ދަގަނޑުތައް ކޭއްތުނު އަޑާއެކު ޢީރާއަށް ހަޅޭއްލަވައިގަނެވުނު އިރު ކާރު ޓްރަކްގައި ޖެހުމަށްފަހު ފުރޮޅިލާފައި ގޮސް ކައިރީގައި ހުރި ގަހެއްގައި ޖެހުނެވެ. ކާރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ޢީރާ ގަޔަށް ބިއްލޫރިކޮޅުތައް ހެރި އެކިވަރު އަނިޔާތަކެއް ވިޔެވެ. ބޯފަޅައިގެން ދިޔުމުގެ ސަބަބުން މަންޒަރު ފުސްވެ ނޭވާ ހުސްވަމުން ދާ ކަހަލަ ނުބައި އިހްސާސްތަކާއެކު ޢީރާގެ ދެލޯ މެރިއްޖެއެވެ. ސްނޯގެ ޝީޓްތައް ލެއިން ފަވާލަން ފެށިއިރު ޓްރަކް ޑްރައިވާރ އެހިސާބަށް އައިސް ހުއްޓިލަމުން އެމްބިއުލާންސަށް ގުޅާލައިފިއެވެ. އޭނަ ވެސް ހާސްވެފައި […]
އެދުވަހު ހެދި ޓެސްޓް ތަކުގެ ނަތީޖާ ލިބުނީ ރޭގަނޑު ވެފައި ވަނިކޮށެވެ. ރިހާނީ ބަލިވުމުގެ ސަބަބުން އޭނައަށް ޖެހުނީ ގޭގައި މަޑުކުރާށެވެ. އަކިޔަސް ޑޮކްޓާރގެ ރޫމަށް ވަންތާނާހެން ޑޮކްޓާރ ޓެސްޓްތަކުގެ ނަތީޖާ އަކިޔަސް އަތަށް ދިއްކޮށްލައިފިއެވެ. އަކިޔަސްއަށް ނަތީޖާ ފެނުމުން އޭނަ ރުޅިއައިސް ރަތް ވިއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު ކަރުދާސްގަނޑު އަތުގެ ތެރެއަށް ލާ ބޮނޑިކޮށްލެވުނެވެ. ކިތަންމެ ހިތިވިޔަސް އޭނައަށް މިޖެހުނީ އެއީ ހަޤީޤަތްކަން ޤަބޫލުކުރާށެވެ. ތަޤްދީރު އޭނައާ އެކު މިކުޅެލީ ކޮންފަދަ ބޮޑު […]
ސްކޭން ހެއްދުމަށްފަހު އެވްލީން ހޮސްޕިޓަލުން ދޫކޮށްލީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭރު ޖުނެއިނާ ފިޔަވާ ޢާއިލާ އެންމެން ހޮސްޕިޓަލުގައި ތިއްބެވެ. ރިހާނީއާއި އަކިޔަސްއާ ދެމެދު ވާހަކަ ނުދެކެވުނު ކަމުގައި ވިޔަސް ދެމަފިރީންގެ ދެމެދުގައި ހިނގި ބޮޑު ހާދިސާ އެންމެނަށް ސިއްރުކުރަން ދެމަރިފީރިން ބޭނުންވިއެވެ. ދެއްކުންތެރި ހިނިތުންވުމަކާއެކު އަކިޔަސް ރިހާނީ ކައިރީގައި ހުއްޓިލައިގެން ހުރީ އެހެން ވެގެންނެވެ. ބައްޕަ ގައިގައި އޮޅުލައިގަތްއިރު އެވްލީންއަށް ރޮވިއްޖެއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ ؟ ބައްޕަ ނުފެންނަތާ އެހާ ގިނަދުވަސް ފަހުން […]
” ބްރޯ ވައި އިޒް އިޓް އޯލް ހެޕެނިންގް ޓު މީ ؟ ” ޒަވީން ދުރަށް ނަޒަރު ހިންގާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ” ޒޭވް ޔޫއާރ ނައު ގްރޯން އަޕް ، ޑޯންޓް އެކްޓް ލައިކް އަ ޔަންގް ޗައިލްޑް…… އެއް ވެސް ދިރިއުޅުމެއް އެމީހަކު ބޭނުންވާ ގޮތަކަށް ނުގެންދެވޭނެ… ނައު އޯލް ޔޫ ނީޑް އިޒް ޓު ސީކް ހެލްޕް ފްރޮމް ﷲ… ” އަކިޔަސް ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. އަކިޔަސް ޒަވީންއާއި […]
ޒަވީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިސް ސޯފާގައި އިށީންނަމުން އެވްލީންއަށް ކުޑަ ގޯނާއެއް ކޮށްލިއެވެ. އެވަގުތު އެވްލީންއަށް ބާރަކަށް ހީގަނެވުނުއިރު ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ތޫފާން މަތިން އެއްކޮށް ހަނދާން ނެތުނެވެ. ” އައި ނޯ ލީން ބިރުގެންފަ ކަން ތިއިނީ.. ޓްރަސްޓް މީ ލަވް… އޭނައަށް އެއްވެސް ގެއްލުމެއް ނުދެވޭނެ… އަހަރެން މިހުރީއެއްނު… ސޯ ހުރިހާ ބިރެއް މަތިން ހަދާން ނައްތާލާ… އަހަރެން ލީން ޕްރޮޓެކްޓް ކުރާނަން ، އައި ޕްރޮމިސް… އޭނަ މިގެއަށް […]
” ރިނީ… ހާދަ ވަރަކަށް ބިރުގެންފަ ތިހުރީ… ” އަކިޔަސް އޭނަ އަޅައިގެން ހުރި ހެޑްސެޓް ނެގުމާއެކު ރިހާނީއަށް ފަޒާގެ ތެރެއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ” ނަތިންގް… ” ރިހާނީ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދިވެސް އެހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު ހިތް ހުއްޓިދާނެހެން ވެސް ރިހާނީއަށް ހީވެއެވެ. އަކިޔަސް ހެޑްސެޓް އަޅައިގެން ހުރީ ނަސީބަކަށެވެ. އެހެން ނޫންނަމަ އޭނަގެ ހަޤީޤަތް މިއަދު ބޭޒާރު ވީހެވެ. އަކިޔަސް އައިޕޮޑް އިން އަޑުއަހަން […]
”ހޭއި ދައު… އަހަރެން ކުޑަ ކަމަކު އެދެންވެގެން އިނގޭ މިގުޅީ…” ފުރަން ތައްޔާރުވެ ނިމުމާއެކު ކޮޓަރިން ނިކުތްނަމުން ދައުހާއަށް ތޫގާ ގުޅާލިއެވެ. އަދި ކުރު ގޮތަކަށް އޭނަގެ ދަތުރުގެ ވާހަކަތަކާއި ރުކާން ގާތު އޭނަ ހެދި ދޮގުތަކުގެ އިތުރުން އެދޮތުތައް ފޫބައްދާލަ ދިނުމަށް ދައުހާއަށް އެހީވެދެވޭނެ ގޮތްތައް ވެސް ބުނެދިނެވެ. ދައުހާ ހިނިގަނޑެއް ޖަހާލަމުން އެކަމާ އެއްބަސްވީ ޒަމާނުއްސުރެން އެދެމެދުގައިވާ އެކުވެރިކަމަށްޓަކައެވެ. ”އަޅޭ!، އަހަންނަށް ތި ދަތުރުގައި ބައިވެރި ނުވެވޭތީ ދެރަވެއްޖެ… އެނީވޭސް ޔޫގައިޒް ހޭވް ފަން…” […]
ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓް ތަކުގެ ނަތީޖާ ޕޮޒިޓިވް ވުމާއެކު ޒަވީން އާއިލާގެ ހުރިހާ މެންބަރުންނަށް އެއުފާވެރި ޚަބަރު ދިނީ ހެނދުނު ނާސްތާ ކުރަމުންދިޔަ ވަގުތުގައެވެ. ” މޯމް ، ޑޭޑް އައެމް ގޮއިން ޓު ބީ އަ ފާދާރ…. ” ޒަވީން ފިނިވެފައިވާ އެވްލީންގެ އަތުގައި ހިފަހައްޓައިލަމުން އެއުފާވެރި ޚަބަރު އެންމެނާއި ހިއްސާކުރިއެވެ. ޒަވީން ބުނި ޖުމްލަ ރިހާނީގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއް ހެންނެވެ. އޭނަ ބޮމުން ދިޔަ އާފަލު ޖޫސްތަށި ކަރުތެރޭގައި ތާށިވުމާއެކު […]
” ކި…ޔާ…. ޑޭޑް އެކްސިޑެންޓެއް ވެގެން މިއުޅޭނީ… ހީ އިސް އިން އަ ވެރީ ސީރިޔަސް ސިޓުއޭޝަން… ” ޒަރާ ރޮވިފައިވާ އަޑަކުން ބުނެލިއިރު އަކިޔަސް ހުރީ ހުއްޓުން އަރާފައެވެ. އަކިޔަސްގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. އަކިޔަސް ފޯނު ބާއްވަމުން ވީހާވެސް އަވަހަކަށް ލަންޑަނަށް އަންނާނެ ކަމަށް ބުނެލިއެވެ. ބޮޑުކަމެއް ދިމާވުމުން ސިކުނޑިން ބައެއް ކަންތައް ފޮހެވިގެންދާ ފަދައިން އަކިޔަސް ކުރަން އުޅުނު ކަންތައް މަތިން ހަނދާން ނެތުނެވެ. ސިކުނޑިއަށް ވާން ވެފައިވުމުން […]