި ގޮތަށް ހުއްޓުން އަރާފައި އިނީމަ އަހަރުމެން މިތިބީ ވާނުވާގަ ވިއްޔާ” ނީރާ ބުނެލިއެވެ. “ކުޑޭ ނެގީ ފޯނު….މެހެކް ގޮވައިގެން މި ދަނިއްޔޯ..” އެއިންގޮތަށް އިނދެ ފައިނާ ބުނެލިއެވެ. “ވަޓް….ކުޑޭ ހުރީ މެހެކް ގާތުގައި ތަ؟…” އެންމެ ހިޓިލަރު ޝާފިއު ފުއްމައިގެން ތެދުވެ އަހާލިއެވެ. އެއަށް ފައިނާ ބޯ ޖަހާލިއެވެ.

މެހެކްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ޝަދާން މެހެކްގެ އަތުގައި ހިފައިގެން އެޕާޓުމަންޓިން ނިކުމެ މިސްރާބުޖެހީ އާލިޔާމެން އެޕާޓުމަންޓަށްށެވެ. މެހެކް ގަދަ ހަދަހަދާ ހުއްޓާ ދަމާފައި ކަހަލަ ގޮތަކަށް ލިފްޓަށް އެރިއެވެ. އެންމެ ފަހުން ޝަދާންގެ ކިބައިން ކުރި ނުލިބޭނެކަން އެނގޭތީ ޝަދާންގެ އަތުގައި މެހެކް ވަރަށް ބާރަށް ދަތްއެޅިއެވެ. ވީތަދުން މެހެކްގެ އަތުން ޝަދާން ދޫކޮށްލިއެވެ. “ޔޫ ޑޯންޓް ހޭވް އެނީ ރައިޓްސް ނައު” މެހެކު ބުނެލިއެވެ. އަދި ޝަދާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ހުއްޓުނު ލިފްޓިން ނިކުމެ އާލިޔާމެން އެޕާޓުމަންޓަށް ވަނެވެ. ފަހަތުން ޝަދާން ވެސް ވަނެވެ.

“އެތިބަ އަންނަނީ އެމީހުން” ޝާއިންއަށް ޝަދާންމެން ފެނުމުން އަވަސް އަވަހަށް ބުނެލިއެވެ. “ފައިނާއަށް މެހެކު ފެނުމުން ފުއްމައިގެން ތެދުވެ ގޮސް މެހެކުގެ ގައިގައި ބާރަކަށް ބައްދާލިއެވެ. ނީރާ ވެސް ކަންތައް ކުރީ ހަމައެފަދައިންނެވެ. “ސާބަހޭ ކަލޭމެންނަށް….ތިއުޅެނީ އެކުއްޖާ ފަކީރަށް ނޭވާ ވެސްލިޔަ ނުދޭންތަ….” ޝާންގެ އަންހެނުން ޝަހުދާ ބުނެލިއެވެ. “އޯހް އައި އެމް ސޯ ސޮރީ…އުފަލުން ގޮސް ބައްދާލެވުނީ…..ވަރަށް ތަދުވިތަ.؟…” ލޮލުގެ ހިމަކޮޅުން އައި ކަރުނަތިކި ފޮހެލަމުން ފައިނާ ބުނެލިއެވެ. މެހެކް ހިނިތުންވެލަމުން ދެ ފަރާތަށް ބޯހޫރާލިއެވެ.

ޝަދާން ގޮސް ވަކިން އިން ގޮނޑީގައި އިށީނެވެ. ޝާއިންމެން ކިތައްމެ ސަކަރާތެއް ޖެހިޔަސް ޝަދާންއަށް އެމީހުން ވަރަށް އިހުތިރާމްކުރެއެވެ. އެ އެންމެންގެ ތެރެއިން ދޮށީ ޝަދާންވީމާ ކަމަށް ވެސް ވެދާނެއެވެ. “ފަހަރީ…..އައި މިސްޑް ޔޫ ސޯ މަޗް…” ފައިނާ ވީ އުފަލުން ބުނެވުނީ ކީކޭކަން ރޭކާލީ މާފަހުންނެވެ. “ފައިއްކޮ ފަހަރި ކައިރީ ބުނަންވީނުން ކައިވެނި އަވަސްކުރަން….” ޝަދާން މެހެކަށް ބަލާލަމުން އެއްމިޔަކަނުން ހީލިއެވެ. “ޑޫ ޔޫ ތިންކު އައި ވުޑް މެރީ އަ މާޑަރާ؟…” މެހެކް ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. “އެންޑް އައިމް ރެޑީ ޓު ޓްރޭޕް ޔޫ އިން މައި އާރމްސް…..” ޝާދިން ވެސް މެހެކަށް ދޫނުކުރެއެވެ. ޝާފިއުމެން އެއްފަހަރު ޝަދާނަށް އަނެއް ފަހަރު މެހެކަށް ބަލާލަނީ ވާނުވާ ނޭނގިފައެވެ.

“އަމް…އޯކޭ ގާއިޒް…ލެޓްސް ސްޓޮޕް ދިސް…އެންޑް އެން ޖޯއީ ދަ މުމެންޓު…” އެންމެ ފަހުން ފައިނާއަށް ނީނދެވިގެން ބުނެލިއެވެ. މެހެކް ވެސް އެއްޗެއް ބުނަން އުޅެފައި ދޫކޮށްލީ އެންމެން ތެރޭ ޒުވާބަކަށް ދާންޖެހިދާނެތީއެވެ. އެ މާހައުލުގައި ތިބެ ކޮފީގެ މީރު ރަހަތަކުން ހިތްތަށް ބަންޑުންކޮށްލަމުން މެހެކާ ތަފާތު އެކިއެކި ސުވާލުތައް ކުރަމުންދިޔައެވެ. ޔޫކޭގައި ހުރި އިރު މި ފަސް އަހަރު ހޭދަކުރީ ކިހިނެއްތޯ އާއި އެއްވެސް ވަރަކަށް އެމީހުން މަތިން ހަނދާންވިތޯ ފަދަ ސުވާލުތައް ކުރެއެވެ. މަޑުމަޑުން އެމީހުންގެ މެދުގައި ގުޅުން ބަދަހިވަމުންދާ މަންޒަރު ބަލަން ޝަދާން އިނީ ޚިޔާލަކަށް ގެއްލިފައެވެ. ފަސް އަހަރު ވިޔަސް އެ ރީތިކަމަކަށް ބަދަލެއްނާދެއެވެ. މެހެކް ފެނުމުން އަދި ވެސް އޭނާގެ ހިތް އެދި ގޮވަނީ އެ އޯގާތެރިކަމަށްށެވެ. އެ ލޮތްބަށްށެވެ. އެހެނަސް އޭނާވީ މެހެކުގެ ނަޒަރުގައި ގާތިލަކަށްށެވެ. އެއްފަހަރު ވެސް އޭނާއާ ކަންވީގޮތަކީ ކޮބައިތޯ ސުވާލުކުރިނަމައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 60

Next

ގާތުގާ… 8

Next
March 31, 2026

ގާތުގާ… 8

Previews
March 31, 2026

އެދިގެން ކަލާ ލިބޭތޯ 60

3 Comments!

  1. Your fav bab Your fav bab says:
    March 31, 2026 at 5:46 pm

    Vrh reethi mi part vx MA💓

  2. Anonymous says:
    April 1, 2026 at 2:53 pm

    Mi vaahaka vrh reethi ♥️.. kithah dhuvahu genesdhenee

  3. Mysterious Woman says:
    April 5, 2026 at 12:46 pm

    thanks all……week eh ge 2 days up kohl dheveytho try kuraanan………the thing is that I am uploading episodes fudhey varakah ginain liyevunyma….. 🙂

Comments are closed.

Next Episodeހަގީގަތަކީ ކޮަބއިހޭ؟…5←


All Right Reserved!