ތޫގާ ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ނަހީކް ހިނގައިގަތީ އެގެއިން ނިކުތުމަށެވެ. ނަމަވެސް ވަކިހިސާބަކަށް ދެވުނުތަނާ ތޫގާ ބުނެލި އެއްޗަކުން ފަސްއެނބުރި ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އޭރު މާއީ ވެސް ސިހިފައި ތޫގާއަށް ބަލާލިއެވެ. ”ބަލަ ދަނީތަ؟… ނަހީކް އަންނާނެ އިރެއްގެ އިންތިޒާރުގައި ކުޑާ ހުންނަތާ ކޮން އިރެއް… ވާހަކަ ވެސް ނުދައްކާތަ ތިދަނީ؟… އަހަރުތަކެއް ފަހުން ފެނުމުން ދައްކަން ލައްކަ ގިނަ ވާހަކަތަކެއް ވެސް ހުންނާނެއެއްނު… ތީ ކުރީގެ އެންމެ ގާތް ދެމީހުން ވިއްޔާ… މިހާރު އިތުޅޭ […]
ބޮޑު ކޮޓަރިއަށް ނިކުތް ތޫގާއަށް ގޭގެ މައިދޮރު ކުރިމަތީ ހުރި ރުކާން ފެނުމާއެކު އޭނައަށް ލިބިގެން ދިޔައީ ހާސްކަމެވެ. ދެންމެ އޭނައާއި މާއީއާ ދެމެދު ކުރެވުނު ޒުވާބުގެ އަޑު ރުކާންއަށް އިވުނުބާއޭ ހިތަށް އެރުމާއެކު މުޅި ހަށިގަނޑުގައި ދުވެލީ ބިރުވެރިކަމުގެ ބާނީތަކެކެވެ. ހިތުގެ ތެޅުން ވެސް އަވަސްވީނުން ނިތުގައި ދަލުގެ އަސަރުވެސް އެކުލެވިގެން ދިޔަ އެވެ. ހިންދިރުވާލެވުނީ ދެންވެދާނެ ގޮތަކާ މެދު ވިސްނާލެވުމުންވެ. އޭނަގެ އަނދިރި ފަރާތް އެއްވެސް ހާލެއްގައި ރުކާންއަށް ބޭޒާރުވާކަށް އޭނަ ބޭނުމެއް ނޫނެވެ. […]
ފެންމާގަނޑުގެ ދަށުގައި ހުރި ނަހީކްގެ ފިރިހެންވަންތަ ހަށިގަނޑަށް އޮހެމުން ދިޔަ ފެންތަކުގެ ފިނިކަން ހަށިގަނޑަށް ސަވާރުވުމުން ސިކުނޑީގެ ބުރަކަމަށް ކުޑަ ލުޔެއް ލިބުނުހެން ހީވިއެވެ. ތެމިފައިވި ފަން އިސްތަށިގަނޑުގައި އޭނައަށް އަތް ފުނާއަޅާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކޮންމެ ހާލަތެއް މެދުވެރިވިކަމުގައި ވިޔަސް ދިރިއުޅުމުގައި ކުރިމަތިވެފައިވާ އަޑިގުޑަންގަނޑުން އަރައިގަންނަން ނަހީކް އަޒުމު ހިފިއެވެ. އޭނަ ޖެހޭނީ ހުރިހާ ކަމަކާއި ވެސް ކުރިމަތިލާށެވެ. ލޯބިވާ ދަރިފުޅުގެ ހައްޤުގައެވެ. އެދަރިފުޅަށް އެއްވެސް ކަމެއް އުނިވާން އޭނަ ބޭނުމެއް ނުވެއެވެ. […]
”ހުރިހާ އެންމެންގެ ލައިފް ވެސް މުޅިންހެން ބަދަލު ވެއްޖެ، ކުރީގެ މިޒާޖުތަކެއް ނޫން މިހާރު ލިބިފައި ވަނީ ވެސް… ހިތަށް އަރާ ކުރީގެ ދުވަސްތަކަށް އަނބުރާ ދެވޭނެ ނަމައޭ… އޭރުން މި ސްޓަރަގްލްތަކާ މެދު ވެސް ވިސްނާކަށް ނުޖެހުނީހެއްނު… އޭރު ކިހާ އުފާވެރިކޮށް އުޅުނީ… އެކަމަކު މިހާރު އެހުރިހާކަމެއް ބަދަލު ވެއްޖެ…” ފަލަކްގެ ދެލޮލުން ދިލަނަގަން ފެށިއެވެ. އޭނަގެ ރާގުން އެހިތަށް އަސަރުކޮށްފައިވާ މިންވަރު އެނގެއެވެ. ނުތަނަވަސްވެފައިވި ހިތަކާއެކު މާއީއަށް އިދެވުނީ ފަލަކްއަށް ބަލާށެވެ. ފަލަކްގެ ހިތާމަތަކާއި […]
މާއީގެ ހަނދާންތަކުގެ ލޯގަނޑަށް ފުރަތަމަ ވެސް ސިފަވެގެން އައީ މިއަދު ފަލަކްއާއެކު ބައްދަލުވި ކުޑަ އަންހެންކުއްޖާއެވެ. އެމައުސޫމް މޫނުން ސިފަކޮށްދިން ސޫރައާ މެދު އޭނައަށް ވިސްނުން ހިނގާލެވުނެވެ. އެއާއެކު ނަހީކްގެ ނަން އޭނަގެ ހިތަށް ވެރިވުމާއެކު ހިތަށް އުނދަގޫތަކެއް ވެގެން ދިޔަ ކަން އޭނައަށް އިހުސާސް ކުރެވުނެވެ. އެވަގުތު އޭނައަށް މާޒީއާ މެދު ވިސްނާލެވުނެވެ. އަދި ނާއުއްމީދުން ފުރިގެންވި އަނދިރި ދުވަސްތަކުގައި އޭނައަށް އެޅުނު ކަތި ފިޔަވަޅުތަކާމެދު ވެސް ވިސްނާލެވުނެވެ. ”ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަކަމުގައި […]
”ކެން، ކީއްވެތަ ހަޤީޤަތް ނޭގި އަހަރެންގެ ބޮލުގައި ތުހުމަތުތައް ތިއަޅުވަނީ؟… ފެންނަ ކޮންމެ މަންޒަރަކީ ތަދެއް ނޫން، ހަމައެއާއެކު އިވޭ ކޮންމެ އަޑަކީ ހަޤީޤަތެއް ވެސް ނޫން، އަހަންނަށް ނޭގޭ މިފޮޓޯ ދެއްކި މީހަކު މި ދައްކާފައި ކެން ގާތު ކިޔައިގެން ތިއުޅެނި ކީކޭކަމެއް… އެކަކަމު އަހަރެން މި ފޮޓޯތަކުގެ ހަޤީޤަތް ކިޔައިދޭނަން… ވިވިއަންމެން ތަނަކަށް ދާން ބުނެގެން އެމީހުންނާއެކު އަހަރެން ދިޔައީ، ދިޔައިރަކު އަހަންނަކަށް ނޭގޭ ދަނީ ބާރއެއްކަމެއް، ދިއުމުން އެނގުނީ ވެސް… އަހަރެން ވަގުތުން […]
ހެނދުނު އެގާރަ ޖަހަން އުޅެނިކޮށް ކާރުގައި ބަސްމާއާއި އެކު މާއީ ދިޔައީ ރަށުގެ އެހެން އަވަށެއްގައި ހުންނަ ސުޕަރމާކެޓަށް ދިއުމަށެވެ. ކާރު ދުއްވަމުން ގޮސް ކުރިން ފާހަގަ ކުރެވުނު ފަޅު ގެއާއި އަރާ ހަމަވުމާއެކު މާއީއަށް އަނެއްކާ ވެސް ވީރާނާކަން ވެރިވެފައިވި އެގެއަށް ސަމާލުކަން ދެވުނެވެ. އޭރު އޭނަގެ ހިތުގައި ސުވާލުތަކުގެ އޮއެވަރެއް އުފެދިފައި ވިއެވެ. މަންމައާއި ސުވާލުކޮށްލަން ވެސް އޭނަގެ ހިތަށް އެރި އެވެ. ނަމަވެސް އެޚިޔާލު އޭނަ ސިކުނޑިން ނެރެލީ އެސުވާލުތަކުގެ ޖަވާބު ލިބިގެން […]
”އިތުރު މީހަކަށް މިފޮޓޯތައް ނުދައްކާތި!، އައިލް ހޭންޑްލް ދިސް!…” ރުކާން އެލީނާއަށް ބަލާލަމުން ބުނެލިއެވެ. އޭނަ ބޭނުންވީ އިހަށް އެކަންތައް ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. ކުއްލިއަކަށް ސޯފާއިން ތެދުވުނު ރުކާން އެލީނާ އަތަށް ފޯނު ދިނުމަށް ފަހު ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު އޭނަގެ މުށް ބާރުކޮށްލެވިފައި ވާއިރު ދެލޮލުން ރުޅިވެރިކަމުގެ ހައިޖާނެއް އުފެދިފައިވާތަން ފެނެއެވެ. ބޭރު ގައުމަކަށް ގޮސް އެފަދަ ވިޔާނުދާ ގޮތަކަށް ތޫގާ އުޅެފާނެކަމަށް ހިތަށް ވެސް ގެންނަން […]
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭން ރަންވޭއަށް ބޯޓު ތިރިކުރަމުން ދިޔަ ހިނދު ދޭތެރެދޭތެރޭން ހޮނު ގުގުރީގެ އަޑު އިވެއެވެ. ގަދަ ވައިގެ ސަބަބުން އިރުއިރުކޮޅާ ބޯޓަށް އަންނަ ލޮޅުންތަކުން ދަތުރުގެ ބައިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ހިތުގައި ބިރުވެރިކަން ވެސް ވިންދު ޖަހައެވެ. ގަދަ ކެރީގެ ތެރޭން ބޯޓުގެ ފުރޮޅުތައް ރަންވޭގައި ސާބިތުކޮށްލެވުނު ވަގުތަކީ ފަޖިންޖަރުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ވަގުތުކޮޅެއްކަން ގައިމެވެ. ކޮންމެ މީހަކަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ބޯޓު ގޮސް ވައިގެ ބަނދަރުގެ […]