Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ހިނދުކޮޅު

mohamed neer Level 210 Stories100 Stories
July 16, 2013 3 Mins Read
2 Comments

ފެށުން

ފޭސް ނީމޯ އާ ސަބީނާ ބައްދަލުވީ މިގްތާރޓީތުރީ ދިވެހިންރޫމް ތެރެއިންނެވެ.
ނުދަންނަމީހުންނާއި ވާހަކަދައްކާ ރަހުމަތްތެރިކަން ބޭއްވުމަކީ ސަބީނާ މާބޮޑަށް ގަޔާވާ ކަމަކަށް ނުވިނަމަވެސް އޭނާ
އެދެމުން ދިޔަވަރުންނާއި ވާހަކަ ދެއްކުމަށް އާދޭސް ކުރަމުން ދިޔަވަރުން ވާހަކަ ދައްކާން ފެށީއެވެ.
މިގްތާރޓީތުރީގެ އާދައިގެމަތިން ހާލު އަހުވާލު އަހާލުމުން ރަނގަޅު ކަމަށް ބުނެ އޭނާގެ ހާލު ވެސް ސަބީނާ އަހާލި
އެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރު ހިތްހަމަ ޖެހުމަށް ބަދަލުވަމުން ދިޔައެވެ.
އޭ އެސް އެލް ޕްލީސް ޖަހާލުމުން އުމުރާއި ޖިންސް އަދި ރަށުގެ ނަން ސަބީނާ ބުނީ ދޮގު ނުހެދުމަށް ޓަކައެވެ.
އަދި އޭނާއާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި ސުވާލުކޮށްލިއެވެ.
ސަބީނާ އެކޭ އެއްފަދައިން ފޭސްނީމޯ ވެސް އޭނާއާ ބެހޭ މަޢުލޫމާތު ސަބީނާއަށް ފޯރުކޮށް ދިނެވެ.
އުމުރުގެ ގޮތުން މާބޮޑު ތަފާތުތަކެއް ނެތް ނަމަވެސް އެއީ ސަބީނާއަށްވުރެ ހަގު ފިރިހެން ކުއްޖެއްކަން އެނގުނެވެ.
އެހެންކަމުން އޭނާ އެ އެދެމުންދާ ފަދައިން ތަޢާރަފްވެލާ ވާހަކަ ދައްކާލުމަކީ މާބޮޑު ކަމެއް ކަމުގައި ސަބީނާ ނުދެކުނީ އޭނާއާ މެދު ކޮއްކޮއެއް ފަދައިން ދެކެވުނީތީއެވެ.
ސާލިސް އާއި ސަބީނާގެ މެދުގައި އުފެދުނު ރަހުމަތްތެރިކަން މަޑުމަޑުން ބަދަހިވަމުން ތަރައްޤީވަމުން ދިޔައެވެ. އޭރު
ދެމީހުންގެ ފަރާތުން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
ތަރިރުހަނދުގެ ދައުރުވުމާއެކު ދުވަސްތައް މާޒީއާ އެކުވަމުން އައިސް ސާލިސް އާއި ސަބީނާގެ މެދުގައިވާ ރަހުމަތްތެރި
ކަމުގެ ގުޅުމަށް މަހެއްހާ ދުވަސްވީއެވެ.
ސަބީނާ އާއި ސާލިސް ވާހަކަ ދައްކަމުންދާ ރާގަށާއި މިސްރާބަށް މަޑުމަޑުން ބަދަލު އަންނަމުންދިޔަ ނަމަވެސް ސަބީނާ
އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ ސާލިސްއަކީ ފުރާ ފުރިހަމަވަމުން އަންނަ ޒުވާން ފިރިހެން ކުއްޖަކަށް ވާތީ އާއި ސަބީނާ އަކީ ވެސް ހުސްހަށިބައި ޒުވާނަކަށް ވާތީއެވެ. ހަމައެހެންމެ އެދެމެދުގައި ދެކެވެމުންދާ ވާހަކަ ތަކުގެ ސަބަބުން ކޮންމެވެސްވަރެއްގެ ހިތްހަމަ ޖެހުމެއް ވެސް ލިބޭތީ އެވެ.
ސަބީނާ އާއި ސާލިސްގެ މެދުގައި އުފެދުނު ރަހުމަތްތެރިކަމުގެ ގުޅުން މަޑުމަޑުން ލޯތްބަށް ބަދަލުވާން ފެށީ ދެފަރާތުން
ވެސް އެގޮތް ބޭނުންވުމުންކަން ޔަގީންނެވެ.
ދެފަރާތުގެ ފުރިހަމަ ބައިވެރިވުމާއެކު ސަބީނާ އާއި ސާލިސްގެ މެދުގައި އުފެދި އާލާވަމުންދިޔަ ލޯބީގައި އެކަކު އަނެކަކަށް
ފޮޓޯ ފޮނުވުން ފަދަ ބައެއް ކަންކަން ވެސް ކުރަމުން ދިޔައެވެ.
އުމުރުން ހަގު ނަމަވެސް ސާލިސްއަކީ ސަބީނާ ބޭނުންވާފަދަ ފުރިހަމަ ޒުވާނެއްކަން އެފޮޓޯތަކުން ސަބީނާއަށް ކިތަންމެ
ރަނގަޅަކަށް ވެސް އެނގުނެވެ. ހަމައެހެންމެ ސާލިސްގެ ފިރިހެން ވަންތަކަމުގެ ސަބަބުން ސާލިސްއާ މެދު އޭނާގެ ހިތުގައިވާ ސައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.
ރޭގަނޑު އެގާރަ ޖަހާކަން ހާއިރެވެ. ސަބީނާ އާއި ސާލިސް އެދެމީހުންގެ އާދައިގެމަތިން ޗެޓުން ވާހަކަދައްކާން ތިބިއިރު
ދެމީހުން ވެސްތިބީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ.
ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ވާހަކަ ދައްކަމުންދިޔަ ސަބީނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ ކުއްލިއަކަށް
ށެވެ. އެއާއެކުހެން ރުޅިވެރި މޫނެއް ވެސް ސާލިސްއަށް ފޮނުވާލިއެވެ.
” ހެހެ. ރުޅި އައީތަ؟ އެއީ އެހެން ބުނި އެއްޗެއް ނޫނޭ. މިހާރު ދެން ބައެއް އަންހެން ކުދިން ވެސް އުޅެއެއްނު ގާލްސް
ލައިކްވާ. އެއީ މަޖާ. ” ސާލިސް ކޮށްލި މެސެޖް ކީ ނަމަވެސް ސާލިސް ކުރި ސުވާލުގެ ސަބަބުން ސަބީނާގެ މޫނު ހަރާބު ވެފައި ވާތީ އިތުރަށް ސާލިސްއާ ވާހަކަ ދައްކާކަށް ނޫޅެއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ލޮގްއައުޓް ވެސް ކޮށްލިއެވެ.
ރޭދުވާ ތަކުރާރުވަމުން ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން ދިޔައެވެ.
ސަބީނާއާ ވާހަކަ ދައްކާން ސާލިސް ބޭނުންވަނީ ސީދާ ސީދާކޮށް ކަމަށް ބުނެ ސާލިސް ހުށަހެޅި ހުށަހެޅުން ސަބީނާ ބަލައި
ގަތީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއެކުގައެވެ. ހަމައެހެންމެ ބައްދަލުވުމަށް ދާނެ ތަނާއި ގަޑި ވެސް ހަމަޖެއްސިއެވެ.
އިރުއޮއްސުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ މަދުވުމެއް އައި ނަމަވެސް މާލޭގެ މަގުތަކުން ފެންނަމުންދިޔަ ހަލަބޮލިކަމަށް
މާބޮޑު ބަދަލެއް ނާދެއެވެ. މަގުތަކުން ކޮންމެވެސް ވަރަކަށް މީހުން މަދުވި ނަމަވެސް ދުއްވާތަކެތި މަދުވިހެނެއް ހިޔެއް ނުވެއެވެ.
ރޭގަނޑު އަށެއް ޖަހާކަން ހާއިރެވެ. ސާލިސް އާއި ސަބީނާ ވާހަކަދައްކާ މަޝްވަރާކޮށް ހަމަޖެއްސި ފަދައިން ސާލިސް އާއި
ބައްދަލުކުރާން ސަބީނާ އާރޓިފިޝަލް ބީޗަށް ދިޔައެވެ. އޭރު އެހިސާބުގައި ލޯބިވެރިންގެ ޖޯޑުތައް ޖެހެމުން ނެއްޓެމުން ތަތްވަމުން ކަހަލަގޮތަކަށް އެކިދިމަދިމާއަށް ހިނގަމުންދިޔައިރު ބައެއް ޢާއިލާތަކާއި ޒުވާންފުރައިގެ ފިރިހެން ކުދިންގެ ގުރޫޕްތައް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެއެންމެންގެ ފަރާތުން ވެސް ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ސާލިސްއާއި ބައްދަލުކުރާން ސަބީނާ އެތަނަށް އައިސް ހުރި ނަމަވެސް އެތަނުން އޭނާ ސާލިސް ވަކިކުރާނެގޮތެއް އޭނާއަކަށް
ނުވިސްނުނެވެ. އެސަރަހައްދުގައި މީހުން ގިނަވުމުގެ އިތުރުން ތަނަށް ވެރިވެފައިވަނީ ވެސް ފަނޑު ހަނދުވަރެއްގެ އަލިކަމެވެ. އެހިސާބުގައި ދިއްލާފައިވާ ބައްތިތަކުން ވެސް މާބޮޑު އަލިކަމެއް ފެންނާކަށް ނެތެވެ.
ހައިރާންކަމާ ނުތަނަވަސްކަމާއެކު ވަށައިގެން ހޯދާލަ ހޯދާލަ ހުރި ސަބީނާ ސިއްސައިގެން ދިޔައީ އޭނާއާ ވަރަށް ގާތުން
އަންހެން ކުއްޖަކު ގޮވާލިއަޑަށެވެ. އަވަސް އަވަހަށް ފަހަތްބަލާލިއިރު ޒުވާންފުރައިގެ އަންހެން ކުއްޖަކު އޭނާއަށް ބަލަހައްޓައިގެން އޭނާއާ މާދުރުނޫން ހިސާބެއްގައި ހުއްޓެވެ. ބަލާބެލުމަށް އެއަންހެންކުއްޖާއަކީ ސަބީނާއާ ދާދި އެއްއުމުރެއްގެ ކުއްޖެކެވެ.
ދެވަނަފަހަރަށް ސަބީނާއަށް ގޮވާލަމުން ސަބީނާއާ ދިމާއަށް އެއަންހެންކުއްޖާ އައިއިރު އޭނާގެ ފަރާތުން ފެންނަމުންދަނީ
އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
” ތިއީ ދޯ ސަބީނާ އަކީ؟ މިއީ ސާލިސްގެ ދައްތަ ނަމްޒާ. ސާލިސް ކުޑަކޮށް ބިޒީވެގެން ނާދެވުނީ. ހިނގާދާން އެއްޗެއް
ކާލަން. ކައިގެން ގެއަށް ދާނީ. ” ސަބީނާއާ ސަލާންކޮށްލަމުން އެއަންހެންކުއްޖާ ވާހަކަ ދެއްކިއިރު އޭނާގެ ފަރާތުން ފާހަގަ ކުރެވިގެން ދިޔައީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.
ސަބީނާ އާއި ނަމްޒާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް ވަނީ އެސަރަހައްދުގައިވާ އޯޕަންއެއަރ ހޮޓާތަކުން ހޮޓަލަކަ
ށެވެ. ވަގުތަކީ ރޭގަނޑުގެ ކެއުމުގެ ވަގުތުކަމަށްވާތީ ނަމްޒާ ދިން ލަފަޔާ އެއްގޮތަކަށް ސަބީނާ ވެސް ނިންމީ ރޭގަނޑަށް ކާށެވެ. ކާ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ވާހަކަތަކާއިގެން ކުރިޔަށް ދިޔައިރު އެދެމެދުގައި ރަހުމަތްތެރިކަން އުފެދި އެރަހުމަތްތެރިކަން ތަރައްޤީވަމުން ކުރިއަރަމުން ދިޔައެވެ.
ކެއުމުގެ ކަންތައް ނިމުމުން ބިލަށް ފައިސާ ދެއްކީ ނަމްޒާއެވެ.
ކުލީ ކާރެއްގައި ނަމްޒާއާ ސަބީނާ، ނަމްޒާމެން ގެއަށް ދިޔައިރު ސަބީނާއަށް ލިބިފައިވާ އެންމެބޮޑު އުފަލާއި ހިތްހަމަ
ޖެހުމަކީ ސާލިސްގެ ދައްތަ ނަމްޒާގެ އޯގާތެރިކަމާ ހިތްހެޔޮކަމެވެ. ސާލިސްއަކީ ވެސް އެފަދަ ހިތްހެޔޮ އޯގާތެރި ޒުވާނަކަށް ވާނެކަމަށް ކުރެވޭ އުންމީދާއި ޔަގީންކަމުގެ ސަބަބުން ސަބީނާއަށް ލިބިފައިވާ ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ. އޭނާގެ މޫނު މަތިން ފާޅުވަމުންދާ ކުލަވަރުންނާއި އޭނާގެ ފަރާތުން ފެންނަމުންދާ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެކަން އެނގެއެވެ.
ނަމްޒާގެ ފަހަތުން ގޭތެރެއަށް ވަދެގެންދިޔަ ސަބީނާ ގޮވައިގެން ނަމްޒާ ދިޔަގޮތަށް ދިޔައީ ނަމްޒާގެ ކޮޓަރިއަށެވެ. ސަބީނާ
ކައިރީ އެތަނުގައި މަޑުކޮށްލާން ބުނެފައި ނަމްޒާ ނުކުތީ ބޭރަށެވެ.
މޭޒުމަތީހުރި ފޮޓޯފްރޭމްތައް ފެނުމާއެކު އެބަލާލުމުގެ ޝައުޤުވެރިކަން ސަބީނާގެ ހިތުގައި އުފެދުނެވެ. އެއާއެކުހެން އަވަސް
އަވަހަށް ތެދުވެގެން އެދިމާއަށް ހިނގައި ގަނެވިއްޖެއެވެ.
އެތަނުގަހުރި ގްރޫޕް ފޮޓޯތަކެއްގައި މައިފެމެލީ ޖަހާފައި ހުރުމުން ސަބީނާގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ. ހަމަ
އެހެންމެ އެފޮޓޯތަކަށް ދެވުނު ޝައުޤުވެރިކަން ބޮޑުވެގެން ދިޔައެވެ.
ފޮޓޯތައް ބެލުމާއިގެން މަޝްޣޫލްވެހުރި ސަބީނާއަށް އެންމެބޮޑު ހައިރާންކަމެއް ލިބުނީ އެއިން އެއްވެސް ފޮޓޯއެއްގައި
ސާލިސް ނެތުމުންނެވެ. ސަބީނާއަށް ސާލިސް ފޮނުވާފައިވާ ފޮޓޯތަކުގެތެރެއިން ބައެއް ފޮޓޯ މިހާރު ވެސް ސަބީނާގެ ފޯނުގައި އެއްބަހުއްޓެވެ.
ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ގުޑުބައި ފޮރ އެވަރ

Next

ހިނދުކޮޅު

Next
July 16, 2013

ހިނދުކޮޅު

Previews
July 15, 2013

ގުޑުބައި ފޮރ އެވަރ

2 Comments!

  1. ސަބީނާ says:
    July 16, 2013 at 11:11 am

    މިހާރު ދެން ބައެއް އަންހެން ކުދިން ވެސް އުޅެއެއްނު ގާލްސް
    ލައިކްވާ ހެހެ ވަރަށް ސަޅި ވާހަކައެއް

  2. Milli Adam says:
    July 17, 2013 at 12:01 am

    ތަރިރު ހަނދު ވޭތުވަމުން ދާހެން، ވި ވާހަކަ އަށް ވާނީ ކިހިނެތްބާ……

Comments are closed.



All Right Reserved!