ނިމުން އަހްމަދު ފޯނުކޮށް އެވާހަކަ ބުނުމާއެކުހެން ދެފަރާތު ޢާއިލާގެ އިސްމީހުންތައް ގެއަށް ޖަމާވާން ފެށިއެވެ. މަރުވެފައިވާ މުދިންބެގެ ހަށިގަނޑު ފެނުނު އެންމެން ވެސް ބުނަމުންދަނީ މުދިންބެގެ މަރަކީ ގުދުރަތީ މަރެއްކަމަށް ގަބޫލު ކުރާން އުނދަގޫ ކަމަށެވެ. އެހެނަސް އެންމެން ވާހަކަ ދައްކާ މަޝްވަރާ ކުރުމަށްފަހު މުދިންބެ ހިނަވާ ކަފުންކޮށް ވަޅުލުމުގެ މަސައްކަތް ފެށިއެވެ. އަންހެންވެރިންނާއި ޒުވާން އަންހެން ކުދިންތައް މަސައްކަތް ކުރަމުން ދިޔައީ އިނާ އާއި ޒޭބީ އަދި ދިޔާނާ ހަމައަކަށް އަޅުވާށެވެ. މުދިންބެގެ މަރުގެ ޚަބަރު […]
ސޯޅަވަނަބައި ވިސާމަކީ ވެސް މުދިންބެ ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. ހަމައެހެންމެ ވިސާމް އުޅެނީ ރަށުންބޭރު ކުއްޖަކާއި އިނދެގެން ކަމާއި އެއަންހެންކުއްޖާ ދިރިއުޅެމުންދަނީ މިރަށުގައިކަން މުދިންބެއަށް އެނގެއެވެ. އަދި އެއަންހެންކުއްޖާއަކީ މިރަށަށް އެންމެފަހުން ދިރިއުޅުން ބަދަލުކުރި އަންހެންކުއްޖާކަން ވެސް މުދިންބެއަށް އެނގެއެވެ. އަސްރުނަމާދު ކޮށްގެން ޤުރުއާން ކިޔަވާން ބައިގަޑިއެއްހާއިރު މިސްކިތުގައި މަޑުކުރުމަށްފަހު މުދިންބެ މިސްކިތުން ފޭބިއިރު މިސްކިތުގައި އެހެން މީހަކު ނެތެވެ. މިސްކިތުން ފައިބާގެން ގޮސް ގަބުރުސްތާނުގައި ފަނަރަވަރަކަށް މިނިޓް ހޭދަކުރުމަށްފަހު މުދިންބެ އެތަނުން ނުކުތެވެ. އަދި […]
އަލިދީއާއި އައިމިނަގެ ޢާއިލާއަކީއެމީހުނަށް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުން، މުއްސަނދިކަމުގައި މުޅިރަށަށް ވެސް އެންމެ މައްސޫރު އެއްޢާއިލާއެވެ. އެދެމަފިރިންގެ ކައިވެންޏަށް އަށެއްކަ އަހަރު ވެފައިވާއިރު ފަސްވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވެއެވެ. އެކުއްޖާގެ ނަމަކީ ލީސާއެވެ. އަލިދީއާއި އައިމިނަ އަކީ ގެއިން ބޭރުގައި ވަޒީފާ އަދާކުރަމުންދާ ބަޔަކަށް ވާތީ ލީސާއާއެކުގައި ވަގުތު ހޭދަ ކުރާން އެދެމަފިރިންނަށް އެކަށީގެންވާވަރަށް ވަގުތެއް ނުލިބެއެވެ. އެހެންކަމުން ލީސާ ބެލެހެއްޓުމުގައި ދޭންވާ ސަމާލުކަން ވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުންނެވެ. ހަމައެހެންމެ ލީސާ ބޮޑުވަމުންދިޔައީ […]
ފަނަރަވަނަބައި ކޮށި ހުޅުވާލުމަށްފަހު ހިނިތުން ވެލަމުން ނީނާ އެތެރެއަށް ވަނެވެ. އެއާއެކުހެން ދޫނި ތަކުގެ ހަރަކާތް އަވަސްވެ އަޑު ބާރު ވިއެވެ. ނީނާ މަސައްކަތް ކުރަމުން ދިޔައީ އެތަނުން ދޫންޏެއް ހިފާން ނަމަވެސް އެކަމުގައި އޭނާ އަކަށް ކާމިޔާބެއް ކުރި އެރުމެއް ނުލިބުނެވެ. އެހެންވެ އޭނާ ހިތްހަމަ ނުޖެހުނުކަން އޭނާގެ މޫނުމަތިން ފާޅުވި ކުލަވަރުން އެނގުނެވެ. މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ އާންމުން އެއްވެ އުޅޭ މައިދާނަކުން ވިޔަސް […]
ނިމުން ސަލްމީނާ އާއި އަދުލީ ކައިނިމުމުން އަދުލީ ފައިސާ ދެއްކިއެވެ. އަދި އެތަނުން ނުކުމެގެން ވޯޑާއިދިމާއަށް ދިޔަ މަގުމަތީގައި ދެމީހުން ވާހަކަދައްކަމުންދިޔަ ދިޔުމުގައި އެކަކަށް އަނެކަކުގެ ފޯނުނަންބަރުވެސް ދިނެވެ. ސަލްމީނާ ގޮސް ފާހާނާބަޔަށް ވަނުމުން އަދުލީ ދިޔައީ ވޯޑަށެވެ. އަދި ސަލްމީނާގެ ނަންބަރު ސޭވްކޮށްލިއެވެ. ނާއިފްގާތު އިށީނދެލައިގެންއިން އަދުލީ ސިއްސައިގެންދިޔައީ ފޯނު ރިންގްވެލިއަޑަށެވެ. މިހާ ދަންގަޑިއެއްގައި ފޯނުކުރަނީ ކާކުބާއޭހިތާހުރެގެން އަދުލީ އަވަސް އަވަހަށް ފޯނުނަގާ ބަލާލިއިރު މެސެޖެއްއައީއެވެ. މެސެޖްކިޔާލިއިރު އޭގައިވަނީ އޭނާ އަދުލީއާމެދުގައި ޝަޢުޤުވެރިވާ ވާހަކައާއި އެކުގައި […]
ފެށުން މާއިދު ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބައްޕަ ބަލިވެގެން ޑޮކްޓަރަށް ދައްކާށެވެ. މާއިދުގެ ބައްޕަ ނާއިފްގެ ހަށިގަނޑުބަލައި ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރ ބުނީ ނާއިފް އެނދުމަތިކުރާންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން މާއިދު ވަރަށްބޮޑަށް ނުތަނަވަސްވިއެވެ. ނާއިފް ގޮވައިގެން މާލެއައީ މާއިދު އެކަނިކަމަށްވާތީ ނާއިފު އެނދުމަތި ކޮށްފިނަމަ ހުރިހާކަމެއް ކުރާންޖެހޭނީ އޭނާ އެކަންޏެވެ. ހަމައެހެންމެ އޭނާ އެކަނިމާއެކަނި ހުރިހާކަމެއް ކުރާންޖެހިއްޖެނަމަ އެހާމެ އުނދަގޫވާނެއެވެ. ކޮންމެގޮތަކަށް ކަންތައްހުރި ނަމަވެސް ނާއިފް އެނދުމަތިނުކޮށްވެސް ވާކަށްނެތެވެ. އެނދުމަތިކޮށް ރަނގަޅު ފަރުވާއެއްދީގެންނޫނީ ނާއިފަކަށް އަވަސްސިފާއެއް […]
ސާދަވަނަބައި ހޭއެރުމާއެކުހެން އަންޖާމު ފެށީ ރޯށެވެ. އެހެނަސް މަރީނާ އާއި އަބްދުލް ހާދީމެންގެ ހެޔޮނަސޭހަތާއި ވިސްނައިދެމުންދިޔަ ވިސްނައި ދިނުން ތަކުގެ ސަބަބުން އަންޖާމު ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ޒުބޭދާގެ މަރުގެ ޚަބަރު ލިބުމާއެކުހެން ޒުބޭދާގެ ޢާއިލާމެންބަރުންނާއި އަންޖާމުގެ ޢާއިލާމެންބަރުން ލޯންޗެއްގައި އެރަށަށް އައިސް ފިއެވެ. އޭރު އެއެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތާމައާ ހިތްދަތިކަމުގެ އަސަރުތަކެވެ. ކަރުނައިގެ ސަބަބުން ލޯތައް ވަނީ ފެންކަޅި ވެފައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނެތި ނެގިމަޑުވެފައި ތިބި […]
ނިމުން އަލްމާސް އެދުނު އެދުމުގެމަތިން އޭނާއާއެކުގައި ނޫރައްދީނާއި އަގުލީމާ ވެސް އަލްމާސްމެން ކުންފުނީގެ އޮފީހަށްދިޔައެވެ. އަލްމާސްގެ ފަހަތުން ކަހަލަގޮތަކަށް އޮފީހަށް ވަދެގެންއައި، އަގުލީމާ ފެނުމުން އެތަނުގައިތިބި ބައެއްމީހުންނަށް ސިހުން އައެވެ. އެހެނަސް އެކަމަކަށް އަލްމާސް ސަމާލުކަމެއް ނުދެއެވެ. އަލްމާސްގޮސް މޭޒުކައިރީއިށީންނަމުންއަގުލީމާއާ ނޫރައްދީނު އިށީނުމަށްބުންޏެވެ.އަލްމާސް އިށީންދެއިން މޭޒުކައިރިން ގޮނޑިއެއްގައި ނޫރައްދީނު އިށީންނަމަވެސް އަގުލީމާ ހުރީ ކޮޅަށެވެ. ވަރަށް ޝައުޤުވެރިކަމާއެކު އެތަނުގައިތިބި މީހުންގެ މޫނަށް ވަކިވަކިން އަގުލީމާ ބަލަމުންދިޔައެވެ. ހަމައެހެންމެ އޭނާގެ އަތުގައިއޮތް ފޯނަށް ވެސް ބަލަމުންދިޔައެވެ. މީގެ އެތައްއަހަރެއް […]