” ދާމިޝް! ” ލެއިން ތައްތެޅިފައި އޮތް ދާމިޝް ކައިރިއަށް ޖެހިލަމުން މައިހާ ރޮވިފައި އިންއަޑަކުން ދާމިޝްއަށް ގޮވާލިއެވެ. ޒައިދް މައިހާގެ އަތުގައި ހިފާ ލުއްކިއެއް ޖެހުމާއެކު މައިހާގޮސް ޖެހުނީ ޒައިދްގެ މޭމަތީގައެވެ. ”’ ދޫކުރޭ…. ” މައިހާ މަސައްކަތް ކުރަމުން ދިޔައީ ދާމިޝްއާ ދިމާއަށް ދިއުމަށެވެ. ޒައިދް މައިހާ ދަމަމުން ގޮސް އެމީހުން ގެނައި ޖިޕަށްލުމާއެކު ގުރޫޕް ހުރިހާ މީހުންގޮސް ޖިޕަށް އެރިއެވެ. ހުރިހާ ފިރިހެނުންގެ ތެރޭގައި މައިހާ ހުރިއިރު މައިހާ ހުރީ ބިރުން ހަލާކުވާވަރު […]
ޒިވާން އޮތް އެނދު ކައިރިއަށް ހުއްޓިލަމުން ހަރަަކާތްތަކަށް ހުއްޓުމެއް އައިސްފައި އޮތް ޒިވާންއަށް މާއި ބަލާލިއެވެ. އޭރު ޒިވާންގެ ނޭފަތާއި ކަންފަތުން ފައިބަމުން ދިޔަ ލޭ މަނާކުރަން ނަރުހަކު ކަފަކޮޅުތައް ބޭނުންކުރަމުން ދިޔަ އެވެ. ހަމަހިމޭންކަން ވެރިވެފައިވި މާއީ އެއްފަހަރު ޒިވާންއަށް އަދި އަނެއް ފަހަރު ހާރޓް މޮނީޓާރއަށް ބަލާލިއެވެ. މޭގެ ތެރޭގައި ފިތިބާރުވަމުން ދިޔަ ހިތުގެ އާހްތައް ތުންފަތް ފޫއަޅުވާލާފައި ނިކުމެގެން ދިޔައީ ދެނެވެ. އެތައްހާސް ޓަނުގެ ބަރުދަނާއެކު ސިކުނޑިއަށް ސަވާރުވެގެން އައި ހަޤީޤަތާއެކު ހީވީ […]
ޒަވީން ބޭރަށް ނިކުތްއިރު ފިޒާޔާ ފެންނަން ނެތުމާއެކު ޒަވީން ހިނގައިގަތީ ފިޔާޒާގެ ކޮޓަރިއާއި ދިމާއަށެވެ. ފިޔާޒާގެ ކޮޓަރިއަށްވަން ޒަވީން ހުއްޓުންއެރީ ފިޒާޔާ ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ. ” ޑިއާރ… ހާސްނުވެބަލަ…. ޒަވީންއަކަށް އެވްލީން ރަނގަޅު ނުކުރެވޭނެޔޭ… މިހާރު އަހަރެން އާ ޤަވާއިދުތައް ހަދައިފިން…… މިހާރު ޒަވީން ޖެހޭނެ އެވްލީންއަށް ފަރުވާ ދިނުމުގެ ކުރިން އޭނަ ދޭންއުޅޭ ފަރުވާގެ ތަފްސީލު ބޯޑާ ހިއްސާކުރަން….. ސޯ އަހަންނަށް އެހުރިހާ ޓްރީޓްމެންޓެއް ހުއްޓުވާލެވޭނެ… ރޭގަ އެވްލީންއަށް ޝޮކްވެސް ދީފަހުރީ…. މިހާރު […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ފޯނަށް މެސެޖެއްއައި އަޑަށް ވިލްޝާ އަވަސް އަވަހަށް ފޯނުނަގައި މެސެޖް ކިޔާލިއެވެ. ” ފެރީ ޓާރމިނަލް ކައިރިއަށް އާދޭ ފައިސާ ބަލާ…” މެސެޖްގައި ލިޔެފައި އޮތެވެ. ވިލްޝާ އަވަސްވެގަތީ ކޮޓަރިން ނިކުތުމަށެވެ. ނަރުހުން ތިބުމަށް ޚާއްސަކުރެވިފައިވާ ބަޔާއި ފެރީ ޓާރމިނަލްއާއި ފުދޭވަރަކަށް ކައިރިވުމުން ފެރީ ޓާރމިނަލްއާއި ހިސާބަށް 5 މިނެޓްތެރޭގައި ދެވުނެވެ. ވިލްޝާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ވިލްޝާގެ ހިތް ބިރުވެރިކަމުން ވަށާލީ ފުރަގަހުން މީހަކު އައިސް […]
ހަވީރުގެ ވަގުތެވެ. ނިދިފައި އޮތް އެވްލީންއަށް ހޭލެވުނީ ކޮޓަރީގެ ދޮރުހުޅުވިގެން ދިޔަ އަޑަށެވެ. އެވްލީން އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ކޮޓަރިއަށް ވަން ޒަވީން ފެނުމާއެކު އެވްލީންއަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ” މިއަދު ހެނދުނު އަހަރެން ބުނީމެއްނު އެވްލީން ގޮވައިގެން ބޭރަށް ދާވާހަކަ….. ” ޒަވީން އެވްލީން އަތުގައި އަޅުވާލާފައިވާ ޗޭން ނައްޓާލިއެވެ. އެވްލީން ޒަވީންގެ ފަހަތުން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. އެވްލީން ކޮޓަރިން ބޭރަށް ފިޔަވަޅެއް […]
” އެވްލީންއާ ބެހޭގޮތުން ކާއިލްއާ ސުވާލެއް ކޮށްލަން އެބައޮތް …. ” ކާއިލްއާ ދިމާއަށް ޒަވީން ބަލައިލިއެވެ. ” އާސްކް އެނީ ތިންގް… ” ކާއިލް ބުންޏެވެ. ” ކީއްވެ އެވްލީންގެ އާއިލާ މީހުން އެވްލީންއާއި ބައްދަލުކުރަން ނާންނަނީ ؟ ރިކޯޑްގައި ވާގޮތުން އެންމެފަހުން އެވްލީންގެ ބައްޕަ މިތަނަށް އައީ 2008 ގައި ” ޒަވީން ބުންޏެވެ. ” އެވްލީންގެ އާއިލާ މީހުން ފެނުމުން އެވްލީން ސަކަރާތްވާން ފެށުމުން އެވްލީންއާއި ބައްދަލުކުރުން މަނާކޮށްފަ އޮންނަނީ…. ހާއްސަކޮށް އެވްލީންގެ […]
ހުޅުވިގެން ދިޔަ ދޮރާއި ދިމާއަށް އެވްލީންއަށް ބަލާލެވުނީ ކުއްލިޔަކަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ދެމީހުން ފެނުމާއެކު އެވްލީންގެ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ” ދޭ މިތަނުން….. ” އެވްލީން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަތުގައި އަޅުވާފައިވާ ޗެންޗޭނު ނެއްޓުމަށެވެ. އެވްލީން އެނައްޓަން ކުރަމުންދިޔަ މަސްއަކަތް އެއްގޮތަކަށްވެސް ކާމިޔާބު ވާގޮތެއް ނުވުމުން އެވްލީންގެ ރުޅި ދިޔައީ ގަދަ ވަމުންނެވެ. ” މީ އެވްލީން އަކީ…. މިހާރު 4 އަހަރު ވެދާނެ މިތަނަށް […]
މާއީއަށް ދޭން ތަށިބަރި ހިފައިގެން އައި މައުސޫމާއަށް ހުރެވުނީ ކޮޓަރީގެ ދޮރުހުޅުވަން ތަޅުގައި ހިފާލި ގޮތަށް ގަނޑުވެފަ އެވެ. އޭނަގެ ސަމާލުކަން ހުއްޓިފައިވީ އިވެމުން ދިޔަ ވާހަކަތަކަށެވެ. މާއީއާއި ޒިވާންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑު އިވި އޭނަގެ ހިތަށް ނުހަނު އަސަރުކުރި އެވެ. އޭނަ އެންމެ ބޮޑަށް ދެރަވީ އެދެކުދިންގެ ހިތާމަތަކަށް ނިމުން ގެނެސްދިނުމުގައި އޭނަ ނުކުޅެދިފައިވާ މިންވަރު އިހުސާސުވެފަ އެވެ، ހަމައެއާއެކު ޒިވާންގެ އަޑުގައި ހުރި ވޭނުގެ އަސަރުތަކުން އޭނަގެ ލޮލުން ކަރުނަ […]
މައުސޫމާއަށް އިރުޝާދުތަކެއް ދިނުމަށް ފަހު ނަރުސްކުއްޖާ ނިކުންނަން ދިޔައީ ކުޑަ އިރުކޮޅެއް ފަހުން ޑޮކްޓަރު އަންނާނެ ވާހަކަ ބުނެލުމަށް ފަހުގައެވެ. ނަރުސްކުއްޖާއާއި ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު މައުސޫމާ ބޯޖަހާލި އެވެ. އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔަ ޒިވާން އޭނަގެ މަންމައަށް ގޮވާލި އެވެ. އެއާއެކު މައުސޫމާ އަވަސްވެގަތީ ޒިވާން ކަމަކަށް ބޭނުންވީއޭ ހިތާ އެކަމެއް ފުރިހަމަކޮށްދިނުމަށެވެ. އޭނަ ގޮސް ޒިވާން އޮތް އެނދު ކައިރިއަށް ހުއްޓިލުމާއެކު ޒިވާން އެދުނީ އެހީތެރިޔާގެ ގޮނޑީގައި އިށީނުމަށެވެ. ޒިވާންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލި […]