Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 50 (ފަހުބައި)

Muthahhar Ibrahim (Mutha/S.Hithadhoo)
January 2, 2016
13 Mins Read
61 Comments

”ވިޝޫ…”

ކެތްތެރިކަން ކުޑަވެފައި ހުރި ދީމްއަށް ވިޝާއަށް ފޯނު ނުކޮށް ނުހުރެވުނެވެ. އޭނަ ހުރީ ކަން ވީ ގޮތް އޮޅުން ފިލުވަން އިންތިހާއަށް ބޭނުން ވެފައެވެ. ވިޝާ ދިޔައީއްސުރެން ފެށިގެން އެއީ އޭނަގެ ހާލެވެ. އެއްތާކު މަޑުން ހުރެވޭ ކަމަކަށް ނުވެއެވެ. މުޅި މީހާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ހިތަށް ވިސްނައިދޭން ވެސް ދީމް ވަރަށް ބޮޑަށް ބާރު އަޅަމުން ދިޔައެވެ. ނަމަވެސް ބަސްނާހާ ހިތް ވަނީ އޭނަގެ ބާރު ފޯރުވޭ ހިސާބަށް ވުރެ މާ ދުރުގައެވެ. އޭގައި ވިންދު ޖަހަމުން ދަނީ ބިރުވެރިކަމެވެ. ޔޫޝައު އެވާހަކަތައް ޤަބޫލުނުކޮށްފާނެ ކަމުގެ ބިރުވެރި ކަމެވެ. އޭރުން އެނާޒުކު ހިތް އެތިކޮޅުތަކަށް ބުރައިގެން ދާނެކަން ކަށަވަރެވެ.

”ދީމް އައެމް ޕޮޒިޓިވް…” ވިޝާގެ އަޑުން ދީމްގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ އިހްތިޔާރަކާ ނުލައެވެ. އެއީ ވޭނީ ކަރުނަތަކެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނަތަކެކެވެ. އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެސް ވެރިވެގެން ދިޔައެވެ. ކޮޓަރީގައި ފޯނުން ވާހަކަ ދައްކަން ހުރި ދީމް ސިއްސައިގެން ދިޔައީ ގޭގެ ބެލް ޖަހާލި އަޑު އިވުމުންނެވެ. އޭނަގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައީ ކުއްލިޔަކަށެވެ. ހީވީ ދެންމެ ދެންމެ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. ކޮޓަރިން އޭނައަށް ނުކުމެވުނު ގޮތެއް ވެސް ނޭގެއެވެ. މައިދޮރާއި ހަމައަށް ދެވުނީ ދުވެލާފައި ކަހަލަ ގޮތަކަށެވެ. ފުން ނޭވާއެއް ލަމުން ދީމް ދޮރު ހުޅުވާލިއެވެ. އެއާއެކު މުޅި މީހާ ގަނޑުވެގެން ދިޔަ ކަހަލައެވެ. ދޮރު ކުރިމަތީގައި އެހެރީ އޭނަގެ ހިތުގެ ވިންދެވެ. ހަމަޖެހުމެވެ. އޭނަގެ ލޯތްބެވެ. އޭނަގެ ޔޫޝައު އެވެ.

ދީމްގެ ލޮލަށް ކަރުނަތައް ބޮނޑިވެގެން ދިޔައީ ކުއްލިޔަކަށެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ދުލަށް ލިބިގެން ނުވާ ބަސްމޮށުންތެރި ކަމެއް ބައްދަލުވެގެން ދިޔަކަން ކަށަވަރެވެ. އެސްފިތަކަށް ކެތްނުކުރެވިގެން ކަރުނަތައް ފައިބައި ގަތުމާއެކު ޔޫޝައު ބޯހޫރުވާލިތަން ފުސްވެފައިވާ ދެލޮލުން ދީމްއަށް ފެނުނެވެ. އެއަތުގެ ބީހުން ކޯތާފަތަށް އިހުހާސް ކުރެވުނު ހިނދު ހިތުގެ ވިންދު އަވަސް ކުރުވައި ނޭވާ ފުން ކުރުވައިފިއެވެ. އަދިވެސް އެއަތުގައި އެކުލެވިގެން ވަނީ އެޖާދޫއެވެ. އޭނަގެ ހިއްސުތަކަށް އެޖާދުލުގެ އަސަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރައިފިއެވެ.

ޔޫޝައު ދީމްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމުން ނުރޯން ބުންޏެވެ. އެއަޑު ދިޔައީ ކުރެހިގެންނެވެ. ދީމްއަށް ޔޫޝައުގެ ގައިގައި ބައްދައި ގަނެވުނެވެ. އެއަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވެފައި ހުރެއެވެ. އޭނައަށް ދެން ޔޫޝައުއާ ދުރުގައި ނުހުރެވޭނެއެވެ. އޭނައަށް މިއަދު އެކަން އިހުސާސް ކުރެވިއްޖެއެވެ.

ޔޫޝައު އެބާރުގަދަ ދެއަތުން ދީމްގެ ތުނި ހަށިގަނޑު ވަށާލިއެވެ. މޭގެ ތެރޭގައި ދީމް އަބަދަށްޓަކައި ފޮރުވާލަން ބޭނުންވެފައި ހުރެއެވެ. ދެން ދުވަހަކު ވެސް ދޫކޮށްނުލާނަން ކަމުގައި ވަޢުދު ވަމުންނެވެ. ޔޫޝައުގެ އަތުގައި އޮތް ފައިލު ވެއްޓިގެން ދިޔައެވެ. އޭނަ ދީމްއާއި ވާހަކަ ދައްކަން ބޭނުންވެފައި ވިޔަސް ދުލުގައި ތަޅެއް ލެވިފައިވާ ފަދައެވެ. ދޫއެކަމަށް ނުކުޅެދިގެން ދިޔަ އިރު ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް އެކަމަށް ފުރުސަތު ދިނެވެ. އެދެހިތުގެ ހާލު ބަޔާންކޮށްދިނެވެ. ހެއްކަކަށް ދެޒުވާނުންގެ ކަރުނަތައް ވެސް ފުދެއެވެ. ޔޫޝައުގެ ގަމީހުގެ ބައެއް ތެމުނެވެ. މެޔަން ފިނިވެގެން ދިޔުމުން އޭނަ ދީމް ގާތު ނުރުއިމަށް އެދި އާދޭސް ކުރިއެވެ. އޭނަ މިހުރީ ދީމް ގާތުގައި ކަމަށް ބުންޏެވެ. ދެން ދުވަހަކު ދޫކޮށްނުލާނަން ކަމުގައި ބުންޏެވެ. ދީމްގެ ހުރި ހުރިހާ އުނިސިފަތަކާއެކު ވެސް ލޯބި ވާނަން ކަމުގައި ބުންޏެވެ. އެލޯބި ނޫން އެހެން އެއްޗެއް އޭނައަށް ބޭނުން ނުވާ ކަމުގައި ވެސް ބުންޏެވެ. އޭނަގެ އުފާވެރިކަން ގުޅިފައިވަނީ ދީމްއާއެކު ކަމުގައި ވެސް ބުންޏެވެ.

ދެހިތް ވެސް ދިޔައީ ރޮމުންނެވެ. އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދެމުންނެވެ.

”ޔޫޝް އަހަންނަށް މާފް ކުރާނަންތަ؟، އަހަރެން އެގޮތަށް ކަންތައް ކުރީ ޔޫޝްއަށް ހެޕީ ލައިފްއެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން، އެކަމަކު ވަކިވި ދުވަހު އެނގުނު ޔޫޝްއާ ދުރުގައި ނުހުރެވޭނެކަން… ދެޓް ހައު މަޗް އައި ނީޑް ޔޫ، ޔޫޝްއާ މެދު ކަންތައް ކުރެވުނު ގޮތުން ހާޓް ވި ވަރު ދެނެވޮޑިގެންވާނެ މާތް ރަސްކަލާނގެ، އަހަރެން ވަރަށް ރުޔިން ޔޫޝް އަހަރެން ދެކެ ހޭޓް ކުރާނެކަން އެނގުމުން، އޭގެ ދުވަސްކޮޅެއް ފަހުން އެނގުނީ ފަލަކްއާއި ޔޫޝްގެ ކައިވެނި ކުރެވިގެން ދިޔަ ކަން، އެދުވަހު މަރުވާން ވެސް ބޭނުންވި، އަހަންނަށް ދުވަހަކު ނުލިބޭނެ ޝަރަފެއް ފަލަކްއަށް ލިބޭނެތީ، އެކަމަކު ހިތަށް ވިސްނައިދިނީ އެއުފާވެރިކަން ހޯދައިދޭން ނޫންހޭ ޔޫޝްއާ ވަކިވީ، ޔޫޝް ބައްޕައަކަށް ވާ ދުވަހަކުން ދުރުގައި ހުރެ އެމަންޒަރު ބަލައިގެން ހިތަށް ފިނިކަން ހޯދައިދޭނީއޭ….. ޔޫޝް، އަހަންނަށް ޔޫޝްއާ ދުރުގައި ދެނެއް ނުހުރެވޭނެ، އެހެންވާންވެއްޖެއްޔާ އަހަރެން މަރު ވެދާނެ…..”

ދީމްއަށް ގިސްލެވިގެން ދިޔައެވެ. އެއާއެކު ޔޫޝައު ނިކަން އަވަހަށް ދީމްގެ ކަރުނަތައް ފޮހެލަ ދޭން މެޔާއި ދުރުކޮށްލައިފިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލަމުން ދީމްގެ ކޯތާފަތުން ރޮނގު ދަމަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

”ޕްލީޒް ޑޯންޓް ކްރައި، ދީމް ރޯތީ އޭ އަހަންނަށް ވެސް މި ރޮވެނީ…” ޔޫޝައު ދީމްގެ ނިތްކުރީގެ އޭނަގެ ނިތްކުރި ޖައްސާލަމުން ބުންޏެވެ. އެތޫނު ދެލޯ ވަނީ ދީމްގެ މޫނަށް ހުއްޓާލެވިފައެވެ. ދީމް ހިނިތުންވާން މަސައްކަތް ކުރިއެވެ.

”އައި ލަވް ޔޫ…”

ދީމް ޔޫޝައުގެ މޫނުގައި ފިރުމާލިއެވެ. އެވަގުތު ޔޫޝައުގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔަތަން ފެނުނެވެ. ދީމް އެހިނިތުންވުމުގެ ތެރެއަށް ގެއްލި ހުވަފެނީ އާލަމެއްގެ ތެރެއަށް ފީނައި ގަނެވުނެވެ.

”އައި ލަވް ޔޫ މޯރ…” އަދިވެސް އެއްފަހަރު އެއަތުގެ ތެރެއަށް ދީމް ގެންނަމުން ޔޫޝައު ވާހަކަ ދެއްކިއެވެ.

ދެޒުވާނުންގެ ހިތްވެސް އެކަކު އަނެކަކަށްޓަކައި ސާފުވެގެން ދިޔައީއެވެ. ދެހިތުގައި ވާ ލޯބި ބަޔާންކޮށް ދެމުންނެވެ. ފޮހެވިގެން ނުދާނެ ހަނދާން ތަކަކާއެކުގައެވެ. ޔޫޝައު އާއި ދީމް އާއަޒުމަކާއެކު ދިރިއުޅުމާ ކުރިމަތިލާން ގަސްދުކުރިއެވެ. މުޅި އުމުރު އެކަކު އަނެކަކަށްޓައި ހޭދަ ކުރުމުގެ ފޮނި އުއްމީދާއެކުގައެވެ.

ދުނިޔޭގައި ހުރިހާ އުފަލެއް އެއްވެސް އިންސާނަކަށް ހާސިލް ނުކުރެވޭނެއެވެ. ތަޤްދީރުގެ ނިންމުންތައް ބަދަލެއް ވެސް ނުކުރެވޭނެއެވެ. އެއީ އިލާހީ ޤާނޫނެވެ. ހިތްވަރާއެކު ކުރިއަށް ގޮސްގެން ނޫނީ ދިރިއުޅުން ބާއްޖަވެރިއެއް ވެސް ނުކުރެވޭނެއެވެ. މިއަދު ޔޫޝައު އާއި ދީމް ވެސް އެ ހަޤީޤަތާ ކުރިމަތިލީއެވެ. ލޯތްބާއި، އަޅާލުމާއި، އިތުބާރުގެ މައްޗަށް ބިންގާ އެޅިގެން ދިޔަ ގުޅުމުގެ މައްޗަށެވެ. އެވަގުތުން ފެށިގެން ޔޫޝައުގެ ހިތުގައި އަޒުމެއް ކަނޑައެޅިގެން ދިޔައެވެ. ދީމްގެ އުފަލަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް އެކަމެއް އޭނަ ކުރާނެ ކަމުގެ އަޒުމެވެ.

ވާހަކައިގެ ތޭރޭން ޔޫޝައު ފަލަކްގެ ހަޤީޤަތް ހާމަކުރިއެވެ. ފަލަކްގެ ނުބައިކަމާއި އޭނަ ޖެހި މަޅީގެ ވާހަކައެވެ. ދީމްގެ ހިތުގައި ފަލަކްއާ މެދު ރުޅިވެރިކަން އުފެދިގެން ދިޔައެވެ. އެކަމުގައި ޔޫޝައުގެ ކުށެއް ނެތެވެ. ކުށްވެރިންނަށް ވަނީ އެކަމުގެ ހައްޤު އަދަބު ލިބިފައެވެ. ފުރަތަމަ ފަހަރަށް ބަލްޤީޝްގެ ނިންމުމަކާ މެދު އޭނަ ޝުކުރު ކުރި އެވެ.

****

އެއް ހަފްތާ ފަސް…

އިޒްކާން މިޝްޔާ ”ނައިޓިންގޭލް” އަށް ބަދަލު ކުރަން ޖުވޭރިޔާ އާއި ޔޫސުފްގެ ގާތުން ހުއްދައަށް އެދުނީ ޖެހިލުންވެފައި ހުރެއެވެ. މިޝްޔާ އެއީ އޭނަގެ އަންހެނުންނަށް ވިޔަސް މިޝްޔާގެ މައިންބަފައިންގެ ހުއްދަ އޭނައަށް މުހިންމުވީއެވެ. ޖުވޭރިޔާ އެކަމާ އެއްބަސް ވީ ފުންކޮށް ވިސްނުމަށް ފަހުގައެވެ. އިޒްކާންއަށް އޮތް އިތުބާރެއްގެ ސަބަބުންނެވެ. ދީމް ހިތްހަމަނުޖެހުނަސް މަންމަމެންގެ ނިންމުމަށް ފާޑުކިޔާކަށް ނުކެރުނެވެ. އެނިންމުން ބަދަލު ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޮތުމާ އެކީގައެވެ.

މިޝްޔާ ”ނައިޓިންގޭލް” އަށް ބަދަލު ކުރެވުނީ ދެދުވަސް ވަރު ފަހުންނެވެ. އެދުވަހު ޔޫސުފްގެ ދެމަފިރިން އެގެއަށް ޒިޔާރަތް ކުރިއެވެ. ދީމް ވެސް މެއެވެ. ރަސަލް ޔޫސުފްގެ ދެމަފިރިންނާއި ވާހަކަ ދެއްކިއެވެ. ކުރެވިފައިވާ ކަންތަކަށް މާފަށް އެދުނެވެ. ބަލްޤީޝްއަށް ވެސް ކުރެވިފައިވާ ކަންތަކަށް މާފަށް އެދުނެވެ. އަދި ހަމައެއާއެކު އިޒްކާންގެ އުފާތައް ވަނީ މިޝްޔާ އާކުކަން ޤަބޫލު ކުރެވިއްޖެ ކަމަށް ވެސް ބުންޏެވެ.

އެތައް އަހަރަކަށް ފަހު ރެނދުލައިގެން ދިޔަ ދެޢާއިލާގެ ގުޅުން ބަދަހިވެގެން ދިޔުމުގެ ފުރުސަތެއް އެދުވަހު ފަހިވެގެން ދިޔައެވެ. ހެޔޮހިތުން ޖުވޭރިޔާ މާފްކޮށް ދިނެވެ. ދަރިންގެ އުފަލަށްޓަކައި އެއީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމަކަށް ވުމުންނެވެ.

ބޮޑެތި މީހުން ވާހަކައިގައި ތިއްބާ ޔޫޝައު އައިސް ބޮޑުކޮޓަރިއަށް ވަނެވެ. ދުވަސްތަކަކަށް ފަހު ބައްޕަގެ މޫނުން އުފާވެރިކަން ފެނި ޔޫޝައުގެ ހިތަށް ލިބިގެން ދިޔަ ފިނިކަން ބަޔާންކުރަން ވެސް ދައްޗެވެ. ޖަޒުބާތީ ނުވެވުނީ ވެސް ހަމަކިރިޔާއެވެ. ހިތާހިތުން ދުޢާ ކުރެވުނީ އެއުފާވެރިކަން އަބަދަށްޓަކައި ލެހެއްޓެވުމަށް އެދިއެވެ.

ޔޫޝައުގެ ފަހަތުން ވަން ދީމްއަށް ޔޫޝައު ބަލާލިއެވެ. ސިއްރު ވާހަކައެއް ދެމީހުންގެ ދެމެދުގައި ބަދަލު ކުރެވުނީ ލޮލުގެ އިޝާރާތުންނެވެ. ދީމްގެ އަތުގައި ޔޫޝައު ހިފިއެވެ. އޭރު ބައްޕަމެންގެ ނަޒަރު ދެޒުވާނުންނަށް ހުއްޓިފައިވާކަން ވެސް ފާހަގަ ކުރެވުނެވެ.

ޖުވޭރިޔާ އިނީ ހައިރާންވެފައެވެ. ހަމައެއާއެކު އުފާވެސް ވެފައެވެ. އޭނައަށް ދީމް އާއި ޔޫޝައު ބުނަން ބޭނުންވެފައިވާ ވާހަކަ ވަގުތުން ނަގައިގަނެވުނެވެ. ހިތުގެ ހިމަ ނާރާ ހަމައަށް ވެސް އުފާވެރިކަމުގެ ބާނީތައް ދަތުރުކޮށްލައިފިއެވެ. ހިތާހިތުން މާތް ﷲއަށް ޝުކުރު ކުރެވުނެވެ.

”ބައްޕާ، އަޅުގަނޑު ބޭނުން ވަނީ ދީމްއާ އަލުން ގުޅެން…” ޔޫޝައުގެ އަޑު އިވިގެން ދިޔައެވެ. އޭނަ ދީމްގެ މަޖުބޫރީ ކިޔައިދިނެވެ. އެއާއެކު ބޮޑުކޮޓަރިއަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.

ދީމް ޔޫޝައުގެ އަތަށް ބާރުކޮށްލަމުން ފުންނޭވާއެއް ލިއެވެ. އަދި ޔޫޝައުގެ ކުށެއް ނެތްކަން ވެސް ހާމަކޮށްދިނެވެ.

ދެޒުވާނުންނަށް ވެސް ލިބިގެން ދިޔައީ އުއްމީދުކުރި ފަދަ ޖަވާބެވެ. ދީމްގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުން ވެގެން ދިޔައީ ޔޫޝައުއަށް ހަމަޖެހުން ގެނެސް ދިން ކަމަކަށެވެ. އެހިނިތުންވުމުގެ ތެރެއަށް ގެއްލިގެން ދާން އޭނަ ބޭނުން ވިއެވެ.

”އަލްހަމްދުﷲ… މިއަދު މަންމަ ވަރަށް ބޮޑަށް އުފާވެއްޖެ… ކައިވެނީގެ ތާރީޚު ދެން ހަމަޖައްސަން ވީ…” ޖުވޭރިޔާ އަޑުން އޭނަ އުފާވެފައިވާ މިންވަރު ހާމަކޮށްދެއެވެ. ދީމްގެ ހިތާމަތަކަށް ނިމުން އައުމުންނެވެ. އޭނަ ދެކެން ބޭނުންވި ދުވަސް ހީވެސް ނުކޮށް ހުއްޓާ ލޯކުރިމަތިން ފާޅުވެގެން ދިއުމުންނެވެ. ޖުވޭރިޔާ މާތް ﷲއަށް ހަމްދުކޮށް، ދުޢާ ކުރިއެވެ. ޔޫޝައުއާއި ދީމްގެ ކައިވެނީގައި ބަރަކާތް ލެއްވުމަށް އެދިއެވެ.

ދުޢާ އަކީ މުއުމިނުންގެ އެންމެ ބާރު ގަދަ ހަތިޔާރުކަން ދުވަހަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ދެޢާއިލާގެ މަޝްވާރާގެ މަތިން ޔޫޝައުއާއި ދީމްގެ ކައިވެނި އަންނަ މަހުގެ އަށެކަށް ހަމަޖެހިގެން ދިޔައެވެ. ކައިވެނީގެ ހަފްލާގެ ކަންތައް ދޫކޮށްލެވުނީ ޔޫޝައުއާއި ދީމްގެ އަތްމައްޗަށެވެ. ދެޒުވާނުން ބޭނުން ވާ ގޮތަކަށް އެރަސްމިއްޔާތު ގެންދިއުމުގެ ހުއްދަ ދެމުންނެވެ. ދީމް ޚިޔާލު ފާޅުކުރީ އާދައިގެ ގޮތަކަށް ކައިވެނީގެ ކަންތައް ނިންމާލުމަށެވެ. ފާޑުކިޔުމެއް ނެތި ޔޫޝައު އެކަމާ އެއްބަސް ވިޔެވެ.

”ދަރިފުޅު ދުވަހަކު ވެސް މާތް ﷲގެ ނިޢުމަތަށް އުއްމީދު ކަނޑާނުލައްޗޭ، އެކަލާނގެއީ ހުރިހާ ކަމަކަށް ވެސް ކުޅަދުން ވަންތަ ރަސްކަލާނގެ….” ދީމްގެ ގައިގައި އޮޅުލައިގަންނަމުން ޖުވޭރިޔާ ވާހަކަ ދެއްކި އެވެ. އޭނަ ބޭނުންވީ ދީމްގެ އުއްމީދުގެ ހުޅުކޮޅު އަލިކޮށްލަދޭށެވެ. ޖުވޭރިޔާގެ ދެލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ. އެވަގުތު އޭނަ މިޝްޔާ މަތިން ވެސް ހަނދާން ކުރިއެވެ. އެދަރިފުޅުގެ ދިރިއުޅުން ވެސް ހަމަ މިފަދައިން އުޖާލާ ވެގެން ދާނެ ފަދައިން ދުޢާ ކުރިއެވެ.

****

އެންމެން މަޝްވަރާގައި ތިއްބާ، ކޮލެޖް ނިންމާލާފައި ގެއަށް ވަދެގެން އައި ޔަޝްމްއަށް ޖުވޭރިޔާމެން ފެނި ހައިރާންކަން ލިބިގެން ދިޔަ އެވެ. އޭނަގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައީ ސޯފާގައި ތިބި ދީމްއާއި ޔޫޝައު ފެނިއެވެ. އެދެޒުވާނުން އަތްގުޅުވާލައިގެން ތިބި މަންޒަރު ވެސް އޭނައަށް ފެނުނެވެ. އެއިން އެދެޒުވާނުންގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށް ދެއެވެ. ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔަ ކަމުގައި ވިޔަސް ދެޢާއިލާގެ ގުޅުން ބަދަހިވެފައި ވާތަން ފެނި ޔަޝްމް އުފާ ވެސް ވިއެވެ.

ޔަޝްމް ފިޔަވަޅުތައް އަވަސްކޮށްލަމުން މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. ދަމުން އޭނަ ދިޔައީ ޖުވޭރިޔާ މެންނަށް ހިނިތުންވެލާފަ އެވެ.

ޔަޝްމް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން ދީމް ސޯފާއިން ތެދުވެލިއެވެ. އަދި އޭނަ އެބައަންނަން ކަމުގައި ބުނެ ހިނގައިގަތެވެ.

****

ކޮޓަރިއަށް ވަން ޔަޝްމް އޭނަގެ ކޮނޑުގައި އޮތް ފޮތް ދަބަސް ލިޔާ މޭޒުމަތީ ބަހައްޓަމުން ހިންދެމިލިއެވެ. އޭނަ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. މިއަދު ކޮލެޖުން ނިމުނީ ވެސް އެހެން ދުވަސްތަކާ ޚިލާފަށް މާ ލަހުންނެވެ. އޭނަ ހުރީ ބަނޑުހައި ވެސް ވެފައެވެ. ނަމަވެސް އޭނަ ފުރަތަމަ ވެސް ބޭނުންވީ ފެންވަރާލައިގެން ޢަޞްރު ނަމާދުކޮށްލާށެވެ.

ޔަޝްމް ފާޚަނާއާއި ދިމާއަށް މިސްރާބު ޖެހި ތަނާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. އޭނަ ދެން އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ. ދޮރުމަތީ ހުރި ދީމް ފެނި ޔަޝްމް ހުއްޓުން އެރިއެވެ.

”ޔަޝްމްއާ ވާހަކައެއް ދައްކާލަން ވެގެން…” ދީމް ބުންޏެވެ. ޔަޝްމް ދީމް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އޭނަ ހުރީ ދީމް ފެނި ހައިރާން ވެފައެވެ. ދީމް މީގެ ކުރިން ރުޅިވެރިކަމާ ނުލާ އޭނައާ ވާހަކައެއް ވެސް ނުދައްކައެވެ. އެހެނަސް މިހާރު ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ.

”އައެމް ސޮރީ ޔަޝްމް، އަހަންނަށް އޭރު ނޭގުނީ ޔަޝްމްގެ މަޖުބޫރީއެއް އޮވެދާނެއޭ…” ދީމް އަތުގެ އިނގިލިތަކާ އުޅެން ހުރެ ވާހަކަ ދެއްކިއެވެ. އޭނަ ވެސް ހުރީ ކޮޅަށެވެ. ”ޔޫ އާރ ވެރީ ކައިންޑް، އަހަރެން ވީ އޮޅުމެއްގެ ތެރޭގައި…” ދީމް އިތުރުކޮށްލިއެވެ.

”އަހަރެން ނަމަ ރިއެކްޓް ކުރެވޭނީ ވެސް ހަމަ ދީމް ރިއެކްޓް ކުރި ފަދައިން…” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ޔަޝްމް ވާހަކަ ދެއްކިއެވެ. ”ދީމްއަށް ވިސްނުނީތީ އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ…”

”އަދިވެސް ނުބުނަމެއްނު މާފްކޮށްފީމޭ، އަހަރެން ވަރަށް ލަދު ގަނޭ ޔަޝްމްއާ ދިމާއަށް ބުނެވިފައިވާ އެއްޗެހި މަތިން ހަނދާން ވުމުން، ހަޤީޤަތް އެނގައިފައިވިނަމަ އަހަރެން ދުވަހަކު ވެސް އެހެން ވާހަކަ ނުދެއްކީމުސް…” ދީމް ބުންޏެވެ. އޭނަ ހުރީ ހަޤީޤަތުގައި ވެސް ވަރަށް ބޮޑަށް ދެރަވެފައެވެ.

ދީމް ބޭނުންވި ފަދައިން ޔަޝްމް ދީމްއަށް މާފްކޮށްދިނީ ހިތުގެ އަޑިންނެވެ. ދީމް މާފަށް އެދޭ ވަރުގެ ކަމެއް ނުވާކަން އޭނައަށް އެނގޭ ހާލުގައެވެ. ދީމް އާއި ޔަޝްމްގެ އެކުވެރިކަން އުފެދިގެން ދިޔައީ އެހިސާބުންނެވެ. ދެކެވެން ފެށި ވާހަކަ ތަކުގެ ކުރި ފަޅައިގެން ދިޔަ ގޮތެއް ވެސް ނޭގެއެވެ. ދީމް ޔަޝްމްއާ ވަރަށް ގިނަ ވާހަކަތަކެއް ހިއްސާކުރިއެވެ. ދުވަސްވީ ރެހަހްމަތްތެރިން ފަދައިންނެވެ. ޔަޝްމްގެ ހިތުގައި ދީމްއާ މެދު އުފެދިފައި އޮތް ތަސްވީރު ވެސް ބަދަލުވެގެން ދިޔައެވެ. އެއީ ދީމްގެ މަޖުބޫރީގެ ސަބަބުން އޭނަ އެޅި ފިޔަވަޅެއްކަން ވެސް އެނގިގެން ދިޔައެވެ. ދީމްގެ ހިތްހެޔޮކަން ވެސް ޔަޝްމްއަށް ފެނިގެން ދިޔައެވެ.

ޔަޝްމް، ދީމް އާއި ޔޫޝައު ފަށަން އުޅޭ އާހަޔާތަށް މަރުހަބާ ކިޔެވެ.

އެ ފުރުސަތުގައި ނަވްރަސްގެ ފަރާތުން އެނގިފައިވާ ވާހަކަތައް ވެސް ޔަޝްމް ދީމްއާ ހިއްސާކުރިއެވެ. ދީމް އާއި އިޒްކާންގެ ދެމެދުގައި އުފެދިފައިވާ ރުޅިވެރި ކަމަށް ނިމުމެއް އައިސްދާނެ ކަމުގެ އުއްމީދާއެކުގައެވެ. ދީމް އެވާހަކަތައް އަޑު އެހިއެވެ. ނަމަވެސް އެއާ ވިދިގެން އެއްޗެކޭ ނުބުންޏެވެ. އޭނަ ޚިޔާރު ކުރީ ހިމޭންކަމެވެ. ދެން ދަނީ ކަމުގައި ބުނެފައި ކޮޓަރިން ވެސް ނިކުމެގެން ދިޔައީއެވެ. ދީމްއަށް ވަގުތު ބޭނުން ވާނެކަން ވެސް ޔަޝްމްއަށް އެނގެއެވެ. ހަމައެއާއެކު ދީމްއަށް ހުރިހާ ވާހަކައެއް ކިޔައި ދެވޭނެ ފަރާތަކީ ކޮބައިކަން ވެސް ޔަޝްމްއަށް އެނގުނެވެ. އެފަރާތުގެ ވާހަކަ ދީމް ޤަބޫލުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނައަށް އޮތެވެ.

”މިޝްޔާ…” ޔަޝްމްގެ ހިތަށް އެރިއެވެ.

*****

ކުޑަދޮރުގެ ފޮތިގަނޑުތައް ކަހާލުމާއެކު ހުރަހެއް ނެތި އިރުގެ އަލި ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ. އޭސީގެ އެހީގައި ކޮޓަރިއަށް ވެރިވެފައި ވަނީ ހަށިގަނޑަށް އަރާމުކުރުވަނިވި ފިނިކަމެކެވެ. އިޒްކާން ގޮސް މިޝްޔާގެ މަގަތުގައި އިށީނެވެ. އެތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ވެއެވެ. އިޒްކާން މިޝްޔާގެ އަތުގައި ހިފާލިއެވެ. އަދި ލޯތްބާއެކު އެއަތްތިލައަށް ބޮސްދިނެވެ.

”ހެޕީ އެނިވާރސަރީ މިޝޫ…”

އިޒްކާން ވައި އަޑަކުން ބުންޏެވެ. ފުން ނިދީގެ ތެރޭގައި އޮތް ލޯބިވާ އަނބިމީހާއަށް އިޒްކާން ބަލާލިއެވެ. އިޒްކާން މިޝްޔާގެ މޫނަށް ބަލަން އިނީ ލޯތްބާއެކު އެވެ. ދުވަސް ވުމުގެ ސަބަބުން ލޯކައިރި ކަޅުވެ ތުންފަތް ހިކިފައި ވިޔަސް އަދިވެސް އެރީތިކަމަށް ބަދަލެއް ނާދެއެވެ. އިޒްކާން މިޝްޔާގެ އަތުގައި ފިރުމާލަމުން ދިޔައެވެ. އޭނަ މިޝްޔާއާ ވާހަކަ ދައްކަމުން ދިޔައީ އުއްމީދެއްގެ މަތީގައި އިނދެއެވެ. އޭނަ ކުރަމުންދާ ދިގު އިންތިޒާރަށް ނިމުން އައިސްދާނެހެން ހީވާތީއެވެ. ދެންމެ ދެންމެ މިޝްޔާ ލޯ ހުޅުވާލަފާނެހެން ހީވާވަރުންނެވެ. އެއަތުގެ އިނގިލިތައް ހަރަކާތްކޮށްލަފާނެހެން ހީވާވަރުންނެވެ. އެއަންހެންވަންތަ އަޑުން އޭނައަށް ގޮވާލަފާނެހެން ހީވާވަރުންނެވެ. ލޯބިވާ ވަރު ހާމަކޮށްދީފާނެހެން ހީވާވަރުންނެވެ. ނަމަވެސް…

ފާއިތުވާން ވެށި ވަގުތާއެކު އިޒްކާންގެ ހިތުގައި ތޫނު ތަދެއް އުފައްދާލީ އޭނަ މާޔޫސް ކުރުވާފަ އެވެ. އުއްމީދުގެ ފަހުގެ ދޯދި ފަށުގައި އޭނަ ހިފަހައްޓައިގެން ހުރީ ބާރަކަށެވެ. އޭނަގެ ހިތާމައިގެ ބަރުދަން އެ ދޯދި ފަށަށް ބަރުދާސްތު ކުރެވޭނެ ހެއްޔެވެ؟ ދެންމެ ދެންމެ އެ ވާފަށް ކަނޑައިގެން ހިނގައިދާނެ ކަމުގެ ބިރު އެހިތުގައި އުފަންވެގެން ދަނީ ހޭލާ ހުއްޓާ ފެންނަ ބިރުވެރި ހުވަފެނެއްގެ ސިފައިގައެވެ. އެޚިޔާލުތަކާ ދުރުވާން އޭނަ ބޭނުމެވެ. އެއީ ގޯސް ޚިޔާލުތަކަކެވެ. އެހެނެއް ނުވާނެއެވެ!

”މިޝޫ…” އިޒްކާންގެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިގެން ވިއެވެ. ހަށިގަނޑުގެ ކޮންމެ ސެލްއަކަށް އަސަރުކުރުވާހާވެއެވެ. އެހާ ވެސް ހިތް ދަތި އަޑެކެވެ. ”އައި މިސް ޔޫ… މިޝޫއަށް އެނގޭތަ އަހަރެން ލޯބި ވާވަރު؟، މިޝޫ ނެތް ދުނިޔެއެއްގައި އަހަރެން ދިރިއުޅޭނީ ކިހިނެއްތަ؟، އަހަރެން ކުރާ ހިތާމަ ދެނެވޮޑިވެގެން ވާނެ މާތްﷲ، އެރޭ މަތިން ދުވަހަކު ހަނދާން ނައްތާނުލެވޭނެ… އަހަރެންގެ ސަބަބުން ހުރިހާކަމެއް ދިމާވީ، ދީމް ބުނަނީ ވެސް ދޮގެއް ނޫން… ހިތަށް އަރާ އެރޭ މިޝޫއަށް ސަމާލުކަން ދެވުނު ނަމައޭ، ވަގުތުން މިޝޫ ގޮވައިގެން އެތަނުން ދެވުނު ނަމައޭ، އޭރުން މިއަދު މިޝޫ ހެޔޮ ހާލުގައި އަހަރެން ގާތުގައި ހުރީސްކަން ކަށަވަރު، އަހަރުމެންގެ ދަރިފުޅުވެސް، އެކަމަކު….. އެކަމަކު…….. މިޝޫ އާދޭސްކޮށްފަ މިބުނަނީ އެއްމެ ފަހަރަކު ވިޔަސް ތި ދެލޯ ހުޅުވަބަލަ، އައި ޕްރޮމިސް، މިޝޫ ހިތުގައި ޖެހޭ ފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނަމޭ… ޕްލީޒް ކަމް ބެކް.. އައި ޑޯންޓް ވޯންޓް ޓު ފީލް ހޯޕްލެސް….”

އިޒްކާންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ދެނެވެ. އެދެތުންފަތުގެ ތެރޭން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެރީތި ދެލޮލުން ކަރުނަ ފައިބައިގެން ދިޔައީ އިހްތިޔާރަކާ ނުލައެވެ. އެއީ ވޭނީ ކަރުނަތަކެކެވެ. އިޒްކާން މިއިން ދުވަހަކު ވެސް މިޝްޔާ ގާތު އިނދެ ނުރޮއެވެ. ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް މިއަދު އެހިތަށް ކުރި ފުން އަސަރު ތަކެއްގެ ސަބަބުން އޭނަގެ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވެގެން ދިޔައީއެވެ. ހިތުގައި ފޮރުވަމުން ދިޔަ ވޭނާއި ހިތްދަތިކަން އެއްފަހަރާ ކަހަލަ ގޮތަކަށް ބޭރުކޮށްލަން ބޭނުންވީއެވެ. އިޒްކާންއަށް މިޝްޔާގެ އަތަށް ބާރުކޮށްލެވުނެވެ. އަދި ގުދުވެލަމުން މިޝްޔާގެ ނިތްކުރީގައި ބޮސްދެވުނެވެ. އޭރު ހުރަހެއް ނެތި އިޒްކާންގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް މިޝްޔާގެ މޫނުގައި ބޮސްދެއެވެ. އޭނަގެ ހިއްސުތައް ހޭލައްވާލަން ގަދައަޅާ މަސައްކަތް ކުރަން ފެށިއެވެ.

”އައި ނީޑް ޔޫ…” ކުރެހިގެން ދިޔަ އަޑަކުން އިޒްކާން ބުންޏެވެ.

ނިދީގެ ތެރޭން މިޝްޔާއަށް އިޒްކާންގެ އަޑު ސާފުކޮށް އިވެއެވެ. އެއަޑުގައި ފޮރުވިފައިވާ ހިތްދަތިކަން އިހުސާސްވާން ފެށިއެވެ. އިޒްކާންގެ ތުންފަތުގެ ބީހުމުގެ އަސަރު ކުރެވެން ފެށިއެވެ. އެހޫނު ކަރުނަތައް މޫނުގައި ބޮސްދީފައި ހަލުވިކަމާއެކު ތިރިއަށް ފިރުކެން ފަށާކަން އިހުސާސް އެބަކުރެވެ އެވެ. އިޒްކާންގެ ކޮންމެ ޖުމްލައެއް އޭނަ ފުން ނިދީގެ ތެރޭން ހޭލައްވާލަން މަސައްކަތްކުރެއެވެ. ވަށައިގެން ފެތުރިފައިވާ ކަނު އަނދިރިކަމަށް އަލި އަޅުވާލަން ބޭނުން އެބަ ވެއެވެ. އޭނަ ލޯހުޅުވަން ބޭނުމެވެ! އިޒްކާންގެ ހިތާމަތަކަށް ނިމުމެއް ގެންނަން ބޭނުމެވެ! އިޒްކާން ރޯއަޑު އަހަން އޭނައަށް ކެތްނުކުރެވޭނެއެވެ!

މިޝްޔާގެ ހަށިގަނޑަށް އަންނަން ފެށި ކުއްލި ބަދަލުތައް ކޮޓަރިއަށް ވަދެގެން އައި ނަރުސް ކުއްޖާއަށް ފާހަގަ ވެގެން ދިޔައެވެ. އޭނަ އެނދާއި ދިމާއަށް ދުއްވައިގަތެވެ. ނަރުސް ކުއްޖާގެ މޫނުމަތިން ހާސްކަން ފެނެއެވެ. މެޝިންތަކަށް އަވަސް ނަޒަރެއް ދެމުން އޭނަ ނިކަން އަވަހަށް ޑޮކްޓަރަށް ގުޅާލިއެވެ. އޭރު މެޝިންތަކުގެ އަޑު ބާރުވެފައި ވާކަން އިޒްކާންއަކަށް ރޭކާނުލައެވެ. ހަމަހޭވެރިކަން ވެގެން ދިޔައީ ނަރުސް ކުއްޖާ އެތައް ފަހަރު ގޮވާލި ފަހުންނެވެ.

”ސާރ ޕްލީޒް ވޫމް…”

ހާސްވެފައިވާ ނަރުސް ކުއްޖާގެ އަޑު އިވިގެން ދިޔައެވެ. އިޒްކާންއަށް ހަމަހޭވެރިކަންވެގެން ދިޔަ ހިނދު އޭނަ މިޝްޔާއާ ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ވަރު ދެރަ އަތަކުން އޭނަގެ އަތުގައި ހިފިކަހަލައެވެ. ސިއްސައިގެން ދިޔަ އިޒްކާންއަށް ބަލާލެވުނީ އޭނަގެ އަތަށެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެއެވެ. އޭރު ނަރުސް ކުއްޖާ ވެސް ދެލޯ ބޮޑުކޮށްލައިގެން ހުއްޓެވެ.

އިޒްކާންއަށް އެހީވީ ހަމަ ރަގަޅަށެވެ. މިޝްޔާގެ އަތުގެ ހަރަކާތްތައް އޭނައަށް އިހުސާސް އެބަކުރެވެ އެވެ! ހިތަށް ލިބިގެން ދިޔަ ފިނިކަމާއި އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. ތުންފަތް ފޫއަޅުވާލާފައި ހުނުމުގެ އަޑެއް ނިކުތެވެ. އޭރު ފުންނޭވާތަކެއް ދޫކުރަމުން ދިޔަ މިޝްޔާ އެސްފިޔަތައް ދުރުކޮށްލަމުން ލޯހުޅުވަން މަސައްކަތްކުރެއެވެ. އިޒްކާންއަށް ލިބިގެން ދިޔަ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެވަގުތުގައި ވެސް އޭނަ މާތްﷲއަށް ހަމްދުކުރަން ހަނދާން ބެހެއްޓިއެވެ. މިކާއިނާތުގެ ވެރިރަސްކަލާނގެ އޭނަގެ ދުޢާތައް އިޖާބަކޮށްދެއްވައިފިއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އިޒްކާންއަށް މިޝްޔާގެ ގައިގައި އޮޅުލައިގަނެވުނެވެ.

ލޯހުޅުވާލުމުން މިޝްޔާއަށް މަންޒަރުތައް ފެނުނީ ވަރަށް ވެސް ފުސްކޮށެވެ. އަލީގެ ސަބަބުން ލޮލަށް އުނދަގޫ ވިއެވެ. އެތައް ފަހަރަކު އެސްފިޔަތައް ތަޅުވާލުމާއެކު އެސޫރައެއް ދުށުމަށް ދެލޯ ބޭޤަރާރުވެފައިވާ އިޒްކާންގެ ސޫރަ ފެނުމުގެ ނަސީބު ލިބިގެން ދިޔައެވެ. މިޝްޔާ ބޭނުންވީ ވަގުތުން އެމޫނުގައި ބޮސްދޭށެވެ. ނަމަވެސް އޭނަގެ ހަށިގަނޑު އެކަމެއް އިޖާބައެއް ނުދިނެވެ. މީހާ ވަނީ ވަރުބަލިވެފައެވެ. ބޮލަށް ވެސް ވަނީ ބަރުވެފައެވެ. އިރުކޮޅެއް ވެސް ނުވަނީސް އިޒްކާންގެ ފަހަތުން އައިސް ހުއްޓުނު ކޮންމެ މީހެއްގެ ސޫރަ އޭނައަށް ނަގައިގަނެވެން ވަގުތުކޮޅެއް ނެގިއެވެ. މަންމަ ރޮމުން ދިޔަ މަންޒަރު އޭނައަށް ފެނުނެވެ. ދީމްގެ އޭނަގެ މަގަތުގައި އިށީންކަން އެނގުނެވެ. ކޮންމެ މީހެއްގެ ލޮލުގައި ވަނީ ކަރުނައެވެ. މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. މިޝްޔާއަށް އަނެއްކާ ވެސް ބަލާލެވުނީ އިޒްކާން އަށެވެ. އިޒްކާން ކުރިއަށް ވުރެ ޒުވާން ވެފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. މިޝްޔާ ހިނިތުންވާން އުޅުނެއް ކަމަކު އެކަން ވެސް ފުރިހަމަ ކުރަން އުނދަގޫ ވިއެވެ. އޭނައަށް ވީ ކިހިނެއް ހެއްޔެވެ؟ އެންމެން ރޮނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ މީހަކަށް އެހާ ބޮޑު ބަދަލެއް އައިސްފައިވަނީ ކީއްވެގެން ހެއްޔެވެ؟ މިޝްޔާއަށް އޭނަގެ ބަނޑު ފާހަގަ ކުރެވިގެން ދާން ވެސް އިރުކޮޅެއް ނެގިއެވެ. އޭނަގެ ބަނޑު ތިރިވެފައިވީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅު ކޮބާ ހެއްޔެވެ؟ އެއާއެކު ހުރިހާ ހަނދާނެއް ވެސް ސިކުނޑިއަށް ވެރިވެގެން ދިޔައީ އިއްޔެވީ ހާދިސާއެއް ފަދައިންނެވެ. ބިރުވެރި ހަނދާނެކެވެ. މިޝްޔާއަށް ތެޅިނުގެނެވުނީ ވެސް ހަމަ ކިރިޔާއެވެ.

”މިޝޫ އަހަރެން މީނީއޭ…”

އިޒްކާން ގޮވާލި އަޑު އިވުނެވެ. އެއަޑުން މިޝްޔާގެ ހުރިހާ ހަރަކާތެއް ވެސް ގަނޑުކޮށްލައިފިއެވެ. މިޝްޔާއަށް ބަލަން އޮވެވުނީ އެރީތި ދެލޮލަށެވެ. އެދެލޮލުން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވެފައިވާކަން ހާމަކޮށްދެއެވެ. ލޯބިވެސް ފެނުނެވެ. މިޝްޔާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ.

*****

ޑޮކްޓަރު މިޝްޔާ ބެއްލެވުމަށް ފަހު މިޝްޔާ މުޅިން ރަގަޅު ވާން ދުވަސް ކޮޅެއް ނަގާނެ ކަމަށް ބުންޏެވެ. އަދި މިޝްޔާއަށް ދިރިއުޅުމުގެ ތެރެއަށް ހޭނެން ވެސް ދުވަސް ނަގާނެ ކަމަށާއި ތަފާތު އުނދަގޫތަކެއް ވެސް ވާނެކަމަށް ބުންޏެވެ. އޭގެ އިތުރުން ޕިޒިއޮތޮރޮޕީއަށް ހަފްތާއެކު ދެ ދުވަހު ހޮސްޕިޓަލަށް ގެންދަން ޖެހޭނެކަމަށް ވެސް ބުންޏެވެ.

އިޒްކާން ބޭނުންވީ މިޝްޔާ ގޮވައިގެން ބޭރަށް ބަދަލު ވާށެވެ. އޭނަ ބޭނުންވާ ފަދަ ފަރުވާއެއް މާލެއިން މިޝްޔާއަށް ނުދެވޭނެކަން އެނގޭތީއެވެ. އިޒްކާންގެ ނިންމުމާ އެއްވެސް މީހަކު ދެކޮޅެއް ނުހެދިއެވެ. އެއީ ރަގަޅު ނިންމުމަކަށް ވާތީއެވެ.

މިޝްޔާގެ އެނބުރިއައުމާއެކު ޢާއިލާއަށް ލިބިގެން ދިޔައީ ބޮޑު އުފަލެކެވެ. އިޒްކާންގެ މޫނުގައި ނޫރެއް ވާ ކަހަލަ އެވެ. ނަވްރަސް ވެސް މިޝްޔާ ދެކިލަން އައެވެ. އޭނައަށް އެޚަބަރު ލިބުނީ ޔަޝްމްގެ ފަރާތުންނެވެ. އެދުވަހު ދީމް އާ ނަވްރަސް ވާހަކަ ދެއްކިއެވެ.

ދީމްއަށް ވިސްނުނީ ކަން ނޭގެއެވެ. އޭނަ އިޒްކާންގެ ގާތުން މާފަށް އެދުނެވެ. އޭނައަށް މިއަދު އިޒްކާންއާއި މިޝްޔާއާ ދެމެދު ވަނީ ވަރުގަދަ ގުޅުމެއް ކަން އިހުސާސް ކުރެވިއްޖެ ކަމަށް ވެސް ބުންޏެވެ. އިޒްކާން މިޝްޔާއަށް ދެރަ ގޮތެއް ނުހަދާނެ ކަމަށާއި ކުށްހީއެއްގައި ވީ އޭނަ ކަމަށް ވެސް ބުންޏެވެ. އިޒްކާން ދީމްއަށް މާފްކޮށްދިނެވެ.

”އަހަރެން ދެރަވަނީ މިޝޫއަށް ހަޤީޤަތް އެނގުމުން ވާނެ ގޮތަކާ މެދު ވިސްނާލެވުމުން، ޝީ ވިލް ބީ ބްރޯކެން….. ކޮން ދުލަކުންތަ ބުނާނީ މިޝޫގެ ބޭބީ……” ދީމްއަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ. އޭނަގެ އަރު ބެދުނީއެވެ. އޭރު ޢާއިލާގެ ހުރިހާ މެންބަރުން ބޮޑުކޮޓަރީގައި ތިއްބެވެ. އިޒްކާން ފިޔަވާއެވެ. އޭނަ ވީ ކޮޓަރީގަ އެވެ. މިޝްޔާގެ ގާތުގަ އެވެ.

****

…

މިޝްޔާ ކުޑަކޮށް ތެދުވާން އިޒްކާން އެހީވެ ދިނެވެ. އިޒްކާން އިނީ މިޝްޔާ އަތުލިފައިކޮށްގެން އެނދުގެ ހެޑްބޯޑަށް ލެނގިލައިގެންނެވެ. މިޝްޔާ އިނީ އިޒްކާންގެ ކޮނޑުގައި ބޯއަޅާލައިގެންވެ. މިޝްޔާ ވާހަކައެއް ދައްކަން އުޅުމުން އިޒްކާން އެކަން މަނާކުރިއެވެ. ފުރަތަމަ ޖެހޭނީ ސޫޕް ބޯންކަމަށް އޭނަ ބުނެލިއެވެ. މިޝްޔާ ހިނިތުންވެލުމުން އިޒްކާން ވެސް ރައްދުގައި ހިނިތުންވެލިއެވެ. މިހާރު ދެމަފިރިންގެ މޫނުމަތިން ވެސް އުފާވެރިކަން ފެނެއެވެ.

ސޫޕް ބޮއެ ނިމުމާއެކު މިޝްޔާ އިޒްކާންގެ އުނގުގައި ބޯއަޅާލީ ވަރުބަލި ވުމުންނެވެ. މިޝްޔާ ހަމަޖެހިލަމުން ފުރަތަމަ ވެސް ސުވާލުކުރީ ދަރިފުޅާ ބެހޭ ގޮތުންނެވެ. އިޒްކާންގެ ހިތަށް އެވަގުތު ތޫނު ކަށްޓެއް ހަރާލެވުނުހެން ހީވިއެވެ. އަދިވެސް އެ ހަނދާންތައް އޭނައާއެކު ވެއެވެ.

މުޅި އުމުރަށް މިޝްޔާއަށް އެކަން ސިއްރު ނުކުރެވޭނެކަން ވެސް އިޒްކާންއަށް އެނގެއެވެ. ސުވާލަކީ މިޝްޔާއަށް އެހިތާމަ ބަރުދާސްތުކުރެވޭނެ ހެއްޔެވެ؟ މިޝްޔާގެ ލޮލުން ކަރުނަ ތިއްކެއްގެ މިންވަރު ވެސް ފައިބާ ތަން ދެކެން އޭނައަށް ކެތްނުކުރެވޭނެއެވެ. މިޝްޔާ ދެވަނަ ފަހަރަށް ވެސް އުނދަގުލުން އެސުވާލު ކުރިއެވެ. އިޒްކާންއަށް ދެލޯ މަރާލެވުނެވެ. އަސަރާއެކު ގައެވެ. މިމަންޒަރު ބަލަން އޮތް މިޝްޔާގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔަ އެވެ. އޭނައަށް ބާރުކޮށްލެވުނީ އިޒްކާންގެ އަތަށެވެ. އަނެއްކާ ވެސް އޭނަ ސުވާލު ތަކުރާރު ކުރިއެވެ.

”ޒޭން…” މިޝްޔާގެ އަޑު ރޫރޫއަޅައެވެ. ކުއްލިޔަކަށް ލޯ ހުޅުވާލި އިޒްކާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ މިޝްޔާއަށް އެހާދިސާއަށް ފަހު ކަންތައް ވެގެން ދިޔަ ގޮތް ކިޔައިދިނެވެ. ބަދަލުވެގެން ދިޔަ ހަޔާތެވެ. މިޝްޔާގެ ދެލޮލުން ކަރުނަ ފައިބަންފެށީ ހިފެހެއްޓުމެއް ނެތިއެވެ. އެހިތުގައި އޭރު ވަނީ ތޫނު ރިހުމެއް އުފެދިފައެވެ. އިޒްކާންއަށް މިޝްޔާ މަސަލަސް ކުރެވުނީ އުނދަގުލުންނެވެ. އޭރު އޭނައަށް ވެސް ރޮވިއްޖެ އެވެ.

މިޝްޔާ އެހަޤީޤަތް ޤަބޫލުކުރިއެވެ. އެފަދަ ބޮޑު ހާދިސާއެއް ދިމާވުމުން ދަރިފުޅުގެ ފުރާނަ ސަލާމަތް ވުން އެއީ މުސްތަހީލުކަމެކެވެ. އޭނަ ދެރަވީ ދަރިފުޅުގެ މޫނު ދުށުމުގެ ނަސީބު ނުލިބުމުންނެވެ. މިޝްޔާ އިތުރަކަށް ސުވާލެއް ނުކުރިއެވެ. އެހެނީ އިޒްކާންއަށް އެސުވާލުތަކުން ވަރަށް ފުން އަސަރުތަކެއް ކުރާނެކަން އެނގޭތީއެވެ. އޭނަ ވަގުތުން މައުޟޫއު ބަދަލުކޮށްލިއެވެ.

އިޒްކާން އެހިސާބުން ހުއްޓައެއް ނުލިއެވެ. އޭނައާއި ޔަޝްމްގެ ކައިވެނީގެ ވާހަކަ ވެސް ކިޔައިދިނެވެ. ދެމީހުންގެ ވެސް މަޖުބޫރީގެ ވާހަކައެވެ. މިޝްޔާއަށް ހުރިހާ ކަމެއް އެނގެން އޭނަ ބޭނުން ވާތީއެވެ. އެހެން މީހެއްގެ ފަރާތުން އެކަން މިޝްޔާއަށް އެނގެން ވެސް ބޭނުން ނުވާތީއެވެ.

”މިޝޫ އައެމް ސޮރީ، އަހަރެން ހާދަ ވަރަކަށް މަސައްކަތް ކުރީމޭ އެކައިވެންޏާ ދެކޮޅު ހަދަން، އެކަމަކު ބައްޕަގެ ސަބަބުން … އޭރުވެސް އަދި މިހާރު ވެސް އަހަރެން ލޯބިވަނީ ހަމައެކަނި މިޝޫ ދެކެ، އެކަން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ، އަހަރެން ދުވަހަކު ވެސް މިޝޫއަށް ދެރައެއް ނުދޭނަން…” އިޒްކާން ބުންޏެވެ.

މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އިޒްކާން އޭނަ ދެކެ ވާ މަތިވެރި ލޯބި ފެނިގެން ދިއުމުން ހިތުގެ ޒަހަމްތަކުގެ ޝިފާއަކަށް ވެގެން ދިޔައެވެ. އިޒްކާންގެ ވާހަކަތައް ޤަބޫލުކޮށްފީމޭ މިޝްޔާ ބުންޏެވެ. އިޒްކާންއަށް އޭނަ އިތުބާރު ކުރަމޭ ވެސް ބުންޏެވެ. ލޯބި ވާކަން ވެސް ހާމަކޮށްދިނެވެ.

*****

ދެ އަހަރު ފަސް….

މިޝްޔާއާއި އިޒްކާން ސިންގަޕޫރަށް ބަދަލު ވި ފަހުން މިޝްޔާއަށް ލިބުނު ފަރުވާގެ އަސަރު އެންމެ ފުރިހަމަ ގޮތުގައި ފެންނަމުން ދިޔައެވެ. ނުހިގޭނެ ކަމަށް ފުރަތަމަ ކޮޅު ޑޮކްޓަރުން ބުނުމުން މިޝްޔާ އިންތިހާއަށް ދެރަވެ މާޔޫސް ވިއެވެ. ނަމަވެސް އެހިތާމަވެރި ވަގުތުގައި އިޒްކާން ވެގެން ދިޔައީ އޭނަގެ ހިތްވަރަކަށެވެ. އޭނަގެ އުއްމީދަށެވެ. މިއަދު އިޒްކާންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން މިޝްޔާއަށް ވަނީ ދެފައި މައްޗަށް ކޮޅަށް ހުރުމުގެ ނަސީބު ލިބިފައެވެ. އޭގެ އިތުރުން އުފާވެރި ޚަބަރެއް ވެސް ލިބިގެން ދިޔައެވެ. މިޝްޔާ އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޚަބަރެވެ. ދެމަފިރިންގެ ނަސީބުގެ ފިޔަ ދިޔައީ މެދު އުޑުގައި ވިދާ ބަބުޅަމުންނެވެ.

*****

ދީމްއަށް ބޭސްކުރުމުގެ ތެރެއިން ޔޫޝައުގެ ވެސް މައްސަލަތަކެއް ހުރިކަން ހާމަވެގެން ދިޔައެވެ. އިންތިހާއަށް ދެރަވިކަމުގައި ވިޔަސް ނާއުއްމީދުގެ ކަނޑުގައި އޮޔާލާ ބެހުމުގެ ފުރުސަތު ދޭކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. ހިތްވަރުކުރަން ބޭނުން ވިއެވެ. ވީ ވަޢުދުތައް ފުއްދަން ބޭނުން ވިއެވެ. ލޯތްބާއި އަޅާލުމާއެކު މުޅި އުމުރު އެކަކު އަނެކަކުގެ ހިދުމަތުގައި ހޭދަކުރަން ބޭނުން ވިއެވެ. ދެމަފިރިން ވެސް ކުއްޖަކު ”އެޑޮޕްޓް” ކުރިއެވެ. އެއީ ދެމަހުގެ ތުއްތުތުއްތު އަންހެންކުއްޖެކެވެ. ދީމްގެ ޒީވާ އެވެ. އެލޯބި މައުސޫމް ފުރާނަވެގެން ދިޔައީ ޔޫޝައުގެ ދެމަފިރިންގެ ހަޔާތް އަލިކޮށްލަ ދިން ނޫރަށެވެ. މާޒީ ހަނދާން ނައްތާލާފައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކަށެވެ. ކުޑަކުޑަ ޒީވާގެ ސަބަބުން ޔޫޝައުގެ ޢާއިލާ ވެސް ފުރިހަމަ ވެގެން ދިޔައީއެވެ.

*****

”ކޮންތަނަކަށްތަ އަހަރެން ގެންދަން ތިއުޅެނީ؟، ނީވް ޕްލީޒް ދެން ބުނެބަލަ…” ޔަޝްމްގެ ލޮލުގައި ހުދުކުލައިގެ ފޮތިކޮޅެއް ނަވްރަސް ބަނުމާއެކު ޔަޝްމްއަށް ބުނެވުނެވެ. އެއާއެކު ނަވްރަސް ހީލި އަޑު އިވުނެވެ.

”ޕޭޝަންސް…” ނަވްރަސް ބުންޏެވެ.

”ކަމް ވިތް މީ…” ޔަޝްމްގެ އަތުގައި ހިފާލަމުން ނަވްރަސް ބުނެލިއެވެ. ސުވާލުކުރަމުން ޔަޝްމް ކުރިއަށް ހިނގައިގަތެވެ. ސިޑީގެ ހަރުފަތައް ގިރާކުރަމުން ގޮސް ދޮރެއް ހުޅުވުނު އަޑު އިވުނެވެ. ”ފައިވާން ބާލަބަ…” ނަވްރަސް ބުނި އަޑު އިވުނެވެ. ޔަޝްމް ނަވްރަސް ބުނި ފަދައިން ކަންތައް ކުރިއެވެ. ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ފިނިއެއްޗެއްގެ މަތީގައި ފައިތިލަ އަޅާލެވުނުހެން އިހުސާސްކުރެވުނެވެ. ހީވާގޮތުން އެއީ މަލުގެ ފިޔަތަކެކެވެ. މާހައުލުގައި ވަނީ އޭގެ ލުއި މީރުވަހެވެ.

ހާމަފެންޑާގެ މެދާއި ހިސާބަށް ދެވުމުން ނަވްރަސް ޔަޝްމްގެ ލޯ މިނިވަންކޮށްލަދިނެވެ. އެސްފިޔަތައް ތަޅުވާލަމުން ޔަޝްމް ލޯހުޅުވާލުމާއެކު ކުޑަކަކޫ މައްޗަށް ތިރިވެގެން އިން ނަވްރަސް ފެނުނެވެ. ނަވްރަސްގެ ފުރަގަހުން ފެންނަން އޮތް ހިސާބުގައި ކުލަކުލައިގެ އުށްބައްތި ތަކުން ”ވިލް ޔޫ މެރީ މީ” މިހެން ލިޔެފައި އޮތެވެ. ހުދާއި ރަތުގެ ފިނިފެންމަލުގެ ފިޔަތަކުގެ ތެރޭން އެމަންޒަރު ފެނިލާއިރު ވަރަށް ވެސް ހިތްގައިމެވެ. ހުވަފެނީއެވެ.

ޔަޝްމްއަށް އަނގަ މަތީގައި އަތް އަޅާލެވުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން އުފާވެރިކަމުގެ ކަރުނަތައް ނީރާލައިފިއެވެ. ހިތް އަވަސް ވެއްޖެއެވެ. ޔަޝްމް މަޑުމަޑުން ބޯޖަހާލީ ”އާނ” އެކޭ ބުނުމުގެ ގޮތުންނެވެ. ނަވްރަސްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިތަން ފެނުނެވެ. ދެން ފެނިގެން ދިޔައީ ނަވްރަސްގެ އަތުގައި އޮތް ކުޑަ ފޮށިން ނެގި ހުދު ރަނުގެ އަނގޮޓީ ޔަޝްމްގެ އަތުގައި އަޅުވާލަ ދިން މަންޒަރެވެ. އެއާއެކު މީހުންގެ އަތްތިލަބަޑީގެ އަޑުން ފަޒާ ގުގުމާލައިގެން ދިޔަ އެވެ.

”ތެންކިއު…” ނަވްރަސް ޔަޝްމް އެއަތުގެ ތެރެއަށް ގެނައެވެ.

ޔަޝްމްއަށް ނަވްރަސްގެ މޭގައި މޫނު ފޮރުވާލެވުނެވެ. މިދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް ހާސިލް ވެގެން ހިނގައްޖެއެވެ. އޭނަ ހޯދަން ބޭނުންވި ހަޔާތުގެ ބައިވެރިޔާ ވެސް ހާސިލް ވެއްޖެއެވެ. ހުރިހާ ޝުކުރެއް ހައްޤުވެގެން ވަނީ މިޝްޔާ އަށެވެ. މިޝްޔާގެ ސިއްރު ހޯދުމުގެ ތެރެއިން އޭނައާއި ނަވްރަސްގެ ގުޅުން ބަދަހިވެގެން ދިޔައީއެވެ. ތަޤްދީރުގެ ނިންމެވުން ކިތަންމެހާ ވެސް ފުރިހަމައެވެ.

”ތެންކިއު…” ޔަޝްމްގެ ޖުމްލައާއެކު ނަވްރަސްގެ ލުއި ހީލުމުގެ އަޑު އިވިގެން ދިޔައެވެ. އެއަޑުގެ ތެރެއަށް ޔަޝްމް ގެނބިގެން ދިޔައެވެ. ހިތާއި ޖާނާއެކުގަ އެވެ.

* * * * * *

”ފޮހެވޭނޭ ބާއޭ،

ތިހަނދާން ހިތުން،

އަބަދުވެވޭ ޚިޔާލޭ،

ހާނ… ތިޔައީ ފުން…”

-ނިމުނީ-

85
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

އަނިޔާ.. 24 ވަނަ ބައި

Next

ލޯބިވާ މަންމާ މަގޭ.. 6

Next
January 2, 2016

ލޯބިވާ މަންމާ މަގޭ.. 6

Previews
January 2, 2016

އަނިޔާ.. 24 ވަނަ ބައި

61 Comments

  1. Mutha/ S.Hithadhoo says:
    January 2, 2016 at 4:53 pm

    މި ވާހަކަ ފެށިގެން ނިމެންދެން ޝައުޤުވެރިކަމާއެކު ކިޔާލި ހުރިހާ ކިޔުންތެރިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާ، ދެން ވާހަކައަށް ކޮމެންޓް ކުރި ކުދިންނާއި ލައިކް ދިން ކުދިންނަށް ވެސް ޝުކުރު އަދާކުރަން، ތިޔަ ކިޔުންތެރިންގެ އެއްބާރު ލުމަކީ މިރޮނގުން ކުރިއަށް ދިޔުމަށް މުތާއަށް ލިބޭ ހިތްވަރެއް، ތި ގޮތުގައި މުތާއާއެކު އަބަދުވެސް ވާނެ ކަމުގައި އުއްމީދުކުރަން… ހަމައެއާއެކު ވާހަކައިގެ ކުށްތައް މުތާގެ ސަމާލުކަމަށް ގެނައި ކުދިންނަށް ވެސް ޝުކުރިއްޔާ… މުޅިން އައު ވާހަކައަކާ އެކު އަވަސް މުސްތަޤްބަލެއްގައި ބައްދަލުވެދާނެ ކަމުގެ އުއްމީދާއެކު ވަކިވެލަން… ޓޭކް ކެއާރ އޯލް 🙂

  2. SARA says:
    January 2, 2016 at 5:05 pm

    V rythi mi story.. 1 of d best stories i’ve eva read.. muthaage ithuru vaahaka eh avas furusathehgai libeynekamah ummeedhkuran…

  3. Reader says:
    January 2, 2016 at 5:07 pm

    Wow.. story hama habeys…

  4. Angel says:
    January 2, 2016 at 5:09 pm

    this story was awesome 🙂

  5. Niz says:
    January 2, 2016 at 5:10 pm

    Wow vvvvv reethi mi vaahaka….waiting for ur next story….

  6. kamana says:
    January 2, 2016 at 5:18 pm

    Wowww i lov this stryyyyy mutha. Lov u hope to c yu soonn ?????

  7. ninth says:
    January 2, 2016 at 5:19 pm

    varah reethi. asluvx… adhivx mikahala reethi vaahakeh muthy vaane genes dheyn…

  8. Yaan says:
    January 2, 2016 at 5:28 pm

    nice Story muthaa. V interesting

  9. swyt says:
    January 2, 2016 at 5:30 pm

    omg
    i really love this story
    <3 :*

  10. Fasy says:
    January 2, 2016 at 5:46 pm

    Vvvv nice mi story….

  11. Mishfau says:
    January 2, 2016 at 5:50 pm

    As always u have given us a beautiful story to read. There is no doubt that the next story is also going to be as nice as this one. Luved this one. Keep it up. Waiting for a new story.

  12. ken? says:
    January 2, 2016 at 5:59 pm

    i was expecting more parts abt yashm n navras…they both v gulhey…but overall story is awesome..hama v kihaahithun kiyunu vaahakeimee.. thnkz mutha for de lovely story…hope to c another one soon…good luck with dat…☺

  13. Raush Umar says:
    January 2, 2016 at 6:01 pm

    Muthaa ge new story akah inthixaaru kuran … mivaahaka varahves furihama …

  14. Niha says:
    January 2, 2016 at 6:01 pm

    The best story I ever read.
    Luv the story lot n luv yew muthaa..
    Thankew for the awsome story..
    N wish yew luck..
    :-* ♡♡

  15. shaph says:
    January 2, 2016 at 6:14 pm

    thank u muthaa 4 the lovely storyy.. 😀

  16. anaa says:
    January 2, 2016 at 6:17 pm

    Muthaa ge kurin liyefa in vaahaka eh kiyan beynun vejjiya kihine hadhan jeheny

    1. liu says:
      January 3, 2016 at 1:23 pm

      Wow love this story. Yuh are the best. Hope yuh will upload a new one ASAP. Love yuh muthaa

  17. dimple says:
    January 2, 2016 at 6:21 pm

    varah avas aruvaalafa ninmaafa miothy, u could have extended, storyge baeh sub plot thah ehkoh mi part ah fathaafa kurukohfa miothy, ekm ves dhen story okay

  18. naha says:
    January 2, 2016 at 6:27 pm

    mee alhugandu coment kuraa furathama faharu v namaves , alhugandaky gavaidhun mivaaahaka kiyamundhaa faraatheh,,, me v v v rythi vaahakaeh,liyuntheriya muthaa ah bunelan othy thy hama hageegathugaves muthekey, kiyuntherin ge ihsaasthah dhaanegen avahah up kohdey shaugu verikohdey gothah vaahaka liyunu devana liyun terieh adi nudekeme. vaahaka liyumuge rongun kaaamiyaabah abduves edemey

  19. Min says:
    January 2, 2016 at 6:35 pm

    Alhe mihaaa reethi story eh mi in dhuvahaku nukiyan.realy v nice.muthaa thanks. Adhivesithuru bayeh onnnaane namaey hithah arany

  20. Min says:
    January 2, 2016 at 6:38 pm

    Muthaa mi girl ehtha boy eh tha

  21. Rish says:
    January 2, 2016 at 6:46 pm

    V reethi vaahaka eh….. ????

  22. mice says:
    January 2, 2016 at 6:51 pm

    Varah reethi

  23. Naxoo says:
    January 2, 2016 at 6:55 pm

    Thnk u…muthaaaa for the awesome story…i love to read ur stories..n hope to c another story soon…so waiting for ur new story…n best of luck muthaa…keep writing n uploading.. 🙂 🙂

  24. shai says:
    January 2, 2016 at 6:58 pm

    Nice

  25. inaa says:
    January 2, 2016 at 7:31 pm

    Alhey story nimunyma v deravehjje … adhi mihathanah kiyunu emme rythi story … thanq u muthaa for di lovely story … kuriyah oi story ah hama inthixaruga

  26. princess says:
    January 2, 2016 at 7:32 pm

    Mutha…yuh are my favourite author… Your stories are just awesome… Keep the good work…looking forward for more stories from yuh…

  27. Kai says:
    January 2, 2016 at 7:38 pm

    Vaahaka varah reethi 😛 hope that we will get more stories of u to read 😀 😀 Kai varah impatient vaane ingey hehehe
    I was hoping that u will get yash married to navras 🙂 🙂 dhen ok dw

  28. inayaa says:
    January 2, 2016 at 7:45 pm

    Oh thanks muthaaa I love this story. Varah salhi. Mihaareethi vaahakaeh nukiyan adhi

  29. aathi says:
    January 2, 2016 at 7:54 pm

    Its jst superb..vrh rythi mi story..muthaa ge hurihaa stories vx vrh vrh rythi.. hope to see more stories frm u..gudluck 😉

  30. Mai says:
    January 2, 2016 at 8:03 pm

    Wow story v nice… Looking forward for u next story… Keep up the good work muthaa…

  31. Sandy says:
    January 2, 2016 at 8:13 pm

    Best Story On Esfiya……Masha Allah….Good Luck Muthu….All The Best…..

  32. sajix says:
    January 2, 2016 at 8:19 pm

    Wow haadha nice story ekey Hama habeys..kyp it up mutha..waiting for ur new story

  33. Kiyuntheriyaa says:
    January 2, 2016 at 8:32 pm

    Its really nice. Enjoyed the whole story. Like some other reader’s I too expected a description of yashm and navras ge life… still the story was nice.. hope to see another story written by you soon. Good luck… my best wishes are always with you.
    🙂 🙂 🙂

  34. xee says:
    January 2, 2016 at 9:02 pm

    Nice story keep it up

  35. Reem says:
    January 2, 2016 at 9:13 pm

    Its really awsome, keep it up,

  36. Nasha says:
    January 2, 2016 at 9:19 pm

    Such a nyc story came to end I’m so sad plx write a new story again ??

  37. maree says:
    January 2, 2016 at 9:26 pm

    Heskifaafa salhi 🙂

  38. maree says:
    January 2, 2016 at 9:48 pm

    Salhi

  39. maree says:
    January 2, 2016 at 9:48 pm

    Salhi

  40. nee says:
    January 2, 2016 at 10:09 pm

    v v v nice. keep it up…

  41. maahish? says:
    January 2, 2016 at 10:16 pm

    Hama vrh habeys story eh.?

  42. MarSha says:
    January 2, 2016 at 10:43 pm

    Kada. Evves kahala twist eh nethi vaaahak nimmaaaly.

    1. Mar Sha Marsha says:
      January 3, 2016 at 7:14 am

      Plz use a name of ur own to comment… dont use others’ names…

  43. Mar Sha Marsha says:
    January 3, 2016 at 7:13 am

    Now someone is using my name to comment rudely… plz dont do that. Meege fahun Marsha comnent kuraany login vefa.. so login nuve Marsha ge namuga dhen login nuve comment e kurany fake Marsha….
    Anyways story was superb.. loved this… hope to c more stories from u mutha.. n new story eh vvv avahah up kurahchey plz… all the best mutha.

  44. Nity says:
    January 3, 2016 at 9:02 am

    duty ga indhefa foohivegen mi site ah vany .. kurin v ginain vannnan vahaka kiyan vgn bcox its one of my hobby.. and mi vaahaka kiyan feshy .. vaahaka v v reethi ..v v molhu genesdhyfa huri goi ves.. baeh episode thah kiyaafa rovunu .. very touching and sweet.. great wrk.. ekam echeh bunelaanan ..nimun knmeves varakah rangalhu kollinama.. i mean last two episodes ..it cud make lil better .. end ga vefa meeny hama vedhaaney v hyvaa v typical end eh .. ekam goaheh nuhn ingey .. v reethi mi story .. v beynun muthaa ge ehn vaahaka eh ves kiyaalan .. keep it up

  45. Zai says:
    January 3, 2016 at 11:10 am

    Salhi ?

  46. maasha says:
    January 3, 2016 at 11:56 am

    Muth v reh neih… Vv reethu vaahaka… Adhi Mutha ge vaahaka ehnkiyan libeyne kamah unmeedhu kuran… Love to read ur stories….. ?

  47. dimple says:
    January 4, 2016 at 5:01 pm

    when new story genesdeynee?, plz vvvvvvvvvvvvv avahah genesdeychey

  48. Ann says:
    January 6, 2016 at 9:41 am

    Vaahaka varah varah reethi adhives mutha ge faraathun mikahala vaahaka akah inthizaaru kuran <3

  49. maldhu says:
    January 8, 2016 at 1:55 am

    Very interesting. Nice story

  50. Z says:
    January 16, 2016 at 1:45 am

    Mulhi vaahaka ves v reethi…. ekm nimmun ehaa ehaa reeehcheh nun…. but salhi…… keep it up….☺☺☺

  51. dimple says:
    January 18, 2016 at 3:46 pm

    mutha kobaa new story? haadha gina duvahh thi nagani

  52. YASHM says:
    January 23, 2016 at 12:15 pm

    BEST STORY SO FAR…,<3

  53. Pary says:
    February 1, 2016 at 11:54 pm

    Varah hama nujehey thankolheh ebain. Konme meehakuves dhuvelaafa annaathyve mashah massala akii.. ae hithaamaveri kameh dhomaavegen ulhinas hama dhuvelaafa annany varah hama jehilaygen. Slow motion ga dhw.. hehe
    Mashah varah stupid erhankolhu.. ekam vaahaka varah salhi ingey

  54. rix says:
    February 4, 2016 at 12:39 pm

    kobaa tha new story? miharu 1 mnth mi vi wait kuraathaaa, plxx kahabreh veba

  55. Me says:
    February 7, 2016 at 1:08 pm

    ❤❤❤❤

  56. Azu says:
    February 19, 2016 at 12:08 am

    Wow v reethi vaahaka eh… vvvvv reethi… thank yu mihaa reethi vaahaka eh genesdhinythy.. thank yuh ☺?☺?☺??????☺????

  57. evleen says:
    March 7, 2016 at 10:49 am

    mutha evleen story geneshyba…

  58. chippey says:
    June 6, 2016 at 7:50 pm

    Storry habbeyss

  59. Ushaa says:
    June 25, 2016 at 9:59 am

    Vvvvvvvvvvvvvvvvvvvvvvvvvvv lwbi stwriii…….

Comments are closed.

All Right Reserved!