” ތި ބުނީ ރަނގަޅު ވާހަކައެއް. އެކަމަކު ވެސް … ޖެހިލުންވަނީ. ނީސާމްގެ އެ ދޮގުބަޔާންތަކަށް ބަލައިގެން އިސްގާޒީ މައްސަލަ ނިންމައިފިނަމަ ކިހިނެތް ހަދާނީ ؟ ” ނާއިލް ވާހަކަދެއްކީ މާޔޫސްކަމާ އެކުގައެވެ. އެކަން އޭނާގެ އަޑުންނާއި ހަރަކާތުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ. ” ކަލޭ މަރާލާނީ. ” މަޑުމަޑުން އިނާ ބުނެލިއެވެ. ” އޭރުން …. ” ކިރިޔާ އިނާއަށް އަޑުއިވޭވަރަށް ނާއިލް ބުނެލެވުނެވެ. ނާއިލަށް ވިސްނައިދީ އޭނާ ހަމައަކަށް އެޅުވޭތޯ އިނާ މަސައްކަތް […]
( ފަސްވަނަބައި ) މާހާއި މެދުގައި އެހާ ބޭއިންސާފުން ކަންތައް ކޮށްފައިވާ ސެނާ މާހުދެކެ ލޯބިވުމުގެ ސިއްރަކީ ކޮބައިބާއޭ ހިތަށް އަރާނެ މީހުން ނުހަނު ގިނަވާނެކަން ޔަގީނެވެ. މާހަށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދު ވަރަށްގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ސެނާ އެވާހަކަދެއްކީ އޭނާގެ އެކުވެރި ސުމްނާ ގާތުގައެވެ. ސުމްނާ އަކީ ސެނާގެ މަދުރަސީ ދައުރުން ފެށިގެން އޭނާއާ އެކުގައި އުޅެމުންއަންނަ އޭނާގެ އެންމެ ގާތް އެންމެ އެކުވެރި ރަހުމަތްތެރިޔާ އެވެ. ސެނާ އެދުނުއެދުމަށް ސެނާ މެންގެއަށް ސުމްނާ ދިޔައީ […]
( ހަތަރުވަނަބައި ) ސާމުގެ ރޭވުމަށް މާހާއި މެދުގައި ކަންތައްކުރެވުނު ގޮތާމެދުގައި ވެސް ސެނާއަށް ވިސްނާލެވުނީ މިހާރުއެވެ. އެކަމަކު މިހާރުވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ ސަބަބުން މާހުގެ ތަޢުލީމީހަޔާތް ވިއްސިވިހާލިވީ އެވެ. މާހުގެ އިތުރުން އައިސަ އާއި ކާސިންފުޅުގެ އުންމީދުތައް އޮޔާލީއެވެ. މާހަށް ކުރެވުނު ކުށައް މާހާއި އައިސަ މަޢާފަށް އެދުނެވެ. އަދި މާހުގެފަރާތުން އެފަދަކަމެއް ދެވަނަފަހަރަށް ނުފެންނާނެކަމަށްވެސް ބުންޏެވެ. އެއީ މަޢާފްނުކުރެވޭވަރުގެ ކުށެއްވެސްނޫނެވެ. އެހެނަސް ސެނާ އޭރުހުރީ ސާމުގެ ބާރުގެ ދަށުގައެވެ. ސެނާ ކަންތައްކުރީ ސާމު ބޭނުންވިގޮތަށެވެ. […]
( ތިންވަނަ ބައި ) ސެނާގެ ބާރު ރުއިމާއި އޭނާ ސަލާމަތް ކުރުމަށް އެދި އާދޭސް ކުރަމުންދިޔަ ގޮވުމުގެއަޑަށް ދަރިވަރުންނާއި ޓީޗަރުންތައް އެތަނަށް ޖަމާވާންފެށިއެވެ. ހަދާނެގޮތްހުސްވެ ބުނާނެއެއްޗެއް ނޭނގިފައި މާހުހުރިއިރު ސެނާ މޫނުގައި އަތްއަޅައިގެންހުރެ ބާރަށް ރޮނީއެވެ. ” ނީމާ! ސެނާ ގެންގޮސް ގެއަށްލާ … މާހު ! މަދަރުސާއިން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރޭ. ” ހިތްހަމަ ނުޖެހުމާއެކު މާހަށް ބަލާން ހުރެ ހެޑްމާސްޓަރ ސާއިދު ވާހަކަދެއްކިއެވެ. ވާނުވާނޭނގޭ ޓީޗަރުންނާއި ދަރިވަރުންތައް މަޑުމަޑުން އެކިދިމާއަށް […]
ކަންތައް ވަމުންދާ ގޮތުގެ ސަބަބުން ނިހާޔަތުގެ ސިކުނޑި ސުމަކަށް ދާ ވާރު ވެއްޖެއެވެ. އެހެންކަމުން އަވަސް އަވަހަށް ލައިލާމެން ގެއަށް ގޮސް ލައިލާގާތު އެވާހަކަތައް ދައްކާ އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދުނެވެ. ލައިލާގާތަށް އައިސް ނިހާޔަތު ދައްކަމުންދާ ވާހަކަތަކަކީ އަޖުމަލް އަޑުއަހާން ބޭނުންވާ ވާހަކަތަކަކަށް ނުވިއެވެ. އެހެންވެ އޭނާގެ ކިބައިން ފެނިގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ” ކަލެއަކީ ސުންޕާ މީހެއް ….. ކަލޭ މިގެއިން ނުކުމޭ ……. ދެން ދުވަހަކު ވެސް މިގެއަށް […]
( ދެވަނަބައި ) ” ސެނާ! އަހަރެންނަށް ފުރުސަތެއްދީ… އަހަރެން ސެނާ ދެކެ ވަރަށް ލޯބިވޭ…. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ތިއީ. އަހަރެންނަށް ތިހާ ނަފްރަތު ނުކޮށްބަލަ. ” ސެނާއާ ދިމާއަށް ބަލާންހުރެ އާދޭސްކުރާ ފަދައަކުން މާހު ވާހަކަ ދެއްކި އެވެ. ” އަތުންދޫކޮށްލާ .. މިހާރު ކިތައް ފަހަރު ބެނެފިން މާހު ތިއީ އަހަރުމެން ފެންވަރެއްނޫނޭ … އަހަރެން މި އިންތިޒާރުކުރަނީ އަހަރެންފަދަ މީހަކަށް … ތިކަހަލަފަގީރަކު އައިސް އަހަރެމެންގެ މުއްސަނދިކަމުގެ ތެރެއަށް ފުންމާލައިގެން […]
ދެބަދުނާމް ފެށުން ނާހިދާއި މާހު ވާހަކަދައްކަން ތިބީ ރަށުގެ އުތުރުފަރާތު އަތިރި މަތީ ސަރަހައްދުގައިވާ ގަހެއްދަށު ހަދާފައިވާ ޖޯލިފައްޗެއްގަ އެވެ. ވަގުތަކީ މެންދުރުގެ އެންމެ އަވިބާރު ވަގުތު ނަމަވެސް އެހިސާބުގައިވާ ގަސްތަކުން ޖޯލިފައްޗަށް ހިޔާއެޅިފައި ވާތީއާއި ޖެހެމުންދާ ހިތްގައިމުވައިގެ ސަބަބުން ހޫނުކަމުގެ އެއްވެސް އަސަރެއް ނާހިދާއި މާހަށް ނުކުރާ ކަހަލައެވެ. ” އަހަރެންނަށް ސެނާ ނުލިބުނީ ކީއްވެ ؟ އަހަރެންވެސް ސެނާ ދެކެ ލޯބިވިން. އަހަރެންނަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ މީހަކު ނުހުންނާނެ. ދެން ކީއްވެ […]
” އޭނާގެ ބަޔާނުގައި އަންހެންކުއްޖެއްގެ ވާހަކަ ވެސް ހިމެނޭ. އެއަންހެން ކުއްޖާއަށް ކިޔަނީ ސާލިނީ. އޭނާ ފަހަރެއްގަ އެއަންހެންކުއްޖާ ކޯޓަށް ވެސް ގެނެސްދާނެ. ” އޭނާއަށް ލިބިފައިވާ މަޢުލޫމާތުތައް އަތީލް އިނާއަށް ކިޔައިދެމުން ދިޔައެވެ. ” އަންހެން ކުއްޖެއް ؟ ” އަތީލަށް ބަލާލަމުން އިނާއަށް އަހާލެވުނެވެ. ” އާން. ވާހަކައެއް ފެށިއްޖެނަމަ ކިތަންމެ ދުރަކަށް ވެސް ހިނގައިދާނެ. އެ އަންހެންކުއްޖާ އަކީ އިއްޒަތްތެރި ޤަދަރުވެރި ތަނަވަސް ޢާއިލާއެއްގެ އަންހެންކުއްޖެއް. އޭނާއާ ނާއިލްގެ މެދުގައި ކޮންމެވެސް ގުޅުމެއް […]
ސަނީޒާއަކީ ހިމަތޮޅިކުލައަލި ހަށިގަނޑެއްލިބިފައިވާ ރީތި ޒުވާނެކެވެ. އޭނާގެ ކިބާގައިލޫޅާފަތިކަން ހުރިއިރު އިސްތަށިގަނޑު ފަންވެފައި ދިގެވެ. ހިތިފަތު ބުމަ އަކާއި ޖަންބުކުލައިގެ ކޯތާފަތެއްވެސް އޭނާއަށް ލިބިފައި ވެއެވެ. ސަނީޒާއަށް ލިބިފައިވާ ރީތިކަމާއި ފުރިހަމަކަމުގެ ސަބަބުން އޭނާގެ ލޯތްބަށްއެދި އާދޭސްކުރާ ޒުވާނުންވެސް މަދެއްނޫނެވެ. ސަނީޒާގެ ފަހަތުންމުގޯލިއަޅަމުންދާ ޒުވާނުންގެ އަދަދު ގިނަކަމާއިއެކު އެހެންކަމެއްވެސް ފާހަގަ ކުރެވެމުން ދިޔައެވެ. އެއީ ސަނީޒާގެ ހަޔާތަށްއަންނަ އެއްވެސްމީހަކުއޭނާއާއެކުގައި މާގިނަދުވަސް ހޭދަނުކުރާކަމެވެ. އެކަމުގެ ސިއްރުހޯދާކަށް މާގިނަމަސައްކަތެއް ކުރާކަށްވެސް ނުޖެހެއެވެ. އެއީ ރަށުގެ ގިނަބަޔަކުދަންނަ ބޮޑު ސިއްރެކެވެ. ސަނީޒާގެ […]