މިއީ ޝަދަން އާއި މެހެކުގެ ވާހަކައެވެ. ލޯބި، ހިތާމަ، ބޭވަފާތެރި، އޮޅުވާލުން ފަދަ ހުރިހާ ރަހައެއް އެކުލެވޭ ވާހަކައެކެވެ.
ފަސް އަހަރުގެ ލޯބި އެންމެ ދުވަހަކުން ގެއްލުނީ ކީއްވެ ހެއްޔެވެ؟
މެހެކްގެ ހިތުގައި ޝަދަންގެ މައްޗަށް އޮތް ލޮތްބަށް ވީ ކިހިނެއް ހެއްޔެވެ؟
އެ ދެމީހުންގެ މެދަށް ވިހަލީ ކާކު ހެއްޔެވެ؟
ވިހަގަދަ ހަރުފައެއްގެ ޝިކާރައަށް ގައިމު ވެސް ޝަދަން އާއި މެހެކް ވެއްޖެއެވެ.
ނޯޓު: ވާހަކަ ލިޔުމަކީ ނުހަނު ލޯބިކުރާ ކަމެކެވެ. ނަމަވެސް “ތިނެސްކަން ލޯބި” މި ވާހަކައަށްފަހު ދިގު ވާހަކައެއް ލިޔުމަށް ޓަކައި މަސައްކަތްކުރާ ކޮންމެފަހަރަކު އެ ވާހަކައެއް ވަކި ހިސާބަކުން މެދުކެނޑިގެންދަނީ ވާހަކަ ލިޔުމަށް އެކަށޭނަ ވަގުތު ނުލިބޭތީއެވެ. އަދިހަމައެހެންމެ ނިމި ދިޔަ އަހަރަކީ އަޅުގަނޑުގެ ދިރިއުޅުމަށް އިތުރު ތަޖުރިބާއެއް ކުރިމަތިވި އަހަރަކަށްވުމުން ވަރަށް ބޮޑު ގެޕަކަށްފަހު އަޅުގަނޑު އަލުން ދިގު ވާހަކައެއް ލިޔަން ގަސްދުކުރީއެވެ. އެގޮތުން މި ވާހަކައަކީ ޚިޔާލީ އަސަރުގަދަ ވާހަކައެކެވެ. އުންމީދަކީ އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ “ތިނެސްކަން ލޯބި” ލިބުނުފަދަ ތަރުހީބެއް މި ވާހަކައަށް ވެސް ލިބިގެންދިޔުމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Can’t wait to read the story….. 😄
Whn is first ep…..
Trailer vrh salhi heevany vhk vess vrh reethi vaane hen ……
Heyy Darlingg!! Long time no see… N so happy to see you back😊
This trailer is insane^³ got me hooked instantly!!
Waiting for the very first part!
Lyy💗
Trailer vrh reethi..
Vrh ufaa vejje aa vhk eh kiyaalan libeythee..
When’s first ep?
Curiously waiting for the first part..