ފަސްވަނަަބައި ފެންޑާތެރޭހުރި ގޮނޑިސެޓްގައި އޮށޯވެލައިގެން ނޫސްމަޖައްލާއެއް ކިޔާން ނިހާޔަތު އޮތެވެ. ދޮރުތައް ލައްޕާފައި ހުރިނަމަވެސް ދޮރުފޮތިތައް ކަހާލާފައި ހުރުމުން ވަރަށްރީތިކޮށް ބޭރު ފެންނަމުންދިޔައެވެ. ދޮރޯށިކައިރީ މަގުމަތީގަޖަހާފައިވާ ބައްތީގެ އަލި މުޅިހިސާބަށް ފެތުރިފައިވެއެވެ. އިރުކޮޅަކުން ކަހަލަގޮތަކަށް ވައި ބާރުވެލާފައި ވައިއަޑު ގަދަވުމާއެކު ރުއްތަކުގެފަންތަކާއި ގަސްތަކުގެ ގޮފިތަކަށް ހަރަކާތްއަންނަކަން ނިހާޔަތަށް ފާހަގަކުރެވެމުން ދިޔައެވެ. ސާފުރީތި ހަނދުގެމައްޗަށް ކަޅުވިލާގަނޑެއްއެރުމާއެކުހެން މުޅިބިން އަނދިރިކޮށްލި އެވެ. ވިދާލި ވިދުވަރަށްފަހު ޖަހާލިބާރު ގުގުރީގެ އަޑުގެ ސަބަބުން ނިހާޔަތު ވެސް ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ބޭރު […]
މިއީ ހދ އަތޮޅުރަށެއްގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ނަންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ފައި ވީނަމަވެސް ހާދިސާއަށް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ނަސީ އަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ލޫޅާފަތި ކުލަދޮންޒުވާނެކެވެ. ކަޅުކުލަގަދަ ފަންއިސްތަށިގަނޑަކާއި ދޮންމޫނުގެ އިތުރުން ރީތިދެލޮލަކީވެސް އޭނާގެ މޫނުމައްޗަށް އިތުރުފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ. ރަށުގެ ޒުވާންފިރިހެންކުދީން ފާހަގަކުރަމުންދާ ރީތި އަންހެން ކުދީންގެ ތެރޭގައި ވެސް ނަސީގެ ނަންހިމެނެނީ ލިސްޓްގެ ކުރީން […]
ފަސްވަނަބައި ” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” ކުއްލިއަކަށް ފެންޑާގެ ބޮކިތައް ދިއްލާލަމުން އެންމެން އެއްފަހަރާ ގޮވާލި އެވެ. އެއާއެކުހެން އިނާ ބަލާލިއިރު އޮފީހުގެ މުއައްޒަފުންތައް ހިނިތުންވުމާއެކު އޭނާއަށް ބަލަހައްޓައިގެން ތިއްބެވެ. އެމީހުންގެ އެޢަމަލުގެ ސަބަބުން އިނާގާތަށް ވެސް ހިނިއައެވެ. ހަމައެހެންމެ ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. ” ކާކުގެ ރޭވުމެއް ؟ ” އެންމެންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާލަމުން އިނާ ސުވާލުކުރިއެވެ. ” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” މީހުންތައް ދުރައްޖައްސާލުމަށްފަހު […]
ހަތަރުވަނަބައި ނިހާޔަތުމެން ދޯނިން ފޭބުމާއެކު މެދުއުމުރުގެ އަންހެނަކު އައިސް އަސްރާ އުރާލިއެވެ. ހަމައެހެންމެ ނިހާޔަތުގެ މޫނަށް ބަލާލަމުން ހާލު ކިހިނެތްތޯ އަހާލި އެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އިތުރުން ގާތްކަމާއި އޯގާތެރި ކަމެވެ. އަސްރާ އުރައިގެންހުރެ ނިހާޔަތާއި ވާހަކަދައްކަމުންދާ އަންހެންމީހާ އަކީ ސިފާންގެ މަންމައާ އެއްބަނޑު އެއްބަފާ މީހެއްކަމާއި ސިފާންގެ ބޮޑުދައިތަ ފާރިސާ ކަމަށް ނިހާޔަތުގާތު ސިފާން ބުންޏެވެ. އަދި ދެމީހުން ދެމީހުންނަށް ތަޢާރަފް ކޮށް ދިނެވެ. ނިހާޔަތުގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ […]
ނިޒްމާގެ ބައްޕަ އަލީ ނިޔާވީ ނިޒްމާގެ އުމުރުން ހަތްވަރަކަށް އަހަރުއެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ނިޒްމާގެ ކޮންމެކަމެއްގައި އެހީތެރިކަމާއި އެއްބާރުލުން ދެމުން ލޯތްބާއި އޯގާތެރިކަމާއެކު ނިޒްމާ ބަލަމުންދިޔަ އަލީ ނިޔާވުން ވެގެން ދިޔައީ ނިޒްމާ އާއި އޭނާގެ މަންމަ ނިސްވާއަށް ލިބުނު އެންމެބޮޑު ހިތާމަ އާއި ހިތްދަތިކަމަށެވެ. ނިޒްމާއަށް ޓަކައި ބައްޕައެއްގެ ލޯތްބާއި އަޅާލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކިގެން ނިސްވާ ދެވަނަ ކައިވެންޏެއް ކުރިއެވެ. އުމުރުން އަށެއްކަ އަހަރުން ފެށިގެން ނިޒްމާގެ ބައްޕައެއްގެ ރޯލާއި ހަވާލުވި […]
ހަތަރުވަނަބައި ” އަހަރެން އަދި ކަލެއަށް އެއްފުރުސަތު ދޭނަން. ތެދުބަހުން ވާހަކަ ދައްކާ. ” ނީސާމް އެހެން ބުނީ މަޑުމައިތިރިކަމާ އެކުގައެވެ. ” ކަލޭ ވެސް ގޮތުގައި ހުރެގެން ވާހަކަ ދައްކާ. ” ނާއިލް ވެސް މަޑުމަޑުން ބުނެލިއެވެ. ” ކަލޭއާއި ވާހަކަދައްކަން ވަކިގޮތަކަށް ހުންނާކަށް ނުޖެހޭ. މީގެކުރިން އަހަރެން ކަލެއާއި ވާހަކަ ދެއްކީ އިޚުތިރާމާއި ޤަދަރު ކޮށްގެން. އެކަމު ކަލެއަކަށް އެވަރެއް ނުވިސްނުނު. އަހަރުމެންނަށް އެނގޭ ކަލޭގެ އަނގައިން ޖަވާބު ހޯދާން. ” ނުރުހުމާ އެކު […]
ތިންވަނަބައި ސިފާންމެން ރަށުގައި ސިފާންމެން ދިރިއުޅުނު ގެ މިހާރު ވެސް ރަނގަޅަށް އެބަހުއްޓެވެ.އެގޭގައި އެއްވެސް ބަޔަކު ދިރިނޫޅޭތާ މިހާރު ހައެއްކައަހަރު ވެފައިވާތީ އެގެ ހުންނާނެގޮތެއް ސިފާނަކަށްވެސް ނޭނގެއެވެ. ސިފާންމެން މާލެއައިފަހުން އެގޭގައި ދިރިއުޅެމުން ދިޔައީ ރަށުންބޭރުން އައިސް ކުއްޔަށް އުޅުނު މީސްމީހުންނެވެ. އެހެނަސް އެފަދަބަޔަކު ވެސް އެގޭގައި ނޫޅޭތާ މިހާރު ހައެއްކައަހަރު ވީއެވެ. ނިހާޔަތާއި ސިފާން ވާހަކަދައްކާ މަޝްވަރާކުރުމަށްފަހު ނިންމީ،އެދެމަފިރިންގެ ދަރިފުޅަށް ދެއަހަރުފުރުމުން ސިފާންމެންގެ ރަށަށް ދިރިއުޅުން ބަދަލުކުރާށެވެ. އޭރަށް ފައިސާކޮޅެއް ޖަމާކޮށް އެފައިސާއިން ގޭތެރޭގެ މަރާމާތުތައް […]
ނިމުން ފޮޓޯތައް ބެލުމާއިގެން މަޝްޣޫލްވެހުރި ސަބީނާއަށް އެންމެބޮޑު ހައިރާންކަމެއް ލިބުނީ އެއިން އެއްވެސް ފޮޓޯއެއްގައި ސާލިސް ނެތުމުންނެވެ. ސަބީނާއަށް ސާލިސް ފޮނުވާފައިވާ ފޮޓޯތަކުގެތެރެއިން ބައެއް ފޮޓޯ މިހާރު ވެސް ސަބީނާގެ ފޯނުގައި އެއްބަހުއްޓެވެ. މައިފެމެލީ ޖަހާފައިވާ އެފޮޓޯތަކުގައި އެވަނީ ނަމްޒާގެ ޢާއިލާ އެންމެންނަމަ، އެއީ ސާލިސްގެ ޢާއިލާއެއް ނޫނެވެ. ނަމްޒާގެ ޢާއިލާ މެންބަރުންގެ ތެރޭގައި އޭނާގެ ބައްޕަ ފިޔަވާ އެހެން އެއްވެސް ފިރިހެނަކު ނެތެވެ. އެހެންކަމުން ސަބީނާގެ ހިތުގައި އެއް ފަހަރާ އެތައް ސުވާލެއް އުފެދި ކޮންމެވެސް […]
ފެށުން ފޭސް ނީމޯ އާ ސަބީނާ ބައްދަލުވީ މިގްތާރޓީތުރީ ދިވެހިންރޫމް ތެރެއިންނެވެ. ނުދަންނަމީހުންނާއި ވާހަކަދައްކާ ރަހުމަތްތެރިކަން ބޭއްވުމަކީ ސަބީނާ މާބޮޑަށް ގަޔާވާ ކަމަކަށް ނުވިނަމަވެސް އޭނާ އެދެމުން ދިޔަވަރުންނާއި ވާހަކަ ދެއްކުމަށް އާދޭސް ކުރަމުން ދިޔަވަރުން ވާހަކަ ދައްކާން ފެށީއެވެ. މިގްތާރޓީތުރީގެ އާދައިގެމަތިން ހާލު އަހުވާލު އަހާލުމުން ރަނގަޅު ކަމަށް ބުނެ އޭނާގެ ހާލު ވެސް ސަބީނާ އަހާލި އެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރު ހިތްހަމަ ޖެހުމަށް ބަދަލުވަމުން ދިޔައެވެ. އޭ އެސް އެލް […]