ފުރަތަމަބައި ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނަމްޒާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އިވެމުންދިޔަ އަޑުތަކާމެދު ސަމާލުވެލުމާއެކުހެން ނަމްޒާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔަކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހަދާނެ ނުހަދާނެގޮތެއް ނުވިސްނުމުން އެންމެ ފުރަތަމަ ދުއްވައިގަނެވުނީ ފާހާނާބައިގެ ދޮރާއިދިމާއަށެވެ. ކަންތައް މި ކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަން ވިސްނުނީ ދޮރުހުޅުވާލިފަހުންނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލުމަށްފަހު އަނގައިން ޗޮކެއް ކަނޑާލަމުން ދުވެފައި ގޮސް ކޮޓަރިން ނުކުތްއިރު މަންމަ އާއި […]
ފުލުހުންގެ މަސައްކަތްތަކަށް ނުވަތަ ފުލުހުންނަށް ތަޢުރީފުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ހަމައެހެންމެ އެބޭކަލުންގެ މަސައްކަތަށް ތާއިދެއްވެސް ނުކުރަމެވެ. އަދި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. އެހެނަސް އަހަރެމެން އަތުލައިގަތުމަށް ރޫބީ ކުރިމަސައްކަތް މޮޅުކަން ގަބޫލުކޮށް އެކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރެވުނެވެ. ފުލުހުންގެ ބެލުމުގެދަށުން ތަމްރީނު ލިބިގެން މޮޅު ރޭވުންތަކަކާއި އެކު އައިސް އަހަރެމެންނާއި ކުރިމަތިލީ ރޫބީ އަކީ އެކަމަށް އެންމެ އެކަށީގެންވާ ޒުވާނާކަމުގައި އަހަރެން ގަބޫލުކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަމަކީ އޭނާގެ ވިސްނުންތެރި ކަމާއި ރޭވުންތެރިކަމެވެ. އޭނާގެސިކުނޑި މަސައްކަތް ކުރާލެއް […]
ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަށް އަހަރެއްހާ ދުވަސް ވެފައިވާ އިރު ދެ ޒުވާނުންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ވާނީ ވެސް އެހެންތާއެވެ. ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަކީ ދެޢާއިލާގެ ރުހުމާއި ފުރިހަމަ ތާއިދާއެކުގައި ކުރިޔަށްދާ ގުޅުމެކެވެ. ޒިހުނަތާއި ހުޒާމު އެދެޒުވާނުންގެ ލޯބީގެބައްދަލުވުންތައް ބާއްވަމުންދަނީ ޒިހުނަތުމެންގޭގައެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ލޯބީގެ އަހުދުތަކާއި ވައުދުތައްވެ މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލުކުރުމުގައި ދެގަޑިއެއްހާއިރު، ޒިހުނަތުމެންގޭ ޖޯލިފަތީގައި ތިބެއެވެ. ދުވަސްތައް މާޒީ އާއި އެކުވަމުން އައިސް އެއްރެއެއްގެ ނުވައެއް […]