އިޝާ ބޭބެ އާއި ހަވާލުކުރުމަށްފަހު އަޝްފާންގެ މިސްރާބު ހުރީ ފަޒުނާ ގެ ގެއާއި ދިމާލަށެވެ. 10 މިނެޓުގެ ދަތުރަކަށް އެގެއާއި ހަމަވި އިރު ފަޒުނާ ކޮނޑުގައި ދަބަސް އަޅުވައިގެން އޭނާގެ އިންތިޒާރުގައި ގޯޅިގަނޑު ކުރިމަތީ ހުއްޓެވެ. ފަޒުނާ ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއި އެކު އަޝްފާން ބާރު ސްޕީޑުގައި ކުރިއަށް ދުއްވާލިއެވެ. ތުލުސްދޫ ބަދަރަށް ފައި ބީއްސާލުމާއި އެކު ދެމީހުންނަށް މަރުހަބާކީ އަޝްފާންގެ ކުރީގެ ރަހުމަތްތެރިއެއް ކަމަށްވާ ނާފިއުއެވެ. ނާފިއުއަކީ އޭލެވެލް ގައި އަޝްފާނާއި އެއްމެ […]
އާދުވަހަކަށް އިރު އެރި އިރު އިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނެވެ. އެނދުމަތީ ދެފައި ދަމާލައިގެން އިނީ ވައަތު ފަޔަށް ތަދުވާ ވަރުންނެވެ. އެފައިގެ ކަކުލުން ތިރިވަނީ އެއްކޮށް ދުޅަވެފައެވެ. އެއްއަތުން ފައި މޮޑެލަ މޮޑެލަ އިން އިޝާ އިރުއިރުކޮޅާ “އައްދިއްޔޯއި” އޭ ކިޔާ ގޮވާލައެވެ. “ދަރިފުޅާ ކިހިނެތްވީ” އިޝާގެ ހާލު ފެނި ފަރީދާ އަހާލިއެވެ. “ވަރަށް ތަދުވޭ ފަޔަށް” ކައިރީގައި އެވަގުތު އިން މަންމަގެ ކޮނޑުގައި އިޝާ ބޯއަޅާލިއެވެ. އޭރު އިޝާގެ މޫނުމަތި ވަނީ ދާތިކިތަކުން […]
“ދަރިފުޅާ. ބައްޕަ ކައިރިއަށް މީހަކު އައި ދަރިފުޅާއި އިންނަން ވަލީ ހޯދަން. ބައްޕަ ބެލިބެލުމުން އެއީ ވަރަށް ރަގަޅު މީހެއް. މާލޭގެ ގެދޮރުވެރި މުއްސަންޖެއް. އޭނައާއި ކައިވެނި ކުރުމަށްފަހު ދަރިފުޅު ނުޖެހޭނެ ތިހެން ބުރަކޮށް ވަޒީފާއަށް ދާކަށްވެސް. އަރާމް ދިރިއުޅުމެއް އުޅެވޭނެ. ދަރިފުޅަށް އެނގޭނެ އެއީ ކާކުކަން. އޭނަ ބުނި ގޮތުން ދަރިފުޅު ކުރިން އުޅުނީ އޭނަގެ އޮފީހުގައި. އާމިދު ނަމަކަށް ކިޔަނީ ބައްޕަ ހަނދާންވާގޮތުން” ނާޒިމްގެ ވާހަކަ ދެއްކި ނިމުނު އިރު ފަޒުނާއަށް އިދެވުނީ ހުއްޓުން […]
ކަަންފަތް ބުޑުގައި އޮތް ފޯން އެލާމް ވާ އަޑަށް އަޝްފާނަށް ހޭލެވުނެވެ. އަދި ކަންނެތްކަމާއި އެކު ތެދުވެ އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. ޓައީ އަތަށް ނަގައިގެން ގޮސް ދޮރުހުޅުވާލުމަށް ފަހު “ފަޒޫ އާދެބަލަ” އޭ ކިޔާ ބާރަށް ގޮވާލެވުނެވެ. މިއަޑު ބަދިގޭ ސައި ތައްޔާރުކުރަން ހުރި އަމީރާއަށްވެސް އިވުނެވެ. “ދަރިފުޅާ.. ފަޒޫ މިގެއިން ދިޔަތާ އެއްހަފުތާ މިވަނީއޭ. އެކަމަކު ދެދުވަހުން އެއްދުވަހު ގޮވާނެ ފަޒޫ އޭކިޔާފަ. ” “ހަނދާން ނެތެނީ އޭ މަންމާ. އެހެން ނޫނަސް […]
ދޮންވެލި ބީޗްމަތީގައި އިން ފަޒުނާއަށް ގެއްލިފައި އިދެވުނީ މޫދުން ފައިބައިގެން އެދިމާލަށް އަންނަ އަޝްފާންއާއި ދިމާލަށެވެ. އޭނާގެ ހަނދާނަށް އައީ އެއްމެ ފުރަތަމަ ދުވަހު އަޝްފާން ފެނުނު ދުވަހުގެ މަތިންނެވެ. އެހަމަ އެދުވަހާއި އެއްގޮތަށް އަޝްފާން ގެ އިޝްތަށިގަނޑު ވަނީ ހޭވިފައެވެ. އަދި ފެންތިކިތައް އޭނާގެ ތެމިފައިވާ ބޮލުން ކަދުރާއަށާއި މޫނަށް ފައިބަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ރީތިކަން މާ ފުރިހަމަކަން ފަޒުނާއަށް ފާހަގަވިއެވެ. އަޝްފާން އައިސް ފަޒުނާ ކައިރީ ވެލިގަޑު މަތީ އޮތްއިރު އޭނާގެ […]
“އަހަންނަށް މާފުކޮށްދީ. އަހަރެންނަށް ފަޒޫއަށް ތަދު ކުރެވުނީމަ” ފަޒުނާގެ ކޯތާފަތުގައި ހިފައި ހަތަރުކަޅިހަމަ ކޮށްލަމުން އަޝްފާން ބުންޏެވެ. ފަޒުނާއަށް އިސްޖަހައިލެވުނެވެ. އަޝްފާންގެ އެތޫނު ބެލުމަށް އޭނާއަށް ކެތްނުކުރުވުނީއެވެ. އަދި އަޝްފާނަށް ފުރަގަސްދީ ބެލްކަންޏާއި ދިމާލަށް އެބުރެވުނެވެ. “އަހަންނަށް މާފްނުކުރިއަސް ޕްލީސް ނުރޮއެއި. އަހަރެނަށް ވެސް ރޮވިދާނެ އަންހެން ކުއްޖެއް ރޯތަން ފެނިފަ. އަދި އަމުދުން އަހަރެންނާއި ހެދި ނަމަ. އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގައިގަ ޖަހާފައެއް ނޯންނާނެ. އެކަމަކު ރޭގަ ކޮއްކޮ ލާމިއު އާއި އެއްކޮށް ފެނުނީމަ […]
ވަކި ހިސާބަކަށް ދެމީހުންނަށް ދެވުނުތަނާ ކުއްލިއަކަށް ވާރޭ އޮއްސާލާފިއެވެ. ހިޔާ ހޯދުމަށްޓަކައި އަޝްފާންއަށް އިޝާ އަތުގައި ހިފައި އެތާ ކައިރީގައި ހުރި ހިމަ އަސްކަނި ދަށަށް ގެނދިޔައެވެ. ވާރޭގެ ތިކިތަކުން އިޝާ ހިޔާކުރުމަށްޓަކައި އަޝްފާން ހުރީ އިޝާކުރިމަތީގައެވެ. އޭރު ބޯކޮށްވެހެމުން ދިޔަ ވާރޭ އަޝްފާންގެ ބުރަކަށި ތެންމަމުން ދިޔައެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އެޅޭހާ ކައިރީ ހުރި އަޝްފާނަށް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އިޝާގެ މޫނަށެވެ. އިޝާގެ ފުން ދެލޮލަށް އޭނާއަށް ގެބިގެންދެވުނެވެ. އަޝްފާން އެހާ […]
އިޝާ ނަމާދުން ފައިބައިގެން ތިން ފިރިހެނުން އެއްކޮށް އަރޫޝާގެ ކޮޓަރިއަށް ވަނެވެ. އިރުތަކެއްނުވެ އިވެން ފެށީ ގުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ. ގަޑިން އެއޮތް ނުވަގަޑި ބައި ވަނީއެވެ. އަދިވެސް ޝާހިދުގެ ކިޔެވުމުގެ އަޑެއް ނުކެޑެއެވެ. ހަރުހިއްކާލާ ކޮންމެ ފަހަރު ފެންފޮދެއް ބޯލައި ކިޔެވުން ކުރިއަށް ގެންދިޔައެވެ. އަރޫޝާވަނީ ވޭނެއްގައިކަން އޭނާގެ ކުކުރުމުގެ އަޑުން އެނގެއެވެ. ދޭތެރެއަކުން ގަދައަށް ހެލިގަނެއެވެ. ލާމިއު އަރޫޝާގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު އަޝްފާން އޭނާގެ ކޮއްކޮގެ އަތުގައި ބާރަށް ހިފަހައްޓައިގެން […]
“އިޝާ ، ކޮންތާކަށް” އަޝްފާން އަވަސްއަވަހަށް އަހާލިއެވެ. އެހެންނަމަވެސް އިޝާއަށް މި އަޑު އިވުނުހެން ހީނުވެއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އެއޮތް ޓްރެފިކް ބޮޑު މަގުން ޕޭމަންޓަށް އެރިއެވެ. އަޝްފާންއަށް މިމަންޒަރު ފެނުނު ނަމަވެސް ދެން ވީގޮތެއް ނޭނގުނެވެ. އޭނާއަށް އިޝާ ގެއްލިއްޖެއެވެ. ކާރުން ފައިބައި ވަށައިގެން ހޯދި ނަމަވެސް އިޝާގެ އެއްވެސް ހިލަމެއް ނުވިއެވެ. ނިދަން އެނދުމަތީއޮތް ފަޒުނާއަށް އޮވެވުނީ ހިނިތުންވެވިފައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ސިފަވެގެން އަޝްފާންގެ ފިރިހެންވަންތަ ކެމެވެ. އެމަސްތުވީ ބެލުމެވެ. އެ […]