އަށްވަނަބައި ތަފާތުޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑިއަށްބާރުބޮޑުވެނިދިން މަހުރޫމު ވެފައި ނިހާޔަތު އޮއްވައި ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައިފިއެވެ. އޭރު އޭނާގެމޫނުމަތިން ފާޅުވަމުންދަނީ ވަރުބަލިކަމާއިބަލިކަމުގެއަސަރުތަކެވެ. ނުތަނަވަސް ކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ. ހެނދުނު ނުވައެއްޖަހާކަން ހާއިރެވެ. ލައިލާ އައުމުން އޭނާއާ އެކުގައި ނިހާޔަތު ހޮސްޕިޓަލަށް ދިޔައެވެ. އަދި ނިހާޔަތު ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރާންޖެހޭ ހުރިހާކަމެއް ލައިލާ ކުރިއެވެ. ވަރަށްރަނގަޅަށް ނިހާޔަތުގެ ހަށިގަނޑުބަލައި ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުބުނީ އެއްވެސްމައްސަލައެއް ނެތްކަމަށެވެ. ހަމައެހެންމެ ވެގެންއުޅޭގޮތް ރަނގަޅަށް ކިޔައިދިނުމަށް އެދުނެވެ. އިހަށްރޭ އިރާކޮޅު ދިމާވިކަންތައް […]
އަށްވަނަބައި ކުއްލިއަކަށް އިނާ ހަޅޭލަވައިގަތް އަޑަށް އަތީލް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އަތީލް ބަލާލިއިރު އިނާ މޭޒުމަތީގައި ބޯއަޅައިގެން އޮވެފައި ތެދުވަނީއެވެ. ” ހިހި ….. ކުޑަކޮށް ނިދުނީ. ” އަތީލަށް ބަލާލަމުން އިނާ ބުންޏެވެ. އަތީލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު އިނާ އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން މިއަދު ވެސް އިނާ އާއި ނާއިލް ތިބީ ނާއިލްގެ ގޭގައެވެ. ” ކަލެ އާއި ލަންމާގެ މެދުގައި އެގޮތަށް ގުޅުން އޮތްކަމަށް […]
ހަތްވަނަބައި ” ލައިލާގެ ފިރިމީހާއާ ދަރިންތައް ކޮބާ ؟ “ކާމޭޒު ކައިރީގައި އިށީންނަމުން ނިހާޔަތު އަހާލިއެވެ. ” ދަރިފުޅުމެން ނިދާފަ. ފިރިމީހާވީ ގެއިންބޭރުގަ. ” ނިހާޔަތުގެ ސުވާލަށް ޖަވާބުދިން ނަމަވެސް ލައިލާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ” ކާން ފަށާންވީ.” ކެއުން ތައްޔާރުކޮށް މޭޒުކައިރީގަ އިށީނދެ ނިހާޔަތުމެނަށް ބަލާލަމުން ލައިލާ ބުންޏެވެ. ކެއުމުގެކަންތައްނިމުމުން އަސްރާގޮވައިގެން ސާމިރާދިޔައީ ކޮޓަރި އަށެވެ. ލައިލާ އާއި ނިހާޔަތު ތިބީ ފެންޑާތެރޭގައި އިށީނދެލައިގެން ވާހަކަ ދައްކާށެވެ. ކަންތައްވަމުންދިޔަ ގޮތާމެދު ނިހާޔަތު ވިސްނަމުންދިޔައެވެ. […]
ނިމުން ” އަހަރެން ހާލު ރަނގަޅު. އެކަމު …… އައިސަ އާއި ވާހަކަދައްކާ ހިތުންރޭގައި ރަނގަޅަށްނުވެސްނިދުނު.”ނީސް ބޭނުންވީ ވާހަކައިގެމައުޟޫޢު މަޑުމަޑުން ބަދަލުކުރަމުން ގޮސް އޭނާ ބޭނުންވާ މައުޟޫއަށް ބަދަލުކޮށްލާށެވެ. ” ހޫމް …. އަހަރެން ހައްދަނީ ދޯ ؟ ” ނީސްގެ ވާހަކަ ނިމުމާއެކު އަވަސް އަވަހަށް އައިސަ ބުނެލިއެވެ. ” ނޯ. ހަމަ ރަނގަޅަށް މިބުނީ. ” އޭނާގެ ތެދުވެރިކަން ހާމަކުރާ ފަދައަކުން ނީސް ބުންޏެވެ. ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައިރު ނީސް އާއި އައިސަ […]
ފެށުން ކައިރިރަށްތަކަށާއި މާލެއަށް ފޯނުކޮށްގެން އަންހެންކުދިން ސެޓުކުރުމުގެ ކަންތައް ރިސޯޓްގައި އެންމެފޯރިޔާއެކު ކުރަމުންދިޔަދުވަސްވަރެވެ. މުޅިރިސޯޓްގައި ވެސް އެކަންވަނީ ވަރަށްގަދައަށް ވައިގަ ހިފާފައެވެ. ކޮންމެވެސްމީހަކު ކޮންމެވެސްރަށަކަށް ފޯނުކޮށްގެން ދިމާވި ކުއްޖެއްގެ އަޑުރީތި ވާހަކައާއި މޮޅުރޭވުމަކުން އެކުއްޖާ ސެޓުކުރި ވާހަކައެވެ. މާލެދިޔަދަތުރަކު ކޮންމެ ވެސްތާކުން ދިމާވި އަންހެންކުއްޖެއްގެ ނަމާއި ނަންބަރުހޯދައިގެން އައިސް ގުޅުމުން އޭނާ އޯކޭވީ ވާހަކައެވެ. ތިމާގެމީހަކު ހޯދާން ރިސޯޓަށް ފޯނުކުރި ކުއްޖާއާއި ވާހަކަ އަޅުވާލުމުން އޭނާގެ ނަމާއި އެޑްރެސް ބުނެދިން ވާހަކައެވެ. ރައްތަކުގައި ފޯނުބޫތު ބެހެއްޓުމުން ރަށް […]
ހަތްވަނަބައި ” އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ” ހަމަޖެހޭގޮތް ދައްކާލަމުން ނާއިލް ބުންޏެވެ. ” އަހަރުމެން ކަންތައް ކުރާނީ އިނާ ބުނާގޮތަށް. ” އިނާގެ ވާހަކައާ ގުޅުވައިގެން ހަސަން ބުންޏެވެ. ލަންމާގެ މަރުގެ ކަންތަކުގައި ނާއިލްގެ ފަރާތުން ކޯޓަށް ދާގޮތަށް އިނާ ހަމަޖެހި އެކަމާއިގެން ކުރިޔަށް ދިއުމަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރާން ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު އިނާ އާއި އަތީލް ދިޔައީ އިނާ މަސައްކަތް ކުރާ އޮފީހަށެވެ. ހަމައެހެންމެ އިނާ އޮފީހަށް ލުމަށްފަހު […]
މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން ތިން ހަތަރު މިނިޓް ނިހާޔަތު ކުރިމަސައްކަތުން ޓޯޗުބައްތި އަތުޖެހުނެވެ. އެއާއެކު ފަހަތަށް ބަލާލެވުނު ވަގުތު ނިހާޔަތަށް ފެނުނީ ދޮރޯށި ކައިރީގަހުރި މީހެކެވެ. އެތަނުގައި މީހަކު ހުރިކަން ނިހާޔަތަށް ޔަގީންވީ މާދުރުން އައިސްފައިވާ އައްޔެއް އޭނާގެ ގަޔަށް އެޅިފައި ހުރުމުންނެވެ. އެގޭ ފުރާޅުމައްޗަށް އަރާއުޅުނުމީހަކީ އެއީ ކަމުގައި ނިހާޔަތަށް ގަބޫލު ކުރެވުނެވެ. އެހެންވެ ނިހާޔަތުގެ ހާސްކަމާއި ބިރުގަތުން ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ. ނިހާޔަތު އަވަސް އަވަހަށް ބައްތި […]
ސިއްސައިގެން ގޮސް ސިބާއަށް ހޭލެވުނީ ކޮޓަރީގައިހުރި ފޯނު ރިންގުވާއަޑަށެވެ. އަވަސްއަވަހަށްތެދުވަމުންގަޑިބަލާލިއިރު މެންދަމުން އަލިވެ ތިނެއްޖަހަނީއެވެ. ކުޑައެނދުގައި ބާއްވާފައިއޮތް ސަޒީއަށް ދުނިޔެމަތީގައިހިނގާ އެއްވެސްކަމެއްގެ އަސަރުނުކުރާކަހަލައެވެ. އުމުރުން ތިންމަހުގެ ސަޒީއަކީ ސިބާ އާއި ހާނިމަށް ލިބިފައިވާ ދަރިއެއް ނަމަވެސް އެދެމީހުންފިޔަވާ އެހެންމީހަކަށް އެކަމެއްނޭނގެއެވެ. އަދިއަދަށްދާންދެން ވެސް އެކަންވަނީ ސިއްރުކުރެވިފައެވެ. ސިބާ އަވަސްއަވަހަށް އެނދުންފައިބާގެން ގޮސް ފޯނު އަތްގަނޑު ނަގާ ހެލޯގޮވާލިއެވެ. ” ހެލޯ .. ސިބާތަ ؟ … ގުޅާތާ ހާދަދުވަހެއްވެއްޖޭ … ވަރަށް ގިނަދުވަހު ކުރިމަސައްކަތުން އެނގުނީ ތިގޭގައި […]
ހަވަނަބައި ” އިނާ ބޭނުން ކަންތައް ހޯދާ ޔަގީންކުރޭ. އަހަރެންނަށް ޔަގީންކަން އެބައޮތް އިނާ މިކަމުގަ އުޅެފިނަމަ އަހަރެންނަށް ކާމިޔާބު ލިބޭނެކަން. ” ނާއިލް ވާހަކަ ދެއްކީ ވަރަށް ޔަގީންކަމާ އެކުގައެވެ. މިކަމުގައި ކުރިޔަށްދާން އިނާ ބޭނުންކަން އެނގުމުން ނާއިލަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ނާއިލާއި އިނާ އެމީހުންގެ ބައްދަލުވުން ނިންމާލުމަށްފަހު ގެއަށް ދިޔައީ އިރުއޮއްސުނު ފަހުންނެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމަށްވާތީ ރެސްޓޯރެންޓްތެރޭން ފެންނަމުންދަނީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. ފަނޑު އަލިކަމެއް ތަނައް ވެރިވެފައިވާއިރު […]