ނޯޓް: މިވާހަކަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން މިދަނީ މަސައްކަތް ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ ޑިސެމްބަރު 20 ހިސާބުގައި ޝާޢިއު ކުރެވެން ފެށޭނެއެވެ. (އިން ޝާ ﷲ). ކިޔުންތެރިން މިވާހަކައަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަމެވެ. ވާހަކައާއި ބެހޭ ކުރު ތަޢާރަފެއް ކޮމެންޓް ސެކްޝަންގައި ވާނެއެވެ. މުތާގެ އެހެނިހެން ވާހަކަތަކެކޭ އެއްފަދައިން މިވާހަކައަށް ވެސް ކިޔުންތެރިންގެ ތަރުހީބު ލިބޭނެކަމަށް އުންމީދުކުރަމެވެ.
”އަަހަރެން ކުރި ކަންތަކުގެ ސަޒާ މިއަދު އަހަންނަށް މިލިބެނީ… ކުޑާއަށް ދެރަ ދޭން ހަދައިގެން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ، އެބައެއްގެ ލޯބީ ހޯދަން ބޭނުންވި ހުރިހާ އެންމެންގެ ނަފުރަތު އަހަންނަށް އަމަޒުވެގެން ދިޔައީ… މަންމަ އަހަންނާ ވާހަކަ ދައްކަނީ ވެސް އަހަރެން އަމިއްލަ ނަފުސަށް އަނިޔާ ދީފާނެ ކަމުގެ ބިރު ހިތުގައި އޮތީތީ، އެހެންނޫންނަމަ މަންމަ އަހަންނާ ދުވަހަކު ވާހަކަ ނުދެއްކީސް، ކިހިނެއް ދައްކާނީ ވެސް، އެމަންމަގެ އުފަން ދަރިއަށް އެފަދަ ބޮޑު އަނިޔާއެއް […]
ސޯފީއާއެކު ސުޕަމާރކެޓަށް ވަދެ ވިޔަފާރިކޮށްލައިގެން ނިކުތް ތޫގާއަށް ސުޕަރމާކެޓަށް ވަންނަން އައި ނަހީކް ފެނުމާއެކު ދިމާކޮށްލަން ބޭނުންވި އެވެ. ނަހީކް ފެނި ސޯފީ ލޮލަށް ގޮތެއް ހަދާލަމުން ތުން ދަމާލި އެވެ. ކިތަންމެ ރުޅިއަޔަސް ނަހީކްގެ ފިރިހެންވަންތަ ސިފަތައް ފާހަގަ ކުރެވި ސޯފީގެ ހިތުގައި ރިއްސާލިއެވެ. އޭނަ ނަހީކް ހާސިލު ކުރަން ނުކުރާކަށް ކަމެއް ނެތެވެ. ހަށިގަނޑުގެ ވަނާތަކާއި ރީތިކަން އިޝްތިހާރުކޮށްގެން ނަހީކް ވާވައްދަން ތިއްތި ދައްކަމުން ދުވެވުނު އަދަދެއް ވެސް ނޭގެއެވެ. އެހެން ފިރިހެނަކު ނަމަ […]
ކޮޓަރިއަށް ވަން މާއީއަށް އެނދަށް ވެއްޓިގަނެވުނު ހިނދު އޭނައަށް ރޮވިއްޖެ އެވެ. ވޭނީ ގިސްލުންތަކުގެ އަޑު ބޭރުވިޔަ ނުދޭން ބާލީސް ގެނެސް މޫނުގައި ޖައްސާބާރުކޮށްލެވުނެވެ. އެލޮލުން އޮހޮރެމުން އައި އުދާސްތަކާއި ގިސްލުމުގައިވި އަސަރުތަކުން ހިތުގައި އަޅަމުން ދިޔަ ވޭންތައް ބަޔާންކޮށްދެއެވެ. ނަހީކްއާ ދިމާއަށް ބުނެވުނު ބަސްތަކާއި އެލޯބި ބީވެއްޖެ ކަމުގެ ހިތި އިހުސާސްތަކުން މާއީގެ ގިލަންވެރިކަން ފުންވެގެން ދިޔަ އެވެ. ”ދަރިފުޅާ… ފަލަކް އެބަހުރި ދަރިފުޅާ ބައްދަލުކޮށްލަން އައިސް…” މާއީގެ ކޮޓަރީގެ ދޮރުގައި ބަސްމާ ޓަކިދިނީ ދޮރު […]
އެންމެ ދުވަހެއް ފާއިތުވެގެން ދިޔަ އިރު ވެސް މާއީ އޭނައާއި ދުރުވެއްޖެކަމުގެ އިހުސާސް ނަހީކްއަށް ކުރެވުނެވެ. އޭނަ މެސެޖުކުރުމުން ރައްދު ނުދިނުމެވެ. ގުޅުމުން ނަންބަރު ބިޒީކުރުމެވެ. އޭގެ ސަބަބުން ހިތަށް އުނދަގޫތަކެއް ވެސް ވިއެވެ. ނަމަވެސް އޭނަ ހިތަށް ވިސްނައިދިނީ އިމްތިހާނު ދުވަސްވަރަށް ވުމުން ކިޔެވުމަށް ސަމާލުކަން ދޭން މާއީީ ބޭނުންވަނީ ކަމުގަ އެވެ. މާއީއަކީ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން ވެސް މެއެވެ. އެތައް ބައެއްގެ އުއްމީދުތައް ވެސް މާއީއާއި ގުޅިފައިވާނެއެވެ. ނަހީކް ވެސް ކިޔެވުމަށް ގިނަ […]
ލިޔާ މޭޒު ދޮށުގައި އިން މާއީ މޭޒު މަތީ ބަހައްޓާފައި ހުރި ކަރުދާސް ފޮށްޓެއް ތެރެއިން އަލްބަމްތަކުގެ އިތުރުން އޭނަގެ ޑައިރީ ނެގިއެވެ. މޭޒު މަތީ އަތުރާލެވުނު ތަކެއްޗަށް އޭނަ ބަލަމުން ދިޔަ އިރު މާނަވީ ހިނިތުންވުމެއް ތުންފަތުގައި ކުޅެލަމުން ދިޔަ އެވެ. އޭރު މަތީ ސާނަވީގެ ދުވަސްވަރުގެ ހަނދާންތައް އާވަމުން ދިޔަ އެވެ. އެއީ އޭނަގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރޭން ދުވަސްތަކެވެ. ވިއްސާރަ ބަނަ ވިލާތަކުން އަނދިރިނުކުރަނީސް އެއީ އިރުގެ ދޯދިތަކުން […]
އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުން ކުލަޖެހެމުން ދިޔަ އުދަރެސްމައްޗަށް މާއީ ނަޒަރުހުއްޓާލައިގެން އިނީ ފުއްޓަރުފަރާތުގައި ހުރި ހޮޅުއައްޓެއްގަ އެވެ. އޭރު ނޫކަށިފުރައިގެ ޒުވާނުންތަކެއް ބޯވަ ނަގަން މޫދަށް އެރިއުޅޭ މަންޒަރު ފެނެއެވެ. ފަރުހިކިފައިވުމުން ދުރުދުރަށް ދާންދެން ފެތުރިފައި އޮތް މުރަކައިގެ ދޫލަތައް ވެސް ފާޅުކަން ބޮޑު ކަމާއެކު ފެންނަމުން ދިޔަ އެވެ. ޖެހިލާ ރޯޅިތަކުގައި ވެސް ފަރުހިކިވަސް އެކުލެވިގެން ވެއެވެ. ނަމަވެސް އެވަހުން މާއީއަށް އުދަގޫވާހެނެއް ހިޔެއް ނުވެއެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތު އެތަނަށް އައުމުގެ […]
ދެދުވަސް ފަސް… ބޮޑުކޮޓަރީގައި ތިބި ޖާވިދާއި ބަސްމާއާ ދެމެދު ދެކެވެމުން ދިޔައީ ތޫގާގެ ވާހަކައެވެ. އަނެއްކާ ވެސް ނިދީގައި ތޫގާއަށް ހުވަފެންތައް ފެންނަން ފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން ދެމަފިރިންގެ މޫނުމަތިން ވެސް ފާޅުވެއެވެ. ބަސްމާ އޭނައަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން ތޫގާއަށް މަދުވެރިވާން ވެސް އެތައް މަސައްކަތްކޮށްފިއެވެ. ނަމަވެސް ޅަ އުމުރުގައި އެފަދަ ކުއްލި ސިހުމަކާއި ކުރިމަތިލާންޖެހުމުން ލިބުނު ޝޮކުގެ ސަބަބުން ތޫގާއަށް ވަނީ ނަފުސާނީ ގޮތުން ނުހަނު އަސަރުކޮށްފައެވެ. އެތައް އަހަރެއް ވޭތުވެގެން ދިޔަ އިރު […]
ދަންވަރުގެ ވަގުތެވެ. ނިދީގައި އޮތް ރުކާންއަށް ހޭލެވުނީ ރުއިމެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ނިދިބަރުވެފައިވި ދެލޯ ހުޅުވާލަމުން އޭނަ އެއަޑަށް ސަމާލުކަން ދިނެވެ. އެއަޑު އަންނަނީ އޭނަގެ މަގަތުންނެވެ. އެއާއެކު އޭނަގެ ނިދި ފިލައިގެން ދިޔަ އެވެ. އަވަސްއަވަހަށް ގޫތާ އޮތް ފަޅިއަށް އޭނައަށް އެނބުރިލެވުނެވެ. އޭރު ދަލުން ތޫގާ ވަނީ ފެންވެރިފައެވެ. އަތްތިލައިގެ ތެރެއަށް ބެޑުޝީޓު ބޮޑިކޮށްލެވިފައި ވިއިރު ތޫގާގެ ދެލޯވަނީ ތަގުޅިކޮށްލެވިފައެވެ. ނިދީގައި އޮވެ އޭނަ ރޮމުން ދިޔަ ހިނދު ބޮޑު ވޭނެއް […]