Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟… 4

Mysterious Woman Level 310 Stories100 Comments
March 29, 2026 3 Mins Read
1 Comment

ޝިމާލު ވަށައިލައިގެން އެންމެން ވެސް ތިބީ ވާހަކަދައްކާށެވެ. ޝިމާލު ހެއްވާލުމަށް ޓަކައި އެކިއެކި ވާހަކަދައްކަން ތިއްބާ ޕްރައިވެޓު ރޫމުގެ ދޮރު ހުޅުވާފައި ވަތް އަންހެން ކުއްޖާއަށް އެންމެން ތިބީ ކަޅި ވެސް ޖަހާނުލާ ބަލަންށެވެ.  އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުމުން މެހެކްގެ މުޅި ހަށިގަނޑަށް ފިނިކަން އިހުސާސުކުރެވުނެވެ. މަޑުމަޑުން ކުރިއަށް ޖެހިލީ ކާފަ ގާތަށްދާށެވެ.

ބަރާބަރު ފަސް އަހަރު ފަހުން ލޯބިވާ ކާފަ ދަރިފުޅު ފެނުމުން ޝިމާލަކަށް ކެތެއްނުކުރެވުނެވެ. ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ގޮސް އެންމެ ފަހުން މުޅި ރޫމު ތެރެއިގައި ޝިމާލުގެ ވޭނީ ގިސްލުމުގެ އަޑު ހަރުލިއެވެ.

މެހެކް މަޑު މަޑުން ގޮސް ޝިމާލުގެ އަތުގައި ހިފާލިއެވެ. “ދދދަރިފުޅާ….” “ކާފާ…އަހަންނަށް މައާފުކުރޭ…..” މެހެކް މަޑު މަޑުން ބުނެލިއެވެ. “ނޫން….ދަރިފުޅު މައާފަށް އެދޭކަށްނުޖެހޭނެ….ކާފަ ދުނިޔޭގައި އޮއްވާ ދަރިފުޅު ފެނުމުގެ ނަސީބު މިންވަރު ކުރެއްވިކަމަށް ޓަކައި އެކަލާނގެއަށް ޝުކުރުވެރިވަން….ދދަރިފުޅު ރަނގަޅުތަ؟..” ވަރަށް އުނދަގުލުން ޝިމާލު ވާހަކަދެއްކިއެވެ. ޝިމާލު އެންމެ ފަހުން ކުރި ސުވާލަށް މެހެކް “ލައްބަ” އޭ ބުނެލިއެވެ.

އާލިޔާ ވެސް އައިސް މެހެކް ގައިގައި ބައްދާލާފައި އަތުގަ އާއި މޫނުގައި ބޮސްދޭންފެށިއެވެ. މާމަ އާއި ކާފަގެ ހިތުގައި ވަރަށް ބޮޑަށް އޭނާއަށް ޖެއްސުނުކަން އިހުސާސުކުރެވުނެވެ. އޭނާއަށް ކޮންމެ ދުވަހަކު ވެސް މާމަ އާލިޔާ ގުޅާ ހާލު ބަލާ ހަދައެވެ. ކާފަ ބަލިވުމުގެ ކުރިން އޭނާގެ ފޯނުގައި ގިނަވާނީ އާލިޔާގެ ފޮނު ކޯލުތަކެވެ.

އެންމެންގެ މޫނަށް އޭނާ ވަކިވަކިން ބަލާލީ އަސަރާއެކުއެވެ. އެއީ އެއްއިރެއްގައި އޭނާއާއި އެކުވި މިތުރުންތަކެވެ. އެއްބަނޑު އެއްބަފާވަންތަކަމުގެ ގުޅުން އެ ކުދިންގެ މެދުގައި އޭރުވިއެވެ. ނަމަވެސް ހާލަތު ބަދަލުވީ ނުވެސް އެނގި ތިއްބައެވެ. ލޯބިވާ މަންމައާއި ދިމާލަށް އޭނާ ބަލާލީ އޭނާ ފެނުމުން ކުޑަ ނަމަވެސް އުފާވެރި ކަމެއް އެ މޫނުމަތިން ފެންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ޝެހެނާޒުގެ ހިތް ހިލަގަނޑެއްފަދައެވެ. މީގެ ފަސް އަހަރުކުރިން އޭނާއަށް ދެއްކި ރުޅިވެރިކަން މިއަދު ވެސް އޭނާ ފެނުމުން ބަދަލެއްނާދެއެވެ. މަޑުމަޑުން އެ ނަޒަރު ދަތުރުކުރީ ދުރުގައި ހުރި ޝަދާނަށްށެވެ. އޭނާގެ ހިތުގެ ވެރިޔާއަށްށެވެ. ކުރިއަށްވުރެން ހަރުދަނާކަން އޭނާގެ އުޅުމުންނާއި މިޒާޖުން ހާމަވާން ހުއްޓެވެ. ދެމީހުންގެ ނަޒަރު ބައްދަލުވެލިހިނދު ހިމަނާރުތަކަށް އެނގުންވެލައިގެންދިޔައެވެ. ފޮރުވިފައިވާ ޖަޒުބާތުތައް ހޭލައްވާލިއެވެ. ނަމަވެސް ޝަދާނުގެ ރުޅިވެރި ނަޒަރުން އޭނާ ފިއްސާލަފާނެހެންހީވިއެވެ. އަވަސް އަވަހަށް އިސްޖަހާލެވުނީ އޭނާއަކީ ބަލިކަށި މީހެއް ނޫންކަން ހާމަކުރުމަށް ޓަކައިއެވެ.

“ދަރިފުޅުމެންނޭ…..ބައްޕަގެ ވަޞިއްޔަތް ފުރިހަމަކުރުމަކީ ވަރަށް ބޮޑު އެދުމެއް….ހުރިހާ ކުދިން އެއްގެއެއްގައި އުޅުމަކީ މި ބައްޕަގެ އެދުމެއް….ކުރީގައި އޮތް އުފާވެރިކަން ގެންނަން ބައްޕަ ބޭނުން….ޔޫ އޯލް މޭޑު މީ ޕްރައުޑް….ހަރުދަނާ ވަޒީފާތަކުގައި މި އާއިލާގެ ހުރިހާ ކުދިންހެން އުޅުމަކީ ބައްޕަ އުފާވާކަމެއް….ބައްޕަ ނެތް ދުނިޔެއެއްގައި ވެސް މި ވިޔަފާރީ އަޑިއަޅާދިޔަނުދޭތި….ދަރިފުޅާ ޝަރުއާން..ތިއީ މި އާއިލާގެ އެންމެ ދޮށީ ދަރި..ބައްޕަ އެންމެ ބޭނުންވީ ދަރިފުޅު ބައްޕަގެ ވިޔަފާރިތަކާ އެންމެ އިސްކޮށް ޙަވާލުވާން..ނަމަވެސް ދަރިފުޅުގެ ވިސްނުން ހުރީ އެހެން ކަމަކަށް….އެއްވެސް ކުއްޖަކަށް މަޖުބޫރުކުރުމަކީ ބައްޕަގެ އުސޫލެއް ނޫން…..ދަރިފުޅުގެ ފަރާތުން ޝަދާން ހުރުމަކީ ބައްޕަ އެންމެ ހިތްހަމަޖެހޭކަމެއް…. ” މިހިސާބަށް ވާހަކަދިޔަތަނާ ޝިމާލުގެ އަނގައިން ހޯސްލާފައި ލޭ ފައިބަންފެށިއެވެ. ކަމެއް ޖެހިއްޖެނަމަ ގޮވާލަން އެނދުގެ ކޮޅުގައި ހަރުކޮށްފައިވާ ބެލްއަށް ފިތާލަން އެތަނާ އެންމެ ކައިރީގައި ހުރި ޝާފިއު އަވަސްވެގަތެވެ.

“ބައްޕަ އެހަށް ވާހަކަނުދައްކާ” ޝެހެނާޒަށް ޝިމާލު އެހާލުގައި އޮތް މަންޒަރު ބަލާކަށް ކުޅަދާނައެއްނުވިއެވެ. ޝިމާލު އާއި އެންމެ ކައިރީ ހުރި އާލިޔާ ވެސް ހުރީ ލޯބިވާ ފިރިމީހާގެ އެހާލަތާމެދު ހިތްމަރުވެފައެވެ. “ނޫން ދަރިފުޅާ…..ބބބބައްޕަގެ ވަގުތު އައިސްޖެހޭކަށް ދެން މާގިނައިރެއް ނެތް….ބައްޕަ ދައްކަން ހުރި ވާހަކަ ދެއްކިޔަދީ……”ދެން ވެސް ޝެހެނާޒު އެއްޗެކޭ ބުނަންވާއިރަށް އެކަން ހުއްޓުވީ މީކާއިލެވެ. ބައްޕައަށް ފުރުސަތުދޭށޭ ބުނާކަހަލައެވެ.

“ބައްޕަގެ ލޯޔަރު އަތުގައި އޮންނާނެ ލިޔެކިޔުންތައް….ބައްޕަގެ ވަޞިއްޔަތް އޭނާ އިއްވާނެ…. ދަރިފުޅާ ދާން ތިތާ ދުރުގައި ނުހުރެ ނިކަން ކައިރިއަށް އައިސްބަލަ….” ދުރުގައި ހުރި ޝަދާނަށް ގޮވާފައި ޝިމާލު އެދުނީ ކައިރިއަށް އައުމަށްށެވެ. އެއްފަހަރު ކާފައަށް އަނެއްފަހަރު ކާފަ ކައިރީ ހުރި މެހެކަށް ބަލާލުމަށްފަހު ކާފަ އެދުނުފަދައިން ކައިރިއަށް ޝަދާން އައެވެ. މެހެކާއި ޖެހިގެން ޝަދާން ހުއްޓެވެ.

“ދަރިފުޅާ މެހެކް….ދަރިފުޅު ލަންޑަނުގައި ހުރި މި ފަސް އަހަރު އެކޮޅުގައި ހުރެ ކީއްތަ ކުރީ؟….” ކުއްލިއަކަށް ކާފަ ކުރި ސުވާލުން މެހެކަށް ޖަވާބެއްދޭން އުނދަގޫވިއެވެ. އެންމެން އޭނާގެ ޖަވާބެއްގެ އިންތިޒާރުގައި ތިއްބެވެ. ޝަދާން ވެސް ހުރީ މެހެކްގެ ވަޒީފާއަކީ ކޮބައިކަން އެނގެން ބޭނުންވެފައެވެ. “އައި އޭމް އަ ލޯޔަރ” މެހެކް ކުރު ޖަވާބަކުން ފުއްދާލިއެވެ. މެހެކްގެ ޖަވާބުން ޝަދާން އާއި ދެންތިބި މީހުން މެހެކަށް ބަލާލީ ހައިރާންވެފައެވެ.

“ވާއު…ޝީ އިޒް ރިއަލީ އިންޓު ދިސް…” ނީރާގެ ކަންފަތްބުޑުގައި ސިއްރުން ފައިނާ ބުންޏެވެ. “އެހެންތަ…..މި ފެމިލީގަ ލޯޔަރެއް ވެސް ވީތާ ދޯ؟….ދަރިފުޅާ ކާފަގެ ބަސް ގަބޫލުކުރަންޏާ އެންމެ ގާތްކޮށް އުޅޭ މީހުންނާ މެދު ވެސް ވިސްނާތި…އެކުވެރިން ހަތުރުންނަށް ވެސް ވެދާނެކަން ދަންނާތި…ފެންނަ ކޮންމެ މަންޒަރަކީ ހަޤީޤަތެއްނޫންކަން ވިސްނާތީ….” މިހިސާބަށް ބުނެވުނުތަނާ ކުއްލިއަކަށް ޝިމާލުގެ އޮކްސިޖަން ދަށްވާންފެށިއެވެ. މެޝިންތަކުގެ ބީޕު އަޑު ގަދަވާންފެށިއެވެ. ޑަކުޓަރުންނާއި ނަރުހުން ރޫމަށް ވަނީ ވެސް އެވަގުތެވެ. އެމީހުން އަވަސްވެގަތީ ޝިމާލަށް ފަރުވާދެވޭތޯއެވެ.

އޭނާގެ އަޖަލު އައިސް ޖެހިއްޖެކަން ޝިމާލަށް އެނގެއެވެ. އޭނާ ދައްކަން ބައިވަރު ވާހަކަތައް އަދި ވެސް އެބަހުއްޓެވެ. ކިތައްމެވަރަކަށް ނޭފަތް މަތީ އޮކްސިޖަން މާސްކު އެޅިޔަސް އެއްވެސްކަމެއް ބަދަލެއްނުވާނެކަން އޭނާއަށް އެނގެއެވެ. ޑަކުޓަރުން ގާތުން އޭނާ އެދުނީ މާސްކު ނޭޅުމަށްށެވެ. އޭނާއަށް އިތުރު ތަކުލީފެއް ނުޖެއްސެވުމަށްށެވެ. އެގޮތުން އެވަގުތު ހުރި ޑަކުޓަރު އެލްޒިން ނަރުހުންނަށް އިޝާރަތްކުރީ ވެރިމީހާ އެންގެވި ގޮތަށް ކަންކުރުމަށްށެވެ.

“ކާފަގެ އެންމެ ފަހުގެ އެދުން މެހެކް ފުއްދައިދޭނެކަމަށް އުއްމީދުކުރަން…..ކާފަގެ ވަޞިއްޔަތަކީ މީގެ ފަސް އަހަރުކުރިން ކާފަ އެދުނު ގޮތަށް ދަރިފުޅު ޝަދާންއާއި ކައިވެނި ކުރުމަށް….މީސަމްއަށް ވީގޮތުގައި ޝަދާންގެ އެއްވެސް ކުށެއް ނެތް…..” މިހިސާބަށް ބުނެވުނުތަނާ ޝިމާލުގެ ނޭވާ އަވަސްވާންފެށިއެވެ. ޝަހާދަތުގެ ދެ ކަލިމައާއިއެކު ޝިމާލު ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލީ އެންމެން ސުވާލުމާކެއްގެ ތެރެއަށް ދޫކޮށްލާފައެވެ. ނަމަވެސް ޝަދާނާއި ފައިނާ އާއި ނީރާ އާއި ޝާއިން އަދި ޝާފިއު ފިޔަވައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ…1

Next

ހިތުގެ ޔާރާ – ފުރަތަމަ ބައި

Next
March 29, 2026

ހިތުގެ ޔާރާ – ފުރަތަމަ ބައި

Previews
March 29, 2026

ގޮތް ހުސްވެފައި ހުރީމޭ…1

One Comment

  1. Your fav bab Your fav bab says:
    March 29, 2026 at 4:36 pm

    Vrh reethi mi part vx MA!
    Mehek and shadhaan eii family ehnu? Second cousins dhw? Then why marry kuran e kiyanee?
    Anyways waiting for next
    Lyssm💓 keep up the excellent work

Comments are closed.

Next Episodeހަގީގަތަކީ ކޮަބއިހޭ؟…5←


All Right Reserved!