Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…7

Mysterious Woman Level 310 Stories100 Comments
April 3, 2026 5 Mins Read
2 Comments

އިރު ފެނުން ތޮޅެލީ އެއްބަޔަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދެމުންނެވެ. އަނެއްބަޔަކަށް މާޔޫސްކަމާއި ހިތިކަން ގެނުވަމުންނެވެ. މިއީ ދުނިޔޭގައި ކަންހިނގަމުންދާ ގޮތެވެ. މަދު ބަޔަކަށް ނޫނީ ހިތްހަމަޖެހުމާއިއެކު ދުވަސް ނިމިގެންދާނެއެވެ.

މަގުތައް ބާރު ބޮޑުވެފައިވަނީ އޮފީސްތަކަށްދާ މީހުންނާއި ސްކޫލުތަކަށް ދާކުދިންނާއި ޔުނިވަރސިޓީ ނުވަތަ ކޮލެޖުތަކަށްދާ ކުދިންނައިގެންނެވެ. ގަޑި ޖެހެންވާއިރަށް އެއިން ކޮންމެ މީހަކު ވެސް ބަލަނީ އެމީހެއްގެ މަންޒިލަށް އަމާންކަމާއިއެކު ދެވޭތޯއެވެ. ޔަގީނުން ވެސް ގަޑީގެ ކަށްޓަކު ނުހިފޭނެތާއެވެ.

ތިންވަނަ ފިޔަވައްސަށްދާން ހަދާފައިވާ ބުރިޖުމަތިން އުޅަނދުތައް ވައިސޫރިއެއްހެން ދުއްވާފައިދެއެވެ. އެކައްޗަށްވުރެން އަނެކަތި ކުރިއާލާ ދެވޭތޯއެވެ. މީގެތެރެއިން ރަތް ކުލައިގެ ބީއެމްޑަބުލިއު ކާރު ވެސް ހިމެނެއެވެ. “ވަޓް ***..ޑުރައިވު ފާސްޓު…ޔޫ އިޑިއަޓު” އެ ކާރު ދުއްވަން އިން ޖަރުމަނުވިލާތުގެ އެންޑްރިއުއަށް ފަހަތު ސީޓުގައި އިން އެކާރުގެ ވެރިޔާ ނަވީން ހަޅޭލަވައިގަތެވެ.

ނަވީން އެއައީ ޖަރުމަނުގައި ފަސް އަހަރު ހޭދަކޮށްފައެވެ. މި ފަސް އަހަރު އޭނާ ހޭދަކުރީ ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހެދުމުގައެވެ. މާސްޓާސް ދެ އަހަރު ދުވަހުން ނިމި ގުރެޖުއޭޓު ވިޔަސް އޭނާ އެކޮޅުގައި މަޑުކުރީ ރައްޓެހިންނާއިއެކު މަޖާކުރުމަށްށެވެ. އެތަންތަނުގައި ހުންނަ ބާތަކަށް ދިޔުމާއި އަންހެން ކުދިންނާއިއެކު ހެއްދެވި ނުހެއްދެވިއަށް އުޅުމަކީ އޭނާގެ ހިތްހަމަޖެހުމެވެ.

ނަވީނަކީ ރާއްޖޭގެ މިހާރުގެ ނައިބުރައީސް ޔޫސުފް ނަބީހުގެ ހަގު ދަރިފުޅެވެ. ލިބިފައިވާ މުއްސަނދިކަމާއި އެއްވަރަށް ކިބުރުވެރިކަމާއި ބޮޑާވެރިކަން ނަވީންގެ ކިބައިގައި ހުރެއެވެ. ނަބީހުއަކީ ވެސް މީހުންގެ ލޮލުގައި އަނދުންއަޅުވަން މޮޅު މީހެކެވެ. އެތައް ފޮނި ވާހަކަތަކެއްދައްކާ ރައްޔިތުންނަށް އެތައް އަހުދުތަކެއްވެ މިއަދު އޭނާ އެހެރީ ރާއްޖޭގެ ދެވަނަ ވެރިއެއްގެ ގޮތުގައެވެ.

ތިންވަނަ ފިޔަވަހީގެ އެންމެ ހިތްގައިމު ސަރަހައްދުކަމަށްވާ ބީޗު މަގުގައި ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއަކީ ނަވީނުގެ ފަންސަވީސް އުފަންދުވަހަށް ނަބީހު އޭނާއަށް ހަދިޔާ ކުރި ރީތި ބޮޑު ގެއެކެވެ. އެ ގޭގައި އޭނާއަށް އުޅެން ލިބުނީ އެންމެ ހައެއްކަ މަހެވެ.

 އެ ގޭގައި އެތައް ބައިވަރު ނޯކަރުންނެއް ނަވީނަށް ޚިދުމަތްކުރުމުގައި ތިބެއެވެ. ކެއްކުމާއި އެއްޗެހި ދޮވުމާއި އިސްތިރިކުރުމާއި ގޭތެރެ ފޮޅައި ސާފުކުރުމަށް ނޯކަރުންތައް ތިބެނީ ބަހާފައެވެ. ނުގޮތަކަށް އެއިން މީހަކު ކަމެއް ކުރިއަސް ވަގުތުން ވަޒީފާއިން ކަނޑާލާފައި އެމީހެއްގެ ގައުމަށް ފޮނުވާލަނީ ފެންފޮދެއް ބޯލާހާ ފަސޭހަކަމާއިއެކުއެވެ.

ނަވީނުގެ ގެކަމަށްވާ “ޕެރެޑައިޒް” ގެ ގޭޓު ކައިރީ ނޯކަރުންތައް ދެ ފަރާތުގައި ދެ ސަފަކަށް އެތުރިލާފައި ތިބީ އެމީހުންގެ ސާހިބު މީހާ އަންނަންދެނެވެ. ގޭޓު ހުޅުވާ ދޮރުވާނު ގޭޓު ހުޅުވައިދިނުމުން ރަތް ކުލައިގެ ބީއެމްޑަބުލިއު ކާރު އެ ގޭޓުން އެތެރެއަށް ވަދެއްޖެއެވެ. ކާރު ހުއްޓުމާއިއެކު ނަވީނު ކާރުން ފައިބައިގެން އަވަސް އަވަހަށް ގޭތެރެއަށްވަދެ ސޯފާއަށް ވެއްޓިގަތެވެ. ހީވާގޮތުގައި މާބޮޑަށް ވަރުބަލިވީއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ނަވީން ފޯނު ނަގާ މީހަކަށް ގުޅަން ތައްޔާރުވިއެވެ. “ޑޯލީ” ގެ ނަމުން ޖަހާފައިވާ ނަމްބަރަށް ގުޅާލީ ދަތްކޮޅު ސޭލު އަޅުވައިލައިގެން އޮވެއެވެ.

ލޯ ފާމުގެ ކުރިމައްޗަށް ހުއްޓާލި ކާރުން ފޭބީ މެހެކެވެ. މިއަދު މެހެކް އެއައީ އޭނާ އެތަނުގެ ވެރިއެއްގެ ގޮތުގައިއެވެ. މި ޒަމާނުގެ ގޮތުންނަމަ “ލޭޑި ބޮސް” އެއްގެ ގޮތުގައިއެވެ.  އޮފީސް ހެދުމުގައި މެހެކް ފެންނަނީ ވަރަށް ފުރިހަމަކޮށްށެވެ. ހުސް ކަޅުން ޖަރީވެގެން ހުރި ފިޔަ ރީތި ނަލަ މުނިޔާއެކޭ އެއްގޮތެވެ.

ލޯ ފާމަކީ ދިހަ ބުރީގެ އިމާރާތެކެވެ. އެންމެ މަތީގައި ބޮޑު ޓެރަހެއްވާއިރު އޭގެ ތިރީ ބުރީގައި ރެސްޓިން ރޫމުތަކާއި ލޮބީ އާއި ކެފޭ ފަދަ ތަންތަންވެއެވެ. އެންމެ ތިރީގައި ރިސެޕްޝަންވާއިރު އެއްވަނަ ބުރިން ފެށިގެން ގޮސް ހަ ވަނަ ބުރިއަށް އެކި ޑިޕާޓުމަންޓުތައްވެއެވެ. ހަތްވަނަ ބުރީގައި މީޓިން ރޫމާއި ބަންކުއެޓު ހޯލެވެ. ވެރިޔާގެ ކެބިން އާއި ޕާސަނަލް ސެކެޓްރީގެ ކެބިން އިންނަނީ އަށްވަނަ ބުރީގައެވެ.

މެހެކް ދިޔަގޮތަށް ގޮސް ލިފްޓިން އަށްވަނަ ބުރިއަށް ދިޔައެވެ. އިތުރު އުނދަގުލަކާނުލާ މެހެކަށް އެހިސާބަށް އާދެވުނީ އެއީ މެހެކް ދެކެފަރިތަ ތަނަކަށްވާތީއެވެ. ދިޔަގޮތަށް ކެބިންއަށްވަދެ ބޮޑު ގޮޑީގައި މެހެކް އިށީނެވެ.

މިއަދު އޭނާ އެއައީ އާ އަޒުމަކާއެކުއެވެ. ފަސް އަހަރު ކުރިން ބަންދުކޮށްފައިވާ ވޭދަނައިގެ މައްސަލަ އަލުން ހުޅުވާ ބެލުމަކީ އޭނާ ބޭނުންވާގޮތެވެ. އޭނާގެ ކޮއްކޮ މީސަމަށް އިންސާފު ހޯދައިދިނުމަކީ އޭނާގެ އަމާޒެވެ.

މޭޒުމަތީ އޮތް ފޯނަށް “ވިގަނި” ޖަހާފައި އިން ނަމްބަރަކުން ގުޅާތަންފެނުނެވެ. މެހެކުގެ މޫނަށް ވެރިވި އުފާވެރިކަން އެ ގުޅި ފަރާތާ ގުޅިފައިވާކަން ޔަގީނެވެ. “ހެލޯ ބިއުޓިފުލް…..އަންގައި ވެސްނުލާ މިކޮޅަށް އައިސައެއްނުން ތި އުޅެނީ…..އައި މިސްޑު ޔޫ ސޯ މަޗް…..” މެހެކް ފޯނު ނެގުމާއިއެކު ނަވީން ބުނެލިއެވެ. “ވީން…..ކޮން އިރަކު އައީ…..؟” މެހެކު އަހާލިއެވެ. “އައި ޖަސްޓު ކޭމް…..މައި ލަވް މަތިން ހަނދާންވެގެން މި ގުޅާލީ ހަމަ….” ނަވީންގެ ފުލާޓީ ގޮތް ގަޑުގައި ބުނެލިއެވެ. “ހައްހައްހައް…..އަދި ވެސް ވީންގެ ތި ފުލާޓީކަން ނުހުއްޓޭ ދޯ؟…..” މެހެކް ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. “ޔެސް މި އެއްނުން މައި ޗާމް އަކީ…..އޭ ކޮންތާކުތަ…ހިނގާބަލަ ބުރޭކުފާސްޓެއް ނަގާލަން…..” ނަވީން ބުނެލިއެވެ. “އައިމް އެޓް މައި ވޯކު ޕްލޭސް…..ވެލް….ލެޓްސް ގޯ” މެހެކް ބުނެލިއެވެ. “ވެއާރ؟؟….” ނަވީން އަހާލިއެވެ. “ލޯ ފާމް، މުރަކަ ގަސް މަގު…..” މެހެކް ބުނެލިއެވެ. “އޯކޭ އޮން ދަ ވޭ….” މިހެން ބުނެ ނަވީން ފޯނު ކަނޑާލިއެވެ.

މެހެކް ހުރީ ނަވީންގެ އިންތިޒާރުގައެވެ. އިރުކޮޅެއްފަހުން ނަވީންގެ ކާރު އައިސް ލޯ ފާމް ކުރިމައްޗަށް މަޑުކޮށްލުމުން މެހެކް ކާރަށް އެރިއެވެ. ނަވީން ކާރު ދުއްވާލީ ” ރަހަ މީރު” ރެސްޓޯރަންޓާއި ދިމާލަށްށެވެ.

ޝަދާން އޭނާގެ ކެބިންގައި އިނީ އޮފީހުގެ ބައެއް މަސައްކަތްތައް ނިންމުމަށްށެވެ. ކެބިންގައި ޓަކި ޖަހާލި އަޑަށް އެދިމާލަށް ބަލާލުމަށްފަހު ވަންނާށޭ ބުނެލިއެވެ. ދޮރުން ވަތް އާރާގެ އަތުގައި ފައިލުތަކެއް ހުއްޓެވެ. އެއައީ އޭގައި ސޮއި ކުރަންޖެހޭ ލިޔުންތަކެއް ހުރުމުން އެ ހިފައިގެންކަން ޝަދާނަށް އިނގުނެވެ.

އާރާ ޝަދާންގެ ކުރިމަތީ ފައިލުތައް ބަހައްޓާލަމުން ކުރިމަތީ ހުރި ގޮޑީގައި އިށީނީ ވަރުބަލި ފިލުވާލުމަށްށެވެ. އެއީ އާރާ އާންމުކޮށް ވެސް ކުރާކަމެކެވެ. ސްކޫލު ދައުރުން ފެށިގެން ވެސް ޝަދާން އާއި އާރާ މިއީ ބެސްޓުފުރެންޑްސްއެވެ. ސްކޫލު ދައުރު ނިމި ވަޒީފާގެ މައިދާނުގައި ވެސް އެ ރަޚުމަތްތެރިކަން އެގޮތުގައި އޮތެވެ. އާރާ އެންމެ ވާހިތްވި ކެބިންކުރޫކަން ވެސް ދޫކޮށްލުމަށްފަހު ޝަދާންގެ ޕާސަނަލް ސެކެޓްރީއެއްގެ ގޮތުގައި އެހުރީ އެހިތުގައި ޝަދާނަށް ޚާއްސަ ލޮތްބެއް އޮންނާތީއެވެ. އާރާގެ ހިތުގައިވާ އިހުސާސުތައް ޝަދާންގެ ކުރިމަތީ ބަންޑުންކޮށްލަން ޖެހިލުންވަނީ ސަބަބެއް ނެތިއެއްނޫނެވެ. އެއީ އާރާ ކިތައްމެ މަސައްކަތެއް ކުރިއަސް ޝަދާންގެ ހިތަކުން މެހެކުގެ ނަން ނުފޮހެވޭނެކަން މިއީ ދުވާލުފަދައިން އޭނާއަށް އެނގެއެވެ. ނޫންނަމަ އުމުރުން ތިރީސް އަހަރުވީއިރު ވެސް އެހެންމީހަކާ ނީންދެ ނުހުންނާނެތާއެވެ.

“ހާދަ މަޑު މަޑުން ތިއިނީ..އެހެންޏާ ބޮލި ރަވަ ހުއްޓައެއްނުލާނެ….” ޝަދާން ސަމާސާ ގޮތަކަށް ބުނެލިއެވެ. “ދާން ހީވަނީ ކަމަކާ ވިސްނާހެން…އެހެންނޫންނަމަ ސޮއި ކުރަން ގަލަމުގައި ހިފަހައްޓައިގެން އެއްދިމާލަކަށް ބަލާކަށް ނީންނާނެ….” އާރާ އިޝާރަތްކުރީ ޝަދާން ހިފަހައްޓައިގެން އިން ގަލަމަށްށެވެ. އެއަށްފަހު ނިތް އެއްލާލީ ޖަވާބެއް ބޭނުންވާތީއެވެ.

“އަހަރެން ނުވިސްނަން…ކޮން ކަމަކާ ދެން ވިސްނަން އޮންނާނީ ވެސް…” ޝަދާން ބުނެލިއެވެ. “އެހެންތަ….ހަމަ ނުވިސްނަން؟….އެކަމަކު މެހެކް އައިފަހުން ހީވޭ ވަރަށް ޗޭންޖުހެން….” އާރާ ދިޔައީ ސީދާ ޕޮއިންޓަށްށެވެ. ހީވާ ގޮތުގައި އެވާހަކަ ދައްކަން އޭނާ ބޭނުންވެއެވެ. މެހެކްގެ ނަން އިވުމުން ޝަދާންގެ މޫނުމަތިން ކުޑަކޮށް ހިނިތުންވުމެއްގެ އަސަރު ފެނިލިއެވެ. ނަމަވެސް އެ އަސަރު ނިކަން އަވަހަށް ފަރުދާ ކޮށްލިއެވެ. “ސާބަސް…ޔޫ އާރ އޯވާ ތިންކިންގ….މެހެކް އެއީ މިހާރު ނިމިފައި އޮތް ޗެޕްޓާއެއް….ލެޓްސް ގޯ ފޯރ އަ ބްރޭކް ފާސްޓު…” ފައިލުތައް ލައްޕާލަމުން ޝަދާން ބުނެލީ އިތުރަށް އެވާހަކަދައްކަން ބޭނުންނުވާތީއެވެ. އަދި ކެބިން އިން ނިކުންނަން ދިޔައެވެ. ފަހަތުން އާރާ ވެސް ދިޔައެވެ.

ރަހަ މީރު ރެސްޓޯރަންޓުގެ ހިތްގައިމު ސަރަހައްދުގައި ނަވީން އާއި މެހެކު ތިބީ އޮލަ ވާހަކައެއްގައެވެ. އެހާ ދުވަސްފަހުން ދެ މީހުން ދިމާވުމުން ލައްކަ ވާހަކަތައް ހުންނާނެތާއެވެ. ވާހަކައިގައި ތިބެ ކަމުން ދިޔައިރު އެތަނަށް ވަތް ޝަދާން އާއި އާރާ އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ނަވީންގެއެވެ. މެހެކް އިނީ އެ މީހުންނަށް ފުރަގަސްދީގެންނެވެ.

ނަވީންގެ މޫނުން ވިހަ ހިނިތުންވުމެއްގެ އަސަރުފެނިލިއެވެ. ނަމަވެސް މިކަމެއް ކުރިމަތީގައި އިން މެހެކުގެ ލޮލުގައި އަޅައެއްނުގަތެވެ. އެއްލިކަޅިއަކުން ޝަދާންއަށް ވެސް ނަވީން ފެނިއްޖެއެވެ. އިސާހިތަކު އެމޫނުން ރުޅިވެރިކަމުގެ ހުޅުފަޅައިގެން ހިނގައްޖެއެވެ. ވީހައިހޫނުކަން ވެސް ދިޔައީ ކޮން ދިމާލަކަށްކަމެއް ނޭނގެއެވެ. އާރާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ޝަދާން ނުކުމެގެން ދިޔައީ އާރާ ގޮވަ ގޮވާ އޮއްވައެވެ.

ވީނުވީ ނޭނގި ޝަދާން އެގޮތަށް ދިޔުމުން އާރާގެ މޫނުން ނުރުހުމުގެ އަސަރު ފެނިލިއެވެ. ކަމެއް ނުވެ އެގޮތަށް ނުދާނެކަން އޭނާއަށް އެނގެއެވެ. ވަށައިގެން މުޅި ތަނަށް ނަޒަރު ހިންގާލި އާރާއަށް ނަވީން އާއި މެހެކް ލޮލުގައި އަޅައިގަތެވެ. ނަވީން ފެނުމުން އާރާ ހައިރާންވި ނަމަވެސް ފުރަގަސްދީގެން އެއިނީ މެހެކުކަން އޭނާއަށް އެނގެއެވެ. ރުޅިއައިސް ރަތްވެފައި ހުރެ އާރާ ދިޔައީ މެހެކްމެން ކައިރިއަށްށެވެ.

ނަވީންއާއި ވާހަކަދައްކަން އިން މެހެކް ސިއްސައިގެން ދިޔައީ އޭނާގެ މޫނަށް ފެނުގެ ހަމަލާއެއް އައުމުންނެވެ. ކުރިމަތިން އާރާގެ ސޫރަ ފެނުމުން މެހެކުގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ.

“ވަޓް ދަ ހެ**” މެހެކް ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. “ވައި ޑިޑް ޔޫ ކަމްބެކް؟….ކަލޭ އައިފަހުން އެއްކަމެއް ވެސް ރަނގަޅަކަށްނުދޭ….ދާންއަށް ދެވުނު ދެރަ އަދިވެސް ކުޑައީތަ؟…ކަލޭގެ ސަބަބުން އަހަރުމެން ދެމީހުންގެ ޑޭޓު ފަނިވީ….” އާރާ އައިގޮތަށް އައިސް ހަޅޭއްލަވައިގަތެވެ. އާރާ ކިޔާ އެއްޗެއް މެހެކަށް އިނީ ފަހުމުނުވެފައެވެ. ތަނެއްދޮރެއް ބަލައިނުލާ އައިސް އޭނާއާ ދިމާލަށް އެއްޗެހި ކިޔުމުގެ ހައްގެއް އާރާ އަކަށް ވެސް ނޯންނާނެއެވެ. “މަ ކޮންއިރަކު ތި ދެމީހުންގެ ޑޭޓު ފަނިކުރީ؟..މަ ނުދެނަހުރިން ޝަދާން އިތުރު ރިލޭޝަންއަކަށް ދިޔަކަމެއް…” މެހެކް ހަމަޖެހިލާފައި ބުނެލިއެވެ.

“ހީނުކުރަށްޗޭ މަށަށް އޮތް ޗާންސް ގެއްލޭނެއޭ…..އޭރު އެއީ ކަލޭގެ މީހެއް….މިފަހަރު ޝަދާން ވާނީ މަގޭ މީހަކަށް….ހަމައެކަނި މަގޭ މީހަކަށް….” މިހެން ބުނުމަށްފަހު އާރާ ދާން ހިނގައިގަތެވެ. “އެހެންވިއްޔާ ކަލޭގެ ލޯބިވާ ދާން ކައިރީ ބުނެބަލަ އަހަރުމެންގެ ކައިވެނި ކެންސަލު ކުރަން….” މެހެކް މިހެން ބުނުމުން އާރާއަށް ހުއްޓުން އެރިއެވެ. އަދި ފަސްއެނބުރި މެހެކަށް ބަލާލީ ތިބުނީ ކީކޭހޭ އަހާފަދައިންނެވެ. މެހެކް އިން ގޮތުން އެބުނި ބަހުގެ ތެދުކަން އާރާއަށް ވިސްނުނެވެ. ރުޅިއައިސް ރަތްވެފައިހުރެ އެތަނުން އާރާ ހިނގައްޖެއެވެ.

“މެހެކް އަނެއްކާ ވެސް ޝަދާން އާއި މެރީ ކުރަނީތަ؟….މެހެކް ހަނދާން ނެތުނީ….” “ހަނދާނެއްނުނެތޭ…އެކަމަކު މި ކައިވެންޏަކީ ކާފަގެ އެންމެ ފަހުގެ ވަޞިއްޔަތް….” މެހެކް ނަވީންގެ ވާހަކަ މެދު ކަނޑާލުމަށްފަހު ބުނެލިއެވެ. ނަވީންގެ މޫނަށް އަރާފައިބަމުންދިޔަ ކުލަވަރު މެހެކަށް ނުފެނުނީ އިސްޖަހައިގެން އިނުމުންނެވެ. ނޫންނަމަ މެހެކްގެ ހިތުގައި ސުވާލުތަކެއް އުފެދުނީސްކަން ކަށަވަރެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު މެހެކް އަނބުރާ ލޯފާމަށް ނަވީން ގެންގޮސްދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 18

Next

މެހެކް – ތިންވަނަ ބައި

Next
April 3, 2026

މެހެކް – ތިންވަނަ ބައި

Previews
April 2, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 18

2 Comments!

  1. Another girl says:
    April 4, 2026 at 2:20 pm

    Vrh rythi next part up koh dhehchey vaahaka vrh rythi vaane hn heevey

    1. Mysterious Woman says:
      April 5, 2026 at 12:44 pm

      Insha Allah…….konme week eh ge 2 days up kohdheveytho try kuraanan….

      thanks 🙂

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…8←


All Right Reserved!