Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 4

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 19, 2017 10 Mins Read
42 Comments

ހާޝިމް އުޅެނީ ރައްޓެހި ފިރިހެން ކުދިން ތަކަކާއި އެކީ ދެރޫމް އެޕާރޓުމެންޓެއްގައެވެ. މިއީ ޒައިނާ މިގެއަށް އައި ފުރަތަމަ ފަހަރެވެ. އެތެރެއަށް ވަދެގެން އައި ޒައިނާގެ ނަޒަރު ދެ ކޮޓަރީގެ ތަނަށް ހިންގާލިއެވެ. ގޭގެ ހަތަރު ބިތް ކޮންކުރީޓުން ހަދާފައި ހުއްޓަސް އެތޭރޭގައި ގިނައީ ލަކުޑި ފިލާތަކެވެ. ހީވަނީ ޕާރޓިޝަން ޖަހައި ވަކި ކޮށްފައި ހުރިހެންނެވެ. ޒައިނާ އެތެރެއަށް ވަދެގެން އައި އިރު ޓީވީ އިން ގޭމް ކުޅެން ފިރިހެން ކުދިންތަކެއް ތިއްބެވެ. ހާޝިމް ޒައިނާ ގެ އަތުގައި ހިފައިގެން ގޮސް ވަނީ ގޭގެ ދޮރޯއްޓާއި އެއްމެ ކައިރީގައި ހުރި ކޮޓަރިއަށެވެ. ޒައިނާގެ ފަހަތުން ހާޝިމް ވަދެގެންއެއެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު ހާޝިމް އެއްމެ ފުރަތަމަވެސް ތަންޑު އެޅުވިއެވެ. އެއަޑަށް ޒައިނާ ފަހަތް ބަލައިލީ ހައިރާންކަމާއި އެކީގައެވެ. ނަމަވެސް އޭގެ ބަދަލުގައި އިތުރުވެގެން ދިޔައީ އިތުރު ހައިރާންކަމެކެވެ.

‘އައްދިއްޔޯ” ހާޝިމްގެ އަތުގެ ހޫނު ހަމަލާއެއް ޒައިނާގެ ކޯތާފަތް މައްޗަށް އެރިއެވެ.

“އެއްދުވަސް މިދިޔައީ އެއްމެ ފަހަރަކުވެސް ގުޅާލިންތަ.. އޭ…! ކާކާ އެކީ ކޮން ސަކަރާތެއް ޖަހާފަހޭ ތިއައީ” ހާޝިމް ޒައިނާގެ އަތުގެ މުލައްދަނޑީގައި ހިފައި ކައިރި ކުރަމުން ވާހަކަ ދެއްކިއެވެ.

“ޝިމް އަހަރެން ބިޒީ ވީއޭ. އަންޑަސްޓޭންޑު ވެބަ. ޝިމްވެސް ބިޒީ ވާ ދުވަސް ދުވަހު ޒައިއަށް ނުގުޅަމެއްނު” ޒައިނާ ހުރީ ހާސްވެފައެވެ.

“ބިޒީ އޭ ކިޔާފަ ކޮން ބަހަނާއެއް ދައްކާނަމޭ ހިތައި ތިއުޅެނީ.އަހަރެން ބިޒީވެގެން ނުގުޅާ ބައިވަރު ދުވަސް ދޭ. އެކަމަކު ޒައިނާ ހަމަ ކުއްލިއަކަށް ހުރެފަ ބިޒީ ވޭތަ.  އަހަރެން މިކިޔަނީ ކާކު ކައިރީ އޮވެފަހޭ ތިއައީ” ވަގުތު ފާއިތުވާ ވަރަކަށް ހާޝިމްގެ ރުޅިގަނޑު ދިޔައީ އުތުރި އަރަމުންނެވެ.

“އަހަރެން ނޫން އެހެން މީހެއް ފެނުނީތަ. އޭ..!.. ބީރީތަ ކިޔާނެ އެއްޗެއް ނޭނގިގެން ތިއުޅެނީ” ހާޝިމް އައި ރުޅިއާއި އެކު ޒައިނާ ކޮއްޕާލިއެވެ. އެ ދިޔަ ގޮތަށް ގޮސް ޒައިނާ ޖެހުނީ އެއް ފަރާތުގައި ހުރި ކަބަޑެއްގައެވެ.  ބުރަކަށި ކަބަޑުގެ އެއް ކަނެއްގައި ޖެހުމުން ޒައިނާ އަށް އެތާގައި އަތް އަޅާލެވުނެވެ.

“ޝިމް ޕްލީސް.. ޒައި އަށް ތަދުވެއޭ.. ވާހަކަ ދައްކައިގެންވެސް މައްސަލަ ކުރެވޭނެ އެއްނު”  ޒައިނާ ހާޝިމްގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ އުޅުނެވެ. ނަމަވެސް އެޔަށްވުރެ ހާޝިމް އައިސްފައިވާ ރުޅީގެ ހޫނުކަން މާ ގަދައެވެ.

“ތަނަކުން މީހަކު ހައި ޖަހާލާ އިރަށް ޒައިނާ ޖެހޭތަ ވާހަކަ ދައްކަން. ކިތައް ދުވަހު ބުނިން ހުއްދަ ނުހޯދާ ފިރިހެން ކުދިންނާ ވާހަކަ ނުދައްކާށޭ… އޭ”  ހާޝިމް ހަޅޭއްލަވަމުން ޒައިނާއާއި ދިމާލަށް ދިޔައެވެ.

 

އޭރު ކަބަޑުގައި ޖެހުމުން ވީ ތަދާއި އެކު ޒައިނާ އިނީ ތަށިމުށި މަތީގައެވެ. ދެފައި މޫނާއި ކައިރިކޮށްގެންނެވެ. ހާޝިމް މިހާ ރުޅި އައިސް ހުއްޓަކާ ޒައިނާ އަދިއެއް ނުދެކެއެވެ. އެހެންކަމުން ޒައިނާ ހުރީ އެތާގައި ހުންނަން ޖެހިލުންވެފައެވެ. ހާޝިމް ދެން ދޭނެ ހަމަލާއެއް ނޭނގޭ ހާލުގައެވެ.

“ލަދެއް ނުގަނޭތަ އަހަރެން އަތަށް އެފްބީ ޕާސް ދީފަ ދެ އިރު ދެ ދަޅައަށް ފިރިހެނުންނާއި ވާހަކަ ދައްކަން. އަދި އެބަ ބުނެއެއްނު ބިޒީ ވީ އޭ.. މަ ކައިރި ދޮގު ހަދަންވެސް ދަސްކުރީ ދޯ” ޒައިނާ އާއި އަރައި ހަމަވުމުން ހާޝިމް އެދިމާލަށް ތިރިވެލިއެވެ. އަދި ޒައިނާގެ އަތުގައި ބާރަށް ހިފައި ކައިރިއަށް ދަމައިގަތެވެ. ބިރުން ހުރި ޒައިނާ ގަދަ ހަދާލައިފައި ހުރުމުން ހާޝިމް އިތުރަށް ރުޅިއައެވެ.

“ޝިމް އާދޭސް ކުރަން”ތުރުތުރު އަޅާ އަޑަކުން ޒައިނާ އާދޭސް ކުރިއެވެ.

“އެއީ އަހަރެން ކުލާސް ކުއްޖެކޭ. ރައްޓެހިކަން ފިޔަވާ އިތުރު އެއްވެސް ގުޅުމެއް ނޯއްނާނެ. ޕްރޮމިސް ޝިމް.. ޒައި ދޮގެއް ނުހަދަން. ޒައި ޝިމް ނޫން އެހެން މީހަކަށް މި ގޮތަކަށް ނުދެކެން. ޝިމް ތީ…” ޒައިނާ ވާހަކަ މެދު ކަނޑާލަން ޖެހުނީ ދެވަނަ ފަހަރަށް ހާޝިމްގެ ހަމަލާއެއް މޫނު މައްޗަށް އައުމުންނެވެ. މިފަހަރު އަތް މުއްކަވާފައި ޖެހުމުން ޒައިނާއަށް އިތުރު ތަދު އިހްސާސް ކުރަން ޖެހުނެވެ. ހާޝިމްގެ ޝަހާދަށް އިގިލީގައި އޮތް ކޮޅު ތޫނު އަގޮޓިން ޖެހުމުންނެވެ. ޒައިނާގެ ލޯ އޭގެ ޝިކާރައަކަށް ނުވިކަން ނަސީބެކެވެ. އެ ޖެހުނު ތަން ފާޑަކަށް އެތެރެއަށް ވަދެ ކައިރިފަށާއި އެއްކޮށް ދުޅަވެ މަށައިގެން ގޮއްސިއެވެ. އަދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލޭގެ އަސަރު ފާޅުވިއެވެ.

“ކޮބާތަ ޝިމްގެ މައްސަލައަކީ. ޒައި އަކީ އަންހެން ކުއްޖަކަށް ވީމަ ހީވަނީތަ ހިތު ހުރި ގޮތަކަށް ކަންތައް ކުރުމުގެ ހައްގު ލިބުނީއޭ. ފިރިހެނުންނާއި އެއްވަރަށް އަންހެން ކުދިންނަށްވެސް ބަސް ބުނެވެން ޖެހޭނެ. މިއޮތް ހުރިހާ ދުވަހު ކެތްކޮށްގެން ހުރީ ވާ ލޯތްބެއްގެ ބޮޑުކަމުން.މިހާރު ތިދަނީ މާ މައްޗަށް.. އަހަރެން ވަރަށް އުފާ ވެއްޖެ ހާޝިމް ޖެލަސް ވީތީ. ހިތަށް ކުރާ އަސަރު އެބަ އެގެއެއްނު. ދެރަ ވެއެއްނު.  އުޅޭ ނޫޅޭ ގޮތް ބަލަން ބޭނުމެއްނު. އެގޭތަ ތީ ޒައި މިއޮތް ހާ ދުވަހު އުޅުނު ހާލު. ވަރަށް ޖެލަސްވޭ އަންހެން ކުދިންނާއި ފޮޓޯ ނަގާފަ އެފްބީ އާއި ހުރިހާ ތަނަކަށް ލާތީ. ހިތަށް އަރާ ހާޝިމް ކޮން ދުވަހަކުން ބާއޭ އަމިއްލަ ގާރލްފުރެންޑާއި އެއްކޮށް އެހާ ލޯބިން އުޅޭނީ. ހާޝިމް ކިތައްމެ ރީއްޗަސް އެތެރޭގައި ތީ އެއްމެ ހަޑި މީހާ. ޒައިގެ މޮޔަކަން މިއޮތް ހާ ދުވަހު ހުރިހާ ކަމެއް އެނގި ހުރެވެސް ކެތްކޮށްގެން ހުރުން. ކިހާ ވަގުތެއް ބޭކާރު މިވީ”  ޒައިނާ ޖުމްލަތައް ފައްޗަކަށް އަމުލާލަމުން ތެދުވިއެވެ. ހިތުގައި ފޮރުވައިގެން ހުރި އުދާސްތައް ބޭރު ކުރީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. އިންސާނާއަށް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. ޒައިނާ އަށް މިއަދު އެހިސާބަށް އާދެވުނީއެވެ. ޒައިނާގެ ލޮލުން ކަރުނަ ފާއްދާލީ އައިސްފައިވާ ރުޅިއެއް ނޫނީ ވަމުންދާ ދެރެއަކުން ކަމެއް ހުދު ޒައިނާއަށްވެސް ބުނެދޭން ދައްޗެވެ. ކޮންމެ ގޮތެއް ވިޔަސް ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލުމުން ހަމަޖެހުމެއް ލިބުނު ކަހަލައެވެ.

ޒައިނާ ދޮރާއި ދިމާލަށް ހިގައިގަތީ ދެން އިތުރަށް އެއްމެ ސިކުންތެއްވެސް މިއަނިޔާގައި ހޭދަ ކުރަން ބޭނުންނުވާތީއެވެ.

“މި ކުއްޖާގެ މޮޔަކަމާއި އެވެ. ހީވަނީތަ ތިހާ ފަސޭހައިން އަހަރެން ކައިރިން ސަލާމަތް ވެވޭނެހެން. މާ ފުއްޕާފަ އެބަ އުޅެއެއްނު” ހާޝިމް ފަހަތުން އައިސް ޒައިނާގެ އަތު ކުރީގައި ހިފައި ކައިރިއަށް ދަމައިގަތެވެ. އަދި ފާރާއި ލައްކޮށްލުމަށްފަހު ނުލަފާކޮށް ހީލިއެވެ. ހާޝިމްގެ އަނިޔާވެރި އިގިލިތައް ޒައިނާ ގެ މޫނުމަތީ ހިންގާލިއެވެ. އަދި މޫނު ޒައިނާގެ ކަރުގައި ޖައްސާލިއެވެ.  ހާޝީމްގެ ހޫނު ނޭވާއަށްވުރެ އަލިފާނުގެ ހޫނުކަންވެސް ޒައިނާއަށް މިވަގުތު މާ ރަގަޅެވެ.

ބިރުގެންފައިވާ ހާލު ޒައިނާ ސަލާމަތުން އޮތް އަތުން ހާޝިމްގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އަދި ހާޝިމްއަށް އިތުރު ކަމެއް ކުރަން ފުރުސަތު ނުދީ އެއްފަރާތަކަށް ކޮއްޕާލިއެވެ. ހާޝިމް ގޮސް ޖެހުނީ ފާރު ކައިރީ ހުރި މޭޒުގައެވެ. އެޔާއި އެކު އޭގެ މަތީގައި ހުރި ސެންޓުފުޅި ވެއްޓި ތަޅައިގެން ދިޔައެވެ. ހާޝިމް ހުރީ ޒައިނާގެ އަތުގައި ހިފައިގެން ކަމުން ވެއްޓެން ދިޔަ ވަގުތު ޒައިނާވެސް އެދިމާލަށް ދަމައިގަނެވުނެވެ.ޒައިނާ އެ އަތުން ވީއްލެން ހަދައިގެން ގޮސް ވެއްޓުނީ ހާޝިމްގެ ކައިރިއަށެވެ.  ބިންމަތީގައި ޖެހުމާއި އެކު ވޭނީ އަޑަކުން ޒައިނާއަށް ގޮވައިގެނެވުނެވެ. ނިތްކުރިއަށާއި އުޅަބޮއްޓަށް ތަޅައިގެން ދިޔަ ސެންޓު ފުޅީގެ ބިއްލޫރި ވަނީއެވެ. އެވަރުންވެސް ހާޝިމް ދޫދޭން ބޭނުން ނުވާކަން ގޮށްޖަހާލެވިފައިވާ ދެބުމައިން ޒައިނާ ދެނެތެވެ.އެހެންކަމުން ލަސްނުކޮށް ތެދުވީ އަޅަމުން ދިޔަ ތަދަށް ކެތްކުރަމުންނެވެ.

ޒައިނާގެ ފަހަތުން ހާޝިމްވެސް ތެދުވާން އުޅުނެވެ. ޒައިނާ އެހީކުރި ގޮތަށް ބަދަލު ހިފުމަށެވެ. ނަމަވެސް ޒައިނާގެ ހުޝިޔާރުކަން މާ ގަދައެވެ. ހާޝިމް އަށް ރަގަޅަށް ތެދުވެ ހަމަ ނުޖެހެނީސް އަތުން ޖަހއި ކޮއްޕާލީ އިތުރު ވަގުތު ހޯދުމަށެވެ.

“އޭ.. އަދި ތިހެން މާ ގަދަކޮށްލާފަ ނޫޅެވޭނެ. ހަދާން ކުރާތި މަގޭ ހުރި ނުލަފާކަން އަދި ދައްކާލާނާނަން” ހާޝިމްގެ ރުޅިގަނޑު މަތަ ކުރެވޭ ގޮތެއް ނުވިއެވެ. ޒައިނާ އަތުން ވީއްލިގެން ދިޔައިމަ އެވެ.

ޒައިނާ އެކޮޓަރިން ނިކުތް އިރު ގޭމް ކުޅެން ތިބި ގުރޫޕުގެ ލޯތައް އަމާޒު ވެފައިވަނީ އޭނާއަށެވެ. ނަމަވެސް އެޔަށް ސަމާލުކަން ނުދީ ޒައިނާ ބެލީ މިތަނުން ދެވޭތޯއެވެ.

ސިޑިން ފޭބުމާއި އެކު ދުވެފައި ކަހަލަ ގޮތަކަށް ޒައިނާ އެގެޔާއި ދުރަށް ދިޔައެވެ. ކާރެއް ލިބެން ދެނެވެ.

ކާރަށް އެރި އިރު މީހާ ހުރީ މާނޭވާ ލައިލައެވެ. ހީވަނީ ދެއްމެ ދެއްމެ ނޭވާ ހުސްވެދާނެ ހެންނެވެ. އެހާވެސް ކުރުކޮށް އަވަސްއަވަހަށެވެ.

“އައިޖީއެމްއެޗް އަށް” ޒައިނާއަށް ބުނެވުނީ އެހާ ވަރަށެވެ. ދެލޯ މަރާއިލެވި ކާރުގެ ފަހަތު ސީޓުގައި އޮށޯތެވެ. ޑްރައިވާ ފަހަތް ބަލައިލީ ލޯގަނޑުން ޒައިނާ އޮތް ހާލު ފެނިފައެވެ.

“ކޮއްކޯ ރަގަޅުތަ..ތިއޮތް ލޭފައިބަނީ ނު..އަން މީގެން ފުހެލާ” ޒައިނާ އަތުން ރަގަޅޭ ބުނެ ޓިޝޫ ނެގިއެވެ. އަދި ތަދުވާ ތަނުގައި ޖައްސާލިއެވެ. ބިއްލޫރި އަދިވެސް ނުނައްޓާތީ އެތާގައި ހުރީ ތޫނު ތަދެކެވެ.

ހަށިގަނޑުގެ ބޭރުގައި އަޅަމުންދާ ވޭނާއި ދޭތެރޭ ޒައިނާއަށް ވިސްނާލެވުނީ ނޭވާ ހަމައަކަށް އެޅުމުންނެވެ. އޭރު ކާރުގޮސް އައިޖިއެމްއެޗްއާއި އަރައި ހަމަވީއެވެ. ވަގުތަކީ ދަންވަރަށް ވުމުން މީހުން އެސަރަހައްދުގައި މަދެވެ.

“ބޭބޭ.. އިރުކޮޅަކު މަޑު ކުރެވޭނެތަ. އަޅުގަނޑު ރައްޓެއްސަކަށް ގުޅައިގެން ރުފިޔާ ގެންނަން” ޒައިނާގެ އަތް ދަބަސް ވީ ހާޝިމްގެ ގޭގައެވެ.ތެޅި ފޮޅެމުން ނުކުތުމުން އޭގެ މަތިން ހަނދާން ނެތުނީއެވެ.

ޖީބުގައި އޮތް ފޯނު ނަގައި ޒައިނާ ހޮސްޕިޓަލުގައި އެއްކޮށް މަސައްކަތް ކުރަން އުޅުނު ގާތް ނަރުސް ކުއްޖަކަށް ގުޅަން އުޅުނެވެ.

” އުހު ބަހައްޓާ.. އަވަހަށް ދޭ ތި ލޭ މަނާ ކުރެވޭތޯ.. ފަހަރެއްގައި ހުރެދާނެ ތިއަށް ވުރެ ބޮޑު ގެއްލުމެއް ލިބފައިވެސް..” މެދު އުމުރުގެ އެ ޑްރައިވަރު ޒައިނާ އަތުން ކާރުގެ ކުލި ނަގަން ދެކޮޅު ހެދިއެވެ. ހިނިތުންވުމާއި އެކު އަދާކުރި ޝުކުރުގެ ބަސްތައް ފިޔަވައި އިތުރު އެހެން ކަމެއް އެކޮށްދިން ހެޔޮ ކަންތަކުގެ ބަދަލުގައި ޒައިނާއަށް މިވަގުތު ދެވެން ނެތެވެ..

އެކަނި އެތެރެއަށް ވަންނަން ޒައިނާ ކުޑަކޮށް ޖެހިލުންވިއެވެ. އެހެންވެ ކުރިން ގުޅަން އުޅުނު ކުއްޖާއަށް ގުޅައި ވީ ގޮތް ކިޔާދީ އެހީ ވެދޭން އައުމަށް އެދުނެވެ.

 

މިރޭގެ ޑިޔުޓީ ސާއިމްއަށް ނިއްމާލެވުނީ ދަންވެފައި ހުއްޓައެވެ. ހޮސްޕިޓަލުން ނުކުމެގެން ގޮސް ކާރު ޕާކުކޮށްފައި އޮތް ދިމާލަށް ދިޔައިރު ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހަށަމް ބަދެލައިގެން ހުރި ޒައިނާއެވެ. ދޭތެރެ ދޭތެރެއަކުން ނިތްކުރީގައި އަތް ހިންގާލާ ގޮތުން ހީވަނީ ކޮންމެވެސް ކަމަކާއި ހާސްވެގެން އުޅޭ ހެންނެވެ.

ސާއިމްއަށް ޒައިނާ ހުރި ހިސާބަށް ނުދެވެނީސް ފެނުނީ ހޮސްޕިޓަލުން ނިކުތް ނަރުސް ކުއްޖެއް ޒައިނާގެ އަތުގައި ހިފައިގެން އަވަސް ފަރުވާ ދޭ ބަޔަށް ގެންދިޔަ ތަނެވެ. ސާއިމް އެމީހުންގެ ފަހަތުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އިހްސާސް ކުރެވުމުންނެވެ.

ސާއިމްއަށް އެބަޔަށް ވަދެވުނު އިރު އެދެމީހުން ގޮސް ހުސް އެނދެއް ކައިރިއަށް ދަނީއެވެ.. އަދި ފަހަތުން ޑޮކްޓަރެއް ވެސް ވަނެވެ. އެނދުގެ ވަށައިގެން ފޮތި ދަމާފައި ހުރުމުން އެތެރޭގައި ވަމުންދާ ކަންތައް ސާއިމްއަކަށް ނޭނގެއެވެ. އަދި ފަރުވާ ދެވެމުން ދަނީ ޒައިނާއަށްކަން ޔަގީން ނުވާތީ ޑޮކްޓަރު އަންނަން ދެން ކައުންޓަރު ކައިރީގައި މަޑުކޮށްލިއެވެ.

ދެތިން މިނެޓު ފާއިތުވެ އެތެރެއަށް ވަން ޑޮކްޓަރު ނުކުތެވެ. ޑޮކްޓަރު ކައުންޓަރާއި ހަމައަށް އައުމުން ސާއިމް ޑޮކްޓަރު އަތުގައި އޮތް ކްލިޕް ބޯޑަށް ނަޒަރު ހިންގާލިއެވެ. އޭގައި އެއްމެ ބޭރަށް ހަރުކޮށްފައި އޮތް ގަނޑުން ފަރުވާ ދެވެމުން ދަނީ ޒައިނާއަށް ކަން އެނގުނެވެ. ސާއިމް އަވަސް އަވަހަށް ކްލިޕް ބޯޑު ނަގަން އުޅުނެވެ.  ބަލިމީހުންގެ މައުލޫމާތު ހިއްސާ ކުރުމަކީ ކޮށްގެން ނުވާނެ ކަމެއްކަން އެނގި އެޑޮކްޓަރު ދެކޮޅު ހެދިއެވެ. ނަމަވެސް ސާއިމްގެ މޫނު ފެނުމާއި އެކު އެއީ އެތާނގެ ޑޮކްޓަރެއްކަން އެނގި ދޫކޮށްލިއެވެ. ސާއިމްގެ އެދުމުގެ މަތިން ޒައިނާގެ ޑޮކްޓަރަކަށް އޭނާ ހަމަޖެހިގެން ދިޔައެވެ.

 

“ސާއީ..” އެތަނަށް އައި ސާއިމް ފެނި ޒައިނާ ދިޔައީ ހައިރާންވެގެންނެވެ.

“ޒައިނާ.. ކިހިނެތް ވެފަ މިއޮތީ” ތަންތަން ކޮޅުން ނޫފައިގެން ފައިވާ ޒައިނާގެ މޫނު ފެނި ސާއިމްގެ ދެލޯބޮޑު ވެގެން ދިޔައެވެ. އަދި ކައިރިއަށް ޖެހިލައި އަވަސް އަވަހަށް ނަޒަރު ހިންގާލީ އިތުރު ގެއްލުމެއް ލިބިފައި ވޭތޯއެވެ.

ލަސްނުކޮށް އަދި އިތުރު ސުވާލެއް ނުކޮށް ސާއިމް ބެލީ ޒައިނާއަށް ފަރުވާ ދެވޭތޯއެވެ. ފަރުވާތެރިކަމާއި އެކު ނިތްކުރިއާއި އުޅަބޮއްޓަށް ހެރިފައި ވާ ބިއްލޫރު ކޮޅު ނަގާލިއެވެ. އަދި ލޭ އަންނަމުންދާ ތަންތަނުގައި ބޭސް އަޅައި ފަރުވާ ދިނެވެ.

ސާއިމް ބޭސް އަޅަމުން ދިޔައިރު މޫނުމަތީގައި ވަނީ ހަމްދަރުދީއެވެ. އަންހެން ކުއްޖަކަށް އެފަދަ އަނިޔާއެއް ކުރާނީ ކިހާ ދަށް ފެންވަރެއްގެ މީހެއް ހެއްޔެވެ؟ ހާއްސަކޮށް ޒައިނާ ކަހަލަ ކެރޭ ކުއްޖަކަށެވެ.

މިހާލުގައި ދަންނަ އެއްވެސް މީހަކަށް ފެނުމަކީ ޒައިނާ އެއްމެ ބިރުން ހުރި ކަންތަކެވެ. ގާއިމު ސާއިމަށް އެގިއްޖެއްޔާ މިކަންތައް މަންމައާއި ބައްޕަގެ ކަންފަތުގައި ޖެހެން މާ ގިނަ އިރެއް ނުނަގާނެއެވެ. ޒިޔަމްއާއި އެއްކޮށް އެމީހުންވެސް ދިޔަކަމީ އެއްގޮތުން ނަސީބެކެވެ. އަނެއް ކޮޅުން ހާޝިމްގެ ފަރާތުން ދިމާވާ އުދަގުލަށް ސަލާމަތަށް އެދޭނީ ފަހެ ކާކު ފަރާތުން ހެއްޔެވެ؟

ޒައިނާގެ ސިކުޑީގައި މިހާރު ދައުރު ވަމުން ދަނީ މި ފިކުރުތަކެއް އެކަންޏެއް ނޫނެވެ. ސާއިމް މިހާރު ސުވާލުނުކޮށް ހުއްޓަސް އަދި ސުވާލު ކުރާނެއޭ ހިތް ބުނަމުން ދެއެވެ. އެޔަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ރައްޓެހިވެގެން އުޅުނު ކުއްޖާގެ އަނިޔާވެރި ކަމޭ ބުނުމަކީ ތިމާއަށްވެސް ލިބޭ ކިހާ ލަދަކާއި ދެރައެއް ހެއްޔެވެ؟ މިއަދު ދޮގަކުން ފުއްދާލި އަސް ހަގީގަތް އެގޭ ދުވަހު ވާނީ ކިހިނަކުން ހެއްޔެވެ؟

” ޒައި އަހަރެން ލަސްވެގެން އެބަ ގުޅާ. އޯކޭތަ ދިޔައަސް” ޒައިނާ ކައިރީގައި ހުރި މިޝާ ބުނެލިއެވެ. ޑިޔުޓީގައި ހުރެފައި އެޔައީ ޒައިނާ ބުނުމުންނެވެ.

“އޯކޭ ދިޔައަސް. އަހަރެން ޒައިނާ ގެޔަށް ލައިދީފާނަން” ޒައިނާ އަށް މިޝާ އަށް ޖަވާބު ނުދެވެނީސް ސާއިމް ވާހަކަ ދެއްކިއެވެ. ސާއިމްގެ އަޑުގައި ވި ސީރިއަސްކަން އިހްސާސްވެ ޒައިނާއަށް އެކަމާ ދެކޮޅު ހަދަން ނުކެރުނެވެ. އަނގައިން ޖަވާބު ދިނުމުގެ ބަދަލުގައި މަޑު މަޑުން ބޯ ޖަހާލީ އައެކޭ ބުނުމުގެ ގޮތުންނެވެ.

މިޝާ ދިޔަތާ ދެތިން މިނެޓު  ތެރޭގައި ބޭސް އަޅައި ނިމިއްޖެއެވެ.

“ކާކު ކުރި ކަމެއް މީ” ދެމީހުންގެ ދެމުގައި އޮތް ހަމަހިމޭންކަން ނަގައިލީ ސާއިމްގެ އަމުރުވެރި ބަސްތަކެވެ. އެއްމެ ފަހު ބެންޑޭޖް މަތީ ޓޭޕްކޮޅު އަޅަމުން ސާއިމް ސުވާލު ކުރަމުން ގެންދިޔައެވެ.

“ޒައިނާ މިރޭ ކްލިނިކް ޑިޔުޓީ އެއްނު. ކޮންތާކު އުޅެފަ ތިއައީ” ޒައިނާގެ ފަރާތުން ޖަވާބެއް ނުލިބޭނެހެން ހީވުމުން ސާއިމް ޒައިނާގެ ދެކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލިއެވެ.

“މަގުމަތިން ދަނިކޮށް މީހަކު ޖެހީ” އެވަގުތު ވިސްނުނު ހަމައެކަނި ހަމަޖެހޭ ދޮގު ޖަވާބު ޒައިނާ ދިނެވެ.

“އެކަނިތަ ގެޔަށް ދަނީ..އަހަރެން ހީކުރީ ތިގޭގަ ޑްރައިވަރެއް ހުންނަކަމަށް” ޒައިނާ ދިން ޖަވާބުން ސާއިމް ގެ ސުވާލުތައް ވީ ގިނައެވެ.

“އެއީ ޒައި ފޯނު ޗާޖް ހުސްވެފަ އޮތީ. އެހެންވެ ގުޅާނެ ނަންބަރެއް ނޭގުނީ” ދޮގަކަށް ފަހު ދޮގެއް ހަދަމުން ޒައިނާ ދިޔައެވެ.

“އަހަންނަކަށް ނުފެނޭ ޒައި ގެޔަށް ދާކަށް މިރޭ. ހެނދުނު ދާން މަޑުކޮށްލަންވީނު. އަހަރެން ބޭނުން ޓެސްޓުތަކެއް ހަދާލަން. ” ސާޢިމް އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ.

“އެކަމަކު އަޅުގަނޑު މިހާރު އޯކޭ އޭ. އިތުރު ކަމެއް ވަންޏާ ހޮސްޕިޓަލަށް އަންނާނަން” ޒައިނާ ދެކޮޅު ހެދިއެވެ. ނަމަވެސް ސާޢިމް ހުރ ދޫ ދޭން ބޭނުން ވެގެން ނޫނެވެ.

“ޒައި ބޮލަށް ލިބިފަ ތިހިރަ ގެއްލުން ހީވަނީ ތަނަކަށް ވެއްޓިފަހެން ނޫނީ މީހަކު ޖަހާފައިހެން. އަހަރެން ޒައިގެ ފުރެންޑެއްގެ ގޮތުން މިބުނަނީ މިތާ މަޑުކުރަން ޖެހޭނެއޭ. އަދި އަހަރެންގެ ޕޭޝަންޓެއްގެ ގޮތުން ބުނަންޏާ ބުނާނީ މިތާ މަޑުކޮށް ހަދަން ބޭނުންވާ ހުރިހާ ޓެސްޓުތަކެއް ހަދާފައި ދިޔުން ބުއްދިވެރިއޭ”

“ތީ އަހަރެންގެ ފުރެންޑެއްގެ ގޮތުގައެއް ނުދެކެން. ތީ އަހަރެންގެ ޑޮކްޓަރު . އެހެންވީމަ ޕޭޝަންޓުގެ ހުއްދަ ނެތި އެއްވެސް ޓެސްޓެއް ހެދުމަކީ ސާއިމްއަށް މަނާކަމެއް. އަދި މިވާހަކަ އިތުރު އެހެން މީހެއް ކައިރީ ދެއްކުމަކީ ވެސް މަނާ ކަމެއް. ސޯ މިހިސާބުން މިކަންތައް މި ނިމުނީ ކަމަށް ބަލަމާ. ސާއިމް ދޭ ސާޢިމްގެ ލައިފަށް އަދި މީ ނުވާ ކަމެއް ކަމަށް ހަދާލާ”  ސާއިމް ފަރާތުން އިތުރު ސުވާލެއް ކުރިމަތިވާން ނޭދޭތީ ޒައިނާ އަވަހަށް އެތަނުން ނުކުތެވެ. ދެތިން ފަހަރު ސާއިމް ގޮވާލި އަޑު އިވުނަސް ފަހަތް ބަލާވެސް ނުލާ ދިޔައީ އަޑު ނީވޭ ކަމަށް ހަދައިލައިގެންނެވެ.

“ޒައި މަޑުކޮށްބަލަ” ސާއިމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒައިނާގެ ކުރިމައްޗަށް އެރިއެވެ.

“އޯކޭ . ޒައިނާ އަހަރެން ތީ ފުރެންޑެއްގެ ގޮތުގައެއް ނުދެކޭ. ޔެސް އައި އެމް ޔޯ ޑޮކްޓަރ . ޔޫ ކާން ޑިނައި ދެޓް.. އަހަރެން ޒައިނާގެ ޑޮކްޓަރުގެ ހައިސިއްޔަތުން މިވާހަކަ މިދައްކަނީ. ސޯ މިކޮޅު ބަލާ ކަނުލައި އަޑު އަހައި” ސާއިމް ކުރި މައްޗަށް އެރުމުން ޒައިނާ ބޯ އެއް ފަރާތަކަށް އަބުރާލި އެވެ.

“ޒައި ތިބުނީ ތެދެއް އަހަރެންނަކަށް ނޯވޭ ހައްގެއް ޕޭޝެންޓުގެ މައުލޫމާތު އެއްވެސް މީހަކާއި ހިއްސާކުރުމަށް. އެކަމް ޒައިނާ ހަނދާން ނައްތާނުލާތި އަހަރެންގެ ޕޭޝެންޓެއްގެ ގޮތުގައި ހުރެ އެމީހަކަށް އެއްވެސް ކަހަލަ ގޯނާ އެއް އެހެން މީހެއް ފަރާތުން ލިބޭތަން ބަލާކަށް އަހަރެންނަށް ނުހުރެވޭނެ.  އެކަހަލަ ހާލަތެއް އައިސްފިނަމަ ކަމާބެހޭ ފަރާތް ތަކާއި އެކަން ހިއްސާކުރުމަކީ އަހަރެން ޑޮކްޓަރަކަށްވެ ހުރެ ކުރުން ވާޖިބު ކަމެއް. ޒައިނާ ތިހިރީ ނާރސިން އިން ޑިގްރީ ނަގައިގެން. އަހަރެން ނުބުންޏަސް ޒައިނާއަށް މިކަންތައް އެގޭނެ. ސޯ ތިހެން އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިލައިގެން ފަރެއް ނުޖެއްސޭނެ. ޒައިނާ އަހަރެންނަށް ތިކަންތައް ސިއްރުކޮށްފިއްޔާ ވާނެ ގޮތާއި މެދު ވިސްނާލާ” ސާއިމް ޒައިނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ.

ސާއިމްގެ ކޮންމެ ޖުމްލައަކާއި މެދު ޒައިނާއަށް ފުންކޮށް ވިސްނާލަން މަޖުބޫރު ވިއެވެ. ތެދެކެވެ. ހަގީގަތާއި ކުރިމަތިލުން ފިޔަވައި ދެވަނަ ގޮތެއް ނެތެވެ. އަމިއްލަ ހަށިގަނޑު އެކެހިވެރިޔާގެ ޝިކާރަކަށް ވުމަށް ވުރެ މިގޮތްވެސް މާ ހެވެވެ. އިސްޖެހިފައިވާ ހާލު ޒައިނާގެ ލޮލުން އޮހެރުނު ކަރުނަތައް ސާއިމް ދުއްޓެވެ. ޒައިނާ ހުރީ ސާއިމްއަށް ބަލާލަން ނުކެރިފައެވެ.

“ހިނގާ ގެޔަށް ލައިދޭނަން. އަހަންނަށް އޯކޭ ޒައި ހަމަ ޖެހުނީމަ ތިވާހަކަ ކިޔައިދިނަސް” ގަދަކަމުން މިރޭގެ ހަގީގަތް ހޯދާކަށް ސާއިމް ބޭނުމެއް ނުވިއެވެ. ޒައިނާއަށް އެހާ ކުއްލި ބަދަލެއް އަންނާނީ ކޮންމެވެސް ބޮޑު ކަމެއް ދިމާ ވުމުންކަން ވިސްނުނެވެ. އެހެންކަމުން ޒައިނާ އަށް އަމިއްލައަށް ހަމަޖެހުމަށް ފުރުސަތު ދިނެވެ. ހަގީގަތް ފަހުން ކިޔާ ދޭނެ ކަމުގެ އުއްމީދުގައެވެ.

ސާއިމްއާއި އެއްކޮށް އެގެޔާއި ހިސާބަށް ޒައިނާއަށް ދެވުނު އިރު ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމުގެ ސާލެއް ލެވިފައެވެ. ފަހަތު ސީޓުގައި އިން ޒައިނާ ޖެހި ބުދެއްހެން އިން އިރުވެސް ސާއިމް ކާރުގެ ލޯގަނޑުން ފޫހި ކަމެއް ނެތި ޒައިނާއަށް ބަލަމުން ދިޔައެވެ. މިއޮތްހާ ދުވަހު ސަކަރާތުގައި އުޅުނު ޒައިނާގެ މޫނުމަތިން އުފާވެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. އެ އުފާވެރި މޫނު ވަނީ މިލާފައެވެ. ހަރަކާތަކަށް ވަނީ ހުއްޓުން އަރާފައެވެ. ސާއިމް ޒައިނާގެ މޫނަށް ބަލަމުން ދިޔައީ ދުވަހު ވެސް  ބަލަބަލާ ފޫހި ނުވާނޭ ބުނާ ފަދައަކުންނެވެ. ކޮންމެ ސިކުންތަކާއި އެއްކޮށް އިތުރު ވެގެން ދަނީ ޝައުގެވެ.

” މި އޮތީ އަހަރެންގެ ނަންބަރު. ކަމެއް ދިމާ ވެއްޖެއްޔާ ގުޅާލާތި. އަދި ބުނަން އެކަނި ބޭރަށް ނުދާތި. އަހަރެންނަށް އެނގޭ ހާވެސް އެއްޗަކީ ޒައިނާއަށް ތި ކަންތައް ދިމާވީ މިގޭގެ ހަތަރު ފާރު އެތެރޭގައި ހުރެގެން ނޫންކަން. ބޭރަށް ދާން ވެއްޖެއްޔާ ގޭގެ މީހެއް ގޮވައިގެން ދާނީ. އެއިން މީހަކަށް ނުދެވެންޏާ އަހަންނަށް ގުޅާލިޔަސް އަންނާން ބަލާ.. ނިދަން އޮންނަ އިރު އަތް ބާލީހެއް މަތީ ބާއްވާއިގެން ނިދާނީ”

ކާރު ގެޔާއި ހަމަވުމުން ސާއިމް ވާހަކަ ދެއްކިއެވެ.

“ބޭސް ކާތި ގަޑިން ގަޑިއަށް. މާދަން ޑިޔުޓީއަށް ނުދާތި އޭރުން އަވަހަށް ރަގަޅުވާނީ” އަމުރުވެރިކަން ސާއިމްގެ އަޑުގައި ހުއްޓަސް އެއެދެނީ ޒައިނާގެ ރައްކާތެރިކަމަށެވެ. ކުޑަ ކުއްޖެއްހެން ފަސްޖެހުމެތް ނެތި ޒައިނާ ބޯ ޖަހާލުމަށްފަހު ޒައިނާ ކާރުން ފައިބައިގެން ގެޔަށް ވަނެވެ.

ލޯ ކުރިމަތިން ޒައިނާ ގެއްލެންދެން ސާއިމް ޒައިނާއަށް ބަލަމުން ދިޔައެވެ. ހީވަނީ ނުދާށޭ ބުނާ ހެންނެވެ.


 

ހޮނިހިރު ދުވަހަށް ޒިޔަމްގެ އެޕޮއިންޓުމެންޓެއް ހަމަ ޖެހުނަސް ޒީން އެ ކެންސަލްކޮށްލީ މާ މުހިއްމު ކަމެއް އޮތުމުންނެވެ. ރަށަށް ގޮސް އެއްމެ ފަހު ފަހަރު މަންމަގެ ހަނދާންތަކުގެ ކޮޓަރިއަށް ޒިޔާރަތްކޮށްލުމަށެވެ. ޒީންގެ އެދުމުގެ މަތިން ޔުމްނުވެސް އޭނާއާއި އެކީ މި ދަތުރުގައި ބައިވެރިވިއެވެ.

“މަންމާ ބައްޕާ” ދެ ކުދިންނަށް ރަށަށް މަރުހަބާ ކީ ޔުމްނުގެ މަންމަ ހަސީނާ އަދި ބައްޕަ ޒާހިދުއެވެ.

ބަދަރާއި މާ ދުރު ނޫން ފެންފިޔާޒު ގެޔަށް ދާން މާ ގިނަ ވަގުތެއް ނުނަގައެވެ. ޒަމާނާއި އެއްގޮތަށް ގޭގެ ހުރިހާ ތަނެއް ބަދަލުވެފައި ހުއްޓަސް އެބަދަލު ނައިސް ހުރީ ޒީންގެ މަންމައާއި ބައްޕަގެ ކޮޓަރިއަށެވެ. ގެޔަށް ވަދެ މަޑުނުވެ ޒީން އެކޮޓަރިއަށް ވަންނަން އުޅުނެވެ.

“ދަރިފުޅާ އިހަށް ދާން ވީނު ދެކުދިން ފެންވަރާލައި ނަމާދުކޮށްގެން ކާން އަންނަން.. މާދަން ތިކޮޓަރި ބަލާނީ އިނގޭ. ދަރިފުޅުމެން އަންނަން ދެން ޒާހިދަށްތަ އެބަހުރި ވަރަށް ކައްކާލާފަ” ދަތުރުގެ ބަލި ނުފިލަނީސް ޒީން އެކޮޓަރިއަށް ވަންނަން ފަރުހާދު ހިތްހަމަނުޖެހުނެވެ. ޒީން ގެ ގޮތް ފަރުހާދަށް ރަގަޅަށް އެގެއެވެ. ޝައުގާއި އެއްކޮށް ކަމެއް ފަށައި ފިއްޔާ އެކަމަކުން ޒީން ދުރުކުރުމަކީ ވަރަށް ދަތިކަމެކެވެ.

ފަރުހާދު އެދުނު ގޮތަށް ޒީން ކަންތައް ކުރިއެވެ. މި ދަތުރުގައި ޔުމްނު ހުންނަން ހަމަޖެހުނީ ޒީން އާއި އެއްކޮށް އެކޮޓަރީގައި ކަމުން ދެމީހުންވެސް ތިބީ ނުލާހިކު އުފަލުންނެވެ.

ދެކުދިން ނަމާދުކޮށްގެން ނިކުމެވުނު ހުރީ އަށެއް ޖަހަން މަދު ސިކުންތުކޮޅެކެވެ. ދެކުދިންގެ އިންތިޒާރުގައި ކާމޭޒު ދޮށުގައި ޒާހިދުއާއި ފަރުހާދު ތިއްބެވެ. ހަސީނާ އަތްމަތި އަވަސްކޮށްލާފައި އުޅެނީ މެންދުރުއްސުރެ ތައްޔާރު ކުރަމުން ދިޔަ ކާތަކެތި މޭޒު މައްޗަށް އެރުވުމުގައެވެ.

“‘އާދޭ ދަރިފުޅުމެންނޭ.. އާދޭ ކާން..” ފުޅާ ހިނިތުންވުމަކާއި އެކީ ކޮޓަރިން ނިކުމެގެން އައި ދެކުންނަށް ހަސީނާ ކާން ގޮވާލިއެވެ. ޒީން އަކީ އަމިއްލަ ދަރިއެއް ކަމަށް ނުވިޔަސް ހަސީނާ އެބަލަނީ ޒީންއަކީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ޔުމްނުއަށް ކޮށްދޭ ކޮންމެ ކަމެއްހެން ޒީން އަށް ކޮށްދެނީ ލޯތްބާއި އެކީގައެވެ. ޒީންގެ މަންމަގެ މަރަށް ފަހު ވީވަރަކުން ޒީންއަށް ފާތުމަ ނެތްކަން އިހްސާސްކޮށްދެވޭތޯ އުޅެއެވެ. ފަރުހާދުގެ ޝުކުރުގެ ބަސްތައް އަބަދުމެ އަޑު އިވުނަސް ކޮންމެ ފަހަރަކު ބުނެލަނީ އެއީ އޭނާއަށް ހައްގު ޝުކުރެއް ނޫންކަމަށެވެ. ޒީންއަށް އެދޭ ލޯތްބާއި ކުލުނަކީ މައެއްގެ ހަސިއްޔަތުން އެހިތުގައި އުފެދޭ ޝުއޫރުތަކެއް ކަމަށެވެ.

އުފާވެރި ވަގުތުކޮޅެއް އާއިލާއާއި އެކީ ހޭދަ ކުރުމަށް ފަހު ދެކުދިންވެސް ދިޔައީ ނިދާށެވެ.

އެދުގައި އޮށޯވެލައިގެން އޮތް ޒީން ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތީ ފުން ހިޔާލެއްގައެވެ.

— އެރޭގެ ބިރުވެރިކަމުން ކުރިހާ މަސައްކަތެވެ. ކުރި އާދޭހެވެ. ލޮލުން އޮހެރުނު ކަރުނަތަކެވެ. ނަމަވެސް ކަންތައް ވެ ނިމިގެން ދިޔައީ އޭނާ ބަލިކަށި ނިކަމެތްޗަށްކަށް ހަދާލާފައެވެ. އަބުރު ވެއްޔާއި މޮޑެވިގެންނެވެ. އާއިލާގެ އިއްޒަތް ފުޑުފުޑުކޮށްލަމުންނެވެ. އެދެމީހުންގެ ހުދު ކަފަކޮޅެއް ކަހަލަ ދަރިފުޅު އެގެބިގެން ދިޔައީ ކިހާ ހުތުރު ބަދުނާމަކަށް ހެއްޔެވެ؟ މުޅި މީހާ އެހެން މީހަކަށް ބަދަލުކޮށްލީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އޭނާ ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ ދުނިޔެމީ އިމްތިހާނެކެވެ. ކުރިމަތިމިވީ ހަޔާތުގައި ދިމާވާނެ އެއްމެ ޖަވާބު ހޯދަން އުގަދޫ ދެކަމެވެ. ވަރަށް ކެތްކުރެވިއްޖެއެވެ. އަދިވެސް ކެތްކުރަންވީ ހެވެ. —-

“ޒީން ކޮން ހިޔާލެއްގަ” ޔުމްނު އައިސް ޒީން އަތުގައި ހިފާލުމުން ކުޑަކޮށް ސިއްސައިގެން ދިޔައެވެ.

“އޭ.. ޔުމް އަންނަން ވާއިރަށް އޮތީނު. ނިދާކަށް ނުވޭތަ”

“ސާބަސް ޒީ އަށް.. އަހަރެން ޗޭންޖުކޮށްގެން މިތާ އިންނަތާ ފަސް މިނެޓު އެވީ. ދެތިން ފަހަރުވެސް ގޮވާވެސް ފިން. ދެން ބުނޭ ކަމަކާ ނުވިސްނަމޭ” ދެފަރާތަށް ބޯ ހަލުވާލުމަށްފަހު ޔުމްނު ގޮސް އެނދުގެ އަނެއް ފަރާތުގައި އޮށޯތެވެ.

“ސޮރީ. މަންމަ އާއި ދޭތެރޭ ވިސްނުނީ. ހީވޭތަ ޒީންއަށް ގޯސް ކަމެއް ކުރެވިއްޖެއްޔާ މަންމަ މާފުކުރާނެހެން” ޒީން ހުރެފައި ކޮށްލި ސުވާލުން ޔުމްނު ދިޔައީ ހައިރާން ވެގެންނެވެ.

“ކީއްވެ ތިހެން ތިބުނީ.. ޔާ.. މާފްކުރާނެ އެއީ ޔަގީންކަމެއް.. އެހެން  ނޫނަސް ޔޫ އަރ ދަ ޕާފެކްޓު ޑޯޓާރ އެއްނު އެއްމެންވެސް ބޭނުންވާ”

“އެހެޔޮތަ ކިތައްމެ ބޮޑު ކުށެއް ވިޔަސް”

“ޔުމްއަށް ޔަގީން ޒީން ކޮންމެ ކުށެއް ކުރިއަސް ޒީގެ މަންމަ ޒީ އަށް މާފުކުރާނެކަން. ޒީގެ މަންމަ ޒީ ދެކެ ވާ ލޯބި ފެނި އަހަރެން ބައެއް ފަހަރު ޖެލަސްވެސް ވޭ.. ޝީ އިޒް ދަ ޕާފެކް މަދާރ ފޯ ޔޫ.. ބަލާބަ..” ޔުމްނު ޒީން އަތުގައި ހިފާލީ ޒީންގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ފެށުމުންނެވެ.

” އޯކޭ.. މިސާލަކަށް ޒީ އަށް ކަމެއް ކުރެވުނީ ޔޯ.. އެކަމެއްގެ ބޮޑުކަމުން ހުރެދާނެ ރުޅިއައިސް ހިތް ހަމަ ނުޖެހިފަ. އެކަމަކު ދުވަސް ވާވަރަކަށް އެކަން ހިގައދާނެ.. މިބުނީ މާފްކޮށް ހިތް ސާފް ވާނާ. މަންމަމެންވެސް ކުރޭ ދޯ އަހަރަމެން ކުޑަކޮށް ހިތް ހަމަނުޖެހޭ ކަންތައް. ބަޓް ވީ ފޯގިވް އެންޑު ފޮގެޓު ބިކޯސް ވީލަވް ދެމް” ޒީން ގެ މޫނު މަތިން ދައްކަމުންދާ ކުލަވަރު ޔުމްނުއަށް ދެނެގަންނަން އެދަގޫ ވިއެވެ. ހީވަނީ މާޒީގެ ކަމަކުން ޒީންއަށް އުދަގޫ ވަމުން ދާހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އައިކާ – ޓްރެއިލަރ

Next

އައިރީން…(4)

Next
June 20, 2017

އައިރީން…(4)

Previews
June 19, 2017

އައިކާ – ޓްރެއިލަރ

42 Comments!

  1. maroon says:
    June 19, 2017 at 8:57 pm

    I know this ep is shorter than previous episodes. I cnt upload tmrw morning so mirey mi upkoh dhiny half.. i will up the rest tmrw night.. see u guys.. plz comment if u like the story.. if there are any mistakes feel free to point out ??? loves ???

  2. Mariyam Ubaid says:
    June 19, 2017 at 9:05 pm

    Inthizaar koh koh varubalivehjje Varah reethi

    1. maroon says:
      June 19, 2017 at 10:06 pm

      Thanku dear.. hope to see on the comment section tmrw ?

  3. cym says:
    June 19, 2017 at 9:16 pm

    V salhi. Waiting for next episode?

    1. maroon says:
      June 19, 2017 at 10:05 pm

      Thanku cym.. ?

  4. Anonymous says:
    June 19, 2017 at 9:19 pm

    varah salhi mi part.. kiyaa hithun indha a nimuny.. waiting for another part.. dhn kihineh baa vaany? zee kiyaadheebala best friendah kantah v goi.. ur brave girl..

    1. maroon says:
      June 19, 2017 at 10:05 pm

      Thanku dear ? vaa goiy balamaa tmrw.. in sha allah oneday ?

  5. Naana says:
    June 19, 2017 at 9:19 pm

    Vv rythi mi part vx….❤

    1. maroon says:
      June 19, 2017 at 10:04 pm

      Thanku naana ?

  6. Rai says:
    June 19, 2017 at 9:32 pm

    Me first dhww?

  7. Rai says:
    June 19, 2017 at 9:34 pm

    Yaa kudakn kuru. Ekm ok vaane ehfaharakah. Vv nice mi part vx. Waiting fr next part.

    1. maroon says:
      June 19, 2017 at 10:03 pm

      Thanku rai ?

  8. Afoo says:
    June 19, 2017 at 9:35 pm

    V salhi n waiting for the next episode!!

    1. maroon says:
      June 20, 2017 at 8:53 am

      Thanku afoo ?

  9. Izee says:
    June 19, 2017 at 9:37 pm

    Me first dhww. Yaa kudakn kuru ekm ehfaharakah ok vaane. Vv nice mi part vx. Waiting fr nxt part

    1. maroon says:
      June 19, 2017 at 10:03 pm

      Thanku izee… see u tmrw ?

  10. shy says:
    June 19, 2017 at 9:43 pm

    1st dhww

  11. shy says:
    June 19, 2017 at 9:44 pm

    sorry kurin 4nuvaafa huri msg nufenyy

    1. maroon says:
      June 19, 2017 at 9:55 pm

      Ey massala ehnun. So happy u read the story ?

  12. Noor says:
    June 19, 2017 at 10:34 pm

    Ohh wow..hama v.v.v.salhi..loved this part..❤❤

    1. maroon says:
      June 19, 2017 at 10:54 pm

      Hey noor.thanku lots ? ?.. glad to see ur comment

  13. Adha? says:
    June 19, 2017 at 10:37 pm

    Wow! Hama superb as always… ??
    Waiting for tomorrow night…??

    1. maroon says:
      June 19, 2017 at 10:55 pm

      Adha….thanku dear.. see u tmrw night ?

  14. Some one says:
    June 19, 2017 at 10:51 pm

    V v riithi! Alhe zeen n ziam ge bai v kiyaaahiyvefa iniii!? waiting 4 tmrww

    1. maroon says:
      June 20, 2017 at 8:45 am

      Hey. Zeen and ziam ge bai annaane mirey episodega.. thanku.. ?

  15. Addu manje says:
    June 19, 2017 at 11:42 pm

    Varah reethi.. waiting for tomorow night.. 🙂

    1. Addu manje says:
      June 19, 2017 at 11:44 pm

      tomorrow*

    2. maroon says:
      June 20, 2017 at 8:45 am

      Thanku addu manje ??

  16. sam♥ says:
    June 20, 2017 at 12:09 am

    rooon ge stry haadhaa cute ey … when next part … waiting waiting waiting …. saaim n zaee v lobiii igey ….. hehheehe…… lovely stry …♥♥♥♥ kihineh baa dhen vaaany dhwww roon ….gud nyt roon .swt drm ☆☆☆ loveu rooon …. thankxx roon …stry up kohladhinymaa …..

    1. maroon says:
      June 20, 2017 at 8:47 am

      Sam ?
      Thanku dear.. next part mirey ngey..dhn vaane gotheh balama..gd morning.loves ??

  17. Chim says:
    June 20, 2017 at 1:21 am

    Vv reethi story eh..

    1. maroon says:
      June 20, 2017 at 8:48 am

      Thanku chim ?

  18. kiaara says:
    June 20, 2017 at 1:59 am

    Vr lwbii…??

    1. maroon says:
      June 20, 2017 at 8:49 am

      Thanku kiaara ??

  19. khajja says:
    June 20, 2017 at 2:00 am

    Masha allah superb????? zeen thiksnthah myhakaa hissaa kollyma v faseyhavaane so yumnu ah kiyaadhyfa khiyaalenhoadhaalabala ehennoonas aee zeen gasthuga amilla ah kuri kamennoonennu ehen v ma allah ge hazurathun thaubaave vaagi edhen v insha allah hurihaakamevves rangalhu vaane?? n zainaa ves try kollaafa saaim ah kiyaadhy haashim ge kanthah n bune egeyga ey bag ves v eyrun dhen emme rangalhuvaany emme rakkaatheri gothakyves aee kanneynge dhw. Stry v touching v rythi obiness to the max??????❤❤❤❤??? thanks 4 the lovly stry keep it up ly maroon gud nyt????????

    1. maroon says:
      June 20, 2017 at 8:50 am

      Oh khajja haadha dhigukollaafa mifaharu ?
      Thanku dear kiyaalyma ?
      Mireyge partves kiyaalahchey ngey..loves ?

  20. yaanaa says:
    June 20, 2017 at 4:00 am

    It’s perfect ?????

    1. maroon says:
      June 20, 2017 at 8:51 am

      Yaanaa. Love ur name … thanku ??

  21. hawwi says:
    June 20, 2017 at 3:03 pm

    dharifulhumen annandhen zaahidhahtha eba huri varah kahkaalaafa,,zahidh be tha ? zeenge mom ge marahfahu vee varakun zeen ah faathuma nei kan ihusaas kohdhevey thw bala eve. mi than than kolhu rangalhu kohlan feney….

    1. maroon says:
      June 21, 2017 at 4:01 am

      Hawwi thankz for reading ? nubai myhehge nameh dhw.. next time ll b careful ?

  22. Blume says:
    June 20, 2017 at 7:43 pm

    Maroon..kon mirey ge kon vaguthaku up kohlany??
    V inthizaaru kurevey stwry eh mii..ly?❤?❤

    1. maroon says:
      June 20, 2017 at 8:48 pm

      Before ten.. mi liyany hama

Comments are closed.

Next Episodeވާށެ އޯގާ ހިތާ 5←


All Right Reserved!