އެވްލީން ޖެޓީ ވަށާ ޖަހާފައިވާ ރެއިލިންގައި އަތް ވިއްދާލުމަށްފަހު މޫދަށް ނަޒަރު ހިންގާލުމުން އަކިޔަސް ވަޔާއެކު އެވްލީންގެ މޫނަށް ފައިބަމުން ދިޔަ އިސްތަށި ކޮޅުތައް އެއްފަރާތް ކޮށްލަ ދިނެވެ. ” ސަޗް އަ ބިއުޓިފުލް އޯޝަން… ލަންޑަން އިން ނުފެންނަހާ ރީތި ސީނެރީތަކެއް… ” އެވްލީން ހުވަފެނީ ގޮތަކަށް ބުންޏެވެ. ” ނޮޓް އީވެން ކްލޯޒް ޓު ޔޯރ ބިއުޓީ… ” އަކިޔަސް އެއްލޯ މަރައިލަމުން ހިނިތުންވެލިއެވެ. ކާރުއައީ މެންދުރު އެކެއް ޖަހަން ކައިރިވެފައި ހުއްޓާކަމަށް ވުމުން […]
ދުވަސްތައް ހަލުވި ކަމާއެކު ފާއިތު ވެގެން ދިޔައިރު އަކިޔަސް އެވްލީންގެ ހުރިހާ ކަމަކަށް ވަރަށް ބޮޑު ފަރުވާތެރި ވިއެވެ. ޚިދުމަތްތެރި ފިރިއަކު ފަދައިން އަކިޔަސް ކޮންމެ ދުވަހަކު ހެނދުނު އެވްލީންއަށް ނާސްތާ ގެނެސްދެއެވެ. ގޭގައި މެއިޑުން ތިބި ކަމުގައި ވީނަމަވެސް އަކިޔަސް އެކަންތައް އަމިއްލައަށް ކުރުމުން އޭނައަށް ބުނަން ނޭގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދެއެވެ. ނޭގުމުގެ ތެރެއިންވެސް އަކިޔަސްގެ ހިތުން އެވްލީންއަށް ޖާގައެއް ވަނީ ދެވިފައެވެ. އެހެން ނޫންނަމަ ކަންކަމުގައި އެހާ ފަރުވާ ކުޑަ އަކިޔަސްގެ […]
އެލީސާ އެވްލީންއާއި ދިމާއަށް ލޯއަޅާލި އިރު އެދެލޮލުގައި ވިދަމުންދިޔަ ނަފްރަތުގެ ހުޅުކޮޅުތައް އެވްލީންއަށް ނިކަން ފަސޭހައިން ދެނެގަނެވުނެވެ. ބިރުވެރި ކަމުގެ ރާޅު ބާނީތަކެއް ހަށިގަނޑުގެ ހުރިހާ ނަރުތަކުގައި ދުވެލި ހިނދު ނޭގޭ ބިރުވެރިކަމެއް އެވްލީންގެ ހިތުގައި ބާރަކަށް ވިކައިގަތެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް އަކިޔަސްގެ އަތުގައި ހިފަހައްޓާލެވުނެވެ. ” ލީން ކިހިނެއްވީ ؟ ” އަކިޔަސްއަށް އަހާލެވުނެވެ. ” އެލީސާ… ” އެވްލީން އަވަސް އަވަހަށް ބުނެލައިފިއެވެ. ” އޭނަ ވަރަށް ޖެލަސްވާނެ ލީންއާއެކު އަހަރެން ހުއްޓާ ފެނުނީމަ… […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔަ އެވެ. ވަގުތަކީ ހުރިހާކަމަކަށް ވެސް ޝިފާއަކަށްވާ ފަދައިން ލަސްލަހުން ނަމަވެސް ގޭތެރޭގެ ހާލަތު ހަމައަކަށް އެޅެމުން ދިޔަ އެވެ. ޒިވާންގެ ވަކިވެ ދިއުމުގެ ހަޤީޤަތާ ހުރިހާ އެންމެން ވެސް ކުރިމަތިލަމުން ދިޔައީ ކެތްތެރިކަމާއެކުގައެވެ. އެނާޒުކު ދަނޑިވަޅުގައި އާޢިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމާއި ހިތްވަރުގެ ބަސްތަކުން ޒަހަމްވެފައިވި މާއީގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބެމުން ދިޔަ އެވެ. ލިބެމުން ދިޔަ ލޯތްބާއި އޯގާތެރިކަމުން ހިތާމަތަކާއި ކެރިގެން ކުރިމަތިލާން މާއީ […]
އަކިޔަސް އެވްލީންއާއި ދިމާއަށް ނަޒަރު ހުއްޓާލުމާއެކު އެވްލީންގެ ފައިން ވާގިދޫވެގެން ގޮސް ސްނޯ މައްޗަށް ވެއްޓުނެވެ. ” ކެއާރފުލް ގާރލް… ” އަކިޔަސް ބަރާކަށް ހިނގާލާފައި އައިސް އެވްލީންގެ އަތުގައި ހިފަހައްޓާލުމަށްފަހު ތެދުވާން އެހީވެދިނެވެ. އެވްލީން ރަކިވެގެންގޮސް އެމޫނުހީވަނީ ރަތް ފަރުދާތަކުން ފޮރުވޭލެވިފައި ވާހެންނެވެ. އެވްލީން ތެދުވެ ބިންމައްޗަށް ވެއްޓިފައިވާ ކޮޓަން ހެޓް ނެގިއެވެ. އަކިޔަސްގެ ފަހަތުން ގޮސް އެވްލީން ކާރަށް އެރިއިރު އޭނަގެ ދެއަތް ވަނީ ޖޯޑު ކޮށްލެވިފައެވެ. މަޑު ދުވެއްޔެގައި ކާރު ދުއްވަމުން ދިޔައިރު […]
އެވްލީން އެތެރެއަށް ދާން ހިނގައިގަތުމާއެކު ރިހާނީއަށް ކައިރީގައި ހުރި ރެޑްވުޑް ގަހަށް ލެނގިލެވުނެވެ. ރިހާނީ އަވަސް އަވަހަށް އޭނަގެ ފޯނުނަގައި ޖުނެއިނާގެ ފޯނަށް ގުޅާލައިފިއެވެ. ހަތަރު ފަހަރު ގުޅުމުންވެސް ޖުނެއިނާ ފޯނެއް ނުނެގިއެވެ. ރިހާނީގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ކުއްލިޔަކަށެވެ. ފޯނު ނަގާ ހޫރާލެވުނު އިރު ރުޅިއައިސް ރިހާނީ އެތެރެއިން އަނދަމުން ދިޔައެވެ. ” އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮށްލާނަން އެވްލީން… ” ރިހާނީ ދެދަތްޕިލް ޖައްސާ ބާރުކޮށްލިއެވެ. އެވަގުތު ހިޔާލަށް އަކިކަމެއްގެ ސަބަބުން […]
” ކިޔާ ޕްލީސް… ” ރިހާނީ އައިސް އަކިޔަސް ކައިރީގައި އިށީންނަމުން ، އަކިޔަސްގެ އަތުގައި ހިފަހައްޓާލިއެވެ. ” ރިނީ އައެމް ވެރީ ޓަޔާރޑް…. ” އަކިޔަސް ޓީޝާޓް ބޭލުމަށްފަހު ދާވަށިގަނޑަށް ލުމަށްފަހު އައިސް އެނދުގައި އޮށޯތެވެ. ރިހާނީ ބޮޑު ލޮލަށް ކަރުނަ ޖަމާވަގެން ދިޔަ އެވެ. ރިހާނީގެ ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިއުމުން ވެސްް އަކިޔަސް ލޯހުޅުވައި ނުލި އެވެ. ރިހާނީ ބާރު ބާރަށް ހިނގާލާފައި ގޮސް ފާޚަނާއަށް ވަނެވެ. ދުވަހަކުވެސް ފިލައިގެން […]
އެވްލީންއަށް އެތައް އިރެއް ވަންދެން ޗެރީ ގަހަށް ލެނގިލައިގެން ރޯން ހުރެވުނެވެ. ބުރަކަށީގައި އުފެދިފައިވާ ރިހުމުގެ ސަބަބުންވެސް އެރީތި ދެލޯ ފޫދުއްވާލަމުންދިޔަ ކަރުނަަތައް ވަނީ ގިނަވެފައެވެ. އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލީ އެދިމާއަށް ލުއި ފިޔަވަޅުތަކެއްގައި ހިނގާލާފައި އަންނަމުން ދިޔަ ޒަރާ ފެނުމާއެކުއެވެ. އެވްލީން ޗެރީ ގަހާ ދުރަށް ޖެހިލަމުން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނެއްގެ ސަބަބުން އެވްލީންއަށް ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ޒަރާ އައިސް އެވްލީންއާއި […]
” ސިސް … ” ތަށި ތަޅައިގެންގޮސް ލިވިންގް ރޫމްގައި ޖަހާފައިވާ މަޑު ފެލި ކުލައިގެ މާބްލް މައްޗަށް ވެރިގެން ދިއުމާއެކު ޒަވީންއަށް ބުނެލެވުނެވެ. ” ޒޭވް ނުވެސް ބުނެ އައީމަ ވާނީ މިހެންނު… ” ރިހާނީ ހާސްކަމާއި ރުޅިވެރިކަން ފޮރުވަމުން ހިނިތުންވެލިއެވެ. ނަމަވެސް އެވްލީން ފެނުމާއެކު އޭނައަށް އެކަން ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. ” ކޮބާ މޯމް… ؟ ” ޒަވީން މިފަހަރު ސުވާލު ކޮށްލީ އަކިޔަސް އާއެވެ. ނަމަވެސް އަކިޔަސް ޒަވީންގެ އެސުވާލަށް ޖަވާބެއް […]