Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ހިނދުކޮޅު

mohamed neer Level 210 Stories100 Stories
July 16, 2013 3 Mins Read
5 Comments

ނިމުން

ފޮޓޯތައް ބެލުމާއިގެން މަޝްޣޫލްވެހުރި ސަބީނާއަށް އެންމެބޮޑު ހައިރާންކަމެއް ލިބުނީ އެއިން އެއްވެސް ފޮޓޯއެއްގައި
ސާލިސް ނެތުމުންނެވެ. ސަބީނާއަށް ސާލިސް ފޮނުވާފައިވާ ފޮޓޯތަކުގެތެރެއިން ބައެއް ފޮޓޯ މިހާރު ވެސް ސަބީނާގެ ފޯނުގައި އެއްބަހުއްޓެވެ.
މައިފެމެލީ ޖަހާފައިވާ އެފޮޓޯތަކުގައި އެވަނީ ނަމްޒާގެ ޢާއިލާ އެންމެންނަމަ، އެއީ ސާލިސްގެ ޢާއިލާއެއް ނޫނެވެ. ނަމްޒާގެ
ޢާއިލާ މެންބަރުންގެ ތެރޭގައި އޭނާގެ ބައްޕަ ފިޔަވާ އެހެން އެއްވެސް ފިރިހެނަކު ނެތެވެ. އެހެންކަމުން ސަބީނާގެ ހިތުގައި އެއް ފަހަރާ އެތައް ސުވާލެއް އުފެދި ކޮންމެވެސް ވަރަކަށް ހައިރާންވާގޮތް ވިއެވެ.
ކޮޓަރިން ނުކުމެގެން ދިޔަތާ ފަނަރަވަރަކަށް މިނިޓްފަހުން ނަމްޒާ އައިސް ކޮޓަރިއަށް ވަތްއިރު އޭނާގެ ކިބައިން ފެންނަމުން
ދަނީ ކަންބޮޑުވުމާއި ހާސްކަމުގެ އަސަރުތަކެވެ. ނުތަނަވަސްކަމުގެ ކުލަވަރެވެ. ނަމްޒާގެ ކިބައިން ފާޅުވަމުންދިޔަ ސުޢޫރުތަކުގެ ސަބަބުން ސަބީނާ ވެސް ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތް ވެއްޖެއެވެ.
” ކިހިނެތްވީ؟ ” އަވަސް އަވަހަށް ސަބީނާއަށް އަހާލެވުނެވެ.
” ފަހަރި މާބޮޑަށް ބަލިވެގެން ދޮންބެ ދިޔައިރު ސާލިސް ގޮވައިގެން ހިނގައްޖެ. ސާލިސް ބުނީ އޭނާ އަންނާނަމޭ އެގާރަ
ޖަހާކަން ހާއިރު. އޭރަށް ސަބީނާ މަޑުކޮށްލާށެ. ” ސަބީނާއަށް ބަލާލަމުން ނަމްޒާ ވާހަކަ ދެއްކިއެވެ.
” އެހެންތަ؟ އޭރުން ދެން މަޑުކޮށްލާނީ ދޯ؟ ” ހަމަޖެހިލަމުން ސަބީނާ ވާހަކަ ދެއްކިއެވެ. އޭނާ އައިސް އެއުޅެނީ ސާލިސް
އާ ބައްދަލުކުރާން ކަމަށްވާތީ ސާލިސްއާ ބައްދަލު ކޮށްފައި ނޫނީ ގެއަށް ދާކަށް ސަބީނާ ބޭނުމެއް ނޫނެވެ.
” ހާދަ ރަނގަޅޭ. ” ސަބީނާގެ ކޮލުގައި ފިރުމާލަމުން ނަމްޒާ ބުނެލިއެވެ. ނަމްޒާގެ ކޮންމެ ހަރަކާތަކުން ސަބީނާއަށް ފެންނަ
މުން ދަނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.
ސަބީނާގާތު ކޮޓަރީގަ މަޑުކުރާން ބުނެފައި ނަމްޒާ ގޮސް ވަނީ ފާޚާނާބަޔަށެވެ.
މިގްތާރޓީތުރީން އޮންލައިން ވެލައިގެން ޗެޓްކުރުމާއިގެ މަޝްޣޫލްވެއިން ސަބީނާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކޮޓަރީ
ގެ ދޮރު ހުޅުވާލުމުންނެވެ. އެއާއެކުހެން މެދުއުމުރުގެ އަންހެނަކު ކޮޓަރީތެރެއަށް ބަލާލާސަބީނާއަށް ހިނިތުންވެލަމުން ސާސާ ކޮބައިތޯ ސުވާލު ކުރިއެވެ.
ސާސާއަކީ ސަބީނާ ދަންނަ މީހަކަށް ނުވާތީ ސަބީނާ ބުނީ އޭނާއަށް ނޭނގޭ ކަމަށެވެ. އެކަމުގެ ސަބަބުން އެއަންހެންމީހާ
ހައިރާންވި ނަމަވެސް ފަޚާނާބަޔާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. އޭނާ ހޯދަން ބޭނުންވާ މީހާ ފާޚާނާބައިގަ އުޅޭކަން އޭނާއަށް ޔަގީންވީ ކަންނޭނގެއެވެ.
އެއަންމީހާގެ ސުވާލާއި އޭނާގެ އެޢަމަލުގެ ސަބަބުން ސަބީނާ ކޮންމެވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދޭގޮތް ވިއެވެ.
އެބުނާ ސާސާއަކީ ވެސް ސާލިސްގެ ޢާއިލާގެ މެންބަރެއްކަމާއި އޭނާ ވެސް ދިރި އުޅެނީ މިކޮޓަރީގަ ކަމުގައި ސަބީނާ އަމިއްލައަށް ނިންމިއެވެ. އެނިންމުމުގެ ސަބަބުން ސަބީނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
ނަމްޒާގެ ފޯނަށް މެސެޖެއް އައި އަޑުއިވުމުން ނަމްޒާއަށް ގޮވާފައި ސަބީނާ އެވާހަކަ ބުންޏެވެ.
” އެއީ ކާކު ފޮނުވި މެސެޖެއްތޯ އާ ކީކޭ ތޯ އޮތީ ބަލާލަ ދީބަލަ. ” ސަބީނާގެ ވާހަކައަށް އިޝާރާތްކޮށް ނަމްޒާ އެހެން
ބުނެލީ ސަބީނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންކަން ޔަގީނެވެ.
ނަމްޒާ ބުނި ފަދައިން އެމެސެޖް ކިޔާލުމަށްޓަކައި ފޯނު ކައިރިއަށް ދިޔަ ވަގުތު ނަމްޒާގެ ނަޒަރު އަމާޒުވީ މޭޒުމަތީގައޮތް
ޕާސްޕޯޓަށެވެ. އެއާއެކުހެން ޕާސްޕޯރޓް ބަލާލުމަށް ޝައުޤުވެރި ވެވުނެވެ. އެހެންކަމުން އަވަސް އަވަހަށް ޕާސްޕޯރޓް ނަގާ ހުޅުވާލަމުން އެތެރަށް ނަޒަރު ހިންގާލިއެވެ.
ޕާސްޕޯރޓްގައިވާ ނަމާއި ފޮޓޯ ފެނުމުން ސަބީނާގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. ފާސްޕޯރޓުން ފެނުނު
ފޮޓޯގައިވާ އަންހެން ކުއްޖާއަކީ ނަމްޒާގެނަމުގައި އޭނާއާ ވާހަކަދައްކަމުންދާ އަދި އެއަންހެންމީހާ ހޯދަން އައި ސާސާ އެވެ. ސާސާ ވަނީ ސަބީނާއަށް އޭނާގެ ނަން އޮޅުވާލާ މަކަރު ހަދާފައެވެ. އެއާއެކުހެން ސަބީނާގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ.
” ސަބީނާ! މެސެޖްގަ އޮތީ ކީކޭތަ؟ ” ސަބީނާއަށް ގޮވާލަމުން ނަމްޒާ އެހިއެވެ.
ސަބީނާ އަވަސް އަވަހަށް ފޯނު ހުޅުވާލަމުން މެސެޖް ކިޔާލިއެވެ.
” މާހީ ބުނީ މާދަމާރެއަށް އޭނާ ރެޑީ އޭ. ” ފާޚާނާބައިގެ ދޮރުކައިރިއަށް ޖެހެލަމުން ނަމްޒާއަށް އަޑުއިވޭ ވަރަށް ސަބީނާ
ބުންޏެވެ.
ސަބީނާއަށް އޭނާގެ ނަސީބާމެދު ހިނިތުން ވެލެވުނީ ސާސާގެ ފޯނަކީ ވެސް އޭނާ ގެންގުޅޭކަހަލަ ފޯނަކަށް ވީމައެވެ. ހިތަށް
ވެރިވި ޝުޢޫރުތަކުގެ ސަބަބުން ސަބީނާ ބޭނުންވީ އެފޯނު ޗެކުކޮށްލާށެވެ. އެހެންކަމުން އަވަސް އަވަހަށް އެޕްލިކޭޝަން ތެރޭން ވަދެގެން މިގްތާރޓީތުރީ ލޮގިންނާއި ހަމައަށް ދިޔައިރު ސަބީނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ފަށައިފިއެވެ.
” ފޭސްނީމޯ ” ލޮގިންގައިވާ ނަން ފެނުމާއެކު ސަބީނާއަށް ކިޔާ ލެވުނެވެ.
ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ސަބީނާ ސިއްސައިގެން ދިޔައީ ފާޚާނާބައިގެ ދޮރު ތަންޑު ނައްޓާލި އަޑަށެވެ. އެއާ
އެކު ސަބީނާ އަވަސް އަވަހަށް މޭޒުމަތީގަ ފޯނު ބައްވަމުން މޭޒާއި ދުރަށް ޖެހެލިއެވެ.
ދޮރު ހުޅުވާލާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ސަބީނާގާތު ސާސާ އެދުނީ ކޮޓަރީ ތަޅުލުމަށެވެ. އެކަމުގެ ސަބަބުން
ސަބީނާ ވަރަށް ހައިރާންވި ނަމަވެސް މަޑުމަޑުން ގޮސް ދޮރު ތަޅުލާކަމަށް ދައްކާލިއެވެ. އެހެންކަމުން ތަޅުނުލާކަމެއް ސާސާއަކަށް ނޭނގެއެވެ.
ފާޚާނާބައިގެ ދޮރުހުޅުވާލަމުން ކޮޓަރިއަށް ވަތް ސާސާ ފެނުމާއެކުހެން ސަބީނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ނިދާ
ހެދުމެއްގައި ސާސާ ހުރިއިރު އެހެދުން ތައްޔާރުކޮށްފައިވާ ފޮތީގެ ސަބަބުން އެހެދުމުގެތެރޭން ސާސާގެ ހަށިގަނޑު ހާމަވެ ފެންނާން ހުއްޓެވެ. އެހެންކަމުން އޭނާ އެހުރީ ހަމައެކަނި އެހެދުން ލައިގެން ކަން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.
ސަބީނާއާ ދިމާއަށް ހިނިތުންވެލަމުން އެދިމާއަށް ސާސާ އައިއިރު އޭނާގެ ކިބައިން ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ
އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
” ކިހިނެތްވީ؟ …… ހާދަ ހައިރާންވެފައި ހުރިހެން ހީވެޔޭ ….. ޔޫ ވެސް ލައިކެއްނު. ” ސަބީނާއާ ގާތަށް ޖެހިލަމުން
ސާސާ ދެއްކި ވާހަކައިގެ ސަބަބުން ސަބީނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ސަބީނާގެ ފަރާތުން ހައިރާންކަން ފާޅުވަމުން ދިޔަ ނަމަވެސް ސާސާ ހުރީ ވަރަށް ހަމަޖެހިފައެވެ.
ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް ނޭނގިފައިހުރި ސަބީނާ ސިއްސައިގެން ދިޔައީ ސާސާ އައިސް އޭނާގެ ފުރަގަހުން
ބައްދާލުމުންނެވެ.
އައިލަވްޔޫ އޭ ބުނަމުން ސަބީނާގެ ކަރުގައި ސާސާ ކިސްކޮށްލުމާއެކު ސަބީނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވެގެން ދިޔަ
އެވެ. އަދި އަވަސް އަވަހަށް ސާސާއާ ދުރަށް ޖެހިލަމުން އޭނާއާ ދުރަށް ކޮށްޕާލިއެވެ. އެއާއެކު ސާސާގެ މޫނުމަތިން ފާޅުވެގެން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ.
ސަބީނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ރުޅިވެރިކަން އެއީ އަސްލުކަމެއް ސާސާ އަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެން
ކަމުން ސާސާ މަސައްކަތްކުރީ އަނެއްކާ ވެސް ސަބީނާއާ ގާތް ވާށެވެ.
ސަބީނާއަށް ބަލަހައްޓައިގެން ހުރެ ސާސާ ދެއްކަމުންދިޔަ ވާހަކަތަކުގެ ސަބަބުން ސަބީނާއަށް ހުރިހާ އެއްޗެއް ވިސްނުނެވެ.
ސާލިސްގެ ނަމުގައި އޭނާއާ ޗެޓްކޮށް، ސާލިސްގެ ދައްތައަށްވެގެން ނަމްޒާގެ ނަމުގައި މަސައްކަތް ކުރަމުންދިޔަ ސާސާ މަސައްކަތް ކުރަމުން ދިޔައީ ސަބީނާގެ ފަރާތުން ޖިންސީއުފަލެއް ލިބޭތޯކަން ސަބީނާއަށް އެނގުނު ހިނދު ސަބީނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ރުޅިވެރިކަން އިންތިހާ ދަރަޖައަށް އިތުރުވެގެން ދިޔައެވެ. އަނދައަނދާ ހުރި އަލިފާނަށް ތެޔޮއަޅާލި ކަހަލައެވެ.
އައިސްފައި ހުރި ރުޅީގައި ސާސާއާ ދިމާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ސަބީނާ އަކަށް ނޭނގެއެވެ.
ހިތަށް އައިހާ އެއްޗެއް ސާސާއާ ދިމާއަށް ކިޔާލުމަށްފަހު ރުޅިވެރިކަމާއެކު ސަބީނާ އެތަނުން ނުކުމެގެން ދިޔައިރު ސާސާ
ހުރީ ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުންނެވެ. އޭރު އޭނާގެ ކިބައިން ފެންނަމުންދަނީ ހިތާމަ އާ ހިތްދަތި ކަމުގެ އަސަރުތަކެވެ. މާޔޫސްކަމުގެ ކުލަވަރެވެ.
ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ހިނދުކޮޅު

Next

ފަހު ނޭވާ

Next
July 17, 2013

ފަހު ނޭވާ

Previews
July 16, 2013

ހިނދުކޮޅު

5 Comments!

  1. މުޙައްމަދުފުޅޫ says:
    July 16, 2013 at 10:00 am

    ވާހަކަ ވަރަށް ސަލި

  2. ސަންޕަ says:
    July 16, 2013 at 10:03 am

    ވާހަކަ ހަމަ ހަބޭސް

  3. Milli Adam says:
    July 17, 2013 at 12:11 am

    ވަރަށް ނުކިއްސަރު ވާހަކައެއް.

  4. ރ says:
    September 17, 2013 at 11:26 pm

    ނީރު ލިޔާ ވަހަކަ ތައް އެހާ ރީއްޗއެއް ނޫން

  5. keemey says:
    April 16, 2015 at 5:55 pm

    vaahaka akaai vaahakai ge name akaai nugulhey

Comments are closed.



All Right Reserved!