ކޮރިޑޯގެ ސީލިންގްގައި ހަރުކުރެވިފައިވާ ވިކްޓޯރިއަން ޗާންދެލިއާގެ އަލި ކޮރީޑޯއަށް ފެތުރިފައިވުމުގެ ސަބަބުން ކޮރިޑޯވަނީ އުޖާލާ ކޮށްލާފައެވެ. ކޮރީޑޯގެ ފާރުގައި މަޑު ފެހި ކުލައެއް ލާފައިވާއިރު ފާރުގެ ފަޅުކަން ފިލުވާލާފައިވަނީ ފްރޭމްތަކާއި އެކިކަހަލަ ޑިޒައިންތަކުގެ ވޯލް ލައިޓް ތަކުންނެވެ. ކޮންމެ ކުރެހުމަކަށް ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް އާޓިސްޓުންގެ މޮޅުކަން ހާމަވެގެންދެއެވެ. އެކުރެހުންތައް އެހާ ރީތިވެފައި ހިތްދަމައިގަންނަ ގޮތެއް ހުއްޓެވެ. ” ހިއާ ޔޫގޯ ސާރ… ” ޓެރެސްއަށް ދާން ހުންނަ ސިޑިއާ އަރާހަމަވުމާއެކު ވެއިޓާރ އަވަސް އަވަހަށް ބުނެލިއެވެ. […]
” ކިހިނެއްވީ ފާޑަކަށް ތިބަލަނީ ؟ ” ނީލާ އެވްލީންއާއި ދިމާއަށް ބަލައިލުމަށްފަހު ރުންކުރު ރާގެއްގައި ބުނެލިއެވެ. އެވަގުތު ފަޒާގެ ތެރެއަށް ފެތުރިގެންދިޔަ ވަހަކުން އެވްލީން ހޮޑުނުލެވުނީ ހަމަކިރިޔާއެވެ. ނޭފަތުގައި އަތްއަޅާލެވުނީ ނަސީބަކަށެވެ. ” އެވްލީންވެސް މީގެ ރަހަ ބަލާލަބަ…. ” ނީލާ އޭނަ ބޮމުންދިޔަ ތަށި އެވްލީންއާއި ދިމާއަށް ދިއްކޮށްލިއެވެ. ” ރާ ބުއިމަކީ ހަރާން ކަމެއްކަން ނޭނގެނީތަ ؟ ނޫނީ އެނގިހުރެ ފާފައަކަށް އަރަނީތަ ؟ ” އެވްލީން ބުމަ ގޮށްޖަހާލުމަށްފަހު ސޯފާއިން ތެދުވެލިއެވެ. […]
މޫދުގެ ލޮނުގަނޑު ކަފަމުން ލޯންޗް އޭގެ އެންމެ ހަލުވި ސްޕީޑްގައި ދުއްވަމުން ދިޔައެވެ. ޓްރޮޕިކަލް އައިލޭންޑް ރިޒޯޓަށް ދެވެންދެން ނީލާ އުޅުނީ ޒަވީންއާއި ވަރަށް ކައިރިންނެވެ. ނީލާ ޒަވީންއާއި ކައިރިން އުޅުމުން އެވްލީން ހުރީ ރުޅިއަންނަ ގޮތްވެފައެވެ. ބައެއްފަހަރު ނީލާއާއި ދިމާއަށް ހަޅޭއް ލަވައިގަންނަންވެސް އެވްލީން ބޭނުންވިއެވެ. ނަމަވެސް ޒަވީންއާއި ނީލާ އާދެމެދު ގުޅުމެއް ނުވާނަމަ ޒަވީން ނީލާއަށް އޭނައާއި އެހާކައިރިން އުޅުމުގެ ފުރުސަތެއް ނުދޭނެއެވެ. ހަޤީޤަތުގައި ޒަވީން ނީލާ ލޯންޗްގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި […]
ތޫގާ އޭނަގެ މޫނުމަތީ އަތްއަޅާލަމުން ގިސްލާން ފެށިއެވެ. އަވަސްއަވަހަށް އެނދުން ތެދުވެގެން އައި ރުކާން ރީތިވާ މޭޒު ކައިރިއަށް ހުއްޓިލަމުން ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ. އޭނަ ހުރީ ދުލުން ބުނެވުނު ބަސްތަކުން ތޫގާގެ ނާޒުކު ހިތަށް ތަދު ކޮށްލެވުމުން ދެރަވެފައެވެ. އެތޫނުފިލި ދެލޮލުން އެކަން ކިތަންމެހާ ވެސް ރަގަޅަށް ބަޔާންކޮށްދެއެވެ. ތޫގާ އޭނަގެ އަތްތިލަ މޫނާއި ދުރުކޮށްލަމުން ކަރުނުން ފުރިފައިވާ ދެލޮލުން ރުކާންއަށް ބަލާލިއެވެ. ”ބޭބް… އައެމް ސޮރީ، ފަހަރެއްގައި ވެސް ބޭބް ހިތުގައިޖައްސަން ބުނި އެއްޗެއް […]
އެވްލީން ކުޑަ އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ބޯ ފަރުދާތައް ކަހާލުމަށްފަހު އެވްލީން ބެލްކަންޏަށް ނިކުތެވެ. އެވަގުތު ގެސްޓް ރޫމާއި ދިމާއަށް ފޯނުން ވާހަކަ ދައްކަމުން ހިނގާފައި ދިޔަ ޒަވީން ފެނުމާއެކު އެވްލީންއަށް ހީވީ އޭނަގެ ހިތުގެ ތެޅުން މަޑު ޖެހިލިހެންނެވެ. ހިތަށް ވެރިވެގެން ދިޔަ ޖަޒްބާތުތަކުން އެވްލީންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޒަވީން ފޯނުން ވާހަކަ ދައްކަމުން އެދަނީ ކާކާބާވައެވެ ؟ ޒަވީން ކުއްޖަކާއި ރައްޓެހިވެގެން އުޅެނީ ބާވައެވެ ؟ އަޖައިބެކެވެ. […]
ފިޒާޔާ އެވްލީންގެ އަތުން ދޫކޮށްލުމަށްފަހު އޭނަގެ އަތަށް ލެވުނުހާ ބާރަކާއެކު އެވްލީން ކޮށްޕާލުމުން އެވްލީންއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެވްލީންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވެއްޓެން ދިޔަ އެވްލީން ފެނުމާއެކު ޓެރެސްއަށް ނިކުތް ޒަވީންއަށް ދުއްވައިގަނެވުނީ އެވްލީންއާއި ދިމާއަށެވެ. ޒަވީން ހުށިޔާރު ކަމާއެކު އެވްލީންގެ އަތުގައި ހިފާ ލުއްކިޔެއް ޖެހުމާއެކު އެވްލީން ގޮސް ޖެހުނީ ޒަވީންގެ މޭމަތީގަ އެވެ. ޒަވީން ފެނުމާއެކު ޖުނެއިނާއާއި ފިޒާޔާއަށް ލިބުނީ ޝޮކެކެވެ. އެވްލީން ޚަބަރު ހުސްވެގެން ޒަވީންގެ އަތްދަނޑި […]
ޒަވީން އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ވަގުތު ގުނަމުން ދިޔަ އެވްލީން މާޔޫސްވާން ފަށައިފިއެވެ. އެވްލީން އެހާ ގިނަ މެހެމާނުންގެ ތެރޭގައި ހުރުމުން ހާސްވެ ނޭވާލާން އުނދަގުވާ ގޮތްވިއެވެ. ނަމަވެސް އޭނަ އެހުރިހާ ކަމެއް ތަހައްމަލް ކުރަމުން ދިޔައީ ޒަވީންއަށް ޓަކައެވެ. ޒަވީންގެ ސޫރަ ނުފެންނަނީސް ދެން އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ” ލިމްނާ… ދޭބަލަ ޒަވީން ވީތަނެއް ބަލާލާފައި އަންނަން.. ” އެންމެ ފަހުން ނުހުރެވިގެން އެވްލީން އޭނަ ކައިރީގައި ހުއްޓިލައިގެން ހުރި ލިމްނާ ކައިރީގައި […]
” ފިޒޫ އަހަންނަށް ޔަޤީންކަން ދިނީމެއްނު އެވްލީން މެންޓަލް އެސައިލަމް އިން ބޭރު ނުކުރެވޭނެކަމަށް…. ” ޖުނެއިނާ ބަގީޗާއަށް ނިކުންނަމުން ފިޒާޔާއަށް ގުޅާލިއެވެ. ” ޖޫން… އަހަރެންނަށް ނޭނގި މިފްޒާލް އައީ ހުރިހާކަމެއް ނިންމައިގެން… އަދި ނުވިތާކަށް ވަކީލަކުވެސް ހަޔާރ ކޮށްފަ ހުރީ… ” ފިޒާޔާ ބުންޏެވެ. ” ދެން ކިހިނެއް ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ދާނީ ؟ މިހާރު އެވްލީންއަށް ހާދަ ބޮޑު ބަދަލެއް އައިސްފިޔޭ…. ” ޖުނެއިނާގެ އަޑުގައިވަނީ ހާސްކަމެވެ. ” ހާސްނުވެބަލަ…. […]
” ޒަވީން ބުނި ގޮތަށް އަހަރެން ހުރިހާ ކަމެއް ކޮށްފިން… އެވްލީން ރަނގަޅު ވާނެތަ؟ ” ކޮރިޑޯގައި ހުއްޓިލައިގެން ހުރި މިފްޒާލްއާއި ޒަވީން އަރާހަމަވުމާއެކު މިފްޒާލް އަހާލިއެވެ. ” އަހަންނަށް އަދި ވަގުތު ބޭނުންވާނެ އެވްލީން ރަނގަޅު ކުރަން….. ” ޒަވީން މިފްޒާލްގެ ސުވާލަށް ޖަވާބު ދިނެވެ. ” ކިހާ ދުވަހެއް ބޭނުންވަނީ ؟ ” މިފްޒާލް އަވަސް އަވަހަށް އެއްސެވެ. ” އިރާދަކުރެއްވިއްޔާ 2 މަސް ދުވަސް… ” ޒަވީން ބުންޏެވެ. * * * […]