އަނެއް ދުވަހު ފަތިހު ނަމާދު ކޮށްގެން އޮށޯވެލި އިރަށް ނޫރީންއަށް ނިދުނީ ކުރީރޭ ރަނގަޅަށް ނިދި ނުލިބުމުންނެވެ. ދެން ހޭލެވުނީ ނުވައެއް ޖަހާ ދިޔަ ފަހުންނެވެ. ފެންވަރައިގެން ނިކުމެ ކޮފީ ތައްޓެއް ހިފައިގެން ނިކުތީ ބެލްކަންޏަށެވެ. އެތާ އިން އިރުވެސް ނޫރީންގެ ހިތުގައި ވީ ރޭގެ ހަނދާންތަކެވެ. ޝަފަގު ގުޅާފައި މެންދުރު ކާން އަންނަން ބުނުމުން ނޫރީން އަށްވަނަ ފްލޯރއަށް ދިޔައީ އެކެއް ޖެހިތަނާއެވެ. އޭރު ކާން އައިސްފައި އަޒްޔަން އަލުން އޮފީހަށް ހިނގައްޖެއެވެ. “ނޫރީން މާދަމާ […]
ނޫރީން މާލެއަށް އައުމާ އެކު ކައިވެނީގެ ކަންތައް ނިންމުން އެއީ ޔާސިރުއާ ޝަފަގުގެ އެދުމެވެ. ނޫރީން އަންނަ ދުވަހު ރަން ކިޔުމުގެ ހަފްލާ ބާއްވާފައި، ހަފްތާއެއް ފަހުން ކައިވެނި ކުރާ ގޮތަށް ހުރިހާ ކަމެއް އޮތީ ނިމިފައެވެ. ތައްޔާރު ވެގެން ނޫރީން ބޭރަށް ނިކުތީ ޝަފަގުއާ އެކީއެވެ. އޭރު ސިޓިންގްރޫމްގައި އެހެން މީހުން ތިއްބެވެ. ނޫރީންއަށް ބަލާލެވުނީ އަޒްޔަންއާ ދިމާއަށެވެ. ނޫރީން ލައިގެން ހުރި ރަތް ކުލައިގެ ހެދުމާ ގުޅުވާފައި އަޒްޔަން ލައިގެން ހުރީ ރަތް ގަމީހަކާ […]
ފަތިހުގެ ވަގުތެވެ. އާދައިގެ މަތިން ހަތަރުގަޑިބައި ވުމުން ފޯނުގެ އެލާމްގެ އަޑަށް ހޭލެވުނު ނަމަވެސް އެ ވަގުތުގެ ނިދީގެ އަރާމުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވެފައި ހުރި ވަރުން އެލާމް ކަނޑާލާފައި އަހަރެންނަށް އޮވެވުނީއެވެ. ލޯ މަރާލެވުނު ކަމެއް ނޭނގި އަހަރެންގެ ނަމުން ބާރަށް ގޮވާލި އަޑަށް ފުންމައިގެން ތެދުވެ ލޯ އުނގުޅާލާފައި ބަލާލެވުނެވެ. “ނަމާދަށް ހޭލެވުނީއެއް ނޫން، އަނެއްކާ އަހަރެން ފުރަން އޮތް ދުވަހުތަ ޝަފާއަށްވެސް ހޭނުލެވުނީ؟” ޒައިދާން ހުރީ ރުޅިއައިސްފައެވެ. “ނިދި ގަދަވެފަ ހުރި […]
ޢީދު މުބާރަކް މާތް އެ ރަމަޟާންގެ ބަރަކާތް ހިތްތަކަށް ފެތުރުނީ މާތް ދުވަސްތައް ސަލާމާ އަލްވިދާ އިން ނިންމަނީ ވަކިވެ ދިޔަ އަޅުކަން ކުރަން ލިބުނު ރަން ފުރުޞަތު ވަކިވުމުން ހިތުގައި ހިތާމައިގެ އަސަރެއް އުފެދެނީ އުފަލުން މިއައި ފިޠުރު ޢީދުގެ ބަރަކާތާ އުފާވެރިކަން ހިތްތަކަށް ލިބިދޭ މި ޢީދުގެ ހެޔޮ ދުޢާތައް ކޮށްލަނީ ކުޑަކުދިންނާ އެހެން އެންމެން އުފަލުގައި ކޮށްލާ މަޖާ ބައިބަޔަށް ހަދިޔާ ބަހާލާ ޢީދުގެ އުފާވެރިކަން ދެނީ އަޟްޙާ ޢީދުގެ ފޮނި އިންތިޒާރުގެ […]
އައްސަލާމް ޢަލައިކުމް، ވާހަކަ ގެނެސްނުދެވި ލަސްވާތީ، އަދި ލަސްވާ ސަބަބު ބުނެނުދެވުނީތީ ފުރަތަމަވެސް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެކިއެކި ކަންކަމާ ދިމާވާނެއެވެ. މި ދުވަސްކޮޅަކީ މާޝާއަށްވެސް އެފަދަ ދުވަސްކޮޅެކެވެ. ކުޑަކޮށް ބަލިވެ އުޅުމާއެކު، “ޕަރޒަނަލް ރީޒަންސް”ގެ ސަބަބުން މާޝާއަށް ވާހަކަ ލިޔުމަށް ވަގުތު ނުދެވެނީއެވެ. އެހެން ވިޔަސް ލިޔުމާ ދުރަށް ދިޔުމުގެ ނުވަތަ ލިޔުން ހުއްޓާލުމުގެ ޚިޔާލެއް ނެތެވެ. މާޝާއަށް ބޭނުން ވަނީ ކުޑަ ދުވަސްކޮޅެއްގެ “ބްރޭކް” އެކެވެ. ކުރިއަށް އޮތީ ބަރަކާތްތެރި […]
ދެން އައި ދެ ހަފްތާ ތެރޭ އަޒްޔަން ގިނަ ވަގުތު ހޭދަ ކުރީ ނޫރީން ފެންނަ ހިސާބުގައެވެ. ވާހަކަތަކެއް ނުދެއްކި ނަމަވެސް، ނޫރީންއަށް ރޮވޭ ކޮންމެ ފަހަރަކުހެން އަޒްޔަންގެ އަތުތެރެއިން ނޫރީންއަށް ހިމާޔަތް ދެއެވެ. އެ އާއިލާގެ އެންމެން ނޫރީންއަށް އަޅާލާ ވަރަށް ވުރެ ބޮޑަށް އަޒްޔަންގެ ފަރާތުން އަޅާލުން ލިބެއެވެ. ދެ ހަފްތާ ފަހުން ނޫރީން އަނެއްކާވެސް ފުރީއެވެ. އެ ފަހަރު ދިޔައީ ކިޔެވުމުގެ ބާކީ އޮތް ހަ މަސް ނިންމާފައި އެއްކޮށް ރާއްޖެއަށް އަންނަން […]
ޓަރމިނަލް އިން ނިކުމެ ނޫރީން ދެކޮޅު ބަލާލިއެވެ. ނޫރީންއާ ދިމާއަށް އަތް ހޫރާލި ޝަފަގު ފެނުމާއެކު ނޫރީންގެ ލޯ ފެންކަޅިވެގެން ދިޔައެވެ. ފޮށި ދަމަމުން ޝަފަގުއާ ހިސާބަށް ދާންވީ އިރަށް ނޫރީންއަށް ރޮވިއްޖެއެވެ. އެ މަންޒަރު ފެނުމުން ދެއަތް ހުޅުވާލަމުން ޝަފަގުއަށް ނޫރީންއާ ދިމާއަށް ހިނގައިގަނެވުނެވެ. ފޮށީގެ އަތްގަނޑުން ދޫކޮށްލާފައި ނޫރީންއަށްވެސް ޝަފަގުގެ އަތު ތެރެއަށް ވަދެވުނެވެ. “މިތާ ނުތިބެ ހިނގާ އަވަހަށް ދާން” ނޫރީންގެ ބޮލުގައި ފިރުމާލަމުން ޔާސިރު ޝަފަގުއަށް ބުންޏެވެ. ބޯ ޖަހާލަމުން ނޫރީން […]
ނޫރީންއަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ. ލޯ ހުޅުވާލާފައި ފޯން ބަލާލި އިރު ގުޅަނީ އަޒްޔަންއެވެ. ގަޑިން އޭރު އެގާރަ ގަޑި ބައިވީއެވެ. “ދޮރުމަތީ މިހިރީ” ނޫރީން ފޯން ނެގުމާއެކު އަޒްޔަން ބުންޏެވެ. “މި ހުޅުވަނީ” ނޫރީން އެހެން ބުނެފައި ފޯން ކަނޑާލާފައި ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. “އިށީނދޭ، އެބަ އަންނަން” އަޒްޔަން ވަނުމުން ނޫރީން ބުނެލިއެވެ. “ކޮފީއެއް ބޭނުންތަ؟” ނޫރީން އަހާލިއެވެ. އަޒްޔަން ބޯ ޖަހާލުމުން ދެ މީހުންނަށް ދެ ކޮފީ […]
ލަޔާލް އެހާ ދުރަށް އައީ އެންމެ ކަމަކުއެވެ. ކިޔާންގެ ގިނަ ހަނދާންތައް ވީ އެ ތަނުގައި ކަމަށް ވެފައި އެހެން އެންމެންނާ ދުރުގައި އެ ހަނދާންތަކާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ލަޔާލް ބޭނުންވީއެވެ. އޭގެ އިތުރުން ދުރުގައި ހޭދަވި މަހެއްހާ ދުވަސް ތެރޭ، ސާހިލްއާ މެދު ލަޔާލްގެ ހިތް އެދޭ ގޮތް އެއްވެސް ޝައްކެއް ނުވާ ވަރަށް ލަޔާލްއަށް ޔަގީންވިއެވެ. ސާހިލްއާ ވަކިވުމަކީ ދެން ލަޔާލްއަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިން އެހާ ދުވަހު ހުރެވުނީ ކުރެވުނު […]