އެހީގެއަގު
ފަސްވަނަބައި
” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” ކުއްލިއަކަށް ފެންޑާގެ ބޮކިތައް ދިއްލާލަމުން އެންމެން އެއްފަހަރާ ގޮވާލި
އެވެ. އެއާއެކުހެން އިނާ ބަލާލިއިރު އޮފީހުގެ މުއައްޒަފުންތައް ހިނިތުންވުމާއެކު އޭނާއަށް ބަލަހައްޓައިގެން ތިއްބެވެ. އެމީހުންގެ އެޢަމަލުގެ ސަބަބުން އިނާގާތަށް ވެސް ހިނިއައެވެ. ހަމައެހެންމެ ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.
” ކާކުގެ ރޭވުމެއް ؟ ” އެންމެންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާލަމުން އިނާ ސުވާލުކުރިއެވެ.
” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” މީހުންތައް ދުރައްޖައްސާލުމަށްފަހު ކުރިޔަށް ޖެހިލަމުން އަތީލް ބުނެލިއެވެ.
އަތީލް ފެނުމާއެކުހެން އިނާގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ.
އަތީލް އާއި އޭނާގެ ރައްޓެހިން ރާވައިގެން ފާހަގަކުރި އިނާގެ އުފަންދުވަހުގެ ހަރަކާތްތައް އެރޭގެ އެކެއް ޖަހާންދެން
ކުރިޔަށް ދިޔައެވެ. އޭރު އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
އިނާ ގެންގޮސް ގެއަށް ލާފައި އަތީލް ވެސް ދިޔައީ އޭނާގެ ގެއަށެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. އިނާ އޭނާގެ އާދައިގެ މަތިން އޮފީހުގައި އޭނާގެ
މަސައްކަތްތަކާއިގެން ހަރަކާތްތެރި ވަމުން ދިޔައެވެ.
ނާއިލްގެ ވަކީލް ސާހިލް ގޮވައިގެން އިނާމެން އޮފީހަށް އައީ ހަސަންއެވެ. އަދި އިނާ އާއި ސާހިލް އެކަކު އަނެކަކަށް
ތަޢާރަފްކޮށްދީ އެމީހުން އައި ބޭނުމުގެ ވާހަކަ ދެއްކީ ހަސަންއެވެ. ހަސަންގެ ވާހަކަތަކުގައި ސާހިލް ވެސް ބައިވެރިވަމުން ދިޔައެވެ.
” އިނާ! އަހަރެމެން މިދައްކާ ވާހަކަތައް އަޑުއަހާ ވިސްނަބަލަ. ” އިނާއަށް ބަލާން އިނދެ ސާހިލް އެދެމުން ދިޔައެވެ.
” އިނާ ބޭނުންނަމަ ނާއިލް ވެސް މިތަނަށް ގެނެވިދާނެ. ” ހަސަން ބުނެލިއެވެ.
” އެއްވެސް ޝައުޤުވެރިކަމެއް ނެތް. އަހަރެންނަކީ ވެސް ކަލޭމެން ކަހަލަ ވަކީލެއް. ކުދި ކުދި ކަންތައްތަކުގައި ވަކާލާތު
ކޮށްދޭ އާދައިގެ މީހެއް. މިކަމުން އަހަރެން ހިތްހަމަޖެހޭ ވަރުވޭ …. ވައްކަން ކުރުން ރޭޕްކުރުން މީހުން މެރުން ފަދަ ކަންކަމުގައި ވަކާލާތުކުރުން އަހަރެން ދޫކޮށްލައިފިން. އެހެން ނޫނަސް މިހާރު ވެސް އަހަރުމެން މިއުޅެނީ ވަރަށް އަވަދިނެތި. ” އިނާ ވާހަކަ ދެއްކީ އޭނާގެ މަސައްކަތްތަކަށް ވެސް އިސާރާތް ކުރަމުންނެވެ.
” އަހަރެމެންނަށް ވެސް އިނގޭ އިނާ ބިޒީކަން. އެކަމަކު މިތަޙުޤީޤު ކަލެއަށް އިންތިޒާރު ކުރާނެ. އަހަރެންނަށް އިނގޭ
ކަލެއަކީ ގޮތް ދޫނުކުރާ މީހެއްކަން. ކިތަންމެ ބޮޑުއަގެއް ދިނަސް ކަލޭ ގަބޫލެއް ނުކުރާނެ. އެކަމަކު. އަހަރުމެން ވަރަށް އެދެން ނާއިލްގެ ފުރާނަ ސަލާމަތްކޮށްދޭން. ކަލެއަށް ވެސް އެނގޭނެ އޭނާއަކީ މިސަރުކާރާއި އިދިކޮޅު މީހެއްކަށް ވާތީ ކޮންމެފަދަ ގޮތަކަށް ވެސް މިކަން ނިމިގެން ހިނގައިދާނެކަން. ނާއިލް ކަހަލަ މީހަކު ނެތިދިއުމަކީ ދެރަކަމެއް. ” އާދޭސްކުރާ ފަދައަކުން ސާހިލް ވާހަކަ ދައްކަމުން ދިޔައެވެ.
އެކަމުގައި އެހީތެރިވުމަށް ސާހިލްމެން އެދެމުންދިޔަ ވަރުން، ތިންމީހުން ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން
މެންދުރުފަހު ދޭއްޖަހާކަން ހާއިރު ނާއިލްގެ އޮފީހަށް އިނާ ދިޔައެވެ.
ކޮންމެ މުއައްޒަފަކަށް ވަކިން މަސައްކަތް ކުރެވޭނެހެން ވަކިމޭޒާއި ކޮންޕިއުޓަރ ސިސްޓަމް ބަހައްޓައި ނުހުނު ފުރިހަމަ
އަށް ތައްޔާރު ކޮށްފައިވާ އެއޮފީހަކީ މުއައްޒަފުން މަސައްކަތް ކުރާ ހިތުން މަސައްކަތް ކުރާނެ ފަދަ ހިތްގައިމު އަމާން އޮމާން މާހައުލެއްކަން އެތަން ފެނުމުން އިނާއަށް ޔަގީންވިއެވެ. ހަމައެހެންމެ އެތަނުގެ ރޭވުންތެރިކަމާއި ފުރިހަމަކަމަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. އެއޮފީހުގެ އެއްކޮޅުގަ މައްޗަށް އަރާން ސިޑިއެއް ހަދާފައި ހުއްޓެވެ.
އެއޮފީހުން އިނާއަށް މަރުޙަބާކީ މެދުއުމުރުގެ ފިރިހެނެކެވެ. ގޮނޑިއެއް ދައްކައި އިށީންނާން ބުނެފައި އެމީހާ ދިޔައީ
އިނާ އައިސް އިން ވާހަކަ ނާއިލްގާތު ބުނެފައި އަންނާށެވެ. އެމީހާގެ މެހެމާންދާރީއަށް އިނާ ޝުކުރު އަދާކުރިއެވެ.
އޮފީހުގެ ހުޅަނގުކޮޅު ހުރި ސިޑިން ފައިބަމުންއައި ޒުވާން ފިރިހެންމީހާއަށް އިނާ ބަލާލިއެވެ. ހުދުކުލާގެ ގަމީހަކާއި
ކަޅުކުލައިގެ ފަޓްލޫނަކާއި ކޯޓެއްލައިގެން ހުރި އެމީހަކީ ނާއިލްކަމަށް އިނާ އަމިއްލައަށް ނިންމިއެވެ.
” މިއީ ނާއިލް ” އިނާއާ ސަލާންކޮށްލަމުން ނާއިލް އަމިއްލައަށް ތަޢާރަފްވެލިއެވެ. އަދި އިނާ ގާތު އިށީންނަމުން
އިނާގެ މޫނަށް ނަޒަރު ހިންގާލިއެވެ.
އިނާއާ ނާއިލް އެތަނުގައި ތިބެގެން ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔައެވެ. އިނާ ކުރަމުންދިޔަ ސުވާލު ތަކަށް
ޖަވާބުދެމުން ނާއިލް ބުނަމުން ދިޔައީ އޭނާ ލަންމާދެކެ ލޯބިވާ ވާހަކައާއި އޭނާ ލަންމާ މަރާނުލާ ވާހަކައެވެ. ހަމައެހެންމެ އޭނާ ލަންމާ މަރާލާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޭނާ ބޭނުންނަމަ ލަންމާ ވަރިކޮށް އޭނާގެ ހަޔާތުން ދުރަށް ވެސް ލެވިދާނެ ކަމަށެވެ. އަދި އެހާފަސޭހައިން އޭނާއަށް ލަންމާއާ ދުރަށް ދެވޭން އޮތްއިރު އޭނާ ލަންމާ މަރާލާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ލަންމާ މަރުވުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތައް ނާއިލްގެ ފަރާތުން ފެންނަމުން ދިޔައެވެ.
އިނާ އާ ނާއިލް ވާހަކަ ދައްކާ މަޝްވަރާކުރާން ގަޑިއެއްގެ ހާއިރު އެތަނުގައި ތިއްބެވެ. ނާއިލް އެދެމުންދިޔަ އެދުމަށް
އިނާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ޔަގީންވާވަރަކަށް ނާއިލަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.
ނާއިލާއި ވާހަކަދައްކާން ތިންގަޑި ފަނަރަވާންދެން މަޑުކުރުމަށްފަހު އިނާ ދިޔައީ އޭނާގެ ގެއަށެވެ.
ލަންމާގެ މަރުގެ މައްސަލާގައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް ޕޮލިހުން ކުރަމުން ދިޔައިރު ނާއިލްގެ
ފަރާތުން ކޯޓްގައި ޖަވާބުދާރީ ވުމަށް އިނާ ހަމަޖެހޭތޯ ނާއިލް މަސައްކަތް ކުރަމުން ދިޔައެވެ.
ހަވީރު ހަތަރުގަޑި ބައި ފަހެއް ޖަހާކަން ހާއިރެވެ. އިނާ އާއި ނާއިލް ވާހަކަދައްކާ މަޝްވަރާކުރަމުން ޕާރކްތެރޭގައި
ހިނގަމުން ދިޔައެވެ.
” ކަލޭ ވާހަކަ ދައްކަމުން ބުނީމެއްނު ގޯސް ނޫނިއްޔާއި ކަލެއަށް ވެސް މާ ރީތިވާނެޔޭ. ކަލެއަށް ވެސް މާ ރީތި
ނޫންހޭ. ފޮޅިފައި ހުންނަ މާތައް ފެނިފައި އިންސާނުން ވެސް އުފަލުން ފޮޅޭނެޔޭ. ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް ފިލާ އުފާވެރި ކަން ދެގުނައަށް އިތުރުވާނެޔޭ. ” ގަސްތަކުގައިވާ މައުތަކަށް ނަޒަރު ހިންގާލަމުން މާޒީއަށް އިޝާރާތްކޮށް ނާއިލް ވާހަކަދެއްކިއެވެ.
” އާން. އަހަރެން އެހެން ބުނިން. އެކަމު އެއީ ފޮތްފޮތުން އަހަރެންނަށް އެނގުނު އެއްޗެއް. އަހަރެންގެ އަމިއްލަ
ވިސްނުމެއް ނޫން. އެކަމު މިހާރު އަހަރެންނަށް އެނގިއްޖެ މާ ކިތަންމެ ރީއްޗަސް އެވެސް ހަލާކުވާނެކަން. ” ނާއިލްގެ ފަހަތުން އަންނަމުން އިނާ ވާހަކަ ދެއްކިއެވެ.
” އެކަމު. މާ ހަލާކުވުމުގެ ކުރިން އޭގެ މީރުވަސް އެހެން މީހުންނަށް ފޯރުކޮށްދެއެއްނު …. އިނާ ވެސް ނިކަން މިކަމާ
ވިސްނަބަލަ. މާ ފޮޅުން ހުއްޓިއްޖެނަމަ މިތަންތަން މިހާރީއްޗެއް ނުވާނެއެއްނު. ” އިނާއަށް ބަލާލަމުން ނާއިލް ވާހަކަ ނިންމާލިއެވެ.
” ކަލޭ ބުނާން ތިޔައުޅެނީ ކީކޭ ؟ ” ނާއިލަށް ބަލާލަމުން އިނާ އެހިއެވެ.
” ބުނަން މިއުޅެނީ އެއް ހާދިސާއާ ގުޅިގެން ކަލެއަކަށް މަޖުބޫރެއް ނުވާނެޔޭ ކަލޭގެ ހުރިހާ އުފަލަކުން މަޚުރޫމު ވެގެން
އުޅޭކަށް. ކަލޭގެ ތިޔަ ނިންމުމުގެ ސަބަބުން އަހަރެމެން ކަހަލަ މީހެއްގެ ދިރިއުޅުމަށް އަސަރުކޮށްފާނެ. އެމީހުން ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އަހަރެން ހައްޔަރު ކުރަން. އަހަރެން އަހަރެންގެ އަންހެނުން ނުމަރަން. ” އިނާއަށް ބަލަހައްޓައިގެން ހުރެ ނާއިލް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑާއި ހަރަކާތުން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކާއި ކުލަވަރެވެ.
” އަހަރެން ކޮން އިރަކު ތިހެން އެހީ ؟ ” ހައިރާންކަމާއެކު އިނާ އަހާލިއެވެ.
” އިނާ އެހެން އަހާނީ ވެސް މިކަމުގައި އެހީވާން އިނާ އެއްބަސްވާ ނަމައެއްނު. ” މާޔޫސްކަމާއެކު ނާއިލް ބުނެލިއެވެ.
” މިހާރަކު ނޫން. އެކަމު އެކަމާއިގެން ކުރިޔަށް ދިއުމުގެ ކުރިން އަހަރެން ހޯދާން ބޭނުންވާ އެތައްކަމެއް އެބަވޭ. މިއިން
ކޮންމެކަމެއްގެ ތެދާއި ދޮގު ޔަގީންކުރާން ޖެހޭ. ” ދުރަށް ބަލާންހުރެ އިނާ ވާހަކަ ދެއްކިއެވެ. އިނާގެ އެވާހަތަކުން ނާއިލަށް އެނގި ގެން ދިޔައީ އެކަމާއިގެން ކުރިޔަށް ދިއުމުގެ ޝައުޤުވެރިކަން އިނާގެ ކިބާގައި އެބަހުރި ކަމެވެ.
ނުނިމޭ
2 Comments
Comments are closed.
މިބައި ވެސް ވަރަށް ރީތި
waanuwa O.o