Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 5

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 20, 2017 8 Mins Read
48 Comments

“ޔުމްއަށް ޔަގީން ޒީން ކޮންމެ ކުށެއް ކުރިއަސް ޒީގެ މަންމަ ޒީ އަށް މާފުކުރާނެކަން. ޒީގެ މަންމަ ޒީ ދެކެ ވާ ލޯބި ފެނި އަހަރެން ބައެއް ފަހަރު ޖެލަސްވެސް ވޭ.. ޝީ އިޒް ދަ ޕާފެކް މަދާރ ފޯ ޔޫ.. ބަލާބަ..” ޔުމްނު ޒީން އަތުގައި ހިފާލީ ޒީންގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ފެށުމުންނެވެ.

” އޯކޭ.. މިސާލަކަށް ޒީ އަށް ކަމެއް ކުރެވުނީ ޔޯ.. އެކަމެއްގެ ބޮޑުކަމުން ހުރެދާނެ ރުޅިއައިސް ހިތް ހަމަ ނުޖެހިފަ. އެކަމަކު ދުވަސް ވާވަރަކަށް އެކަން ހިގައދާނެ.. މިބުނީ މާފްކޮށް ހިތް ސާފް ވާނާ. މަންމަމެންވެސް ކުރޭ ދޯ އަހަރަމެން ކުޑަކޮށް ހިތް ހަމަނުޖެހޭ ކަންތައް. ބަޓް ވީ ފޯގިވް އެންޑު ފޮގެޓު ބިކޯސް ވީލަވް ދެމް” ޒީން ގެ މޫނު މަތިން ދައްކަމުންދާ ކުލަވަރު ޔުމްނުއަށް ދެނެގަންނަން އެދަގޫ ވިއެވެ. ހީވަނީ މާޒީގެ ކަމަކުން ޒީންއަށް އުދަގޫ ވަމުން ދާހެންނެވެ.

“ޒީ ވާހަކައެއް ބުނަންތަ” އޮށޯވެލައިގެން އޮތް ޒީން ތެދުވެ ދެފައި ފަތް ޖަހާލުމަށްފަހު އިށީނެވެ. އަދި ކައިރީގައި އިން ޔުމްނުއަށް ބަލައިލިއެވެ. ޒީން މޫނުމަތިން ސީރިއަސްކަން ފެނުމުން ޔުމްނުގެ ޝައުގު އިތުރުވެގެން ދިޔައެވެ. ޒީން ބުނަން އެއުޅެނީ ކުޑަ ވާހަކައެއް ނޫންކަން އެނގި ކައިރިއަށް ޖެހިލިއެވެ.

“ޒީ އަށް ޔުމް ކައިރީ ކޮންމެ ވާހަކަ އެއްވެސް ބުނެވޭނެ… އެހެޔޮ ކޮންމެ ވާހަކައެއް ވިޔަސް ޔުމް އަބަދުވެސް ޒީ ގެ ބެސްޓުފުރެންޑުގެ ގޮތުގައި ހުންނާނަން” އެކުވެރިޔާގެ ފަރާތުން ލިބުނު ޔަގީންކަމުގެ ބަސްތަކުން ޒީންއަށް ކުޑަ ނަމަވެސް ފަސޭހަ ކަމެއް ލިބިގެން ދިޔައެވެ.

“އަހަރެންމީ ޔުމް ތި ހީކުރާ ހަކަލަ ރަގަޅު މީހެއް ކަމަށް ނުދެކެން. ރައްޓެއްސެއްގެ ހައިސިއްޔަތުންވެސް އަދި ދަރިއެއްގެ ހައިސިއްޔަތުންވެސް. ޔުމް ހީކުރަނީ ދެމީހުންގެ މެދުގަ އެއްވެސް ސިއްރެއް ނޯއްނާނެ ކަމަށްނު. އަހަންނަށް އެނގޭ ޔުމްގެ ހުރިހާ ކަމެއް. އެކަމަކު ޔުމްއަށް ޒީ އާއި ބެހޭ ގޮތުން ނޭނގޭ ވަރަށް ބޮޑު ކަމެއް އެބައޮތް” މާޔޫސްވެފައިވާ އަޑަކުން ޒީން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ޒީ އެއްވެސް މީހެއް ކައިރީ މިވާހަކަ ނުބުނަން. ބުނަން ހިތަށް އަރާ ކޮންމެ ފަހަރަކު ބިރުންގޮސް ހަލާކު ވާވަރުވޭ.. ޔުމް އަހަންނަށް މާފް ކުރޭ” ޒީންގެ ވާހަކަ އެހިސާބަށް ދެވުނުތަނާ ލޮލުން ކަރުނަ އޮހިގަތެވެ.  ހީވަނީ އަޑު ބެދެން އުޅޭހެންނެވެ. އަރު ތެރޭގައި ތަދެއް ހުންނަހެންނެވެ.

ޒީންއަށް ހިތްވަރު ދިނުމުގެ ގޮތުން ޔުމްނު ޒީންގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ކައިރިއަށް ޖެހިލައި އަތުގައި ހިފަހައްޓާލިއެވެ.

“ޔުމް އައި ވޯސް ރޭޕްޑް” ޒީންއަށް އިތުރަށް ބުނެވުނީ އެހަތަރު ލަފްޒެވެ. ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. މީހާ ރޫރޫ އަޅައިގަތެވެ. ދުލުގައި ތަޅު ލެވިއްޖެއެވެ. ޒަމާންތައް ފާއިތުވެ ދިޔައިރުވެސް ހިތުގައި ފަސޭހަ ނުވެހުރި ޒަހަމްތަކުގައި ވޭން އަޅަންފަށައިފިއެވެ.

ޒީންގެ “ސިއްރު” އަޑު އިވުމާއި އެކު ކުޑަ ސިކުންތު ކޮޅަކަށް ޔުމްނު ހުއްޓުން އަރައިގެން ދިޔައެވެ. މިއީ ދުވަހަކުވެސް ހިޔާލަކަށްވެސް އައި ކަމަކަށް ނުވުމުންނެވެ. އަދި އެފަދަ ބޮޑު ކަމެއް ޒީން ސިއްރުކޮށްގެން ހުރީ ކީއްވެ ބާއޭ އަހާލަން ބޭނުންވިއެވެ. ޒީން އެކުރަނީ ސަމާސާއެކޭ ވެސް ބުނަން ބޭނުންވިއެވެ.

ކޮނޑުގައި ބޯއަޅާލައިގެން އޮތް ޒީންގެ ބުރަކަށީގައި ޔުމްނު ފިރުމަމުން ދިޔައީ ޒީންގެ ރުއިމަށް ލުއެއް ލިބޭތޯއެވެ. ހިތުގައި ބައިވަރު ސުވާލު އުފެދިއްޖެއެވެ. ޝަކުވާ ކުރަންވެސް ބޭނުމެވެ. އެކަމަކުވެސް ކެތްކޮށްގެން އިނީ އެކުވަރިޔާއަށް އޭނާގެ އެހީ ބޭނުންވާ ވަރު ވިސްނުމުންނެވެ.

އެތައް އިރެއް ގިސްލުމުގައި ހޭދަކުރުމަށްފަހު ޒީންއަށް ހަމަޖެހުމެއް ލިބުނީ ލޮލަށް ނިދި އައުމުންނެވެ. ނިދީގެ އަރާމު ދުނިޔެއަށް މީހާއަށް ދެވުނު އިރު ތާޒާ ކަރުނަތަކުން އެސްފިޔަތައް ބަބުޅަމުން ދިޔައެވެ. އެހެން މީހަކާއި އެ ވާހަކަ ހިއްސާކޮށްލުމުން އަދިވެސް ޒީންގެ ހިތަށް ލުޔެއް ލިބުނުހެން ހީނުވެއެވެ. ނޭނގޭ އުދަގޫ ކަމެއް ހިތުގައި އެބަ އޮތެވެ. ހީވަނީ އެތެރެ ހަށީގައި އިތުރު ބަރުކަމެއް އުފެދިފައިވާހެންނެވެ.

ޒީންއަށް ފަތިސް ނަމާދަށް ތެދުވެވުނު އިރު ޔުމްނު ނަމާދުކޮށްލައިގެން ކޮޓަރިން ނިކުންނަނީއެވެ. ރޭގެ ރުއިމާއި އެކު ނިދުމުން ކަންނެތްކަން ހަށިގަނޑުގައި އެބަހުއްޓެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ތެދުވީ މަންމަގެ ދެގޮތެއް ނުވާ ނަސޭހަތަށް ތަބާވުމަށެވެ. ޒީން ހަނދާން ހުންނަން ފެށީއްސުރެ މަންމަ އެއްމެ އިސްކަމަށް އޮންނަނީ ޒީން އަކީ ފަރުޟު ފަސްނަމާދު ގަވައިދުން ކުރާ ކުއްޖަކަށް ހެދުމެވެ.

ނަމާދަށް ފަހު ޒީން މުސައްލަ މަތީގައި އިނީ ކޮންމެ ނަމާދެއްގެ ފަހުން އާދަވެފައިވާ ދުއާ ކުރުމުގައެވެ. ހުދުކުލައިގެ ދޮޅީގައި ދެއަތް މައްޗަށް ނަގައިގެން އިނީ އެކަލާނގެ ހަޟްރަތުގައި އެދެން ބޭނުންވާ ބައިވަރު ކަންތައް ހުރުމުންނެވެ. މަންމަގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތީ ދަރަޖަ ދެއްވާތޯއެވެ. ޒީންގެ ކުށްތަކަށް މާފު ދެއްވާތޯއެވެ. މިކެހިވެރި ދުނިޔޭގައި އުޅުމަށް ކެތްތެރިކަން މިންވަރު ކުރައްވާތޯއެވެ.

ނަމާދުން އަވަދިވެގެން ނިކުތްއިރު ހަސީނާއާއި ޔުމްނު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅެއެވެ.

“ދަރިފުޅާ.. ކޯއްޗެއް މިއަދު ސަޔަށް ހަދަންވީ.. ޔުމް މިކިޔަނީ ޒީންއަށް މިހާރު އެއްމެ މީރީ ބޭކެޑް ބީންސްއޭ.. އެއީ ތެދެއްތަ” ބަދިގެއަށް ވަދެގެންއައި ޒީންއާއި ހަސީނާ ވާހަކަ ދެއްކިއެވެ.

“ދެތިން މަސް ކުރިން އުޅުނު ބަރަބޯ މަސްހުނި މީރުވެގެން. އެހަދާނެ ކޮންމެ ދުވަހަކުހެން.. މިހާރު ބޭކެޑް ބީންސް ގޭގެ ނުހަދާ ދުވަހެއް ނުދާނެ” އޮރެންޖް ފަނި ގިރަން ހުރި ޔުމްނު ޒީންއާއި ސަމާސާކޮށްލިއެވެ.

ޔުމްނުގެ އެސަމާސާއިން ޒީންއަށް ވަރަށް ފުން މާނައެއް ކުރެވިގެން ދިޔައެވެ. ރޭގައި ހިގާ ދިޔަ ކަންތަކަށް ފަހު ޔުމްނު ހިތް އަދިވެސް އޭނާއަށް ސާފުކަން އެނގި ހިނިތުންވެލެވުނެވެ. އަދި އެހެން ދުވަސްތަކޭ ތަފާތު ކުރުމެއް ނެތި ޔުމްނުއާއި އެއްކޮށް ދުވަސް ހޭދަކުރިއެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ފިންޏަށް ހިގާލުމަށް ރަށު ތެރޭގައި ޒުވާން ކުދިން އުޅެއެވެ. ނަމަވެސް ޒީން އިންތިޒާރު ކުރަމުން އެދަނީ ފަރުހާދުއާއި ޒާހިދު މަސްބާނަން ދާނެ ވަގުތަކަށެވެ. ރަށަށް އާދެވުނީއްސުރެ އެކޮޓަރީއަށް ވަދެވޭނެ އިރެއްގައެވެ.

ފަރުހާދު ގޭގެ ދޮރުން ނުކުތުމާއި އެކު ޒީން ގޮސް އެކޮޓަރިއަށް ވަނެވެ. އިރުގެ އަލި ހުޅުވާފައި ހުރި ކުޑަ ދޮރުން އެތެރެއަށް ވަދެގެން ދާއިރު ކޮޓަރީގެ ހުރިހާ ތަނެއްހެން ސާފުކޮށް ފެނެއެވެ. އަގު ބޮޑު މުދާ ނެތް ކަމުގައި ވިޔަސް އެކޮޓަރީގެ ހަނދާންތައް އަގު ނުކުރެވޭހާ ބޮޑެވެ.

ސާދާ ދިރިއުޅުމަކަށް ލޯބި ކުރި ފާތުމާއިހެ ކޮޓަރިން އަދިވެސް އެއަސަރު ފެންނަން ހުއްޓެވެ. ދެމީހުންގެ ޖާގައިގެ އެނދުގެ ކައިރީގައި ކުޑަ މޭޒެއް ހުއްޓެވެ. މޭޒުމަތީގައި ފެން އަޅާ ޖަގަކާއި ބިއްލޫރި ތައްޓެއް ހުއްޓެވެ. އަދި އޭގެ ކައިރީގައި ކަޅު މެދު ސައިޒެއްގެ ރޭޑިޔޯ އެއްވެސް އޮތެވެ. މަންމަ ކައިރީގައި އުޅޭނަމަ އަބަދުވެސް ރޭޑިޔޯގެ އަޑު ފަހަތުން އިވޭނެއެވެ. ފާތުމަ ވަކިވެ ދިޔަފަހުން ފަރުހާދަށް ފާތުމަ އެކޮޓަރީގައި އުޅޭކަން އަންގައިދެނީ އެރޭޑިޔޯއެވެ.

މަޑު ހިގުމެއްގައި ގޮސް ޒީން މަންމަގެ އަލަމާރި ހުޅުވާލިއެވެ. ހެދުންތައް ތަރުތީބުކޮށް އަތުރާލާފައިވާ އިރު ގަހަނާ ފޮށި ތިރީ ވަށްގަނޑުގައި އޮތެވެ. އަދި މަންމައަށް އެންމެ ކަމުދާ ރަޖާގަނޑު ރީތިކޮށް ފަތްޖަހާލައިފައި އޮތެވެ.

ޒީން ކަބަޑުން މަންމަގެ ދެތިން ހެދުން ނަގާލައި މޫނާއި ކައިރިކޮށްލިއެވެ. ދުވަނީ އެއްމެ ހިތް އެދޭ ވަހެވެ. އިހްސާސް ކުރެވެމުން ދިޔައީ ބަޔާންކުރަން ދަތި އިހްސާސްތަކެކެވެ.

މަންމަ އޭނާއަށްޓަކައި އުފުލި ބުރަ ވަޒަން ނުކުރެވޭހާ ބޮޑެވެ. މާބަނޑުގައި ނަގައިލީ ކިތައް ރޭގެ އަރާމު ނިދި ހެއްޔެވެ؟ ދުނިޔެއަށް ނޭވާ ލުމާއި އެކު އިތުރުވީ ލޯތްބެވެ. ދެގޮތެއް ނުވާ އަޅާލުން ދިނެވެ. ޒީން އަށް ރަގަޅު ސިއްހަތެއް ދެއްވުމަށް ކުރީ ކިތައް ދުއާ ހެއްޔެވެ؟ ނަމަވެސް ތަގުދީރުގެ ނިމުން ތަންފީޒުވެގެން ދިޔައީ ވަރަށް ވެސް ހިތިކޮށެވެ. މަންމަގެ އަޅާލުމާއި ލޯތްބިން އަބަދަށް ދުރުކުރަމުންނެވެ. މިއަދު ކެތްކުރުން ނޫން ގޮތެއް ޒީންއަށް ނެތެވެ. އުއްމީދު ކުރަނީ ސުވަރުގޭގައި ދެމައިން އަބަދަށް ލެއްވުމެވެ.

ހެދުންތައް އަލަމާރީގައި އަޅުވާލުމަށްފަހު ޒީން ހުއްޓިލީ ރީތިވާ މޭޒު ކައިރީގައެވެ. ކުޑަ ކަބަޑެއްހެން އެތަން ހުރި އިރު ފާރުގައި ލޯގަނޑެއް ހަރުކޮށްފައި ހުއްޓެވެ. ޒީން އަމިއްލަ ސޫރައަށް ބަލައިލިއެވެ. ހިކިފައި ހުރި ކަރުނައިގެ ތިކިތަކެއް ލޮލުން ފެށިގެން ކޯތާފަތް މަތީ ރޮގެއްހެން ކުރެހިފައި ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެލުމަށްފަހު ޒީން ފުން ނޭވާ އެއް ލިއެވެ. ހަޔާތުގެ ކަށި ނުހުއްޓި ހިގަމުން މިދަނީ ހާދަ އަވަހަށެވެ. ހަރީފު މޫސުމް ނިމި ބަހާރު މޫސުމް އަންނަން ނުވޭ ހެއްޔެވެ؟ މާތަކުގެ ވަސްމީރު ކަމަށް ހަޔާތް މިވަނީ ފެންބޮވައިގެންފައެވެ. މިއަދު އޭނާއަކީ އެކަނިވެރިއެއް ނޫންކަން އެތައް ބަޔަކު ސާބިތުކޮށްދީފިއެވެ. ކަނިވެފައިވާ އުއްމީދުގެ ހުޅުކޮޅުގައި އަދި ފުރިހަމައަށް ދިއްލޭނޭ ހިތް ސިކުޑިއަށް ވިސްނައިދިނެވެ.

ދަތުރު ނިމިގެން މާލެ ދާން ފުރިއިރު ޒީން ހުރިހާ ވާހަކައެއްހެން ޔުމްނުއާއި ހިއްސާކުރިއެވެ. އެރޭ ކަންތައް ވީ ގޮތެވެ. އެޔަށްފަހު އަމިއްލަ ނަފްސު ކުށްވެރިވެވޭ ސަބަބެވެ. ނަމަވެސް ޒީން އެއީ ކާކު ކަން ޔުމްނު އަށް ސިއްރު ކުރިއެވެ. ސަބަބަކީ ޔުމްނުއަށް އެގިއްޖެނަމަ ދެން ކަންތައް ވާނެ ގޮތަކީ ބޭނުންވާ ގޮތް ނޫންކަމުގައި ވާތީއެވެ. ހިތުގައި ބަދަލުހިފުމަށް ރާވާވައިފާ ރޭވުންތަކަށް ބުރޫ އައިސްދާނެތީއެވެ.

އެރެޔަށްފަހު ސާއިމް ޒައިނާއަށްދޭ ސަމާލުކަން އިތުރުވިއެވެ. ގަޑިން ގަޑިއަށް ޒައިނާ ބޭސްކައިތޯ ގުޅައި އަހައެވެ. ކްލިނިކްގައި މެ ދެދުވަސް ވީ ވަރަށް ފަޅު ދެދުވަހަށެވެ. ޒައިނާ ގެ ސަމާސާ ކުރުން މަތިން ސާއިމް ހަނދާންވެއެވެ. ޒައިނާއާއި ނުލައި ކޮންމެ މިނެޓެއްވެސް ހީވަނީ ދެގުނަ އިތުރުވެގެން ދާހެންނެވެ. ޒައިނާ ކްލިނިކަށް ނައިސް ގޭގައި އަރާމް ކުރުމަށް ބުނީ ސާއިމް ނަމަވެސް ހިތް އެދި ގޮވަމުން ދިޔައީ އެސޫރަ ދެކިލުމަށެވެ.

ޒިއަމްއަށް ޖަލްސާގައި ލިބުނު އެވޯޑުގެ އުފާފާޅުކުރުމުގެ ގޮތުން އެގޭގައި ކުޑަ ކެއުމެއް ޒިޔަމް އަންނަންވާ އިރަށް އޮތެވެ. ސާއިމްއަށްވެސް މި ކެއުމަށް ދައުވަތު ލިބުނެވެ. ސާއިމް އުފަލާއި އެކީ ދައުވަތު ގަބޫލުކުރީ ޒައިނާ ފެންނާނެ ކަމުގެ އުއްމީދުގައެވެ.

ޒައިނާ އެހާލުގައި ފެނި ހަސީނާ ވަރަށް ސުވާލުކުރިއެވެ. ޒައިނާ އެއީ މަގުމަތިން މީހަކު ދިމާކުރީއޭ ކިޔާފަ ދޮގު ހެދިއެވެ. ހަސީނާ އެހަބަރު މެލޭޝިޔާއަށް ދިޔަ ޝާހިދުއާއި އަމީރާއަށްވެސް އެންގިއެވެ. ދަރިފުޅަށް އެހާ ބޮޑު އަނިޔާއެއް ލިބުމުން ދެމީހުންވެސް މިކޮޅަށް އަންނަން އުޅުނެވެ. ނަމަވެސް ޓިކެޓު ނުލިބުމުން ޒިޔަމްއާއި އެއްކޮށް އަންނަން މަޑުކޮށްލީއެވެ.

ޒިޔަމް މެންނަށް ގެޔަށް އާދެވުނު އިރު ހަތެއް ޖަހަނީއެވެ. ޒައިނާގެ މޫނުމަތީގައި އަޅައިފައިވާ ބެންޑޭޖްތައް ފެނި އެއްމެންވެސް ތިބީ ކަންބޮޑުވެފައެވެ. ނަމަވެސް ޒައިނާ އެއީ މާބޮޑު ކަމެއް ނޫންކަމެއް ކަމަށް ބުނެ ވަގުތީ ގޮތުން އެކަން އޮއްބާލިއެވެ.

ޒިޔަމް ، ޝާހިދު އަދި އަމީރާ ދަތުރަށްފަހު ފެންވަރާ ތާޒާ ވެލުމަށް ކޮޓަރިއަށް ދިޔައެވެ. ހަސީނާ އުޅުނީ އެއްމެން ކާން އަންނަން ވާއިރަށް މޭޒުމަތި ތައްޔާރުކުރުމުގައެވެ. ޒައިނާ އިނީ ސިޓިން ރޫމްގައި ޓީވީއިން ދައްކަމުން ދިޔަ ޕްރޮގުރާމެއް ބެލުމުގައެވެ. ގޭގެ ބެލް ރިންގު ވުމާއި އެކު ޒައިނާ ދުވެފައި ކަހަލަ ގޮތަކަށް ދޮރު ހުޅުވަން ދިޔައީ ބައްޕަ ފަރާތުގެ ބޮޑުބޭބޭގެ ދަރި ޝަމްހާ މިރޭގެ ކެއުމުގައި ބައިވަރިވާތީ އޭނާ ކަމަށް ހީކޮށެވެ. ޝަމްހާއާއި ޒައިނާއަކީ ކުޑައިރު އެއްކޮށް އުޅުމުން ގާތް ގުޅުމެއް އުފެދިފައިވާ ދެކުދިންނެވެ. ޝަމްހާ ބޭރުން ކިޔަވައި ނިއްމާލުމަށްފަހު މާލެ އައީ މިހަފްތާ ތެރޭގައެވެ.

ފުޅާ ހިނިތުންވުމަކާއި އެކީ ދޮރު ހުޅުވި ޒައިނާގެ ހިނިތުންވުން ފަޑުވެގެން ދިޔައީ ކުރިމަތީ ހުރި ހާޝިމް ފެނުމުންނެވެ. ހާޝިމްއަށް މިގެ ހުންނަތަން ބުނެދީފައި އޮތަސް ނުވެސް ބުނެލައި އައުމުން ޒައިނާ ދިޔައީ ހައިރާންވެގެންނެވެ. އެރެއަށްފަހު ހާޝިމްގެ ހަބަރެއް ޒައިނާއަށް ނުވެއެވެ. ޒައިނާ ހީކުރީ ގޭގައި ހުރުމުން ހާޝިމްގެ އުދަގުލުން ސަލާމަތް ވެވުނީ ކަމަށެވެ.

“ޒައި ކިހިނެތްތަ” ހާޝިމް އަތުގައި އޮތް ރަތް ފިނިފެންމަލުގެ މާބޮޑި ޒައިނާއަށް ދިއްކޮށްލިއެވެ. އޭގެ ރައްދުގައި ޒައިނާ ދޮރު ލައްޕަން އުޅުނެވެ. ނަމަވެސް ހާޝީމްގެ ބާރުގަދަ އަތް އެކަމުގެ ހުރަހަކަށް ވިއެވެ.

“ޒައި .. އަހަންނަށް މާފުކޮށްދީ.. އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނީ..” ހާޝިމް ވާހަކަ ދައްކަމުން ދިޔައެވެ. ޒައިނާ ގޭ ތެރެއިން މީހަކަށް ހާޝިމްގެ އަޑު އިވިދާނެތީ ބޭރަށް ނުކުމެ ދޮރު ކުޑަކޮށް ލައްޕާލިއެވެ.

“ހާޝިމްއާއި މަށާ އެއްވެސް ގުޅުމެއް ނޯއްނާނެ މިހާރު، ދެން ކޮންމެހެން މާބޮޑި ގެނެސްދީ މާފަށް އެދޭނެ ކަމެއް ނެތް. ދުވަހެއްގެ ކޮޅުންވެސް ޒައިގެ ހިތެއް ހާޝިމްއަށް ހެވެއް ނުވާނެ” މަޑުން ވާހަކަ ދެއްކި ނަމަވެސް ޒައިނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

“ޒައި ބަލާބަ އަހަންނަށް” ހާޝިމް ޒައިނާގެ ދަތްދޮޅީގައި ހިފައި އޭނާގެ މޫނާއި ސީދާކޮށްލަމުން ވާހަކަ ދެއްކިއެވެ.

” އެރޭ އަހަރެން އަތުން ގޯސް ހެދުނީ. އެހެންމީހެއް ދެކެ އައި ރުޅި ޒައި އަށް ބޭލުނީ. އަހަރެންވެސް މީ އިންސާނެއް ދޯ. ކުށް ކުރެވޭނެ . ޒައި އަށް އެވަރު ވިސްނެއެއްނު. ޒައި ނޫން އެހެން މީހެއް ދެކެ..”  ހާޝިމްގެ ވާހަކަ މެދު ކަނޑާލީ ފަހަތުން މީހެއްގެ ހިލަމެއް ވީހެން ހީވެގެންނެވެ. ޒައިނާވެސް އެއީ ކާކު ތޯ ބެލުމަށް ބޯ އަރިކޮށްލައި ބަލާލިއެވެ. އޭރު ސާއިމް ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ.

“ޒިޔަމް އެބަ އުޅޭތަ” ސާއިމް އަހާލިއެވެ. ސާއިމްގެ މޫނުމަތީގައި ވި ސީރިއަސްކަން ފެނި ސާއިމްއަށް ހާޝިމްއާއި ދެމީހުން ދެއްކި ވާހަކަތައް އަޑު އިވުނުހެން ޒައިނާއަށް ހީވިއެވެ.

“އެތެރޭގައި އެބަ އުޅޭ” ޒައިނާ ސާއިމް އެތެރެއަށް ވަންނަން ދޮރު ހުޅުވައިދިނެވެ. އެތެރެއަށް ވަދެގެން ދިޔައިރު ސާއިމް ބަލާލި ގޮތުން ޒައިނާގެ ހިތް އިތުރަށް ތޮޅިގަތެވެ.

 

ހާޝިމްއާއި ވާހަކަ ދެއްކުމަށްފަހު ޒައިނާ އެތެރެއަށް އައި އިރު ސާއިމް ސޯފާގައި އިން ތަންފެނުނެވެ. ފެންނަ ކަމަށްވެސް ހަދައި ނުލައި ޒައިނާ އަވަސް ހިގުމެއްގައި އެތެރެއަށް ވަދެގެން ދިޔައީ ސާއިމްގެ ސުވާލުތަކުން ސަލާމަތްވުމަށެވެ.

މުޅި ރޭހެން ޒައިނާ އުޅެން ޖެހުނީ އެހާލެއްގައެވެ. ސާއިމްއާއި ދެމީހުން އެކަނި ވާނެ ފުރުސަތެއް ނުދީއެވެ.

ޒައިނާ އެހީކުރާ ގޮތަށް ސާއިމް ހުރީ ޒައިނާ އާއި ވާހަކަ ދައްކާނެ ފުރުސަތަކަށް ބޭނުންވެފައެވެ. މިރޭ މިގޭގެ ދޮރުމަތިން ފެނުނު މަންޒަރުތަކުން ޒައިނާގެ ވާހަކަ އަހަން އިތުރަށް ޝައުގުވެރިވިއެވެ.

ކެއުމަށް ދައުވަތު ދިން ޝާހުއާއި ސާއިމްގެ ދިމާކުރުންތައ ތިން މީހުން އެކަނިވުމުން ޒިޔަމްއާއި ކުރިމަތިލާންޖެހުނެވެ. ޝަމްހާ ޒިޔަމްއަށް ބަލާ ގޮތުންނެވެ. ތެދެކެވެ. ޒިޔަމް ނުވާ ކަމަށް ހަދައިލައިގެން އިނަސް ޝަމްހާ ބަލާ ގޮތުންނާއި ވާހަކަ ދައްކާ ގޮތުން ޒިޔަމްއަށް އުދަގޫ ވިއެވެ.

މިއަދު އޮތް ސެޝަންއަށް ޒިޔަމްއަށް ވުރެ ބޮޑަށް ތައްޔާރު  ވެގެންއައީ ޒީންއެވެ. ހިތް ތެޅިތެޅި އޮތަސް ޒިޔަމްއާއި ކުރިމަތިލާން ވަރުގަދަ އަޒުމެއްގައި ހިފައިގެންނެވެ.

“ޒީން ވީކެންޑް ކިހިނިތެ. ކޮންކަމެއް ކޮށްލީ” މިއަދުގެ ސެޝަންއަށް މަރުހަބާ ކިޔަމުން ޒިޔަމް ސުވާލުކޮށްލިއެވެ.

“ކީއްވެ އަބަދު ޒީންގެ ވާހަކަ ދައްކަނީ..ޒީންގެ ވާހަކަ ދައްކަންޏާ ފޫއްސެއްނު. އާގޮތެއް ޓްރައި ކުރަމާ” ރާވާއިގެން އައި ކަންތަކަށް ޒީން މަގުކޮށަމުން ދިޔައެވެ.

“ހެހެހެ.. މީ ޒީން އަށް އެހީވާން ކުރާ ކަމެއްނު… އޯކޭ ދެން މިފަހަރު ޒީންއަށް ފެންނަ ގޮތަކަށް ކަންތައް ކުރަމާ” ޒިޔަމް ފުޅާ ހިނިތުންވުމަކާއި އެކީ ވާހަކަ ދެއްކިއެވެ. ކޮންމެ ސެޝަންއަކުންވެސް ޒީންގެ ނުފެންނަ ސިފައެއް ޒިޔަމްއަށް ފެންނަ ކަހަލައެވެ.

“އިންޓްރެސްޓިންގ ކޮށްލަމާ…ދެމީހުންނަށްވެސް ސުވާލު ކުރުމުގެ ފުރުސަތު އެއްވަރަށް ލިބޭނެ. އެކަމަކު އަނެއް މީހާއާއި ކުރާ ސުވާލުގެ ޖަވާބު ސުވާލުކުރި މީހާ ދޭންވާނެ އެމީހެއްގެ ލައިފަށް ބޭސްކޮށް. ކްލިއަރ ވެއްޖެ” ޒީން ދެބުމަ މައްޗަށް އަރުވާލައި ސުވާލުކޮށްލިއެވެ.

ޒިޔަމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ޒީންގެ ހިޔާލަށް ފުރުސަތު ދެމޭ ބުނުމުގެ ގޮތުންނެވެ. ޒިޔަމް ބޭނުންވަނީ ޒީންގެ މައުލޫމާތު އެގެން ކަމަށްވުމުން މިގޮތްވެސް ކަމުދިޔައެވެ. އެއީ ޒީންގެ ފަސޭހަ ގޮތަށް ވާނެ ކަމުގެ އުއްމީދުގައެވެ.

“ޒިޔަމް ކީއްވެ ސައިކޭޓުރިސްޓަކަށްވީ” ފުރަތަމަ ސުވާލުކުރީ ޒީންއެވެ.

“އެއީ އިންސާނާގެ ފިޒިކަލް ބޮޑީއަށް ވުރެ ޒިޔަމް ޝައުގުވެރިވަނީ ނަފުސުގެ ދުޅަހެޔޮކަމަށްވާތީ.. މީހުން ހީކޮށްފާނެ މިއީ އެއްވެސް ކަމެއްނޫނޭ، އެކަމަކު ފިޒިކަލީ ބޮޑީއަށް ލިބޭ އަނިޔާއަށް ފަރުވާ ދޭގޮތަށް ސިކުޑީގައި ހިނގާ ކަންތަކަށްވެސް ފަރުވާ ދެވެންވާނެ ކަމަށް ޒިޔަމް ދެކެނީ”ޒިޔަމް އެ ޖަވާބު ދިނީ މީހުން އަބަދުވެސް އޭނާއާއި ކުރާ ސުވާލެއްގެ ޖަވާބެވެ.

“އެހެންދޯ.. ޒީން ތިމާވެށި ހިޔާރު ކުރީވެސް ތިހަކަލަ ސަބަބަކަށްޓަކާ.. އުޅޭތަން ހިތަށް އެރި ގޮތަކަށް ހަދައިލައިގެން އަސްލު ހިކާ ބޮޑު ގެއްލުމަކާއި ފަހުން ކުރިމަތިލާން ޖެހޭނީ”

“ޒިޔަމްގެ ޓާރން ދޯ.. ޒީން އަށް މި އިވެނީނު އަޑުތައް. އެއީ އަންހެނެއްގެ އަޑުތަ ނޫނީ ފިރިހެނެއްގެ އަޑުތަ” ޒިޔަމް ކޮށްލި ސުވާލުން ޒީން އަށް އިސްޖަހައި ލެވުނެވެ.

“ދެމީހެއްގެ އަޑު އިވެނީ.. އަންހެނެއް ވާހަކަ ދައްކާ އަޑު އިވޭ. އެކަމަކު ދެން އިވެނީ އަންހެނެން ކަމެއް ފިރިހެންނެއް ކަމެއް ނޭނގޭ” ޒީން ޖަވާބު ދީ ނިމުމަށްފަހު ޒިޔަމްއަށް ބަލާލިއެވެ. އޭރު ޒިޔަމް އިނީ އަތުގައި އޮތް ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަމުންނެވެ.

“އައި ގެސް ދިސް އިޒް ޔޯ ޓާރން.. ޒިޔަމްއަށް ނެތް ދޯ ތި ސުވާލުގެ ޖަވާބު ދެވެން” ފަޑު ހިނިތުންވުމަކާއި އެކީ ޒިޔަމް ވާހަކަ ދެއްކިއެވެ.

“ޒިޔަމް ޕޭޝަންޓަކަށްޓަކާ ކޮންމެ ކަމެއްވެސް ރިސްކު ކޮށްފާނަންތަ.. މިބުނީ ޕޭޝަންޓު އަށް އޮޅުވާލައި އެކަހަލަ ކަމެއް ކޮށްފާނަންހޭ” ޒީން ކުރި ސުވާލުން ޒިޔަމްއަށް ޒީންއަށް ބަލައިލެވުނެވެ. ޒީން މިސުވާލުގެ މަގުސަދު ނުވިސްނުނީތީއެވެ.

“ޒިޔަމް ދުވަހަކުވެސް އެކަހަލަ ކަމެއް ކުރިންތަ. ނޫނީ ކޮށްފާނަންތަ މުސްތަގުބަލުގަވެސް” ބަސްމަގު ތަފާތަސް މިފަހަރުވެސް ޒީންކޮށްލީ ކުރިން ކުރި ސުވާލެވެ.

“އަމްމް. ޒިޔަމްއަކަށް ނުވިސްނުނު ޒީން ތި ސުވާލު ކުރަންވީ ސަބަބެއް. ޖަވާބުގައި ބުނެވޭނީ….. ޕޭޝަންޓަކަށްޓަކާ ކޮންމެ ކަމެއްވެސް ރިސްކުކޮށްފާނަމޭ ހާލަތާއި ވަގުތަށް ބަލާފަ.  އަދި މިހާތަނަކަށް ނެތް ތިކަހަލަ ކަމެއްކޮށްފައެއް.. އެކަމަކު ޕޭޝަންޓަށް އޮޅުވާލާއި މަކަރު ހަދައިގެން ޒިޔަމް އެއްވެސް ކަމެއް ކުރާކަށް ނެތިން” ޒީން ސުވާލު ދޭން ޒިޔަމްއަށް ފަސޭހަ ވި ނަމަވެސް ޒީން އާއި އެކަހަލަ ވާހަކައެއް ދައްކަން ޖެހިލުންވެފައިވާކަން ހީވެއެވެ. ޒިޔަމް ވާހަކަ ދައްކަމުން ދިޔައިރު ޒީންގެ މޫނު މައްޗަށް ވެރިވީ އެހެން ކަހަލަ ހިނިތުންވުމެކެވެ. މިއަދުގެ މަގުސަދާއި ހަމައަށް ވާސިލްވާން އުޅޭހެންނެވެ.

“ވަޓް އިފް އައި ޓޯލްޑު ޔޫ ސަމްތިން… ޒިޔަމް ދެންމެ ނުބުނަމޭ ބުނި ކަމެއް ޒިޔަމް ކޮށްފައި އިންތަން ޒީން ދައްކައި ފިއްޔާ ޒިޔަމް ކީކޭ ބުނާނީ.. ” ޒީން ވާހަކަ ދައްކަމުން ޒިޔަމްއާއި ދިމާލަށް ބޯ ގެންދިޔައެވެ. ޒީންގެ އަޑުގައި ވި ސީރިއަސްކަމާއި ޔަގީންކަން ފެނި ޒިޔަމް އިނީ ބަސް ހުއްޓިފައި ކަހަލަ ގޮތަކަށެވެ. ޒީންއަށް ކޮން އެއްޗެއް އެގިން އުޅެނީ ބާ ހިތައި ސުވާލުކޮށްލެވުނެވެ.

ވާނުވާގައި އިން ޒިޔަމްގެ މޫނުމަތިން ހާސްކަން ނުފެނުނަސް ދެބުމަ ކައިރިކޮށްގެން އިން ގޮތުން ޒީން ކުޑަކޮށް ހިނި އަންނަ ގޮތްވެސް ވިއެވެ. ހީވަނީ ކުޑަ ކުއްޖަކަށް ރޭގަޑު މީހަކު ޝައުގުވެރި ވާހަކަ އެއް ކިޔާދޭ އަޑު އަހަން އިންހެނެވެ. އެހާވެސް ޝައުގުވެރިކަން ދެއްމެ ހީހީ ފައި ވާހަކަ ދެއްކި ޒިޔަމްގެ މޫނުމަތިން ފެނެއެވެ.

އަންނަމުންދާ ހިނި އޮއްބާލާއިގެން ޒީން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ސޯ ޒިޔަމް ބޭނުންތަ އެއީ ކޮން ވާހަކައެއްކަން އެގެން” ޒީންގެ ފަހު ޖުމްލަ ކަންފަތުގައި ޖެހުމާއި އެކު ޒިޔަމް އަށް ބޭއިހްތިޔާރުގައި ބޯ ޖަހާލެވުނީ ކުޑަ ކުއްޖެއްހެންނެވެ.

“ޔެސް.. ޒީން އަހަންނާއި ބެހޭ ގޮތުން ވަރަށް ރިސާރޗުކޮށްފަ ދޯ ތިހިރީ. އެކަމަކު ތިކަހަލަ ކަމެއް ޒިޔަމް ނުކުރަން ދުވަހަކުވެސް. ޒީންގެ ތި ކުށްހީ އަހަރެން ފިލުވަ ދޭނަން.. ސޯ ބުނެބަ.. ކޮން ވާހަކައެއްތަ” ހަމަޖެހޭކަން ޒިޔަމް މޫނުމަތިން ދައްކާލީ ޒީން އެބުނާ ފާޑުގެ ކަމެއް ދުވަހަކުވެސް ކުރި ހަނދާން ނުވުމުންނެވެ.

“ހަނދާންވޭތަ ދެވަނަ ދުވަހު ޒިޔަމް ބުނި ހަނދާން ޕޭޝަންޓުގެ މައުލޫމާތަކީ އަހަރަމެން ދެމީހުންގެ ދެމެދުގައި ވާ ސިއްރެއް ކަހަލަ ވާހަކަތަކަކޭ. ހަނދާންވޭތަ ޒިޔަމް އެހެން ބުނި ފަހުން އަހަރެން ޒިޔަމް ކައިރީ ދެއްކި ހުރިހާ ވާހަކައެއް. ” ޒީން ވާހަކަ ކުރިއަށް ގެންދަމުން ކޮޅަށް ތެދުވިއެވެ. އަދި ނުރުހުމުގެ ނަޒަރަކުން ޒިޔަމްއާއި ދިމާލަށް ބަލަމުން ވާހަކަ އިތުރަށް ކުރިއަށް ގެންދިޔައެވެ.

” ޔޫ ލައިޑް.. އެދުވަހު ޒިޔަމް ތި އިންތާ ތި ގޮނޑީގަ ތި ގަމީސް ލައިގެން ޒީން ކައިރީ ވައުދުވި ހަނދާން ނުވޭތަ ދެމީހުންގެ ދެމެދުގައޭ ހުރިހާ ވާހަކައެއް އޮންނާނީ. އެހުރިހާ ވާހަކައެއް ދައްކާ ޒީން ހައްލާލުމަށްފަހު ކީއްކުރަން ވަގަށް ކަންތައް ކުރަންވީ.. އަމިއްލަ އަށް ތި ސިކުޑިއަށް ހަނދާން ނެތޭ ބައްޔަށް ފަރުވާ ކުރަންވީނު” ޒީންގެ އަޑު ދިޔައި ބަރު ވަމުންނެވެ. ރުޅިއާއި އެއްވަރަށް ހިތާމައިގެ އަސަރުވެސް އެމޫނު މަތިން ފާޅުވަމުން ދިޔައެވެ.

“ޒިޔަމް ހިތަށް ހަމަޖެހުމެއް ނުލިބެނީތަ ޒީން އުފާވެފަ ހުރުމުން. އައި ޓުރަސްޓެޑް ޔޫ އޭޒް މައި ޑޮކްޓަރ. އެކަމަކު ޒިޔަމް އެ އިތުބާރުވެސް އަމިއްލައަށް ތި ގެއްލުވާނީ. ހީވަނީތަ ޒީންއަކީ ޒިޔަމް ކުޅެން މިދުނިޔެއަށް ގެނެސްފަ ހުރި މީހެކޭ. ކޮންމެ ފަހަރަކުވެސް ޒިޔަމް ބޭނުންވާ  ގޮތް ހަދާލާފަ…. އެކަމަކު ބުނަން މިފަހަރު ޔޫ ކާންޓު ގެޓް އަވޭ ވިތް ދިސް.. އަހަރެން އަޑު އެހިން ޒިޔަމްގެ ލޯބިވާ ބައްޕައޭ މިތާނގެ ވެރިއަކީ.. ޒީން ދައްކަ ދޭނަން ހަވް ޕާފެކްޓް ހިސް ސަން އިޒް”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……..01

Next

ނޭނގުމެއްގެތެރޭގައި..(5)

Next
June 21, 2017

ނޭނގުމެއްގެތެރޭގައި..(5)

Previews
June 20, 2017

މިލްކު ކޮށްލީ ހިތޭ……..01

48 Comments!

  1. maroon says:
    June 20, 2017 at 10:05 pm

    Sorry guys lasvyma. Hope u ll like it. Miss u all ?
    If u like the story dnt forget to comment. Huredhaane ngey mistakes. Feel free to point it out. ???loves to all my readers ???

  2. kiaara says:
    June 20, 2017 at 10:18 pm

    Oh my god!? Vr reethi mi bai vxx….vr kiyaa hiy vefa huhtaa nimuny….waiting waiting….??

    1. maroon says:
      June 21, 2017 at 10:42 am

      Thanku kiaara ? .. maadhama anehbai upkoh dheynan ngey.. see u ?

  3. Love says:
    June 20, 2017 at 10:30 pm

    Salhi varah…. Whn nxt part…

    1. maroon says:
      June 21, 2017 at 10:43 am

      Thanku love ? next ep thursday..

  4. Adha? says:
    June 20, 2017 at 10:31 pm

    Varah kiyaahithun huhta e nimuny? varah kiyaahiyvefa meenee next part ves..❣
    Waiting…??

    1. maroon says:
      June 21, 2017 at 10:44 am

      Aww. Thanku adha ? thursday next ep ngey

  5. Love says:
    June 20, 2017 at 10:31 pm

    Xiam vs rape kuri iru hurytha anehkaa….. ??

    1. maroon says:
      June 21, 2017 at 10:45 am

      Lets see dhw

    2. Anonymous says:
      June 21, 2017 at 1:31 pm

      Xiam kaneynge zeen rape kuriy!!!

    3. maroon says:
      June 21, 2017 at 8:06 pm

      If so Kinda sad isnt it

    4. Anonymous says:
      June 22, 2017 at 3:45 pm

      Maybe someone put something in this drink and he don’t know what he did!!?
      I want xiam and xeen to be together!!

  6. Flower pririncess says:
    June 20, 2017 at 10:32 pm

    Wow very nice and waiting……..

    1. maroon says:
      June 21, 2017 at 10:50 am

      Thanku flower princess ?

  7. Reader says:
    June 20, 2017 at 10:38 pm

    Next part kon dhuvahakun.?
    Varah salhi

    1. maroon says:
      June 21, 2017 at 10:52 am

      Thanku reader ?
      Next ep thursday

  8. Xxxx says:
    June 20, 2017 at 10:47 pm

    Interesting.. Waiting.waiting.keep it up.?

    1. maroon says:
      June 21, 2017 at 10:52 am

      Thanku xxxx ?
      Next ep thursday

  9. nonns says:
    June 20, 2017 at 10:56 pm

    Wow. vvvvv reethi mi part ves. When next part??

    1. maroon says:
      June 21, 2017 at 10:49 am

      Nonns ?
      Next ep thursday ngey. Thanku ?

  10. cym says:
    June 20, 2017 at 10:58 pm

    Interesting . waiting to read rest of the episodes. Thanks maroon

    1. maroon says:
      June 21, 2017 at 10:49 am

      Hey cym… thanku ?

  11. Some one says:
    June 20, 2017 at 11:26 pm

    Alhe kiyaahiyvaniii! Can’t wait!!! Alhe when nxt prtt??

    1. maroon says:
      June 21, 2017 at 10:48 am

      Someone ? next ep thursday.. thanku ngey ?

  12. sam♥ says:
    June 20, 2017 at 11:32 pm

    alhey roon ehme reethii hisaabun nihmaa thilyyy … next part v kiyaa hih vey roon… plx up next part … cant wait read next part hehhe… sure v v v lovely mi stry … keep it up roon .. … i love it … love u roon ♥♥
    when next part …
    zee n zim
    saaim n zaee
    dhww asluu stry ge ehme special kudhinakyyy
    ♥♥♥♥

    1. maroon says:
      June 21, 2017 at 10:47 am

      Hehehe sam ?
      Yes they r the main characters… thursdayga dhen onna ep kiyaalahchey..
      Thanku sam ?
      Loves …

  13. sem says:
    June 20, 2017 at 11:33 pm

    V vvv reethi waiting for next part avahah up kohdhechey

    1. maroon says:
      June 21, 2017 at 10:46 am

      Thanku sem ?.. next ep thursday?

  14. Anonymous says:
    June 21, 2017 at 10:55 am

    kiyaa hithun indha a nimuny.. waiting for another part.. avahah kiyaalan libeyne kamah heekuran..

    1. maroon says:
      June 21, 2017 at 11:12 am

      Thanku anonymous ? thursdayga ngey

  15. Izu says:
    June 21, 2017 at 12:35 pm

    V salhi mi part ves ?
    Loves ?

    1. maroon says:
      June 21, 2017 at 1:31 pm

      Thanku izu… loves ?

  16. Noor says:
    June 21, 2017 at 1:50 pm

    Wow….???

    1. maroon says:
      June 21, 2017 at 3:02 pm

      Thanku noor ??

  17. Aai says:
    June 21, 2017 at 2:26 pm

    Wow ❤❤❤did ziam raped zeen? But your vv good at writing dear????

    1. maroon says:
      June 21, 2017 at 3:03 pm

      Thanku aai ??.. vedhaane dhw ..
      Lets see

  18. Yehtaf says:
    June 21, 2017 at 3:54 pm

    Loved thw story ?…. Eagerly waiting waiting….

    1. maroon says:
      June 21, 2017 at 4:22 pm

      Thanku dear yehtaf?

  19. Shanna says:
    June 21, 2017 at 8:27 pm

    Waitingggggggg…..
    V nice

    1. maroon says:
      June 22, 2017 at 9:02 pm

      Thanku shanna ?

  20. Wonder girl says:
    June 22, 2017 at 12:43 am

    Mee kurin kiyaafa oi vaahakaehen heevany kyvvetha? kurin ehen site ehga viyas mivaahaka shaairu kohfa veytha?

    watevs.. salhi story eh… likes it… ?

    1. maroon says:
      June 22, 2017 at 9:03 pm

      Thanku winder girl ?
      Mee mulhin new story eh ngey.. ?

  21. Saran says:
    June 22, 2017 at 1:49 am

    How many part left

    1. maroon says:
      June 22, 2017 at 9:04 pm

      Thanku saran . Adhi neyge kithah ep kameh?

  22. red says:
    June 22, 2017 at 12:18 pm

    ???❤?

    1. maroon says:
      June 22, 2017 at 9:05 pm

      Thanku red ?

  23. Ainth says:
    June 22, 2017 at 3:49 pm

    Vvvv reethi ngey …..Ekan adhivex next ep eh nulibey waiting waiting….

    1. maroon says:
      June 22, 2017 at 9:06 pm

      Thanku ainth.. thursdayga up kohdhyfa mihaaru innany ?

Comments are closed.

Next Episodeވާށެ އޯގާ ހިތާ 6←


All Right Reserved!