Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަގީގަތަކީ ކޮބައިހޭ؟… 2

Mysterious Woman Level 310 Stories100 Comments
March 28, 2026 2 Mins Read
3 Comments

ކާރުން ފޭބި ގޮތަށް ޝަދާނު ވަދެގެން ދިޔައީ ހޮސްޕިޓަލުގެ ގޭޓުން އެތެރެއަށްށެވެ. މީހުން ބަލާވަރުން އޭނާ ހުރީ ރުޅިގަދަވެފައެވެ. އަބަދުވެސް ހުންނަ ސީރިޔަސް ކަންމަތީ ވަދެގެން ދިޔައިރު ހޮސްޕިޓަލުގެ ސްޓާފުން ޝަދާންއަށް އަދަބު އިޚުތިރާމް އަދާކުރުމުގެ ގޮތުން ސަލާމް ގޮވާލައެވެ. އެއީ ކާކުކަން އެނގޭތީ އަދަބު އިޚުތިރާމް ކުޑަ ނުކުރާންވެގެންނެވެ. ޝިމާލަށް އޮންނަ ލޮތްބާއި އިޚުތިރާމް ޝިމާލުގެ ދަރިންނަށް ވެސް އަދި ކާފަ ދަރިންނަށް ވެސް ކުރެއެވެ. ޝިދާނުގެ ފަހަތުން އޭނާއާ އެއްހަމަކުރަން މަސައްކަތްކުރަމުން އާރާ ވެސް ދިޔައެވެ.

ޝަދާން ދިޔަގޮތަށް ގޮސް ހޮސްޕިޓަލުގެ ވެރިންނާއި ބޯޑު މެމްބަރުންނަށް އަދި އާއިލާއަށް ޚާއްސަކޮށްފައިވާ ލިފްޓަށް އެރުމަށްފަހު އެންމެ މަތީ ފަންގިފިލާއަށް ދާން ފިތަކަށް އޮބާލިއެވެ. އެއީ ޕްރައިވެޓް ރޫމްތައް ހުރީ އެ ފަންގިފިލާގައި ކަމުގައިވާތީއެވެ.

ޝިމާލުގެ ކައިރީގައި އާއިލާގެ ހުރިހާ މެމްބަރުން ތިއްބެވެ.ޝިމާލުގެ އަންހެނުން އަދި ހުރިހާ ކުދިންގެ މަންމަގެ އިތުރުން މާމަ އަދި މުނި މާމަ ކަމަށްވާ އާލިޔާއެވެ. ޝަރުއާނާއި ޝުޢައިބާއި ޝަމާއިލެވެ. ޝަހުދާއި ޝެހެނާޒެވެ. އަދި ފައިހާ އާއި، މާރިޔާ އާއި، ނުހާ އާއި، ސުމާނާގެ އިތުރުން މީކާއިލެވެ. ދެން ތިބީ ހުސް ކާފަ ދަރިންނާއި މުނި ކާފަ ކުދިންނެވެ. ޝާނާއި ޝާނުގެ އަންހެނުން ތޫބާއެވެ. އަދި އެދެމަފިރިންގެ އެއްމާބަނޑު ދެބެން ކަމުގައިވާ ސާރާ އާއި ތާރާއެވެ. ފަރުހާ އާއި ފިރިމީހާ ޢައްމާރު އާއި ދަރިފުޅު ޢާކިލެވެ. މާއިން އާއި ފިރިމީހާ ޙަމްދު އާއި ދަރިފުޅު ހާނިޔާއެވެ. މާހިން އާއި އަންހެނުން ޝުބާ އާއި ދަރިފުޅު ޝައްޔާނެވެ. މަރްޝާ އާއި ފިރިމީހާ އާކިފެވެ. ސާމީ އާއި އަންހެނުން ނޫރައިން އާއި ދަރިފުޅު ނިޝްވާއެވެ. ދެން ތިބީ ކާފަ ކުދިންގެ ތެރެއިން ޅަ ގުރޫޕުގެ ކުދިންނެވެ. ފައިނާ ނީރާ އާއި ޝާއިންގެ އިތުރުން ޝާފިއުއެވެ.

ދަރިންނާއި ކާފަ ދަރިންނާއި މުނި ކާފަ ދަރިންގެ މޫނަށް ވަކި ވަކިން ބަލަން އޮތް ޝިމާލުގެ ސަމާލުކަން ހުއްޓުނީ ޕްރައިވެޓު ރޫމްގެ ދޮރު ހުޅުވާފައި ވަދެގެން އައީ ކާފަ ކިޔާ ފިރިހެން ކުދިންގެ ތެރެއިން އޭނާ އެންމެ ލޯބިވާ ކާފަ ދަރިފުޅު ޝަދާނެވެ. ހިކިވެގެން ގޮސް ފަޅައިގެންދާން ކައިރިވެފައިވާ ތުންފަތަށް ކުޑަމީސް ހިނިތުންވުމެއްވެރިވީ ބަރާބަރު ތިން މަސްފަހުން ޝަދާނު ފެނުމުންނެވެ. ވިޔަފާރި ކަމަކު ޗައިނާގައި ތިން މަސް ދުވަހު ހުރުމަށްފަހު ސީދާ އެއާޕޯޓުން ހޮސްޕިޓަލަށް ޝަދާން އައީ އޭނާގެ ބައްޕަ ގުޅާފައި ކާފަ ވަރަށް ހާލު ދެރަ ވާހަކަ ބުނުމުންނެވެ. އެހެން އެންމެންނަށް ވުރެން ވެސް ޝަދާނު ޝިމާލަށް ކުރާ ޤަދަރު ބޮޑެވެ. އެއީ އޭނާގެ ރޯލް މޮޑެލެވެ. އޭނާގެ ހީރޯއެވެ.

“ކާފާ، ހާލު ކިހިނެއްތަ މިހާރު….” ޝަދާނު ޝިމާލުގެ ރޫޖެހިފައިވާ އަތުގައި ނުހަނު ލޮތްބާއިއެކު ފިރުމާލަމުން އަހާލިއެވެ. ކާފަ ދަރިފުޅުގެ އޯގާތެރިކަން އިހުސާސުވެ ޝިމާލުގެ ލޯ ފެންކަޅިވިއެވެ. “ކާފާ، ދެރަނުވޭ…އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ…އަހަރުމެންނަށް އޮންނާނީ އެކަލާނގެއާ ވަކީލުކުރުން….އަހަރުމެން އެންމެން ވެސް މި ތިބީ ކާފަޔާ އެކު…އެންޑް އައި އެމް އޯލްވޭޒް ވިތް ޔޫ ނޯ މޭޓާ ވެޔާ އައި އެމް…..” ދެން ވެސް ވާހަކަދެއްކީ ޝަދާނެވެ.

“ދދދަރިފުޅޅޅާ….” ޝިމާލު ވާހަކަދައްކަދައްކާ ހުއްޓާ އެކަން ހުއްޓުވީ ޝަދާނެވެ. “މިވަގުތު ކާފަ ވާހަކަނުދައްކާ ރެސްޓުކުރޭ…..އިނގޭ..” ނުހަނު ލޮތްބާއެކު އަނެއްކާ ވެސް ޝަދާނު ބުނެލިއެވެ. ޝިމާލުގެ ސަމާލުކަން އަނެއްކާ ވެސް ވަށައިގެން ތިބި މީހުންނަށް ދަތުރުކޮށްލިއެވެ. ކުއްލިއަކަށް އޭނާގެ މޫނު މަތި މިލައިގެން ދިޔަތަން އެންމެންނަށް ވެސް ފެނުނެވެ. އެވަގުތު އޭނާޔާ އެންމެ ކައިރީގައި ހުރި ލޯބިވާ އަންހެން ދަރިފުޅު ޝެހެނާޒަށް ގޮވާލިއެވެ. “ދަރިފުޅާ ނާޒު….ބައްޕަގެ އެންމެ ފަހުގެ އެދުން ފުއްދައެއްނުދޭނަންތަ؟….ބބބައްޕަގެ އެއް ކާފަ ދަރިފުޅު އަތުން ބީވެގެން ހިނގައްޖެ….މމމާދުރަށް ހހހިނގައްޖޖޖެ….ދެން ހުރި ކާފަ ދަރިފުޅުވީ އއއެތައް މމޭލެއް ދުރުގައި….އެ ދަރިފުޅު އައުމުގެ ހުއްދައެއް ނުދޭނަންތަ؟….މިތާ ހުރިހާ ކާފަ ކުދިންނާއި މުނި ކާފަ ކުދިން އެބަތިބި…..ހހހަމމައެކަނި މަދީ އެކަކު…..ނާޒު……އައި ވޯންޓު ހާ ބެކު….އައި ވޯންޓު މައި ގުރޭންޑު ޑޯޓަރ ބެކު…އެދަރިފުޅު ބައްޕަގެ ގާތަށް ގެނެސްދީ…..ބައްޕަގެ މެހެކް ގެނެސްދީ……..” ތަނަށް ހީވީ ކުޑަވަރެއްގެ ޒަލްޒަލާއެއް އައިހެންނެވެ. އެންމެންގެ ދެ ލޯ ބޮޑުވެގެންދިޔައިރު ޝެހެނާޒުގެ ދެ ލޯ ފެންކަޅިވިތަން އާލިޔާއަށް ފެނުނެވެ. ބަރާބަރު ފަސް އަހަރު ފަހުން އެ ނަމުން މުޚާތަބު ކުރި މީ ފުރަތަމަ ފަހަރެވެ. ޝެހެނާޒުގެ ގާތަށް މީކާއިލް ޖެހިލާ އުނަގަނޑުގައި އަތްވަށާލީ ޝެހެނާޒަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ފައިނާ އާއި ނީރާ އާއި ޝާއިނާއި ޝާފިއު  އެކަކު އަނެކަކުގެ މޫނަށް ބަލާލީ މާޔޫސްކަންމަތީއެވެ. ބުނާ ކަހަލައެވެ. އެމީހުންގެ ގެއްލުނު އެކުވެރިޔާ ބޭނުމެވެ. އެ އެންމެންގެ މެދުގައިވީ އެކުވެރިކަން އިޔާދަވާން ބޭނުމެވެ. އުފަލާއި މަޖަލުގައި ހޭދަކުރި ދުވަސްތަކަށް އެނބުރިދާން ބޭނުމެވެ. އެހެނަސް….ޝާނާއި މާއިން އާއި މާހިން އާއި މަރްޝާގެ އިތުރުން ސާމީމެން ވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ދެރަވެ މާޔޫސްކަންމަތީއެވެ. އެމީހުން ވެސް އެމީހުންގެ ދެބެންގެދެދަރި ކޮއްކޮ ބޭނުމެވެ. އެ މަޒާޖީ މިޒާޖު ދެކިލަން އެދެވެއެވެ. އެ އެންމެންނަށް ވެސް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިއަދު އިހުސާސުކުރެވެއެވެ. އެ އެންމެންގެ ނަޒަރު ދެން ގޮސް ހުއްޓުނީ ކާފަގެ އަތުގައި އަދި ވެސް ހިފަހައްޓައިގެން އިން ޝަދާނަށްށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޒަލަފް – ފަހު ބައި

Next

ހަގީގަތަކީ ކޮބައިހޭ؟… 3

Next
March 28, 2026

ހަގީގަތަކީ ކޮބައިހޭ؟… 3

Previews
March 28, 2026

ޒަލަފް – ފަހު ބައި

3 Comments!

  1. ..i..m.. says:
    March 28, 2026 at 11:52 am

    Maa confusing😭
    Btw cover hot kamun mioh maru vanee… N kiyveyo comments ah reply nukuranee??

    1. Mysterious Woman says:
      March 28, 2026 at 1:00 pm

      Furathama kolhu confuse vedhaane…story kuri ah dhaavarakah understand vaane… sorry for late reply…busy schedule ge sababun huri haa kiyuntherin ge comments thakah reply nukurevidhaane…ekm vx balaanan over all reply eh dhevey tho ..🙂

  2. Your fav bab Your fav bab says:
    March 28, 2026 at 4:55 pm

    Mehek koba?? Family matter aku vaki vegen dhiyaee thr??
    Anyways mi part vx hama vrh furiham MA💗💓
    Btw ahaa nulevigen mi ulheny adhi, how ru darl?
    Tc n ly..

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…28←


All Right Reserved!